ވިންދޭ ލޯބި ތީ އެދޭ 42
މާދަމާ ރެއަށް ހުރިހާ ކަމެެއް ރޭވުމަށްފަހު މިންހާ އާއި ނާއިލް ގެއަށް ދާން ނުކުތީ ދިހަ ގަޑި ބައިވާން ގާތްވުމުންނެވެ. ނާއިލް އާއި މިންހާ ކޮޓަރިން ނިކުން މަންޒަރު ބަލަން ހުރި އިއާންގެ ތުންފަތުގައިވީ މައުނަވީ ހިނިތުންވުމެކެވެ. އޭނަގެ މޫނު މަތިން ހިތްހަމަޖެހުމުގެ އަސަރުތައް ފެންނަމުން ދިޔައެެވެ. ސޯޓުގެ ދެޖީބަށް އަތް ޖަހައިލައިގެން ހުރިއިރު އޭނަގެ ލޮލުގެ ނަޒަރު ހުއްޓިފައިވީ ސީދާ މިިންހާއަށެވެ. ” ދޮންބެ… ކިހިނެއްވީ… ވަރަށް އުފާވެފަ ހުރިހެން ހީވަނީ…” އިއާންގެ މޫނު މަތިން ފެންނަމުންދިޔަ ހިތްހަމަޖެހުމާއި ތުންފަތް މަތީގައިވި ހިނިތުންވުމުގެ ފަހަތުގައިވި ސަބަބު ދެނެގަތުމުގެ ބޭނުމުގައި އަޝްރާ ސުވާލުކުރިއެވެ. އެއާއެކު ކުރު ގޮތަކަށް އިއާން ކަންތައް ހިނގާދިޔަ ގޮތް އަޝްރާއަށް ކިޔައިދިނެވެ. ” ހަމައަސްލުވެސްތަ ދޮންބޭ… ދޮންބެ ލޯބިވާކަން ހާމަކުރުމުންވެސް މިންނު ރުޅިއެއް ނާދޭތަ މިފަހަރު… ” އިއާންގެ ވާހަކައިން ލިބުނު އުފަލުގައި އަދިވެސް އެއްފަހަރު އަޝްރާ ސުވާލުކުރިއެވެ. ” އާއެކޭ އަޝޫ… މިންނު އެއްވަރަކަށްވެސް ރުޅިއެއް ނާދޭ… އައިމް ޝުއާ އަހަރެންގެ ހިތުގެ ހާލު އަދި ކޮންމެވެސް ދުވަހަކުން މިންނުއަށް އަންޑަސްޓޭންޑްވާނެކަން… އަހަރެންގެ ލޯބި އަދި ކޮންމެވެސް ދުވަހަކުން މިންނު ގަބޫލުކުރާނެކަން… ޝީ ނީޑްސް ޓައިމް އަޝޫ… މިންނުއަށްޓަކައި އަހަރެންގެ މުޅި ދިރިއުޅުންވެސް ހޭދަކޮށްފާނަން… ” ހިނިތުންވެލައިގެން ހުރެ އިއާން ވާހަކަ ދެއްކިއެވެ. އޭނަގެ ހިތުގައިވި އުއްމީދުގެ ހުޅުކޮޅު ވަނީ ބޮޑުވެފައެވެ. މާގިނަ ދުވަހެއްނުވެ އޭނަގެ ދިގު އިންތިޒާރުގެ ނިމުން އަތުވެދާނެ ކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ. ” އިންޝާ ﷲ ވަރަށް އަވަހަށް ދޮންބެގެ ލޯބި ދޮންބެއަށް ކާމިޔާބުވާނެ…” އުއްމީދުން ފުރިގެންވީ ނަޒަރެއް ދެމުން އަޝްރާވެސް ބުނެލިއެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން މަޑުކޮށްލުމަށްފަހު ނިދަން ދަނީ ކަމުގައި ބުނެ އަޝްރާ އޭނަގެ ކޮޓަރިއަށް ދިޔައެވެ. އަޝްރާ ދިޔުމުން އިއާން އަނެއްކާވެސް ލެޕްޓޮޕް ހިފައިގެން ސޯފާގައި ޖައްސާލިއެވެ.
މިންހާ ނާއިލްއާއެކު ކާރުގައި ގެއަށް ދިޔުމަށް ދަތުރު ފެށިއެވެ. ” ކޮން ވާހަކައެއްތަ އާން ގާތު ތިދެއްކީ… ދެމީހުންވެސް ވަރަށް ހަމަޖެހިލާފަ ތިބިހެން ހީވަނީ ތުއްތުއަށް… ” އިއާން އާއި މިންހާ އާއި ދެމެދު ކަންތައް ހިނގާދިޔަ ގޮތް އެނގެން ބޭނުންވުމުން ކާރު ދުއްވަން އިނދެ ނާއިލް ސުވާލުކުރިއެވެ. ” އައި އެޕޮލޮޖައިޒްޑް ޓު ހިމް ފޯ ވަޓް އައި ޑިޑް ބިފޯ ސެވެން އިޔާސް…” އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިނދެ މިންހާ ބުނެލިއެވެ. މިންހާގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. ” ގުޑް ގާލް… ” ނާއިލް ހިނިތުންވެލަމުން ބުނެލިއެވެ. މިންހާވެސް ނާއިލްއަށް ބަލައިލަމުން ލުއި ހިނިތުންވުމެެއް ރައްދުކޮށްލިއެެވެ. ”މިންނުއަށް އެނގޭތަ މިހާރުވެސް އާން މިންނުދެކެ ލޯބިވާކަން… ” ނާއިލް ކޮށްލި ސުވާލުން މިންހާއަށް ސިހުން ލިބުނެވެ. އޭނާ ހަމަޖެހިލަމުން މަޑުމަޑުން ބޯ ޖަހާލިއެވެ. ” އައި ނޯ ތުއްތު… އާންއަށް މިރޭވެސް ބުނެވުނީ ނޭނގިގެން… އައިމް ފީލިން ސޯ ގިލްޓީ… ކޮންމެ ފަހަރަކުވެސް އަޅުގަނޑުގެ ސަބަބުން އާންއަށް އިތުރު ހިތާމައެއް ލިބެނީ… ބަޓް ވަޓް ކޭން އައި ޑޫ… އަދިވެސް އަޅުގަނޑު ރިލޭޝަންއަކަށް ދާކަށް ތައްޔާރެއްނޫނޭ… އަދިވެސް މާޒީގެ ހަނދާންތަކުން އަޅުގަނޑަކަށް ދުރެއްނުވެވޭ… އަޅުގަނޑު ބޭނުމެެއްނޫން އަވަސް އަރުވާލައިގެން ރިލޭޝަންއަކަށް ގޮސް އާންއަށް އިތުރު ހިތާމައެއް ދޭކަށް… ” މިންހާގެ އޭނަގެ ހިތުގައި އުފެދިފައިވި ކަންބޮޑުވުން ނާއިލް އާއި ހިއްސާކުރިއެވެ. ” އައި ކޭން އަންޑަސްޓޭންޑް މިންނު… އަދި އިންޝާ ﷲ މާޒީ މަތިން ފުރިހަމައަށް މިންނުއަށް ހަނދާާން ނައްތާލެވޭނެ… އަދި އުފާވެރި ހަމަޖެހޭ ދިރިއުޅުމެއްވެސް ލިބޭނެ އިންޝާ ﷲ… ޑޯންޓް ލޫޒް ހޯޕް… ވީ އޯލް އަރ ވިތް ޔޫ… ” ލުއި ހިނިތުންވުމެއް ވެރިކުރުވައިގެން އިނދެ ނާއިލް ވާހަކަ ދެެއްކިއެވެ. ” ތޭންކްސް ތުއްތު… އަބަދުވެސް ކޮންމެ ކަމެއްގަވެސް ތުއްތު އެހާ ސަޕޯޓިވް ވީމަ އަސްލު ވަރަށް ވަރަށް އުފާވޭ… އިޓް މީންސް އަލޮޓް ފޯ މީ… ” ޝުކުރުން ފުރިފައިވި ނަޒަރަކުން ނާއިލްއަށް ބަލަހައްޓާއިގެން އިނދެ މިންހާ ވާހަކަ ދެއްކިއެވެ. ” އައިމް އޯލްވޭސް ހިއާ ފޯ ޔޫ… ” ނާއިލްވެސް ހިނިތުންވުމެއްގައި އިނދެ ބުނެލިއެވެ. ގެއަށް ދެވެންދެންވެސް އެދެމެދުގައިވި ވާހަކަތައް ހުސްނުވެއެވެ. ވާހަކަ ދެކެވެމުންދިޔަ ވަގުތު މިންހާ އަލޫފްގެ އުނދަގޫ މިހާރަކަށް އައިސް އޭނައަށް ފޯރާކަންވެސް ނާއިލް ގާތު ހާމަކުރިއެވެ. މިންހާ ކަންތައްތައްވެގެންދިޔަ ގޮތް ތަފްސީލުކޮށް ނާއިލްއަށް ކިޔައިދިނެވެ. އެވާހަކަތައް އަޑު އަހަމުން ދިޔައިރު ނާއިލްގެ މޫނު މަތިން އިންތިހާއަށް ރުޅިވެރިކަން ފެންނަމުން ދިޔައެވެ. ” މިންނު ބުނާތި ތުއްތު ގާތު އަލޫފްގެ ފަރާތުން ކިތަންމެ ކުޑަ ނަމަވެސް އުނދަގުލެެއްވިޔަސް… ތަނަކަށް ދާންވިޔަސް ތުއްތުއަށް ގުޅާފަ ބުނޭ… ތުއްތު އަންނާނަން މިންނު ބަލައި… ”ގެއާއި ހަމައަށް އާދެވުމުން މިންހާ ކާރުން ނިކުންނަން އުޅުމާއެކު ނާއިލް ވާހަކަ ދެއްކިއެވެ. އެއާއެކު ބޯ ޖަހާލާ ހިނިތުންވުމެއް ރައްދުކުރުމަށްފަހު މިންހާ ގެއަށް ވަންނަން ހިނގައިގަތެވެ. މިންހާ ގެއަށް ވަދެ ދޮރު ޖެހުމުން ނާއިލްވެސް ލަސްނުކޮށް ގެއަށް ވަންނަން އަވަސްވެގަތެވެ.
މިންހާ ގޮސް ސިޓިންރޫމަށް ވަންއިރު އޭނަގެ މަންމަ އާއި ބައްޕަ ސޯފާގައި ތިއްބެވެ. ”ދަރިފުޅާ… ބައްޕަ މިހާރު ގުޅަންވެސް ގުޅައިފިން… ކީއްވެ ފޯނު ނުނެގީ… ” އަޝްރަފްއަށް މިންހާ ފެނުމާއެކު އަހާލެވުނެވެ. އަޝްރަފް އެހެން ބުނުމާއެކު މިންހާ އޭނަގެ ފޯނަށް ބަލައިލިއެވެ. ތެދެކެވެ. ދެކޯލް މިސްވެފައި އިނެވެ. ” ސޮރީ ބައްޕާ… ސައިލެންޓަށް ލައިފަ އޮތީމަ ނޭނގުނީ… ތުއްތުއާއެކު މިއައީ… ދޮންބެމެންވެސް ނިދީތަ… ” މިންހާ ވާހަކަ ދައްކަމުން އައިސް ސޯފާގައި އިށީނެވެ. ”ދޮންބެއާ ދޮންބެދައްތައާ ދެންމެއަކު އެވަނީ ކޮޓަރިއަށް… ދެން ދޭ ދަރިފުޅާ ނިދަން… އެގާރަ ޖަހަން އުޅެނީނު މިހާރު… ” ނާހިދާ ޖަވާބުގައި ބުނެލިއެވެ. މިންހާ ބޯޖަހާލަމުން ސޯފާއިން ތެދުވެ އޭނަގެ ކޮޓަރިއަށް ދިޔުމަށް މިސްރާބުޖެހިއެވެ. ކޮޓަރިއަށް ގޮސް އެއްޗެހި ބަދަލުކޮށްލުމަށްފަހު ނިދަން އޮށޯތެވެ. ނިދުމުގެ ކުރިން ފޯނު ބަލައިލާނަމޭ ހިތާ މިންހާ ފޯނުގެ ލޮކް ހުޅުވާ ވައިފައި އޮންކޮށްލިއެވެ. އޮންލައިން ވެލިތާ މާގިނައިރެއްނުވެ އިއާންގެ ގުޑް ނައިޓް މެސެޖެއް ވައިބާއިން ލިބިގެން ދިޔައެވެ. މިންހާވެސް ހިނިތުންވެލަމުން އިއާންއަށް މެސެޖުގެ ރިޕްލައި ފޮނުވާލިއެވެ. އޮފްލައިން ވާން އުޅެނިކޮށް އަނެއްކާވެސް މެސެޖު އައުމާއެކު މިންހާ ބަލައިލިއެވެ. އޭނާ ހީކުރީ އެއީ އިއާންގެ މެސެޖެއްކަމަށެވެ. އެހެނަސް އެމެސެޖު ވެގެން ދިޔައީ ޒިޔަލްގެ މެސެޖަކަށެވެ. ހާއި ޖަހާފައިވި ސްޓިކާއެއް ފޮނުވާފައިވުމުން މިންހާވެސް އެކަހަލަ ސްޓިކާއެއް ފޮނުވާލިއެވެ. އަދި ނިދީގެ އެއްވެސް އަސަރެއް ނުކުރާތީ ކުޑަކޮށް ޒިޔަލް އާއި ވާހަކަ ދައްކާލާނަމޭ ހިތާ މިންހާވެސް ޒިޔަލްއަށް މެސެޖު ކުރަމުން ދިޔައެވެ. ޒިޔަލް އާއެކު ހޭދަކުރެވުނު މަދު ވަގުތުކޮޅުންވެސް ޒިޔަލް އަކީ އޭނަ ހީކުރި ކަހަލަ ފޮނި މީހެއް ނޫންކަން މިންހާއަށް އެނގުނެވެ. މީގެ އިތުރުން ޒިޔަލް އަކީ މީހުންނާއި ގުޅޭ އެކުވެރި މިޒާޖެެއްގެ ފަރާތެއްކަން މިންހާއަށް ފާހަގަކުރެވުނެވެ. އޭނައަށް ޒިޔަލްގެ ކަމުނުދަނީ ބައެއް ފަހަރު އޭނައަށް ޒިޔަލް ބަލަހައްޓާއިގެން ހުންނަ ގޮތެވެ. ޒިޔަލްގެ އެބެލުމުން އޭނައަށް ކޮންމެވެސް ވަރެއްގެ އުނދަގޫކަމެއް އިހުސާސްވެއެވެ. އެހެނަސް ފާޅުގައި ޒިޔަލް ގާތު އެކަން އެހެން ނުކުރުމަށް ބުނާކަށް ނުކެރެއެވެ.
ކުޑަ ވަގުތުކޮޅަކު ޒިޔަލް އާއި ވާހަކަ ދައްކާލުމަށްފަހު މިންހާ ނިދަން އަވަސްވެގަތެވެ. ޒިކުރުތައް ކިޔާ ހަމަޖެހިލުމާއެކު އެންމެ ފުރަތަމަވެސް ސިފަވީ މިރޭ އިއާންއާއެކު ހޭދަކުރެވުނު ވަގުތުކޮޅުގެ ތަސްވީރެކެވެ. އެއާއެކު އަނެެއްކާވެސް އިއާންގެ ދުލުން ބުނެލި އަސަރުގަދަ ބަސްތައް އޭނަގެ ކަންފަތް ދޮށުގައި ގުގުމަން ފެށިއެވެ. މިންހާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަގެ ވިސްނުންއެކީ އެދިމާލަށް އެނބުރުނެވެ. ބައެއް ފަހަރު ކަންތައް މިކުރެވެނީ އެންމެ ރަނގަޅަށް ބާއޭވެސް އޭނާ ހިތަށް އަރައެވެ. އެތައް އަހަރެއް ވޭތުވެ ދިޔައިރުވެސް އިއާންގެ ހަޔާތަށް އެހެން އަންހެން ކުއްޖެއް ނުގެނައީ އޭނަދެކެ ހާދަ ލޯބިވާތީތާއޭ ހިތަށް އަރައެވެ. އިއާން އޭނަ ދެކެ އެވަރަށް ލޯބިވާއިރުވެސް އޭނަގެ ފަރާތުން އިއާންއަށް ދެވެނީ އަބަދުވެސް މާޔޫސްކުރުވާފަދަ ޖަވާބެކެވެ. އެކަމާމެދު އޭނާ ނުހަނު ކަންބޮޑުވެ ދެރަވެސްވެއެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ؟ އަދި އޭނަގެ ހިތާއި ސިކުނޑިއަކަށް މިކަމުގައި ގޮތެއް ނުނިންމުނެވެ. އޭނާދެކޭ ގޮތުގައި ގުޅުމެއް ފަށަންވާނީ ނުހަނު ވިސްނާފައެވެ. އެކަމަށް ފުރިހަމައަށް އޭނައަށް ތައްޔާރުވެވުމުންނެވެ. އޭނަގެ ހިތުން އިއާންއަށް ޖާގައެއް ދެވުމުންނެވެ. އެގުޅުން ރަނގަޅަށް ކުރިއަށް ދާނީ އޭނަގެ ހިތުގައިވެސް އިއާންއަށްޓަކައި އިހުސާސްތަކެެއް އުފެދިގެންކަން މިންހާ ގަބޫލުކުރެއެވެ. މިފަދަ ބޮޑު ނިންމުމެއް ނިންމަން އޭނާ ވަގުތު ބޭނުންވެއެވެ. މާޒީގެ ދުވަސްތައް ހަނދާން ނައްތާލާ އޭނަގެ ހިތުންނާއި މުޅި ދިރިއުޅުމުންވެސް އޭގެ އަސަރުތައް ފޮހެލާ މުޅިން އައު ބައިވެރިއަކަށް އޭނަގެ ހިތުން ލޯބި ދޭން ތައްޔާރުތޯ އަމިއްލަ ނަފްސާ ސުވާލުކުރެވޭ ކޮންމެ ފަހަރަކުމެ މިންހާއަށް އަދި ލިބެނީ އެއްޖަވާބެކެވެ. އޭނާ އަދި އެކަމަށް ފުރިހަމައަށް ތައްޔާރު ނުވާކަމުގައި ފާޅުގައި އޭނަގެ ހިތާއި ސިކުނޑި ބުނެއެވެ. އެހެންކަމުން އަވަސް އަރުވާލައިގެން އެއްވެސް ނިންމުމެެއް ނިންމާކަށް މިންހާ ބޭނުމެެއްނުވެއެވެ. އޭނާ ބޭނުންވަނީ ހަމަޖެހިގެން ޔަގީންކަމާއެކު ގުޅުމެއް ފަށާށެވެ. މުސްތަގުބަލުގައި މާޒީގެ ސަބަބުން މައްސަލަތަކެއް ކުރިމަތި ނުވާނީ އޭރުންނެވެ. އެރޭ މިންހާގެ ލޮލަށް ނިދި ސަވާރުވީވެސް އެކަމާމެދު ވިސްނަން އޮތްވައެވެ.
އިއާން ނިދަން އެނދުގައި ޖައްސާލިތަނާ ފޯނު ރިންގުވާން ފެށިއެވެ. ބަލައިލިއިރު ގުޅަމުން ދަނީ ނާއިލްއެވެ. ” ކަންތައްވީ ގޮތް އޮޅުން ފިލުވަންދޯ ތިގުޅީ… ” ފޯނު ނަގައި ކަންފަތުގައި ޖަހާލާ އެނދުން ތެދުވެ ބެލްކަންޏާއި ދިމާލަށް މިސްރާބުޖަހަމުން އިއާން ވާހަކަ ދެއްކިއެވެ. އޭރު އޭނަގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. އިއާން އެހެން ބުނުމާއެކު ނާއިލްގެ ހުނުމުގެ އަޑުއިވުނެވެ. ” ހަމަައަސްލަށް މިރޭވެސް ބުނިންތަ ލޯބިވާ ވާހަކަ… ” ނާއިލް ހެވިފައިހުރެ ސުވާލުކުރިއެވެ. ” އާނއެކޭ… މަށަށް އިހުސާސްތައް ކޮންޓްރޯލް ނުކުރެވުނީ… އައި ކުޑަންޓް ސްޓޮޕް… މިންނު ބުނީތަ އަނެއްކާާ ތިހެން… ކީކޭ ބުނީ މިންނު… ” އިއާން އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ. ”އާނ މިންނު ބުނި… އަހަރެން އެހީ ފުރަތަމަ މިންނު ގާތު މިންނުއަށް އިނގޭހޭ އަދިވެސް އާން މިންނުދެކެ ލޯބިވާކަން… ބުނީމަ ބުނީ އެހެން… މަށަށް ޔަގީންވި މިރޭ މިންނުގެ ވާހަކަތަކުން އާން އާމެދު ވިސްނާކަން… ޝީ ވޯޒް ރިއަލީ ސޭޑް… ވަރަށް ގިލްޓީ ފީލްވެޔޭ ބުނި… ޝީ ޑަޒަންޓް ވޯންޓް ޓު ގޯ ފޯ އަ ރިލޭޝަންޝިޕް އަންލެސް ޝީ އޯވާކަމް ފްރޮމް ހާ ޕާސްޓް… ޝީ ނީޑްސް ޓައިމް… އާން… އަންޑަސްޓޭންޑް ވޭދޯ… ” ނާއިލް ދެއްކި ވާހަކަތައްް އަޑުއަހަން ހުރިއިރު އިއާންގެ މޫނުމަތިން ހިތްހަމަޖެހިފައި ހުރި މިންވަރުން ވަރަށް ބޮޑަށްވެސް ހާމަވެއެވެ. ”ހޫމް… އައި ކޭން އަންޑަސްޓޭންޑް… އައި ވިލް މޭކް ހާ ފޯލް ފޯ މީ… އިންޝާ ﷲ… ” އިއާން އެހެން ބުނެލީ ވަރުގަދަ އަޒުމަކާއެކުގައެވެ. މިންހާއަށް މާޒީ ހަނދާން ނައްތާލެވޭ މިންވަރަށް ލޮއެބާއި އަޅާލުން އޭނަ ދޭން ބޭނުމެވެ. ” އިންޝާ ﷲ… ” ނާއިލްވެސް އުފާވެރިކަމާއެކު ބުނެލިއެވެ. ” އަދި އިތުރު ވާހަކައެއް ދައްކާށޭ މިގުޅީ… ” ސީރިއަސްކަން އެކުލެވިފައިވި އަޑަކުން ނާއިލް އެހެން ބުނުމާއެކު އިއާން ވަގުތުން ކޮން ވާހަކައެއްތޯ ސުވާލުކުރުއެވެ. ” މިންނު ބުނި މިހާރު އަނެެއްކާވެސް އަލޫފް ފަހަތު އަޅުވާލައިގެން އުޅޭ ވާހަކަ… ނުދަންނަ ނަންބަރަކުން މެސެޖު ކުރަނީޔޭ ބުނި… މާފަހުންނޯ އިނގުނީ އަލޫފްކަން… ނަންބަރު މިހާރު ބްލޮކްކޮށްފި… މިންނު ބުނި މިއަދު ހޮސްޕިޓަލަށްވެސް ދިޔައޯ… ރިސެޕްޝަންގަ އިން ކުއްޖަކަށް މާބޮނޑިއެއްވެސް ހަވާލުކުރިޔޯ މިންނުއަށް ދޭން… ” ނާއިލް މިންހާ ކިޔައިދިން ގޮތަށް އޭގެ ފަހުންވެސް އަލޫފް ކަންތައް ކުރި ގޮތް އިއާންއަށް ކިޔައިދިނެވެ. ”ހައު ޑެއާ އީޒް ހީ… މިހާރު އަލޫފްއަކަށް މިންހާގެ ދިރިއުޅުމަށް ވަނުމުގެ އެއްވެސް ހައްގެެއް ނޯންނާނެ… ” އެވާހަކަތައް އަޑު އިވި ހިތްހަމަނުޖެހިފައި ހުރެ އިއާންއަށް ބުނެލެވުނެވެ. ”އާނ… އާން ހޮސްޕުޓަލުގަ އުޅޭނިއިރު ބަލާލައްޗޭ މިންނުއަށް… މިހެން ބުނާއިރުވެސް އިނގޭ ނުބުންޏަސް މިންނުއަށް ރަނގަޅަށް ބަލާނެކަން އާން… އައިމް ޖަސްޓް ވޮރިޑް އެބައުޓް ހަރ… އަހަރެން ބޭނުމެއްނޫން އަލޫފްގެ ސަބަބުން އަނެއްކާވެސް މިންނު ކުރިން ހުރި ދަރަޖައަށް ވެެއްޓޭކަން… ކުރިއަށްވުރެ ވަރަށް ބޮޑަށް ސްޓްރޯންގް މިހާރު… އަލޫފްގެ ސަބަބުން މިންނު އިތުރު ހިތާމައަކާ ހިތްދަތިކަމެެއް ތަހައްމަލްކުރާކަށް އަހަރެން ބޭނުމެއް ނޫން… ” ނާއިލް އޭނަގެ ކަންބޮޑުވުން އިއާން އާއި ހިއްސާކުރިއެވެ. ”އަހަރެން ހުއްޓާ ދެން އަލޫފްއަކަށް މިންނުއާ ގާތަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް އެޅިޔަކަ ނުދޭނަން… އިންޝާ ﷲ… ” އިއާން މިފަހަރުވެސް ބުނެލީ ވަރުގަދަ އަޒުމަކާއެކުގައެވެ. އެކަމާ ބެހޭގޮތުން އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ދެމީހުންވެސް ފޯނު ބާއްވާ ނިދަން އަވަސްވެގަތެވެ.
ފަތިހު ފަތިސް ނަމާދުކޮށްގެން ކުޑަ ވަގުތުކޮޅަކު ޤުރުޢާން ކިޔަވާލުމަށްފަހު މިންހާ އޭނަގެ ދާވެފައި ހުރި އެއްޗެހި ހިފައިގެން އެންމެ ތިރިއަށް ފައިބައި އެއްޗެހި ދޮވުމަށް ޙާއްސަކުރެވިފައިވި ލޯންޑަރީ ބަޔަށް ވަދެ އޮޓޯމެޝަނަށް ދޮންނަން އެއްޗެހި އެޅުމަށްފަހު ބަދިގެއަަށް މިސްރާބުޖެހިއެވެ. ބަދިގެއަށް ގޮސް ވަންއިރު އެކަކުވެސް ބަދިގެއަކު ނެތެވެ. މިންހާ އެންމެނަށް ކޮފީ ތައްޔާރު ކުރުމަށް އަވަސްވެގަތެވެ. ކޮފީ ތައްޔާރުކޮށް ޓްރޭގައި ކޮފީ މަގުތައް އަތުރަން ހުއްޓާ މައިޝާ އާއި ނާހިދާ އައިސް ބަދިގެއަށް ވަނެވެ. ” އަނހާ… ދަރިފުޅު އެންމެނަށް ކޮފީ ތައްޔާރުކޮށްލީތަ… ” އުފާވެރި މޫނަކާއެކު ނާހިދާ ބުނެލިއެވެ. ” އާނ… މަންމަ އާ ދޮންބެދައްތައާ ދޭ ހަޓަށް… އަޅުގަނޑު ދާނަން މިއެއްޗެހި ހިފައިގެން… ” މިންހާ އެދެމީހުނަށް ބަލައިލާ ދެތިން ވައްތަރުގެ ބިސްކޯދު ހުރި ތަށި ޓްރޭގެ މެދުގައި ބައިންދަމުން ބުނެލިއެވެ. މިންހާ އެހެން ބުނުމުން މައިޝާ އާއި ނާހިދާ ގެއިން ނުކުމެ ގޭގެ ހުސް ޖާގައިގައި ހަދާފައިހުރި ހަޓަށް ވަނެވެ. ހުދު ކުލައިގެ ވަށް މޭޒެެއް ހުރިއިރު ވަށާއިގެން ހުދު ކުލައިގެ ގޮނޑި ބަހައްޓާފައިވެއެވެ. އެދެމީހުން ނިކުންއިރު އަޝްރަފްގެ އިތުރުން މާހިލްވެސް ކޮންމެވެސް ވާހަކައެއް ދައްކަން އެތަނުގައި ތިއްބެވެ. ” މަންމަމެން ހުސް އަތާ ތިއައީ ކީއްވެ… އަހަރެމެން މިތިބެނީ އަދި ކޮފީ ލިބޭނެކަމަށް ދޯ ބައްޕާ… ” ނާހިދާ އާއި މައިޝާ އައިސް އެތަނުން ގޮނޑިއެއްގައި އިށީނުމާއެކު މާހިލް ބުނެލިއެވެ. އެވަގުތު އަޝްރަފްވެސް މާހިލްގެ ވާހަކައަށް ތާއީދުކުރިއެވެ. ” ކޮފީ އީޒް ރެޑީ… ” ނާހިދާއަށް އެއްޗެއް ބުނެވުމުގެ ކުރިން ފުޅާ ހިނިތުންވުމެއްގައި ހުރެ ޓްރޭއެއްގައި ކޮފީ މަގުތައް ހިފައިގެން އަންނަ މިންހާ ބުނެލި އަޑަށް އެންމެންވެސް އެދިމާލަށް ބަލައިލިއެވެ. އެއާއެކު ކޮންމެ މީހެއްގެ ތުންފަތަށްވެސް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
މިންހާ އައިސް ޓްރޭ މޭޒު މަތީގައި ބަހައްޓާ ކޮންމެ މީހެއްގެ ކުރިމަތީ ކޮފީ މަގެއް ބެހެއްޓިއެވެ. ” ހޫމް… މިންނުގެ ސްޕެޝަލް ކޮފީ… ” ނޭފަތް އެތެރެއަށް ދަމާލި ވަގުތު ދުވި ކޮފީގެ މީރުވަހުން މާހިލްއަށް ބުނެލެވުނެވެ. މާހިލް ލަސްނުކޮށް ކޮފީ މަގުން އެތިފޮދެއް ބޯލިއެވެ. ” މިހާރުދޯ މިންނުގެ ސްޕެޝަލް ކޮފީ ލިބުނަސް ލިބޭނީ އަހަރެމެނަށް… ދުވަސްކޮޅަކު މިންނު އެހެން ގެއަކަށް ގޮސްފާނެއެއްނު… އޭރުން އެގޭ މީހުނަށްތާ ލިބޭނީ… ” މާހިލް މިންހާ އާއި ދިމާކޮށްލުމުގެ ބޭނުމުގައި ބުނެލިއެވެ. މާހިލް ބުނި އެއްޗެއް ވިސްނުމުން މިންހާގެ މޫނު މަތިން ލަދުވެތިކަން ހާމަވިއެވެ. އޭނަގެ ތުންފަތުގައިވީ ލަދުރަކި ހިނިތުންވުމެކެވެ. އެންމެންވެސް ތިބީ މިންހާގެ މޫނު މައްޗަށް އަރާ ކުލައަކަށް ބަލަހައްޓާއިގެންނެވެ. މިންހާގެ މޫނު މަތިން ފެނުނު ކުލަވަރުން ކޮންމެ މީހެއްގެ ތުންފަތަށްވެސް ހިނިތުންވުމެއްވެރިވިއެވެ. ” ދަރިފުޅު އުޅެންތަ އެކަހަލަ ކަމަކާ… ބައްޕަމެން އެންމެންވެސް ވަރަށް އިންތިޒާރު ކުރަން އިނގޭ އެދުވަހަކަށް… ” އަޝްރަފް ބުނެލިއެވެ. ” އަދި ނުވިސްނަން… ފުރަތަމަ އަޅުގަނޑު ބޭނުންވަނީ ކިޔެވި އެއްޗެެއްގެ ބޭނުން ރަނގަޅަށް ހިފަން… ވަޒީފާގައި ކުރިއަރަން… އެއަށްފަހު އެކަމާ ވިސްނާނަން… ” މިންހާގެ ޚިޔާލު ފާޅުކުރުމުން އެންމެންވެސް އެކަމާ ރުހި ގަބޫލުވިއެވެ. ކޮފީ ބޮއެ ނިންމާލުމަށްފަހު އަންހެންވެރިން އަވަސްވެގަތީ ސައި ތައްޔާރު ކުރުމަށެވެ. މާހިލް އާއި އަޝްރަފް އޭރުވެސް އެތަނުގައި ތިބީއެވެ.
ހެނދުނުގެ ސައިގެ ކަންތައްތައް ނިންމާލުމަށްފަހު މެންދުރުގެ ކެއުން ތައްޔާރުކުރާ ވަގުތު ކައިރިވުމުން ނާހިދާމެން އެންމެން ދިޔައީ ނާސިހާމެންގެ ގެއަށެވެ. ހުކުރު ދުވަހަށް ވެފައި ދެއާއިލާ އެކީ އެންމެން އެއްސުފުރާ މަތިން ނުކެވޭތާ ދުވަސްތަކެއް ވުމާއެކު ދެއާއިލާއިންވެސް ނިންމީ ހުކުރު ދުވަހުގެ މެންދުރުގެ ކެއުން ނާސިހާމެން ގޭގައި ބޭއްވުމަށެވެ. ހުރިހާ އަންހެން ވެރިންވެސް ކެއްކުމުގައި ބައިވެރިވިއެވެ. މިންހާ ފްރުޓް ކޮކްޓެއިލް އަޅާއިގެން ކަސްޓަޑު ކެެއްކުމަށްފަހު ފިނި ކުރުމަށް ފްރިޖަށްލިއެވެ. އެއަށްފަހު މޭޒު މަތީގައި ހުރި ތަރުކާރީތައް ކޮށުމަށް އަވަސްވެގަތެވެ. އޭރު މައިޝާ އާއި ނަޝްފާ ރޮށި ފިހުމުގައި ހަރަކާތްތެރިިވަމުން ދިޔައިރު ނާހިދާ ދިޔައީ ކުކުޅު ހަދަމުންނެވެ. އޭރު ނާސިހާ ދިޔައީ ރިހަ ކެއްކުމަށް ތައްޔާރުވަމުންނެވެ. ތަކުރާރީތައް ކޮށާ ނިންމުމަށްފަހު މިންހާ ބޭރަށް ނުކުތީ އެގޭގައި ހުރި ހިކަނދި ފަތް ގަހުން ހިކަނދި ފަތްކޮޅެއް އުފުުރުމަށެވެ. ގޭތެރެއިން ނިކުންއިރު މާބަގީޗާ ތެރޭގައި މަންހާގެ އިތުރުން ނާޝް ހުއްޓެވެ. މާއިން ފެންނަން ނެތުމުން ދެކޮޅު ހޯދާ ބަލައިލިއިރު ފެން އިސްކުރު ކައިރި ކުޑަ ފުޅިއަކަށް ފެން އަޅާއިގެން މާއިން ހުއްޓެވެ. މިންހާ ފެނުމާއެކު މާއިން ދޮންތާއޭ ކިޔާ ގޮވާލިއެވެ. މިންހާ ހިނިތުންވެލަމުން ލައްބައޭ ބުނެ ހިނގައިގަތެވެ. ” ދޮންތީ ތެންމާލާނީ… ” ދެވަނަ ސިކުންތުގައި މާއިން އޭނަ އަތުގައި އޮތް ފެން ފުޅި ހިފައިގެން ދުއްވައިގަންނަމުން ބުނެލި އަޑުއިވުނެވެ. ” ނޯ ނޯ މަންކޮ… ނޯ… ” މިންހާވެސް ފަސްއެނބުރި ބަލައިލުމަށްފަހު ކުޑަކޮށް ދުއްވައިގަންނަމުން ބުނެލިއެވެ. ދުވެފައިދިޔަ މިންހާ ގޮސް ލައިގަތީ ބޮޑު ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަން އިއާންގެ ގައިގައެވެ. އިއާން އަވަސް ހަރަކާތަކާއެކު މިންހާ ހިފެހެއްޓިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ހިނދު ދެމީހުންގެ ހިތުގެ ތެޅުމަށްވެސް ބަދަލެއް ގެނުވިއެވެ. މިންހާއަށް އިޚްތިޔާރުން ބޭރުގައި އިއާންއަށް ބަލަހައްޓާއިގެން ހުރެވުނެވެ. މޫދު އެރިފައި ހުރުމުގެ ސަބަބުން ލައިގެން ހުރި ރަތް ކުލައިގެ އަތްދިގު ޖާރސީ ވަނީ އެފިރިހެންވަންތަ ހަށިގަނޑުގައި ތަތްލާފައެވެ. ޝަބްނަމް ތިކިތަކެއް ފަދައިން ބަބުޅަމުން ދިޔަ ފެން ތިކިތައް އިއާންގެ މޫނުގައި ހަރުލާފައި ހުރިއިރު ބަލައިލަން ނުހަނު ހިތްގައިމެވެ. ދެމީހުން އެކަކު އަނެކަކަށް ގެއްލިފައިވި މަންޒަރު ބަލަން ހުރި ނާއިލްގެ ތުންފަތުގައިވީ ލާނެއް ހިނިތުންވުމެކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
83 Comments!
Comments are closed.








Salaam dear readers… Here is the next part… Hope all will like this part too… Sorry for the late update… Next part In Sha Allah Sunday night ga… Keep waiting… Check vx nukoh mi up kohly Las v ma… I’m so sorry… Next part ge comments thakah reply kuraanan In Sha Allah maadhama… Thankyou soooooo much dear readers ifoo ah thidhey support ah ❤️❤️❤️????????????… Love you all ❤️❤️❤️????????????…
Me first dhw vvvvv salhi
Vvvvvvvc salhi alhey dhen minnu gulhuvba
Ishu ❤️❤️❤️… Yesss ur first ???… Congrats on being first ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️?????????… Let’s see what happens ???…
kiyaalaafaa kommenteh kohllaana hyvey vvv reethivaanehen☺️☺️
Thankyou sooooooooo much ❤️❤️❤️?????????… Waiting for your comment ???…
OMG IM JUST INLOVE WITH THIS PART. VVVV REEETHI. PLS UPLOAD NEXT PART SOON. MUCH LOVE❤❤❤??????????????
Ayysha ❤️❤️❤️… Thankyou sooooooooo much for the support n love ❤️❤️❤️?????????… V v v ufaavehje ???… Next part In Sha Allah Sunday night ga ???… Keep waiting ???… Much more loves from me ❤️❤️❤️?????????…
vvvv salhi mi part ves ifooo….keep it up…..
Avlyn ❤️❤️❤️… Thankyou sooooooooo much for the support n love ❤️❤️❤️?????????… V v v ufaavehje ???… Much more loves from me ❤️❤️❤️?????????…
Speechless…!!! ❤❤??❤❤….Mi part vex vrh vrh reethi…❤❤??❤❤..Sifa kurun thah vrh reethi mi part ga vex…❤❤??❤❤…Aan ah kuda nama vex hiy hama jehumeh libijje dhw finally..❤❤??❤❤..Hope he will be happy with minnu for ever…❤❤??❤❤..Alhe aan and minnu ge parts thah gina kohlaba…❤❤??❤❤
E dhe meehun gulhuvaba avahah..❤❤??❤❤…Hope its going to be happened soon..❤❤??❤❤..Keep it up dear…❤❤??❤❤…Waiting for next part…❤❤??❤❤
Hope next part will be more intresting..❤❤??❤❤… Its okay dear…Its just one day late dhw…❤❤??❤❤..Worth waiting dear…Kithamme lahun up viyas we know that you will make us happy dhw…❤❤??❤❤..Overall koh bunaa nama buneven othy mihaa reethi story eh numiyamey adhi..❤❤??❤❤..Much loves dear..❤❤??❤❤
THE BEST STORY
THE BEST WRITTER
❤❤❤❤????
Thankyou sooooooooo much @Ikleel for the colourful Comment ❤️❤️❤️?????????… It means a lot for me ???… Let’s see what happens… Keep waiting… Much loves ❤️❤️❤️?????????…
alhey vara loabi..
Thankyou sooooooooo much maii ❤️❤️❤️?????????…
wowwww…love thisss..cant wait for the next part???
Awwwwnn
❤️❤️❤️???… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???…
v kuru mi bai… but still its awesome…. aneh part avahah up kohla dhehchey.. plx
Anii ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Next part In Sha Allah Sunday night ga n balaanan mi part ah vure dhigu konn genesdheveythr ???… Much loves ❤️❤️❤️?????????…
Woww v reethi mi part vx masha allah ??????????????? i think minnu is feeling something for aan.??????? keep it up ifooo dear curiously waiting for the nxt part ???????????
Awwwwnn ❤️❤️❤️???… Haadha loabi colourful comment ekey ❤️❤️❤️???… Thankyou sooooooooo much for the support n love ❤️❤️❤️?????????… V v v ufaavehje ifoo ???… Yeah… Seems that she is feeling something… Right ???… Hehhe… Keep waiting dear ???… Much more loves from me ❤️❤️❤️?????????…
Heii jiji bunymehnu kiyaafa comment eh kohlaanamey dhw..finally I’m here?????????????????✏✏..vvv
Salhi mi part..As usual sifakurun vec hama v obi..Hama rythi kamun anga hulhuvi gothah lappan neygifa iny..hehe???????????????????????✊✊?…jiji ah heevany mi part kudakoh shrt hn..please next part dhigukohdhehchey..thanks fr the beautiful gift?????????..God bless u..May
Allah will fulfill urgent dreams.. Alhamdhullilah!!??????????????????lots f luv frm me darla. .me second dhw????????????????????
Hii jiji ???❤️❤️❤️… Thankyou sooooooooo much for the supportive, colourful Comment ❤️❤️❤️?????????… V v v ufaavehje jiji ge comment kiyaalaafa ???… Ur so sweet dear ???❤️❤️❤️… It’s about two thousand words… Will try to make it longer than this ???… May Allah fulfill your dreams too dear???… Much much more loves from me ❤️❤️❤️?????????…
Awwwnn…such a cute and romantic part..???. Love all the romantic scene of minnu and aan..❤❤❤❤..hama heevany film eh thereyga ulheveyhen vaahaka kiyaa iru..it simply is awesome…perfect… ???❤??????????..
u are the bestest of best writer i have come across in my entire life.. u write so well .. MashaAllah??.bas koshaaru bas thah aturaafa hunna goih bahuge fashivikan..ohoo..its hama amazing..❤❤❤❤
Much love from me..??
varah reethi mi bai ves, dhen alhun ge kehtherikan kolhun nulanys aan aa minnu gulhuvabe plxxxx
Juma ❤️❤️❤️… Thankyou sooooooooo much ???❤️❤️❤️??????… Keep waiting dear ???…
Wow…. Varah varah reethi ?❤️
Zuam ❤️❤️❤️… Thankyou sooooooooo much ???❤️❤️❤️??????…
Awwwnn…such a cute and romantic part..???. Love all the romantic scene of minnu and aan..❤❤❤❤..hama heevany film eh thereyga ulheveyhen vaahaka kiyaa iru..it simply is awesome…perfect… ???❤??????????..
u are the bestest of best writer i have come across in my entire life.. u write so well .. MashaAllah??.bas koshaaru bas thah aturaafa hunna goih bahuge fashuvikan..ohoo..its hama amazing..❤❤❤❤
Next part avahah up kohdhehchey..plx.. this story is like a drug. And im fully addicted to this drug.. keevarakah ithurah kiyaa hih vany.??..
Much love from me..??
Awwwwnn ❤️❤️❤️???… Naum❤️❤️❤️… Thankyou sooooooooo much for the sweet comment ???❤️❤️❤️??????… Naum ge comment kiyaalaafa ifoo v v v ufaavehje ???… I’m speechless ???… V v v ufaavehje mi part ehaa kamudhiyaima ???… It means a lot for me ???… Once again thankyou soooooo much n much much more loves ???❤️❤️❤️??????…
Alheys mirey maa lahun mi on vevuny…ekamu vc story kiyaa fin ???Masha Allah…wow..dear u r best story writer ever I saw..baskoshaaru vx OMG.. hyvany mi ulheveny film eh thereyga a..wow so loving..GOD BLESS YOU…????????I AM THE BIGGEST FAN OF YOU.HEHE.??
Awwwwnn ❤️❤️❤️???… Ur so sweet dear ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???.. Bunaane ehchehvx neyngifa ufalun goss ???… Heheh… Once again thankyou soooooo much n much much more loves from me ❤️❤️❤️?????????…
Wow ????
V vvvvvvv reethi mi part ves
Mee mihaaru emme kiyaa hih vaa vaahaka akee???
Next part adhi miah vure dhigu kohladhehchey ingey
❤??????????
Zura ❤️❤️❤️… Thankyou sooooooooo much for the support ???❤️❤️❤️??????… V v v ufaavehje ???… Will try to make it longer than this part ???… Much loves
❤️❤️❤️?????????…
Vrh loabi ifoo ❤️❤️❤️ Nei bunaane ithuru echeh ??? hama waiting for next part ???????
Scarlet ❤️❤️❤️… Thankyou sooooooooo much for the support ???❤️❤️❤️??????… V v v ufaavehje ???… Much loves
❤️❤️❤️?????????…
Alhey v kiyaahithun indha enimuny….v salhi stry v avahah up kohla dhybr aneh part plxxxxxx…??
Rai ❤️❤️❤️… Thankyou sooooooooo much for the support ???❤️❤️❤️??????… V v v ufaavehje ???… Next part In Sha Allah Sunday night ga ???… Keep waiting dear ???… Much loves
❤️❤️❤️?????????…
Minnu enmefahun aan ah fall vaane hen haadha heevey . Aan ah ehen kuhjaku dheebala minnu ah Vaagitheh balaalan good work dear waiting for the next part
Noor ❤️❤️❤️… Thankyou sooooooooo much for the support ???❤️❤️❤️??????… V v v ufaavehje ???… Let’s see what happens ???… Keep waiting dear ???… Much loves
❤️❤️❤️?????????…
Awwwlheyy so so loabi❤?
Ifoo waiting for the next part ingey? Varah varah reethi mi vaahaka
Hama ehkoh kiyaalan beynun vany
Ifoo varah molhu masha allah❤Avahah up kohdhehchey ??
Awwwwnn ❤️❤️❤️???… Thankyou sooooooooo much sasha ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… Next part In Sha Allah Sunday night ga… Keep waiting dear ???… Much more loves ❤️❤️❤️?????????…
Finally aan and minnu together ??❤
Thuthy ❤️❤️❤️… They aren’t together… Adhi dhe kudhinn hama friends…. ???…
Mee kithah episodege vaahakaehtha ifoo
Ifna ❤️❤️❤️… I don’t know exact number eh
… Cause I haven’t written the story… Sorry dear???…
v v v v v loabi… v salhi..aan and minnu together for even a secnd brings a smile on my face… hehehe…. i am really sorry ingey kurin partga mi part up nuvyma thankolheh rude koh vaahaka dhekkunyma.. i honestly did not see your comment…. ifoo kuraa hurihaa commentehgaves hure ennu green kula.. mifaharu kulaeh nethyma neyguny.. aneh kolhun i was really scared ifooo ah kameh vee kamah heekoh… dhen ehen commentehga konmeves reader ifooge comment kiyaashey bunyma realize vee… i am soo sorry ingey….. i am really big fan of u…..mi story v v v reethi… u are the best of the best story writer ever… and my favourite one indeed…. love you… once again sorry ingey
Oops jiji 3rd ??
v v v v loabi… v v salhi…. aan and minnu together for even a second brings a smile on my face…. ifoo i am sorry ingey last partga kudakoh rude koh comment kurevunyma… i was so eager to read the story… i honestly ddnt see the comment u wrote story nu genesdheveyne vaahaka bunan… i am really big fan of u… u r the best of the best writer….baskosharaa sifakuruntha hama MA SHA ALLAH…. nxt part kudakoh dhigu kohlahchey..i am sorry once again… Love you
sorry ingey repeat vefa miothy comment..heheh
Hey ???… It’s ok ???… Ehenvx vaane ???… Actually comment publish nuve inyma ehen v dhw… I know readers story kiyaa hih vefa thibyma kann egothah comment kurevuny ???… It’s totally fine ???… I can understand ???.. Ifoo ah online veven nethyma comment approve vx nukurevuny ???… I’m sorry for that ???… N thankyou soooooooooo for the support n love ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… Much more loves from me ❤️❤️❤️?????????…
????????wowww?????????v v v v v v v reethi mi baivss???????masha allah??????? mi part haadha kuruhnn heeveyy.. next part thankolheh dhigukohlahche…avahah dhnn aann n.aai minnu aa gulhuvaba… alheyy haadha reethi hisaabakuneyy dhww thi ninmaalee.. ????????????❤❤❤❤❤❤❤❤?????????????????????dhnn vaanehotheh v baalhihveeba.??????????????????❤❤❤❤❤. next part up kohdhehche..varah inthizaaru kurveyy vaahaka eh me???? mihaathanah kireyy enne reethi vaahaka..?????????i love this storyy..??????? best writer??❤❤❤???????? ifooooooooooo❤❤❤❤❤❤
Wowww ???… Again my dear sweet yaaanaa ge v v loabi colourful comment eh ???❤️❤️❤️???… Thankyou sooooooooo much yaaanaa ❤️❤️❤️?????????… It means a lot for me ???… V v v ufaavehje ???… Will try to make the next part longer than this part ???… Much much more loves from me ❤️❤️❤️?????????…
Wooowwwww!!!????? speechless
Daisy girl ❤️❤️❤️… Thankyou sooooooooo much ??????????❤️❤️❤️… V v v ufaavehje ???… Much loves from me ❤️❤️❤️?????????…
Jiji ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Waiting for your comment ???… N wish you a very Happy Birthday Day ❤️❤️❤️??????…
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Haadha loabiey mi part vrs….maasha allah your are the best writer…????????????????????????????????????????
Sifa kuruntha ves hama habeys.????????????????????????????????⚘⚘⚘⚘⚘⚘⚘⚘????????????????
Miulheny ifoo molhukamun bunaane ekacheh ves nrygigen..????????????????????
Wowo wowo woow….haadha reachey…ekam vvv sad vejje ashara n naail ge majaa part eh nethyma……dhen anna baigaa gina kollachey ingey ekudhinge fightthah ves. I love their parts..?????????????????????????
Mee mihaaru mi site ge enme rythi vaahka….ehen site thakun ves mi varuge vaahakaeh nukiyeynr….your are the best writer ….???????????????????????????
Ifoo vareh hama neii ❤❤love u sis…..hope u will write more lovely stories for this site…❤❤❤❤❤????????
Ifoo mi vaahaka nimmafa fotheh ge sifa gai neren v ennu..yageen baivaru myhun gannnae mi stry..?????
Once again bunelaanan every episode of this str is awesome……amazing……………amaxing……??????
Your big fan maai
Awwwwnn ❤️❤️❤️???… Haadha loabi colourful comment ekey ❤️❤️❤️???… I’m speechless ???… I don’t know what to say maai ???… Thankyou soooooooooo much from bottom of my heart ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… Dhn hama bunaane ehchehvx neynge ???… Ehaa vx ufaavehje ???… Fothehge sifaiga dhw… Thikahala hiyaaleh adhi nukuran ???… Heheh… Ifoo ah heevany mihaaru online koh henn gina myhun kiyanee… So it’s better to write in a site dhw ???… Heheh… Ashraa n naail ge bai dhn part akun genesdheynan In Sha Allah ???… Once again thankyou sooooooooo much maai n much much more loves from me ❤️❤️❤️?????????…
Log out koh jiji ge name ga aee hama mi jiji…thanks for wishing on my belated birthday..?ifoo sis ge birthday aky kon dhuvaheh thr??
I meant blue kulaiga in jiji aky vec hama mi jiji ey..hehe??
Jiji ❤️❤️❤️… Yeah I know ???… Heheh… Most welcome dear ???…
Mashaa allah …… vvvv reethi mi part vx❤❤❤❤????????
Ainth ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???…
reyga kiaalaafa comments nukurevuny kudakoh busy v maey.. ??
varah reethi mi partves. ???
dhen avahah minnu N aan gulhuvabala..
Im waiting.. ??
Thankyou sooooooooo much ❤️❤️❤️?????????… Fahun vx comment kohleema v v v ufaavehje ???… Keep waiting ???… Much more loves ❤️❤️❤️?????????…
Mihaaru story varah lahun genesdheny.. aamukamakah vehje gennan bunefa onna dhuvahah story nugenesdhinun.. abadhu balive noony busy vefa migaharu data nethifa?
I believe mihaaru bunaa dhuvahah knme dhuvahaku up nukurevey kann… Job ga hama asluvx v bxy koh miulheny even if you don’t believe… Bxy v ma bxy ey bunany n bali vx vaane dhw hama… Hope you will understand…
Kameh vaany bunefakaaeh nun… hama vedhaane a kahala goi goi vx… and ahare mennaky insaanun ehenve hama vedhaane ?? we can understand ?❤❤
Ainth ❤️❤️❤️… Thankyou sooooooooo much for understanding ???❤️❤️❤️??????…
V v v v reethi mi part vxx ekamu thankolheh kuruhen hyvey…. Dhn nxt part dhigu vaane kamah ummedhu kuran??????
Luxx ❤️❤️❤️… Thankyou sooooooooo much ?????????❤️❤️❤️… Next part In Sha Allah miahvure dhigukoh genesdheynan ???…
Ifoo mashaa allah it is so nice…can’t wait to read next part ?
Shamm ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Now next part kiyaaleveyne ???…
ifoo… thanks for being so understanding…. u are the best
Awwwwnn ❤️❤️❤️???… Ur most welcome dear ❤️❤️❤️?????????… V v v ufaavehje ???…
Varah reethi masha Allah. When next part?
Shaa ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… Now next part uploaded ???…
I am 14 but i love to read stories & i have read all of youre stories.youre Stories are very lovely.Masha Allah
RYM ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Much more loves ❤️❤️❤️?????????…
Dear I’m really sorry for the late cmnt cox now a days I’m super bxy… mi part mi kiyaa ninmaalevunyvx 3 days in bxy kamun hama nuvany n hama time vaa irah thankolheh kiyaalany mi now ehkoh nimihje… As usual mi partvx v v v rythi ingey v v v furihama rythi sory eh mee… Ifooooo dear ur soooooo gud n I love ur stories ???????????????❤❤❤❤❤❤❤❤❤❤
Naju ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ehaa bxy koh ulhemunvx story kiyaalaafa comment eh kohlyma ???… Much more loves ❤️❤️❤️?????????…
ifoo when is next its sunday night already……I cant wait to read ….alhey gadi bunela dhyba up kuraa pls
Hey… Now story uploaded ❤️❤️❤️???… Avahah kiyaalaa ???…
awwwwhhhh varah reethi