Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ވަންހަނާ – 05

Ifaam Level 1100 Login
April 16, 2019 2 Mins Read
13 Comments

އެލެކްސް އޭނާ ލައިގެންހުރި ޖެކެޓް ތެރެއަށް އަތް ކޮއްޕާލުމަށްފަހު ނެގީ ރިމޯޓެކެވެ. އެ ރިމޯޓް ފެނުމާއިއެކު ރިވްލާންގެ ދެލޯބޮޑުވެ މުޅިމީހާ ދާހިއްލަން ފެށިއެވެ. އެލެކްސް ކުރަން އުޅޭކަންތައް ރިވްލާންއަށް ވަރަށް ރަނގަޅަށް އިނގެވެ. އެލެކްސް ބުންޏެވެ. ” އެންމެ ފަހުފަހަރު މިއަހަނީ.. ކޮބާ ޕެންޑްރައިވް ؟ ”

*************************

ރިވްލާން އަށް ބަލަން ހުރެވުނެވެ. ކަންތަށް ކުރަންވީ ކިހިނެއްބާއޭ ހިތައްއެރިއެވެ. ޕެންޑްރައިވް އެލެކްސް އަށް ދީފިނަމަ، ދެވަނަ ފަހަރަށް ޕެންޑްރައިވްގައިވާ ފައިލްތައް ނުލިބިދާނެއެވެ. ޕެންޑްރައިވް ނުދީފިނަމަ ކަރަންޓް ޝޮކެއް ލިބި ރިވްލާންގެ ހަށިގަނޑަށް ކޮންމެފަދަ ގެއްލުމެއްވެސް ލިބިދާނެއެވެ. ކުރަންވީ ކީއްކަން ކަނޑަނޭޅިގެން އުޅެނިކޮއް މުޅިމީހާ ތުރުތުރު އަޅައިގެންގޮސް ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު އެލެކްސްހުރީ އޭނާ އަތުގައި އޮތް ރިމޯޓަށް ފިއްތައިގެންނެވެ. ” އަމިއްލަ ފުރާނަ ސަލާމަތްކުރަން ބޭނުމިއްޔާ ހަމަ މިހާރު އަހަންނަށް ޕެންޑްރައިވް ހަވާލުކުރޭ..” ރުޅިވެރި ރާގެއްގައި އެލެކްސް ބުންޏެވެ.

ރިވްލާންއަށް އޮތީ ހިރުވާވެސް ނުލެވިފައެވެ. އަނގައިން ބަހެއްބޭރު ކޮއްލާނެ ހިތްވަރެއްވެސް އޭނާގެ ނެތެވެ. ރިވްލާންގެ ފަރާތުން ޖަވާބެއް ނުލިބުމުން އެލެކްސް އޭނާގެ 2 ގާޑުންކައިރީ، ރިވްލާން ލައިގެންހުރި ގަމީހާއި ޖިންސުގެ ޖީބުތައް  ޗެކުކުރުމަށް އަމުރުކުރިއެވެ. އަދި ރަޔާން ޖަލުތެރެއަށް ލުމަށްވެސް އަމުރުކުރިއެވެ. އެވަގުތު ފުރަތަމަ ގާޑް ޖަލުގެ ދޮރު ހުޅުވުމުން ދެވަނަ ގާޑް ރަޔާން ބިންމަތީގައި ދަމަމުންގޮސް ޖަލުތެރެއަށް ވެއްދިއެވެ. އެއަށްފަހު ދެގާޑުންވެގެން ރިވްލާން ލައިގެންހުރި ގަމީހާއި ޖިންސުގެ ޖީބުތަށް ޗެކުކުރިއެވެ. ނަމަވެސް ޕެންޑްރައިވްއެއް ނުފެނުނެވެ. އެލެކްސްގެ ރުޅި ދިޔައީ އިންތިހާއަށް ގަދަވަމުންނެވެ. އަދި ފައިސަލްއާއި ރަޔާންގެ އަތުން ޕެންޑްރައިވް ފެނޭތޯ ޗެކްކުރުމަށް ގާޑުންނަށް އަމުރުކުރިއެވެ. ނަމަވެސް ތިން މީހުންކުރެ އެކަކު އަތުންވެސް ޕެންޑްރައިވް އެއް ނުފެނުނެވެ.

**************

ގަޑިން ރޭގަނޑު 10 ޖެހީއެވެ. ރަޔާންއާއި ރިވްލާންއަށް އޮތީ ނިދިފައެވެ. އެވަގުތު ފައިސަލް ޖަލުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާލަ ހިގާލަ ހުއްޓެވެ. އޭނާ ދިޔައީ އެރަށުން ސަލާމަތްވެގެން ނިކުންނާނެ ގޮތަކާއިމެދު ވިސްނަމުންނެވެ. ދެކޮޅު ދެކޮޅަށް ހިނގަ ހިނގައިހުރި ފައިސަލް ހުއްޓުންއެރީ ކުއްލިއަކަށް ހަރުގޭގެ ދޮރު މީހަކު ހުޅުވާލުމުންނެވެ. އެވަގުތު ހަރުގެ ތެރެއަށް ގާޑަކު ރޭގަނޑުގެ ނާސްތާ ހިފައިގެން ވަދެގެން އަންނަތަން ފެނުނެވެ. އޭނާ އަތުގައި ފެންފުޅިއަކާއި ތައްޓެއް އޮތެވެ. އެތަށީގައި ހުރީ ވަރަށް އާދައިގެ ގޮތަކަށް ތައްޔާރުކޮއްފައިވާ ނޫޑުލިހެކެވެ. އަދި އެއާއި އެކު ނޫޑްލްސް ކެއުމަށް އުލެއްވެސް ލައިފައި އޮތެވެ. ގާޑުމީހާ ވަދެގެން އައިގޮތަށް ފެންފުޅިއާއި އޭނާ އަތުގައި އޮތް ނޫޑްލްސްތަށި ޖަލުގެ ދޮރު ދަށުން ފައިސަލްގެ ފަޔާއި ދިމާއަށް ވާގޮތަށް ޖަލުތެރެއަށް ކޮއްޕާލިއެވެ. ފައިސަލް ބަނޑުހައިވެފައިހުރިލެއް ބޮޑުކަމުން ލަސްނުކޮށް ބިންމަތީގައި އިށީންދުމަށްފަހު ކާންފެށިއެވެ. އެވަގުތު ގާޑުމީހާ ހުރީ ފައިސަލް ކައި ނިމެންދެން މަޑުކޮއްގެންނެވެ.

ބަނޑުހައިވެފައި ހުރިލެއްބޮޑުކަމުން ފައިސަލް ކަމުން ދިޔައީ ވަރަށް އަވަހަށެވެ. ކުއްލިއަކަށް އޭނާ ކޮށިއެރިއެވެ. އަދި ނޭވާލުމަށް އުނދަގޫވިއެވެ. ފެންފޮދެއް ބުއިމަށް ފެންފުޅި ނެގުނު ކަމުގައިވިޔަސް، އެވަގުތު އޭނާއަށް ފެންފުޅީގެ މަތި ހުޅުވޭގޮތެއް ނުވިއެވެ. ގާޑުމީހާއަށް އެމަންޒަރު ފެނުމުން ދުވެފައިގޮސް ޖަލުގެ ދޮރު ހުޅުވިއެވެ. އަދި ފައިސަލް ކައިރިއަށްގޮސް ފެންފުޅީގެ މަތި ހުޅުވާލި ވަގުތު ނޫޑްލްސް ތަށީގައި އޮތް އޫ ފައިސަލް ނަގައި ގާޑުމީހާގެ ކަރަށް ހެރިއެވެ. އަދި ގާޑުމީހާގެ އަނގަމަތީ އަތް އެޅުމަށްފަހު، ކަރަށް ހަރާފައިވާ އޫ ނަގައި ބަނޑުގެ އެތަން މިތަނަށް ހަރަމުން ގެންދިޔައެވެ. އެވަގުތު ގާޑުމީހާގެ ކަރުންނާއި ބަނޑުން ލޭތައް އޮހޮރެމުން ދިޔައެވެ. ގާޑުމީހާ މަރުވިކަން ޔަގީންވުމުން، ބިންމަތީގައި އޭނާ ބޭއްވުމަށްފަހު، ފައިސަލް އަވަސް ވެގަތީ ރިވްލާންގެ ފައިކުރިތެރޭގައި ފޮރުވާފައިވާ ޕެންޑްރައިވް ނެގުމަށެވެ. އަދި ޕެންޑްރައިވް ނެގުމަށްފަހު ހަރުގޭގެ ފަހަތުދޮރުން ނިކުމެގެންގޮސް ވަލުތެރެއާއި ދިމާއަށް ދުއްވައިގަތެވެ.

***************

އޮފީހަށްވަދެ ގޮނޑީގައި އިށީންދެލައިގެން އިނދެ އެލެކްސް ދިޔައީ ޕެންޑްރައިވް ހޯދާނެ ގޮތަކާއިމެދު ވިސްނަމުންނެވެ. ކުއްލިއަކަށް ގާޑުމީހެއް އޮފީހުގެ ދޮރު ހުޅުވުމަށްފަހު ދިން ހަބަރަކުން ހަލުވި ހިނގުމެއްގައި އެލެކްސް އޮފީސް ތެރެއިން ނުކުމެގެން ހަރުގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. އެލެކްސްގެ ފަހަތުން އިތުރު 4 ގާޑަކު އައެވެ. އަދި ހަރުގެ ތެރެއަށް ވަދުނެވެ.

*****************

ފަސްވަނަ އެޕިސޯޑް ނިމުނީ

*****************

 

 

Share Article

Follow Me Written By

Ifaam

Level 1100 Login

Other Articles

Previous

މިވާވަރު އަންގާހިތްވޭ 9

Next

ހާދިސާއެއްގެ ނިމުން

Next
April 16, 2019

ހާދިސާއެއްގެ ނިމުން

Previews
April 15, 2019

މިވާވަރު އަންގާހިތްވޭ 9

13 Comments!

  1. Ram says:
    April 16, 2019 at 11:34 am

    Haada kury

    1. Ifaam says:
      April 16, 2019 at 2:28 pm

      Thanks for reading.. dhn huri part thah dhikolleveythw balaanan..❤️

  2. jiji says:
    April 16, 2019 at 12:40 pm

    Kiyaafa comment eh kohlaanan ingey.. thanks for uploading this part??????????

    1. Ifaam says:
      April 16, 2019 at 2:29 pm

      Ok . Thanks jiji ❤️

  3. Sharumeela Sharoo says:
    April 16, 2019 at 1:53 pm

    Mee aharaku eh faharu genna vaahaka eh tha?

    1. Ifaam says:
      April 16, 2019 at 2:30 pm

      Busy v ma vaahaka kuriyah nugendhevunee.. sorry for late update.. hope you enjoyed this episode.. ❤️

  4. jiji says:
    April 16, 2019 at 2:11 pm

    Salhi mi stry vec..nd hama ehme mistake eh fenuny..Um “vadhuny” ekey nuliyaane ingey thw..”vanee” liyaany ….N faisal aky jinni eh dhw…Curiously waiting for the next part…pleeezu make it long brww?????

    1. Ifaam says:
      April 16, 2019 at 2:30 pm

      Thanks jiji.. dhn faharakun mistakes rangalhu kollaanan.. Faisal akee jinnieh noon.. haha.. keehve ehn thibunee ??

    2. jiji says:
      April 16, 2019 at 2:51 pm

      Dhn assu faisal ulhun gothun dhw..ehnve mihen buny??

  5. Maikaa says:
    April 16, 2019 at 4:04 pm

    Vanhanaa ge dhevana season aa furathama season ehves varakah gulhumeh vaanetha

    1. Ifaam says:
      April 16, 2019 at 4:49 pm

      Mee vanhanaage furthama season..

  6. Stargaze says:
    April 16, 2019 at 5:23 pm

    This story is interesting and the concept is nice, but there is no suspense. Be a little discriptive and show, don’t tell

  7. Stargaze says:
    April 16, 2019 at 5:25 pm

    The story is interesting and the concept is nice. Be a little discriptive and built up suspense. Show, don’t tell

Comments are closed.



All Right Reserved!