ނަފްރަތުން އުފެދުނު ލޯބި… 4 ވަނަ ބައި
އަލްވާން ޔުޝްރާ އާ ދިމާލަށް ބަލަން ހުރި ގޮތުން މަންހާ ގާތަށް ވަރަށް ހިނިއައެވެ. ” އަހަމް…” މަންހާ ކަރުކެހިލި އަޑަށް ޔުޝްރާާ ދިޔައީ ސިއްސައިގެންނެވެ. އަލްވާން މަންހާ އާ ދިމާލަށް ދެ ލޯ ހަނިކޮށްގެން ބަލަން ހުއްޓެވެ. ” ސޮރީ ފޯ ޑިސްޓާބިން ޔޫ ގައިސް… އަސްލު ޔުޝް އަށް ކުއްޖެއް ގުޅާތީ…” މަންހާ ޔުޝްރާ އަތަށް ފޯނު ދެމުން ބުންޏެވެ. ” ހަލޯ ޒިދާން ދޮންބޭ…” ޔުޝްރާ ޒިދާން އޭ ބުނުމުން އަލްވާންގެެ ލޯ ބޮޑުވިއެވެ. ” ޒިދާން އެއީ ޔުޝްގެ ދޮންބެ ތަ؟” އަލްވާން ހައިރާންވެފަ ހުރިވަރުން އަހާލެވުނެވެ. އޭނަގެ އެއޮށް ގާތް ރަހުމަތްތެރިޔާ ޔުޝްރާގެ ދޮންބެ އަށް ވާންވީ ކިހިނެއް ހެއްޔެވެ؟ …… ” ޔާ” ކުރު ޖަވާބަކުން ޔުޝްރާ ފުއްދާލިއެވެ. ” ދޮންބެ މިއުޅެނީ މި ކޮޅުގަ … މަންމަ ގާތު އެބަހުރި ބޮޑު ދައްތަ މެން … ޔުޝް ހާސް ނުވޭ… ޔުޝް ކޮންތާކު ތި އުޅެނީ ؟ ” ޒިދާން އަހާލިއެވެ. ” ދޮންބެ އާދެބަލަ …އާބިދާއްތަގެ ޙާލު ވަރަށް ސީރިޔެސް ވެގެން މިއުޅެނީ … އައިލް އެކްސްޕްލެއިން ޔޫ ލޭޓަރ… އޭޑީކޭ އަށް އިނގޭ…” ޒިދާން އިތުރަށް އެއްޗެކޭ ބުނުމުގެ ކުރިން އޭނަ ފޯން ކަނޑާލިއެވެ. ” ޒިދާން އެއީ އަހަރެންގެ ކްލާސްމޭޓެއް…” އަލްވާން މިހެން ބުނުމުން ޔުޝްރާ ކުޑަކޮށް ހައިރާން ވިއެވެ.
ޒިދާން އައުމުގެ އިންތިޒާރުގަ ޔުޝްރާ އިނެވެ. އޭނަ ސިއްސައިގެން ދިޔައީ މަންހާގެ ތުއި ހަޅޭކުގެ އަޑު އިވުމުންނެވެ. ވަގުތުން އެ ދިމާލަށް ޔުޝްރާ އަށް ބަލާލެވުނެވެ. ޒިދާންގެ އަތު ތެރޭގަ އޮތް މަންހާ ފެނުމުން ޔުޝްރާ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ޒިދާން އާ މަންހާ އެކަކު އަނެއްކަކަށް ކަޅިޖަހާނުލާ ބަލަން ހުރެވުނެވެ. އަލްވާން އެ ދެ މީހުން ގާތަށް ގޮސް އަތް ޖަހާލިއެވެ. ޒިދާން އާ މަންހާ އަށް ހަމަބިމަށް އާ ދެވުނީ އަދި ކިރިޔާ އެވެ. ޒިދާން އަށް އަލްވާން ފެނުމުން ވަރަށް ހައިރާން ވިއެވެ. އެ ދެ ކުދިން ދިމާ ނުވާތާ މިހާރު ބަރާބަރު 4 މަސް ވީ އެވެ. އަލްވާން އާ ޒިދާން ބައްދާލިއެވެ. މަންހާ އަށް އެއިރު ވެސް ހުރެވުނީ ޒިދާން އާ ދިމާލަށް ބަލަހައްޓައިގެންނެވެ. ޒިދާން އެހާ ވެސް ރީއްޗެވެ. މިި މަންޒަރު ބަލަން ޔުޝްރާ އެ ހިސާބާ ތަންކޮޅެއް ދުރުގަ ހުރި ގޮނޑިބަރީގަ އިނެވެ. ޒިދާން ޔުޝްރާ އާ ޖެހިގެން ހުރި ގޮނޑީގަ އިއްތާލިއެވެ. ” ޔުޝްކޯ … އާބިދާއްްތަަ އަށް ކިހިނެއް ވީ؟ ” ޔުޝްރާ ފެންކަޅިވެފައިވާ ދެ ލޮލަށް ބަލާލަމުން ޒިދާން އޯގާތެރިކަމާ އެކު އަހާލިއެވެ. ޔުޝްރާ ވަރަށް ހިތްވަރު ކޮށްފަ ހުރިހައި ވާހަކައެއް ޒިދާން އަށް ކިޔައިދިނެވެ. ” އާބިދާގެ އެހީތެރިއެއް….” ޑޮކްޓަރ އެހެން ބުނުމުން ޒިދާން ދިޔައެވެ. ” އަލްޙަަމްްދުުލިިﷲ އާބިދާގެ ޙާލު ރަނގަޅު …. ފަހަރަކު 2 މީހަކަށް އާބިދާ ގާތަށް ވަދެވޭނެ… ” ޑޮކްޓަރ މިހެން ބުނެެފަަ ދިޔައެވެ. ޒިދަާން މާތްﷲ އަށް ޙަމްދު ކޮށްލާފަ ޔުޝްރާ ގާތަށް ދިޔައެެވެ. ” ޔުޝްކޯ އާބިދާއްތަ އަކަށް ގޮތެއް ނުވެޔޭ … އަވަހަށް ދޭ އާބިދާއްތަ ގާތަށް…،” ޒިދާން މިހެން ބުނުމުން ޔުޝްރާގެ ތުންފަތް މަތިން ފުޅާ ހިނިތުންވުމެއް ފެނިގެން ދިޔައެވެ. ޔުޝްރާ ދުވަމުން ގޮސް އައި ސީޔޫ ތެރެއަށް ވަދެގަތެވެ. ” ތީ ޔުޝްކޮގެ ބެސްޓީ ތަ؟ ” ޒިދާން މަންހާ ގައިގަ ޖެހޭ ނުޖެހޭ ހިސާބުގަ ހުއްޓިލަމުން އަހާލިއެވެ. މަންހާ ލަދުން އިސްދަށަށް ޖަހައިލައިގެން ހުއްޓެވެ. ” ޔާ … ” މަންހާ ޝަހާދަތް އިނގިލި އަނގައަށް ލަމުން ބުންޏެވެ. ޒިދާން ހެވިލާފަ އަލްވާން ގާތު ޔުޝްރާ ގާތަށް ދިއުމަށް ބުންޏެވެ. އަލްވާން އައިސީޔޫ އަށް ވަންތް އިރު ޔުޝްރާ އާ އާބިދާ ސަކަރާތްް ޖަހަން އިނެވެ. އަލްވާން ވަނުމުން ޔުޝްރާ ފާޑަކަށް އަނގައަށް ހަދާލިއެވެ. ” ކީއްވެ މިތަނަށް ތި އައީ؟ ” ޔުޝްރާ ފޫހިގޮތަކަށް އަހާލިއެވެ. އަލްވާން އަޑު އިވުނު ކަމަކަށް ވެސް ނުހަދައެވެ. ޔުޝްރާގެެ ގާތަށް ވަރަށް ރުޅިއައެވެ. މިހާ އަމިއްލަ އެދުން ބޮޑު ފިރިހެނެއް ދުވަހަކުވެސް ޔުޝްރާ ނުދެކެއެވެ. ޔުޝްރާ އެއްވެސް އެއްޗެކޭ ނުބުނެ މަޑުން ހުރީ އެވެ. އޭނަގެ ސަބަބުން ބޮޑު ސިންގާ ޑްރާމާ އެއް އުފެދޭކަށް އޭނަ ބޭނުމެއް ނުވެއެވެ. ޔުޝްރާ ތުން ފިއްތައިގެން އިން ގޮތުން އަލްވާން ގާތަށް ހިނިއައެވެ. އާބިދާ ވެސް އަލްވާން އާ އެކު ބައިވެރި ވިއެވެ. އާބިދާ އަށް ހެވުމުން ޔުޝްރާ އުފާވިއެވެ. ” އާބިދާއްތަ 1 ހަފްތާ ގެއަށް ފަހުން ފޮނުވާލެވޭނެ އޯ … ޔެއީ …. ” ޔުޝްރާގެ އެންމެ ރީތި ހިނިތުންވުން ފާޅު ކޮށްލަމުން ޔުޝްރާ ބުންޏެވެ. އާބިދާ ޔުޝްރަާގެ ކޮލުގަ ފިރުމާލުމާއި އެކު ރޮވުނެވެ. ޔުޝްރާ ވަރަށް ހާސްވިއެވެ. ” ދައްތަ މިއަދު ދުނިޔޭގަ މިހުރީ ތި ކުދިންގެ ސަބަބުން … ޔުޝް ދެކެ ދައްތަ ވަރަށް ލޯބިވަން … ޖައުފަރުގެ ކިބައިން ދައްތަ ވަރަށް ބޮޑަށް މާފަށް އެދެން…. ” އާބިދާ ޔުޝްރާ ގައިގަ ބައްދާލިއެވެ. ” ދައްތަ ހާސް ނުވޭ …. ޖައުފަރުބެގެ ދަތްތަށް ހީވަނީ ބަރަބޯ ރިހަ ތެއްޔެއް ހެން … ޖައުފަރުބެ ދަތެއް ނޫނގުޅާތަ؟ ” ޔުޝްރާ ވަރަށް ސީރިއެސް ގޮތަކަށް ހުރެ އަހާލިއެވެ. އަލްވާންގެ ހިނިގަނޑު ކޮންޓްރޯލެއް ނުވިއެވެ. އާބިދާ އަށްް ވެސް ނުލަހިކު ބާރަށް ހެވުނެވެ. ހަމަ ޔަގީނުން ވެސް ބޭރުގަ ހުރި ޒިދާން އާއި މަންހާ އަށް އަޑު އިވޭނެކަން ގައިމެވެ. އެއިރުވެސް ޔުޝްރާ އަށް ހުރެވުނީ ވާނުވާގައެވެ. ” ހަހަހަ … ޖައުފަރުބެ ވަރަށް ދަތް ނޫނގުޅާނެ ” އާބިދާ މިހެން ބުނުމުން ޔުޝްރާ އަނގައަށް ވައްތަރެއް ޖައްސާލިއެވެ. އަނެއްކާ ވެސް ހުނުމުގެ އަޑުވީ ބާރެވެ. ޔުޝްރާ އަލްވާންގެ ގަަމީހުގެ ގިރުވާނުގަ ހިފައިގެންް އައިސީޔޫ އިން ބޭރަށް ދިޔައެވެ. އަލްވާން އަޅާ ވެސް ނުލާ ހުރީއެވެ. ” ކީއްވެ ދެންމެ އަލްވާާންް ހުނީ ؟ ” ޔުޝްރާ އަލްވާން އާ ދިމާލަށް ދެ ލޯ އަޅާލިއެވެ. އަލްވާން އެއްވެސް އެއްޗެކޭ ނުބުނެ ހުރުމުން ޔުޝްރާގެ ރުޅިގަނޑު ކޮންޓްރޯލެއް ނުވިއެވެ. ” މާ ފޮނި ނުވެ ބުނޭ ” ޔުޝްރާ އަލްވާންގެ ގިރުވާނަށް ބާރަކަށް ދަމާލިއެެވެ. އަލްވާން އަށް ވެސް ކެތްވާނީ ވަކި ވަރަކަށްްށޭ އަލްވާން ހިތަށް އެރިއެވެ. އަލްވާން ޔުޝްރާގެ ގައިގަ އޭނަގެ އަތްް ވަށާލިއެެވެ. އަދި ޔުޝްރާ ގެން ގޮސް ފާރުގަ ތަތްކޮށްލިއެވެ. ޔުޝްރާގެ އަނގަ އެއްކޮށް ބަންދު ވިއެވެ. ހޮސްޕިޓަލުގަ އެއިރު ބައިވަރު މީހުން ވެސް ހުއްޓެވެ. ބައެއް މީހުންގެ ލޯ އެ ކުދިންނާ ދިމާލަށް އަމާޒު ވެގެން ދާތަން ޔުޝްރާ އަށް ފާހަގަ ކުރެވުނެވެ. ” ލީވް މީ…! ” ޔުޝްރާ އަލްވާން އާ ދިމާލަށް ހަޅޭލަވައިގަތެެެވެެ. ” ހަހަހަ … ބަލާލަ މިހާރު ޔުޝް އަށް ވެފަ ހުރި ގޮތް … ” އަލްވާން ހެމުން ހެމުން ޔުޝްރާ އާ ދުރަށް ޖެހިލިއެވެ. މި ހުރިހައި މަންޒަރުތައް ބަލަން ޒިދާން އާއި މަންހާ ހުއްޓެވެ. ޔުޝްރާ ދެ ބުމަ ގޮށް ޖަހައިލައިގެން ހުރެ މަންހާ ގާތަށް ދިޔައެވެ. ” އަލްވާން މީ ކޮންކަހަލަ މީހެއްތަ؟ … މަންގެ ތިއްތި ހެނެއް ވެސް ހިޔެއް ނުވޭ … ސްމާޓް ، ހޭންޑްސަމް ، ހޮޓު އެކަމަކު ވަރަށް ސްޓްރިކްޓް މީހެއް … ” ޔުޝްރާ ދެ ބުމަ ގޮށް ޖަހައިލައިގެން ހުރެ ހަށަން ބަނދެލިއެވެ. އަލްވާން ހުރީ ވަރަށް ހައިރާން ވެފައެވެ. ޔުޝްރާގެ ދުލުން އޭނަ ސްމާޓް ، ހޭންޑްސަމް އަދި ހޮޓޭ ބުނުމުންނެވެ.
1 ހަފްތާ ފަހެވެ. އާބިދާ ގެއަށް ދޫކޮށްލެވުނެވެ. ޔުޝްރާގެ މަންމަ ވެސް މިހާރު އުޅެނީ މާލޭ ގައެވެ. ޔުޝްރާ އަށް ވީ ވަރަކުުންް އާބިދާ އަށް އަޅާލައެވެ.
އެއްދުވަހެއްގެ މެންދުރެވެ. ޔުޝްރާ އުނދޯލީގަ އިންދަ މަންހާ އާއި އަލްވާން އައެވެ. އަލްވާންގެ މޫނު ފެނުމުން ޔުޝްރާގެ މޫނު ކުނިކޮށްލިއެވެ. ” ހާދަ މޫޑީ ވެފަ؟ ” ޔުޝްރާގެ މޫނު ހުރިގޮތުން މަންހާ އަށް އަހާލެވުނެވެ. ޔުޝްރާ އެއްވެސް ޖަވާބެއް ވެސް ނުދީ އުނދޯލި ހެއްލައިލިއެވެ. އަލްވާންގެ ސިކުނޑި އަށް މޮޅު ޚިޔާލެއް އައެވެ. އުނދޯލި ހެއްލަމުން ދަނިކޮށް އަލްވާން އުނދޯލީގަ އިއްތާލިއެވެ. ޔުޝްރާގެ ދެ ބުމަ ގޮށް ޖެހިގެން ދިޔައެވެ. މިއީ ކިހިނެތް އުޅޭ ފިރިހެނެއް ހެއްޔެވެ؟ …… ޔުޝްރާ ހިތަށް އެރިއެވެ. ” ހަމަ މިހާރު ތެދުވޭ … ” ޔުޝްރާ ހަޅޭލަވައިގަތެވެ. އަލްވާން އަށް ވާ ކަމެއް ހަރާމެވެ. މަންހާ ނުހޭން ހުއްޓަ ވެސް ހެވުނެވެ. ޔުޝްރާ ރުޅި އައިސްގެން ހުރެ މަންހާ ގޮވައިގެން ގޭ ތެރެއަށް ދިޔައެވެ.
ޔުޝްރާ ކޮޓަރި ދޮރު ހުޅުވާލުމާއި އެކު މަންހާ އެތަނަށް ހޭނެތިގެން ނުވެއްޓުނީ ކިރިޔާ އެވެ. މުޅި ކޮޓަރީގަ ހުރީ ޔުޝްރާގެ ހެދުން ތަކެވެ. ޑްރެސިން ޓޭބަލްގަ ވެސް އެއްވެސް އެއްޗެއް ތަރުތީބު ކޮށެއް ނެތެވެ. ލިޕްސްޓިކް ވެސް ވަނީ ތަށިމުށީގަަ އުނގުޅިފައެވެ. އެނދުމަތީ ހުންނަންޖެހޭ ބާލީހާއި ބެޑްޝީޓު ވެސް އޮޮތީީ ތަށިމުށި މަތީގައެވެ. މަންހާ އަނގަހުޅު ވިފަ ހުރި ގޮތުން ޔުޝްރާ ގާތަށް ހިނި އައެވެ. ޔުޝްރާ ހުރީ އެނދުމަތީ އޮށޯވެލާ ހިތްވެފައެވެ. އޭނަ ދުވޭލާފަ ގޮސް އެނދުމަތީ އޮއްތާލިއެވެ. ” އަރ ޔޫ ކްރޭޒީ ޔުޝް…. ބަލާލަ މިއޮށް ކޮޓަރި ހުރި ގޮތް … ހަމަ މިހާރު ހިނގާ ސާފު ކުރަން … ” މަންހާ ޔުޝްރާ އެނުމަތިން ނެގިއެވެ. ” ހާދަ ވަރު ބައްޔޭ…. ” ޔުޝްރާ މިފަހަރު ކޮންމެ ބަހަނާއެއް ދެއްކިޔަސް ސަލާމަތް ނުވެވޭނެކަން އިނގުނެވެ. މަންހާ އާއި ޔުޝްރާ ވެގެން ކޮޓަރި އެއްކޮށް ސާފު ކުރިއެވެ. ޒިދާން އާއި އަލްވާން ޔުޝްރާގެ ކޮޓަރިއަށް އައެވެ. އަލްވާން އައުމުން ޔުޝްރާ އެހާ ހިތްހަމައެއް ނުޖެހުނެވެ. އެކަމަކު ވެސް ޒިދާންގެ ގާތް ރަހުމަތްތެރިޔަކަށް ވުމުން ކެތްކޮށްލައިގެން ހުރީ އެވެ. ” ޔުޝްކޮ ހާދަ މޫޑީ ވެފަ…. ” ޒިދާން ޔުޝްރާގެ އިސްތަށިގަނޑާ ކުޅެލަމުން ބުނެލިއެވެ. ” މޫޑީ ވާނެންނުު … ދޮންކެޔޮ ވަކެއް ހެން ހުންނަ މީހަކު ވިއްޔަ ބެސްޓީ އަކަށް ތި ހެދީ… ” ޔުޝްރާ މަޑު މަޑުން އެއްވެސް މީހަކަށް އަޑު ނީވޭނެ ހެން ބުންޏެވެ. ” ކީކޭ….” ޒިދާން އަށް ޔުޝްރާ ބުނި އެތި އެހާ ސާފެެއްް ނުވިއެވެ. ” ހިނގާ ތާސް ކުޅެން ދޯ…. ” ޔުޝްރާ ތާސްބައި ހިފައިގެން އައިސް 4 ކުދިންނަށް ބެހިއެވެ. އެ ކުދިން ކުޅެން ނިންމީ ދިހަޔެކެވެ. ޒިދާން އާ މަންހާ އެއްބައެވެ. ޔުޝްރާ އާ އަލްވާން އާ އެއްބައެވެ. މަންހާ އަށް މަންހާގެ ޓީމް ވަރަށް ކަމުދެއެވެ. އެއާ އިދކޮޅަށް ޔުޝްރާ ހުރީ ތުންފިތްތާ ގެންނެވެ. ޔުޝްރާ އިން ގޮތް ފެނުމުން އަލްވާންގެ ގާތަށް ހިނިވެސް އައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
42 Comments!
Comments are closed.




Wow❤❤❤ v reethi mi part vx❤❤❤ waiting for next part❤❤❤ when next?
Thanku so much maiii…
Soon in sha allah…
Keep waiting …
nd ur the first reader …??
Miothy 4th part vx up vefa… kiyaalaafa comment eh kohlahche … nd let me knw the mistakes…
Maasha Allah ❤️❤️❤️ Loabi vaahaka eh. ??????
Alhey…. Thanku so much chocolate lover… ???
?VHARA REETH MIBAA VES?
DHEN IN PART KON DUVAHAKUN THA❓❔❓❔
Thanku so much seventeen …
Nxt part soon …
In sha allah
????
wow….mi part vx varrah reethi…I like this story a lot…
Alhey thanku so much H….. Love S…????
can i get to read this evreyday. varah reethi
Thanku so much lily …
Alhugandah vrh undhagu komme dhuvahaku stry liyelan … baeh days vrh bxy … i’m sry lily but thanku so much once again…?
Mi part vx varah reethi Masha Allah ? konirakun next part
Thanku so much yan … in sha allah vrh avahah nxt part submit kolleveythw balaanan?
Mi part ves hama varah reethi……when next????…. LYSM???
Alhey thanku so much… kpop fangirl buni gothah dhw v vx aabidha salaamaiy vx vi ennu … soon in sha allah … mihaaru vx ebbai liyelaafa onnaaniii 1000 words v ma submit kollaanan in sha allah
???….Haadha ryhchey mi part vx
Whn nxt?
?Thanku so much Ekkala kujja…
Sry adhi neyge vaki dhuvaheh bunaakah … midhuvas kolhu vrh bxy koh miulheniii …
…Alhey … haadha salhi stry ekey mi iii
Lysm quiiin sis
❤nd keep it up
Thanku so much kix nd lym❤
…Dhn in part vrh kiyaaa hiy vey eba…
?Whn nxt part
?Mi part vx hama habeys
Alhey i’m really sry quiiin vx vrh liyaa hiy ve ey ekm hama bxy kamun nuliyevigen miulheniii
Thnx kokkx
?Quiiin sis whn is nxt part
?Plx avahah up kohlevidhaane tha
?Mi part vrh rythi ma sha allah
Yeah i’ll try ingey …
Thanku so much raiii ?
?Me ah emme rythi story miaki …
Mi stry hama 1 vana ma sha allah
?Waiting
Awwwn?
Thanku so so much Haika
Keep waiting
Comment eh nukohliyas hurihaa part vx .. kiyan ingey
Ma sha allah vrh salhi storyy eh miakii
Quiin u are a gud writer?
Thanku for ur support comment eh nukohliyas?
Thanku Miku?
…Ma sha allah
Angaiga tape eh elhun hen hyvy hama ?chuppu ehaa vx mi stry rythi ingey
Alhey? thanku so much Liiin
???
? ..Hahaha yushra eoh anna rulhi eh dhw … Alvaan ah ekan nuvey evvx kamakah but yushra hyvaniii hama dhemme alvaan nolhaalafaane hn
Btw stry hama habeys … ma sha allah???
Yeah dhww .. yushra ge rulhi gadhakamun … adhi alvaan vx ulhenii yushra rulhi aruvan …
Hehhehee
??Thanku so much look
?Hahahahahaha yushra eoh anna rulhi eh dhw … alvaan hynuvey gotheh vaa hn vx …
Btw stry hama habeys ..
Cant wait for nxt
Whn nxt part
Waiting so curiosely
Hehe thanku so much Liu nd keep waiting vrh avahah 5th part submit kohlevey thw mibalaniii
Once again thanku liu
Ma sha allah the bst stry i had read…
Alhey thanku so much kia ????
Varah reethi mi bai vx….whn nxt….waiting….ly quiiin
Thanku so much kairaa … vrh avahah submit kollevey thw mibalaniii midhuvaskolhu vrh bxy ehnve submit nukurevigen miulheniii i’m really sry for that… lym kaiii???
Varah reethi. Ehn next part..waitti ng:)
❤Thanku malko …
Sorry fr late reply hehe?
Masha allah v reethi mi part vx❤❤ next part when..❤❤❤❤
Thanku so much princess aish …
Soon in sha allah
Mihaaru vx liyelamun midhaniii
?Mihaaru 5th part submit kohfin …
Ekm adhi publish eh nuvey ingey …