Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ދުރުވާނެބާ – 3

A.Shaya Level 1
January 12, 2020 3 Mins Read
2 Comments

ރިޔާ ފޯނު ނެގުމާ އެކު ރިޔާ ކައިރީގައި ހަވީރުން އައިސްކްރީމް ބޯންދާންވީނޫންތޯ އަހާލި އެވެ. އަދި ދާނީ ޔައިން އާ މާޝާ އާއި ރިޔާ އާއި ރިޔާ ގެ ކޮށްކޮ ރާޔާ ކަމަށް ބުނެލިއެވެ. ރިޔާ ވެސް އެކަމަށް ވަރަށް ފޯރިޔާ އެކު އެއްބަސްވެ ހަވީރު 4 ގަޑި 30 ހަށް ގަޑި ކިޔާފަ އެކަން ރާވާލިއެވެ.

******************

އަރާމު ނިދީގެ ފުންކަނޑެއްގަ ފީނަމުން ދިޔަ ދަހުލާން އަށް ހޭވެރިކަމެއްވީ އޭނާގެ ފޯނުގެ އެލާމުގެ އަޑުންނެވެ. އެދުން ތެދުވަން ނުތެދުވަން އޮވެފަވެސް ކޮށްކޮ ބަލާދާންޖެހޭނެތީވެ ކަންނެއްކަމާއެކު ހަރުން ތުވާއްޔެއް ނަގައިގެން ގޮސް ފާޚާނައަށް ވަދެ ފެންވަރައިގެން ނިކުމެ ފޯނުގެ ޕްލޭލިސްޓަށް ވަދެފައި “މެރޫން5 ގެ މެމޮރީސް” ލަވަ އެޅުވުމަށްފަހު، ކަބަޑާއި ކައިރިވެލާފަ އަޅި ކުލައިގެ ހޫޑީ އަކާއި ކަޅު ކުލައިގެ ޖިންސެއް ނަގާލިއެވެ. އެއަށް ފަހު އޭނާގެ އިސްތަށިގަނޑު އާދައިގެ ގޮތަކަށް ސްޓައިލް ކޮށްލުމަށްފަހު ފޯނުނަގާ ގަޑި ބަލައިލިއެވެ. އޭރު ގަޑިން ބަރާބަރު 4 ޖެހީއެވެ. ދަހުލާން ނަމާދު ކުރަން އަވަސްވެގަތީ އަދި ކޮށްކޮ ބަލާދާން 10 މިނެޓު ހުރެފައި އަދި ކޮށްކޮ ސްކޫލް ހުންނަނީ ދަހުލާން މެން އުޅޭ ގޭ ހުންނަ ގޯޅި ކަންމަތީގައި ކަމަށް ވުމުންނެވެ. ނަމާދު ކޮށްލައިގެން ކޮށްކޮ ސޮކޫލުން ބަލާ ދިޔައެވެ.. ދަހުލާން ގެ ކޮށްކޮ ދާއިން އަކީވެސް ދަހުލާން އަށް ދޫނުކުރާފަދަ ރީތި ކަމެއް ލިބިފައި އެވެ. ދަހުލާން އަށް ލިބިފައިވަނީ މަންމަ ގެ ނޫކުލައިގެ ކަޅި އާއި ބައްޕަ ކަޅު ފަން އިސްތަށިގަނޑެވެ. ނަމަވެސް ދާއިންގއަށް ލިބިފައި ވަނީ ބައްޕަގެ ފުންކަނޑެއްފަދަ ކަޅު ކަޅި އާއި މަންމަގެ ފަން ފަން ބްލޮންޑް އިސްތަށިގަނޑެވެ. މިދެކުދިން ނަކީ އަންހެންކުދިން ފިދާވާ ވަރުގެ ރީތި ކަމެއް ލިބިފައިވާ ދެކުދިންނެވެ.

****************

“މާއްތަ ގަނޑާ އަވަސް ކޮށްބަލަ ކޮށްކި މިއައީ ރެޑިވެގެން” ޔައިން ރީތި ވެގެން އައިސް މާޝާ ލަސް ކަމުން ޝަކުވާ ކުރަންފެށިއެވެ. ޔައިން ލައިގެން ހުރީ މަޑު ނޫކުލައިގެ ގަމީހަކާއި އަޅިކުލައިގެ ޖިންސެކެވެ. ” އާން ޔައިނޫ މިނިމެނީއޭ ބަސް އަހައިގެން އިނދެބަލަ” މާޝާ އޭނާގެ ތުންފަތުގައި މެރޫން ކުލައިގެ ލިޕްސްޓިކް އެއް ޖައްސަމުން ބުނެލިއެވެ. މާޝާ ލައިގެން ހުރީ ފަލަމަސްގަނޑާ ހަމައަށް އަންނަ އަޅި ކުލައިގެ ހެދުމެކެވެ، ހެދުމުގެ މޭމަތި ވަނީ ކަޅުލައިގެ އެސްތަކުން ހިތެއްގެ ބައްޓަމަށް ޖަރީކޮށްފައެވެ ތިރިން ލައިގެން ހުރީ ފަޔާ ހަމައަށް އަންނަ ވަރުގެ ކަޅުކުލައިގެ ސްކާރޓެކެވެ. އެއާއެކު އޭނާގެ އިސްތަށިގަޑު ވަނީ ގަތާލުމަށް ފަހު ކަނާއަތް ފަރާތުން ގެން ކުރިމައްޗަށް ވައްޓާލާފައެވެ. އެއާއި އެކު ބޮލުގައި ކަޅުކުލައިގެ ބޭންޑެއް އެޅުމަށް ފަހު ހަމައެކަނި ލިޕްސްޓިކް ފިޔަވާ އެއްވެސް މޭކްއަޕެއް ނެތުމުން އޭނާގެ މޫނު އިތުރަށް ސާދާ ކަމަށް ދައް ކައެވެ. މާޝާ ރީތިވެ ނިމިގެން އޭނާގެ ފޯނު ނަގާ ކަވަރު ތެރެއަށް ފަސްސަތޭކަ ރުފިޔާ ލައިގެން އެއްއަތުން ފޯނު ހިފައިގެން އަނެއް އަތުން ޔައިންގެ އަތުގައި ހިފައިގެން ގޮސް ޔައިން ބޫޓަށް އެރުވުމަށް ފަހު މާޝާ ވެސް ކަޅުކުލައިގެ ތިރި ފައިވާނަކަށް އެރުމަށް ފަހު ހިފައިގެން ނިކުމެވުން ގަޑި އަކީ ރިޔާ ވެސް އައި ގަޑި އެވެ. ރިޔާހުރީ ނޫކުލައިގެ އަތްކުރު ޓޮޕަކާއިއެކު ކަޅު ކުލައިގެ ޖެކެޓެއް ލާފައެވެ. ތިރިޔަށް ލައިގެން ހުރީ ރޯޔަލްބްލޫ ކުލައިގެ ޖިންސެކެވެ. އާދައިގެ މަތިން މިއަދުވެސް ވަނީ އޭނާގެ ރާޅު ބާނި އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި ނޫކުލައިގެ ބޭންޑެއް އަޅާފައެވެ. މޭކަޕްނުކޮށް ހުރި ރިޔާގެ މޫނު އިތުރަށް ސާދާކަމަށް ދައްކައެވެ. ރިޔާ އައީ އޭނާގެ ކޮށްކޮ ރާޔާވެސް ގޮވައިގެންނެވެ. ރާޔާ ހުރީ ނޫކުލައިގެ ޓޮޕަކާއި ކަޅު ކުލައިގެ ސްކާޓެއް ލާފައެވެ. އޭނާގެ ރާޅު ބާނި އިސްތަށިގަނޑު ވަނީ ފަހަތަށް އައްސާލާފައެވެ.

“ކޮބާ ހިނގާ ދާން، އައިސްކޯނު ދޯ ގަންނާނީ، ގަނެގެން ދާނީ ރަސްފަންނަށް ދޯ؟ ” މާޝާ ރިޔާ އާ މުހާތަބު ކޮށް ބުނުމާއި އެކު ރިޔާވެސް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލަމުން ދިއުމަށް ހިގައި ގަތެވެ.

******************

ކޮށްކޮ ސްކޫލުން ގެނައުމަށް ފަހު، ކޮށްކޮ ގެ ޔުނީފޯރމު ބަދަލު ކުރުވިއެވެ.އެއަށްފަހު ބަދިގެއަށް ދިޔައިރު ގޭގައި ގެންގުޅޭ މީހާ ކަމަށްވާ ކިޔާރާ ވަނީ އެ ދެކުދިންނަށް ސުފުރާ މަތި ތައްޔާރު ކޮށްދީފައެވެ. އެހެންކަމުން ދަހުލާން ކާން އިށީނީ އޭނާގެ ކޮށްކޮ ދާއިން އަށް ކާން އަޅައިދިނުމަށް ފަހުގައެވެ. ދެކުދިން ކައިނނމުމާއިއެކު ދާއިން ދިޔައީ ލެގޯ ކުޅުމަށް ސިޓިންރޫމަށްށެވެ. އެހެން ކަމުން ދަހުލާން އިނީ އޭނާގެ ކޮށްކޮ ކައިރީގައި ޓީވީ ބަލަންށެވެ. ” އޭ ދޮންބޭ ހިނގާބަލަ ރަސްފަންނަށް ހިނގާލަން ކޮށްކޮ މިހާރު ލެގޯ ކުޅެކުޅެ ފޫހިވެއްޖެ ”  ދަހުލާން ގާތު  އޭނާގެ ކޮށްކޮ ކުސްތަޅަމުންދިއެވެ.

” ހިނގާ ދާން، ދާނު ކުސްތަޅަން ފަށައިފިއްޔާ ނުހުއްޓާނެވިއްޔަ، ދަމުން ޖިޔާން ބެ ގޮވައިގެން ދޯދާނީ މަޖާކޮށްލަން” ދަހުލާން ދާއިން އަށް ބުނެލިއެވެ. ” އަވަހަށް ހިނގާ ޔާންބެ ބަލާ” ދާއިން ބުނެލިއެވެ. ދަހުލާން ބައްޕަ އަށް ގުޅުމަށް ފަހު ރަސްފަންނަށް ދާ ވާހަކަ ބުނެލިއެވެ. އޭގެފަހުގައި ދާއިން އާއި ދަހުލާން ދާއިންގެ ކޮޓަރިއަށް ގޮސް ކަބަޑުން ކަޅު ކުލައިގެ ހޫޑީ އަކާއި އަޅި ޖިންސެއް ނެގުމަށްފަހު އެ އެއްޗިހި ދާއިން އަތަށް ދިނުމަށްފަހު އަވަހަށް އެއްޗިހި ބަދަލުކުރުމަށް ބުނުމުން. ދާއިން ފާޚާނަ އަށް ވަދެފައި އެއްޗިހި ބަދަލުކޮށްގެން ނިކުތުމުން ދާއިން ގެ އިސްތަށިގަނޑުވެސް ރީތި ގޮތަކަށް ދަހުލާން ހަދާލަދިނެވެ.

” ދޮންބޭ ދެން ހިނގާ އަވަހަށް ދާން” ދާއިން އެހެން ބުނުމާއި އެކު ދަހުލާން ދާއިންގެ އަތުގައި ހިފައިގެން ގޮސް ޖިޔާން އުޅޭ އެޕާޓް މެންޓް ދޮރުގައި ބެލް އެޅިއެވެ. އެވަގުތު ދޮރު ހުޅުވީ ޖިޔާން ގެ މަންމަ ޖައިޝާ އެވެ. “އަހަ ދެކުދިން ކޮންކަމަކު ތި އައިސްލީ” ޖައިޝާ ބުނެލިއެވެ les en anmeldelse. ” ޖައިއްތާ ކޮބާ ޖިޔާން ” ދަހުލާން ބުނެލިއެވެ. އެވަގުތު ޖިޔާން ނިކުތެވެ. ” ހިނގާ ބަލަ ރަސްފަންނަށް ހިނގާލަން މި ދާން (ދާއިން) ކުސްތަޅާވަރުން ” ދަހުލާން މޫނަށް ވައްތަރެއް ޖައްސާލުމަށް ފަހު ބުނެލުމާއި އެކު، ޖިޔާން ހިނިގަނޑެއް ޖަހާލުމަށްފަހު އޭނާގެ މަންމަ ކައިރީ ބުނެލުމަށްފަހު ތިން ކުދިން އެކުގައި ރަސްފަންނަށް ދާން މިސްރާބު ޖެހިއެވެ.

*************

“އޭ އައިސްކްރީމް ހުސްވީނު މިހާރު ދެން ހިނގާބަލަ ހިނގާލަން” ރިޔާ ބުނެލިއެވެ. މާޝާ ވެސް އެއަށް އާބަސް ދެމުން ހިނގައިގަތެވެ.

“އޭ ރީ މަށަށް ފޮޓޮ އެއް ނަގާދީބަލަ މަ ހުންނާނަން މިތާ” މާޝާ އެހެން ބުނެ ޔައިން އާއި ރާޔާ އާއެކު އެތާހުއްޓުމާއެކު ރިޔާ ފޮޓޯ ނެގުމައިގެން އުޅެގަތެވެ. ފޮޓޯ ނަގާ ނިންމުމާއެކު މާޝާ ދިޔައީ ރިޔާ އަށް ފޮޓޯ އެއް ނަގާ ދިނުމަށް ށެވެ.

***************

“ދޮންބޭ ދޭބަލަ ފެންފުޅިއެއް ގަނެދީގެން އަންނަން ޔާން ބެއާއެކީ ކޮށްކޮ އިންނާނަން މިތަނުގަ” ދަހުލާން ގާތި ދާއިން އެހެން ބުނެލުމާއި އެކު ދަހުލާން ފޯނާ ކޮށްޓަމުން ހިނގައިގަތީ ފެންފުޅިއެއް ގަތުމަށް ފިހާރަ އަށް ދާންށެވެ. ފޯނަށް ގެއްލި ހުރެ ހިނގަމުން ދިޔަ ދަހުލާން އަޅައިގަތީ އެތާ ފޮޓޯ ނަގަން ހުރި އަންހެން ކުއްޖާގެ ގައިގައެވެ. “ސޮރީ ސޮރީ” ދަހުލާން ބުނެލިއެވެއެވަގުތު އެ އަންހެން ކުއްޖާ ދަހުލާން އާވީފަރާތަށް އެނބުރުނެވެ. އޭރު އެކުއްޖާ ހުރީ ރުޅިން ރަތް ވެފައެވެ. އެކުއްޖާ ފެނުމާއި އެކު ދަހުލާން އަށް ވައި އަޑުން ” އޯޝިޓް” އޭ ބުނެލެވުނެވެ………….

( ނުނިމޭ)

Share Article

Follow Me Written By

A.Shaya

Level 1

❤??????❣??????❤ ? A new Writer since 5th oct 2019. Hope for a good future....... Love to see readers comments.........Accepting negetive and Positive comments tooooo Plx Plx Leave a comment after reading my stories LoVe YoU READERZZ ? ❤??????❣??????❤

Other Articles

Previous

އުއްމީދު

Next

އެހެނަސް ވާހަކައިގެ ކިޔުން ތެރިންނަށް

Next
January 12, 2020

އެހެނަސް ވާހަކައިގެ ކިޔުން ތެރިންނަށް

Previews
January 12, 2020

އުއްމީދު

2 Comments!

  1. Umny ??? says:
    January 12, 2020 at 4:56 am

    Wow it’s amazing and when is the next part

  2. ☕Coffee☕ says:
    January 12, 2020 at 10:11 am

    A.Shaya haadha molhey ‏‎مشاءالله mi part ves hama varah varah varah varah reethi ?❤️?❤️❤️?❤️?❤️?❤️?❤️?????????

Comments are closed.


All Right Reserved!