Skip to content
އެސްފިޔަ

ނަފްރަތުން އުފެދުނު ލޯބި… 6 ވަނަ ބައި

ޔުޝްރާގެ އުނދަގޫ ބޮޑުކަމުން އެންމެ ފަހުން މަންހާ ފާޚަނަ އަކަށްށޭ ކިޔައިފަ ދިޔައެވެ. އެއިރު ޔުޝްރާ ވައި އަޑުން ހީލަ ހީލަ އިނެވެ. ޒިދާން ވެސް އިނީ ޔުޝްރާ އާ ދިމާލަށް ލޯ އަޅައިިގެންނެވެ. ” ސޮރީ ދޮންބޭ … އެކަމް ބައެއް ފަހަރު އުނދަގު ކުރުމަކީ ވެސް އޮންނަ ކަމެންނު …. ހެހެެެހެ ” ޔުޝްރާ ޒިދާން އާ ވެސް ދިމާ ކުރަން ފެށިއެެވެ. ޒިދާން ވެސް އެންމެ ތަންކޮޅެއް ވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ” އެހެންތަ؟ … މިރޭ އަލްވާންގެ ގައިގަ ވަރަށް ބާރަށް ބައްދާލީ މެންނު … ހަހަހަ ” ޒިދާން މިހެން ބުނިތަނާ އަލްވާންގެ ދެ ލޯ ބޮޑު ވިއެވެ. މިރޭ ޔުޝްރާ އަލްވާން މަރާލާނޭ އަލްވާން ހިތަށް އެރިއެެވެ. ޔުޝްރާ ދެ ބުމަ ގޮށް ޖަހައިލަމުން އަލްވާން އާ ދިމާލަށް ބަލާލިއެވެ. އަލްވާން މާ ނޫން ކަމަށް ހަދާފާ ތިރި ބަލަން ފެށިއެވެެ. އަލްވާން އަށް ވެސް ހުރީ ވަރަށް މަޖާ ވެފައެވެ. އޭނަ ވަރަށް ޔުޝްރާ ރުޅި އަރުވާ ހިތްވެއެވެ. ” ބެސްޓްފްރެންޑް ގާތު އެވަރު އެއްޗެއް ބުނެލިޔަސް އޯކޭ ވާންނު … ” އަލްވާން ހެމުން ހެމުން ބުންޏެެވެ. އެއިރު ޔުޝްރާގެ  ރުޅިގަނޑު ހުރީ އަށްޑިހައިގައެވެ.    ” އަޅެ … އަހަރެން ގަސްތުގަ ކުރި ކަމެއް ނޫން ވިއްޔަ … ދެން ނުދާނަން އަލްވާން އާ އެކީ އެއްވެސްް ތަނަކަށް …. ” ޔުޝްރާ ބާރަކަށް އަލްވާން އާ ދިމާލަށް ހަޅޭލަވަން ފެށިއެވެ. ނިދައިފަ އޮތް މީހަކަށް ވެސް ޔުޝްރާ އާ ހެދި ހޭލެވިދާނެއެވެ. އަލްވާން ޔުޝްރާ ރުޅިި އައިސް ހުރުމުން އޭނަގެ އަތުގަ ހިފައިގެން ހިނގައިގަތެވެ. ” ކޮންތާކަށް ތި ގެންދަނީ؟ … އަތުން ދޫކުރޭ  .. ” ޔުޝްރާ އަލްވާން އާ ދިމާލަށް ކިޔަން ފެށިއެވެ. އަލްވާން އޭނަގެ އަތް ޔުޝްރާގެ އަނގަ މަތީ އެޅިއެވެ.  ” ޝްޝްޝް … މި ގޭގަ ނިދާފަ ހުންނާނޭ މީހުން … ޔުޝް އާ ހެދި އެ އެންމެން ހޭލާނީ … ” އަލްވާން އޭނަގެ އަތް ޔުޝްރާގެ އަނގަ މަތިން ނެގިއެވެ. އެއިރު ޔުޝްރާގެ އަނގައިގަ ހީވަނީ ޓޭޕު އެޅިފަ ހުރި ހެންނެވެ. ” ކީއްވެ ދޮންބެ ގާތު ބުނީ ދެން ގައިމު އަބަދު ދިމާ ކުރާނެ … ” ޔުޝްރާ ތުންކޮޅުު އޫ ކޮށްލަމުން ބުންޏެވެ. ” އަހަރެން ހުރިހައި ވާހަކަ އެއްް ކިޔައި ދޭން ޒިދާން އަށް  … އެކަމް އެ ވާހަކަ ހުރީ ނުކިޔައި ދޭންް ކަމަށް އެކަމް މޮޔަ ކަމުން ފެށުނީ … ދެން އެއްކޮށް ކިޔައި ދޭން ޖެހުނީ އައިމް ސޮރީ … ” އަލްވާން ޔުޝްރާގެ ލޯ މައްޗަށް ވެއްޓިފަ އޮތް އިސްތަށި ކޮޅެއް އެއްކައިރި ކޮށްލިއެވެ. ” މާފެއް ނެތްް ” ޔުޝްރާ އަލްވާން ކޮށްޕާލައިފަ ދުއްވައިގަތެވެ. އަދި ދުވަމުން ލުއި ހީލުމެއް ހީލިއެވެ. އަލްވާން އަށް އެ ހުރި ގޮތަށް ހުރެވުނީއެެވެ. އަލްވާންގެ ތުންފަތް މަތީީ ރީތި ހިނިތުންވުމެއް ވެސް ވިއެވެ. އިރުކޮޅެއް ވަންދެން އެހެން ހުރެލާފަ އަލްވާން ދިޔައެވެ. އަލްވާން އަށް އަބަދުވެސް ވިސްނެނީ ޔުޝްރާ މަތިންނެވެ. ޔުޝްރާ އަށް ވެސް ވަނީ މިކަހަލަ ގޮތެކެވެ. ނަމަވެސް މިހާ އުނދަގޫޫ ބޮޑު ފިރިހެނެއް މި ފެނުނީ އަލަށެވެ.

ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ޔުޝްރާ އަށް ހޭލެވުނެވެ. އޯވަރ ނައިޓް އެކޭ ބުންޏަސް އެންމެން  ވެސް އޮތީ ނިދާފައެވެ. ޔުޝްރާ ކައިރީގަ އޮތް މަންހާ އަށް އޭނަ ގޮވިއެވެ. މަންހާ ދެ ލޯ އުނގުޅަމުން ތެދުވެގެން ފާޚަނަ އަށް ދިޔައެވެ. ޔުޝްރާ ދެން ދިޔައީ ޒިދާންގެ ކޮޓަރި އަށް ށެވެ. ޒިދާން އެނދުގަ އޮތް އިރު އަލްވާން އޮތީ ސޯފާ މަތީގައެވެ. ސޯފާ މަތީ އަލްވާން އޮތް ގޮތުން ޔުޝްރާ ގާތަށް ހިނި ވެސް އައެވެ. އަލްވާންގެ ދެ ފައި އޮތީ ތަޅުންގަނޑު މަތީގައެވެ. ޔުޝްރާ ދެ ފަރާތަށް ބޯ ހޫރާލާފަ ގޮސް ޒިދާން އަށް ގޮވަން ފެށިއެެވެ. ޒިދާންގެ ގައިގަ އަތް ޖެހުން ހެން ހީނުވެ ތެދުުވިއެވެ. ޔުޝްރާގެ ދެ ލޯ ވެސް ބޮޑުވިއެވެ. ” ޕިސް … މި ދޮންބެ ވެސް ދޯ … ދެން އަލްވާން އަށް ގޮވާ… ” ޔުޝްރާ މިހެން ބުނެފަ އެ ކޮޓަރިން ނުކުމެގެން ދިޔައެވެ. އަދިި މަންހާ އާ އެކު ނަމާދު ކުރިއެވެ.

ޔުޝްރާ އާ މަންހާ ކާގެ އަށް ދިޔައިރު ޔުޝްރާގެ މަންމަ ޒެރާޝާ ހުރީ މަސްހުނި މޮޑޭށެވެ. އާބިދާ އަށް އަދިވެސް ތެދުވެއެއް ނޫޅެވެއެވެ. މަންހާ އާ ޔުޝްރާ ވެގެން ރޮށި ފިހުނެވެ. އަދި ސައި ތައްޔާރު ވުމުުންް އަލްވާން މެން ގާތު ބުންޏެވެ. މޭޒު މަތީ ހުރި މަސްހުނި ތަށި ފެނުމުން އަލްވާން ކުޅު ދިޔާވިއެވެ. އޭނަ އަށް މަސްހުނި ކޮޅެއް ނުކެވޭތާ މިހާރު  4 މަސް ވެދާނެއެެވެ. އެހެންކަމުން އަވަސްް އަވަހަށް މަސްހުނި އަޅައިގެން އޭނަ ކާން ފެށިއެވެ.

ދުވަސް ތައް އޭގެ އެންމެ ބާރު މިނުގައި ވޭތު ވަމުން ދިޔައެވެ. މިހާރު ގިނަ ވަގުތު އަލްވާން އާ މަންހާ އުޅެނީ ޔުޝްރާ މެން ގޭގައެވެ. ނަމަވެސް އަދިވެސް ޔުޝްރާ އާ އަލްވާންގެ ގުޅުމަކީ ނަފްރަތެވެ. އަލްވާން ޔުޝްރާ އަކަށް ނަފްރަތެއް ނުކުރެއެވެ. ނަމަވެސް ޔުޝްރާ އަލްވާން އަށް ވަރަށް ނަފްރަތު ކުރެއެވެ. ޔުޝްރާ އަށް ނޭނގެނީ އޭނަ  އަށް މިހާރު އަލްވާން ދެކެ ލޯބި ވެވިއްޖެ ކަމެވެ. އަލްވާން ވެސް ހަމަ އުޅެނީ މިފަދަ ޙާލެއްގައެވެ. ޔުޝްރާ ރުޅި ގަދަ ކަމުން އަލްވާންގެ ކުދި ކުދި ސަމާސާ ތައް މިހާރު ދަނީ ބޮޑެތި ވަމުންނެވެ.

ހަވީރު ވަގުތެވެ. ޔުޝްރާ އިނީ އުނދޯލި ހެއްލަންށެެވެ. އެ ވަގުތަކީ ވަރަށް ވައި ވެސް ބާރު ވަގުތެކެވެ. ޔުޝްރާ އެ ހިތްގައިމުު މާޙައުލުގައި އިން އިރު ހީވަނީ ރާނީ އެއް ހެންނެވެ. ޔުޝްރާ އެހެން އިންދަ އަލްވާން އައެެވެ. ޔުޝްރާ ފާޑަކަށް އަނގައަށް ހަދާލިއެވެ. ” އޯ … ހާާދަ އުފާވެފަ ” އަލްވާން އުނދޯލީގަ އިށީންނަމުން ބުންޏެވެ.     ” އާނ … ސްކޫލް މަތިން ހަނދާން ވަަނީީ ” ޔުޝްރާ ދެރަވެފަ ހުރެގެން ބުންޏެވެ. އަލްވާން ބެލީ ޔުޝްރާ ހެއްވާލެވޭތޯ އެވެ. ” ކްރަޝް މަތިން ހަނދާން ވަނީ ދޯ … ހެހެހެ … ” އަލްވާން ލާނެތް ގޮތަކަށް ހޭންފެށިއެވެ. ” ދެން … އަލްވާން ވެސް ދޯ … ” ޔުޝްރާ އަލްވާންް ކޮށްޕާލަމުންް ބުނެލިއެވެ. އަލްވާން އަށް އެއިރުު ހުރެވުނީ ޔުޝްރާ އާ ދިމާލަށް ބަލަހައްޓައިގެންނެވެ. ” ކޮލެޖަށް ޖޮއިން ކުރަންތަ؟ … ” އަލްވާން އެންމެ ކުރަން ބޭނުންވެފަ ހުރި ސުވާލު ކޮށްލިއެވެ. ” ޔެސް … މަން ވެސް ދޮންބެ ވެސް ޖޮއިން ވޭ … އަލްވާން ނުވާނަންތަ؟ ” ޔުޝްރާ ވެސް ސުވާލެއް ކޮށްލިއެވެ. ” ނޫނޭ … އަހަރެން ވެސް … ދެން ޔުޝް ނެތް ތަނެއްގަ ކިހިނެއް އުޅޭނީ … ” އަލްވާން އަށް ބުނެވުނު އެތި ރޭކާލީ މާ ފަހުންނެވެ. ޔުޝްރާ ވެސް ދެ ބުމަ އަރުވާލަމުން އަލްވާން އާ ދިމާލަށް ބަލާލިއެވެ. ” މި ބުނީ މަޖަލަކަށް އިނގޭ … ޔުޝް އަށް ކިހިނެއް ތޯ ވަނީ ބަލާލީ … ” އަލްވާން ޔުޝްރާ އަށް އޮޅުވާލެވޭތޯ ބެލިއެވެ. އަދި އެކަން ކާމިޔާބު ވެސް ވިއެވެ. ދެ ކުދިން އެކި ވާހަކައިގަ ތިއްބަ މަންހާ އާ ޒިދާން އައެވެ.     ” މަަންް އަށް މިހާރު އަހަރެންނަަށްް ވުރެެ އެހެން މީހަކު މާ މުހިއްމު ދޯ … ” ޔުޝްރާ އިސްދަށަށް ޖަހާލަމުން ބުންޏެވެ. މަންހާ ދެ ފަރާތަށް ބޯހޫރު ވާލިއެވެ. ” ޔުޝް ދައްކާ ވާހަކަ … އަހަރެން ވަރަށް ލޯބިވޭ ޔުޝް ދެކެ … ޔުޝް ވެސް ތިހިރީންނު ތިއްތި އާ އެކީ … ” މަންހާ ލާނެތް ގޮތަކަށް ހޭންފެށިއެވެ. ޔުޝްރާ ދެ ބުމަ ގޮށް ޖަހައިލައިގެން ހުރެ ގޭ ތެރެއަށް ދިޔައެވެ. އެއިރު ޔުޝްރާ ނޫން އެހެން ކުދިންގެ ތުންފަތް މަތީވީ ފުޅާ ހިނިތުން ވުމެކެވެ.

މަންހާ އާ ޒިދާން ރަސްފަންނަށް ދިޔައެވެ. އަދި އެތާާ އިން ބެންޗެއްގަ އިށީނެވެ. ” މިހާރު ޒިދާން އަށް 18 ވެއްޖެ ދޯ …  އިނގޭތަ މާދަމާ ނޫން އޭގެ އަނެއް ދުވަހަކީ ތިއްތި އާ ޔުޝްގެ  އުފަންދުވަސް … އަޖައިބެއް ދޯ  …. ޔުޝް އަކަށް ނޭނގޭނެ ތިއްތިގެ  އުފަންދުވަހެއް … ތިއްތި އަކަށް  ވެސް ނޭނގޭނެ …  ”  މަންހާ  މިހެން ބުނެ ނިމުނު އިރު ޒިދާން ފޫހި ކަމެއް ނެތި މަންހާ އާ ދިމާލަށް ބަލަން އިނެވެ. މަންހާ ލަދުން ޒިދާންގެ ލޯ މަތީ އަތްއަޅައިފަ ދުއްވައިގަތެވެ. ޒިދާން ވެސް މަންހާގެ ފަހަތުން ދުއްވައިގަތެވެ. މާ ދުރަށް ނުދެވެނިސް ޒިދާން އަށްް މަންހާ އަތުލެވުނެވެ. އަދި ޒިދާން މަންހާ އުފުއްލައިލާފަ އެނބުރި ގަތެވެ. މަންހާ އާ ޒިދާންގެ ހުނުމުގެ އަޑު އެ ހިސާބުގައި ގުގުމާލިއެވެ. އެރޭ  އެ ކުދިން ގެއަށް ދިޔައީ ޔުޝްރާ އާ އަލްވާންގެ އުފަންދުވަހަށް ތައްޔާރު ވާނެ ގޮތް ރާވައިގެންނެވެ.

ޔުޝްރާ ފޯނުން އިންސްޓަގްރާމް ހާވަން އިންދަ އަލްވާންގެ މެސެޖެއް އައެވެ. މެސެޖު ބަލާލާނީ އޭ ހިތަށް އަރާފަ ޔުޝްރާ އެ ޗެޓަށް ވަނެވެ. އަލްވާން އިނީ އޭނައަށް ‘ހާއި’ ޖަހާލާފަ އެވެ. ޔުޝްރާ ވެސް ހޭ އޭ ބުނެލިއެވެ. މިހެން ގޮސްް އެކި އެކި ވާހަކަ ދައްކަން ދެ ކުދިންނަށް އިނދެވުނެވެ. އަޞުރު ނަމާދު ބަންގީގެ އަޑު އިވެން ފެށުމުން ޔުޝްރާ އަލްވާން އަށް ‘ބާއި’ އޭ ބުންޏެވެ. އަދި ފުރަތަމަ މެސެޖު ކުރި ގަޑި ބަލާލިއެވެ. އޭނަގެ ދެ ލޯ އަތަށް ނައީ ކިރިޔާ އެވެ. އެ ދެ ކުދިންް ވާހަކަ ދައްކާތާ މިހާރު ބަރާބަރު ހަތަރު ގަޑިއިރާ ފަނަރަ މިނަޓު ވީއެވެ. ޔުޝްރާ ފޯނު އޮފް ކޮށްލާފަ ފާޚަނަ އަށް ގޮސް ވުޟޫ ކޮށްލައިގެން ނަމާދު ކޮށްލިއެވެ. އަދި ހަވީރު އެއްކޮށް ހޭދަ ކުރީ ޤުރުޢާން ކިޔެވުމުގައެވެ. ޔުޝްރާގެ ހިތް އަލިކަމުން މިހާރު އޭނައަށް ޚަތިމްގެ ފުރަތަމަ ފޮތް އެއްކޮށް ވަނީ ހިތުދަސް ވެފައެވެ. 2 ވަނަ ފޮތުގެ ބޮޑުބައި ވެސް ވަނީ ދަސްވެފައެވެ. ޔުޝްރާ އެތައް ފަހަރަކު ޚަތިމް ކުރުމުގެ ސަބަބުން އޭނައަށް ހަމަ ދަސްވަނީ އެވެ. އަދި ދުވަހަކު ވެސް ޔުޝްރާ ދަސްކުރާ އުސޫލުން އެއްވެސް ފޮތެއް ނުކިޔައެވެ. އޭނައަށް ހަމަ ހުރިހައި އެއްޗެއް ދަސްވަނީ އެވެ. ދަސްކުރަނީ އެއް ނޫނެވެ. އަވަހަށް އެއްޗެހި ދަސްވާތީ އޭނަ މާތް ﷲ އަށް ޙަމްދު ކުރެއެވެ. ޔުޝްރާ އަށް މި ހުނަރު ލިބިފައިވާތީ ދުވަހަކުވެސް އޭނަ ބޮޑާ އެއް ނުވެއެވެ. އޭނަ އެދެނީ އެހެން ކުދިންނަށް ވެސް މި ހުނަރު ލިބުމެވެ.

 

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. މަލް

    Oh wow!! FIRST!! adhi nukiyan.. kiyaalaafa i’ll comment again!!

    1. Quiiin?
      މަލް

      ?Hehe
      Thanku so much mal fr supporting me???
      ?Yeah u first nd congratsss

  2. Quiiin?

    Hey guys!!!
    …Miothiii 6th part vx up vefa
    ?Kiyaalaafa comment eh kohlahche

  3. މަލް

    Varah salhi.. but hellansheve eh noon kiyaany.. hellaasheve. Mi partwes varah cute! Hope next part wes v avahah genesdheyne kamah!??

    1. Quiiin?
      މަލް

      ❤Thanku mal
      Quiiin balaanan avahah submit kurevey thw ekm admin ennu publish kuraaniii?

  4. މަލް

    Mi part wes v cute!! ??
    But i thought manha and yushra were getting ready for o’level? Mihaaru school nimmaaly? Anyway next part wes v avahah genesdhehchey!! Waiting impatiently!!

    1. Quiiin?
      މަލް

      Yeah mihaaru tst thah hadhaifi but adhi result eh nulibey in sha allah vrh avahah e kudhinge result vhk genesdheynan… thanku bunedhinyma quiiin huriii handhaan vx nethifa? thanku mal ?
      In sha allah nxt part avahah genesdhevey thw balaanan?

  5. Ekkala kujja

    Woooooowwww …,mi part vx hama habeys … ❤❤❤
    ????

    1. Quiiin?
      Ekkala kujja

      ❤Thanku so much ekkala kujja
      ???

  6. Kix

    Ma sha allah haadha ryhchey mi part vx … dhn avahah alvaan aa yushra gulhuvadheebaaa?

    1. Quiiin?
      Kix

      ?Hehe thanku kix
      Balamaa dhw kihineh thw vanii

  7. yan

    wow mi part vx varah reethi masha allah

    1. Quiiin?
      yan

      ???Thanku so much yan
      Hope yan ge comments kuriah oiy part thakuga vx fennaane ???kamah

  8. Maisha maii

    Wow… v v v reethi mi part vx ???❤❤❤❤♥♥♥♥… when next part? Waiting for it ???

    1. Quiiin?
      Maisha maii

      ?❤Thanku so much maiii
      Soon nxt part in sha allah …
      Vrh lahun dhw mi reply kurevuniii vx …?

  9. leem

    next part kon irakuntha?
    curiously waiting
    quiiin ehen writers hadhaa gothah ehbai liyefa hutta nulahche
    varah reethi mi vaahaka btw
    luv u

    1. Quiiin?
      leem

      Alhey …. sry ingey … quiiin ah miulheniii adhi 7th part nuliyevigen … in sha allah vrh avahah submit kohlevey thw balaanan ingey dear?
      ?Lymm

  10. IIII

    Oh please I can’t wait to read them next part it’s funny any cute like couples??☺️

    1. Quiiin?
      IIII

      Hehehe aslu vx vrh cute dhw e couplesss …. thanku soo much lll?❤

  11. Miku

    Vrh salhi… alvaan aa yushra rattehi vefa break up nuvanyyaa vrh best vaane…
    Nice stry
    Everrrrr
    Ly
    ❤?❤

    1. Quiiin?
      Miku

      Hehe thanku sooo much miku … lets see dhw …
      Happy to knw that this is ur fav stry …
      Ly2
      ?❤

Comments are closed.