Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ސިއްރެއް 22

idontcare Level 110 Stories
May 27, 2020 5 Mins Read
6 Comments

އަހަރެން ރާއިންއަށް އަނެއްކާވެސް ފާރަލާން ފެށީމެވެ. ނަޝްވާގެ ކިބައިން ބަދަލު ހިފަން އޭނާ ނަޝްވާމެން ގެއަށް ވަދެ މިއުވާން ނޫޅޭތޯ ޔަގީން ކޮށްފައި އެގޭންގުގެ އިތުރު ދެމީހަކާއެކު ނަޝްވާގެ ކޮޓަރިއަށް ވަތް އިރު އަހަރެން ހުރީ ނަޝްވާގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި އެމީހުން ކުރާ ކަންތައް ބަލާށެވެ. އެމީހުން ނަޝްވާގެ ގަޔަށް އަރަން އުޅުމުން އަހަރެން ފުރަތަމަ އުޅުނީ އެމީހުން ކުރާ ކަންތަކުގެ ވީޑިއޯ ކޮށްފައި މާދަމާ ހެނދުނު މިއުވާންއަށް ފޮނުވާށެވެ. ނަމަވެސް ނަޝްވާއަށް އެހާލު ޖައްސާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން މިއުވާންއަށް ރާއިންއަށް ކުރިން މެސެޖް ކުރި ނަމްބަރުން ނަޝްވާ ސަލާމަތް ކުރަން ބޭނުމިއްޔާ މިހާރު ގެއަށް ދިޔުމަށް މެސެޖް ކުރީމެވެ. ނަސީބަކުން ނަޝްވާއަށް މާބޮޑުވަރު ނުވަނީސް މިއުވާން އެތަނަށް އައެވެ. މިއުވާން ފެނުމުން އެއެންމެން ފިލަން ދުއްވައިގަތީއެވެ. ނަމަވެސް އެތަނުން އެކަކު މިއުވާންގެ އަތުގައި ޖެހުނެވެ. ނަޝްވާ އެމީހުންގެ މަންމަމެން ކައިރި ބޭންދުމަށްފަހު އޭނާގެ އަތު ޖެހުނު މީހާއަށް ވަޅިން ހަމަލާދީ މަރާލި ތަންވެސް މި ދެލޮލުން ދުށީމެވެ. އެމީހާގެ ހަށިގަނޑު ކުދިކޮށް ކޮށާލުމަށްފަހު ދަބަހަކަށް އަޅާލުމަށްފަހު އެއަށް ގާ ބުރިތަކެއް ލުމަށް ފަހު މޫދަށް އެއްލާލި ތަންވެސް ދުށީ މިދެލޮލުންނެވެ. އަހަރެން ބައްޕައަށް މިޙަބަރު ދިނުމުން މިއަދު އަހަރެމެންގެ ގޭންގުގެ އެހެން ބަޔަކާއެކު މިއުވާންއާއި ވާހަކަ ދައްކާގެން އޭނާ އަހަރެމެންގެ ގޭންގަށް ވެއްދީއެވެ.

 

14 ޖުލައި 2013

މިއުވާން ގޭންގަށް ވަތްފަހުން އަހަރެން ހީކުރީ އަހަންނަށް ގޭންގުގެ ކަންތަކާއި ނުވިސްނާ ހަމަޖެހިލައިގެން އުޅެވޭނެކަމަށެވެ. ނަމަވެސް މިއުވާން މަރާލި މީހާ ހަނދާން ވާން ފެށުމުން އަހަންނަށް އުނދަގޫ ވާންފެށިއެވެ. އަހަރެންނަށް މިއުވާން މިގޭންގަށް ވައްދަން އެހެން ގޮތެއްވެސް ހޯދުނީހެވެ. އޭނާގެ މަރުވީ އަހަރެންގެ ސަބަބުންނެވެ.

އިތުރަށް އަހަރެންގެ މޫޑު ގޯސްވާން ފެށީރާއިންއާއި އެރޭ ނަޝވާ ގަޔަށް އަރަން މަސައްކަތް ކުރި މީހުން އަނިޔާވެރި ގޮތަކަށް މަރާލި ޙަބަރު ލިބުމުންނެވެ. ޝިފާންގެ ފޯނުގައި އެމީހުންނަށް އަނިޔާ ކުރާ ވީޑިޔޯތައްވެސް ހުއްޓެވެ. އަހަރެމެން އާންމުކޮށް ގޮސް އުޅޭ ފަޅު ރަށެއްގެ ޖިފުޓިގަނޑު ތެރޭގައި ވަކިން ހަދާފައި އިން ތަންކޮޅުގެ ހަތަރު ކަނުން ތިން ކަނުގައި ތިން ގޮނޑީގައި އެމީހުން އައްސާފައި ބޭތިއްބީއެވެ. އެ ގޮންޑީގައި ބޮޑެތި އަފުނޯސް ކަށިތައް ހަރުކޮށްފައި ހުއްޓެވެ. އެމީހުން ގައިގައި ދޮންކުރި ދަގަޑު ޖެއްސިއިރު އެމީހުން ހަޅޭއް ލެވި އަޑު އަހަންނަށް އަދިވެސް އިވެއެވެ. އެއްވެސް ހަގީގަތެއް ނެތް ކަމެއްގެ މައްޗައް އެމީހުންނަށް އެފަދަ އަނިޔާއެއް ދިނުމުގެ ބޭނުމެއްވެސް ނެތެވެ. ނަމަވެސް އެމިހުންނަށް އެކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ އެކަމުގެ ހަގީގަތް އެނގޭނީ މަށާއި ބައްޕައަށް އެކަންޏެވެ. އެ ފަޅުރަށުގައި އެމީހުންނަށް އެކި އަނިޔާތައް ދިނުމުގައި އެމީހުން ހަފްތާއަކަށްފަހު ތިން މީހުން މަރުވާން ދޫކޮށްލީއެވެ. ނަމަވެސް ރާއިން މަރާލީ ތިން ހަފްތާ ވަންދެން އެކި ވަރުވަރުގެ އަނިޔާ ދިނުމަށް ފަހުއެވެ.

އަހަރެން އަހަރެންގެ ހިތަށް ވިސްނާދިނީ އެއީވެސް ވަކި މާ ރަގަޅު ބައެއް ނޫންކަމެވެ. ނަމަވެސް އަހަރެން އަދިވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. އެމީހުންގެ ވޭނީ ހަޅޭއްތައް އަދިވެސް އިވެއެވެ.

 

 

15 ނޮވެމްބަރ 2013

އަހަރެން އުޝާ ކައިރީ ރައްޓެހިވާން އެހީ އަހަރުގެ ފަހު ޓެސްޓުތައް ނިމުނީމައެވެ. ނަމަވެސް އަހަރެން އުޝާ ކައިރީ ރައްޓެހިވާން އެހީ މެސެޖަކުންނެވެ. މެސެޖު ކުރިއިރު އުޝާ އެއްބަސް ވާނެ ކަމަކަށް ހިއެއް ނުކުރަމެވެ. އެއްގަޑި އިރު ފަހުން އުޝާ އާން ބަސް ދިނުމުން އަހަރެންނަށް އެވަގުތު ވީގޮތް ބުނެދޭން އުނދަގުލެވެ. އުފާވިއެވެ. ހައިރާންވިއެވެ.

ހަމަޖެހިލައިގެން އުޝާއާއިއެކު އުޅެނިކޮށް ފުރަތަމަ މައްސަލަ ޖެހުނީ  ބައްޕައަށް އެކަން އެނގުނު ދުވަހުއެވެ. ބައްޕަ ބުނީ އަހަރެން ދެން އަނެއްކާ ގޭންގު މަސައްކަތާއިގެން ކުރިއަށް ދާން ޖެހޭއިރު އެކަހަލަ ގުޅުމަކަށް ނުދެވޭނެކަމަށެވެ. އަހަންނާއި ބައްޕާއި ދެމީހުން ހަފްތާއެއްގެ ބޮޑު ޒުވާބަށް ނިމުމެއް އައީ މަންމަގެ ބުރަ މަސައްކަތުންނެވެ.

 

5 ޑިސެމްބަރ 2013

އަހަރެން އުޝާއާއި ރައްޓެހިވެގެން އުޅޭތާ މިވީ ހުރިހާ ދުވަހުވެސް އުޝާއަށް ވަރަށް ގިނަ ކަންތައް ސިއްރުކުރަން ޖެހެއެވެ. އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. ބައްޕަގެ އަމުރަށް އަހަރެން އެކަކު ކައިރީވެސް ނުބުނެ ކެތް ކޮށްފީމެވެ. އަދިވެސް ކެތް ކުރާނަމެވެ. އަހަރެންނަކީ މި ރާއްޖޭގެ އެންމެ ބާރުގަދަ ގޭންގުގެ ބޮޑު މީހާގެ ދަރިއޭ އުޝާ ގާތު ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ އަހަރެންނަކީ އެންމެ ސާދަ އަހަރުގެ ކުޑަ ކުއްޖެކެވެ. އެތައް ބައެއްގެ ދިރިއުޅުން އެމީހުންގެ މަސައްކަތުން ހަލާކުވަމުން ދާތަން އަހަރެންނަށް ފެނެއެވެ. ނަމަވެސް ނުފެންނަ ކަމަށް ހަދަނީއެވެ.

 

30 ޑިސެމްބަރ 2013

މިއަދު އަހަރެންގެ މަންމަ އަހަރެން ކައިރީ ބުނި ވާހަކަ އަދިވެސް އަހަންނަށް ގަބޫލު ކުރަން ދައްޗެވެ. އެއީ ބައްޕަ އަހަންނާއި އުޝާގެ ގުޅުމަށް އާބަސް ދިނީ ބައްޕަގެ އަމިއްލަ ބޭނުމަށް ކަމަށް ބުނުމުންނެވެ. ނަމަވެސް އަހަރެން ހައިރާންވާންވީ ސަބަބެއް ނެތެވެ. މީގެ ކުރިންވެސް އަހަރެންގެ ހުރިހާ އުފާތަކަށް ހުރަސް އަޅާފައި މިހާރު ކުއްލިއަކަށް އަހަރެން ސްކޫލަކަށް ފޮނުވާ އެކުވެރިން ހޯދުމަށް ފުރުސަތު ދިނީ އަހަރެންގެ އުފަލަށް ކަމަށް ހީކުރުމީ އަހަރެންގެ މޮޔަ ކަމެވެ. ފުރަތަމަ އަހަރެން އެ ސްކޫލަށް ފޮނުވަން ނިންމީ އަހަރެންގެ ކްލާސް ކއްޖެއް ކަމަށްވާ ނަޝްވާގެ ބޭބެ މިއުވާން އަހަރެމެންގެ ގޭންގަށް ވެއްދުމަށެވެ. އެހެންކަމުން އަހަރެން ބޭނުން ކޮށްގެން މިއުވާން އަހަރެމެންގެ ގޭންގަށް ވަނުމުން އުޅުނީ އަހަރެން ސްކޫލުން ކަނޑާލާށެވެ.

ނަމަވެސް ކުއްލިއަކަށް އަހަރެމެންގެ ގޭންގުން ދިހަ ވަރަކަށް މީހަކު ހައްޔަރު ކުރިއެވެ. އެކަކަށްވެސް ވީނުވީއެއް ނޭނގުނެވެ. އަހަރެމެންގެ މީހުންގެ ތެރެއިން ޕޮލިހުންގެ ތެރޭގައި މަސައްކަތް ކުރާ އެންމެން ކަހަލަ ގޮތަކަށް މަސައްކަތް ކޮށްގެންވެސް އެމީހުން ދުލެއް ނުކުރިއެވެ.

ދެން އެމީހުން މަސައްކަތް ކުރީ އެމީހުން ރިޕޯޓު ކުރި ބަޔަކު ހޯދާށެވެ. އަހަރެން ހައިރާންވީ އެމީހުން ރިޕޯޓު ކޮށްފައިވަނީ އުޝާގެ މައިންބަފައިންނެވެ. އެމީހުންނާއި މެދު އިތުރަށް ޝައްކު އުފެދެންފެށީ އެމީހުން ރިޕޯޓު ކުރިކަން ސިއްރުކުރަން ކޮށްފައިވާ މަސައްކަތް ފެނުމުންނެވެ. ނަމަވެސް އަހަރެމެންނަށް މަސައްކަތް ކުރާ މީހުން ޕޮލިހުންނާއި ކޯޓުގަޔާއި ސަރުކާރު މަގާމުތަކުގައިވެސް މީހުން ނުލާހިކު ގިނައިން ތިބެއެވެ. އެއީ ނުހަނު ނުފޫޒު ގަދަ މީހުންގެ އިތުބާރު ހޯދާފައިވާ މީހުންނެވެ. ނަމަވެސް އެމީހުންގެ އެހީއާއެކުވެސް ސަލާމަތް ކުރެވުނީ އެންމެ މީހެކެވެ. އެވެސް އަށާރަ އަހަރު ނުފުރޭ ކުއްޖަކަށް ވީމައެވެ.

ކަންތައް މިވީ ގޮތުން އެންމެންނަށްވެސް އުޝާގެ މައިންބަފައިންނަކީ އާދައިގެ ބައެއް ނޫންކަން އެނގުނެވެ. އެހެންކަމުން ބައްޕަ މިހާރު ވިސްނަނީ އުޝާ މެދުވެރިކޮށް އުޝާގެ މައިންބަފައިންގެ ސިއްރު ހޯދާށެވެ. ނަމަވެސް އުޝާއަށް އެއްވެސް ދެރަ ގޮތެއް ވިޔަކަ ދޭން އަހަރެން ދެކޮޅު ހެދީމެވެ. ފުރަތަމަ ފަހަރަށް ފާޅުގައި ބައްޕަގެ އެދުމަށް ފުރަގަސް ދިނުމުން އަނެއްކާ އަނެއް ހަނގުރާމަ ފަށަން ޖެހުނެވެ. އެންމެ ފަހުން އަހަރެން ގޮތް ދޫނުކުރުމުން ބައްޕަ ރުޅިގަދަވެގެން ބުނީ އަހަރެންގެ އެހީއާއި ނުލާވެސް ބައްޕަ އެކަން ކުރާނެ ކަމެވެ.

 

 15 މާރޗް 2014

އަހަރެން މިއަދު އޝާއަށް ނަފްރަތު ކުރަމެވެ. އަހަރެން އުޝާއާއި އެއްކޮށް އުޅެނީ އުޝާގެ ރއްކާތެރި ކަމަށެވެ. އަހަންނަށް މާބޮޑު ގެއްލުމެއް ނުވާނެއެވެ. ބައްޕަ ކިތަންމެ ނުބަޔަސް އޭނާގެ އަމިއްލަ ދަރި މަރާލަފާނެކަމަށް ގަބޫލު ނުކުރެވޭތީއެވެ. ނަމަވެސް ބައްޕައާއި ދެކޮޅަށް މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެތައް ފަހަރަކު އަހަރެން ބަންދު ކުރާނެ ކަމުގެ އިންޒާރުވެސް ދިނެވެ.

އަހަރެން މިހުރިހާ ބުރަ މަސައްކަތް ކުރާއިރުވެސް އުޝާއަށް ކުރަން އެނގޭ ކަމަކީ އަހަންނަށް ދޮގު ހަދާ އޮޅުވާލުމެވެ. މިހާރު އޭނާއަށް ފާރަލާތާ މަހެއް ވެދާނެއެވެ. ފުރަތަމަ އަހަންނަށް ޝައްކުވީ ބައްޕަ އުޝާގެ ގެއަށް ގޭންގު ބައެއް ފޮނުވާގެން އުޝާ ކިޑްނެޕް ކުރުމަށް ފަހު އޭނާގެ މައިންބަފައިންނަށް ބިރު ދައްކަން އުޅުން ދުވަހުއެވެ. އެހެންކަމުން އެދުވަހު އެންމެ ސުކުންތެއްވެސް މަޑު ނުކޮށް އަހަރެން އޭނާއަށް ގުޅާފައި އޭނާ ވީތަނެއް އެހީމެވެ. އޭނަ އެވަގުތ ހުރީ ގޭގައޭ ބުނުމުން އަހަރެން އެދުނީ އަހަންނާއި ބައްދަލު ކުރަން އައުމަށެވެ. ނަމަވެސް އުޝާ އިންކާރު ކުރީ އޭނާ ބިޒީ ކަމަށް ބުނެއެވެ. އެހެންކަމުން އަހަރެން އޭނާގެ ގެއަށް އޭނާ ބަލާ ދަންތޯ އެހުމުންވެސް އޭނާ އިންކާރު ކުރުމުން އަހަރެން ހާސްވިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެން އުޅެނިކޮށް މަންމަގެ ފަރާތުން އަހަންނަށް އެނގުނީ އެމީހުން އުޝާމެންގެ ގެއަށް ހިނގައްޖެ ކަމަށް ބުނުމުންނެވެ. އެއާއެކު މަންމަ ދެން ދެއްކި ވާހަކައެއް އަޑުއަހަން މަޑުނުކޮށް އަހަރެން އުޝާމެންގެ ގެއާއި ދިމާލަށް ދުއްވައިގަތީމެވެ. އަހަންނަށް އެގެއަށް ދެވުނުއިރު އެގޭތެރެއން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އޭނާ ހައިރާންވިއެވެ. އިރުކޮޅަކުން އަހަރެންގެ ބައްޕަ ގުޅާފައި އަހަރެން ގާތުގައި އެހީ އުޝާ ކޮބައިތޯއެވެ. އަހަރެން އޭނާ ވީ ގޭގައޭ ބުނުމުން ބައްޕަ ބުނީ އުޝާ ނުފެނިގެން އެންމެން އަނބުރާ އައި ވާހަކައެވެ. އަހަރެން ނޭނގެއޭ ބުނުމުން އަހަރެންގެ ބައްޕަ ފަހުން އަނެއްކާ އެކަމާއި އުޅޭނަމޭ ބުނެ އިންޒާރު ދިނުމަށްފަހު ފޯނު ކަނޑާލީއެވެ.

އަހަރެން އެގޭގެ ކައިރީގައި މަޑުކުރީމެވެ. އުޝާގެ މައިންބަފައިން ގެއަށް އިރުކޮޅަކުން އައެވެ. އެއަށްފަހު މާ ގިނަ އިރެއް ނުވެ އުޝާގެ ދޮންބެވެސް ގެއަށް އައެވެ.

އަހަރެން ދެލޯ ބޮޑުކޮށްލެވުނީ އުޝާ އިރުގަނޑެއް ފަހުން އަހަރެން ކުރިން ނުވެސް ދެކޭ ފިރިހެން ކުއްޖަކާއެކު ގެއާއި ދިމާލަށް އަންނަތަން ފެނުމުންނެވެ. އަހަރެން ވަގުތުން އެތާ ކައިރީގައި ޕާކު ކޮށްފައި ހުރި ކާރެއްގެ ފަހަތުގައި ފިލީމެވެ. އެމީހުން އައިސް ހުއްޓުނީ އެކާރާއި ވަރަށް ކައިރީގައެވެ. އެމީހުންނަށް އަހަރެން ފެނިދާނެތީ އަހަރެން އިނީ ބިރުން ނޭވާވެސް ލާން ނުކެރިފައެވެ. އެމީހުން ކީ ވާހަކަތައް އަހަންނަށް ސާފެއް ނުވިއެވެ. ނަމަވެސް އެފިރިހެން ކުއްޖާއަށް ކިޔަނީ އިޝާން ކަންވެސް އެނގުނެވެ. އެމީހުން ކުޑަކޮށް ބައްދާލުމަށްފަހު އެ ފިރިހެން ކުއްޖާ ދިޔުމުން އުޝާ ގެޔަށް ވަންނަށް ހިނގައިގަތެވެ.

އަހަރެންނަށް އެކަން ގަބޫލެއްވެސް ނުކުރެވުނެވެ. އޭގެ އަނެއް ދުވަހު ހޭލުމަށްފަހު އަހަންނަށް ހީކުރެވުނީ އެއީ ހުވަފެނެއް ކަމަށެވެ. ނަމަވެސް ހަފްތާއެއްގެ ފާރަލުމަށް ފަހު އަހަންނަށް އެފިރިހެން ކުއްޖާއާއެކު އުޝާ އުޅޭތަން ފެނުނެވެ. އުޝާގެ ބައްޕަގެ ރިސޯޓަށް ކުރާ ދަތުރު ތަކުގައިވެސް އެފިރިހެން ކުއްޖާ ބައިވެރިވެއެވެ. އިޝާންކިޔާ އުޝާގެ އެކުވެރިއެއް އަދި އާއިލާ މީހަކުވެސް ހުންނަކަން އެނގޭ މީހަކުވެސް ނެތެވެ. އެންމެފަހުން އަހަންނަށް މަޖުބޫރުވީ އުޝާ އަހަންނަށް ބޭވަފާތެރިވިކަން ގަބޫލުކުރާށެވެ. އެކަން ޔަގީން ކުރުމަށް ފަހު އަހަރެން ބައްޕަ ކައިރިއަށް ގޮސް އެހީވާން ބޭނުންވާ ވާހަކަ ބުނީމެވެ. ނަމަވެސް ބައްޕަ އެކަން ގަބޫލެއް ނުކުރިއެވެ. ކުއްލއަކަށް އަހަރެން ހިޔާލު ވީ ކީއްވެތޯ އެތައް ފަހަރަކު އެހުމުން އަހަރެން ވީގޮތް ކިޔާދިނީމެވެ. އެވާހަކަ އެނގުމުން ބައްޕަ އަހަރެންގެ މޮޔަކަމާމެދު މަލާމާތް ކުރިއެވެ. އިތުރަށް ބައްޕަ ބުނީ މާދަމާ ރެއަށް ތައްޔާރުވުމަށެވެ. އަދި އުޝާއަށް އަހަރެންނަށް އެނގޭ ކަންކަމުގެ ހިލަމެއްވެސް ވިޔަ ނުދީ ކުރިން އުޅުނު ގޮތަށް އުޅުމަށް ބުނުމުން އަހަރެން އެކަމަށް އެއްބަސްވި އެންމެ ބޮޑު އެއް ސަބަބަކީ އުޝާގެ މަކަރުވެރިކަން އަހަންނަށް ފަޅާއެރީމަވެސް އުޝާ ދޫކޮށްލާނެހާ ހިތްވަރެއް އަހަރެންގެ ނެތީމައެވެ. މި ސަބަބާއި ހުރެ އަހަރެންގެ އަމިއްލަ ނަފްސަށް މަލާމާތް ކުރަމެވެ.

 

17 މާރޗް 2014

އެރޭވެސް ރޭވި ގޮތާއި އެއްގޮތަކަށް ނުދިޔަ ނަމަވެސް އަހަރެމެންނަށް އުޝާއާއި އުޝާގެ މައިންބަފައިންގެ ސިއްރު ފަރާތެއް ވާކަން ޔަގީނާއި ހަމައަށް އެނގުނެވެ. އެރޭ އުޝާ އޭނާގެ ބައްޕަގެ ރިސޯޓަށް ދަތުރު ގޮއްސަ ގެއަށް ދިޔައީ ނަޝްވާ މެންގެ ގެއަށް ގޮސް އެކަންޏެވެ. އަނދިރި ގޯޅިއަކުން ލާފައި އެއްވެސް ބިރެއް ނެތި އޭނާ ދަނިކޮށް އަހަރެމެންގެ ގޭންގުން ދެ މީހުން އުޝާއަށް ފޮށި އޭނާ ގަދަކަމުން އެތާ ހުރި ހަދަން ފަށާފައި ހުރި ގެއަކަށް ވައްދަން އުޅުނެވެ. ނަމަވެސް ކާމިޔާބު ނުވީ އުޝާ އެކަނި މާއެކަނި ބޮޑު ދެ ފިރިހެނުން ބަލިކުރުމުންނެވެ. އަހަރެން ހުރީ އެމީހުން އުޝާ ވައްދަން އުޅުނު ގޭގެ ދެވަނަ ބުރީގައި މަންޒަރު ބަލާށެވެ. އެދެމީހުންނަކީ އަހަރެމެންގެ ގޭންގުގައި ދޭ ‘ޓްރެއިނިންގް’ ވެސް ފުރިހަމަ ކޮށްފައި ތިބި ދެމީހުންނެވެ. އެ ހާދިސާއަށް ފަހު އަހަރެމެން އިތުރަށް އެމީހުންނަށް ފާރަލާން ފެށީމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

idontcare

Level 110 Stories

Other Articles

Previous

މިހިތަކުން ނުފިލާނޭ ކިޔުންތެރިންގެ ސަމާލުކަމަ!

Next

އިންތިޒާރު 9

Next
May 27, 2020

އިންތިޒާރު 9

Previews
May 27, 2020

މިހިތަކުން ނުފިލާނޭ ކިޔުންތެރިންގެ ސަމާލުކަމަ!

6 Comments!

  1. sama says:
    May 28, 2020 at 1:04 am

    Vaahaka reethi Hama hurihaa part eh ves
    emme shauguveri kamaaeku kiyey ey vaahaka mee
    ekam maalahee up kuraaleh
    Las vegenves Maalas
    adhi ehaagina Dhuvas koffi up kuraairu ves vvv kuru
    ummeedh kuran mi kanthah thah rangalhu kollaane kamah

    1. idontcare says:
      May 28, 2020 at 1:28 pm

      thanku. midhuvas kolhu online classthah othyma kudakoh busy. kuriah oiy thanuga ragalhu kolleveytho balaanan insha allah

  2. Hamoo✍ says:
    May 28, 2020 at 1:08 am

    Mi vaahaka v reethi.. keep it up.. waiting for next part ❤

  3. No one says:
    May 28, 2020 at 9:32 am

    V. Nice!!

    1. idontcare says:
      May 28, 2020 at 1:29 pm

      thanks

  4. Hamoo✍ says:
    May 29, 2020 at 7:29 pm

    v v nice

Comments are closed.

Next Episodeސިއްރެއް 23←


All Right Reserved!