Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ – ތިންވަނަ ބައި

Hafsath Noora Level 610 Stories100 Comments100 Login500 Comments
May 30, 2020 6 Mins Read
26 Comments

ކަނޑުގެ ލޮނުގަނޑު ކަފަމުން ރަށުގެ ފަޅުތެރެއަށް ވަތް ލޯންޗް ފެނި ފަވާޝަތު ގާތަށް ހިނި އަންނަ ގޮތްވިއެވެ. “ހަހަހަ. މިތަ ނޫމާން އަހަންނަށް ދޭން އޮތް ބޮޑު ސަރޕްރައިޒަކީ؟ އަހަންނަށް އަލަކަށް ނޫނޭ ލޯންޗެއް މި ފެނުނީ.” ފަވާޝަތު ހީކުރީ ނޫމާން އޭނާ ގޮވައިގެން ބަނދަރަށް އައީ އެ ބޮޑު ލޯންޗު ދައްކަން ކަމަށެވެ. އެހެންނަމަވެސް ފަވާޝަތަށް އެވަގުތު ނޭނގުނު ކަމަކީ އެ ލޯންޗު ތެރޭ އޭނާ ޙައިރާންކުރުވާނެފަދަ ސަރޕްރައިޒެއް އިންނާނެ ކަމެވެ. ފަވާޝަތު ހެމުން ދިޔައިރު ނޫމާން އެއްވެސް އެއްޗެކޭ ނުބުނެ ލޯންޗުން ފައިބަމުން ދިޔަ މީހުންތަކަށް ބަލަން ތިއްބެވެ. ދުރުން ފެންނަން ހުރި ލޯންޗުގެ ބިއްލޫރިގަނޑުން ފަވާޝަތު ގެ ބޮޑުދައިތަ ގޮނޑިން ތެދުވާތަން ނޫމާނަށް ފެނުނެވެ. އެއާއިއެކު ނޫމާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. “ދެން ނޫމާން ހިނގާ ދާން. ލޯންޗު ބޮޑު ވިއެއްކަމަކު އަހަރެން ސަރޕްރައިޒެއް ނުވޭ އިނގޭ. އަހަރ…. ބޮޑުދައިތަ!” ފަވާޝަތަށް އެންމެ ފަހުން ބުނަން އުޅުނު ޖުމުލަ މެދުކަނޑައިލެވުނީ ލޯންޗުން ފޭބި އޭނާގެ ބޮޑުދައިތަ ފެނިފައެވެ. ވަގުތުން މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ. ފަވާޝަތު ހުރީ އެވަގުތު ބުނާނެ އެއްޗެއް ނޭނގިފައެވެ. ނޫމާނާއި ދިމާލަށް ބަލައިލެވުނީ މީ ކިހިނެތްވާނެ ކަމެއްހޭ އަހާފަދަ ގޮތަކަށެވެ. ނޫމާން އެއްވެސް ޖަވާބެއް ނުދީ ހަމައެކަނި ހިނިތުންވެލުމަކުން ފުއްދައިލީއެވެ.

“ސަރޕްރައިޒް. ބޮޑުދައިތަ އައީމަ ފަވާ އުފަލެއް ނުވޭތަ؟” ފަވާޝަތު ކައިރިއަށް ހުއްޓި ފުޅާ ހިނިތުންވުމަކާއިއެކީ އާލިޔާ އެހިއެވެ. ފަވާޝަތު އަށް އެއްވެސް އެއްޗެކޭ ބުނަން ނޭނގިފައި އިރުކޮޅެއް ވަންދެން ހުރެވުނެވެ. ޙަޤީޤަތުގައި އާލިޔާ މި ރަށަށް އައުމުން ފަވާޝަތު އުފަލެއް ނުވިއެވެ. އާލިޔާ އަކީ ފަވާޝަތު ގެ ބޮޑުދައިތައެއްކަމަކު ފަވާޝަތު އާލިޔާއަށް އަބަދުވެސް ނަފްރަތު ކުރެއެވެ. އެކަމަކު އެކަން އޭނާ އާލިޔާއަށް ނާންގައެވެ. ބޭރުފުށުން އާލިޔާދެކެ ލޯބިވާކަމަށް ދެއްކިޔަސް ޙަޤީޤަތުގައި ފަވާޝަތު އާލިޔާދެކެ ލޯތްބެއް ނުވެއެވެ. މިކަން މިހެން ވާންޖެހުނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. ފަވާޝަތަކީ އެއް އިރެއްގައިވެސް ގޯސްކޮށް އުޅުނު ކުއްޖެއް ނޫންވިއްޔާއެވެ. އެހެންވީއިރު ފަވާޝަތު އާލިޔާއަށް ނަފްރަތު ކުރާނީ އާލިޔާގެ ކޮންމެވެސް ގޯސް ސިފައެއް ހުރީމައިކަން ޔަޤީނެވެ.

“ނޫން ބޮޑުދައިތާ. ވަރަށް އުފާ ވެއްޖެ.” ކައިރީގައި ނޫމާން ހުރުމުން ފަވާޝަތު ގަދަކަމުން ނަމަވެސް ހިނިތުންވަމުން ވާހަކަ ދެއްކޭތޯ ބެލިއެވެ. އާލިޔާ ފަވާޝަތު ގައިގައި ބައްދައިގަތުމުން ފަވާޝަތު ގަނޑުވި ކަހަލައެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރުން ނޫންކަމެއް ފަވާޝަތަކަށް ނުކުރެވުނެވެ. މިއީވެސް އާލިޔާ ދެއްކެން ކުރާ ކަމެއްކަން ފަވާޝަތަށް އެވަގުތު އެނގުނެވެ. “އައި މިސްޑް ޔޫ މައި ލިޓްލް ޕްރިންސެސް. ހިނގާ ގެއަށް ދާން އަވަހަށް.” ފަވާޝަތު އާއި ދުރުވެލަމުން އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރެ އާލިޔާ ބުންޏެވެ. އާލިޔާ އޭނާގެ އަތުގައި ހިފެހެއްޓުމުންވެސް ފަވާޝަތަށް އުނދަގޫވުން ނޫންކަމެއް ނުވިއެވެ. އެހެންނަމަވެސް ގަދަކަމުންވެސް ހަމަޖެހިލައިގެން ފަވާޝަތު ހުރީ ނޫމާން ހުރުމުންނެވެ. “ނޫމާން ވެސް ހާދަ ބޮޑުވެއްޖެޔޭ މިހާރު. މިހާރު ހީވަނީ އުސްމާން ގެ ޒުވާން ދައުރުގެ ޕިކްޗަރ އެއް ފެންނަހެން. ހަަހަހަ. ހިނގާ ދައްތައާ އެކީ ފޮށިތައް ހިފައިގެން.” ނޫމާންގެ އަތުގައި ހިފައި އެ އަތުގައި ފިރުމައިލަމުން އާލިޔާ ބުންޏެވެ. “އާނ ދެން ބައްޕަ އާ ވައްތަރުވީމަ ވާނީ އެހެނެއްނު ދޯ.” ބޮލުގައި އަތްފުނާ އަޅައިލަމުން ނޫމާން ބުންޏެވެ. ހިނގަނޑެއް ޖަހައިލަމުން އާލިޔާ ފަވާޝަތުގެ އަތުގައި ހިފަހައްޓައިގެން ހިނގައިގަތެވެ. ނޫމާން ވެސް އާލިޔާގެ ފޮށި ހިފައިގެން އެމީހުންގެ ފަހަތުން ހިނގައިގަތެވެ.

ބަނދަރު ން ގެއާއި ހަމައަށް ދެވެންދެންވެސް ފަވާޝަތު އެއްވެސް އެއްޗެކޭ ނުބުނެއެވެ. އާލިޔާ އާއި ވާހަކަ ދައްކާކަށް އެއްގޮތަކަށްވެސް އޭނާ ބޭނުމެއްނުވެއެވެ. ނޫމާން އާއި އާލިޔާ އެކި އެކި ވާހަކަ ދައްކަމުން ދިޔައިރު ފަވާޝަތު ހުރީ ބޮލަށް އުނދަގޫވެފައެވެ. އެތައް ފަހަރަކު އޭނާގެ އަތުގައި ހިފެހެއްޓިފައިވި އާލިޔާގެ އަތް ފޮޅުވައިލަން ފަވާޝަތު މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެއިން ކޮންމެ ފަހަރަކު އާލިޔާ އޭނާގެ އަތަށް ބާރުކޮށްލައެވެ. ހީވާ ގޮތުން އާލިޔާ އިތުރަށް ފަވާޝަތަށް ޖެއްސުން ކުރަން އުޅޭ ކަހަލައެވެ.

ގެއަށް އާދެވުމާއިއެކު ފަވާޝަތު ބަހަނާއެއް ދައްކަމުން އޭނާގެ ކޮޓަރިއަށް ދިޔައެވެ. ދޮރު ލައްޕައި ތަޅުލުމަށްފަހު ފަވާޝަތު އެނދުގައި އިށީނދެ އޭނާގެ ބޮލުގައި ދެއަތުން ހިފަަހައްޓައިލިއެވެ. “ކަންތަކާ ޖެހުނީ މި. ދެން މަށަށް ހިއެއްނުވޭ މި ގެއިން ބޭރަށް ނުކުމެވޭނެހެނެއްވެސް. ނުވިތާކަށް އަހަންނާ ޒާޔާއާ ދެމީހުންގެ ދެމެދަށް އަބަދު ބޮޑުދައިތަ ވަންނާނެ. ހިތަށް އަރައި މަންމައާ ބައްޕައާ ތިބި ނަމައޭ… އަރގްގްގް!” ފަވާޝަތު އަމިއްލަ ނަފްސާނީ ވާހަކަދައްކަމުން ގޮސް އެންމެ ފަހުން ކަރުތެރެއިން އަޑެއް ލައްވައިލެވުނީ އާލިޔާ އެ ކޮޓަރި ދޮރުގައި ޓަކި ޖަހަން ފެށީމައެވެ. ހިތާއި ދެކޮޅަށް ނަމަވެސް ފަވާޝަތު ގޮސް ދޮރު ހުޅުވައިފިއެވެ. “އާދޭ ކާން ބޮޑުދައިތައާ އެކީ. ހުންނާނެ ޕިއްޒާ ގެނެއްސަ.” ތުން އަނބުރައިލަމުން ފަވާޝަތު އާލިޔާގެ ފަހަތުން ބަދިގެއަށް ވަނެވެ. ފަވާޝަތު ކިތަންމެ ޕިއްޒާ ކާހިތްވިއެއްކަމަކު އެ ޕިއްޒާ އަކީ އާލިޔާ ގެނައި އެއްޗަކަށްވީތީ ފަވާޝަތު އެއްގޮތަކަށްވެސް އެ ކާހިތެއް ނުވިއެވެ. އެހެނެއްކަމަކު އޭނާ ގަދަކަމުންވެސް ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ކާމޭޒު ކައިރީ އިށީނދެ ޕިއްޒާ ފޮއްޗެއް ކައިލިއެވެ.

ފަވާޝަތުގެ އުމުރުން ފަސް އަހަރުވީއިރު އޭނާގެ ހުރިހާ ކަންތައްތަކާއި ޙަވާލުވީ އާލިޔާ އެވެ. މައިންބަފައިން ދުނިޔެ ދޫކުރުމުން ފަވާޝަތުގެ ހުރި ހަމައެކަނި މީހާކީވެސް އާލިޔާއެވެ. ފުރަތަމަ ކޮޅު ފަވާޝަތު އާލިޔާދެކެ ނުހަނު ލޯބިވިއެވެ. އެކަމަކު ފަވާޝަތު ބޮޑުވެގެން އައި ވަރަކަށް އާލިޔާއަށް ނަފްރަތު ކުރެވެން ފެށުނީ އާލިޔާ ގެ އުޅުން ހުންނަ ގޮތް ފެނިފައެވެ. އާލިޔާގެ ކަމަކީ އަބަދުވެސް އެހެންމީހުންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރުމެވެ. ފެޝަނާއި މޭކަޕަކީ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔެއް ފަދައެވެ. ފަހުން ފަހުން އައިސް އާލިޔާ ގޭގެ ހުރިހާ ކަމެއް ކުރުވަނީ ގެއަށް ބޭރު މީހަކު ގެނެސްގެންނެވެ. ފަވާޝަތު އެކަންކަމުގައި އެ މީހާއަށް އެހީވެދޭން ކިތަންމެ ބޭނުންވިޔެއްކަމަކު އާލިޔާ އެ ފުރުޞަތެއް ފަވާޝަތަކަށް ނުދެއެވެ. އާލިޔާ ކައިރިން ސަލާމަތްނުވެގެން އުޅެނިކޮށް ކުއްލި ދަތުރެއްގައި އާލިޔާ މާލެ ދާން ޖެހުމުން ފަވާޝަތު ހުރީ އުފަލުން ފުރިފައެވެ. އާލިޔާ އާއި އެއްކޮށް ދިރިއުޅުމަށް ވުރެ އެ ބޭރު މީހާއާއިއެކީ ފަވާޝަތަށް މާބޮޑަށް ވެސް ހަމަޖެހިލައިގެން އުޅެވެއެވެ. އެކަމަކު އަނެއްކާވެސް މިއޮތީ މާޒީވި ދުވަސްތަކަށް އަނބުރައި ދާންޖެހިފައި ކަހަލައެވެ.

“ކޮބާ ނޫމާން؟ އޭނަ ފޮނުވާނުލާ އޭނައަށްވެސް މީގެން އެތިކޮޅެއް ދިންނަމަ ރަނގަޅެއްނު.” ޕިއްޒާ ކަމުން އަތުގައި އޮތް ބޮޑު ފޯނާ ކުޅެމުން ދިޔަ އާލިޔާ އާއި ދިމާލަށް ރުޅިވެރިކަމުން ފުރިގެންވި ނަޒަރަކުން ފަވާޝަތު ބަލައިލިއެވެ. “ކަމްއޯން ފަވާ. މިހާ މީރު އެއްޗެއް އަހަރުމެނަށް ލިބުނު އިރު އެހެންމީހުނަށް ދިނީމަ އަހަރުމެން ކާންހުރި އެތިކޮޅު މަދުވާނެއްނު.” ފަރުވާކުޑަ ރާގަކަށް އާލިޔާ އެ ބުނި ޖުމުލައިންވެސް އޭނާގެ ކިބައިގައިވާ ދަހިވެތިކަމުގެ ނޭދެވޭ ސިފަ ވަރަށް ސާފުކޮށް ފެނިގެން ދިޔައެވެ. ފަވާޝަތު އިންތިހާއަށް ރުޅިއައެއްކަމަކު ދެންވެސް މަޑުމައިތިރިކަމާއިއެކީ އާލިޔާއަށް ވިސްނައިދެވޭތޯ ބެލިއެވެ. “ބޮޑުދައިތާ. ތީ ރަނގަޅު ގޮތެއް ނޫނޭ. އަހަރުމެން އަތުން އެއްޗެހި މަދުވަނީއޭ ކިޔާފަ އެހެންމީހުނަށް އެއްޗެއް ނުދީ ހުންނާކަށް ނުވާނެ. އަހަރުމެނަށް ކޮންމެ ދުވަހަކުވެސް އިރާދަކުރެއްވިއްޔާ އަހަރުމެން ބޭނުންވާ އެއްޗެހި އެބަ ލިބެއެއްނު. ތިހެން އުޅުނީމަ ފަހަރުގަ އަހަރުމެނަށް އެއްޗެއް ނުލިބި ވެސް ހިނގައިދ…” ފަވާޝަތުގެ ވާހަކަ މެދުކެނޑުނީ އާލިޔާ މޭޒުމަތީގައި ބާރެއްކޮށް ޖެހުމުންނެވެ. ފަވާޝަތު ސިހިގެން ދިޔައިރު އާލިޔާ ރުޅިއައިއްސައި ހުރިވަރު ފެނި ފަވާޝަތަށް ހިންދިރުވައިލެވުނެވެ. “ކަލޭ މަށަށް ނަސޭހަތް ލައިދޭން މަމީ ކުޑަކުއްޖެއްތަ؟ އަހަންނަށް ކަލޭ ތި ދޭ އެއްވެސް ބޭނުމެއް ނެތް ލެކްޗަރުތައް އަޑުއަހާކަށް ވަގުތެއް ނެތް. ހަނދާންކުރާތި ދެން މަގޭ އަމިއްލަ ކަންކަމުގަ މަށަށް ފާޑުކިޔައިފިއްޔާ މަށަށްވުރެ ނުބައި މީހަކު ނުހުންނާނެ!” އާލިޔާ ދަމުން ދިޔައީ ފަވާޝަތަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އެހެންނަމަވެސް އާލިޔާ އެ ދިން ވަރުގަދަ އިންޒާރުން ފަވާޝަތުގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. ބޮޑުދައިތަ ކިތަންމެ ގިނައިން އެހެން އިންޒާރު ދީ ހެދިޔަސް ފަހުން އެކަން ވަރަށް ފަސޭހައިން ބޮޑުދައިތަގެ ހަނދާނުން ކައްސައިލާނެކަން ފަވާޝަތު އަށް އިނގެއެވެ.

ފިލްމު ބަލަން އޮތް ޖަމީލާގެ ފޯނު ރިންގް ވާން ފެށުމުން ފިލްމް ޕޯސް ކޮށްލުމަށްފަހު ޖަމީލާ އޭނާގެ ފޯނު ނެގިއެވެ. ގުޅަނީ އޭނާގެ ޒަމާންވީ އެކުވެރިޔާ ކަމަށް ވުމުން ލިބުނު އުފަލެއްގެ ބޮޑުކަމުން ކޯލް ރިސީވްކުރަން އުޅި ބިޒީކޮށްނުލެވުނީވެސް ހަމަ ކިރިޔާއެވެ. “އެހެންތަ! މިކޮޅަށް އައީތަ ހަމަ އެއްކޮށް؟ ދެން އަޅެ. ހާދަ ހެޕީވެއްޖެޔޭ.” އާލިޔާ ބުނި ވާހަކަތަކުން ޖަމީލާއަށް ހުރެވޭ ތަންވެސް ނޭނގޭ ކަހަލައެވެ. “ކޮބާ އެއްކަލަ ކަންތައް ކިހާ ހިސާބެއްގަ ހުރީ؟” އާލިޔާ އެ ކުރި ސުވާލު ފުރަތަމަ ޖަމީލާ އަކަށް ނަގައެއް ނުގަނެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އާލިޔާ ގޮތަކަށް ކަރުކެހިލުމުން އާލިޔާ އެ ކުރީ ކޮން ސުވާލެއް ކަން އެވަގުތު ޖަމީލާ އަށް ނަގައިގަނެވުނެވެ. “އަދި އެއްވެސް ކަމެއް ނުވެގެން މިއުޅެނީ. އަހަރެން މިހާ ރީތިކޮށް ހުންނަ އިރުވެސް ނިހާން އަހަންނަށް ހިތް ކިޔާ ކަމަކަށް ނުވޭ. އެ ޒާޔާއަކާހެދިއޭ މިހުރިހާ ކަމެއް މިވަނީ. ހިތަށް އަރައި އޭނާ ދުނިޔެއަށް އުފަން ނުވިނަމައޭ. ދެން އެކަމަކުވެސް ކުރެވޭނެ ކަމެއް ނެތް. އެކަމަކު ކޮންމެ ގޮތެއް ހަދައިފައިވެސް އަހަރެން އެކަން ކާމިޔާބުކުރާނަން. ޒާޔާ ވާވައްދާލައިގެން މިކަން ކުރެވޭނީ. އާލިޔާ އަހަންނަށް ހެލްޕް ވެދެއްޗޭ މިކަމުގަ.” ޖަމީލާ ޤަބޫލުކުރާގޮތުގައި ޒާޔާއަކީ އެންމެނަށް ވެސް ހުރި ބޮޑު މުޞީބާތެކެވެ. ނިހާންއަށް ޖަމީލާ އާއި ކައިވެނިނުކުރެވިގެން އެ އުޅެނީ ޒާޔާގެ ސަބަބުންކަމަށް ޖަމީލާ ޤަބޫލުކުރެއެވެ. “ޔަގީނެއްނު. އަހަރެންގެ ބެސްޓް ފްރެންޑް ގެ އެދުމުގަ އަހަރެން ކޮޅުފައިން ޖަހާފަ ހައިޑް ކޮށްފާނެހެން ހީވޭތަ؟ އައި ވިލް އޯލްވޭސް ހެލްޕް ޔޫ މައި ފްރެންޑް.” ދެ އެކުވެރިން އެއްފަހަރާ ހިނގަނޑެއް ޖަހައިލިއެވެ. ކޮންމެއަކަސް އެރޭ ވޭތުވެގެން ދިޔައީ ޖަމީލާ އާއި އާލިޔާ އާއި ދެމީހުން މަކަރުވެރި ރޭވުންތައް ރޭވުމުގައެވެ.

ސްކޫލުން އައިސް މެންދުރު ކައިގެން ޒާޔާ ފިލާވަޅު ހަދަން ސިޓިންގް ރޫމަށް ނުކުތެވެ. އޭރު ނިހާން ވެސް ޒާޔާ ކައިރީގައި އިށީނީ ޒާޔާއަށް ފިލާވަޅު ހެދުމުގައި އެހީތެރިވެދިނުމުގެ ގޮތުންނެވެ. ހުރިހާ ފިލާވަޅެއްހެން ޒާޔާއަށް އަމިއްލައަށް ނިންމައިލެވުނުއިރު ހިސާބު ފިލާވަޅު ހަދަން ޒާޔާ އަށް ނިހާންގެ އެހީތެރިކަން ހޯދަން ޖެހުނެވެ. ޒާޔާ އަށް ނޭނގޭ ސުވާލުތައް ހަދަން ޖެހޭ ގޮތް ނިހާން ކިޔައިދެމުން ދިޔައިރު ހީވަނީ ހިސާބު ހިތުދަސްކޮށްގެން ހުރި މީހެއްހެނެވެ. “މާޝާﷲ. ބައްޕަ ހާދަ މޮޅޭ މީއްޗިހި ހަދަން.” ޒާޔާ އޭނާގެ ބައްޕަ އަށްޓަކައި ފަޚުރުވެރިވާ ޙާލު ބުންޏެވެ. “ހެހެ. ބައްޕަ ވެސް ހަމަ ކިޔެވީމޭ މީއްޗިހި. ދަރިފުޅު ވެސް މިއަދު ރަނގަޅަށް ކިޔަވައިގެން މާދަމާ ހަމަ ބައްޕަ ކަހަލަ މީހަކަށް ވެވިދާނެ.” ޒާޔާގެ އުޖާލާވެފައިވާ މޫނަށް ބަލައިލަމުން ނިހާން ބުންޏެވެ. ޒާޔާ އަނެއްކާވެސް އޭނާގެ ފިލާވަޅުތައް ހެދޭތޯ ބެލިއެވެ. ނިހާން ނަމްބަރުތައް ހަދާނެގޮތް ކިޔައިދިންލެއް ފުރިހަމަކަމުން ޒާޔާ އަށް އެ ނަމްބަރުތައް ހަދާކަށް މާކަ އުނދަގުލެއްވެސް ނުވިއެވެ.

ފިލާވަޅުތައް ހަދައި ނިމުމާއިއެކީ މިއަދުގެ ފިލާވަޅުތައް ޒާޔާ ދަސްކުރަން ފެށިއެވެ. ކިޔަން އިން ޖުމުލަ ދެނެނުގަނެވި އުޅެނިކޮށް އޭނާގެ ފޯން ރިންގްވާން ފަށައިފިއެވެ. ގުޅަނީ ފަވާޝަތުގެ ބޮޑުދައިތަ ކަމަށް ވުމުން ޒާޔާ އަވަސްއަވަހަށް ފޯނު ނެގިއެވެ. “ހެލޯ. ޒާޔާ. ކިހިނެތްތަ؟” ދުވަސްތަކަކަށްފަހު ފަވާޝަތުގެ ބޮޑުދައިތަގެ އަޑު އިވުމުން ޒާޔާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އެހެންނަމަވެސް އެ އުޖާލާކަން ކެނޑުނީ އާލިޔާ އަކީ ކާކުކަން ނަގައިގަނެވުމުންނެވެ. ފަވާޝަތު ޒާޔާއަށް އާލިޔާގެ ހުރިހާ ވާހަކަތަކެއް ކިޔައިދީފައިވިއެއްކަމަކު ޒާޔާ އާލިޔާ އާއި ވާހަކަ ދައްކަނީ އަދަބުވެރިކަމާއިއެކީގައެވެ. “ރަނގަޅު އިރާދަކުރެއްވިއްޔާ. ދައްތަ ކިހިނެތް؟” މަޑުމައިތިރި އަޑަކުން ޒާޔާ ބުންޏެވެ. “އައްދެ. ހާދަ ދެރަވެފަ ހުރިހެން ހީވެޔޭ. ކަމަކާ ސްޓްރެސްވެފަތަ؟” ޒާޔާ ނޫނެކޭ ބުނުމުން އާލިޔާ ހިނގަނޑެއް ޖަހައިލިއެވެ. “އޯކޭ އޯކޭ. ޒާޔާ ހަވީރު އަންނައްޗޭ މިގެއަށް. ހުންނާނެ ޒާޔާއަށް ހަދިޔާ ކޮޅެއް ގެނެސްދީފަ. އަންނައްޗޭ ހަނދާންކޮށް. އިނގޭ… ދެން ބާއްވަނީއޭ.” ޒާޔާ އަށް އެއްވެސް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީ އާލިޔާ ފޯނު ކަނޑައިލިއެވެ. އެހެންނަމަވެސް ޒާޔާ ހަވީރު އެގެއަށް ދާން ނިންމިއެވެ. ކުރިމަތިވާން އުޅޭ ތޫފާނުގެ ހިލަމެއްވެސް ނުވާ ޙާލުގައެވެ.

“ޖަމީލާ ދައްތާ. ކާން ހަދާދޭން އާދެބަލަ. ވަރަށް ބަނޑުހައި.” ބަނޑުގައި އަތް ހައިކައިލަމުން ނޫމާން ބުންޏެވެ. ޑްރާމާ ބަލަން އިން ޖަމީލާ އަށް ކަޅި މައްޗަށް ހިންގައިލެވުނެވެ. “އެ ބޭރު މީހާ ގާތުގަ ބުނެބަލަ. ކޮންމެހެން މަށަކަށް ތި ހުރިހާ ކަމެއް ނުވާނެ.” ދެންވެސް ޓީވީ ސްކްރީނަށް ބަލަހައްޓައިގެން އިނދެ ޖަމީލާ ރުންކުރު ރާގެއްގައި ބުންޏެވެ. އެވަގުތު ވެސް ޖަމީލާ އާއި ދިމާލަށް ހިތުހުރިހާ އެއްޗެއް ގޮވައިގަންނަން ނޫމާން އުޅުނެވެ. ނަމަވެސް ނޫމާނަށް ހިމޭންވާން މަޖުބޫރުވީ ކައިރީގައި ހުރި ކޮޓަރިން އޭނާގެ މަންމަ ކެއްސާ އަޑު އިވުމުންނެވެ. ނޫމާން އަވަސްއަވަހަށް ބަދިގެއަށް ގޮސް ފެންތައްޓެއް ހިފައިގެން އެ ކޮޓަރިއަށްވަނެވެ. ނޫމާނަށް އޭނާގެ ޞިއްޙަތަށް ވުރެ އޭނާގެ އުފަން މަންމަގެ ޞިއްޙަތު މާ މުހިންމެވެ. ކެއުން ލަސްކޮށްލަން ނޫމާން ނިންމީވެސް އެހެންވެއެވެ.

“ދަރިފުޅު ކޮންތަނަކަށް ތި ދަނީ؟” ގެއިން ނުކުންނަން ހިނގައިގަތް ޒާޔާ ފެނި ނިހާން ސުވާލުކޮށްލިއެވެ. “ފަވާމެންގެ ގެއަށް މި ދަނީ.” ޒާޔާ ބުންޏެވެ. “ލަސްނުކޮށް އަންނައްޗޭ އިނގޭ.” ޒާޔާ ބޯ ޖަހައިލަމުން ގެއިން ނުކުމެގެން ހިނގައްޖެއެވެ. ނިހާން އަށް ޒާޔާ ދާން އެ ދޫކޮށްލެވުނީ ކިހާ ވަރުގަދަ ތޫފާނެއްގެ ތެރެއަށް ކަމެއް ރޭކައިނުލައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ނުފިލާނޭ މިހިތަކުން… 4

Next

ވާށޭ މަށާ އެކީ-27

Next
May 30, 2020

ވާށޭ މަށާ އެކީ-27

Previews
May 27, 2020

ނުފިލާނޭ މިހިތަކުން… 4

26 Comments!

  1. Dhonthy says:
    May 30, 2020 at 4:30 pm

    Salaam all readers. Miothee thinvana bai upload vefa. Unmeedhukuran hama hurihaa kiyuntherinnau es kamudhaanekamau. Mi part v kurukan dhonthi au engey. I m sorry for that. Ekm mi part ninman beynunvi hisaabau dhonthi meenee ninmaalaafa. Ekm Insha Allah dhn anna part dhiguvaane inge. Enjoy reading. Looking forward to your comments. Love you all ❤️❤️❤️❤️❤️❤️❤️❤️❤️?

    1. Dhonthy says:
      May 30, 2020 at 4:59 pm

      Attention all readers! I’ve done a little mistake in the fifth paragraph. Favaashathu amilla ‘nafsaanee’ aslu eyge badhaluga innaanee ‘nafsaai’. Sorry for this little mistake. Proof read nukoh submit kurevuneema veegoiy. Will to repeat these kinds of silly mistakes. ?????

    2. Dhonthy says:
      May 30, 2020 at 6:38 pm

      Will try not to repeat these kinds of silly mistakes****

  2. Ahuu says:
    May 30, 2020 at 5:29 pm

    Me first dhw Adhi kiyaalaafa comment eh kohlaanan ❤️❤️❤️❤️❤️

    1. Dhonthy says:
      May 30, 2020 at 5:50 pm

      Okay. Kiyaalaafa comment eiy kollachchey inge. Dhonthi meenee waiting ga, Hehe

  3. Ahuu says:
    May 30, 2020 at 7:18 pm

    Anehkaa e jameelaa ah eheetherevaane meeheh libunee ???maaragalhu bff eh veeyaa eheyree ????
    Anehkaa zaayaa ah Kihineh baa vaanee ???
    Btw mi part ves vvvvvvvvvvvvvvvvv reethi ❤️❤️❤️❤️
    Nd waiting 4 nxt part lysm siss, ???
    #STAY HOME #STAY SAFE ?????

    1. Dhonthy says:
      May 30, 2020 at 10:20 pm

      Ahuu haadha rulhiekey thi annanee dhw ? ? ? kihineiybaa dhw Zaayaa au vaanee? Hinga balamaa dhw. Anyways thank you so much Ahuu. Keep waiting inge. Next part faharuga thankolheiy lasvedhaane. But I’ll try my best to upload the next episode soon. Love you too. Stay safe at home.

    2. N_U_X_U??? says:
      June 10, 2020 at 1:39 am

      Bestie rulhi maathiri kohbala ehn noonihyyaa vhk eh nukiyeyne

  4. Kylie says:
    May 31, 2020 at 12:19 am

    Ekkala jameelaa dhw.????….. Eyna zaaya ah keeykuran tha eulhenyy..?????…. Eyna ah ehury haadha nubai best friend ekey dhw libifai.???…. I hate that jameelaa nd aaliya.????….. Btw mi part vx hama habeys..????….. Ekm aslu vx jameelaa dheke rulhi aissi ingey hehe.???…. Waiting fr nxt part.???….. LYSM sissiii….????… Be safe dear

    1. Dhonthy says:
      May 31, 2020 at 12:36 am

      Yaarabbee. Jameelaamen mi vaahaka au aeema haadha rulhiekey thi annanee dhw ???Kithanme hate viyas Jameelaamen ulheyne mi vaahakaiga. Zaayaa au v goiy goiy hadhaane kanneynge emeehun. Keekkuraanee Kylie jameelaa ge hama nubai friends hama ulheynee. Dhonthi balaanan jameelaa islaahu kureveythw ???? Hehe. Anyways thank you so much Kylie. Love you too dear ❤️❤️❤️❤️❤️❤️❤️❤️? Stay safe

  5. Kairaa says:
    May 31, 2020 at 12:43 am

    Dhonthy anehkaa vx curious kohlaafa eyy thi ninmaaly?…btw mi part hama varah varah varah reethi??….alhey dhn e jameelaa beynun vaa gothah thr hurihaa kameh vaanee??….hehe…curiously waiting for the nxt part…lysm dhonthy…missss yuh bodukoh?…be safe

    1. Dhonthy says:
      May 31, 2020 at 1:56 am

      Keekkuraanee kairaa. Hama curious kuraa hiyvanee ey. Hehe. ? Anyways thank you so much kairaa. Hurihaa kameiy jameelaa beynunvaagothau nuvaane dhw. Yes dear keep waiting curiously. Hahaha. Love you too dear ❤️❤️❤️❤️❤️❤️❤️ I also miss you bodukou ❤️❤️❤️? Stay safe

  6. Sadha says:
    May 31, 2020 at 7:16 pm

    Wooowww vrh salhi mi part vx.. waiting fr next…
    Ly dhonthy
    ♥️

    1. Dhonthy says:
      May 31, 2020 at 9:49 pm

      Awww I’ve waited for your comment Sadha ? ? ? Thank you so much Sadha. And yes! Keep waiting inge. Mihaaru next ep submit kollaafa innaanee. Love you too Sadha <3 <3

  7. Anonymous says:
    June 1, 2020 at 12:42 am

    Hehehe ur always wc dhonthy .. dhonthy ur older than me.. but same year… i was born in 4th august 2005
    Hehe♥️

    1. Dhonthy says:
      June 1, 2020 at 2:08 am

      Ow dhonthi heekuree adhi Sadha boduvaane kamau dhonthi au vure ? ? Ekm eheneiy noon dhw miveekee ? ? ? Hehe. Sadha anekkaa rulhieh naadheytha mivaahaka kiyaafa? ? ? ? Mi suvaalu aslu mi kollee mivaahaka kiyaafa baeiy kiyuntherin rulhiaraiganegen ulheytheeve. Jameelaa dheke v rulhi aissa e readers thibenee ? ? ? ? Hehe.

  8. Sadha says:
    June 1, 2020 at 12:43 am

    Oh i forgot to put my name.. it’s sadha ingey??

    1. Sadha says:
      June 1, 2020 at 12:44 am

      I mean anonymouse eynynnu.. eii sadha ey .. ?

  9. Sadha says:
    June 1, 2020 at 11:54 pm

    Hehe ehn thr? But sadha dhw kuda e.. yeah sadha vx vrh rulhi aadhey.. e gothah ulhey myhun dheke… e myhunah heyo visnun dhevvaashi..
    ♥️?

    1. Dhonthy says:
      June 2, 2020 at 12:03 am

      Ahahaha. Dhn keekkuraanee ekahala meehun dheke rulhi ayas mi story kiyaalaanekamau unmeedhukuran ? ? ? ? ? <3

  10. ruhushaana❤️?? says:
    June 2, 2020 at 5:28 pm

    Love this story thank u ????? Aka dhonthy

  11. Sadha says:
    June 3, 2020 at 1:05 am

    .Yeah i’ll read in sha allah
    I wanna tell u something but public v ma nubunevigen miulhenii?

  12. SHARAN?? says:
    June 17, 2020 at 2:05 am

    Dhn Jameela ulhey goiy dhw anekkaa aaliyaa aky haadha nubaa bff ekey any way lysm sisooo

    1. Dhonthy says:
      June 18, 2020 at 12:30 pm

      Haha jameelaa ulheynee egothau ? ? ? Love you too SHARAN

  13. AMYSHARAN????? says:
    June 17, 2020 at 2:24 am

    MI Jameela Mi ulheny Adhi vx nuvaa vary kameh kuran dhw anehkaa E aaliyaa gandu vx eyna yaa baiverivy pis pis pis ???????????????????
    Anyway Mi prt vx hama habeys LYSM DHONTHY

    1. Dhonthy says:
      June 18, 2020 at 12:32 pm

      Jameelaa au vedhaane kameiy kanneynge eiy. Aaliyaa baiverivaanennu dhe besties viyya dhw. Haha ? ? ? ? ? Anyways thank you so much dear. Love you too AMYSHARAN

Comments are closed.

Next Episodeޒާޔާ – ހަތަރުވަނަ ބައި←


All Right Reserved!