އެކުއްޖާ 16
* ހައިނާ ޗޮކްލެޓް އައިސްކްރީމް ގަނެލައިގެން ކަމުން އައެވެ. “އޯވް ޔޫޝުއަލްގެ މަތިން ހާދަ ހަނދާން ވެޔޭ..” ހައިނާ އައިސްކްރީމް ބޮމުން އެމީހުން ޔޫޝުއަލް ބާއްވާތަން ހުރި މަގުން އައެވެ. ޖޯލިފަތިތައް ހުރަސް ކޮއްފައި އެތާ ގާތުގައިވާ ވީރާނާ ވެފައިވާ ކުޑަ ގެގަނޑާއި އަރާހަމަވިއެވެ. “މިގެ އެހެންޏާ ހާދަ އަލިކޮށޭ ހުންނަނީ..؟” ހައިނާ ސުވާލު އުފެދުނެވެ. އެގޭތެރޭގެ ހާލު ބަލާލާ ހިތްވިއެވެ.
އައިސްކްރީމް ތަށި ހިފައިގެން މަޑުމަޑުން ހައިނާ އެގޭތެރެއަށް ވަނެވެ. އޭރު އެތަނުގައި ވަނީ ފޮށި ގަނޑުތަކެއް ޖަހާ ބަންދު ކޮއްފައެވެ. ހައިނާ މަޑުމަޑުން ކުރިއަށް ޖެހެމުން ދިޔަތަނާ ފޮށި ނުޖަހާ ހުރި ދިމާއެއް ފެނުނެވެ. ފެނުނު މަންޒަރުން ހައިނާ އަނބުރައި ނުގަތީ ކިރިޔާއެވެ. *
ރަނާ ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައިރު ދޭތެރެ ދޭތެރެއިން ފޯނުން ގަޑި ބަލާލައެވެ. އަވްލީން ކުރިމަތިން ރަނާ ހުރަސް ކޮށްލާ ބުރަކީ އަވްލީންގެ ގައިގައި ބެޓުން ޖަހާލެވޭ ފަހަރެކެވެ. އޭރުވެސް ލިޔާން ހުރީ ވީޑިއޯ ޕްލޭ ކޮށްލައިގެންނެވެ. ރަނާގެ ސިކުނޑިތެރޭ ދައުރުވަމުން ދިޔައީ ދެތިން މިނެޓް ކުރިން ލިޔާން މެސެޖަކުން އެންގި ވާހަކައެވެ.
“އަވްގެ ހަށިތެރެއޭ ކިޔާ އެ ޑޮކްޓަރު ވާހަކަ ދެއްކީ މީހަކަށް އަޑުއިވިދާނެތީ.. އަސްލު އަވްލީންގެ ސިއްރަކީ އެކަކުވެސް ހީނުކުރާނެ ފަދަ ސިއްރެއް..” ލިޔާން ކޮށްފައިވާ މެސެޖުގައި ވިއެވެ. “އޭނ..؟ އެކަމް އެ އިންލޭންޑް ޓައިޕެން އާއި ކަލޭގެ މާޒީ މަށަށް ކިޔައިދިން އިރު ހަށިތެރެއޭ ނޫންތަ ބުނީ..؟” ރަނާ ރިޕްލައި ކުރި މެސެޖްގައި ވިއެވެ.
“ނޫން.. އަވްލީންއާއި ވަކިވިފަހުން އަހަރެން އެއްވެސް އަންހެން ކުއްޖަކާއި ނުގުޅެން.. ގުޅޭ ހިތެއް ނުވޭ… އެއް ދުވަހު އަހަރެން އަވްގެ ގެއަށް ދާން ދިޔައީ އަވް އަށް އިންޒާރެއް ދޭން.. އަހަރެން މިނެޓެއް އަވަސްވި ނަމަވެސް އަވް ފުރުމުގެ ކުރިން އެ އިންޒާރު ދެވުނީސް… އެ ދުވަހު އަވްމެން މިރަށަށް އަންނަން ފުރީ… އަވްމެން ދިޔައިރު ދިޔައީ އެ ގެ ކުއްޔަށް ދީފައި.. އެގޭގައި އުޅުނު މީހުންގެ ސަބަބުން އަހަރެންނަށް އެނގުނީ އަވްމެން އައީ މި ރަށަށް ކަން…. އަހަރެންވެސް މި ރަށަށް އައިން… އަވްމެން އުޅެނީ މިރަށުގައިކަން އަހަރެންނަށް ޔަގީންވީ އަވްގެ ޑޮކްޓަރު ފެނުނީމައި.. އަހަރެން އެ އަންހެން މީހާގެ ކިބައިން މައުލޫމާތު ހޯދިން… އެ އަންހެން މީހާ އަކީ އަވްލީންގެ އެޑޮޕްޓިވް ބައްޕަގެ… މި ބުނީ ފަރުހާންގެ ދައްތަ.. އެ އަންހެން މީހާ އަވްއަށް ފަރުވާ ކުރަންވެގެން އެކޮޅަށް ފަރުހާން މެންނާއެކީ ބަދަލުވެ އެކޮޅު ހޮސްޕިޓަލެއްގައި މަސަކަތް ކުރަންފެށީ… ދެން އެއްރެއަކު މަށަށް ފެނުނީ ކައިޔަންއާއި އަވްލީން ވަލު ތެރެއިން.. ކައިޔަން އެއީ ކާކުކަން އިނގޭ.. ރަނާއާއި ކައިޔަންގެ ގުޅުންވެސް މަށަށް އިނގޭ… އަވްލީން އާއި ކައިޔަން އެގޮތަށް ފެނުނީމައި ހިތަށް އެރީ އެއްބައިވެގެންނޭ އަވްއާއި ހަމައަށް މަށަށް ފޯރޭނީ.. އެހެންވެ ރަނާއަށް އެހީވާން އެއްބަސްވީ..” ލިޔާން ފޮނުވާފައިވަނީ ބޮޑު ޕެރެގްރާފެކެވެ.
“ޕޮއިންޓަށް ދޭބަލަ.. މަ ނޫޅެމޭ އެ އިންލޭންޑް ޓައިޕެންގެ ހަޔާތުގެ ވާހަކަ އަޑު އަހާ ހިތަކުންނެއް…” ރަނާ ކުރި މެސެޖްގައި އޮތެވެ. “ޕޮއިންޓަކީ އަވްގެ ހަށްޓަށް ކަމެއް ނުވެޔޭ… ކަމެއް ވެފައިވަނީ އަވް ގެ ބޮލަށޭ… އަވް ކިޑްނެޕް ކުރުމުގެ ކުރިން މަ ބުނީމެއްނު ރަނާގެ ގާތުގައި އަވްގެ ބޮލަށް ކަމެއް ނުކުރައްޗޭ.. އެއީ އަވްގެ ބޮލަށް ބޮޑު ކަމެއް ވެފައި އޮއްވާ ކަމެއް ގޯސްވެދާނެތީ…” ލިޔާން ދެން ފޮނުވާފައި އޮތް މެސެޖަށް ރަނާ ރިޕްލައި ދިނީ ރިޕްލައި ދޭ ހިތުންނެވެ. “އެ އިންލޭންޑް ޓައިޕެންއަށް ކެންސަރު ޖެހިފަތަ..؟” ރަނާ އަހާފައިވެއެވެ. “މި ކުރަން އުޅޭ ކަންތައްތައް ނިންމާފައި ރަނާއަށް ކިޔާދޭނަން..” ލިޔާން އެންމެ ފަހުން ކުރި މެސެޖް ކިޔާލަ ކިޔާލަ ރަނާއަށް ހުރެވުނީ ސުވާލު މާކެއް ޖެހިފައެވެ. ”އެ އަންހެނާގެ ސިއްރަކީ ކޮބައިތަ..؟؟؟” ރަނާއަށް ހިތާހިތުން އަހާލެވުނެވެ.
ގޮނޑީގައި އައްސާފައިވާ އަވްލީން ދިރި ހުރިކަމެވެ. އެގޮނޑީގެ ގާތުގައި އެތަން މިތަނަށް ލޭތައް ބުރާފައި ވެއެވެ. ހައިނާއަށް އަނގަ މަތީގައި އަތްއެޅުނީ ކަޅު ހޫޑީ ލައިގެން ހުރި މީހާ ފެނިފައެވެ. ހުޑީއަޅާ މާސްކު އަޅާ ނިވާކޮށް ހުއްޓަކަސް ހައިނާއަކަށެއް ނޯޅޭނެއެވެ. އެމީހަކު ހުރީ ހައިނާ މަންމަ ލައްވާ ޚާއްސަކޮށް ފަހުވައިގެން އެމީހަކަށް ހަދިޔާކުރި ޖިންސު ސޯޓު ލައިގެންނެވެ. އެމީހަކު ހުރީ އެމީހެއްގެ އުފަން ދުވަހަށް ހައިނާ އަގުބޮޑުކޮށް ގަނެދިން ރަތް ހައިހީލަށް އަރައިގެންނެވެ. އެމީހެއްގެ އަތުގައި ކައިޔަންއާއި ހައިނާ ދިން ކެވެލިފަށް އޮތެވެ. އެހުރިހާ ހެއްކަކުން އެއީ ރަނާކަން އެނގެން ހައިނާއަށް ނެގީ މިނެޓެކެވެ.
ހައިނާ ވަގުތުން ފޯނުނެގީ ޕޮލިހަށް ގުޅާށެވެ. “ހޫމް..” ކުއްލިއަކަށް ލިޔާން ފައިން ޖެހިޖެހީނުން ފޮށިތައް ވިއްސައިގެން ގޮސް ހައިނާ ފާޅުވެގެން ދިޔައެވެ. “ހޭ ބެކްސްޓެބަރ.. މިތަނުގައި ކީއްކުރަނީ..؟ ކީއްވެގެން ބިސްކޯދެއްގެ އަންހެން ދަރީގެ ގާތަށް ތިއައީ..؟” ހައިނާ ފެނި ރަނާއަށް ސުވާލު ކުރެވުނެވެ. ހައިރާން ވެގެންނެވެ. ހައިނާއަށް އެތަނަށް އާދެވުނީ ކިހިނެތް ހެއްޔެވެ.؟
ހައިނާ އަނގައިން ބުނާކަށް ބޭނުމެއް ނުވިއެވެ. ވަގުތުން ޕޮލިހަށް ގުޅަންވެގެން ހައިނާ ފޯނު ކަންފަތުގައި ޖައްސާލިއެވެ. “އައްސަލާމުއަލައިކުމް…..” ފޯނުގައި ހުރިމީހާ އެހެން ބުނެ ނުނިމެނީސް ހައިނާ އަތުން ފޯނު ޖަހައިގަނެ ލިޔާން އެ ތަޅާލިއެވެ. ހައިނާ އެދިމާލަށް ބަލާލީ ބިރުވެރި ނަޒަރަކުންނެވެ.
“މިއަންހެނާ ސަލާމަތްކުރަން ވެގެންތަ މިތަނަށް ހައި ތިއައީ..؟” ރަނާ ބުމަ އަރުވާލަމުން އެއްސެވެ. ”އެޓްލީސްޓް ބިސްކޯދެއްގެ އަންހެން ދަރިޔަކީ އަހަރެންގެ ބެސްޓްފްރެންޑެއް ނޫނެއްނު…!!” ހައިނާ ބުނެލިއެވެ. “ހައިނާ…!” ރަނާ ހަޅޭއްލަވައިގަތެވެ. “ރަނާއަށް ހައި ނުކޮއްދެނީ ކޮންކަމެއް..؟ ޖިންސާއި ހައިހީލްއާއި ކެވެލި.. މިއީ އަހަރެމެން ދެމީހުންގެ އެކުވެރިކަމުގެ ނިޝާންތައް.. ހަނދާންވޭތަ އޭނ..؟” ހައިނާ ވެއްޓިފައި އޮތް ފޯނު ނެގިއެވެ.
“މިއޮތީ ރަނާއާއެކީ ނެގިހާ ފޮޓޯތައް.. ފޯނުގެ ސްޓޯރޭޖް ހަމަވާން އެއުޅެނީ އެފޮޓޯތައް ހުރީމަ.. މިއޮތީ އަހަރެމެން ރިސޯޓަށް ގޮސްފައި.. މިހިރީ އަހަރެމެން ބާބަކިއު ހަދާފަ.. މިހިރީ އަހަރެމެން މޫދަށް ގޮސް މަޖާ ކޮއްފައި.. މިއީ އެއްވެސް ކަމަކަށް ނުވަނީތަ..؟ ރަނޫ ޖަވާބެއް ދީބަލަ…” ހައިނާ ތެޅިފައިވާ ސްކްރީން އަކާއެކީ ރަނާއަށް އެހުރިހާ ފޮޓޯތަކެއް ދައްކަމުން ދިޔައެވެ.
“މަޑުކުރޭ.. ހައިނާ ސްޓޮޕް އިޓް..!” ރަނާ ހަޅޭއްލަވައިގަތެވެ. ހައިނާ ހުއްޓުމަކާނުލާ ހުރިހާ ފޮޓޯތަކެއް ދައްކަމުން ދިޔައެވެ. ހައިނާގެ މަގްސަދަކަށްވީ ރަނާއަށް ހެޔޮ ވިސްނައިދިނުމެވެ. “ޕްލީޒް ރަނާ…. އަވް ދޫކޮށްލާ… ޗޫޒް ދަ ރައިޓް ޕާތް..! އައި ނޯ ޔޫ ކޭން…” ހައިނާ ހިތާހިތުން ކިޔަމުން ދިޔައެވެ.
ލިޔާން ކަމެއް ކޮއްބަލަ..!” ރަނާ ހަޅޭއްލަވައިގަތެވެ. ލިޔާން ރަނާ އަތުން ބެޓު އަތުލިއެވެ. އަދި ހައިނާގެ ބޮލުގައި ޖެހިޖެހީނުން ހައިނާ ވައްޓާލިއެވެ. ހައިނާގެ ބޯ ފަޅައިގެން ގޮސް ލޭތައް އޮހިގަތެވެ. ހައިނާ ގަދަކަމުން ތެދުވިއެވެ. އޭރުން ލޮލުންނާއި ކޯތާފަތް މަތިން ބޮލުން އޮހެމުން ދިޔަ ލޭތައް އޮހެމުން ދިޔައެވެ. ”ރަނޫ ހަނދާނެއްނުވޭތަ..؟؟؟” ހައިނާ އެހެން ބުނެވުނުތަނާ ބިންމައްޗަށް ދެމުނެވެ. ރަނާ ބޮލުގައި އަތް އަޅާފައި ވީޑިޔޯ ހުއްޓާލިއެވެ. ގައިމުވެސް ލިޔާންގެ ފޯނު ނަމްބަރެއް ކައިޔަންއަކަށެއް ނޭނގޭނެއެވެ. ރަނާ އެވީޑިޔޯ މެސެޖު ލިޔާންގެ ފޯނުން ކައިޔަންއަށް ފޮނުވާލިއެވެ.
ކައިޔަން އިނީ ވަރަށް ފުން ވިސްނުމެއްގައެވެ. އެ ހަމަހިމޭންކަން ފޫދުއްވާލީ ކައިޔަންގެ ފޯނު ވައިބްރޭޓް ވެލުމުންނެވެ. “އަން ނޯން ނަމްބަރ..؟ މިވަގުތު ކާކުބާ..؟” ކައިޔަން ފޯނު ނެގިއެވެ. އެނުދަންނަ ނަމްބަރުން ކޮއްފައިވަނީ ވީޑިއޯ މެސެޖެކެވެ. ކައިޔަން ވީޑިއޯ ޕްލޭކޮއްލިއެވެ.
“މާތްކަލާކޯ..!” ކައިޔަން މޮޔަވިފަދައެވެ. އަވްލީން ދިރިހުރިކަމެއްވެސް ނޭނގެއެވެ. ކޮޅެއް ފެނޭތޯ ކައިޔަން ވީޑިއޯ ބަލަމުން ކުރިއަށް ގެންދިޔައެވެ. “ހައިނާ..؟” ކައިޔަންއަށް ބުނެވުނެވެ. އެވީޑިއޯއަށް ވަނީ ހައިނާވެސް އަރާފައެވެ. ލިޔާން ހައިނާގެ ބޮލުގައި ބެޓުން ޖެހިތަން ފެނިފައި ކައިޔަންއަށް ދެލޯ މަރާލެވުނެވެ.
އަވްލީންއަށް ލިބިފައިވާ ބޮޑެތި އަނިޔާތަކާ ހައިނާގެ ބޮލުގައި އަޅާނެ ވޭން އިހުސާސް ކޮއްލެވުމުން ހަމަ ރަނގަޅަށްވެސް ކައިޔަންގެ ބުއްދި ބުރައިގެން ގޮސްފިއެވެ. ނަމަވެސް ވިސްނުން ހަމައަކަށް އަޅުވާ ލަމުން ކައިޔަން ތެދުވީ ޒިވީންއަށާއި އަލާންއަށް މެސެޖެއް ކޮއްލަމުންނެވެ. މިވަގުތު އިކުވާންގެ އެހީ ކައިޔަންއަށް ބޭނުންވެއެވެ.
ކާރަށް އެރިގޮތަށް ކައިޔަން ބާރުބާރަށް ކާރު ދުއްވާލިއެވެ. “ދޮންބޭ..؟؟؟” ޒިވީންގެ އަޑު ޖެހުނެވެ. “އެލަން.؟ ޒިވީ..؟ ކީއްކުރަނީ..؟” ކައިޔަންއަށް އެހުނެވެ. “ފައިހާން.. ފައިހާން ފަހަތު އަޅުވާލީމައި އަހަރެމެން ދެމީހުން ކާރު ތެރޭގައި ފިލީ.. ފައިހާންގެ ކޮއްކޮއަކީ ނުލާހިކު ބާރަށް ދުވާ ކުއްޖެއް.. އަދި އޭނަ ކަރާޓީ ޗޮޕްސްއަށްވެސް ނުހަނު މޮޅު.. އެކަމަކު ކުޑަކުއްޖަކަށް ވީމައި މަށަކަށް ނުކެރޭނެ އޭނަ ގައިގައި ޖަހާކަށް..” އަލާން ބުނެލިއެވެ.
“މިސްޓަރ ސޮފްޓީ ޕޭންޓްސް..” ޒިވީން ހުރީ ހިނިއައިސްފައެވެ. އަލާން ވާން ބޭނުންވަނީ ފުލުހަކަށޭ ބުނި ފަހުން ޒިވީން ދިޔައީ އަލާންއަށް ހިތްވަރު ދެމުންނެވެ. ފައިހާންގެ ކޮއްކޮއަށް ކަމެއް ކުރާކަށް އަލާން ނުކެރޭނޭ ބުނިފަހުން ޒިވީންއަށް ހެވެނީއެވެ.
“އެކަމަކު ދޮންބެ ބުނީ ކީކޭ..؟ ދޮންބެ ބުނީ ދޮންބެ އަންނަންދެން ޒާއިންއާއި އައިން ބަލައްޗޭ..” ކުރި މެސެޖުގައިވާ ވާހަކަތައް ހަނދާން ކޮށްލާފައި ކައިޔަން ބުނެލިއެވެ. “ބުނިންތަ..؟” ޒިވީން އެއްސެވެ. “އެލަންގެ ފޯނަށް މެސެޖްކުރިން.. އެލަން..! ޔޫ އާރ އަ މޭން..!! ދެންވެސް ދޭބަލަ ޒިވީ ގޮވައިގެން.. ކާރުން ފައިބާ..” ކައިޔަން ކާރު މަޑު ކޮއްލަމުން ބުނެލިއެވެ. ”މާ މުހިއްމު ވެގެން ދޮންބެ ތިދަނީ ކޮންތަނަކަށް..؟” ޒިވީން އެއްސެވެ. “އެއީ ދިރިހުރުން ނުވަތަ މަރުގެ މަރުހަލާއަކަށް….” ކައިޔަން ބުނެލިއެވެ. ”ހަނ..؟” ޒިވީންއަށް އެހުނެވެ. “ބޭކާރު ކުރާކަށް ވަގުތެއްނެތޭ ޒިވް އަވަސްކުރޭ..” ކައިޔަން ތަންކޮޅެއް ބާރަށް ބުނެލިއެވެ. “އޯކޭއި ސޮރީ..” ޒިވީން ކާރުން ފޭބުމުން ރަނގަޅަށް ދޮރުވެސް ލައްޕާނުލާ ކައިޔަން ބާރުބާރަށް ދުއްވާލިއެވެ. ލޯބިވާ އަވްލީން ދުނިޔޭގައި ހުރުމަށް ކުރެވުނު ދުއާގެ އަދަދެއްވެސް ނޭނގެއެވެ.
“ކައިޔަން ހާދަ ޑްރެމެޓިކްވީ..؟” ކާރުން ފޭބިގޮތަށް އަލާންއަށް އެހުނެވެ. “ދޮގެއްވާ ނޫން..” ޒިވީން ވެސް އެއްބަސްވިއެވެ. “ކުޑަބޭ ކުޑަބޭ..!!” އައިން އައިގޮތަށް އައިސް އަލާންގެ ކޮނޑަށް އެރިއެވެ. “ކިހިނެތްވީ ކޮއްކީ..؟” އަލާން އައިންއާއި މުޚާތަބު ކުރާލެއް ގާތްކަމުން އެއީ އެއްބަނޑު އެއްބަފާ ދެ ކުދިންނެއް ނޫނޭ ބުނާ މީހަކު ވާނީ ވަރަށް ކުޅަދާނަ މީހަކަށެވެ. އެހާވެސް ބޮޑަށް އެދެކުދިންގެ ގުޅުން ވަރުގަދައެވެ. “ކޮޓަން ކޭންޑީއެއް ކާން…” އައިން އެހެން ބުނެލިއިރު ހީވަނީ ތިން އަހަރުގެ ތުއްތު ކުއްޖެއް ހެންނެވެ. “ހިނގާ ދާން.. ކުޑަބެ ގަނެދޭނަން.. މަންމަ ގާތު ނުބުނައްޗޭ އައިން ފަސް ކޮޓަން ކޭންޑީ ކޭ ވާހަކަ..” އަލާން ހިނގައިގަންނަމުން އެއްލޯ މަރާލިއެވެ. އައިންވެސް ހީނލާފައި އެއްލޯ މަރާލިއެވެ. އޭރު ޒާއިން އާއި ޒިވީން ސަކަރާތް ޖަހަމުން އެބަ އާދެއެވެ.
“ކައި…. ކައި…..” ނޭވާ ރަނގަޅަށް ނުލެވޭ ހާލުގައި އަވްލީންގެ ދުލުން ބޭރުވަމުން ދިޔައީ ކައިޔަންގެ ނަމެވެ. ”މަރުވަން ދާއިރުވެސް ކާމިޔާބު ނުވާނެ މީހަކަށް އަދި އެބަގޮވައޭ.. މާ ރަނގަޅުވާނެ ޝަހާދަތުގެ ދެކަލިމަ ކިޔަސް..” ރަނާ ބުނެލިއެވެ. ބެޓުން އެތިފަހަރެއް ޖަހަމުންނެވެ. އެއާއެކީ އަވްލީންގެ އަނގަ އިން ލޭއައެވެ. ރަނާ އަތުގައިވާ ޗޭނުގަނޑަށް ބާރުކޮއްލުމުން އަވްލީންގެ ކަރަށް ބާރުވެގެން ދިޔައެވެ.
”ކީއްކުރަންވީތަ..؟ ފަހުނޭވާ ދޫކޮއްލަން ތައްޔާރުވި ގަޑީގައި ފާޚާނާއަކަށް ދާންޖެހުނީތަ؟” ރަނާ މަލާ މާތްކޮއްލީ އަވްލީން ސަލާމަތްވާން ދެއަތަށް ތެޅިގަތުމުންނެވެ. ދެމިފައިވާ ހައިނާގެ ހަރަކާތެއް ނެތެވެ. ބޮލުން ލޭތައް ފައިބާފައި ވެއެވެ.
ކައިޔަން ބާރުބާރަށް ދުއްވާލާފައިގޮސް އިކުވާންމެންގެ ގޭ ކުރިމައްޗަށް ހުއްޓާލިއެވެ. އިކުވާންގެ ގޭގައި ޓަކި ޖެހުމުން ދޮރު ހުޅުވީ އިކުވާންގެ ބޮޑުދައްތަ އަލްވާއެވެ. “ކައިޔަން.. އިކުވާން ވެއްޖެ އެތެރޭގައި.. އެތެރެއަށް ވަންނަންވީނު..؟” ކައިޔަންގެ މޫނަށް ބަލާލާފައި އަލްވާ އަވަހަށް ބުނެލިއެވެ. އެގެއަށް ކައިޔަން އަންނާނީ އިކުވާން ހޯދަންކަން ޔަގީންވާތީއެވެ.
ކައިޔަން ވަގުތު ބޭކާރު ނުކޮށް އެތެރެއަށްވަދެ އިކުވާންގެ ކޮޓަރިއަށް ވަނެވެ. “މައި މޭން..! މިވަގުތު ކީއްކޮއްލަނީ..؟ އަތުގައި ތިއޮތީ ކޯއްޗެއް..؟” ފިލްމެއް ބަލަން އޮވެފައި ކައިޔަން ލަކުޑި ކޮޅުން ހެދި ދޭއްޗަށް އިޝާރާތް ކޮށްލަމުން އިކުވާން އެއްސެވެ. “އަވްއަށާ މަށަށް….” ކައިޔަންއަށް ބުނެވުނެވެ. “ދެންވެސް ބުނެބަލަ ކީއްކޮއްލަން މާ ނުވަގުތެއްގައި ތިއައީ..؟ ގޭމެއް ކަހަލަ އެއްޗެއް ކުޅެންތަ..؟ ނޫނިއްޔާ އަނެއްކާ މަށަށް ނޭނގި ޔޫޝުއަލްއެއް އޮތީތަ..؟؟ އެވާހަކަ އަހާލަން ހައިއަށް ގުޅާގުޅާ ފޯނެއް ނުނެގި.. ފަސްވަރަކަށް ފަހަރު ގުޅިން.. މިހިރަ އަންހެނުންގެ ގޮތް ހުންނަގޮތް ވެސްދޯ ދެން..” އިކުވާން ޕިސްޕިސް ލައްވާލަމުން ލެޕް ނިއްވާލިއެވެ. “އިކޫ..!!!! އަވްއާއި ހައި…!!!!” ކައިޔަންއަށް އެއްޗެއް ބުނެވުމުގެ ކުރިން ލޮލުން ކަރުނަ ރޮނގެއް ދެމިއްޖެއެވެ. ކެތްތެރިކަން ކޮޅުންލީއެވެ.
“ކައި..؟؟” އިކުވާން ދިޔައީ ސިއްސައިގެންނެވެ. ކައިޔަންއަކީ ދުވަހަކުވެސް ރޯވައްތަރު މީހެއްނޫނެވެ. އެންމެ ފަހުން ކައިޔަން ރުއިތަން އިކުވާން ދެކުނީ ލަހުފާ ކައިޔަންއާއި ޒިވީން ގެއިން ނެރުނު ދުވަހުއެވެ. އިތުރު އެއްޗެއް ދުލުން ބޭރުކޮށް ނުލާ ކައިޔަންއަށް ފޯނުން ދައްކާލެވުނީ އެ ވީޑިއޯއެވެ. އެވީޑިއޯ ބަލަމުން ދިޔަވަރަކަށް އިކުވާން ދިޔައީ ސިހެމުންނެވެ.
ފެންނަ ކޮންމެ މަންޒަރަކަށްފަހު އިކުވާންގެ ލޯ ދިޔައީ ބޮޑު ވަމުންނެވެ. ކުއްލިއަކަށް ހައިނާ އެވީޑިއޯ އަށް އެރުމުން އިކުވާންއަށް ކައިޔަންގެ އަތުން އެފޯނު ޖަހައިގަނެވުނެވެ. އެ ޒުވާނާ ހައިނާގެ ބޮލުގައި ބެޓުން ޖެހި މަންޒަރު ބަލާފައި އިކުވާންއަށް ރަނގަޅަށް ހަޅޭއްލަވައިގަނެވިއްޖެއެވެ. ދެލޮލުން ކަރުނަތައް އޮހިގަނެފިއެވެ. ހީވީ އެމީހާ ޖެހީ ހައިނާގެ ބޮލުގައި ނޫންހެންނެވެ. ހީވީ އިކުވާންގެ ހިތުގައި ހެންނެވެ.
“އާނ އިކޫ.. އަވްއާއި ހައިނާވީ މަރާއި ދިރިހުރުމާ ދެމެދު.. ދެޓްސް ވައި އައި ނީޑް ޔޯ ހެލްޕް..” ކައިޔަން ބުނެލިއެވެ. ”އަވަހަށް ދާންދަމާ..” އިކުވާން ބުނެލިއެވެ. “އިކޫ.. މިތަން އިނގޭތަ އިކޫއަށް..؟” ކައިޔަން އެއްސެވެ. އިކުވާން ރަނގަޅަށް އެވީޑިއޯއަށް ބަލާލިއެވެ. ހަތަރު ބިއްލޫރިގަނޑުގެ ކުޑަދޮރު ލޮލުގައި އަޅައިގަތީ ދެނެވެ. “އިކޫ މިއީ އަހަރެމެން ޔޫޝުއަލް ބާއްވާތަނުގެ ގާޓުގައި ހުންނަ ގެގަނޑު ދޯ.؟ އެއީއެއް ނޫންތަ.؟” ކައިޔަންއަށް ބުނެވުނެވެ. “ވަގުތު ބޭކާރު ކުރާނެކަމެއް ނެތް.. ކައި..!!! އަވަހަށް ޕޮލިހަށް ގުޅާ..” އިކުވާން ބުނެލިއެވެ. ކައިޔަން ޕޮލިހަށް ގުޅާފައި މައުލޫމާތު ދިނެވެ. ދާންވީ ތަނާއި ވާންވީގޮތުގެ މައުލޫމާތު ދިނެވެ.
އިކުވާންގެ ސައިކަލު ފަހަތަށް ކައިޔަން އެރުމުން އިކުވާން ސައިކަލު ދުއްވާލީ ރޭހެއްގައި ވާދަކުރާ މީހަކުވެސް ސައިކަލު ނުދުއްވާނެހާ ބާރަށެވެ.
“ކައިޔަން އަންނަން ހާދައިރެކޭ އެވަނީ..؟” ރަނާ ބެޓު ހިފައިގެން ދެކޮޅުދެކޮޅަށް ހިނގަމުން ލިޔާންގެ އަތުން ފޯނު އަތުލިއެވެ. ކައިޔަން މެސެޖު ބަލާފައިވާ ކަމަށް އަރާފައި އޮތެވެ.
ލިޔާން ހުރީ ތަންކޮޅެއް ދުރުގައި އިށީނދެގެންނެވެ. އިކުވާން އެތަން ކުރިމައްޗަށް ހުއްޓުނުގޮތަށް ސައިކަލުން ފޭބިއެވެ. ހަރު ޖައްސާކަށް އިކުވާން ނުވިސްނިއެވެ. ސައިކަލު ނިކަމެތި އެއްޗެއްހެން ބިމުގައި ޖެހުނެވެ. އިކުވާން އަޅާވެސް ނުލާ އެ ގެގަނޑާއި ދިމާލަށް މިސްރާބު ޖެހިއެވެ.
ކައިޔަން އެތަނުގެ ތެރެއަށް ވަނީ ފޯނުގެ ފްލޭޝްލައިޓް ދިއްލާލަމުންނެވެ. ފޮށިތައް ދުރުވެފައިވާ ހިންމި އަކުން ކައިޔަން ލޮލުގައި މީހަކު އަޅައިގަތެވެ. އަތުގައިވާ ކެވެލިކޮޅު ފެނުމުން ކައިޔަން ދިޔައީ އެއްލި ގެންނެވެ. ރަނާ މިދަރަޖައަށް ގޮސްފާނެޔޭ ކައިޔަންގެ ހިތަކަށްވެސް ނާރައެވެ. އެކަމަކު ރަނާ ނުދަންނަ ނަންބަރަކުން ކައިޔަންގެ ފޯނަށް މެސެޖުކުރީ ކިހިނެތް ބާވައެވެ.؟ އެއީ ކައިޔަން ރަނާގެގާތުގައި އަހަން ބޭނުންވާ ސުވާލެކެވެ. ރަނާއަކީ ހާހެއްހާ ފޯނު ގެންގުޅޭ ކުއްޖެއް ނޫން ކަން ކައިޔަންއަށް އެނގުނެވެ.
ރަނާ ބެޓު ހިފައިގެން ދުރަށް ޖެހިލުމުން އަވްލީން ހުރިހާލު ފެނުމުން ކައިޔަންގެ އަތް ތުރުތުރު އަޅައިގަތެވެ. ގަޑިއަށް ބަލާލާފައި ރަނާ ބެޓުން އަވްލީންގެ ގައިގައި އަޅުވާލި އެތިފަހަރު ފެނިފައި ކައިޔަންއަށް ކެތެއް ނުކުރެވުނެވެ. ފޮށިތަކުގައި ފައިން ޖަހާ ދުރަށް ފޮޅުވާލެވިއްޖެއެވެ.
އެތަނުގައިހުރި ކައިޔަން ފެނިފައި ރަނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. މަޑުމަޑުން އަނދިރި ގަނޑަކަށް ވަދެފައި ރަނާގެ ބަދަލުގައި އެތަނަށް ފޮނުވާލީ ލިޔާންއެވެ.
“ތިއީ ކާކު..؟” ކައިޔަން އާދައިގެ ގޮތަކަށް އެއްސެވެ. އެއީ ރަނާ ނޫންކަން ޔަގީންވާތީއެވެ. ލިޔާން ހައިރާންވިއެވެ. އަވްލީންގެ އެހާލު ދެކިފައި ކައިޔަންގެ ރާގު އެހުރީ ލިޔާން އުންމީދު ކުރި ގޮތަކަށެއް ނޫނެވެ. އަނެއްކާ މިއީ އިހުސާސުގެ ހިއްސުން މަހުރޫމްވެފައިވާ މީހެއްބާއޭ ލިޔާންގެ ހިތަށްއެރިއެވެ.
ލިޔާން މަޑުމަޑުން ހުޑް ވައްޓާލިއެވެ. ކައިޔަން ކުޑަކޮށް ސިހުނެވެ. އެއީ އަވްލީންގެ ފޯނުން ފެނުނު މީހާއެވެ. ތުނިކޮށް އިސްތަށިގަނޑު ލާފައިވާ މީހާއެވެ. އެމީހާ މިތަނުގައި ކީއްކުރަނީ ބާވައެވެ.؟
“އަހަރެން މިއީ ލިޔާން.. އަވްލީން އަހަރެންގެ ވާހަކަ ނުކިޔައިދެނީތަ.؟” ލިޔާން އެއްސެވެ. “ބުނަން އަވްލީންއާއި ކައިޔަންއާއި ދެމެދުގައި ހިނގާ ކަންތަކު ޚަބަރު ނުޖެހޭ އެންމެންނަށް ދޭކަށް..” ކައިޔަން ބުނެލިއެވެ. “އެހެންތަ..؟ މަށަށް އިވުނު އަވްލީން ކަލެޔާ އުޅޭ ވާހަކަ…” ލިޔާން ބުނެލިއެވެ. “ކޮބާ މައްސަލައަކީ..؟ އެއީ ފާފައެއްތަ..؟” ކައިޔަން އެއްސެވެ.
“ކަލެއަށް އަވްލީންއަކީ ކާކުކަން އަދި ނޭނގޭތީ.. އައިމް ހަރ ޕާސްޓްއޭ..!” ލިޔާން ބުނެލިއެވެ. “އައި ގެސް ޝީ މޫވްޑް އޮން….” ކައިޔަން ރަނގަޅު ޖަވާބެއް ދިނެވެ. އޭރު އިކުވާން ހައިނާގެ ހަށިގަނޑުގައި ހިފާ ދެކޮޅަށް ތަޅުވަތަޅުވާފައި ހަޅޭއްލަވަނީއެވެ. “ދިސް ލިޔާން..! އަދި ހައިނާއަށް އެވަރު ކުރަން ޖެހޭތަ..؟ ބަޓް ދިސް އިޒް އަ ވޭސްޓް…” ރަނާ އެންމެ ފަހުން ބުނެލި ޖުމްލަ ބުނެލެވުނީ ބޭއިޚްތިޔާރު ގައެވެ. އެއީ އަދި ލިޔާންއަށްވެސް ރަނާ ނާންގާ ސިއްރެކެވެ. އެކަން ބޭކާރުވަނީ ކީއްވެގެން ބާވައެވެ.؟
“ޕާސްޓް މީހާއަށް މާގިނަ އެއްޗެހިވެސް އެނގޭނެ.. މަށަށް އެނގޭ އަވްލީންއާއި ބެހޭގޮތުން މާގިނަ މައުލޫމާތު…” ލިޔާން ބުނެލިއެވެ. ”ނޫސްވެރިޔަކަށް ގުޅާ ދެންތަ..؟ އޭރުން ތިވާހަކަ ޚަބަރުގައި ޖަހާލަދީފާނެ.. ބުނަން.. ކައިޔަންއަށް އަވްލީންއާއި ބެހޭގޮތުން މިހާރާ ހަމައަށް ލިބިފައިވާ މައުލޫމާތުން ފުދޭ.. ބުނަން އަވްދެކެ ކައިޔަން ލޯބިވަނީ އަވްއާއި ބެހޭގޮތުން މައުލޫމާތު ލިބިގެންނެއްނޫން.. އަވްގެ ބޭރާއި އެތެރޭގެ ސިފަތަކުން..” ކައިޔަން މަޑުމަޑުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ.
“ކަލޭ މިގަޑީ ތިހެން ކިޔާނެ.. ކަލެއަށް ހަގީގަތް އެނގޭ ދުވަހުން ކިހާވަރެއް ވާނެބާއޭ މަގޭ ހިތަށް އަރާ.. ކަލޭ މަށަށްވުރެ ކެތްތެރިކަން ގަދަވެއްޖެއްޔާ އެކަނި ކަލެއަށް އުޅެވޭނީވެސް…” ލިޔާން ބުނެލިއެވެ. ކައިޔަންއަށް ކުޑަކޮށް އޮޅުނެވެ. އަނެއްކާ ލިޔާން އެ ބުނަން އުޅެނީ ކީކޭބާވައެވެ.؟
“ބޭކާރު ވާހަކަ ނުދައްކާ..!!” ކައިޔަން އަވްލީންއާއި ދިމާލަށް ފިޔަވަޅެއް އެޅިއެވެ. “‘އޭތް މަޑުންހުރޭ.. ނޫނީ އަވްލީންގެ ފުރާނަ ހިނގައިދާނެ..!” ލިޔާން އަވްލީންގެ ކަރުގައި ވަޅިއެއް ޖައްސާލިއެވެ.
“އަހަރެން އެންމެ ހަރަކާތެއް ކޮއްލާއިރަށް އަވްލީން މަރުވާނެ.. އެގޮތްތަ ބޭނުމީ.؟” ލިޔާން އެއްސެވެ. ކައިޔަންއަށް މަޖުބޫރުވެއްޖެއެވެ. ހުރިތަނުގައި ކޮޅަށް ހުންނާށެވެ. “ފްރީޒް..!” ކުއްލިއަކަށް ފުލުހުން އެތެރެއަށް ވަނެވެ. ފުލުހުން ފެނިފައި ލިޔާން މަލާމާތުގެ ފާޑަކަށް ހީނލިއެވެ. ލިޔާން ވަޅިމައްޗަށް ނަގާ އަވްލީންގެ ކަރުގައި އަޅާލަން ތައްޔާރުވިއެވެ.
ކައިޔަން ދުވެފައި ދިޔަގޮތަށް ލިޔާންގެ އަތުގައި ޖެހިޖެހީނުން ވަޅި އެއްލާލިއެވެ. އައިސްފައިވާ ރުޅިން ކައިޔަންއަށް ބޭއިޚްތިޔާރުގައި ބެޓުން ލިޔާންގެ ގައިގައި ޖެހުނެވެ. އެއްފަހަރަކުއެއް ނޫނެވެ. ދެތިން ފަހަރަށެވެ.
ލިޔާން މަޑުމަޑުން ވަޅި ނަގާފައި ފުލުހުންނާއި ދިމާކުރަން އުޅުނެވެ. ކައިޔަން މަޑުމަޑުން އަވްލީންގެ ގައިގައި އައްސާފައިވާ ޗޭނު ފަށްތައް މޮހަންފެށިއެވެ. ލިޔާން މޮޅެވެ. އެތާހުރި ފުލުހަކަށްފަހު ފުލުހެއް ބަލި ކުރަމުން ދިޔައީ ކުޅަދާނަކަމާއި އެކީގައެވެ. ބާކީ ކޮޅަށްހުރި އެންމެފަހު ފުލުސްމީހާ ވައްޓާލާފައި ލިޔާން ކައިޔަން ދިމާލަށް ވަޅި ބާރުބާރަށް ހޫރާލިއެވެ. ކައިޔަންއަށް އެއިން ރެކެވުނީ ހަމަކިރިޔާއެވެ. ކުއްލިއަކަށް އިތުރު ދެފުލުހެއް ވަދެފައި ބަޑި ދިއްކޮއްލިއެވެ.
ލިޔާން އެފުލުހުންނާއި ދިމާލަށް އައެވެ. ނަމަވެސް އެކަކު ލިޔާންގެ ފަޔަށް ޖެހި ވަޒަނުން ލިޔާން އަށް ދުވުންވީ ނުކުޅަދާނަ ވިކަމަކަށެވެ.
ކައިޔަން އަވްލީން އަތްދަނޑިމައްޗަށް ލައިގެން ނުކުތްއިރު ގަދައަށް ވިދާފައި ގުގުރައެވެ. ވެހެމުންދިޔަ ވާރޭތެރޭގައި އަތްދަނޑި މައްޗަށް އަވްލީން ލައިގެން ޗަކަތައް މަތީގައި ކައިޔަން ދުވިއެވެ. ދުވަމުންގޮސް ކައިޔަންއަށް އިކުވާންމެން ގޭ ކުރިމަތީގައި ޕާކުކޮއްފައިވާ ކާރަށް އަވްލީން އެރުވިއެވެ. ލޯ މެރިފައިވާ އަވްލީންއަށް ބަލަހައްޓައިގެން ކައިޔަންއަށް ހުރެވުނީ ރޮވިފައެވެ. އަވްލީން ނޭވާ ލާހެންނެއްވެސް ހިޔެއް ނުވެއެވެ. ނަމަވެސް ކުއްލިއަކަށް އަވްލީން އެސްފިޔަ ތަޅުވާލާފައި ލޯ ހުޅުވާލައިފިއެވެ.
“އަވް..” ކައިޔަންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ފުރަތަމަވެސް އަވްލީންގެ ގައިގައި ބާރުބާރަށް ބައްދައިގަނެވުނީއެވެ. ރޯން ފެށުނީ ކެތް ނުވެގެންނެވެ. ކައިޔަން އެހާވަރަށް ރޯއަޑުއަހަން އަވްލީން އަށް ކެތެއްނުވިއެވެ. ”ދެން ކައި..! ސްޓޮޕް.. ތިވަރަށް ކައި ރޮންޏާ އަވްވެސް ރޯނަން..” އަވްލީންއަށް ބުނެވުނެވެ.
އޭރު ގައިގައިވާ ޒަހަމުތަކުން އަޅާވޭން ހީވަނީ އެތެރޭގައިވާ އޭނާގެ ފުރާނަ ލުހެލަފާނެހެންނެވެ. ކައިޔަން އަވަހަށް ކާރު ދުއްވާލީ ހޮސްޕިޓަލަށް ދިޔުމަށެވެ.
ވެހެމުން ދިޔަ ވާރޭ ދިޔައީ ހިނދަކަށްފަހު ހިނދެއް ބޯކުރަމުންނެވެ. ކައިޔަން ކުރިއަށް ދުއްވަމުން ދިޔައެވެ. ކުއްލިއަކަށް ބާރަށް ސައިކަލެއް ހުރަސް ކޮއްލިއެވެ. ކާރު އެސައިކަލުގައި ނުޖެހުނީވެސް ހަމަ ކިރިޔާއެވެ. އަނެއްކާވެސް އެ ސައިކަލު ހުރަސްކޮއްލިއެވެ. ކައިޔަންއަށް ބުރަކި ޕެޑެލްއަށް ފިތުނީ ކިރިޔާއެވެ. “މިއީ ކާކުބާ..؟ ޔަގީނުންވެސް އިކޫއެއްނޫން… ހައިނާގެ އަތުގައި ލައިސެންސެއް ނޯންނާނެ.. މިއީ ދެން ކާކު..؟” ކައިޔަންއަށް ހިތާހިތުން އެހުނެވެ. އެއީ މީހުން އާންމުކޮށް ސައިކަލު ނުދުއްވާ ހިސާބަކަށް ވުމާއެކީ އެއީ ޔޫޝުއަލްއަށް އަންނަ މީހެއްކަން ކައިޔަންއަށް ޔަގީންވިއެވެ.
ކުއްލިއަކަށް އެސައިކަލު ބުރަކި ޖައްސާލީ ހަމަސީދާ ކާރު ކުރިމައްޗަށެވެ. ކައިޔަން ސިއްސައިގެން ދިޔަވަރުން ހުންގާނު ވައަތަށް އަނބުރާލެވުނެވެ. ބޮޑު ނޫކުލައިގެ ސަތަރިގަނޑެއް ކަހަލަ އެއްޗެއް އައިސް ކާރުގެ ކުރީ ބިއްލޫރިގަނޑުގައި އެޅުނީވެސް ދެނެވެ. ކައިޔަންއަށް ކުރިއެއް ނުފެނުނެވެ. ދެވޭ ނުދެވޭ ދިމާއެއް ނޭނގުނެވެ. ކާރު ކުރިއަށް ދިޔައެވެ. ބުރަކި ޕެޑަލްއަށް ފިތިކަމަކު ކާރެއް ނުހުއްޓުނެވެ. ކާރަށް އޭގެ އަމިއްލަ ފުރާނައަކާ ސިކުނޑިއެއް ދެއްވާފައިވާ ފަދައެވެ. އަރިމަތި ކުޑަދޮރުން ކައިޔަންއަށް ގޮތަކަށް ބަލާލެވުނެވެ. ކައިޔަން ދެއަތުން ހުންގާނުގައި ތަޅައިގަނެވުނެވެ. އޭރު އަވްލީން ސީޓުގައި ހިފުނުހާ ބާރަކަށް ހިފާއްޓައިގެން ހުއްޓެވެ. އެ ދެލޮލުންވެސް ދެނީ ބިރުވެރިކަމެއްގެ އިންޒާރެވެ.
ކުއްލިއަކަށް ކާރު ބޮޑުބޮޑު ހަރު އެއްޗެއްގައި ޖެހުނެވެ. ކާރު ދިޔައީ ވިއްސައިގެންނެވެ. ވައިގެތެރޭގައި ދެތިންބުރު އަޅާލުމަށްފަހު ކާރު ބިންމަތީގައި ޖެހުނެވެ. ވެލިގަނޑު މަތީގައިވެސް އެގޮތްމިގޮތަށް ކާރު ދަމުންގޮސް އެއްޗެއްގައި އަޅައިގަނެފައި ކާރު އެކޮޅުކޮޅަށް ޖެހުނެވެ. ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކާރު އެކީއެކަށް ބަނޑިވިއެވެ. އަވްލީންއާއި ކައިޔަންގެ ހާލަތު އެނގޭނެ އެއްވެސް ގޮތެއް ނެތެވެ.
“ވާރޭޕަރީ…. އަވް..!” ހީވީ ހުވަފެނެއްގެ ތެރޭގައި އުޅެވޭހެންނެވެ. އަވްލީންގެ ކަންފަތުގައި ފަނޑު ފަނޑުކޮށް ހައިނާއާއި އިކުވާންގެ އަޑު ޖެހުނެވެ. ”އަވްލީން.. ދަރިފުޅާ..” އަވީނާއާއި ފަރުހާންގެ އަޑު ވެސް އިވުނެވެ. “އަވް ދެން ތެދުވޭ.. ދެން ދުވަހަކުވެސް އަވްއޭ ކިޔާފައެއް ނުގޮވާނަން.. އަބަދުވެސް ދޮންތަ އޭ ކިޔާނީ…” އަލާންގެ އަޑުވެސް އިވުނެވެ. އިރުކޮޅެއްފަހުން ޒިވީންއާއި އައިންގެ އަޑުވެސް އިވިއްޖެއެވެ. އައިން ހުރީ ވަރަށް ރޮއެފައިކަން އަޑުން އެނގެއެވެ. އެންމެންގެ އަޑު އިވިއްޖެއެވެ.
އަވްލީން މަޑުމަޑުން ލޯ ހުޅުވާލިއެވެ. މަޑުމަޑުން އެސްފިޔަތައް ތަޅުވާލުމުން މަންޒަރުތައް ސާފުވާން ފެށިއެވެ. މަތީގައި އެލުވާފައިވަނީ ބޮޑު ހުދު ބޮތްކެކެވެ. އޮވެވުނީ ހޮސްޕިޓަލްގައި ކަން އެނގުނީވެސް ދެނެވެ. ދެން ހަނދާންވީ ކާރުތެރޭ ހުއްޓާ ވީގޮތެވެ. ބޮޑު އެއްޗެއްގައި ޖެހުނުގޮތަށް ކާރު އެކޮޅުކޮޅުން ޖެހުމުން ބޯ ވަރަށް ބާރަށް ޖެހުނު ހަނދާންވިއެވެ. އޭގެ ފަހުން ވީގޮތް ހަނދާނެއް ނެތެވެ. އަވްލީން ކުޑަކޮށް ތެދުވެ ބަލާލިއެވެ. އަވްލީންގެ އާއިލާ އެންމެންނާއި އެކުވެރިން ތިއްބެވެ. އަވްލީންގެ އެއްކަލަ ޑޮކްޓަރުވެސް އެތަނުގައި ހުއްޓެވެ.
އެންމެންގެ ހާސްވެފައިވާ މޫނު މަތިތައް އުޖާލާ ވެގެން ދިޔައެވެ. އެންމެންގެ އުފާވެރި ސަލާމްތަކާއި އޯގާތެރި ބަސްތައް އަވްލީން ވަށާލިއެވެ. އަވްލީން ވަށައިގެން ހޯދާލިއެވެ. އެހަރަކާތުން އަވްލީން މީހަކު ނުވަތަ އެއްޗެއް ހޯދަން އުޅޭކަން އެންމެންނަށް އެނގުނެވެ.
އަލާންގެ މޫނުމަތި މިލައިގެން ދިޔައެވެ. ޒިވީންގެ ހިނިތުންވުން ފޮހެވުނެވެ. އަވީނާ ތުންފަތުގައި ދަތް އަޅާލިއެވެ. އަވްލީން އެހޯދަނީ ކާކުކަން އެމީހުންނަށް އެނގޭ ފަދައެވެ. “އަމް.. ކޮބާތަ ކައި..؟” އަވްލީން އެއްސެވެ. “އަވް.. ހަމަޖެހޭ.. ފުން ނޭވާއެއްލާ.. ހާސްނުވާތި.. އިނގޭ…” އަވީނާއަށް އެއްޗެކޭ ބުނަން ވެގެން އަވަސް އަރުވާލާފައި ބުނެވުނީ އެހެންނެވެ. އަވްލީންގެ މިޒާޖު ހުންނަގޮތުން އެޚަބަރު އިވޭއިރަށް އަވްލީންއަށް ވެގެން ދާނެގޮތް ސިފަވާތީ އަވީނާ އެބުނެލި ޖުމްލައިގެ ބޭނުންތެރިކަން އެތަނުގައި ތިބި އެންމެންނަށް އިހުސާސް ވެގެން ދިޔައެވެ.
“ކީއްވެތަ އެންމެން އަނގައިން ނުބުނެ ތިހުންނަނީ..؟ ކީއްވެތަ އެކަކުވެސް މިސުވާލަށް ޖަވާބުނުދޭން ތިއުޅެނީ..؟؟” އަވްލީން އެންމެންގެ މޫނަށް ފަރުވާތެރި ނަޒަރެއް ހިންގާލަމުން ބުނެލިއެވެ.
އަލާން ޖަވާބެއް ދޭން އަނގަ ހުޅުވާލިއެވެ. ނަމަވެސް އެހިތްވަރެއް އަލާންއަކަށެއް ނުލިބުނެވެ. އަވްލީން އޭނަޔާ އިތުރަށް ސުވާލެއް ކޮއްފާނެތީ އަލާންއަށް އަވަހަށް ބޭރަށް ނުކުމެވުނީއެވެ.
ޒިވީން އަލާންގެ ފަހަތުން ދިޔައެވެ. “އަޅެ ހަމަ އެކަކުވެސް ޖަވާބެއް ނުދޭނަންތަ..؟ ކޮބާތަ އަވްގެ ފޯނު..؟ އަވް ކައިޔަން އަށް ގުޅީމައި ކައިޔަން ޖަވާބެއް ދީފާނެއްނު..؟” އަވްލީންއަށް އެހަމަހިމޭން ކަންދެކެ އާދެވުނީ ރުޅިއެވެ. ދެކޮޅު ބަލާލެވުމާއެކީ އޭނާ އޮތް އެނދުގާތުގައި ހުރި މޭޒުމަތީ އޮތް ފޯނު ނުހަނު ފަސޭހައިން ފެނުނެވެ. “ކަ.. ކައިޔަންއެއް ތި ފޯނަކަށް ޖަވާބެއް ނުދޭނެ….” އަވީނާއަށް ހިތްވަރު ކޮއްލާފައި ބުނެވުނީ އެހެންނެވެ. އަވްލީން ނަމްބަރު ޖަހަޖަހާ ހުރެފައި ގަނޑުވިއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.





Masha Allah
Mi part vess reethi
Ekam kai ah gotheh nuhadha’chey
❤❤❤❤
Thanxxx Nww-she 🙂 that means a lot… Hope you read the next part too 🙂 🙂 🙂
This part is perfect Yoon.. kaii maraa nulachey … When next…..????
Awwwnn thank you dear 🙂 next vess varah avahah up kolla dheynan.. hope u wait 🙂
Eha avahah kai maruvejjiyya story v fanivaane… ekam v salhi engey ??
Thank you sooo muh Aru.. That was fascinating… 🙂 hama thank u thank u thank u dear :):)
Kai icu ga thr…..kai maraa nulahchey..plxxx
vrh reethi mi part vx❤❤
I think you’ll get the answer in the next part 🙂 hope u read it dear 🙂
Alheyyy kaiyan maru v tha….. Plxx ehn nuhadhahchey….. Vvvv reethi mi part vx…. Waiting fr nxt…. Ly nd be Safe dear
Awww thank you Kylie.. That was so nice of u.. 🙂 Gud to know that your waiting for the nxt part… Luv you more honey.. You be safe 2 Kylie 🙂 🙂
Hello my dear readers… This story is a fully written stry.. I just upload it part by part after proofreading and fixing the mistakes.. Hope you all continue reading & commenting.. so happy because i had the chance to share this story with you guys… Luv you all and Be Safe.. 🙂 🙂 🙂