Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނޭނގި ވެވުނީ ލޯތްބޭ – 9 & 10

Raaya Level 210 Stories100 Comments
July 27, 2020 9 Mins Read
6 Comments

“އަހަރެން ދެކުނީމޭ އެގެއިން ފިރިހެނަކު ނުކުންނަނިކޮށް! ޔޫޝައުއަށްވެސް އެނގޭނެ އެގެއަކު މިވަގުތު ލަމްނާ ފިޔަވައި އެހެން މީހަކު ނޫޅޭކަން! މިއަދު ޔޫޝައު ގާތު އަހަރެން އެހީމެންނު އެގެއިން މީހަކު ނުކުތްތަން ފެނުނުހޭ… އެއީ އެހެންވެގެން އެހި އެއްޗެއް! އަހަންނަށް އެމީހަ ފެނިއްޖެއްޔާ އެނގޭނެ އެއީ ކާކުކަން! އަހަންނަކަށް އެމީހަ ނަމެއް ނޭނގޭ! އަހަރެން ގޮވައިގެން މާދަމާ ބޭރަށް ހިނގާބަލަ… އޭރަށް އެމީހަ ފެނިއްޖިއްޔާ އަހަރެން ދައްކާނަން!” ރީމް ބުންޏެވެ. ރީމް ބުނި ވާހަކަތަކުން ޔޫޝައުގެ އަނގައިގައި ތަޅެއް ލެވުނު ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޔޫޝައުއަށް ހުރެވުނީއެވެ.

“ދޮންތާ… ދޮންތަވެސް ގަބޫލު ކުރަނީ ރީމް ބުނާ ވާހަކަތަ؟” ބުނާނެ އެއްޗެއް ނޭނގުމުން ޔޫޝައު އައިނާ ގާތު އެހިއެވެ.

“އާން! ދޮންތައަށް އެނގޭ އެއްޗަކީ ރީމް އެހާ ބޮޑު ވާހަކައެއް އެހެން ހުރެ ބަހައްޓާފައެއް ނުބުނާނެކަން! ރީމް މި ވާހަކަ ކުރިން ނުބުނެ އެހުންނަނީ ދޮންތައަކީ ޔޫޝައުގެ ދޮންތައަށް ވީމަ! ރީމް ދޮގެއް ނަހަދާނެ! އައި ބިލީވް ހާ!” އައިނާ މިހެން ބުނުމުން ރީމް ވަރަށް އުފާވިއެވެ. ރީމް ހީކޮށްގެން ހުރީ އައިނާ ރީމް ދައްކާ ވާހަކަ ގަބޫލުނުކުރާނެކަމަށެވެ.

“ދޮންތާ؟” ޔޫޝައު ހުރީ ގަބޫލުކުރަން ދަތިވެފައެވެ. “ލަމްނާއަކީ އަހަރެން ސުކޫލު ދައުރުން ފެށިގެން ދަންނަ ކުއްޖެއް! ރީމް ތިއީ އަދި އިއްޔެ އައި ކުއްޖެއް! އިޓްސް ހާޑް ޓު ބިލީވް ޔޫ… ޑިޑިންޓް އެކްސްޕެކްޓް ދިސް!” އިތުރު އެއްޗެއް ނުބުނެ ޔޫޝައު ބާރުހިނގުމެއްގައި ގޮސް ކޮޓަރި ދޮރުލައްޕާ ތަޅުލިއެވެ. ލޮލަށް ފުނިޖެހިފައިވާ ކަރުނަތަށް އޭގެ މަގާމު ދޫކޮށް ޔޫޝައުގެ ކޯތާފަތް މަތީ ފިރުކެން ފަށައިފިއެވެ. ދޮރުގައި ލެނގިގެން ހުރެ މައްޗަށް ބަލާލީ ލޮލުން އަންނަ ކަރުނަތަށް މަދުވޭތޯއެވެ. ނަމަވެސް ކުރި މަސައްކަތްވީ ބޭކާރެވެ. ޔޫޝައުގެ ލޮލުން ފޭބި ކަރުނަތަށް ވީ އިތުރެވެ. މަޑު މަޑުން ތިރިވަމުން ގޮސް ޔޫޝައު ބިންމަތީ އިށީންދެލިއެވެ. ދެއަތުން ޔޫޝައު އޭނާގެ ބޮލުގައި ހުރި އިސްތަށިތަކުގައި ހިފައި ބާރުކޮށްލިއެވެ.

“ހައު ކުޑް ޔޫ ރީމް؟ އެހެން މީހަކު ލަމްނާއޭ ކިޔައިގެން ތިކަހަލަ ވާހަކައެއް ދެއްކިޔަސް އައި ކޭން އަންޑަސްޓޭންޑް! އެކަމު ރީމް؟ ލަމްނާ ނުކުރާނެ އެކަހަލަ ކަމެއް! ދުވަހަކުވެސް ނުކުރާނެ! އަދި އަމުދުން ކައިވެނީގެ ވާހަކަ ދައްކާފަ! ލަމްނާ އަހަރެން ދެކެ ލޯބި ނުވަންޏާ ފުރަތަމަ ކޮޅު އަހަންނާ ނުވެސް ގުޅޭނެ… ޔަގީން ރީމްއަށް އެ އުޅެނީ އޮޅިގެން!” ޔޫޝައު މޮޔައެއް ފަދައިން އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔަ އިރު ލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ.

“އައިނާ! ވަރަށް ބޮޑަށް ސޮރީ… އަހަންނާ ހެދި ޔޫޝައުއާ އައިނާ ފައިޓް ކުރަން ޖެހުނީމަ… ގައިމު އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ހުރެވުންނަމަ! އައި އެމް ރިއަލީ ސޮރީ!” ރީމްއަށްވެސް ރޮވެން ފެށުނެވެ.

“ރީމް އަޑުއަހާ… އަހަރެން ރީމްއަށް އިތުބާރު ކުރަން! އަހަންނަށްވެސް އިނގޭ ރީމް ތިހެން އެއްވެސް މީހަކަށް އެއްވެސް ތުހުމަތެއް ނުކުރާނެކަން! މިހާރު ބަލަ ކިހާ ދަންވެއްޖެ! ދެން ދޭ ނިދަން! އިންޝާﷲ ރީމްއަށް ޔޫޝައުއަށް ތެދު ސާބިތު ކޮށްދެވޭނެ!” އައިނާ ބުންޏެވެ.

“ތެދު ތެދަކަށް ނުވެއްޖިއްޔާ؟ ތެދު ސާބިތު ނުކޮށްދެވިއްޖިއްޔާ؟” ރީމް އެހިއެވެ.

“ތެދުވާނީ ތެދަކަށެންނު! ރީމްވެސް ދައްކާ ވާހަކަ!” އައިނާ ބެލީ ރީމް ހެއްވާލެވޭތޯއެވެ. ނަމަވެސް ކުރި މަސައްކަތްވީ ބޭކާރެވެ. “ހިނގާ އެތެރެއަށް ދެން ނުކެރޭނެ މިތާ ހުންނާކަށް!” އައިނާ މިހެން ބުނެ ރީމްގެ އަތުގައި ހިފައި އެތެރެއަށް ވަނެވެ. ދެމީހުންވެސް އެމީހެއްގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ.

“އައިނާ!” ރީމް އައިނާއަށް ގޮވައިލައިފައި އައިސް ވަރަށް ބާރަށް އައިނާ ގައިގައި އޮޅުލައިގަތެވެ. ބައްދާލުމާއި އެކު ދެމީހުންނަށްވެސް ރޮވެން ފެށުނެވެ.

“ތެންކިޔޫ! އަބަދުވެސް އައިނާ އަހަންނާއި އެކު ހުންނާނެކަމުގެ ޔަގީން މިރޭ އަހަންނަށް ލިބިއްޖެ! އައިނާ އަހަންނަށް ކޮށްދިން ހުރިހާ ކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! އަހަރެން އައިނާ ބޭނުންވާ ކޮންމެ ވަގުތެއްގަ އައިނާ އަބަދުވެސް ހުރޭ! މިރޭ އަހަރެން ހުރީ އައިނާއާ މިވާހަކަ ހިއްސާ ކުރަން ވަރަށް ވަރަށް ބޮޑަށް ބޭނުންވެފަ! އެހެން އޮއްވާ އައިނާ އައީވެސް!” ރީމް އައިނާ ގައިގައި ބައްދައިގެން އޮވެ ވާހަކަ ދެއްކިއެވެ.

“ރީމް!” އައިނާގެ އަޑުވަނީ ރުއިމުގެ ސަބަބުން ކުރަކިވެފައެވެ. “ކިތަށް ފަހަރު ބުނަން ނުރޯށޭ! ރީމްއަށް އެނގޭނެ ދޯ ރީމްއަށް ރޮވެންޏާ އަހަންނަށްވެސް ރޮވޭކަން! ދެން މާ ގަދަޔަށް ސެންޓީ ނުވެ އޮށޯންނަން ދޭ! މާދަމާ ކުރަން އެބަހުރި ބައިވަރު ކަންކަން!” ރީމްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެލަމުން އައިނާ ބުންޏެވެ.

“އައިނާވެސް ތި ރޮނީއެންނު!” ހެވިލަމުން އައިނާގެ ކަރުނަތަށް ފޮހެދެމުން ރީމްވެސް ބުނެލިއެވެ. ދެއެކުވެރިންވެސް އެމީހެއްގެ ކޮޓަރިއަށް ވަދެ ނިދަން އޮށޯތެވެ.

މުޅި ފަޒާގައި ބަންގީގެ އަޑުވަނީ ގުގުމާލެވިފައެވެ. ފުން ނިއްޖަކަށް ގެނބިފައި އޮތް ޔޫޝައުއަށް ހޭލެވުނީ ފޯނު އެލާމްވާ އަޑަށެވެ. ކަންނެތް ފާޑަކަށް ތެދުވެ މޯޅިއަށް ދެމިލަމުން ޔޫޝައު ފާހަނައަށް ވަދެ އެތާ އިން ބޮޑު ލޯގަނޑު ކުރިމަތީ ހުއްޓެލިއެވެ. ހަމައެކަނި ސޯޓުބުރިއެއް ލައިގެން ހުރުމުން އޭނާގެ ބަނޑުގައިވާ ގޮޅިތަށް ވަރަށް ރީއްޗަށް ހާމަވެގެން ދެއެވެ. ލިބިފައިވާ ބައިމަތި ފުޅާ ހަށިގަނޑަކީ ޔޫޝައުގެ ރީތިކަން އިތުރު ކޮށްދޭކަމެވެ. ބޮލުގައި އަތްހިންގާލަމުން އިސްކޫރުދޫކޮށްލައި މޫނުދޮވެލިއެވެ. ދެތިން ފަހަރަކު މޫނު ދޮވެލީ މޫނުމަތިން ގެއްލިފައިވާ އުޖާލާކަމާއި ތާޒާކަން އަނބުރާ އާދޭތޯއެވެ. ނަމަވެސް ނައެވެ. ގައިދޮވެލާ ހަދައިގެން ޔޫޝައު ފާހަނައިން ނުކުމެ ވިލުނޫކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެއް ގަޔަށް ހެޔޮވަރު ކޮށްލިއެވެ. ރީތިވާ މޭޒުމަތީގައި އިން ސެންޓުފުޅިން ގަޔަށް ސެންޓު ކޮޅެއް ބުރުވާލަމުން ފޯނު ހިފައިގެން ކޮޓަރިން ނުކުމެ ފަތިސް ނަމާދަށް މިސްކިތަށް ދާން ޔޫޝައު ހިނގައިގަތެވެ.

ލަމްނާއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ ޔޫޝައުކަން އެނގުމުން ތުން އަނބުރާލައިފައި ފޯނު ސައިލެންޓަށް ލައިފައި އަނެއްކާވެސް ނިދިއެވެ. ގުޅާ ސަބަބުވެސް ލަމްނާއަށް އެނގެއެވެ. ޔޫޝައުއަކީ ދީނީ ކަންކަމާއި އަޅުކަމަށް ނުލާހިކު ފަރުވާތެރިވާ ލޯބިކުރާ މީހެކެވެ. ކޮންމެ ދުވަހަކު ފަތިސް ނަމާދަށް ދަމުން ޔޫޝައު އަބަދުވެސް ލަމްނާއަށް ގުޅައި އޭނަވެސް ފަތިސް ނަމާދަށް ނަގާނެއެވެ. ދެވަނަފަހަރަށްވެސް ޔޫޝައު ލަމްނާއަށް ގުޅިއެވެ. މިފަހަރު ލަމްނާ ފޯނު ނެގީ ފަހުން ގުޅާފާނެތީއެވެ.

“ކޮބާ؟ ހޭލާތަ؟” ޔޫޝައު އެހިއެވެ.

“އާން! އިރުކޮޅެއްވެއްޖެ ހޭލާ އުޅޭތާ… ވުޟޫކުރަން އުޅެނިކޮށް ޔޫޝައު ގުޅާފަ އޮތީ” ލަމްނާ ދޮގުހެދިއެވެ.

“އެހެންތަ؟ މިދަނީ މިސްކިތަށް… ބާއި!” ޔޫޝައު މިހެން ބުނެފައި ފޯނު ކަނޑާލިއެވެ.

“ހުވާ މިބުނީ… އެންމެ ދުވަހަކުވެސް ނިދިޔަކަ ނުދޭނެ މީނައެއް!” ކުދި ކިޔަމުން އަނެއްކާވެސް ލަމްނާ ނިދަން އޮށޯތެވެ. އިރުކޮޅެއް ފަހުން އަނެއްކާވެސް ލަމްނާ ފޯނު ރިންގުވާންފެށިއެވެ.

“ބޮލަށް އުނދުގޫކުރުން ނޫން ކަމެއް…” ގުޅަނީ ކާކުތޯ ރަނގަޅަށް ބަލައިލުމުން ލަމްނާ ހުއްޓާލިއެވެ.

“ހަލޯ” އެ ފިރިހެންވަންތަ އަޑުގައި ވަނީ ސާދާކަމެވެ.

“ކިހިނެއްވީ އެހާ ހެނދުނު ހެނދުނާ ތިގުޅީ؟” ލަމްނާ އެހިއެވެ.

“ދެން ހަމަ އަސްލުވެސް ޔޫޝައުއާ މެރީ ކުރަނީތަ؟” އެކޮޅުން އެހިއެވެ.

“ލޯބީ! މި ނޫން ގޮތެއް ނެތޭ ހެދޭކަށް!” ލަމްނާ ބުންޏެވެ.

“އެ ކީއްވެ؟ ކަންތަށް ތިހާ ދުރަށް ނުގެންގޮސް ޖަސްޓް ބްރޭކް އަޕް ވިތް ހިމް!” އެ ފިރިހެން މީހާ ބުންޏެވެ.

“ސަބަބުވެސް ބޭނުންވެޔޭ! އެންޑް ބުނީމެންނު ދޯ ހައި ސެލެރީ ލިބޭ ޖޮބެއްވެސް ހޯދާށޭ! ނުހޯދިއްޖެއްޔާ އަހަރެން ހަމަ އަސްލަށްވެސް ޔޫޝައުއާ އިންނާން!” ލަމްނާ ބުންޏެވެ.

“ހަމަޖެހޭ! ލިބިފައޭ އިނީ! ބުނަމެންނު އަބަދު އަބަދު ތިހެން ނުކިޔާށޭ!” ރުންކުރު ގޮތަކަށް އެމީހަ ބުންޏެވެ.

“ހުމްމް… ދެން ހެވޭ! ރާވާފަ އޮތް ގޮތަށް ދިޔައީމަ އޮންނާނީ ރަނގަޅަށް! ދެން ބާއްވަނީ!” މިހެން ބުނެ ލަމްނާ ތެދުވެ އެނދުގައި އިށީންދެލިއެވެ.

“އެއްވަރެއްގެ ދެ ފިރިހެނުން! އަނެއްކާ މިއަދު މަންމަވެސް އާދޭ! ބޯހަލާކު! ނިދިވެސް ގެއްލިއްޖެ!” ލަމްނާ އެނދުންތެދުވަމުން ބުނެލިއެވެ.

***

“ދޮގު ނަހަދާ!” ރޭގައި ވީކަންތަށް ހުދާއާއި ޒިއުނީއަށް ކިޔައިދިނުމުން ދެމީހުންނަށްވެސް އެއްފަހަރާ ބުނެވުނެވެ.

“އާނއެކޭ! އެކަމު ހުދާއާ ޒިއުނީއަށް އެނގޭކަމަށް ނަހަދާތި!” ރީމް ބުންޏެވެ.

“އެހެންމަ އައިނާއަށްވެސް އިނގޭދޯ؟” ޒިއުނީ އެހިއެވެ.

“އާން! އަހަންނަށްވެސް އިނގޭ!” ކޮޓަރި ދޮރުހުޅުވައިފައި ވަން އައިނާ ބުނެލިއެވެ.

“ރުޅި ނާދޭތަ؟” ހުދާ އެހިއެވެ.

“ކީއްވެ ރުޅި އަންނަންވީ… އެހެންނޫނަކަސް މިހާރު ލަމްނާދެކެ ކުޑަކޮށް ފޫހިވާން ފަށައިފި!” އައިނާ އައިސް ތީން މީހުން ކުރިމަތީ އިށީންނަމުން ބުނެލިއެވެ.

“ޔޫޝައު ހުރީ ވަރަށް ބޮޑަށް ރުޅި އައިއްސަތަ؟” ޒިއުނީ އަހައިލިއެވެ. ރީމްއާއި އައިނަ އެކަކު އަނެކަކާ ދިމާލަށް ބަލައިލިއެވެ. ޖަވާބުދާރީ ވުމުގެ ގޮތުން އައިނާ ބޯޖަހާލިއެވެ.

“ދެން ތިވާހަކަ ނުދައްކާ… ވަރަށް ބަނޑުހައި ވެއްޖެ!” އިންތަނުން ތެދުވެ ދޮރާއި ދިމާލަށް ދަމުން ރީމް ބުނެލިއެވެ. އިއްތިފާގުން ރީމްއަށް ނުކުމެވުނީ ޔޫޝައު ކުރިމައްޗަށެވެ. ސިހިފައި ޔޫޝައު ރީމްއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އެލޮލުގައިވާ ހިތާމަ ޔޫޝައުއަށް ދެނެގަނެވުނެވެ. އަނގައިން ބަހެއްވެސް ނުބުނެ ޔޫޝައު ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. ރީމްއަށް ހުރެވުނުތާ ހުރެވުނީއެވެ. ރެއަށްފަހު ޔޫޝައުއަށް އައި ބަދަލުތަށް ވަރަށް ރަނގަޅަށް ފެންނަން ހުއްޓެވެ. އެކު އުޅުނު ދެވަރަކަށް ދުވަސްތެރޭ ޔޫޝައު އަބަދުވެސް ރީމްއާ ވާހަކަ ދައްކާ ހަދައެވެ. ނަމަވެސް މިހާރު ފެނުނަސް ފެނުނު ކަމަކަށްވެސް ނަހަދައެވެ. ރީމް ސިއްސައިގެން ދިޔައީ ސުމައްޔާ އޭނައަށް ގޮވުމުންނެވެ.

“ރީމް… ހިނގާ ސައިބޯން ދާން!” ސުމައްޔާ އައިސް ރީމްއާއި ހަމައަށް އަރައިފައި ބުނެލިއެވެ.

“ހިނގާ… ކޮބާ އައިރީން… ނުހޭލަނީތަ؟” ރީމް އެހިއެވެ.

އާން! ފަތިހު ހޭލާ އުޅެ އުޅެފަ އަނެއްކާ ނިދީ އެ!” ސުމައްޔާ ބަދިގެއަށް ވަންނަމުން ބުނެލިއެވެ. ކާގެއަށް ވަދެ ރީމް މޭޒު ދޮށުގައި އިށީންދެލިއެވެ. އިރުކޮޅެއްވި ފަހުން އެންމެންވެސް ކާގެއަށް ސައިބޯން އައެވެ.

“ތިއްތަބޭ… މިރޭ ވާނެ މަހަށް ދާން!” ޔޫޝައު ބުންޏެވެ.

“އާން! ފައްކާ ވާނެ! އޭ ޔޫޝައު ކައިގެން ހިނގާ… ޑިންގީގެ ކުޑަ މަސައްކަތެއް ކޮށްލަން އިންނާނެ! ނާހިލް ބުންޏެވެ.

“މަންމަމެންވެސް ދާން ވާނެ!” އައިނާ ބުންޏެވެ.

“ދެން މަންމަ އެތަނަށް ގޮސް ކީއްކުރާނީ؟ އަނެއްކާ ޑިންގީއަކަށް ނުވެސް ކެރޭނެ އަރާކަށް! ދަތުރު ދާ އިރު މަންމަމެން ދާނީ… ތިކުދިން ދޭ” މަރިޔަމް ބުންޏެވެ.

“ތިއްތަ ދާނަންތަ؟” ޔޫޝައު އެހިއެވެ.

“ތިއްތަވެސް ދާނީ ދަތުރު ދާއިރު… އައިރީން މިރޭ ނިދާނީ ވަރަށް ލަހުން… އަދިވެސް ނުހޭލާ” ސުމައްޔާ ބުންޏެވެ.

“ކޮބާ ޒިއުނީ… ރެޑީތަ؟” ޔޫޝައު އެހިއެވެ.

“މިހާރުވެސް ކެތްމަދުވެފަ!” ޒިއުނީ މަޖާ ފާޑަކަށް ބުނެލުމުން އެންމެންވެސް ހޭން ފެށިއެވެ.

“އެހެންމަ އަހަރުމެންނާ… ލަމްނާއާ ނާއިފްއާ ދާނީ” ޔޫޝައު މިހެން ބުނެލީ ރީމްއަށް ބަލަން އިނދެއެވެ. ޔޫޝައު ރީމްއަށް ބަލަން އިނީ ކީއްވެކަން ރީމްއަށް ދެނެގަނެވުނެވެ. ރީމްގެ މޫނުމައްޗަށް އަރާ ކުލަވަރު ބަލާށެވެ.

“ޔޫނުސް ނުގެންދޭ؟” އައިނާ އަހައިލިއެވެ.

“އުޕްސް… ހަނދާން ނެތުނީ!”ޔޫޝައު ބުނެލިއެވެ.

“ދަރިފުޅާ… ލަމްނާއަށް ގުޅާފަ އަހާބަލަ އޭނަ މަންމަމެން އަންނާނީ ކޮންއިރަކުންތޯ” މަރިޔަމް ބުންޏެވެ.

“ލައްބަ އަހާލާނަން” ހިނިތުންވެލަމުން ޔޫޝައު ބުނެލިއެވެ.

“ނާއިފްއަކީ ކާކު؟” ހުދާ އެހިއެވެ.

“ބެސްޓް ފްރެންޑް!” ޔޫޝައު ބުނެލިއެވެ.

ސައިބޮއެ ނިންމައިގެން ޔޫޝައުއާއި ނާހިލް ދިޔައީ އެމީހުން ޑިންގީގައި ކުރަންހުރި ކުޑަ މަސައްކަތެއް ކޮށްލާށެވެ. ޑިންގީ ބާއްވައިފައި އޮތް ތަނަށް ގޮސް ޑިންގީ ކުޑަކޮށް ސާފުކޮށްލާ ހެދީ ބޭނުން ނުކުރާތާ ގިނަދުވަސް ވުމުގެ ސަބަބުންނެވެ. ޔޫޝައު ޑިންގީ މަސައްކަތްކޮށް ނިންމައިފައި އައި އިރު މެންދުރު ނަމާދަށް ބަންގި ގޮވަނީއެވެ. އަވަހަށް ފެންވަރައި ހަދައިގެން ޔޫޝައު މިސްކިތަށް ދިޔައެވެ. ރީމްވެސް ނަމާދުކޮށްލާ ހަދައިގެން ކޮޓަރިން ނުކުތީ ބަދިގޭ ކަންތައްތަކުގައި މަރިޔަމަށް އެހީތެރިވެދިނުމުގެ ނިޔަތުގައެވެ. ބަދިގެއަށް ވަންނަން އުޅެނިކޮށް ގޭތެރެއަށް ބަޔަކު ވަދެގެން އައިހެން ހީވެގެން ބަލާލިއިރު ޔޫޝައުއާއި އެކު ވަން މީހާ ފެނި ރީމް ގަނބުވިކަހަލައެވެ. ރީމްގެ ދެ ލޯ ބޮޑުވިއެވެ. ފައިދަށުން ބިންގަނޑު ދަމައިގެން ގޮސް ރީމް އަނދަވަޅަކަށް ވެއްޓުން ހެންވެސް އޭނައަށް ހީވިއެވެ.

10 ވަނަ ބައި

ސައިބޮއެ ނިންމައިގެން ޔޫޝައުއާއި ނާހިލް ދިޔައީ އެމީހުން ޑިންގީގައި ކުރަންހުރި ކުޑަ މަސައްކަތެއް ކޮށްލާށެވެ. ޑިންގީ ބާއްވައިފައި އޮތް ތަނަށް ގޮސް ޑިންގީ ކުޑަކޮށް ސާފުކޮށްލާ ހެދީ ބޭނުން ނުކުރާތާ ގިނަދުވަސް ވުމުގެ ސަބަބުންނެވެ. ޔޫޝައު ޑިންގީ މަސައްކަތްކޮށް ނިންމައިފައި އައި އިރު މެންދުރު ނަމާދަށް ބަންގި ގޮވަނީއެވެ. އަވަހަށް ފެންވަރައި ހަދައިގެން ޔޫޝައު މިސްކިތަށް ދިޔައެވެ. ރީމްވެސް ނަމާދުކޮށްލާ ހަދައިގެން ކޮޓަރިން ނުކުތީ ބަދިގޭ ކަންތަށް ތަކުގައި މަރިޔަމަށް އެހީތެރިވެދިނުމުގެ ނިޔަތުގައެވެ. ބަދިގެއަށް ވަންނަން އުޅެނިކޮށް ގޭތެރެއަށް ބަޔަކު ވަދެގެން އައިހެން ހީވެގެން ބަލާލިއިރު ޔޫޝައުއާއި އެކު ވަން މީހާ ފެނި ރީމް ގަނބުވިކަހަލައެވެ. ފައިދަށުން ބިންގަނޑު ދަމައިގެން ގޮސް ރީމް އަނދަވަޅަކަށް ވެއްޓުން ހެންވެސް އޭނައަށް ހީވިއެވެ.

ޔޫޝައު ފަހަތުން ވަދެގެން އެއައީ ރީމްއަށް އިއްޔެ ލަމްނާ މެންގެއިން ފެނުނު ފިރިހެން މީހާއެވެ. އެދެމީހުން ގޮސް ޔޫޝައު ކޮޓަރިއަށް ވަންތަން ބަލަން ހުރެވުނީ ކިހާ އިރަކު ކަމެއް ޙުދު ރީމްއަކަށްވެސް ނޭނގުނެވެ.

“ރީމް؟” މަރިޔަމް ރީމްއަށް ގޮވާލިއެވެ.

“ދައްތާ… އެބަ އަންނަން ވަރަށް އަވަހަށް!” ބަލާކަށް ނުހުރެ ރީމް ދިޔަ ގޮތަށްގޮސް ޔޫޝައު ކޮޓަރީގައި ޓަކި ޖަހަން ފެށިއެވެ. އިރުކޮޅެއް ނުވެ ޔޫޝައު އައިސް ކޮޓަރި ދޮރު ހުޅުވިއެވެ. ރީމް ހުރިތަން ފެނުމުން ޔޫޝައު ދޮރު ލައްޕަން އުޅެނިކޮށް ރީމް ދޮރުގައި ހިފިއެވެ.

“ޔޫޝައު ޕްލީސް… ވަރަށް ވަރަށް މުހިންމެ ވާހަކައެއް! ޕްލީސް!” ރީމް އާދޭސް ކުރަންފެށިއެވެ.

“ނުފެނޭތަ މީހަކު އައިސް އިން ތަނެއް؟ މިގަޑިއަކު ނޫން!” ރުންކުރު ގޮތަކަށް ޔޫޝައު ބުންޏެވެ. ޔޫޝައު ދާން އެއްބަސް ނުވާނެކަން އެނގޭތީ ރީމް ޔޫޝައުގެ އަތުގައި ހިފައި ކޮޓަރިން ނެރެ ބޭރުގައި ހައްދާފައިވާ ބަގީޗާއަށް ޔޫޝައު ގެންދިޔައެވެ.

“ރީމް މީ ކޮންކަމެއް؟” ޔޫޝައުގެ އަތް ރީމްގެ އަތުން ނައްޓުވަމުން ޔޫޝައު ބުންޏެވެ.

“ސޮރީ… ޔޫޝައު ގާތު ރީއްޗަށް ބުނީމަ ނޭނގުނު ވިއްޔަ އަންނާކަށް! ދެން އަޑުއަހާ… އަހަންނަށް ފެނިއްޖެ އެއްކަލަ މީހާ!” ރީމް ބުންޏެވެ.

“ކޮން ކަލަ މީހާ؟” ޔޫޝައު އެހިއެވެ.

“ލަމްނާ މެންގެއިން ނުކުތް މީހާ!” ރީމް ބުނެދިނެވެ. އުނަގަނޑުގައި އެއް އަތް ވިއްދާފައި ނިއްކުރިމަތީގައި އަނެއް އަތް ހިންގާލައި ޔޫޝައު ފުންނޭވާއެއް ދޫކޮށްލިއެވެ.

“ޕްލީސް ރީމް! އަނެއްކާ ތި ޓޮޕިކް ނުފާށާބަލަ!” ފޫހި ރާގަކަށް ޔޫޝައު ބުނެލިއެވެ.

“ޔޫޝައު ޕްލީސް! އެ މީހާ އަކީ ދެންމެ ޔޫޝައު އާއިއެކު ވަދެގެން އައި މީހާ!” ރީމް ވަރަށް ސިރިއަސްކޮށް ބުންޏެވެ. ޔޫޝައުގެ ދެލޯ ބޮޑުވެ ދެބުމަ ގޮށް ޖެހުނެވެ.

“ރީމް ހަމައިގަތަ؟! އެއީ ކާކުކަން އެނގޭތަ ފުރަތަމަ؟ އެ ތުހުމަތު އަވަހަށް މީހެއްގެ ބޮލުގަ އަޅުވަން ވެގެން ދޯ އޭނަ ބޮލުގަ އެޅުވީ؟ އެއީ ކާކު ކަން އެނގޭތަ؟ އެއީ ނާއިފް! އަހަރެން އެންމެ ގާތް އެކުވެރިޔާ! އޭނަ ކީއްކުރަން އަހަންނަށް ދެރައެއް ދޭންވީ؟ ރީމް ހުވާ މި ބުނީ ދެން ތި ވާހަކަ ނުދައްކާތި!” ޔޫޝައު ވާހަކަ ދެއްކީ ކުޑަ ކޮށް ބާރަށެވެ.

“ދައްކާނަން! އަދިވެސް ދައްކާނަން! ޔޫޝައު ހަނދާން ކުރާތި… ކުރިން އެންމެ ގާތްކޮށް އުޅުނު މީހާ މިއަދު ތިމާގެ އެންމެ ބޮޑު ދުޝްމަނަށް ވެދާނެ! އަހަރެން ކީއްކޮށްގެން ޔޫޝައު އަހަރެން ދައްކާ ވާހަކަ ގަބޫލު ނުކުރާނީ؟” ރީމްވެސް ޔޫޝައުގެ ރާގަށް ބުނެލިއެވެ.

“ބަލަ! ލަމްނާއާ ނާއިފަކީ އަހަރެން އެންމެ ކުޑައިރުއްސުރެ ދަންނަ ބައެއް!” ރީމްގެ މުލައްދަޑީގައި ހިފާ ޔޫޝައު ރީމްއާ ގާތް ވެލަމުން ބުންޏެވެ. “އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތް! އަހަންނެއް ގަބޫލެއް ނުކުރާނަން ރީމް ދައްކާ ވާހަކައެއް!”

“ޔޫޝައު! ކިހިނެއް ވެގެންތަ ތިއުޅެނީ… ރީމްގެ އަތުން ދޫކުރޭ!” ބޭރަށް ނުކުން އައިނާއަށް މި މަންޒަރު ފެނި ދުވަމުން އައެވެ.

“އައްދޯއި! ޔޫޝައު ތަދުވެޔޭ!” ރީމް ޔޫޝައުގެ އަތް ނައްޓުވަމުން ބުނެލިއެވެ. ވަގުތުން އެތަނުން ދާން ޔޫޝައު ހިނގައިގަތީ އޭނަގެ އަތާއި ފައިން ގޯހެއް ހެދިދާނެތީއެވެ.

” ޔޫޝައު ޕްލީސް!” ރީމް ޔޫޝައުގެ އަތުގައި ހިފައި ޔޫޝައު ހުއްޓުވިއެވެ. އެވަގުތު ރީމްގެ ލޮލުން ކަރުނަ ނިރާލިއެވެ.

“ޔޫޝައު؟!” އެގޭ މައި ދޮރު މަތީ ހުރި ލަމްނާ އަޑުގެ ނެތް ކޮޅަށް ގޮވައިލިއެވެ. ރީމް ޔޫޝައުގެ އަތުގައި ހިފި ވަގުތާއި ލަމްނާ އެގެއަށް ވަން ވަގުތު ދިމާވުމުން ލަމްނާއަށް މަންޒަރު ފެނުނީ މުޅިން ގޯސްކޮށެވެ. ލޮލުން ފޭބި ކަރުނަތަށް ފޮހެލަމުން ލަމްނާ އެގެއިން ދުއްވައިގަތެވެ.

“ލަމް!!” ރީމްގެ އަތް ފޮޅާލައިފައި ޔޫޝައު ލަމްނާ ފަހަތުން ދުއްވައިގަތެވެ.

“ލަމް! ލަމް! މަޑުކޮށްބަ!” ޔޫޝައު ލަމްނާގެ ފަހަތުން ދުވަމުން ގެންދިޔައެވެ. ޔޫޝައުގެ ދުވުން ބާރުކޮށްލައިފައި ލަމްނާއާއި އެއްވަރަށް އަރައި ލަމްނާގެ އަތުގައި ހިފައި އޭނަ ހުއްޓުވިއެވެ.

“ލަމް؟ ލަމް ތިހީކުރީ ގޯސްކޮށޭ!” ޔޫޝައު އަވަހަށް ބުނެލިއެވެ.

“ގޯސްކޮށޭ؟ ބުނަން ވާހަކައެއް؟ ޔޫޝައު ރީމްއާ ތަންކޮޅެއް ދުރުން އުޅެބަލަ! އަހަރުމެންގެއަށް އައި ދުވަހުވެސް އިނީ ޔޫޝައު ގައި ތަތްލަވައި ގަނެގެން! ކީއްކުރަން މިގަޑީ އެތާ ތިބީ؟” ލަމްނާ ބުންޏެވެ.

“ތަތްލަވައިގެނޭ؟” ޔޫޝައު ކުޑަކޮށް ހިތްހަމަނުޖެހުނެވެ.

“ކިހިނެއްވީ؟ ރީމްއާ ދެކޮޅަށް އެއްޗެކޭ ބުނީމަ ހިތްހަމަނުޖެހުނީތަ؟ ޔޫޝައު ތިހިރީ ހަމަރަނގަޅަށްވެސް އޭނަގެ ސިހުރުގަ ޖެހިފަ!” ޔޫޝައު އަތް ފޮޅައިލަމުން ލަމްނާ ބުނެލިއެވެ.

“ލަމް ޕްލީސް! ތިހެން ހީނުކޮށްބަލަ!” ޔޫޝައު އާދޭސް ކުރާ ރާގަކަށް ބުނެލިއެވެ.

“ޔޫޝައު… ރީމް އައި ފަހުން ބަލަ އަހަރުމެން ދެމީހުންނަށް ވީގޮތް… އަހަންނަށް ރަނގަޅީ ޔޫޝައު އޭނައާ އެއްގޮތަކަށްވެސް ވާހަކަވެސް ނުދެއްކިއްޔާ!” އަމުރުވެރި ރާގަކަށް ލަމްނާ ބުނެލިއެވެ.

“ސޮރީ…” އިތުރަށް ވާހަކަ ނުދަމާ ޔޫޝައު ބޭނުންވީ ވާހަކަ މިހިސާބުން ނިންމާލާށެވެ.

“އިޓްސް އޯކޭ! ހާދަ ލޯބިއޭ ދޯ!” ޔޫޝައުގެ ކޮލުގައި ހިފާލަމުން ލަމްނާ ބުނެލިއެވެ. ‘ސޮރީ’ މިބަހަށް ލަމްނާގެ މިޒާޖު ބަދަލުވި ކަހަލައެވެ.

“މިއަދު މަންމަމެން އަންނަނީ ކޮން އިރަކުން؟” ޔޫޝައު އެހިއެވެ.

“ހަވީރު ހަތަރެއް ޖަހާކަށް ހާއިރު މިކޮޅަށް ލަފާނެ ލޯންޗު!” ލަމްނާ ބުންޏެވެ.

“މަހަށް ދާން ރެޑީ ވައްޗޭ އިނގޭ ހަވީރަށް! ލަމްގެ މަންމަމެންވެސް ބަލާ ދާން ވާންނު ދޯ! އާދޭ އަހަރުމެންގެއަށް ކާން ދާން!” ޔޫޝައު އެދުނެވެ.

“ނޫން! ވަރަށް ބިޒީ… މަންމަމެން އަންނަން ވާއިރަށް ކުރަން ހުރި ބައިވަރު ކަންކަން އެބަހުރި! ޔޫޝައު ދޭ!” ލަމްނާ ބުންޏެވެ.

***

“ރީމް ކިހިނެއްވީ ޔޫޝައު އެހާ ރުޅި އައިއްސަ އެހުރީ!” އައިނާ އެހިއެވެ.

“ލަމްނާ މެންގެއަށް ވަނީ މިގެއަށް ދެންމެ އައި މީހާ… ނާއިފްއޭ ބުނީމަ!” ރީމް އޭނަ އަތުގެ ތަދުވާ ތާގައި ފިރުމަމުން ބުނެލިއެވެ.

“ނާއިފްއޭ! ސުބުހާނަﷲ! ރީމް ދެންވެސް ހިނގާ އެތެރެއަށް ވަންނަން! މަންމަ މިހާރު އަހަރުމެން ހޯދާނެ!” މިހެން ބުނެ ރީމްއާއި އައިނާ އެތެރެއަށް ވަންނަން ހިނގައިގަތެވެ.

***

ލަމްނާ ބުނުމުން ޔޫޝައު ގެއަށް ދާން ހިނގައިގަތެވެ. ލަމްނާ މާގަދަޔަށް ރުޅި ނައިކަން އެއީ ޔޫޝައުގެ ނަސީބެކެވެ. އެހެން ފަހަރުފަހަރު ރުޅި އަތުވެއްޖިއްޔާ އޭނަ ހަމައަކަށް އަޅުވަން އޭހަ އިރު ނަގާނެއެވެ.

“ހަލޯ! އޭ ހަމަ ވަރަށް ރަނގަޅު ގަޑިއަކަށް މަށަށް ގުޅާފަ އަންނަން ތިބުނީ!” ޔޫޝައު ދިއުމުން ލަމްނާ ފޯނު ނަގައި ނާއިފަށް ގުޅިއެވެ.

“އެހެންނު ވާނީ… މަ ކޮޓަރި ތެރޭ އިންދާ އެ ރީމް ދިޔައީ ޔޫޝައު އަތު ހިފައިގެން ބޭރަށް… އެހެން އޭނަ ގެންދިޔައީމަ މަށަށް އެނގުނު ކޮންމެވެސް ގޯހެއް ވާން އުޅޭކަން! އެހެންވެ މަ ލަމްއަށް ގުޅީ!” ޔޫޝައު ކޮޓަރީގައި ބައިންދައިފައި އިންނަ ކުޑަ ސޯފާގައި އިށީންދެގެން އިން ނާއިފް ބުންޏެވެ.

“އަދި އިނގޭތަ؟ ވަރަށް ފައްކާ ވަގުތަކަށޭ ވަދެވުނީ! ރީމް ހުރީ ޔޫޝައުގެ އަތުގަ ހިފައިގެން ހުއްޓާ މަށަށް ވަދެވުނީ… ތަންކޮޅެއް ބޮޑުވަރު ކޮށްލަން ވެގެން އެތަނުން ދުވަމުން މިއައީ… ނަސީބެންނު މަ އެގެއަށް އަީ ކީއްވެގެންހޭ ނޭހިކަން! މިހާރު ޔޫޝައު ދާނެ ގެއަށް… ދެން ފޯނު ބާއްވާ!” ލަމްނާ މިހެން ބުނެ ފޯނު ބާއްވައިފައި ގެއަށް ދާން ހިނގައިގަތެވެ.

“އޭ! ނާއިފް! އާދޭ ކާންދާން!” ކޮޓަރިއަށް ވަން ޔޫޝައު ނާއިފަށް ގޮވިއެވެ.

“ހިނގާ ދޯ! ޔޫޝައު ކޮޓަރިން ދަމާ ނެރުނީ ކޮންކުއްޖެއްތަ؟” ނޭނގޭ ކަމަށް ހަދައިފައި ނާއިފް އާހަލިއެވެ.

“އެއީ ދޮންތަގެ ފްރެންޑެއް… އަޅާ ނުލާ… އޭނަ އުޅޭނީ އެހެން!” ޔޫޝައު ބެލީ ރީމްގެ ވާހަކަ ވީހާވެސް ބޮޑަށް ނުދެއްކާވޭތޯއެވެ.

މެންދުރުގެ ހޫނުކަން ދުނިޔެމަތިން ކެނޑި ހަވީރުގެ ހިތްގައިމުކަން ރަށުތެރެއަށް ފެތުރެން ފަށައިފިއެވެ. ޔޫޝައުއާއި ޔޫނުސްއާއި ނާހިލްއާއި ނާއިފްމެން ތައްޔާރު ވަމުން އެދަނީ މަހަށް ދާން ނަނުތަކާ އެއްޗެހި ހަމަކުރާށެވެ. ރީމްމެން ފިހާރައަށް ގޮސް ލުއިކަނާ ކޮޅެއް ގަނެގެން ގެއަށް އައިސް އެ ސާމާނުތަށް ދަބަހަކަށް އަޅަން ފެށިއެވެ. ފެންފުޅިތަކާއި ދަޅުތަކާއި އެއްޗިސް “އައިސް ބޮކްސް” އަށް ލައި އެވެސް ތައްޔާރު ކޮށްނިމިއްޖެއެވެ. ގަޑިން ހަތަރު ގަޑި ބައިވާން ގާތްވެފައި ވަނިކޮށް ލަމްނާގެ މަންމައާއި ބައްޕަމެން ތިބި ލޯންޗު ރަށަށް ލެފިއެވެ. ޔޫޝައުގެ އިތުރުން މަރިޔަމާއި ހަސަނުވެސް އެމީހުން އަންނަތަނަށް ދިޔައެވެ. ލަމްނާގެ މަންމަމެން ގެޔަށް ލައިފައި ޔޫޝައު އާއި ލަމްނާ ޔޫޝައު މެންގެއަށް ދިޔައީ އެއްޗިސް ހިފައިގެން މަހަށް ދާން ފުރާށެވެ. އެންމެންވެސް އެއްޗެހި ހިފައިގެން ބަނދަރާއި ހަމައަށް ދެވުން އިރު ފަހެއް ޖަހައިފިއެވެ.

ފުދޭވަރަކަށް ބޮޑު ޑިންގީއެއްގައި އެ ނުވަމީހުން މަހަށް ދާން ނައްޓާލިއެވެ. އެންމެން އިށީންދެ ނިމުނު އިރު ޔޫޝައުއަށް ޖެހުނީ ރީމްގެ ކުރިމައްޗަށް ވާ ގޮތަށް އިށީންނާށެވެ. އިތުރު ގޮތެއް ނެތިގެން ޔޫޝައު ގޮސް އެތާނގައި އިށީނެވެ. ރީމްގެ ދެފަރާތުގައި ހުދާއާއި ޒިއުނީ އިށީންދެގެން ތިބިއިރު އައިނާ އިނީ ޔޫޝައުއާއި ޔޫނުސްގެ މެދުގައި އިށީންދެގެންނެވެ. ނާއިފް އިނީ ޑިންގީ ދުއްވަން އިން ނާހިލް ގާތު އިށީންދެގެންނެވެ. ލަމްނާ އިނީ ޔޫޝައުއާއި ޖެހިގެންނެވެ. ޔޫޝައު ދަބަހުގައި އޮތް ކެމެރާ ނަގައި ފޮޓޯ ނަގަން ފެށިއެވެ. އެންމެންވެސް މަޖާ ވައްތަރުތަށް ޖައްސައިގެން ތިބިއިރު ޔޫޝައު ދިޔައީ އެމީހުންގެ ފޮޓޯ ނަގަމުންނެވެ. މޫސުން ރީތިވެފައި ކަނޑުމަޑެވެ. އެހެންކަމުން އެ ދުވަހުގެ އިރުއޮއްސުނު މަންޒަރު ވަރަށް ހިތްގައިމެވެ. ރަންރިހި ކުލަތަކުން މުޅި ޖައްވުވަނީ ޖަރީވެފައެވެ. ޔޫޝައު އުޅުނީ އެމަންޒަރު ފޮޓޯ ނެގުމުގައި މަސްޢޫލުވެއެވެ. އެހެން އެންމެން އެގަޑީ އުޅުނީ ނަނުތަށް ނަގައި މަންޒިލަށް ދެވެން ވާއިރަށް ތައްޔާރު ވާށެވެ.

އިރުއޮއްސުނު ފަހުން އެމީހުން މަސްބާނާ ތާގައި މަޑުކޮށްލިއެވެ. އެންމެންވެސް އަވަސް އަވަހަށް ނަނުތަށް ނަގައި ކަނޑަށް ދޫކުރަން ފެށިއެވެ. ރީމް ކުރީ އިންތަނުން ތެދުވެ އެހެން ތަނަކަށް ދިޔައެވެ. މުޅި މާހައުލުގައި ހަނދުގެ ފަނޑުއަލިކަމާއި ޑިންގީގެ ކޮޅުގައި ދިއްލައިފައި އިން ރަތް ކުލައިގެ ކުޑަ ބޮކީގެ އަލިކަން ފިޔަވައި އެހެންއެއްވެސް އަލިކަމެއް ނެތެވެ. އެހެން ކަމުން އެންމެންވެސް ފެންނަނީ ހިޔަނިން ފަދައިންނެވެ. އެންމެ ފުރަތަމަ މަހެއް ބޭވުނީ އައިނާއަށެވެ. އުފަލުން ގޮސް އައިނާއަށް ހުރެވެނީކީއެއް ނޫނެވެ. އެހާ ދުވަސްފަހުން އެކަހަލަ ދަތުރެއް ކުރީމަ ވާނީވެސް މިހެނެއް ނޫންހެއްޔެވެ؟ ނާއިފްއަށާއި ޔޫނުސްއަށް ޖެހުނީ ގަލުއެޅޭ ކަންވާރުތަށް ނައްޓަދިނުމާއި މަސް ބޭނުމުން އޭތި ބުޅިން ނައްޓާހާދާ ދޭށެވެ. ރީމްއަށް އެއްކަމެއް ފާހަގަވިއެވެ. ލަމްނާގެ ނަނު ގަލުއެޅިއްޖެނަމަ ނޫނީ މަހެއް ބާނައިފިނަމަ އަބަދުވެސް އޭނަ ގާތު ހުންނަނީ ނާއިފްއެވެ. އެންމެ ފުރަތަމަވެސް ދުވެފައި ދަނީ އޭނައެވެ. މިސަބަބަށްޓަކާއި ހުރެ ރީމްގެ ޝައްކުތަށް މަޑު މަޑުން ޔަޤީނަށް ބަދަލުވަމުން ދިޔައެވެ.

ރީމްވެސް އިނީ މަހެއް ބޭނޭތޯ ކެތްމަދުވެފައެވެ. އެހެން އެންމެނަށް މަސް ބޭނޭއިރު ރީމްއަކަށް އަދިއެއްވެސް މަހެ ނުބޭނެއެވެ. އެއްމަސް ނަމަވެސް ބޭނޭތޯ ރީމް އިނީ ދުޢާ ކޮށްލަކޮށްލައެވެ. ސުމެއް ކަޓުވާލެވޭތޯއެވެ. އެއްއަތުން ކަންވާރުގައި ހިފައްޓައިގެން އަނެއް އަތް ޑީންގީގައި ވިއްދައިލައިގެން އިން ރީމްގެ އަތްމަތީގައި މީހަކު ހިފާ ބަރުކޮށްލިހެން ހީވެގެން ރީމް ބަލައިލި އިރު…

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Raaya

Level 210 Stories100 Comments

Other Articles

Previous

އިންތިހާ (ޓްރެއިލާރ)

Next

ވަކިވެދިޔަޔަސް…(1)

Next
July 27, 2020

ވަކިވެދިޔަޔަސް…(1)

Previews
July 27, 2020

އިންތިހާ (ޓްރެއިލާރ)

6 Comments!

  1. Starlight vixx says:
    July 27, 2020 at 3:38 pm

    Yayyy me first dho anyways varah reethi mi part ves curiously waiting for the next part ☺️☺️☺️☺️☺️☺️☺️☺️

  2. Raaya says:
    July 27, 2020 at 4:39 pm

    yess!! thank you starlight vixx

  3. ?Kukkyyy? says:
    July 27, 2020 at 5:12 pm

    Wow mi part vx vrh reethi.. Lamnaa haadha goahey dhw.. ? Anyway waiting to read the next part, ☺️
    Stay safe tc ❤️

    1. Raaya says:
      July 27, 2020 at 7:05 pm

      yeah… lamna varah goaskoh dhw ulheny… keehkuraany… awwn thanks kukkyyy in sha allah varah avahah 11 vana bai up kohdheynan

  4. Nafu✨ says:
    July 27, 2020 at 7:23 pm

    lamnaaaaaa.. haadha goahey dhw.. adhi yooshau ge best friend ulhey goii balaabala.. huh.. vr foohi vey… btw masha allah.. vr vr vr vr rythi mi dhe bai vs.. raaya ge sifa kurunthah vs nafu ah vr kamudhey.. masha allah.. alhey ehkanthah yooshau ah engihjje nama haadha dheraeh vaaney.. nafu ah dheveyne nama yooshau ah visnadheyn.. hehe.. vr furihama . curiously waiting for nxt part.. avahah up kohdhehchey.. stay safe..

    1. Raaya says:
      July 27, 2020 at 10:13 pm

      dhww asluves! lamna e ulheny hama rangalhavx yooshauge loluga gada andhuneh alhuvaigen… raaya ah vx vaanama vaahaka thereah vade yooshau ah hurihaa vaahaka eh kiyaadhinymus! awwwn varah bodah shukuriyya nafu! varah ufaavehjje nafu ah vx raaya ge sifa kurinthah reethi veema!! yup… maadhama aneh part genesdheynan… in sha allah!

Comments are closed.

Next Episodeނޭނގި ވެވުނީ ލޯތްބޭ- 11←


All Right Reserved!