* “މީ ރުޅި.. ބިރެއް ނޫން.. ބިރުނަމަ ރަވިކާންގެ އަތުގައި ވިކައިގެން ނަމަވެސް ތިރިއަށް ފުންމާލާނަން..” ޒައިލީން ދޮގެއް ހަދާލިއެވެ. ”ގަދަކަމުން މީހެއް ސަލާމަތެއް ނުކޮއްދެވޭނެ.. އެހެންވެ ދެން މި ދޫކޮއްލަނީ..” ރަވިކާން އެހެން ބުނަމުން ޒައިލީންގެ އުނަގަނޑުން ދޫކޮއްލިއެވެ. *

ޒައިލީން ހަޅޭއްލަވައިގަނެފައި ރަވިކާންގެ އަތުގައި އޮޅުލައިގަތެވެ. ޒައިލީންގެ ހިތުގެ ތެޅުން ރަވިކާންގެ އަތަށް އިހުސާސް ވަމުން ދިޔައެވެ.

“އަދިވެސް ފުންމާލަން އުޅެއްޗޭ..” ރަވިކާން މަލާމާތުގެ ހިނިގަނޑެއް ޖަހާލާފައި ޒައިލީންއާއި ދިމާލަށް ބަލާލިއެވެ. ރަވިކާންއަށް ކޮންމެ ފަހަރަކު ކާމިޔާބު ލިބެނީ ކީއްވެ ހެއްޔެވެ.؟ ޒައިލީން ނުތަނަވަސްވެގެން ނަމަވެސް ރަވިކާންގެ އަތުގައި ވިކައިގަތެވެ. ރަވިކާން ނުވިސްނާހުރުމުގެ ސަބަބުން ޒައިލީން ދޫވެގެން ބިމަށް ވެއްޓެން ދިޔައެވެ.

ވެއްޓެމުން ދިޔަ ޒައިލީންއަށް އެކަން ކުރެވުމުގެ މޮޔަ ހީވިއެވެ. ރަވިކާން އެ އުދުހެނީ ކިހާ މައްޗެއްގައި ކަން ނޭނގި ތިރިއަށް ފުންމާލެވުނީ މޮޅުވާނީ ރަވިކާން އެކަނި ނޫންކަން އަންގާލަދޭން ވެގެންނެވެ. އެކަމަކު ދެން ތިރިއަށް ވެއްޓި މަރު ނުވާނެކަމެއްވެސް ނޭނގެއެވެ. ނަމަވެސް ރަވިކާން އުދުހިފައި އެ ދިޔަގޮތަށް ޒައިލީންގެ އުނަގަނޑުގެ ހިފޭއްޓިގޮތުން ހީވީ ލުއިފަތެއްގައި ހިފިހެންނެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ދިޔަ ޒައިލީންއަށް ހަމަ ނޭވާއެއްލާން ފުރުސަތު ލިބުނީ ދެނެވެ. ދެލޯ މަރައިގެން ފުންކޮށް ނޭވާ ލާން ޒައިލީން ހުރިއިރު ރަވިކާންގެ ތުންފަތުގައި ކުޅެލާފައިވަނީ ލާނެތް ހިނިތުންވުމެކެވެ.

ނަމަވެސް ތިރިއަށް އުދުހިލުމަށްފަހު ރަވިކާން އަނެއްކާވެސް ޒައިލީން ވައްޓާލިއެވެ. މިފަހަރު ވައްޓާލީ ގަސްތުގައި ކަމެއް ނޫނީ ރަވިކާންގެ އަތުން ޒައިލީން ދޫވެގެން ވެއްޓުނީކަމެއް ނޭނގުނެވެ. ޒައިލީން މޫނު މަތީގައި އަތް އަޅައިގެން އޮވެ ލޯ ހުޅުވާލީ ޝަހާދަތުގެ ދެކަލިމަ ކިޔާލުމަށާއި އެ އަނދިރިގަނޑަށް އެންމެ ފަހު ނަޒަރެއް ހިންގާލުމަށެވެ. ނަމަވެސް ޒައިލީން އަލުން ގޮސް ވެއްޓުނީ ސީދާ ރަވިކާންގެ އަތްދަނޑި މައްޗަށެވެ. ތުންފަތުގައި ދަތްއަޅާލަމުން ޒައިލީން ރަވިކާންއާއި ދިމާލަށް ލޯ އަޅާލިއެވެ.

“އަދި އެއްބުރު ވައްޓާލަންތަ..؟ ދުވަސްކޮޅެއް ވެސް ވެއްޖެ މީހަކު ވައްޓައިނުލާތާ..” ރަވިކާން އެއްސެވެ. ދެން ޒައިލީން އައިގޮތަށް އައިސް ކޮއްލިކަމަކުން ރަވިކާން ގާތަށް އައީ ހިންޏެވެ. ޒައިލީން އައިގޮތަށް އައިސް ރަވިކާންގެ ކޮނޑުގައި އަޅާ ބިންމައްޗާއި ދިމާލަށް ކޮއްޕާލިއެވެ. ނަމަވެސް ރަވިކާން ހުރިތަނުން ގުޑާވެސް ނުލިއެވެ. ހީވަނީ ބަރުބަރު ހިލަގަނޑެއްހެންނެވެ. ”އޯކޭ.. އަބަދު އިންސިކުއްޖާ ދެރަ ކުރާކަށް ނުވާނެތާ… އަދި އެއްފަހަރު ކޮއްޕާލާ..” ރަވިކާން މޫނު ހަދާލަމުން ބުނެލިއެވެ. ޒައިލީން އައި ރުޅިން ރަވިކާންގެ ފައިމައްޗަށް އަރާ ފަޔަށް ބާރު ކޮއްލިއެވެ. އަދި ރަވިކާން ކޮއްޕާލިއެވެ. ރަވިކާން ވެއްޓިގަތީ ގަސްތުގައެވެ. ޒައިލީން ކުޑަކޮށް އުފާކޮއްލާށެވެ. ނަމަވެސް އެ އަމަލުން ޒައިލީންގެ ރުޅިވީގަދައެވެ.

ޒައިލީން ދުވެފައި އައިސް ރަވިކާންގެ އަތުގައި ބޮނޑިއެއް އަޅަން އުޅުނެވެ. ނަމަވެސް ގާ ކޮޅަކަށް ފައިން އެރި ޒައިލީން ވެއްޓެން ދިޔައީ ބިންމައްޗަށެވެ. އެތަން ފެނި ރަވިކާން އެތާ ވަރަ ފަތުރާލިއެވެ. ޒައިލީން ވެއްޓުނީ ރަވިކާންގެ ވަރައިގެ މައްޗަށެވެ. “އަދިވެސް ރުޅި މަޑުކުރާކަށް ނުވޭތަ..؟ ތިކަހަލަ ގޮތަށް އުޅޭ އިންސިން ހަމަ އެއްގޮތަކަށްވެސް އަހަރެންނަށް ދަހެއް ނުވޭ..” ލޯ މަރައިގެން ބޯދަށަށް އަތް ލައްވާލައިގެން އޮވެ ރަވިކާން ބުނެލިއެވެ. ޒައިލީން ރުޅި ފިނިކޮއްލަންވެގެން ރަވިކާންގެ ވަރައިން ފަތެއް އުފުރާލިއެވެ.
“އައު.. އޯކޭ ވެއްޖެތަ މިހާރު..؟” ފަތް އުފުރާލުމުން ތަދުވެގެން ރަވިކާން އަޑެއް ލައްވާލުމުން ޒައިލީން ދެރަވިއެވެ. ރަވިކާން ދެކެ އިންތިހާއަށް ރުޅި އަންނައިރު ރަވިކާންއަށް އަނިޔާއެއް ވާއިރަށް އެ ދެރަވަނީ ކީއްވެގެން ކަމެއް ޒައިލީންއަކަށް ނޭނގުނެވެ.

“ސޮރީ..” މަޑުމަޑުން ވަރައިގައި ފިރުމާލަމުން ޒައިލީންއަށް ބުނެވުނެވެ. ރަވިކާން ހައިރާން ވެގެން ލޯ ހުޅުވާލަމުން ޒައިލީން އާއި ދިމާލަށް އެނބުރުނެވެ. ޒައިލީންއަށް އެ މޫނަށް ބަލާލެވުމުން ހަނދާންވީ ހެއިލަން މަތިންނެވެ. ޒައިދާންއާއި އަލްޔާ ހިތަށް އެރުމުން އެ ހަނދާންތަކުން ދުރުވެލުމަށް ޒައިލީން ރަވިކާންގެ ވަރަ މަތީގައި އޮށޯވެލަމުން ހަމަޖެހިލިއެވެ. “އޭ އިންސި ކުއްޖާ ހިތްހަމަޖެހޭވަރުގެ ތަނަކަށް ގެންގޮސްދެންތަ..؟” އުއްޑުން އޮށޯވެލަމުން ރަވިކާން އެހެން އެހީ ވެސް އަޑަށް ކުރީގެ ލާނެތްކަން ގެންނަމުންނެވެ. “މި އަނދިރި ގަނޑުގައި ބަލާނެ ރީތިތަނެއް އޮންނާނެ..؟” ޒައިލީންއަށް އެހުނެވެ. “ބަލާލަން ބޭނުމިއްޔާ އާދޭ..” ތެދުވެފައި ޒައިލީން ނަގަން އަތް ދިއްކޮއްލަމުން ރަވިކާން ބުނެލިއެވެ. “ހުއް.. އަދި މާ ޖެންޓަލްމެން ވާހިތުން އެބަ އުޅެއެއްނު..؟” އެއަތަށް ތުންއަނބުރާލަމުން ޒައިލީން ތެދުވިއިރު ހިތުގައި ވީ އެހެންނެވެ. ދެންމެ އޮތް ހަމަހިމޭން ރީތި ވަގުތުކޮޅު ހީވަނީ ކުނޑިކުނޑިވެގެން ގޮސް ވަޔަށް ބުރައިގެން ދިޔަހެންނެވެ. ކުރިން އޮތް ރުޅިވެރިކަމަށް ބަދަލުވެގެން ހިނގައްޖެއެވެ.

ރަވިކާން ޒައިލީންގެ އަތުގައި ހިފިއެވެ. ޒައިލީން ސިހިފައި އަތް ފޮޅުވާލަން އުޅުނެވެ. “ސާބަސް.. އިންސި ކުއްޖާ ތިއީ އަބަދު ގާކޮޅެއްގައި އަޅައިގަނެގެން ވެއްޓިފައި އޮންނަ މީހެއް..” ރަވިކާން ދިމާ ކޮށްލިއެވެ. ޒައިލީން ތުންފިއްތާލަމުން ރަވިކާންގެ އަތުގައި މަޑުމަޑުން ހިފިއެވެ.

ކުއްލިއަކަށް ހީވީ ލޯމަތީގައި އަޅާފައިވާ ކަޅުކުލައިގެ ފޮތިގަނޑެއް ލޯމަތިން ނެގިހެންނެވެ. ވަށައިގެން ފުދޭވަރަކަށް އަލިވިއެވެ. ނަމަވެސް އަނދިރިއެވެ. އަނެއްކާ އެހުރެވުނު ތަނެއްގެ ރޭގަނޑު ވީ ހެއްޔެވެ.؟ ދެ މީހުންނަށްވެސް ހުރެވުނީ ބަގީޗާއެއްހެން ހެދިފައިވާ ބޯ ވިނަތަކެއްގައެވެ. ޒައިލީން ފަހަތް ބަލާލިތަނާ ހެން ފެނުނީ ކުޑަ ބާގަނޑެކެވެ. ރަވިކާން އާއެކީގައި ދެންމެ ނުކުމެވުނީ އެތަނުންކަން ޒައިލީންއަށް އެނގުނެވެ. “އެއްވެސް ސުވާލެއް ނުކުރާނަންތަ އިންސިކުއްޖާ..؟” ޒައިލީން މަޑުން ހުރުމުން ރަވިކާން އެއްސެވެ.

މާހައުލާއި ދޭތެރޭގައި ހައިރާންވެގެން ޒައިލީން ވަނީ ބޯ ކަމުން މީހަކު ވަންނަހިތުންވެސް ވަންނަފަދަ ވިނަގަނޑެއްގެ ތެރެއަށެވެ. ވިނަގަނޑުގެ ފަހަތުން ފެނުނު މަންޒަރުން އެ މާހައުލާއި ދޭތެރޭ ޒައިލީންގެ ހިތުގައި އުފެދުނު ޝައުގުވެރިކަން ވީ ބޮޑެވެ. ޒައިލީން މަޑުމަޑުން ވިނަތަކުގައި އަތް ބީއްސާލިއެވެ. މަޑެވެ. އިސްކޮޅަށްވުރެ ބޮޑުކޮށް އެހެން ވިނަ ހެދޭބާވައޭ ޒައިލީންގެ ހިތަށް އެރިއެވެ.

އެއީ ކުޑަކުޑަ ގެއެއް ފަދައެވެ. ބޮޑުކަމުން ދެތިން މީހުންނަށް އެއްފަހަރާ އިށީނދެވޭވަރުގެ އުނދޯއްޔެއް ކަނާތް ފަޅީގައި ހުއްޓެވެ. އެއީ އެނދެއް ފަދައެވެ. މަޑު ކުނަލަކާއި ދެ ބާލީސް އޮތެވެ. އެތާ ތެރޭގައިވެސް މާތައް ހެދިލާފައިވެއެވެ. އެކިކުލަކުލައިގެ މާތަކެވެ. ރަތްކުލައިގެ މަލާއި އޮރެންޖު މަލާއި ރީނދޫމަލާއި ފިޔާތޮށި ކުލައިގެ ރީތިކަމެވެ. ޒައިލީން ހުރީ ހައިރާންވެފައެވެ. މިއުޅެވެނީ ހުވަފެނެއްގަޔޭ ޒައިލީންގެ ހިތަށް ހާސްފަހަރަކު އެރިއެވެ. އިންސާނެއްގެ ހިލަމެއް ނުވާ އެތަނުގައި ބާލީސް ފަދަ އެއްޗެހި ހުރުން ވެގެން ދިޔައީ ޒައިލީންއަށް ވަރަށް އާ ކަމަކަށެވެ. ރާއްޖޭގައި ޒައިނާމެންގެ ގޭގައި އެފަދަ އުނދޯއްޔެއް ހުންނަކަން ޒައިލީން ހަނދާންވިއެވެ. މިފަދަ މަންޒަރެއް ފެނުމުން ޒައިލީން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޒައިލީންއަށް ނޭނގުނީ ޒައިލީންގެ ހަރަކާތްތަކާއި ދޭތެރޭ މާ ބޮޑަށް ޝައުގުވެރިވެފައި ރަވިކާން ބަލަން ހުރިކަމެވެ.

އެތާ ތަންކޮޅެއް ބޭރުގައި މޭވާއިން ފުރިފައިވާ ގަސްތަކެއް ހުއްޓެވެ. ޒައިލީން ހައިރާން ވެގެންގޮސް އަމިއްލަ އަތުގައި ބާރަކަށް ވިކާލެވުނީ އެއީ ހުވަފެނެއްނޫންކަން ޔަގީންކުރުމަށެވެ. އެއީ ހުވަފެނެއް ނޫނެވެ. އަތަށް ތަދުވެސްވިއެވެ. “މިއީ އަހަރެން އުޅޭތަނަކީ..” އިރުކޮޅެއްފަހުން ރަވިކާން ބުނެލިއެވެ. “ދެން އެ ގެޔޯ…؟” ޒައިލީން ދެންމެ ފާރަވެރިންގެ ބައިގަނޑު ވަތް ގޭގެ ވާހަކަ އެއްސެވެ. “އެއީ ވަގުތީ ގެއެއް.. އެ މީހުން އަހަރެން ހޯދަން އަންނަ ކޮންމެ ފަހަރަކު ކޮންމެވެސް އެހެން ގެއަކަށް އަހަރެން ދާން ޖެހޭ..” ރަވިކާން އެހެން ބުނެލީ މަޑު އާހެއް ދޫކޮއްލަމުންނެވެ.

”އެމީހުން ކީއްވެގެން ރަވިކާން ހޯދަނީ..؟ ނޫން ނޫން.. ހެޔޮ ނުކިޔައިދިނަސް.. ޒައިލީންގެ ސަލާމް…” ޒައިލީން ހަނދާންވީ ރަވިކާންގެ ދެވަރަ މަތިންނެވެ. ރަވިކާން އައުލްކީންގެ ވާހަކަތައް ކިޔައިދިން ގޮތުން އައުލްކީންގެ ދެވަރަ ހުރެއެވެ. އަދި އައުލްކީންއަކީ ނުބައި މީހެއްކަމަށް ބުނެފައިވުމުން ރަވިކާން ވަކި ރަނގަޅު މީހަކަށް ނުވާނެއެވެ. ޒައިލީން ބިރުގަތީ އެހެން ވެގެންނެވެ. “ކޮންތާކަށް ތިދަނީ..؟” ރަވިކާން އެއްސެވެ. “މި ތަން ފިޔަވާ އެހެން ކޮންމެވެސް ތަނަކަށް.. ނޫނީ އައުލްކީން ހޯދަން.. އައުލްކީން އަހަރެން މިތަނަށް ގެނައީ.. އަނބުރާ އަހަރެން އައިތަނަށް ފޮނުވާދެވޭނީވެސް އައުލްކީންއަށް އެކަނި…” ޒައިލީންގެ ޖަވާބު ހުރިގޮތުން ރަވިކާން ރުޅިއައެވެ. ރަވިކާން ދަތްކުނޑި ވިކާލިގޮތުން ޒައިލީން ކުޑަކޮށް ބިރުގަތެވެ. ރަވިކާން ރުޅި އައިސްފިއްޔާ ކޮންމެ ކަމެއްވެސް ކޮށްފާނެކަން ޒައިލީންއަށް ވިސްނެއެވެ.

“އެހެންތަ..؟ ބާރީއަށް ނުވަތަ އޭނާގެ ފާރަވެރިންނަށް އިންސިކުއްޖާ ފެނިއްޖެނަމަ ވަގުތުން ހައްޔަރު ކުރާނެ.. އިންސިކުއްޖާވެސް ލާނީ އައުލްކީން ހުރި ތަނަށް.. އެއީ މިކޮޅުގައި އަހަރެމެންގެ ތެރެއިން ނުލަފާ ޖިންނިން ބަންދު ކުރާ ތަން.. އެތަނަށް ލައި ބަންދު ކުރި އެންމެ ބާރުގަދަ ކަމަށް ދައުވާ ކުރި ޖިންނިންނަށް ވެސް ނުކުޅެދުނުކަމެއް އެއީ އެތަނުން ސަލާމަތްވުން.. ތިއީ އަދި އިންސިއެއް.. ޖިންނި އަކަށް ނުކުރެވުނު ކަމެއް ބާރެއް ނެތް އިންސިއަކަށް ކިހިނެތް ކުރެވޭނީ..؟” ރަވިކާން އެ ރުޅީގައި ވާނެގޮތް ކިޔައިދިނެވެ.

“އަހަރެން މީ އިންސިއެއް.. ޖިންނިއެއް ނޫން..” ޒައިލީން އެބުނި ޖުމްލައިގައި ހިތްވަރުގަދަ ކަމަށްވުރެ ވަނީ މަލާމާތުގެ ގޮތެވެ. އެކަމާއިހެދި ރަވިކާންގެ ގާތަށްއައީ ހިންޏެވެ. “އެންމެރަނގަޅު.. ދާން ބޭނުން ވާ ތަނަކަށް ދޭ.. ތިއީ އަހަރެންގެ އެއްވެސް މީހެއް ނޫން.. ހިތަށްއަރާ މިހާރު ކީއްވެގެންބާއޭ ތިކުއްޖާ ސަލާމަތް ކުރަން ވިސްނުނީވެސް…” ރަވިކާން އެހެން ބުނެލާފައި ފަހަތަށް އެނބުރުނެވެ. އެއަޑުގައި ފުދޭވަރަކަށް ތަފާތު ކަން އެކުލެވިގެންވާކަން ޒައިލީންއަށް ފާހަގަ ކުރެވުނެވެ. ކުޑަކޮށް ދެރަވި ނަމަވެސް ޒައިލީން ވިނަތައް އެއްފަރާތް ކުރަމުން އެތަނުން ބޭރަށް ނުކުންނަން ހިނގައިގަތެވެ.

ކުއްލިއަކަށް އެނބުރެމުން ސެނބުރެމުން އައި ދަލެއް ފާޑު އެއްޗެއް ޒައިލީންއާއި ރަވިކާން އެކުގައި ހައްޔަރު ކޮއްލިއެވެ. ރަވިކާން ވަގުތުން ވަރަ ހުޅުވާ އުދުއްސައިގަންނަން އުޅުނެވެ. ނަމަވެސް ދާގަނޑު ކުޑަ ވަމުން ރަވިކާންގެ ވަރަ ނުހުޅުވާލެވޭވަރަށް ކުޑަވެއްޖެއެވެ. އެ ދާގަނޑު ހީވަނީ ތެރަސްގަނޑެއް ހެންނެވެ. ރަވިކާން ވަރަ ލައްޕާލުމުގެ ކުރިން ވަރައިގައި ދާގަނޑު ތަތްލަވައިފިއެވެ. ޒައިލީން ފައި އޮޅިގެން ބިންމައްޗަށް ވެއްޓުނެވެ. ކުރިއަށް ބަލާލެވުނު ވަގުތު ދެ ފާރަވެރިން ފެނުނެވެ. އެ ދެމީހުން ދާގަނޑު ބިންމަތީގައި ދަމަމުން ދިޔައިރު ޒައިލީންއަށް ތަދުވަމުން ދިޔައެވެ. ކިތަންމެ ވަރަކަށް ރޮއި ހަޅޭއްލެވިޔަސް އެމީހުންގެ ހިތަށް އަސަރު ކޮށްގެން މަޑެއް ނުކުރާނެކަން ޒައިލީންއަށް އެނގެއެވެ. ދަމާފައި ގެންގޮސް ދާގަނޑު ޖެހުނީ ފެންގަނޑެއްގެ ތެރެއަށެވެ.

އެއީ ޒައިލީން ރާއްޖޭގައި އުޅުނުއިރު އެރުނު ފަދަ މޫދެއް ނޫނެވެ. ހަޑި ފެންގަނޑެކެވެ. މައްޗަށް އަރަން ބޭނުންވިޔަސް ޒައިލީންއަށް މައްޗަކަށް ނޭރުނެވެ. ދާގަނޑު ވަނީ ޒައިލީން ލައިގެން ހުރި ހެދުމުގައި ތަތްލަވާފައެވެ. ޒައިލީންއަށް ނޭވާލާނެ ވަގުތެއް ނުލިބުނެވެ. ނޭވާ ހާސްވަމުން ދިޔައެވެ. ނޭފަތުން ބޮކި އަރައަރާ ހުރެފައި ބޮޑު ތިންބޮކި އެރިއެވެ. ޒައިލީންގެ ނޭވާ ހުސްވީއެވެ. ނޭވާނުލެވިގެން ޒައިލީން ތެޅި ފޮޅޭތަން ބަލަން ރަވިކާންއަށް ހުރެވުނީ އެއްވެސް ކަމެއް ކުރަން ނުކުޅެދިފައެވެ. ޖިންނި އަކަށްވުމުން އިންސާނުންނަށްވުރެ ނޭވާ ދިގެއެވެ.

ޒައިލީންގެ ހަރަކާތް ހުއްޓުމުން ރަވިކާން ކުޑަކޮށް ކަންބޮޑުވާގޮތް ވިއެވެ. ހަރަކާތެއް ނެތި ޒައިލީން އޮންނަން ފެށުމުން ރަވިކާންއަށް ޒައިލީންގެ އަތުގައި ކޮށްޓާލެވުނެވެ. މަރުވެފައިވާ މީހެއް ފަދައިން ޒައިލީން އޮތްއިރު ނޭވާ ނުލެވޭނެކަން ރަވިކާންއަށް ވިސްނުނެވެ.

އެންމެފަހުން ރަވިކާން އެމަންޒަރު ބަލަން ނުހުރެވިގެން ރަވިކާން އަޑިއަށް ފީނައިގަތެވެ. ރަވިކާން އަޑިއަށް ފީނައިގަތީ ދާގަނޑު އޭނާއާއިއެކީގައި ދާނެކަން ޔަގީން ވުމުންނެވެ. ރަވިކާންގެ ބޮލުގައި ޒައިލީންގެ ފައި ޖެހޭހާވަރަށް އަޑިއަށް ފީނައިގަތުމަށްފަހު ޒައިލީންގެ އުނަގަނޑުގައި އަތްއަޅުވާލައިގެން މައްޗަށް އެރިއެވެ. ރަވިކާން ފެންގަނޑުން މައްޗަށް އަރާ ދެތިން ނޭވާއެއް ލާފައި ޒައިލީން އޭނާގެ ވަރައަށް ބާރު ނުކުރާނެހެން ކޮނޑަށް ލިއެވެ. އަދި ޒައިލީން ފެނުން މަތީގައި ބާއްވައިގެން ރަވިކާން ދާގަނޑު ދަމާ ވަރަށް ފަތަމުން ކުރިއަށް ދިޔައެވެ. ދޭތެރެ ދޭތެރެއިން ރަވިކާން މައްޗަށް އަރާ ފުން ނޭވާއެއް ލާފައި ފަތަން ފަށައެވެ.

އިރުކޮޅެއް ފަހުން ދާގަނޑު ދެމުމަށް ހުއްޓުމެއް އައެވެ. ރަވިކާން ވަރުބަލިވީ ވެސް އެ ވަގުތުކޮޅުގައެވެ. ޒައިލީންގެ އަތުގައި ހިފާ ބާރު ކޮއްލައިގެން ފެންމަތީގައި އޮވެވޭތޯ ރަވިކާންއަށް ކުރެވެންއޮތް އެންމެހާ މަސައްކަތެއް ކުރަމުން ދިޔައީ އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށްވުރެވެސް ޒައިލީންގެ ފުރާނަ ސަލާމަތް ކޮއްދެވޭތޯއެވެ.

އަމިއްލަ ނަފްސަށް ވަމުން ދިޔަގޮތުން ރަވިކާން އަމިއްލައަށް ހައިރާންވިއެވެ. ރަވިކާންއަކީ ދުވަހަކުވެސް މީހެއްގެ ފުރާނަ ސަލާމަތް ކޮއްދެވޭތޯ އުޅުނު މީހެއް ނޫނެވެ. އޭގެ ބަދަލުގައި އަމިއްލަ ސަލާމަތް ހޯދަން ވެގެން އެހެން ބައެއްގެ ފުރާނަތައް ނުރައްކަލުގެތެރެއަށް ވައްޓާލުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެކެވެ. ނަމަވެސް ޒައިލީންގެ އަތުން ދޫނުކޮއްލެވެނީ ކީއްވެބާއޭ ރަވިކާންގެ ހިތަށް އަރަމުން ދިޔައެވެ. މިވާގޮތުންނަމަ ޒައިލީންގެ އަތަކީ ދަގަތްފާނެވެ. ރަވިކާންގެ އަތަކީ ދަގަނޑެވެ. ވަރުބަލި ވެފައިވާވަރުން ޒައިލީންގެ އަތް ރަވިކާންގެ އަތުން ދޫވެއެވެ. ނަމަވެސް ހަމަ އެވަގުތު ގޮސް ޒައިލީންގެ އަތުގައި ރަވިކާންއަށް ހިފާލެވެއެވެ. އެއާއިމެދު ވިސްނަންއޮތްއިރު ރަވިކާންއަށް މައި ނޭވާ ލެވެމުން ދިޔައެވެ.

ރަވިކާންގެ ގައިގައި ބާކީހުރި ހަކަތަކޮޅުވެސް އެއްކޮށް ދިޔައެވެ. ފުސްވަމުންދިޔަ މަންޒަރުން ފެނުނީ ބާރީގެ މޫނު އެކަންޏެވެ. ޒައިލީންއެކޭ އެއްފަދައިން ރަވިކާންގެ ލޯވެސް މެރުނެވެ.

ރަވިކާންއަށް ފުރަތަމަވެސް ލޯ ހުޅުވާލެވުނީ ސިހުމަކާއި އެކީގައެވެ. އޭރު ހަށިގަނޑުން ވަރުބަލިކަން ވަނީ ފުދޭވަރަކަށް ފިލާފައެވެ. ރަވިކާން ވަށައިގެން ބަލާލިއެވެ. އެއީ ޖިންނިން ހައްޔަރު ކުރާ ތަން ކަން ރަވިކާންއަށް ވަގުތުން އެނގުނެވެ. އައުލްކީން ފުރަތަމަ ހައްޔަރުކުރި ދުވަހު އޭނާއަށް އެތަން ފެނިފައި ވާތީއެވެ. އެ ތަނުގައި ކުޑަ ކުޑަ އުއްބައްތިއެއް ދިއްލާފައިވެއެވެ. އެތާ ޖަހާފައިވާ ދަގަނޑު ތޭރިތަކުން ބޭރު ފެންނަމުން ދިޔައެވެ. އެހުރެވުނީ ކިހާ އުހެއްގައިކަން އެނގެނީ ބިމަށް ބަލާލަމުން ކިރިޔަ ކިރިޔާ ފެންނަ ކޮޅުގައި ހަރުކޮއްފައިވާ ކުޑަކުދިން ކުޅެން ގެންގުޅޭފަދަ ގަސްތަކެއް ފަދައިން އެތަނުގެ އެންމެ ބިޔަބިޔަ ގަސް ތައްވެސް ފެންނަން ހުރުމުންނެވެ.

ރަވިކާންއަށް ބޭރު ބެލުމުން ދުރުވެވުނީ ޒައިލީން ރޯ އަޑު އިވުމުންނެވެ. ޒައިލީންގެ ރުއިމުގެ އަޑުން ރަވިކާންގެ ކަންފަތް ދޮށުގައި ބާރުގަދަ ހޮނު ގުގުރިއެއް ޖެހިހެންނެވެ.

ހާސްވެފައި ރަވިކާން ފަހަތް ބަލާލިއެވެ. ޒައިލީންވެސް ބަލާލުމުން ހާސްވުމުގެ އަސަރުތައް ފޮރުވާލަމުން ރަވިކާން ކަޅި އަޅާލިއެވެ. ޒައިލީން ލައިގެން އިން ޓީޝާޓް ވަނީ ތެމިފައެވެ. ރަވިކާން ލައިގެން ހުރި ހެދުން ވެސް ހުރީ ތެމިފައެވެ. އެ ހަޑި ފެންގަނޑުގައި ދަމާފައި ގެންދިޔަ ގޮތް ހަނދާންވުމުން ރަވިކާންއަށް އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ. ޒައިލީންގެ ދެލޯ ކުޑަކޮށް ރަތްވެފައި ހުރުމުން ފުދޭވަރަކަށް ގިނައިރު ރުއިކަން އަންގައިދެއެވެ. “އޭރު ވެސް ބުނިންދޯ އިންސި ކުއްޖާގެ ހިލަމެއް ވެއްޖެނަމަ ބާރީ ނުވަތަ އޭނަގެ ފާރަވެރިން ހައްޔަރު ކުރާނެޔޭ..” ރަވިކާން އެތާ ތޭރިތަކުގެ ކަނެއްގައި ލެނގިލަމުން ބުނެލިއެވެ.

“ޒައިލީން ފަހަތަކުން އަންނާކަށް ރަވިކާންގާތު ނުބުނަން..” ޒައިލީން ކަރުނަތައް ފޮހެލަމުން އެހެން ބުނެލި އިރު އަޑުގައިވަނީ ކުރަކިކަމެވެ. “އައީކީއެއްނޫނޭ.. ދާގަނޑުގައި ތާށިވީ..” ރަވިކާންއަށް އެހެން ބުނެވުނުތަނާ ދާގަނޑު ވަރައިގައި ތަތްލެވިކަން ހަނދާންވިއެވެ. ވަރަ އާއި ދިމާލަށް ބަލާލެވުނުއިރު ބައިވަރު ފަތް ނެއްޓި ބައެއް ތަންތަނުން ލޭއާދެއެވެ. ތަދު އިހުސާސްވާން ފެށީވެސް އެތަނަށް ނަޒަރެއް ހިންގާލެވުމުންނެވެ.

ހިނދަކަށްފަހު ހިނދެއް އެ ތަދު ބޮޑުވަމުން އަންނާތީ ބިންމަތީގައި ވަރަ ފަތުރާލަމުން ރަވިކާން އޮށޯތެވެ. ޒައިލީން ކުޑަކޮށް ރަނގަޅެވެ. މޫނުމަތިން ދެތަނެއް މަށައިގެން ގޮސްފައި ވީނަމަވެސް އެހާ އައިބެއް ނޫނެވެ. ނަމަވެސް ޒައިލީންގެ ކަކުލުން ތިރި ފުދޭވަރަކަށް ބޮޑަށް މަށައިގެން ގޮސް ލޭ އަންނަމުންދިޔައެވެ. އެކަމަކު އެއަށް ބަލާފައި ޒައިލީންއަށް އެހާބޮޑު ތަދެއް ވަމުން އަންނަ ހެންނެއް ހިޔެއްނުވެއެވެ. ޒައިލީންގެ ނަޒަރު ހުއްޓިފައިވަނީ ރަވިކާންގެ ވަރައިގައި ލެވިފައިވާ އެ ބޮޑެތި ޒަޚަމު ތަކަށެވެ.

ޒައިލީން އެދިމާލަށް ބަލަން ހުއްޓާ މިކޮޅަށް ނުބަލާށޭ ބުނާފަދަ އިންޒާރެއް ރަވިކާންގެ ލޮލުން ފެނުނެވެ. ބައެއް ފަހަރު ރަވިކާންއަށް ތަދުވެގެން ބާރަށް ލޯ މަރާލާ ފަހަރުތައްވެސް އާދެއެވެ. ރަވިކާން ދެވަނަ ފަހަރަށް ވެސް ހަމަ ނުރައްކާތެރި ބެލުމުން ޒައިލީންއާއި ދިމާލަށް ބަލާލިއެވެ. އެ ބެލުމުން ދެން މިކޮޅަށް ބަލައިފިނަމަ ދެލޯ ކޮނެލަފަނަމޭ ބުނާ ފަދައެވެ. ނަމަވެސް ޒައިލީން ގޮތްދޫނުކޮށް ރަވިކާންއާއި ދިމާ ބަލަމުން ދިޔައެވެ. ރަވިކާންގެ ވަރައިން އަންނަމުން ދިޔައީ ޒައިލީންމެންގެ ގައިން އަންނަ ފަދަ ލެއެވެ. ރަވިކާން އެހެން މަޚްލޫގަކަށް ވުމުން ޒައިލީން ހީކުރި ގޮތާއި ޚިލާފަށް ރަވިކާންގެ ގައިންވެސް އައީ ހަމަ ރަތްކޮށް ހުރި ލެއެވެ. ވަރައަކީ ރަވިކާންއާއި ގުޅިފައިވާ އެއްޗެއްކަން ޒައިލީންއަށް ޔަގީންވީ ވަރަ ޒަޚަމްވުމުން ރަވިކާންއަށް ތަދުވާކަން އެނގުމުންނެވެ.

އިރުކޮޅަކުން މުޅިތަންގަނޑު ގުޑައިގެން ދާފަދަ ހަޅޭއްލަވައިގަތުމަކުން ރަވިކާން ހަޅޭއްލަވައިގަތެވެ. ޒައިލީން ކިތަންމެ ހިތްވަރު ކޮއްގެން އެދިމާލަށް ބަލަން އިނެއްކަމަކު ނޭނގި އިންދާ އެފަދަކަމެއް ދިމާވުމުން ބިރުން ހިތް ގުޑިލިއެވެ.

ޒައިލީން މަޑުމަޑުން ތެދުވިއެވެ. ޒައިލީންގެ މިސްރާބު ހުރީ ރަވިކާންއާއި ދިމާލަށެވެ. ރަވިކާން މިބުރު ހައިރާން ވެގެން ބަލާލީއެވެ. ކަޅިއަޅައެއް ނުލައެވެ. ޒައިލީން ވަރަށް މަޑުމަޑުން ރަވިކާންގެ ގާތުގައި އިށީންނަމުން ވަރައިން ލޭ އަންނަމުންދިޔަ ތަންތަނުގައި އިނގިލި ޖައްސާލާ ލޭ މަނާކުރެވޭތޯ އުޅުނެވެ. ލޭމަނާ ވުމުން ޒައިލީން މަޑުމަޑުން އެ ތަންކޮޅު ކޮޅުގައި ފިރުމައިދިނެވެ. ރަވިކާންގެ ދުލުގައި ތަޅެއް ލެވުނު ފަދައެވެ. ބަހެއް ނުބުނެ ކަޅިވެސް ޖަހާނުލާ ޒައިލީންގެ މޫނަށް ރަވިކާން ބަލަންއޮތީ އެހެން ވެގެންނެވެ. ޒައިލީންއަށްވެސް އިޚްތިޔާރަކާއި ނުލާ ރަވިކާންގެ އެލޮލަށް ބަލާލެވުނެވެ. އެ ރީނދޫކުލަ އިން ވިދަމުން ދިޔަ ދެލޮލުގައިވާ އަސަރުން އެ ބުނެދޭން ބޭނުންވަނީ ކޮން ވާހަކައެއް ކަމެއް ޒައިލީން އަކަށް ނަގައެއް ނުގަނެވުނެވެ. ނަމަވެސް ވާކަމަށް ނުހަދާ ޒައިލީން ފިރުމައި ދެމުން ގެންދިޔައެވެ.

ފިރުމައިދެމުން ދިޔައިރުވެސް ޒައިލީންއަށް ކުޑަކޮށް މަޖާވިއެވެ. ފަތްތައް ނުނެއްޓި ހުރި ދިމަދިމާލުގައި އަތް ބީއްސާލާއިރު ހީވަނީ ދޫންޏެއްގެ ގައިގައި ފިރުމާލެވޭ ހެންނެވެ. ނަމަވެސް ރަވިކާންގެ ވަރައަށް ތަދުވާނެ ކަން އެނގޭތީ ޒައިލީން ހުރީ މަޑުމަޑުންނެވެ. ރަވިކާން ދެކެ އެހާ ރުޅި އަންނައިރުގައި ރަވިކާން ނުތެދުވެގެން ޒައިލީންއަށް ރޮވެންވީ ކީއްވެގެން ކަމެއް ނޭނގުނެވެ. ޒައިލީންއަށް ހޭވެރިކަންވީ އެތަނުގައި އޮއްވައެވެ. އޭރު ތަންކޮޅެއް ދުރުގައި ހަރަކާތެއް ނެތިފައި އޮތް ރަވިކާން ފެނި ޒައިލީންއަށް ލިބުނު ހާސްކަން ދެނެވޮޑިގަންނަވާނީ ހެއްދެވި ފަރާތެވެ.

ނަމަވެސް ރަވިކާން އެއޮތްގޮތަށް ޒައިލީންގެ މޫނަށް ބަލަމުން ނިދާލައިފިއެވެ. ޒައިލީން ކުޑަކޮށް ހައިރާންވިއެވެ. ހަމައެކަނި ވަރައިގައި ފިރުމާލައިގެން ރަވިކާން ނިދާނެކަމަށް ޒައިލީން ހިތަށްވެސް ނާރުވައެވެ. ދެލޯ މަރާލައިގެން ފުން ނިންޖެއްގެ ތެރެއަށް ގެނބިފައިވާ ރަވިކާން ފެނިފައި ޒައިލީން ހެއިލަންގެ މަތިން ހަނދާންވިއެވެ. އަނެއްކާވެސް ޒައިލީން ނެތުމުން ޒައިދާންމެން އުޅޭނީ ކިހިނެތްކަން ހިތަށް އެރުމުން ޒައިލީން ފެންކަޅިވިއެވެ. ޒައިލީން މަޑުމަޑުން ރަވިކާންގެ ބުޅާ ކަންފަތުގައި އަތް ބީއްސައިލިއެވެ. ނުލާހިކު މަޑެވެ. ރަވިކާންއާއި ދުރުގައި ޒައިލީން އޮށޯވެލީ ވަރުބަލި ވެގެންނެވެ. ގަޑިންވީ ވަރު ނޭނގޭއިރު މިތަނުގެ އެއްވެސްކަމެއް އެނގެނީކީއެއްނޫނެވެ. މިތަނުގެ ދުވާލަކީ ޒައިލީން އައިތަނުގެ ރޭގަނޑަށް ވެސްވުމަކީ އެކަށީގެންވާ ކަމެކެވެ. ނުވިތާކަށް ޒައިލީންއަށް އަލްޔާމެންގެ ހާލާއި އެމީހުން މިހާރު ހުންނާނެ ތަނެއް އެނގެނީކީއެއްވެސް ނޫނެވެ.

“ކޮބާ…!!! ކޮބާ..!!! އެންމެފަހުން އަތުވީނު..؟ ބުރަ މަސައްކަތް ކޮއްގެންނޭ މިއަދު މަށަށް މިއޮތީ ދެ މީހުންވެސް ލިބިފައި.. އައުލްކީންއާއި ރަވިކާން.. އައުލްކީންގެ މަތިން ވިސްނަނީނަމަ އޭނާއަކަށް ސަލާމަތެއް ނުވެވުނު.. ނެއިލޮންއެއްވެސް އަދި މަރެއްނުވޭ.. އެކަމަކު ނެއިލޮންގެ ‘ހަލާކު’ ބޭނުންވެގެން އެދުނިޔޭގެ މީހުންތައް އެބައުޅޭ.. ރަވިކާން.. އަހަރެންނާއި ބައްދަލުކުރަން ރަވިކާން ބަލާ އިރުކޮޅަކުން ބަޔަކު ފޮނުވާނަން.. މި އަންހެން އިންސިވެސް ގޮވައިގެން އަންނާތި..” ޒައިލީންއަށް ލޯ ހުޅުވާލެވުނުއިރު އެއްކަލަ ޝާހީކޮށް ހުރި މީހާ އެތަނުގައި ހުއްޓެވެ. އެއީ ބާރީ ކަން ޒައިލީންއަށް އެނގުނެވެ. ދެން ފެނުނީ ރަވިކާންއެވެ. ރަވިކާންގެ ދެ ބުމަ ވަނީ ގޮށްޖެހިފައެވެ. ނިތަށް ރޫއަރުވައިގެން އިންގޮތުން ބާރީއާއި ދެކޮޅަށް ކަމެއް ނުކުރެވި މަޖުބޫރުވެފައިވާ ވަރު އެމޫނުން އެކަނިވެސް ބުނެދެއެވެ.

ނާމާން ނަމަވެސް ކާމިޔާބުގެ ހިނިގަނޑެއް ޖަހާލަމުން އެމީހާ ނުކުމެގެން ދިޔައެވެ. ރަވިކާން އެ ހުރިގޮތަށް ހުރެފައި ފާރަށް ވީއްލާލި އެތިފަހަރުން ރުންކުރު ވެފައިވާވަރު އަންގައިދެއެވެ. ޒައިލީން މަޑުމަޑުން އެ ދިމާލަށް ގޮސް ރަވިކާންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. “ދެން އެއްވެސްކަމެއް ސިއްރު ކުރަން އުޅޭނެ ކަމެއް ނެތް.. ބާރީ، އައުލްކީން އަދި ރަވިކާންގެ މެދުގައި ކޮންމެވެސް ބޮޑު ގުޅުމެއްވޭ.. ކިޔާދޭންވީ.. ޕްލީޒް..” ބާރީ ދެއްކި ވާހަކަތަކުން ޒައިލީންއަށް ކަމެއް ދޭހަވެގެން ރަވިކާންގެ ގާތު އެއްސެވެ. ޒައިލީން އެހާ ރީއްޗަށް އެހުމުން ރަވިކާން އިސްޖަހާލިއެވެ.

“ސުވާލު މާގިނަ ނުކުރާތި.. މި ހަގީގަތަކީ ބާރީ އައުލްކީން އަދި ބާރީގެ ޚާއްސަ ފާރަވެރިން ފިޔަވާ އެހެން އެއްވެސް މީހަކަށް އެނގޭނެކަމެއް ނޫން.. އެހެންވެގެން.. މި ސިއްރު ނުވެސް ދަންނަ އަދި އިންސިއަކަށް މިކިޔައިދެނީ ތި ކުއްޖާގެ ފަރާތުން އެއްވެސް ނުރައްކަލެއް ފެންނަން ނެތީމައި.. އިންސި ކުއްޖާ ފުރަތަމަ ހުވާކުރޭ އެއްވެސް މީހެއްގެ ގާތުގައި ނުބުނެ މިކަންތައްތައް ސިއްރު ކުރާނެކަމަށް..” ރަވިކާން ތަންކޮޅެއް މަޑުން ބުނެލިއެވެ. ”ހަމަ ހުވާ..” ޒައިލީން ބުނެލިއެވެ. “ރަވިކާން ކީއްވެގެންތަ އިންސި ކުއްޖާއޭ ކިޔާފައި އަބަދު އެ ގޮވަނީ..؟ އަހަރެން މީ އިންސާނަކަށް ވީމަތަ..؟ ކުރިން ނަންވެސް ބުނީމެއްނު..؟” ޒައިލީން ހިތާހިތުން ކުދި ކިޔާލިއެވެ. އަދި ސީރިއަސްވެފައި އިން ރަވިކާންގެ މޫނަށް ބަލާލިއެވެ.

“ބުނީމެއްނު ސަލްވިޔާގެ ވާހަކަ…؟ އެއީ ވަރަށް ރީތި ޖިންނިއެކޭ..؟” ރަވިކާން އެހެން ބުނެލުމުން ޒައިލީންއަށް އެއްބުމަ މައްޗަށް އަރުވާލެވުނެވެ. “ސަލްވިޔާއަކީ ރަވިކާންގެ…….؟؟” ޒައިލީންއަށް ނެގުނީ އެހެން މާނައެކެވެ. ޒައިލީން އެހެން ނުބުނަނީސް ރަވިކާން ކުޑަކޮށް ހިނިއައިސްފައި ޒައިލީންގެ މޫނަށް ކަޅި އަޅާލިއެވެ. “އަހަރެންނަށް އެންމެ ޚާއްސަ މީހާ އެއީ.. މުޅި ދުނިޔެއިންވެސް….” ރަވިކާން އެހެން އަހާލީ ހަމައެކަނި ޒައިލީންގެ މޫނަށް އަރާ ކުލަވަރުތައް ބަލާލަން ކަމެއް ޒައިލީންއަކަށް ނޭނގުނެވެ. ތުންފަތުގައި ހަފާލަމުން ޒައިލީން ދުރު ބަލާލިގޮތުން ރަވިކާންއަށް ހެވުނީ އިޚްތިޔާރަކާއި ނުލައެވެ. ރަވިކާން މާ ވަރަކަށް ހޭތީ ޒައިލީން ތުން އަނބުރާލާފައި ރަވިކާންއާއި ދިމާލަށް ބަލާލިއެވެ.

“ސަލްވިޔާ ކޮބާ މިހާރު..؟؟” ޒައިލީންއަށް އެހެން އަހާލެވުނުއިރު ކުޑަކޮށް ތުން އަނބުރާލެވުނެވެ. “މަރުވެއްޖެ..” މި ފަހަރު ދުރު ބަލާލީ ރަވިކާންއެވެ. “ސަލްވިޔާއަކީ ކާކުކަން އެނގޭތަ..؟” ރަވިކާން އަހާލިއެވެ. “ރަވިކާންއަށް އެންމެ ޚާއްސަ ކުއްޖާއެއްނު އެއީ..” ރަވިކާން ތަކުރާރުކޮށް އެ ސުވާލު ކުރަމުން ގެންދިޔައީ ކީއްވެގެންކަމެއް ޒައިލީންއަކަށް ނުވިސްނުނެވެ. “އެއީ އަހަރެން އެންމެ ލޯބިވާ މީހާ.. އަހަރެންގެ މަންމަ..” ރަވިކާން އެހެން ބުނެލުމުން ޒައިލީންއަށް ރަވިކާންގެ މޫނަށް ބަލާލެވުނެވެ. “އެނގޭތަ އެންމެ ފުރަތަމަ ދުވަހު އަހަރެން އިންސިކުއްޖާ ސަލާމަތް ކުރީ ކީއްވެގެންކަން..؟” ރަވިކާން ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދާތީ މިހުރެވުނީ ކުއިޒްއެއް ގައި ހެންވެސް ޒައިލީންއަށް ހީވިއެވެ. “ރަނގަޅު މީހަކަށް ވާން..” ޒައިލީން ބުނެލިއެވެ. “ނޫން.. އެއީ އިންސިކުއްޖާ އަހަރެންގެ މަންމައާއި ވައްތަރުވީމައި..” ރަވިކާން އެ ޖުމްލަ ބުނެލާފައި ފަހަތަށް އެނބުރުނީ ޒައިލީންއަށް އޭނަގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ފޮރުވަން ވެގެންނެވެ.

ޒައިލީންއަށް އަނގަ މަތީގައި އަތް އެޅުނެވެ. ދިޔަގޮތަށް ގޮސް ރަވިކާންގެ ކުރިމަތީ އިށީނދެވުނީވެސް ލިބުނު ޝޮކުގެ ސަބަބުންނެވެ. “އެވާހަކަ ފަހަށް ބާއްވާ.. އަހަރެން މި ކިޔައިދެނީ އިންސިކުއްޖާ އަޑު އަހަން ބޭނުންވާ ވާހަކަތައް..” ރަވިކާން ތޭރިތަކުގައި ލެނގިލިއެވެ.

“އައުލްކީނަކީ އަހަރެންގެ ކޮއްކޮ.. ތިދުނިޔޭގެ ބަހުރުވަތައް ހުންނަ ގޮތުންނަމަ ސްޓެޕް ސިސްޓަރ..” ރަވިކާން އެހެން ބުނެލުމުން ޒައިލީން ހައިރާންވިއެވެ. އެހެން މަޚްލޫގަކަށް ވިޔަސް އިނގިރޭސި ބަސް ވެސް އެނގެނީތާއޭ ޒައިލީންގެ ހިތަށް އެރިއެވެ.

“އައުލްކީންގެ ކުރިން، އަހަރެންގެ މަންމަ ސަލްވިޔާއަށް އަހަރެން ލިބުނީ.. އޭގެފަހުން ބާރީއާއި ސަލްވިޔާ ދިމާވީ ގުޅުންތައް ބަދަހި ކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއްގެ ތެރެއިން.. އޭގެފަހުން މަންމައަށް އައުލްކީން ލިބުނު.. ހަމަ އެދުވަހު މަންމަ މަރުވި.. އަހަރެންނަށާއި އައުލްކީންއަށް މަންމަގެ ފަރާތުން ދެވަރަ ލިބުނު.. ބާރީގެ ސިފައެއްގެ ގޮތުގައި އައުލްކީންއަށް ލިބުނީ ހަމަ އެނުލަފާ ވިސްނުމާއި އަނިޔާވެރިކަން.. އައުލްކީންއަށް ދެވަރަ ލިބުނުކަން އޭނާއަށް އެނގުނުފަހުން އިންސާނުގެ ތެރެއިން ނުލަފާ ބައެއްގެ މައްޗަށް ވެރިކަންކުރި.. އޭގެފަހުން ޖިންނިންތައް އައުލްކީންގެ ވެރިކަމަށް އައި.. އެކަން ބާރީއަށް އެނގުނު ދުވަހުން ފެށިގެން އެއެހުރިހާ ޖިންނިތަކެއް މަރާލަން ތައްޔާރުވި.. އަމިއްލަ ދަރިފުޅުވެސް އޭނައަށްވުރެ ބާރުގަދަވާން ބާރީއެއް ނޭދޭ.. އެދުވަހު މަރުނުވެ ސަލާމަތްވި ޖިންނިތައް އަދިވެސް އައުލްކީންއަށް ތަބާވޭ.. އައުލްކީން މިނިވަންވާ ދުވަހަކީ އަހަރެމެންގެ ނިމުން.. އާނ އަދި އަހަރެމެން ދެމީހުން ފުރަތަމަ ބައްދަލުވި ދުވަހު ވަސް ބަލާލެވުނީ އަހަރެންނަށް އައުލްކީންގެ ވަސް ދުވީމަ..” ރަވިކާން ކިޔައިދިނެވެ.

“އަދި ބާރީ އައިސް ނެއިލޮންގެ ހަލާކޭ ބުނި އަޑު އިންސި ކުއްޖާއަށް ވެސް އިވޭނެ.. އެއީ ކޯޗެއްކަން އެނގޭތަ..؟ ނެއިލޮންގެ ހަލާކަކީ އޭނާގެ ކަރުގައި އަޅާފައިވާ އައުލްކީންގެ ބާރުތައް ލާފައިވާ އެތި.. އައުލްކީންގެ ބާރުތައް އެ ފަށެއް ކަހަލަ އެތީގެ ތެރެއަށް ލީފަހުން ފެށުނީއްސުރެ އަހަރެމެންގެ މީހުން ކިޔާ އުޅޭ ގޮތް.. އެ ހަލާކު ނެއިލޮންގެ ގައިން ވަކި ނުކުރަނީސް އޭނަ މަރައެއް ނުލެވޭނެ އޭނަ ގުދުރަތީ ގޮތުން މަރުނުވަނީހެއް.. އެހެންވެގެން އަހަރެމެން އެއަށް ހަލާކު ކިޔަނީ.. ދެން އިންސިން ކިޔާނަމެއް ނޭނގޭ،،.” ރަވިކާން ނިންމާލިއެވެ. “އަޑު އެހި ހުރިހާ ހިސްޓްރީތަކުން އެންމެ އާދަޔާޚިލާފު ވާހަކަ އަދި މި އިވުނީ..” ޒައިލީން އަނގަ ހުޅުވިގޮތަށް އިނދެ އަނގަ ލައްޕާލަން ނޭނގިފައި ބުނެލިއެވެ.

ރަވިކާން ފާޑަކަށް ޒައިލީން ގެ މޫނަށް ބަލަން އިނެވެ. ކުއްލިއަކަށް އެ މޫނުގެ ކުލަވަރު ބަދަލުވިތަން ޒައިލީންއަށް ފެނުނެވެ. ވީ ކިހިނެތްތޯ އަހާލަން ޒައިލީން އަނގަ ހުޅުވާލިތަނާ ރަވިކާން އައިސް ޒައިލީން ގަޔާލާ ބޮނޑި ކޮށްލިއެވެ. ޒައިލީންއަށް ލިބުނު ސިހުމުން ހަރަކާތެއް ކޮށްލަން ނޭނގިފައި ހުއްޓާ ރަވިކާން ޒައިލީންގެ ގައިގައި ރަވިކާންގެ ވަރަ އޮޅާލިއެވެ. ހެދި ނުހެދިއެއް ނޭނގުނެވެ. ޝޮކެއް ޖެހިފައި ޒައިލީން އިންދާ ދެން އިވުނީ ރަވިކާންގެ ވޭނީ ހަޅޭކުގެ އަޑެވެ.

= ނުނިމޭ =

– ޔޫންގެ ހުރިހާ ކިޔުންތެރިންނަށް މި އުފާވެރި މިނިވަން ދުވަހުގެ ތަހުނިޔާ އަރިސް ކުރަން 💖 މި ޕާރޓް އެހެން ޕާރޓް ތަކަށްވުރެ ތަންކޮޅެއް ދިގުވާނެ… ހުރިހާ ކިޔުންތެރިންނަށް ޔޫންގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރިއްޔާ 🥰 ވަރަށް އުފާވެރި ދުވަހަކަށް އެދެން 😘 –

60

10 Comments

 1. N0 oNe

  July 27, 2020 at 2:52 pm

  varah reethi sismi prt ves…
  hope ravikaan ah dhera gotheh nuvaane kamah..
  luv ya sissssoooo…🥀🥀🥀🥀
  tc

  • yoooon

   July 30, 2020 at 3:42 pm

   Thnx No one 💖💖💖 Love u so much more ✨ stay safe ingeii

 2. Starlight vixx

  July 27, 2020 at 3:22 pm

  Varah reethi mi part ves curiously waiting for the next part ☺️☺️☺️☺️☺️ take care ♥️ stay safe ❤️❤️❤️❤️❤️❤️

  • yoooon

   July 30, 2020 at 3:43 pm

   Awwnn thnxxx Starlight vixx 😍😍✨✨ Keep waiting 💖💖 Lysm 😘😘✨ Take good care n stay safe ingeii dear 💖💖✨much loves

 3. Een

  July 27, 2020 at 4:26 pm

  Vvvvvvv nice as usual…… curiously waiting for the next part…..lysm and tgc my favourite auther 😘😘

  • yoooon

   July 30, 2020 at 3:52 pm

   Thanxxies Een dearlingg 💖✨😘 Love you more Een 💖😘✨💖 Tgc dearrr 😘😘 stay safe lovely

 4. 🌺Ril🌺

  July 27, 2020 at 11:16 pm

  Wow mi part ves vrh Sali 😍😍😍😍
  Hama speecless🤐🤐🤐🤐🤐🤐🤐
  And zaileen aan ravikaan ge thankookoo haadha cute ey hehehe 😂💝
  But over alll this part is also amazing👌👌💯💯💯💯💯💯💯💯💯💯💯💯💯💯💯
  And waiting for the next🌹🌹🌹🌹🌹🌻🌻
  Love uuu ❤️❤️
  TC and stay safe ❤️❤️

  • yoooon

   July 30, 2020 at 3:53 pm

   Thnxxxx Ril 💖💖✨😘 Lol asluvxx dhww 😂😘 Thnku so much 💖💖✨ Keep waiting ingeii 💖 Love you more dear 😘💖✨ stay safe 💖💖 tc

 5. Eekko 11

  July 28, 2020 at 10:50 am

  Wowwww… This part is also awesome…..❤️❤️ Haadha reechey maasha Allah….💖💖❤️🙂😊Waiting for next part….. Lyssssm and tc….❤️

  • yoooon

   July 30, 2020 at 3:55 pm

   Awwwnn Thnxxxiess Eekko 11 💖✨😘 love u moee dearlin 💖💖✨ Stay safe 💖💖😘 Tgc

Comments are closed.