Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ޝަހަރު 25ވަނަބައި

kudhoo Level 310 Stories100 Comments
July 27, 2020 4 Mins Read
6 Comments

” ހިނގާ ގުރޫޕު ބޮޑުކޮށްލައިގެން ދާން.. އަހަރެންގެ ރައްޓެހިން ވަރަށް ގިނަވާނެ.. އެމީހުން އަންނާނެ މިހާރު މިދިމާލަށް..” ވަރަށް ގިނަ ނިކަގަސްތަކެއް ތިބި ހިސާބަކަށް މަޑުކޮށްލަމުން ރާވިން ބުންޏެވެ. އެތާގައި އުނދޯލިތަކެއްވެސް އެލުވާފައި ހުއްޓެވެ. އޭގެން ޖޯއްޔެއްގައި ރާވިން އޮށޯތުމުން އެހެން ޖޯއްޔެއްގައި ހާތިބުވެސް ޖައްސާލިއެވެ. އެމީހުންއެތާ ތިއްބާ ފަހަރަކު މީހަކުހެން އައިސް އެންމެން ހަމަވެއްޖެއެވެ. ރާވިންއާ ހާތިބު ލާގެން ގުރޫޕުގައި ހަކުދިންވިއެވެ. ” މީއަދި އެންމެނެއް ނޫން ކޮބާ ދެންތިބި މީހުން” ރާވިން އަހާލިއެވެ. ” އެމީހުންނަށް މިއަދު އާދެވޭގޮތެއް ނުވި..” އަލާއު ބުންޏެވެ.

އެންމެން އެކުގައި ތަންތަން ބަލާލުމަށްޓަކައި ނައްޓާލިއެވެ. އެންމެ ފުރަތަމަ ބަލަން ދިޔައީ އެރަށުގައި ތަފާތު ވައްތަރަކަށް ހައްދަމުންދާ ބަގީޗާއެއް ބަލާލުމަށެވެ. ބަގީޗާވަނީ އެއްކޮށް ފެހިކުރުވާފައެވެ. ތަފާތު ވައްތަރުގެ މާމެލާމެލީގެ ގަސްތައްވެސް ހައްދާފައި ވެއެވެ. ކުރިއަށް ދަމުންގޮސް ފެންނަން ފެށީ ވެޔޮހެން ދުވެފައި ތިބޭ ގަސްތަކުން އެކި ސިފައިގެ އެއްޗެހި ހަދާފައި ހުރިތަނެވެ. ހާތިބުއަށް އެންމެ ކަމުދިޔައީ ހިތުގެ ބައްޓަމަށް ހަދާފައިވާ ގަހެވެ. ގަހުގައި ކުދިކުދި ރަތްކުލައިގެ މާތަކެއް އަޅާފައި ހުއްޓެވެ. ދުރުންފެންނައިރުވެސް އެގަހުގެ ރީތިކަން ވަރަށް ޗާލެވެ. އެ ހިތުގެ ބައްޓަމަށް ހަދާފައިވާ ގަސްކާރިއަށް ހާތިބު ދިޔައެވެ. ވަރަށް ވެސް ހިތްގައިމެވެ. ހިތުގެ މެދުން ބޭރަށް ފެންނަން އޮތީ މަޑުމަޑުން ރާޅު ބީއްސަމުންދާ ކަނޑެވެ. ” ވަރަށް ރީތި ދޯ… މީ އަހަރެންގެ ހޫރުޕަރީއަށް ޚާއްސަކޮށްގެން އަހަރެންގެ އާއިލާއިން ހައްދާފައިވާ ބަގީޗާއެއް..” ރާވިން ބުންޏެވެ. ” ތީ ހާދަ ނަސީބުގަދަ ޕަރީއެކޭ…” ހެމުން ހާތިބު ބުންޏެވެ. އެތަނުގައި އެތައް އިރަކު އުޅެފައި ދެންދިޔައީ ފެންގަނޑެއްގެ ތެރޭގައި ހިމަކޮށް ދިގުކޮށް ހެދިފައިވާ ފަރުބަދަތަކެއް ބަލާށެވެ. ކޮންމެ ދެފަރުބަދައެއްގެ މަތިން ހުންނަނީ ގުޅުވާލެވިފައެވެ. ފެންގަނޑު ސާފުކަމުން ފެނުގެ އަޑީގައި އުޅެމުންދިޔަ ބޮޑެތި ކަކުނިތަކާ މަސްތައްވެސް ފެންނަން ހުއްޓެވެ. ފަރުބަދަތައް މަތިން ގުޅިފައިވުމުން ބޮޑަށް ވައްތަރީ ވަދެ ނިކުމެ އުޅެން ހަދާފައިވާ ދޮރުތަކެއް ހެންނެވެ. ރާވިންއާ އޭނާގެ އެކުވެރިން އެއްތަނަށް ވަދެފަ އަނެއްތަނުން ނިކުމެ ކުޅެހަދަން ތިއްބެވެ. އޭތާގައިވެސް އެތައް އިރަކު ސަކަރާތް ޖެހުމުގައި ހޭދަކޮށްފައި ދެންދިޔައީ މަތިން ފެންފައިބަމުން ދިޔަ ތަނަކާ ދިމާލަށެވެ. އެމަންޒަރު ފެނުނު ހާތިބަށް ހީކުރެވުނީ އޭނާ މިއުޅެނީ ހުވަފެނެއްގައި ހެންނެވެ. ހަމަގައިމުވެސް އެއީ އޭނާއަށް ހުވަފެނުން ފެންނަމުން އައި ތަނާއެއްވެސް ތަފާތުކަމެއް ނެތް ތަނެކެވެ. ހަމަ އެފެހިކަމާ އެފަރުބަދަތަކެވެ. ހަމަ އެގޮތަށް ދެމިގެން އަންނަ ފެންކޯރެކެވެ. އަރާމުކޮށްލަން ޖައްސާލުމަށްޓަކައި ރާވިން އޭނާގެ އެކުވެރިންނާއެކު ބޮޑު ހިޔާ ދޭގަހެއްގެ ދަށުގައި ޖައްސާލިއެވެ.

ހާތިބު މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. އެއީ އޭނާއަށް ހުވަފެނުގައިވެސް ފެންނަމުން އަންނަ މަގެވެ. އެއްވެސް ތަފާތުކަމެއް ނެތެވެ. ހާތިބު މަޑުނުކޮށް މައްޗަށް އަރަން ފެށިއެވެ. މި މަންޒަރު ބަލައިގެން ހުރި ރާވިން ހާތިބަށް ގޮވާލިއެވެ. ” އޭ މާދުރަށް ނުދައްޗޭ… ކަލޭ ގެއްލުނަސް އަހަރެމެން ހޯދާނެ ތަނެއް ނޭގޭނެ…މީ ވަރަށް ބޮޑު ފެންކޯރުގެ ސަރަހައްދެއް…” ރާވިން ބުންޏެވެ. ” އެހާފަސޭހައިން ނުގެއްލޭނެ… ކަލޭމެންވެސް އިރުކޮޅަކުން އަރާނީ މައްޗަކަށް ނޫ..” ހާތިބު އަހާލިއެވެ. ހާތިބަށް ޖަވާބު ދިނުމުގެ ގޮތުން ރާވިން ބޯޖަހާލިއެވެ. މަޑުމަޑުން މައްޗަށް އަރަން ފެށި ހާތިބު ހައިރާން ކުރުވިއެވެ. ހަމައެއްވެސް ތަފާތުކަމެއް ނެތެވެ. މައްޗަށް އަރަމުން ދިޔަ މަގު ކުޑަކޮށް ކަފިވެފައި އަނެއްކާވެސް ތިރިއަށް ދާން ޖެހުނީއެވެ. ކުރިއަށް ގޮސްގޮސް ހުރި ހާތިބު ކަންފަތުގައި ޖެހުނީ ހަމައެއަޑެވެ. ހަމައެލަވައެވެ. އަޑު އަންނަ ދިމާލަށް ދަމާބާރަކުން ނަމަވެސް ހާތިބު ދަމަން ފެށިއެވެ. އެއްފަރާތުން ވިނަތަކަކުން ފޮރުވިފައި ހުރިއިރު އެވިނަތަކުގެ ބިތްދޮށުން ދެތިން އަންހެން ކުއްޖަކު ފެންނަމުން ދިޔައެވެ.

ވިނަގަނޑުގެ ދެފަރާތުންވެސް ފެންތައް ތިރިއަށް އަންނަމުން ދިޔައެވެ. ވިނަތަކާ ވަރަށް ކައިރިވެފައި ހާތިބު މަޑު ޖަހާލިއެވެ. އެތަނުން އެއްކުއްޖަކު ތެދުވުނު އިރު ކައިރީގައި ފިރިހެނެއް ހުއްޓާ ފެނުމުން ދެން ތިބި މީހުނަށް އަވަހަށް އެތާގައި މީހަކު ހުރިކަން އެންގުމަށް އިޝާރާތެއް ކޮށްފިއެވެ. އޭނާ އިޝާރާތެއް ދިނުމާއެކު ދެންތިބި ދެކުދިންވެސް ތެދުވެއްޖެއެވެ. ހާތިބަށް ލިބުނު ހައިރާންކަން ދެގުނައަށް އިތުރުވެއްޖެއެވެ. އެއަންހެން ކުއްޖާގެ މޫނުމަތިންވެސް ފެންނަން ހުރީ ހައިރާންކަމެވެ. އެހެން އެންމެނާ ސިފައިގޮތުންވެސް އެއަންހެން ކުއްޖާ ތަފާތެވެ. އެކުއްޖާ ވައްތަރީ އިންސި ކުއްޖަކާއެވެ. ތަފާތަކީ ވަރަގަނޑެވެ. ތެދުވުނު ބާރު މިނުގައި އެއަންހެން ކުއްޖާ އަނެއްކާވެސް އިށީދެއްޖެއެވެ. އޭނާގެ ހިތް ކައިރީގައި ތިބޭ ބަޔަކަށްވެސް އިވޭ ވަރަށް ބާރަށް އަޑުކިޔަނީއެވެ. ހިތްތެޅެމުންގޮސް ހަލާކުވަނީއެވެ. އޭނާއަށް ހުވަފެނުގައި ފެންނަމުން އައި ޕްރިންސް މިހުރީ ކުރިމަތީގައެވެ. ދެން އޭނާ ހަދަންވީ ކިހިނެއް ހެއްޔެވެ؟.. ދެން ކަންތައް ކުރާނެ ގޮތަކާމެދުވެސް ކަންތައް ބޮޑުވެއްޖެއެވެ. ކައިރިގައި ތިބި ދެކުދިންނަކީ އޭނާގެ އެ ހުވަފެންތައް ކިޔާދެމުން އަންނަ ދެމީހުންނެވެ. އެހެންކަމުން އެމީހުނަށް ވެގެން އުޅޭ ގޮތް ކޮންމެވެސް ވަރަކަށް އަންދާޒާ ކޮށްލެވުނެވެ. މަލާއިންއަށް ފުރުސަތު ދިނުމަށްޓަކާ އެދެމީހުން އުދުއްސާގަތެވެ. އެދެމީހުން ދިޔަތަން ބަލަންހުރި ހާތިބުއަށް ހީވީ އެމީހުން އެދިޔައީ އޭނައަށް ފުރުސަތެއް ދީފައި ހެންނެވެ. މަޑުމަޑުން ވިނަގަނޑުގެ ކައިރިއަށް ހާތިބު ދާން ފެށިއެވެ. އޭނާއަށް އިހުސާސްވަމުން ދިޔައީ ދަމާ ބާރެއްގައި އޭނަޖެހިގެން އުޅެނީހެންނެވެ. އެއަންހެންކުއްޖާގެ ކައިރިއަށް ގޮސް ފުރަތަމަވެސް ހާތިބުއަށް އަހާލެވުނީ އެކުއްޖާގެ ނަމެވެ. އޭނަގަސްދުގައި އަހަން އެހީއެއްވެސް ނޫނެވެ. ހީވަނި އޮޓޯމެޝިނެއްގެ ތެރޭ އުޅެނީހެންނެވެ. މަލާއިން އަށްވެސް ވީ ހަމައެފަދަ ގޮތެކެވެ. ހާތިބުގެ އަނގައިގައި އެއްބައި އޮތްވާ އޭނައަށް އޭނަގެ ނަން ބުނެވުނެވެ. އެހެންޏާ ކުއްޖަކު ދިމާކޮށްލިޔަސް މަލާއިންގެ ގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް ހާތިބު އޭނަގެ ނަން ބުނުމަށް ފަހުސަލާން ކުރުމަށް ދިއްކޮށްލި އަތުގައި މަލާއިންއަށް ވެސް ހިފަހައްޓައިލައިގެން ހުރެވުނީއެވެ. ދެމީހުނަށް ދެމީހުން އަތުން ދޫކޮށްލާކަށްވެސް ނޭނގުނެވެ. ފަރުބަދައިގެ މަތިން ތިރިއަށް އައި ރާވިންގެ މެއަށް ހީވީ މީހަކު އަލިފާން އެއްޗެއް އޮތްސާލިހެންނެވެ. މަލާއިންއާ ހާތިބު ތިބިގޮތުން އޭނަގެ ލޭ ކެކެން ފެށިއެވެ.

ވަރަށް ބާރަށް ހާތިބަށް ގޮވާލެވުނެވެ. ދެމީހުނަށްވެސް ދުނިޔެއަށް އެނބުރި އާދެވުނީ އާދަޔާ ޚިލާފަށް ރާވިން ހާތިބަށް ގޮވާލި އަޑު އިވުމުންނެވެ. ދެމީހުންވެސް އެއްފަހަރާ އަތުން ދޫކޮށްލުމަށްފަހު އެނބުރި ބަލާލިއެވެ. ހާތިބު އަވަހަށް ހުރިތަނުން ތެދުވުނެވެ. ހީވީ ކުރަން ނުވާވަރުގެ ގޯސްކަމެއް އޭނާ އަތުން ވެވިއްޖެ ހެނެވެ. ހާތިބު ތެދުވުނު ތަން ފެނުމުން އެދިޔަ ގޮތަށް ގޮސް ރާވިން ހިފާލީ ހާތިބު ލާން ހުރި ހެދުމުގެ ކަރުގައެވެ. އެހެން ހިފައިގެން ހުރެފައި އިރުކޮޅެއްފަހުން ދޫކޮށްލައިފައި އެނބުރި ހިނގައިގަތެވެ. ހާތިބު ހުރީ ވާނުވާގައެވެ. އަނެއްކާ މިތަނުގައި އަންހެން ކުދިންނާ ވާހަކަ ދެއްކުމަކީ މަނާކަމެއް ހެއްޔެވެ؟.. ވާނުވާ ނޭނގި ހުރި ހާތިބު ރާވިންގެ ފަހަތުން ހިގައިގަތެވެ. އޭނަގެ ފަހަތުން ދެންތިބި ރާވިންގެ އެކުވެރިންތައްވެސް އައެވެ. ރާވިން ތަންކޮޅަކަށް ގޮސްފައި އުދުހިފައި ނައްޓާލިއެވެ. ދުމެއް ޖެހިހެން އޭނަ ލޮލުކޮޅަށް ގެއްލިއްޖެއެވެ. ވެގެން އުޅޭގޮތެއް ނޭނގުމުން ހާތިބު ރާވިންގެ އެކުވެރިންގާތުން އަހާލިއެވެ. ” އެއީ ރާވިންގެ ގޭގައި އުޅޭ ކުއްޖެއް.. ނަމަވެސް އެއީ އިންސިއަކާ އަހަރެމެންގެ ތެރޭ ކަނޑުގައި އުޅޭ މީހަކާ ދެމީހުންނަށް ލިބުނު ދަރިއެއް… އޭނަ ބަލަހައްޓަނީ ރާވިންގެ ކާފަ.. މަލާއިންގެ ބައްޕައާ ރާވިންގެ ކާފައަކީ ދެރަހުމަތްތެރިން… މަލާއިންއަކީ ރާވިންގެ ހިތުގެ ރާނީ… ދެން އެރުޅި ހިއެއް ނުވޭ އަވަހަކު ރަގަޅުވާނެ ހެނެއް… އޭނަ ކަމަކާ ރުޅި އަތުވެއްޖެއްޔާ ވަރަށް ރުޅި ގަދަވާނެ…” ރާވިންގެ އެކުވެރިޔަކު ކިޔާދިނެވެ. އޭނާއަށް ހުވަފެނުންފެނި ލޯބި މިވެވުނީ ގާތް އަޚެއްގެ ރާނީއަކާއެވެ. ދެން ހަދާނީވެސް ކިހިނެއްބާއެވެ.

ރާވިންގެ އެކުވެރިންނާއެކުހާތިބު ގެއަށް ދިޔައެވެ. އޭރު ރާވިން ފެންނާކަށް ނެތެވެ. ގޭގެ އެހެންމީހެއް ކައިރީ އަހާގެން ރާވިންގެ ކޮޓަރީގައި ޓަކިދިނެވެ. ނަމަވެސް ޚަބަރެއް ނުވިއެވެ. ލިބުނު މާޔޫސް ކަމުގައިހާތިބު ނިކުތީ ބޭރަށެވެ. ކައިރީގައި ހުރި ގޭގެ ބޭރުގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައި އިށީދެއްޖެއެވެ.

” މަލާ ރާވިން ހާދަ ރުޅިއެއް އައިސްފައި… ކިހިނެއްތަ ވީ؟…” ވީގޮތެއް ނޭނގިގެން ދުރުގައި ބަލަހައްޓައިގެން ތިބި މަލާއިންގެ އެކުވެރިން އައިސް އަހާލިއެވެ. ” ނޭނގެ އަހަރެންވެސް މިހުރީ ހައިރާންވެފަ.. އައިނައި ތަނެއްވެސް ނޭނގި ހާތިބުގެ ކަރުގައި ހިފާލައިފި..” މަލާއިން ބުންޏެވެ. ” އޭނައަށް ކިޔަނީ ހާތިބު ތަ؟.. އެއީ ހަމަ މަލާއަށް ހުވަފެނުގައިވެސް ފެންނަ ޕްރިންސްތަ؟..” މަލާއިންގެ އެކުވެރިޔާ އަހާލިއެވެ. މަލާއިންގެ ތުންފަތަށް މާނަވީ ހިނިތުންވުމަކުން ފުރިހަމަކޮށްލިއެވެ. ” މަލާ ދާންވީ ނޫ ގެއަށް .. ގޮސް ރާވިން ކައިރީ ވެގެން އުޅޭ ގޮތެއް އަހާލަންވީއެއްނޫ..” މަލާއިންގެ އެކުވެރިޔާ ބުންޏެވެ. އެއީ އެންމެ ރަގަޅު ގޮތް ކަމުގައި ދެކި މަލާއިން ގެއަށް ދިއުމަށްޓަކައި އުދުއްސައި ގަތެވެ.

އެދިޔަ ބާރުމިނުގައި މަލާއިންގޮސް ވަނީ ގަނޑުވަރަށެވެ. މަލާއިން ކުޑަކޮށް ބެލިނަމަވެސް އޭނަގެ ގޭގެ ބޭރުގައި ހުރި ހާތިބު ފެނުނީހެއްޔެވެ. މަލާއިންގޮސް ރާވިންގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހަން ފެށިއެވެ. ނަމަވެސް ޚަބަރެއް ނުވިއެވެ. ރާވިން ބަހެއް ނުބުނުމުން މަލާއިން ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ. އޭރު ރާވިން އެދުމަތީގައި ބަންޑުން އޮށޯވެފައި އޮތެވެ. މަލާއިން ކައިރިއަށް ގޮސް ރާވިންއަށް ގޮވަން ފެށިއެވެ. ނަމަވެސް ރާވިން އަނގަޔަކުން ނުބުންޏެވެ. މަލާއިން އެތައްފަހަރު ވީކީއްތޯ އަހާލިއެވެ. ނަމަވެސް ރާވިންއަށް އަޑު އިވޭ ކަމަކަށްވެސް ނުވިއެވެ. މަލާއިން އެހާވަރަށް އެހުމުންވެސް ރާވިން ބަހެއް ނުބުނުމުން މަލާއިން އެކޮޓަރިން ނިކުންނަން ހިނގައިގަތެވެ. މަލާއިން އަށް އެބުރިފައި ތަންކޮޅަކަށްވެސް ނުދެވެނީސް ރާވިން އޭނަގެ އަތުގައި ހިފަހައްޓާލިއެވެ. މަލާއިންއަށް ބަލާލެވުނީ ރަތްވެފައިވާ ރާވިންގެ ލޮލަށެވެ. ” ރާވިން ކިހިނެއްވީ.. ދެލޯވެސް ހާދަ ރަތޭ..” މަޑުމައިތިރި އަޑަކުން މަލާއިން އަހާލިއެވެ. ” މަލާ އަހަރެން ވަރަށް ދުވަސް ވެއްޖެ ހިތުގައި މިވާހަކަ ބާއްވައިގެން އުޅޭތާ… ދެން އެކަމަކު ނުބުނެ ހުންނަން އުނދަގޫވެއްޖެ..” ރާވިން ބުންޏެވެ. ” ކީކޭތަ ރާވިން ނުބުނެވިގެން ތިއުޅެނީ… ރާވިން ކީއްވެ ނުބުނެ ހުންނަންވީ؟..” ރާވިން ބުނަން އެއުޅެނީ ކީއްކޭކަން ނޭނގި މަލާއިން އަހާލިއެވެ.

” މަލާ އަހަރެން… އަހަރެން… މަލާދެކެ ވަރަށް ކުޑައިރުން ފެށިގެން ވެސް ލޯބިވޭ…” ބުނަން ނުބުނަން ހުންނަ ފަދައަކުން ރާވިން ބުންޏެވެ. ” އަޅެ ތިވާހަކަތަ.. މިއޮތް ހުރިހާ ދުވަހު ނުބުނެ ތިހުރީ… ރާވިންތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ… އަނެއްކޮޅުން އަހަރެންނަށް އެނގޭ މި އާއިލާގެ އެންމެންވެސް އަހަރެން ދެކެ ލޯބިވާކަން…” މަލާއިން ބުންޏެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

އެ ހަނދާން… (1)

Next

މިދެލޯ ފުހެލަ ދޭށޭ ލޯބިން 20

Next
July 27, 2020

މިދެލޯ ފުހެލަ ދޭށޭ ލޯބިން 20

Previews
July 27, 2020

އެ ހަނދާން… (1)

6 Comments!

  1. thiththa says:
    July 27, 2020 at 8:19 pm

    masha allah kudhu……dhe vaany kihineh…? i am curious ….cant wait for next part

    1. kudhoo says:
      July 27, 2020 at 10:08 pm

      ??? Thank you. Balamaa dho dhen vaane gotheh,

  2. Ram says:
    July 27, 2020 at 10:26 pm

    Maasha allah vvvvvv reethi????

    1. kudhoo says:
      July 30, 2020 at 12:48 pm

      ???Thank you Ram.

  3. Yanko? says:
    July 28, 2020 at 7:16 pm

    Vrh reethi. Waiting for the nxt part dear.

    1. kudhoo says:
      July 30, 2020 at 12:49 pm

      ??? Thank you yanko?

Comments are closed.

Next Episodeޝަހަރު 26ވަނަބައި←


All Right Reserved!