*ޒިވިން އެއް މިޔަކަނުން ހީންލިއެވެ. ‘އަޅޭ ސްވީޓީ.. އަހަރެމެން ޖެނީ މަރާލަން ބޭނުންވި ނަމަ.. މިހާރު ޖެނީ ހުންނާނީ މަރުވެފަ ނުން..’ ޒިވިން އަހަރެންނާއި ދިމާލަށް ލޯ އަޅާއިލިއެވެ. އަހަރެންނަށް ފަޔާއި ދިމާލަށް ބަލާލެވުނެވެ. ‘ޒިވިން.. އޭނާއަށް ބިރުނުދައްކާ.. ވަރަށް ފޭކު..’ ޔޫކީން ނިތްކުރީގައި ޖަހާލިއެވެ.* **6** ‘އަހަރެން ކީއްވެ މި ކުނި ވަސް ދުވާ، ދާ ވެފައި އޮތް އެއްޗެއް ލާންވީ..؟’ ‘ދެން ވާހަކަ މަދުކޮށްފަ ތި ހޫޑީ ލާންވީނު..’ ޒިވިން އަހަރެން އަތުްނ މީގެ […]
ކީއްވެ އަހަރެން..؟ އަޅެ ކީއްވެ އަހަރެން..؟ އެހެންނާ އަހަރެން ވިއްޔާ މިމީހުންގެ ތެރެއިން އެންމެ ބޯ ހަމަ ޖެހެނީ..’ އަހަރެން ސޯފާ މަތީގައި އެއްވެސް އެއްޗެކޭ ނުކިޔާ ކުރިމަތީ ދެކޮޅަށް ހިނގަމުން ދިޔަ ޒިވިން އާއި ދިމާލަށް ބަލަން ހުރީމެވެ. އޭނާ އެގޮތަށް އުޅޭތާ ގާތް ގަނޑަކަށް ތިރީސަ ވަރަކަށް މިނެޓު ވެދާނެއެވެ. ނައިޒަކް އާއި އަޒަން ދެންމެ އަކު އިންޝުއަރެންސް އޮފީހަށް ދިޔައިރު ޒައިން އާއި ކައިވާން އެމީހުންގެ ‘ސްކޫލް’ އަށް ދިޔަތާ އިރުގަނޑެއް ވީއެވެ. ނަމަވެސް […]
*’އާނ.. އަމް.. އަހަރެން ދެންމެ ބުނި ގޮތަށް އަމްމް.. ޑޯންތް ގެޓް މޭޑް އޯކޭ..’ އަޒަން ހާސްވެފައިހުރެ ކެއްސާލިއެވެ. ‘ބަޓް އަމްމް.. ކައިވާން އާއި ޒައިންމެން ދެމީހުން ފާޑަކަށް އަމްމް.. އެހެމް.. ގޭގެ ވާތް ފަޅިގައި ހުރި ހަޓް ގޮއްވާލައިގެން މިއުޅެނީ.. ލައިކް.. އަމް.. ސޯޓް އޮފް އޭން އެކްސްޕްލޯޝަން..’* *(ޖެނީގެ ނަޒަރުން)* ކުރިމަތީގައި އޮތް އަނދާ އަޅިއަށް ވެފައި އޮތް ކުޑަ ކޮޓަރި ނުވަތަ ‘ހަޓް’ އަށް ބަލަހައްޓައިގެން އަހަރެމެންނަށް ހުރެވުނެވެ. އަޅި ކުލައިގެ ދުންތަކެއް އޭގެއިން ނުކުންނަމުން […]
*ޕިސް ޕިސް ދެން ދޯ.. މި ޒުވާބު ނިންމާލާފަ މިކަން ހައްލު ކުރަން މަސައްކަތް ކުރަން ހިނގާ.. އެހެންނޫނީ ކަމެއް ގޯސް ވެދާނެ..’ ހުދު އިސްތަށިގަނޑު ލީ މީހާ ދެ އަތް މައްޗަށް ނަގާ ވާހަކަ ދައްކަން ފެށުމުން ބާކީ ތިބި އެންމެން ހައްޕު ކިޔައިގެން ތިރި ބަލަން ފެށިއެވެ.* ފަސް މީހުންގެ ލޯތައް ވަނީ އަހަރެންނަށް އަމާޒު ވެފައެވެ. އަހަރެންވެސް އެމީހުންނާއި ދިމާލަށް ބަލަން ހުރީމެވެ. އެކަކުވެސް ވާހަކަ ނުދައްކާތާގައި އެކޮޓަރި އަށް ވެރިވެފައި އޮތް […]
އްބޫސް އަހަރެމެންނަށް ކީއް މިކުރެވުނީ..!’ ‘އާތް މަންމާ..!’ ‘އަހަރެން ބުނީމެންނު މިކުރެވެނީ ރަނގަޅު ކަމެއް ނޫނޭ..!’ **2** (ޖެނީގެ ނަޒަރުން) ‘އޭތި ގޮސްފިތަ،،؟’ އެތަނުން އެކަކު ވާހަކަދެއްކިއެވެ. އެދައްކަނީ އަހަރެންގެ ވާހަކަ ކަމެއް ދަނެގަންނާކަށް އަހަރެންނަށް އުނދަގުލެއް ނުވިއެވެ. ‘އަހަރެން ބުނީމެންނު އަޒަން ކައިރީގައި ގައިރޯގައި އަތް ލައިގެން ނުވާނެޔޭ..’ ‘ޒައިން ވާހަކަ ނުދައްކަ ހުރެބަ..’ ‘ތެދެކޭ.. އަހަރެމެން މަޑުން ހުރެއްޖެ ނަމަ އޭތި ގޮސްފާނެއްނުން..’ އެ ގޮތް ނޭނގޭ ތިން މީހުން ކައިރީގައި މިވަނީ ކިހިނެތްތޯ ސުވާލު ކުރަން ބޭނުން ވީ ނަމަވެސް އަހަރެން ހިޔާލު ކުރީ މަޑުން ހުންނާށެވެ. އަނެއްކާވެސް އެތަނުން މީހަކު ވާހަކަ […]
އަހަރެންގެ ނަމަކީ ޖެނީއެވެ. އުމުރުން ސޯޅަ އަހަރެވެ. ކިޔަވަމުން އަދި ދިރިއުޅެމުން ދަނީ މާލޭގައެވެ. އަހަރެންގެ އުމުރުން އެންމެ ނުވަ އަހަރުގައި އަހަރެންގެ މަންމަ އާއި ބައްޕަ ވަނީ ނުރައްކާތެރި އެކްސިޑެންޓެއްގައި މި ދުނިޔެއާއި ވަކި ވެފައެވެ. އެދުވަހަށް ފަހު އަހަރެން ދިރިއުޅެމުން މިދަނީ އަހަރެންގެ ބޮޑުދައިތަ ފަރީހާ ގާތުގައެވެ. އަހަރެންނަށް އެއްބަނޑު އެއްބަފާ ކޮއްކޮއެއް ނުވަތަ ދައްތައެއް ބޭބެ އެއް ލިބިފައި ނެތެވެ. އަހަރެންނަކީ ފިލްމު ތަކާއި މޫވީސް ބެލުމަށް ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. ކޮންމެ ދުވަހަކުމެ ސްކޫލުން […]
މިދުވަސްވަރު އަޅުގަނޑުގެ ޔުނިޓް ޓެސްޓްތަށް އޮތުމާއިއެކު އަދި ގެ ބަދަލުވާތީވެ، ވާހަކަ އަޕް ކުރުން ލަސްވެދާނެ ކަމަށް ކިޔުންތެރިންނަށް ދަންނަވާލަން. އެހެންކަމުން އަޅުގަނޑު އެދެނީ ތިބޭފުޅުން އިންތިޒާރު ކުރަމުން ދާވަގުތު އަޅުގަނޑާއި ބައެއް ލިޔުން ތެރިން ލިޔަމުން ދާ ‘ބީޓީއެސް އެންޑް ބެންގްޓަން ގަރލްސް’ މި ވާހަކަ އަޕް ކުރަން ފެށުމުން ކިޔުމަށެވެ. އަދި ހިތުގެ ވެރިޔާ މި ވާހަކައިގެ 3 ވަނަ ބައި ވެސް ވީހައިވެސް އަވަހަކަށް ގެނެސް ދެވޭނެ ވާހަކަ ދަންނަވަން.. އަޅުގަނޑުގެ ޓެސްޓްސް ނިމުނީމަ ޝެޑިއުލް އަކާއި އެއްގޮތަށް ވާހަކަ އަޕް ކުރެވޭނެ އެވެ. ޝުކުރިއްޔާ!
*އޯހް ނޯ.’ ކައިރާއަށް ގަޑި ބަލާލެވުނު އިރު ކަމަކުދާކަށް ނެތެވެ. އޭރު އަށެއް ޖަހަން ފަސް މިނެޓެވެ. އޭނާައަށް އިސްޖަހާލެވުނެވެ. ކޮންމެ ހަފުތާއެއްގެ ކޮންމެވެސް އެއްދުވަހަކު މިކަހަލަ ކަމެއް ދިމާވާނެއެވެ. ކައުސަރުގެ އެދުމަށް ފުރަގަސް ދެވުމުން ކައިރާއަށް ބޯ ހޫރައިލެވުނެވެ. އަދި ފަޔަށް ލެވުނުހާ ބާރެއް ލާފައި ދުއްވައިގަތެވެ.* ބާރުބާޜަށް ދުވަމުން ދިޔަ ކައިރާއަށް ހުއްޓުމަކަށް އާދެވުނީ އޭނާ ކިޔަވާ ކިލާސްތެރެއަށް ވަދެވުމުންނެވެ. ވަރުބަލި ވެފައި ހުރިލެއް ބޮޑުކަމުން އޭނާއަށް ދޮރުމަތީގައި އިރުކޮޅަކު މަޑު ކޮށްލެވުނެވެ. އެއަށްފަހު […]
ދަރިފުޅާ! ދަރިފުޅާ ކައިރާ..’ ނާހިދާާގެ އަޑަށް އަރާމުކޮށް ނިދާފައި އޮތް ކައިރާއަށް ފުންމައިގެން ތެދުވެވުނެވެ. އެވަގުތު ދޮރުމަތީގައި ހުއްޓިގެން ހުރި ރައިހާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ‘އަޅޭ ކައި.. ހަމަ މަންމަ ދެކެ އެހާ ބިރުގަންނަންތަ؟ މީ މަންމަ އެއް ނޫނޭ.. ހައްހައް..’ ހެމުން ހެމުން އޭނާ އެކޮޓަރިން ނިކުތެވެ. ‘ދެން ދޮންތަ މަންމަގެ އަޑުން ގޮވީމަ އެހެންވާނެއެއްނުން.. އަދި ހަމަ އެހާ ބާރަށް.. ހުނ.. ވަރަށް ފޫހި..’ ރައިހާއާއި ދިމާލަށް ހިތާހިތުން ކުދި ކިޔަމުން ކައިރާ […]