Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (އެކާވީސްވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
August 23, 2020 7 Mins Read
13 Comments

އާލިޔާ އާއި މަތީން ތިބީ ދެންމެ ހިނގައިދިޔަ ޙާދިޘާގެ ސަބަބުން ވަރަށް ބޮޑަށް ބިރުގަނެ އަނގައިން އެންމެ ލަފްޒެއްވެސް ބުނަން ނުކެރިފައެވެ. އެއްވެސް ޙާލެއްގައި މިކަހަލަ ކަމަކާއި އެމީހުނަށް ކުރިމަތިލާން ޖެހިދާނެއެކޭ އެދެމީހުނަށް ހީކުރެވިފައެއްނެތެވެ. އަދި ޖިންނީންނަކީ އުޅޭ ބައެއްކަންވެސް އެމީހުން ޤަބޫލެއް ނުކުރެއެވެ. އޭތި އެމީހުންގެ ކުރިމަތީގައި ދެއްކި ވާހަކަތަކުންވެސް އެއީ މުއުމިން ޖިންނިއެއްކަން ދެމީހުނަށްވެސް އެނގިގެން ހިނގައްޖެއެވެ. ކޮންމެއަކަސް ދެމީހުނަށް ދެން ވޭތުކުރަން ޖެހިފައިވާނީ ނަފްސާނީ ބަލިމަޑުކަމެއްގެ ދުވަސްތަކެއް ކަންނޭނގެއެވެ.

އެރޭ މަތީން ގެއަށް ދިޔައީ ޖިނާނަށް ގުޅައިގެން އޭނާ އާލިޔާމެން ގެއަށް ގެނައިސް ޖިނާނާއި އެކީގައެވެ. އޭނާއަށް ދެން ރޭގަނޑު އެކަނި ތަނަކަށް ނުކުންނަން ނުކެރޭނެކަންނޭނގެއެވެ. ދުވަހަކުވެސް ލޮލަށް ނުފެންނަ ފަދަ ނުބައި އެއްޗެއް އޭނާގެ ލޯ ކުރިމަތިން ފެނުނީމާ ހިތުގައި އުފެދުނު ބިރު އަދިވެސް ނުފިލަނީއެވެ. މަތީނެކޭ އެއްފަދައިން އާލިޔާގެ ހިތުންވެސް އެ ބިރުވެރިކަން ފިލައި ނުދެއެވެ. އާލިޔާ އޭނާގެ ކޮޓަރީގައި ނިދުމުގެ ބަދަލުގައި ނިދީ ފަވާޝަތުގެ ކޮޓަރީގައެވެ.

އޭގެ އަނެއްދުވަހު ހެނދުނު ޒާޔާ ހޭލައިގެން ނުކުމް ސައިބުއިމަށްޓަކައި ބަދިގެއަށް ވަނެވެ. އޭރު އޭނާގެ ބައްޕަ އާއި ޖަމީލާވެސް ބަދިގޭގައި ސައިބޯން އިނެވެ. ޖަމީލާ ފެނުމާއިއެކީ ޒާޔާގެ ހިތް ނުތަނަވަސްވާގޮތްވިއެވެ. ޚާއްޞަކޮށް ޖަމީލާ ޒާޔާއާއި ދިމާލަށް ބަލަހައްޓައިގެން އެ އިންނަ ގޮތުންނެވެ. ހީވަނީ ދެންމެ ދެންމެ އައިސް ޖަހައިގަނެފާނެހެނެވެ. “ދަރިފުޅު ދެލޯ ހާދަ ދުޅަވެފަ؟ ކިހިނެތްވީ އަނެއްކާ؟” ނިހާން އެ ސުވާލުކޮށްލުމާއިއެކީ ޒާޔާއަށް ބަލައިލެވުނީ ޖަމީލާ އާއި ދިމާލަށެވެ. ހަމަ އެވަގުތު ޒާޔާ އޭނާގެ ނަޒަރު ބަދަލުކޮށްލީ ބައްޕައަށް އެއްޗެކޭ ހީކުރެވިދާނެތީއެވެ. “އާދެބަލަ ބައްޕަ ކައިރިއަށް.” ދެންވެސް ނިހާން ވާހަަކަދެއްކިއެވެ. ޒާޔާ އިސްޖަހައިލައިގެން ހުރެ ނިހާން ކައިރިއަށް ގޮސް ނިހާން ކައިރީގައި އިން ގޮނޑީގައި އިށީނެވެ. ނިހާން ޒާޔާގެ އަތުގައި ހިފައިލުމާއިއެކު ހީވީ ހޫނުފެން އެއްޗަކަށް އޭނާގެ އަތް ލެވުނުހެނެވެ. ނިހާން އަތް ދަމައިގަނެފައި ކުޑަކޮށް އެ އަތުގައި ފިރުމައިލިއެވެ. އަދި ބޮޑުވެފައިވި ދެލޮލާއިއެކީ ޒާޔާއަށް ބަލައިލެވުނެވެ. “ދަރިފުޅު ބަލީތަ؟” ޒާޔާގެ ކަރުގައި ކުޑަކޮށް އަތް ޖައްސައިލަމުން ނިހާން އެހިއެވެ. ޒާޔާ މަޑުމަޑުން ބޯ ޖަހައިލިއެވެ. “ޖަމީލާ. އަހަރެން އޮފީހުން އަންނަންދެން މީނަ ބަލައިދޭތި. ބޭސް ކާންދޭތި ވަގުތަށް. އެތާ އެކޮޅު ކަބަޑުގަ ހުންނާނެ ޕެނެޑޯލާ ޕެރިސިޓަމޯލް އިނގޭ.” ނިހާން ކަން ކުރަންވީ ގޮތް ޖަމީލާއަށް ކިޔައިދީފައި ގޮނޑިން ތެދުވިއެވެ. ޒާޔާއަށް ނިހާން އާއި ދިމާލަށް ބަލައިލެވުނީ އޭނާގެ ހުރިހާ ކަމެއް ޖަމީލާއާއި ޙަވާލުކުރުމުންނެވެ. ނަމަވެސް ޒާޔާ އެއްވެސް އެއްޗެކޭ ނުބުނެ އިނީ ފަހުން ވެދާނެ ގޮތަކާއި މެދު ވިސްނައިލެވުމުންނެވެ. ނިހާން ގެއިން ނުކުމެގެން ދިޔުމުން ޒާޔާ ބަދިގޭގައި މަޑުކުރުމެއްނެތި އޭނާގެ ކޮޓަރިއަށް ވަނެވެ.

ޒާޔާ ދިޔުމުން ޖަމީލާ ނިހާން ކޭ ތައްޓާއި އޭނާ ކޭތަށި ލިލިއަން އަށް ދޮންނަން ޙަވާލުކޮށްފައި ޒާޔާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ޒާޔާގެ ކޮޓަރި ދޮރު ކައިރިއަށް ގޮސް ދޮރުގައި ޓަކި ޖަހައިލަން އަތް ހިއްލައިލި ވަގުތު ޖަމީލާގެ ޚިޔާލު ބަދަލުވެ އޭނާ ކުރަން ޖެހޭ އެހެން މުހިންމު މަސައްކަތެއް އެބައޮތްކަން ހަނދާންވުމުން ޖަމީލާ އޭނާގެ ކޮޓަރިއަށް ދިޔައެވެ.

އެނދުގައި އޮތް ބޮޑު ބާލީހުގައި ބައްދައިގަނެގެން ޒާޔާ އެނދުގައި އޮށޯވެލައިގެން އޮތެވެ. އެހެން އޮތްއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ މަތީގައި ހުރި ފިޔާތޮށި ކުލައިގެ ސީލިންގަށެވެ. އެހެން އޮވެ އިރުކޮޅެއްވީތަނާ ޒާޔާގެ ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެން ފޭދިގެން ގޮސް ބާލީހުގައި ހޭކުނެވެ. އޭނާއަށް އެއްވެސް ކަމެއްގައި ޖަމީލާގެ އެހީތެރިކަމެއް ބޭނުމެއްނުވެއެވެ. ޖަމީލާ އޭނާއަށް އެހީވިޔަސް އެ ވާ އެހީތެރިކަމުގެ ފަހަތުގައި ކޮންމެވެސް ނުބައި ކަންތައްގަނޑެއް ވާނެކަން ޒާޔާއަށް ޔަޤީނެވެ. އޭނާއަށް މިއޮތް ހުރިހާ ދުވަހު ރަނގަޅަށް ދެލޯ ހުޅުވައިގެން ޖަމީލާއާއިއެކީ އުޅެވުނުނަމަ މިއަދު މިހުރިހާކަމެއް މިހެނެއް ނުވީސްކަން ގައިމެވެ. މިހާރު ޖަމީލާ އެ ހުރީ އޭނާގެ ކޮޅު ގަދަކޮށްލައިގެނެވެ. ދެން ހުރީ ޒާޔާގެ ބައްޕައެވެ. ޖަމީލާ ހުރިހާ ވާހަކަތަކެއް ކޮންމެ ފަދަގޮތަކަށް ހަދައިލައިގެންވެސް ނިހާން ގާތުގައި ދައްކައިފާނެއެވެ. ޒާޔާގެ ހިތުގައި އެ ބިރުވެރިކަމާއި ހިތް ނުތަނަވަސްކަން އޮތީތީ ޒާޔާ ބޭނުންވަނީ ޖަމީލާ ދޮގު ހަދާ ހުރިހާ ޙަޤީޤަތެއް އޮޅުވައިލުމުގެ ކުރިން އެ ހުރިހާ ވާހަކައަކާއި ޙަޤީޤަތެއް ނިހާނަށް ކިޔައިދޭށެވެ. އެހެންނަމަވެސް ޖަމީލާ ޒާޔާއަށް ބިރުދައްކައިލައިފައިވި ވަރުން ޒާޔާއަށް އަދިވެސް އެހުރިހާ ވާހަކަތަކެއް ނިހާން ގާތުގައި ބުނަން ފަސްޖެހެވެނީއެވެ. މަލައިކާ ގާތުގައި އެ ހުރިހާ ވާހަކައެއް ޒާޔާއަށް ކިރިޔާވެސް ކިޔައިދެވުނީ އެއީ އެހެން މަޚުލޫޤަކަށް ވާތީއެވެ.

“ހެލޯ! މަތީން… މިއަދު މަށަށް މަގޭ ފޯނު ލިބޭނެ. ލިބުނީމަ ކަލޭ އެއްކަލަ ސްކްރީންޝޮޓްތައް އަހަންނަށް ފޮނުވާލާތި. އޯކޭ!” ޖަމީލާ ކޮޓަރިއަށްވަދެ ޗާޖަރަށް ޖަހައިފައި އޮތް ނިހާންގެ ފޯނު ނަގައި މަތީނަށް ގުޅައިލަމުން އެއްނޭވާއިން ހަދަންވީގޮތް މަތީނަށް ކިޔައިދިނެވެ. މަތީން ހްމްމް ލައްވައިލައިފައި ފޯނު ކަނޑައިލުމުން ޖަމީލާ ކުޑަކޮށް ޙައިރާންވާގޮތްވިއެވެ. މަތީނަކީ ދުވަހަކުވެސް މިހާ ކުރުކޮށް ސުވާލަކަށް ޖަވާބުދިން މީހެއް ނޫނެވެ. ދެން މިއަދު މި ވީ ކިހިނެތްހެއްޔެވެ؟ އެހެންނޫނަސް ދެން މައްސަލައެއް ނެތްތާއެވެ. މަތީނަށް ކޮންމެ ގޮތެއް ވިޔަސް ޖަމީލާގެ ރޭވުން ކާމިޔާބުކަމާއިއެކީ ކުރިއަށް ދިޔައީމައި އެ ނިމުނީއެއްނޫންހެއްޔެވެ؟

“މަތީނޫ.. ކަލޭއަށް ކިހިނެތްވެފަތަ ތި އިންނަނީ؟ ރޭއްސުރެން ތި އެނދުގެ ކަނަށް ޖެހުނު ގޮތަށް ތިތަނުން ގުޑިވެސް ނުލާ. މަށަށް ކިޔައިދީބަލަ ވެގެން އުޅޭގޮތް ނިކަން.” ޖިނާން މަތީން ގާތު އެނދުގައި އިށީންނަމުން ބުންޏެވެ. މަތީނަށް އެންމެ ފުރަތަމަވެސް ބަލައިލެވުނީ އެ ކޮޓަރީގެ ހަތަރު ފާރުގެ ހަތަރު ކަނާއި ދިމާލަށެވެ. އޭނާއަށް ހީވަނީ ދެންމެ ދެންމެ އޭނާއަށް ކުރީ ރޭ ފެނުނު ބިރުވެރި ސޫރަ ފެނިދާނެހެނެވެ. “ޖި.. ޖިނާނު.. އަހަރެން ދެން ބޭނުމެއްނޫން މިކޮޅުގަ ހުންނާކަށް. އަހަރެން ބޭނުންވަނީ މިހާރުން މިހާރަށް މިރަށުން ފުރައިގެން ދާން..” މަތީން އޭނާ ބޭނުންވާ ގޮތް ހާމަކުރިއެވެ. ކުއްލިއަކަށް މިރަށުން ފުރައިގެން ދާން މަތީން ބޭނުންވުމުން ޖިނާންގެ ދެބުމަ ގޮށްޖެހި ދެއަތް މުއްކެވުނެވެ. އަދި އައި ގަދަ ރުޅިގަނޑެއްގެ ސަބަބުން އެނދުމަތީ ގޮށްމުށުން ޖަހައިލެވުނެވެ. “ހާދަ އަވަހަކަށް މިރަށުން ފުރައިގެން ދާން ތިޔަ އުޅެނީ؟ އަހަރުމެން މިރަށަށް އައީ ޒިޔާނާ ކުރިކަންތަކުގެ ކިބައިން ބަދަލު ހިފާކަށްނު. އެކަން އަދި އެއްކޮށް ނުނިމެނީސް ދާން ނިންމީ ތި! އަދި ޒާޔާ ބަދުނާމުކޮށްލުމުގެ މަސައްކަތް ކިރިޔާ ފެށިފަ އޮއްވަ.” ޖިނާން އައި ރުޅިން އެނދުން ތެދުވެ މަތީނަށް ފުރަގަސްދިނެވެ. އޭނާ ކޮންމެހެނެއް ހަދައިފައިވެސް އޭނާގެ ހިތުގައިވި ނުބައި އެދުން ފުއްދަން ބޭނުމެވެ. ޖިނާން ހީކުރީ ޖިނާން އެގޮތަށް އެއްޗެހި ކިޔައިލުމުން މަތީން އެރަށުގައި ހުރުމަށް އެއްބަސްވާނެ ކަމަށެވެ. އެހެނަސް މަތީންގެ ފަރާތުން ޖިނާނަށް އިވުނީ އޭނާ ހީކުރި ފަދަ ވާހަކަތަކެއް ނޫނެވެ.

“މީހަކަށް ކުރެވުނު ކުށެއްގެ ބަދަލު ހިފުމަކީ އަހަރުމެން އިންސާނުން ކޮށްގެން ހެޔޮވާނެވަރުގެ ކަމެއް ނޫން. އަނެއްކާ ޒިޔާނާ އަހަރުމެން ރުޅިއަންނަވަރުގެ އެއްވެސް ކަމެއް ކޮށްފައެއް ނެތް. އަހަރުމެން އޭނައާ ބެހެން އުޅުނީމަ އޭނަ އެކަން ޕޮލިހުންނަށް އަންގައިގެން އަހަރުމެން ޖަލުގަ ތިބެން ޖެހުން އެއީ ޒިޔާނާގެ ކުށެއް ނޫން. އެއީ އަހަރުމެންގެ ކުށް. އެހެންވީމަ ޒިޔާނާގެ ކިބައިން ބަދަލު ހިފާށޭ ކިޔާފަ އޭނަގެ މައުސޫމް ދަރިފުޅަށް އެއްވެސް ގޮތަކުން ގެއްލުމެއް ދިނުމަކީ ކޮށްގެން ވާނެކަމެއް ނޫން….. ޖިނާން ހުންނަންޏާ ހުރޭ މިރަށުގަ. އަހަރެން ހަމަ މިއަދުން މިއަދަށް ފުރައިގެން ދެވޭތޯ ބަލާނަން.” ޖިނާން މަތީނާއި ދިމާލަށް އެއްޗެހި ކިޔައިލުމުން މަތީނަށް ހީވީ ކުރިން ނުލިބޭފަދަ ވަރުގަދަ ހިތްވަރެއް އޭނާއަށް ލިބުނެހެންނެވެ. އެ ހުރިހާ ވާހަކަތަކެއްވެސް މަތީން ދެއްކީ ސާބިތު އަޑަކުންނެވެ. ވަރަށް ޔަޤީންކަމާއިއެކީގައެވެ. މަތީން އިތުރަށް އެތަނުގައި މަޑުކުރަން ނުހަދައި އޭނާ އެތަނުން ނުކުމެގެން ހިނގައްޖެއެވެ. ޖިނާން ހުރީ މަތީނަށް އައި އެ ކުއްލި ބަދަލުގެ ސަބަބުން އެ ހުރިތާ ހުއްޓުން އަރައިފައެވެ. އަނެއްކާ މަތީންގެ ޚިޔާލާއި މިޒާޖު އެގޮތަށް ބަދަލުވާން މަތީނަށް ‘ލެކްޗަރު’ ދިނީ ކާކުހެއްޔެވެ؟

މަތީން ގެސްޓްހައުސްގެ ގޯތިތެރޭ މަޑުކޮށްލައިގެން ހުރީ ލިއަމް ނުކުންނަން ދެނެވެ. ކޮންމެދުވަހެއްގެވެސް މި ވަގުތަކީ ލިއަމް އިތުރު ގަޑި ނަގައިދޭން ސްކޫލަށް ދާން ނުކުންނަ ވަގުތުކަމުން މަތީން ލިއަމް ނުކުންނަންދެން އެތާ މަޑުކުރީއެވެ. އެހެނަސް އޭނާ އެތާ ހުރެ ދިހަ މިނެޓް ވީއިރުވެސް ލިއަމް ނުނިކުތުމުން މަތީން ލިއަމް އުޅޭ ރޫމާއި ދިމާލަށް ދިޔައެވެ. އަދި މަޑުމަޑުން އެ ދޮރުގައި ޓަކި ޖަހައިލީ ލިއަމް ކޮޓަރީގައި އުޅޭހެން ހީވެގެންނެވެ. މަތީންގެ އެ ހީ ޔަޤީނަށް ބަދަލުވީ އެތެރެއިން ލިއަމް ދޮރުހުޅުވައިލައި އެތެރެއަށް ވަންނަން ތަން ދިނުމުންނެވެ.

ކޮޓަރިތެރޭ ހުރި ޖިނާނަށް މަތީންގެ ފޯނަށް ވައިބަރ އިން މެސެޖެއް އައި އަޑު އިވުނެވެ. އެ މެސެޖު އައިތާ ސިކުންތެއްވެސް ނުވަނީސް އިތުރު މެސެޖުތަކެއް އަންނަ އަޑުއިވުނެވެ. މާ ގިނައިން ވައިބަރ ނޮޓިފިކޭޝަންތައް އަންނާތީ ޖިނާން އެނދުމަތީގައި އޮތް މަތީންގެ ފޯނު ނަގައި އެ ހުޅުވައިލަމުން ވައިބަރ އަށް އައިއްސައި ހުރި މެސެޖުތައް ކިޔައިލިއެވެ. އެ މެސެޖުތައް ކިޔައި ނިމުނުތަނާ ޖިނާން އެ ފޯނު ބާއްވައިފައި ކޮޓަރި ދޮރު ކައިރިއަށް ދިޔައެވެ. އަދި އެއްވެސް އަޑެއް ނީވޭނޭ ފަދައަކުން ކޮޓަރި ދޮރު ތަޅުލައިފައި އައިސް އަނެއްކާވެސް މަތީންގެ ފޯނު ނަގައި އޭނާގެ މަސައްކަތް ފަށައިގަތެވެ. ‘ޒާޔާ’ އާއި ލިއަމް އާއި ދެމެދު ދެކެވިފައި ހުރި ވާހަކަތަކުގެ ހުރިހާ ސްކްރީންޝޮޓްތައް ޖިނާން ޖަމީލާއަށް ފޮނުވައިލިއެވެ. އެ ހުރިހާ ސްކްރީންޝޮޓްތަކެއް ފޮނުވައިލެވުމުން ޖިނާން ދެން މަށަށް މެސެޖް ނުކުރައްޗޭ ލިޔެފައި މެސެޖެއް ފޮނުވައިލިއެވެ. އެކޮޅުން ޖަމީލާ އޯކޭ އޭ ބުނެލުމުން ޖިނާން އެ ޗެޓް ލޮގް ޑިލީޓްކޮށް މަތީންގެ ފޯނު ކުރިން އޮތްގޮތަށް އެނދުމަތީ ބާއްވައިފައި ޖިނާން އެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

މަތީން ލިއަމް އާއި ކުޑަވަގުތުކޮޅަކަށް ވާހަކަ ދައްކައިލަން މަޑުކޮށްލުމަށްފަހު އަނބުރާ އޭނާގެ ކޮޓަރިއަށް ދިޔައެވެ. މަތީން އެއައީ ލިއަމް މިކަމުގެ ތެރެއަށް ވެއްދި މީހަކީ އޭނާކަމަށް ބުނެ އޭނާގެ ކުށަށް އަމިއްލައަށް އިޢުތިރާފްވެ ލިއަމްގެ ކިބައިން މަޢާފަށް އެދިފައެވެ. ލިއަމްގެ ހިތް ސާފުކަމުން ކަންނޭނގެއެވެ. މަތީން ހަމަ މަޢާފަށް އެދިލާއިރަށް ލިއަމް މަޢާފް ކޮށްދިނެވެ. މަތީން ފުރަން ދާން ތައްޔާރުވުމަށްޓަކައި އޭނާގެ ދަބަހަށް އޭނާގެ އަންނައުނާއި އެހެނިހެން ސާމާނުތައް އަޅަމުން ގެންދިޔައެވެ. މިއަދު ހަވީރު ފުރާ ލޯންޗުން މަތީނާއި ލިއަމް މާލެ ދިޔުމަށްވަނީ ހަމަޖެހިފައެވެ.

ލިއަމް ވަނީ މީގެ ދުވަސްތަކެއް ކުރިން އޭނާ އުޅުނު ވަޒީފާއިން ކަނޑައިލެވިފައެވެ. އޭނާ އަށް އެ ވަޒީފާއިން ވަކިވެވުނީވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެނެވެ. އެކިއެކި ސަބަބުތަކާއި އުޒުރުތައް ސްކޫލްގެ އިސް މީހާއަށް ދައްކައިގެނެވެ. ލިއަމްގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކަމުން އެމީހުން ލިއަމް ސްކޫލުން ވަކިކުރަން ބޭނުމެއްނުވިޔަސް ލިއަމް އެކަމަށް ބޭނުންވެފައިވާލެއް ބޮޑުކަމުންނާއި ދައްކައިލި މޮޅެތި ސަބަބުތަކާއި އުޒުރުތަކުގެ ސަބަބުން އެމީހުން ހަމަ އެދުވަހުން އެދުވަހަށް ލިއަމް ސްކޫލުން ވަކި ކުރީއެވެ. ދެން ލިއަމް ބޭނުންވީ އޭނާވެސް މާލޭގައި އަމިއްލަ މަސައްކަތްކޮށްގެން ހަރުދަނާ ދިރިއުޅުމެއް އުޅޭށެވެ.

ސްކޫލް ކިޔެވުން ނިންމައިލައިފައި ފަވާޝަތު އަފްލާހުއާއިއެކީ ރަށުގައި ހުރި އެންމެ މަޝްހޫރު ރެސްޓޯރެންޓަށް ސައިބޯން ދިޔައެވެ. ގެއިން ސައިބޯ ހިތް ނުވުމުގެ ސަބަބުންނާއި އާލިޔާ މިއަދު އެ އުޅޭ ގޮތުން އެމީހުން ގޭގައި ހުންނަ ހިތް ނުވުމުގެ ސަބަބުން ބޭރަށް ސައިބޯން އައީއެވެ. “ފަވާ. ބޮޑުދައިތަ ކިހިނެތްތަ އެއުޅެނީ؟ އަމިއްލައަށް ތަނެއްގަ ހުންނަނީކީ ނޫން. އަބަދުވެސް އަހަރުމެން ދެމީހުން ކުރެ ކޮންމެވެސް އެކެއްގެ ފަހަތުން އެ އުޅެނީ. ވަޓްސް ރޯންގް ވިތް ހަރ؟” ހުހަށް ހުރި މޭޒެއް ކައިރިއަށް ގޮސް އެތަނުގައި އިށީންނަމުން އަފްލާހް ފަވާޝަތާއި ވާހަކަ ދެއްކިއެވެ. “ނޭނގެ އެއްގޮތަކަށްވެސް…” ފަވާޝަތު އެކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އާލިޔާ ކޮންމެ ގޮތަަކަށް އުޅުނަސް އޭނާއަށް ކީއް ހެއްޔެވެ؟ އާލިޔާ އޭނާގެ ކަންތަކާއި އެހާ ބޮޑަށް އަޅައިނުލާއިރު ވަކި އޭނާވެސް އާލިޔާގެ ކަންތަކާއި އަޅައިލުމުގެ ބޭނުމެއް ނެތްތާއެވެ.

‘މަތީން’ ފޮނުވި ހުރިހާ ސްކްރީންޝޮޓްތަކުގެ ތެރެއިން އެންމެ ފަހަށް ފޮނުވައިފައި އިން ސްކްރީންޝޮޓް ފެނިފައި ޖަމީލާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެ ސްކްރީންޝޮޓުގައިވި ދިގު މެސެޖު ކިޔައިލެވުނުއިރު އޭގައި އެމީހުންގެ ރޭވުމާއި އެމީހުން ކުރި ކަންތަކާއި އަދި ކުރިއަށް އޮތްތަނުގައި ކުރަން ރާވާފައި ހުރި ކަންތައްވެސް އަކުރުން އަކުރަށް ކިޔައިދީފައިވެއެވެ. ކޮންމެވެސް މީހަކު ޖަމީލާމެނަށް އެބަ ފާރަލާކަމުގެ ފެހި ސިގްނަލެއް ޖަމީލާގެ ސިކުނޑިން ދިން ހިނދު އެއީ ކާކުތޯ ޖަމީލާގެ ހިތަށް އެރިއެވެ. ޔަޤީނުންވެސް އެއީ ފަވާޝަތެއް ނޫނެވެ. ނޫނީ ނިހާންމެނެއްވެސް ނޫނެވެ. އަނެއްކާ މަތީން ޖަމީލާއަށް އޭނާއާއިއެކީ އުޅޭކަމުގެ ދަޅަ ދައްކައިގެން ޖަމީލާގެ ހުރިހާ ރޭވުމެއް ފަޅާއަރުވައިލީބާވައެވެ؟ ޖަމީލާގެ ހިތުގައި އުފެދުނު އެ ސުވާލުގެ ޖަވާބު ހަމަ އެ ވަގުތަށްވެސް ލިބުނު ކަހަލައެވެ. ސަބަބަކީ މަތީން މިއަދު އޭނާއާއި ވާހަކަދެއްކި ގޮތުންނެވެ. މިއީ ރަނގަޅަށްވިއްޔާ މަތީންގެ ކަމެކެވެ. ޖަމީލާ ވަގުތުން ކޮންޓެކްޓްސް އަށްވަދެ މަތީންގެ ނަމްބަރު ހޯދައި އެ ނަމްބަރަށް ގުޅައިލިއެވެ.

އަންނައުނުތަކާއި އެހެނިހެން އެއްޗެހި ދަބަހަށް އަޅައި ނިންމައިލައިފައި އެނދުމަތީ އިށީން މަތީނަށް އޭނާގެ ފޯނު ވައިބްރޭޓްވާން ފެށި އަޑަށް ފޯނު ނަގައި ބަލައިލިއެވެ. ނުވެސް ދަންނަ ނަމްބަރެއްކަމުން މަތީން ނިންމީ ފޯނު ނުނަގާ ބާއްވާށެވެ. އެހެންކަމުން ފޯނު ބިޒީ ކޮށްލައިފައި އަނެއްކާވެސް އެނދުގައި ރަނގަޅަށް ހަމަޖެހިލެވޭތޯ ބެލިއެވެ. ރަނގަޅަށް ބާލީހުގައި ލެނގިލެވުނު ތަނުން އަނެއްކާވެސް މަތީނަށް އިވުނީ އޭނާގެ ފޯނު ވައިބްރޭޓްވި އަޑެވެ. މިފަހަރު އެ ވައިބްރޭޓްވި ގޮތުން އެއައީ މެސެޖެއްކަން މަތީނަށް އެނގުނެވެ. ފޯނު ނަގައި ބަލައިލިއިރު އެއީ މީގެ ސިކުންތެއްވަރު ކުރިން އޭނާގެ ފޯނަށް ގުޅި ނަމްބަރުން އައިއްސައި އިން މެސެޖެކެވެ. މެސެޖު ހުޅުވައި ކިޔައިލިއިރު އެއީ ޖަމީލާގެ ފަރާތުން އަތުވެފައި އިން މެސެޖެއްކަން މަތީނަށް އެނގުނެވެ. މަތީން އެ މެސެޖަށް ޖަވާބުވެސް ދޭކަށް ބޭނުމެއްނުވިއެވެ. ޖަމީލާ ފޯނު ނަގަން ބުނެފައި ވުމުން ޖަމީލާ އެ އުޅެނީ މަތީން އެއްކަލަ ސްކްރީންޝޮޓްތައް ޖަމީލާ އަށް ނުފޮނުވައިގެންކަން މަތީނަށް އެނގުނެވެ. ޖަމީލާ ދެވަނަ ފަހަރަށް ގުޅައިފައިނެތީ މަތީން ލަސްކުރުމެއްނެތި އަވަހަށް އެ ނަމްބަރު ބްލޮކްކޮށްލިއެވެ. އަދި އޭނާ ލިއަމްގެ ފޯނުން އޭނާގެ ފޯނަށް ފޮނުވައިފައި ހުރި ސްކްރީންޝޮތްތައް އެ ފޯނުން އެއްކޮށް ފުހެލިއެވެ. އެހެނަސް، މަތީނަށް ނޭނގުނުކަމަކީ މިހާރު ވަގުތު ފާއިތުވެއްޖެކަމެވެ. ޖިނާން މީގެ ވަގުތުތަކެއް ކުރިން އެ ސްކްރީންޝޮޓްތައް ޖަމީލާއަށް ފޮނުވައިފައިވިކަމެވެ.

މަތީނަށް ގުޅަން އުޅި ނުގުޅުމުން މަތީން އޭނާގެ ނަމްބަރު ބްލޮކް ކޮށްލީކަން ޖަމީލާއަށް އެނގުނެވެ. ޖަމީލާ ދެން އެކަމާ އަޅައިލާން ނުހަދައި އެ ސްކްރީންޝޮޓްގައި އިން އެ ދިގު މެސެޖު ނުފެންނާނޭހެން އެ ސްކްރީންޝޮޓް އެޑިޓްކޮށްލިއެވެ. ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިކުރުވަމުން މީގެ ސާޅީސްވަރަކަށް މިނެޓް ކުރިން އޭނާއަށް ލިބުނު ރީތި ރީތި ކަޅު ފޯނުގައި ފިރުމައިލައިފައި އެ ފޯނު ޗާޖެއް ޖަހައިފައި ނިދަން އޮށޯތެވެ.

ސައިބޮއެ ނިންމައިލައިގެން ފަވާޝަތާއި އަފްލާހު ގެއަށް އައީ މެންދުރު ނަމާދަށް ބަންގި ގޮވަން ފެށުމުންނެވެ. “ހާދަ ލަހަކުން ތި އައީ. މަ އެކަނި އިނީމަ ޓީވީ ހުޅުވައިގެން މީނީ. ދެން ބޭރަށް ދާއިރު އެހާ ގިނައިރު ނުކުރާތި ކަލެމެން ދެމީހުން.” ދެމީހުން ގެއަށް ވަނުމުން އާލިޔާ ޓީވީ ނިވައިލައިފައި ސޯފާއިން ތެދުވިއެވެ. “ދެން އިނދޭ ޓީވީ ބަލަން. އަހަރުން މި ދަނީ ކޮޓަރިއަށް ނަމާދަށް. ބޮޑުދައިތަ ތިހާ ބިރުގަންނައިރުވެސް ނަމާދެއް ނުކުރާނަމެއްނު.” ފަރުވާކުޑަ ރާގަކަށް އަފްލާހު އެހެން ބުނެލައިފައި އޭނާގެ ކޮޓަރިއަށް ހިނގައްޖެއެވެ. ފަވާޝަތުވެސް މަޑުނުކޮށް އޭނާގެ ކޮޓަރިއަށް ވަނެވެ.

ފަވާޝަތު ކޮޓަރިއަށް ވަދެ އޭނާގެ ފޯނު ނަގައިފައި ޒާޔާގެ ނަމްބަރަށް ގުޅައިލިއެވެ. މި ދޭތެރެއަކުން ޒާޔާގެ ޚަބަރެއްވެފައި ނުވާއިރު މިއަދު ސްކޫލަކަށްވެސް ޒާޔާ ނުދެއެވެ. އަނެއްކާ ޒާޔާއަށް ބޮޑުކަމެއް ދިމާވީބާވައެވެ؟ އެ ސުވާލުތަކެއް ހިތަށް ބޮނޑިކޮށްލައިގެން ހުއްޓައި އެކޮޅުން ޒާޔާ ފޯނު ނަގައިފިއެވެ. “ހެލޯ ފަވާ!” ބަލި ގޮތަކަށް ޒާޔާ ގޮވައިލި އަޑު ފަވާޗަތަށް އިވުނެވެ. “ޒާޔާ!! ބަލީތަ؟” ޒާޔާ މަޑުމަޑުން ހްމްމް ލައްވައިލިއެވެ. “އަޅޭ.. އެހެންވެދޯ މިއަދު ސްކޫލަށް ނުދިޔައީ! ނޫމާނާ ހަސްނައިންވެސް އެހި މަގޭ ގާތުގަ ޒާޔާ ކޮބާހޭ. ހެހެ.. އެނީވޭސް، ޑޮކްޓަރަށް ދައްކައިފިންތަ؟” ޒާޔާ ނޫނެކޭ ބުނެ އޭނާ ދާނީ ބައްޕަ ޑިއުޓީ ނިމުނީމައި ބައްޕަޔާއެކުގައިކަމަށް ބުނެލިއެވެ. “ބައްޕަ؟ ވެއިޓް. ޖަމީލާ ދައްތަ ހުންނާނެއްނު.” “ފަވާ. އައި ޑޯންޓް ވޯންޓް ޓު ޓޯކް އެބައުޓް ހަރ. އެހެން ވާހަކައެއް ދައްކަބަ.” ފަވާޝަތު ބުނި ޖުމުލަ ނިމުނުތަނާހެން ޒާޔާ ފޫހި ރާގަކަށް ބުނެލިއެވެ. “އޯކޭ. އެހެންވީމަ މިރޭ އަހަރެން ދާނަން އަފްލާހްބެއާއެކީ ތި ގެއަށް އިނގޭ.” “އޯކޭ!” ފަވާޝަތު ފޯނު ކަނޑައިލައިފައި އަވަހަށް ނަމާދަށް އަރަން ތައްޔާރުވާން ދިޔައެވެ.

ޒާޔާ ފޯނާއި ކުޅެން އޮވެފައި ފޯނު ބޭއްވީ އިތުރަށް ހުން ގަދަވާން ފެށުމުންނެވެ. މާ ބޮޑަށް ހީކަރުވާން ފެށުމުން ޒާޔާ މަޑުމަޑުން އެނދުން ތެދުވެ ގޮސް ކޮޓަރީގައި ހުރި ފަންކާ ނިއްވައިލިއެވެ. އޭސީވެސް ކަނޑައިލުމަށްފަހު ޒާޔާ މުޅި ގައިގައި ރަޖާލައިގެން އޮށޯތެވެ. މާ ބޮޑަށް ހުން ގަދަވާތީ ޒާޔާ ބޭނުންވީ ވަގުތުން ނިދައިލާށެވެ. ނަމަވެސް ދެ ލޯ މަރައިލައި އިރަށް ހީވަނީ ދެލޯވެސް ފިހިދާނެހެނެެވެ. ޒާޔާ އަށް ކިރިޔާވެސް އެ ދެލޯ މަރައިލެވުނީ ސައިޑް ޓޭބަލް މަތީ ހުރި ފެން ޖަގުން ފެންފޮދެއް ނަގައި ލޮލުގައި ހައިކައިލެވުމުންނެވެ.

ކޮޓަރި ދޮރުގައި ޓަކި ދޭ އަޑަށް ނިދިފައި އޮތް ޖަމީލާއަށް ހޭލެވުނެވެ. ދެލޯ އުނގުޅަމުން އެނދުން ތެދުވެ ޖަމީލާ ގޮސް ދޮރު ހުޅުވައިލިއެވެ. “ކޮބާ ޒާޔާ؟” ކޮޓަރިތެރެއަށް ވަންނަމުން ނިހާން އެހިއެވެ. ޖަމީލާއަށް ވަގުތުން އޭނާގެ ކަޅި މައްޗަށް ހިންގައިލެވުނެވެ. އެހާ ރީތި ހުވަފެނެއް ދެކިފައި ހޭލެވުނުއިރުވެސް އެ އަހަން ޖެހުނީ ޒާޔާގެ ނަމެވެ. ހާދަހާވާ ރުޅިއެއް އާދެއެވެ. “ނޭނގެ.” ފަރުވާކުޑަ ރާގަކަށް އެހެން ބުނެލުމަށްފަހު ޖަމީލާ އަނެއްކާވެސް އެނދުގައި އޮށޯތެވެ. “އޭނައަށް ބޭސް ދިނިންތަ؟” ޖަމީލާގެ ޢަމަލުތައް ހުރި ގޮތުން އައި ރުޅިން ނިހާން އަށް އެހެން އަހައިލެވުނީ ތަންކޮޅެއް ބާރަށެވެ. މިހާރަކަށް އައިސް ޖަމީލާ ކަންކަމުގައި ވަރަށް ފަރުވާކުޑަވާން ފަށައިފިކަން ނިހާންއަށް ފާހަގަކުރެވެން ފަށައިފިއެވެ. “ނުދެން. އޭނަ އެ ދޮރު ހުޅުވައިގެންތާ އަހަންނަށްވެސް އެ ކޮޓަރިއަށް ވަދެ އޭނައަށް އެއްޗެއް ދެވޭނީ ދޯ!” ޖަމީލާވެސް ނިހާން ވާހަކަދެއްކި ރާގުގައި ވާހަކަދެއްކިއެވެ. ނިހާން ދެފަރާތަކަށް ބޯ ހޫރުވައިލައިފައި ގަމީހުގެ ބެގީ ނައްޓައިލައި ޓައިވެސް ކޮނޑުގައި އަޅުވައިލައިފައި އެ ކޮޓަރިން ނުކުތެވެ.

“ޒާޔާ. ކަލޭގެ ދުވަސް ދާނެ މިއަދު. އަހަރެން މި ހުރިހާ ފޮޓޯތަކެއް މިއަދު ކަލޭގެ ބައްޕައަށް ދައްކާނަން. ހަހަހަހަ.” ޖަމީލާ އޭނާގެ އަމިއްލަ ނަފްސަށް އަޑު އިވޭނެވަރަށް ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ލޯތްބައްޓަކައި(29ވަނަ ބައި)

Next

ތިޙިޔާލުގާ…. (4)

Next
August 23, 2020

ތިޙިޔާލުގާ…. (4)

Previews
August 21, 2020

ލޯތްބައްޓަކައި(29ވަނަ ބައި)

13 Comments!

  1. Maash says:
    August 23, 2020 at 6:50 pm

    V. V. V reethi maasha Allah ??waiting for the next part curiously ?. Lyssm dhonthy ?

    1. Dhonthy says:
      August 23, 2020 at 8:38 pm

      Maash 🙂 🙂 🙂 Thank you so much dear. And yes! Keep waiting for the next episode. Love you too Maash <3 <3 <3 <3

  2. Kairaa says:
    August 23, 2020 at 7:49 pm

    dhonthy…
    varah reethi ingey mi bai vx….
    waiting for the nxt part…
    lysm

    1. Dhonthy says:
      August 23, 2020 at 8:40 pm

      Kairaa 😀 😀 😀 Thank you so much Kai <3 <3 😀 And yes! Keep waiting for the next episode. Love you too Kai <3 <3 <3 <3 <3

  3. Afu says:
    August 23, 2020 at 9:53 pm

    Jameeeeelaaaaaaa ???? hate u hate u hate u ???? alhe haadha gohey ?? haadha curious Koh thinihmaalee ?? ekamu varah habeys igey mi prt vx Masha Allah ♥️♥️♥️ curiously waiting for nxt ?? stay safe karaa siss ???? luv uuuuuuu karaa dhahthaaa ??????????♥️♥️♥️♥️♥️♥️??????

    1. Dhonthy says:
      August 24, 2020 at 2:49 am

      Afu 😀 😀 😀 Thank you so much dear 🙂 🙂 And yes! Keep waiting for the next ep. You too stay safe Afu 🙂 <3 <3 Once again thank you so much Afu and Love you too dear <3 <3 <3 <3 <3 <3 <3 <3 😀 😀 😀

  4. R¥N says:
    August 25, 2020 at 10:24 am

    Dhonthy… Ryn Ahsu dhonthy ge hurihaa vaahaka eh ves kiyan… But sry comment nukurevey thy ve ??any ways….. Stry hama superb ingey ????
    LVE U
    Be safe ???

    1. Dhonthy says:
      August 26, 2020 at 3:40 am

      RYN 🙂 🙂 🙂 It’s totally okay dear. Btw Thank you so much RYN. Love you too and stay safe <3 <3 <3 <3 <3 <3 <3

  5. Sadha says:
    August 25, 2020 at 11:55 pm

    Nooney in’gey… mi part vx hama habeys.. rangalhu dhn matheen ah visnuniima dhn miulhey myhunnah vx visney nama ey mi hithah araanii… zaayaa ah dhera gotheh nuvaanama… love you dhonthy… tc❤?

    1. Dhonthy says:
      August 26, 2020 at 3:42 am

      Sadha 😀 😀 😀 Thank you dear 😀 😀 <3 <3 <3 Dhw! Matheen nooniyya ehen enmenau es visneyne nama 🙁 🙁 Zaayaa au dheragotheiy nahadha veythw v balan eba 😀 😀 😀 Maybe, hama wedhaane. 😉 😉 😛 😛 😛 Hehe! Take care and love you too <3 <3 <3 <3 <3 <3 <3

  6. R¥N says:
    August 26, 2020 at 2:09 pm

    Dhonthy plx look mail… I send you something

  7. Niuko says:
    August 27, 2020 at 5:09 pm

    Heyo nuvaane jameelaa gandaa ..zaya ah ehn nuhadhaa dhw dhonthii.. ?? by the way this part is also awesome dear .. curious to read next part ☺️☺️☺️☺️dhonthi vrh molhu Masha Allah ❤️ sifa kohfa hunna goiyy i like itt ??
    Love you and be safe ??

    1. Dhonthy says:
      August 27, 2020 at 9:01 pm

      Niuko 😀 😀 😀 Thank you so much 🙂 🙂 And yes! Keep waiting for the next ep curiously! 😀 😀 😛 😛 😉 Once again thank you so much Niuko 🙂 Love you too and stay safe <3 <3 <3 <3 <3 <3 <3 <3 :-*

Comments are closed.

Next Episodeޒާޔާ (ބާވީސްވަނަ ބައި)←


All Right Reserved!