Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އައިނާ (2) 31

Annna Level 510 Stories100 Comments100 Login
August 23, 2020 3 Mins Read
19 Comments

އެއްތިރީސްވަނަބައި

“އެރޭގައި އަހަރެން ޑްރިންކްސް އަތުރާފައި ހުރި މޭޒު ކައިރީ ހުއްޓައި އެތަނަށް އައީ ނަޝްވާ.. ނަޝްވާ އައިސް އަހަރެން ކައިރީ ބުނަނީ އައިނާ އާއި ހިޝާން އުޅެނީ ރައްޓެހި ވެގެނޭ.. އަދި.. އަދި.. އަދި އައިނާ ބޭނުންނަމަ އޭނާ ބުނާކަމެއް ކޮށްފިއްޔާ ލިބޭނެއޭ.. ނަޝްވާ.. ނަޝްވާ ބޭނުންވީ ހިޝާން..” ޔުއާލް މިހާސިސާބަށް ބުނާއިރަށް އައިނާ އަށް ކޮއްޅައް ތެދުވެވިއްޖެއެވެ.

***

“ނަޝްވާ ބުނީ އޭނާ ބުނާ ކަމެއް ކޮށްފިއްޔާމުން އޭނައަށް ހިޝާން އަދި އަހަރެންނަށް އައިނާ ލިބޭނެއޭ.. އޭރު އަހަރެން ހުރީ ހަމަ ރަނގަޅަށްވެސް ޝައިޠާނާ ބޮލަށް ސަވާރުވެފައި.. އަހަރެން ނަޝްވާ ބުނި ކޮ.. ކޮންމެ ކަމަކަށް އެއްބަސް ވި.. ވިން..” ޔުއާލް އިސްޖަހައިގެން ހުރެ ބުނެލިއެވެ. އޭރު އައިނާގެ އަނގަމަތީގައި އަތް އެޅިފައި ވީއިރު ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައެވެ.

މިހާރު އައިނާ އަށް ވެސް ކޮންމެވެސް ވަރަކަށް ކަންތައް ހިނގި ގޮތް ރޭކައި ލާން ފަށައިފިއެވެ. “އެދުވަހު ނަޝްވާ ބުނެގެން އަހަރެން ގޮސް އައިނާ ގާތު ބުނީ ހިޝާން އަކީ ގިނަ އަންހެން ކުދިން ގެންގުޅޭ ކުއްޖެކޭ.. އެދުވަހު ނަޝްވާ ބުނެގެން އަހަރެން ހިޝާން ގޮވައިގެން ދިޔައީ.. އެދުވަހު ނަޝްވާ އާއި ހިޝާން އެއްތާކު ތިބީ އެއީ ވެސް ނަޝްވާގެ ޕްލޭން އެއް.. އެދުވަހު ނަޝްވާ ހިޝާން ގެންދިޔައީ އޭނާ ފުރަން އުޅޭ ކަމަށް ބުނެފައި ފަހު ބައްދަލު ވުމޭ ކިޔައިފައި..

ހެހެ.. އަދި މިހެން ބުންޏަކަސް ނޭނގޭނެ ދޯ.. ނަޝްވާ އަކީ އޭނާ މިރަށަށް އައިން ސުރެ ހިޝާން އާއި އަޅައިގަނެގެން އުޅޭ މީހެއް.. އެކަން ހިޝާން އަށް ވެސް އިނގޭމެ.. އެކަމް އޭނާ ނަޝްވާޣެ ހުށައެޅުން ތަކަށް ދިނީ ބީރު ކަންފަތެއް.. ބިކޯޒް ހީ ލަވްސް ޔޫ.. ހިޝާން ނަޝްވާ ކިބައި ސަލާމަތް ވާން ބޭނުނެވެގެން އެދުވަހު ދިޔައީ ނަޝްވާ އާއި އެކޮށް.. އަހަރެން އެދެމީހުން ޓެރަސް ގައި ތިއްބޭ ބުނީމައި އައިނާ ހިނގައި ގަތުމުން އަހަރެން ނަޝްވާ އަށް މެސެޖު ކުރީ..

ހަގީގަތުގައި އައިނާ ހީކުރި ކަހަލަ އެއްވެސް ކަމެއް އެދެމެދަކު ނުވޭ.. އެއީ ވެސް ނަޝްވާ ޖެހި މަޅިއެއް.. އައިނާ އަށް އެތަނަށް ދެވުނީ އަހަރެން އެދުވަހު އެތަނަށް އައިނާ ދާން ބޭނުންވި ވަގުތުގައި.. އެކަމް ކުރެވުނީ ގޯސް ކަމެއްކަން ރޭކާލީ މާފަހުން.. އައިނާ އެތަނުން ރޮމުން ނިކުތީމައި އަހަރެން ފަހުން އެކަމާއި ދެރަވި.. އަހަރެންނަށް މާފު ކުރޭ އައިނާ..” ޔުއާލް މިހާހިސާބަށް ބުނެފައި ހުއްޓާލިއެވެ.

“ޔުއާލް އަށް ކޮން ފައިދާއެއްތަ ވީ އަހަރެންނާއި ހިޝާން ދުރުކޮށްގެން.. ކޮން ފައިދާއެއްތަވީ އަހަރެމެން ދެމީހުންގެ ދެމެދަށް ވަދެގެން.. އޭނ.. ދެން މިހާރު ތިހުރިހާ ވާހަކައެއް ކިޔައިދިނުމުގެ ބޭނުމަކީ އަހަރެން ހާސިލް ކުރަން ބޭނުންވާތީވެ ދޯ.. ތިހެން ވިއްޔާ ތިކަމެއްވެސް ނުވާނެ އިރާދަކުރެއްވިއްޔާ.. ޔުއާލް ތިކުރި ކަމަކުން ހަލާކުވީ ދެމީހެއްގެ ދިރިއުޅުމޭ..

ހަލާކުވީ ދެމީހެއްގެ ހިތޭ.. އެކަމެއް ތިކަހަލަ ލޯބި ނުދަންނަ މީހުންނަކަށް ނޭނގޭނެ ތާދޯ.. ތިކުރި މަސައްކަތައް ހަމަ ސާބަސް.. އެދުވަހު ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ވެސް ކާމިޔާބު..” ފަހުބައި އައިނާ ބުނެލީ އަތްތިލަ ބަޑި ޖަހަމުންނެވެ. ޔުއާލް އިނީ ދެރަވެފައެވެ.

“ނޫން އައިނާ.. އެއްގޮތަކަށްވެސް އެހެން ހީނުކުރާތި.. އަހަރެން ނޫޅެން އައިނާ ހާސިލް ކުރާކަށް.. މިހާރު އަހަރެންވެސް އައިނާ ބޭނުމެއްނޫން.. އެކަމް އަހަރެންނަށް ވެސް ފަހުން އެއީ ކިހާވަރެއްގެ ކަމެއްކަން އެނގިއްޖެ.. އަހަރެންނަށް މާފަހުން އެނގުނީ އަހަރެންނަށް އަދި ހަގީގީ ލޯބި ވެވުނީ އައިނާ ދެކެ ނޫންކަން..

އަހަރެން އެންމެ ލޯބިވި ކުއްޖާ މިދުނިޔެ ދޫކޮށްފި.. އަހަރެން ކުރި ކަންތަކުގެ ޖަޒާ މިދުނިޔެމަތިންވެސް ދެއްވައިފި.. އަހަރެން މިއައީ ހަމަ ހަގީގަތް ހާމަ ކޮށްލަން.. ދެން ދަނީ.. ވެގެން ވަންޏާ ކޮންމެވެސް ދުވަހަކު އަހަރެންނަށް މާފު ކުރާތި..”

ޔުއާލް އައިނާ އަށް ފުރަގަސް ދެމުން ބުނެލިއެވެ. އަދި އެތަނުން ނިކުމެގެން ދިޔައެވެ.

ދޮންވެލި ތުނޑިއަށް މުގުރާ ރާޅުތަކުން އިވިލާ ހިތްގައި މިޔުޒިކަކުން އައިނާގެ ހިތަށް ހަމަ ޖެހިމެއް ނުލިބުނެވެ. ހިތުތެރޭގައި ހީވަނީ ހަނގުރާމައެއް ފަށައިގެން އުޅޭ ހެންނެވެ.

އޭނާ ހިޝާން އަށް މިދިނީ ކޮންފަދަ ހިތާމަ އެއް ހެއްޔެވެ؟ އޭނާ ހިޝާން އަށް އިތުބާރު ވެސް ނުކުރެވުނީ އެވެ. ހިޝާން މިހާރު އޭނާ ދެކެ ލޯބިވޭ ބާވައެވެ. އޭނާ ބޭނުންވޭ ބާވައެވެ.

ނޫނެކެވެ. މިހާރު ހިޝާން އުޅޭނީ އެހެން ކުއްޖަކާއި ރައްޓެހި ވެގެނެވެ. އޭނާ އަށް ވުރެ މާފުރިހަމަ މާއިތުބާރު ކުރާ ކުއްޖަކު ހިޝާން އަށް މިހާރު ލިބޭނެއެވެ. ހައަހުތެރޭގައި ހިޝާންގެ ހިތް ބަދަލު ވެދާނެއެވެ. ހައަހަރަކީ މީހެއްގެ ހިތް ބަދަލުވަން ކުރު މުއްދަތެއް ނޫނެވެ.

އަޝްހާ އައުމުގެ ކުރިން އައިނާ އޭނަގެ ދެލޯ ފުހެލައި މޫނުގައި ފުށްކޮޅެއް ކާތާލީ ކަމެއް ވީހެންވެސް ހީނުވާ ފަދައިންނެވެ. މާގިނަ އިރުތަކެއް ނުވެ އެތަނަށް އަޝްހާވެސް އަތުވެއްޖެއެވެ. “ވަރަށް ގިނަ އިރު ވެއްޖެދޯ… މި ނީހާ އަކާއި ދިމާ ވީމައިވެސް ވާނީ މިހެންނޭ.. ހިނގާ ދާން..” އަޝްހާ އޭނާގެ އަތްދަބަސް ތެރެއަށް ފޯނުލަމުން ބުނެލިއެވެ .

އައިނާވެސް އަޝްހާ އާއި އެކު ތެދުވިއެވެ. ކާރާހަމައަށް ދިޔައިރުވެސް އައިނާ އަނގައިން ނުބުނުމުން އަޝްހާ ހައިރާން ވިއެވެ . ނަމަވެސް އެކަމާއި ބަހުސް ނުކޮށް ކާރަށް އަރައި ނައްޓާލިއެވެ. “ޔޫ ލުކް ކުއައިޓް.. ކިހިނެތްވީ..؟” އަޝްހާ މަގުމަތިން ނަޒަރު ވަކިކޮށް ނުލައި އިނދެ ބުނެލިއެވެ. “ނަތިންގ..” އައިނާގެ ޖަވާބު ކުރުވެފައި އަވަހެވެ.

އައިނާ ނުބުންޏަސް އޭނާ އަށް ކަމެއް ވެފައިކަން އަޝްހާ އަށް އެނގެއެވެ. އެކަން އައިނާ ހިއްޞާ ކުރަން ޖެހިލުންވަނީކަން ވެސް އަޝްހާ އަށް އެނގެއެވެ. “ޔޫ ނޯ.. އަހަރެން ބައެއް ފަހަރު ހިތައް އަރާ އަނާ އާއި ރިލޭޓެޑް ނުވި ނަމައޭ.. އޭރުން ހުރިހާ ވާހަކަ އެއް އަހަރެންނާއި ޝެއާ ކުރާނެއެއްނު..؟” އައިނާ ފައިބަނިކޮށް އަޝްހާ ބުނެލިއެވެ. އަޝްހާ އާއި ދިމާއަށް ފާޑަކަށް ބަލަން ހުރެފައި އައިނާ ދޮރު ލައްޕާފައި އެތެރެއަށް ވަނެވެ.

އަޝްހާވެސް ކާރުގައި ގެއަށް ދާން ނައްޓާލި އިރު ގަޑިން ނުވަގަޑި ބައވެ ދިހައެއް ޖަހަނީ އެވެ. ގޭތެރެއަށް ވަދެގެން އައިއ އިރު ގޮނޑި ސެޓުގައި ފުރަގަސްދީގެން މީހަކު ހުއްޓެވެ. ގޮސް ކުރިމައްޗައް އެރުމުން އެނގުނީ ކާކު ކަންވެސް އެވެ.

“ހައި ދައްތާ…..” އަޝްހާ ހައިފާ ގައިގައި ބައްދާލަމުން ބުނެލިއެވެ. “ކޮން އިރަކު އައީ.. ނުވެސް ބުނޭ.. ގޯސް ކަން..” ހައިފާ ކައިރީގައި އިށީންނަމުން ބުނެލިއެވެ. “އިރުކޮޅެއް ވެއްޖެ އައިތާ.. ކުޑަބެދައްތަ ބުނީ އަނާ އާއި އެއްކޮށް ގޮހޯ ވީ.. އެހެންވެ ދެކުދިންގެ ޓައިމް ސްޕޮއިލް ނުކުރަންވެގެން އޭރު ނުގުޅީ..” ހައިފާ އޭނާގެ ހަމަހަށްދާ ބަނޑުގައި ފިރުމާލަމުން ބުނެލިއެވެ.

“ކޮބާ ނޫހުބެ..؟” އަޝްހާ ހައިފާ ކުރެއް އަހާލިއެވެ. “މިހިރީނު.. އަޝޫ ހަމަ ބުނީ މިއައީ..” ގޭގެ ދޮރުން ވަދެގެން އައި ނޫހު ބުނެލިއެވެ . އެފަރާތައް ބަލާލި އަޝްހާ އަށް ލިބުނީ އިތުރު ސަޕްރައިޒެކެވެ. ނޫހުގެ ފަހަތުން ވަދެގެން އެއަންނަނީ އިތުރު ދެވަނަ މީހެއް ނޫނެވެ. ނައިލް އެވެ. “ނައިލް..” އަޝްހާ އަށް ވައި އަޑުން ބުނެވުނެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ތިޙިޔާލުގާ…. (4)

Next

ނުފިލާނޭ މިހިތަކުން…  29

Next
August 23, 2020

ނުފިލާނޭ މިހިތަކުން…  29

Previews
August 23, 2020

ތިޙިޔާލުގާ…. (4)

19 Comments!

  1. Maash says:
    August 23, 2020 at 6:45 pm

    V. V. V reethi maasha Allah ??waiting for the next part ?? when is the next part?

    1. A aaR says:
      August 23, 2020 at 8:37 pm

      Jazaakallah khairan maash..

  2. Maash says:
    August 23, 2020 at 6:46 pm

    Btw me first dhw

    1. A aaR says:
      August 23, 2020 at 8:39 pm

      Yh

  3. Starlight vixx says:
    August 23, 2020 at 6:46 pm

    varah reethi mi part ves curiously waiting for the next part
    TAKE CAREEE

    1. A aaR says:
      August 23, 2020 at 8:39 pm

      Jazaakallah khairan starlight vixx

  4. A aaR says:
    August 23, 2020 at 8:41 pm

    Here is the 31st prt of the story.. next prt will be the last prt of aina s2.. and that is also submitted.. tc and love you my readers.. 🙂 stay safe

  5. aalif says:
    August 23, 2020 at 8:42 pm

    Yeh…mi part ves vrh salhii…dhn ok part kiyaalan vrh beynun

    1. A aaR says:
      August 24, 2020 at 6:23 pm

      Jazaakallah khairan aalif

  6. aalif says:
    August 23, 2020 at 8:43 pm

    Alhey fahu part ey but I want to read this story so much

    1. A aaR says:
      August 24, 2020 at 6:23 pm

      🙂

  7. Faiherrr?? says:
    August 23, 2020 at 9:19 pm

    OMG?? haadha salhi ey mi part ves hama curious vejje next part kiyaalan ???? varah dheravey mi season nimeythyve????????????

    1. A aaR says:
      August 24, 2020 at 6:24 pm

      🙂 Jazaakallah khairan Faiherr

  8. ?Ril? says:
    August 23, 2020 at 10:19 pm

    ?????????Wow vrh sali ???????
    ?????Masha Allah keep it up ??????
    ?????Fainally aainaa Ah truth inguny dhw????
    ????Dhen Aley aainaa aa hishaan guleyne irakah ?wait kurevey heheheh?????
    ???Aley aishaa aa Nail aa ves dhimaavee dhw???
    ???Aley avaha up kohlaadheychey Next part????
    ????Luv uuuu uu??????
    ????Stay safe??????

    1. A aaR says:
      August 24, 2020 at 6:25 pm

      ?❤️ Jazaakallah khairan ril

  9. 16 SHABAKKO 7 says:
    August 24, 2020 at 1:38 am

    ???Kihineh baa dhen vaanii??
    ???Next part mivaagothun varah muhinmu?????
    ???Masha Allah ❤️❤️❤️❤️❤️
    ???????Keep it up A aar ♥️♥️♥️♥️♥️♥️♥️♥️

    1. A aaR says:
      August 24, 2020 at 6:26 pm

      ❤️?? Jazaakallah khairan shabakko

  10. 16 SHABAKKO 7 says:
    August 24, 2020 at 1:49 am

    ❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️What ??next is last ????OK take care ☺️☺️stay safe ?♥️♥️next last viima dheravey ???l hope last will be last love ♥️♥️♥️♥️♥️♥️Aina and hishaan ????ashuu and nail ❤️❤️❤️❤️❤️❤️❤️

    1. A aaR says:
      August 24, 2020 at 6:27 pm

      ?❤️?

Comments are closed.

Next Episodeއައިނާ (2) 32 _ފަހުބައި←


All Right Reserved!