Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ނޭދެމޭ ދުރުވާކަށެއް ލޯބިވާ…11

autti_quin._ Level 110 Stories
August 19, 2020 4 Mins Read
5 Comments

އިރުގެ ރަން ދޯދި ތަކުން ދުނިޔެ އަލި ކުރަމުން ދިޔަ ވަރަކަށް މާލޭ މަގުމަތީގައި ދުއްވާ އެއްޗިއްސާއި ހޭލަ މޭލަވެ އުޅޭ މީހުންތައް ދިޔައީ  އިތުރު ވަމުންނެވެ. އެއް އަތުގައި ކޮފީ ޖޯޑެއް އިން އިރު އަނެއް އަތް ރެއިލިންގ ގައި އަޅުވާލައިގެން ފުން ހިޔާލަކަށް ގެއްލިފައި އިން ޔާނިޝްގެ ފިރިހެންވަންތަ ކަން އިންތިހާ އެވެ. ވިލު ނޫ ކުލައިގެ ސޯޓަކާއި ކަޅު ކުލައިގެ ހޫޑީއެއް ގައި ޔާނިޝް ފެންނަލެއް ވަރަށް ހިތްގައިމެވެ. ނިއަލް އާއި ނާއިކް އެކޭ އެއްފަދައިން ޔާނިޝް އަކީ ވެސް އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތި ސިފަ ތަކެއްގެ ވެރިއެކެވެ. ޔާނިޝް އަށް ކިތަންމެ އަންހެން ކުދިންނެއް ލޯބި ހުށަހަޅައެވެ. ނަމަވެސް މިހާތަނަށް އަދި ޔާނިޝް އަށް ކަމުދާ ކުއްޖަކާ ދިމާވެފައެއް ނުވެއެވެ.

“ދަރިފުޅާ ޔާން” ފުން ހިޔާލަކަށް ގެއްލިފައި އިން ޔާނިޝް އަށް ހަމަ ހޭވަރިކަމެއްވީ ޓެރެހަށް ވަދެގެން އައި އޭނާގެ މަންމަ ޔައިނާ އޭނާާ އަށް ގޮވާލުމުންނެވެ. “ލައްބަ މަންމާ” ފުޅާ ހިނިތުންވުމަކާ އެކު ޔާނިޝް ބުނެލިއެވެ. “ދަރިފުޅު ކޮން ހިޔާލަކަށް ގެއްލިފަ ތިނީ” “އަޅުގަނޑު ކޮން އިރަކުތަ ހިޔާލަކަށް ގެއްލިފަ އިނީ” “ދެންމެ އެއްނު.. މަންމަ ޔާން އަށް ދެތިން ފަހަރަކު ގޮވާލީމަ އަޑު އިވޭ ކަމައް ތި ވީ” ޔައިނާ ބުނެލިއެވެ. “މަންމާ…. ދޮންބެ އެ ވިސްނަނީ ދޮންބެގެ ގާލްފްރެންޑް އާއި މެދުއޭ” ހަމަ އެ ވަގުތު އެ ތަނަށް ވަދެގެން އައި ޔާނާ ލާނެތް ގޮތަކަށް ބުނެލި އެވެ. “ދެން މަންމާ ބަލާ މި ނާ…” “އެ ތެދެއް މަންމާ ބަލާލަބަލަ އަހަންނާ ދިމާއަށް… ހަމަ ގައިމު ވެސް ދޮންބެ އަށް ވުރެ ރީތި ވާނެ” “އެހެންތަ.. ތީ ހަމަ ނާ އަށް ހީވާ ހީވުމެއް. އަހަރެން ނާ އަށް ވުރެ ރީތި ވެފަ ސްމާޓް ވާނެ.” “އޯހހހ އެހެންވެ ދޯ އަދިވެސް ކުއްޖާ ރައްޓެހި ނުވެ ތި އުޅެނީ.” “ނޫން. އަދި އަހަރެންނަށް ކަމުދާ ކުއްޖަކާ ދިމައެއްނުވޭ.” “ދެން އަޅެ ދޮންބެ ވެއްޖެ އެއްނު މިހާރު ދޮންބެ އަށް ކަމުދާ ކުއްޖަކު ހޯދަން.” “އެ ތެދެއް ދަރިފުޅާ. ނާ އެ ބުނީ ހަމަ ތެދެއް.” “ލައްބަ މަންމާ. އަޅުގަނޑު ތި ކަމާ ވިސްނާނަން.” ޔާނިޝް ޔައިނާގެ އަތުގައި ހިފާލަމުން ބުނެލި އެވެ. “އޭތް ބަލަ އަހަރެން ވެސް އެބަ ހުރީމޭ މިތާ.” “ކާކުތަ ބުނީ ނާ އެއް ނެތޭ މިތާކު. އެހެން ނޫނަސް މަންމަ ނާ އަށް ވުރެ ބޮޑަށް ލޯބި ވަނީ އަހަރެން ދެކެ އޭ.” ޔާނިޝް ޔާނާ އާއި ދިމާއަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. “ދެން ނޯ. މަންމާ ބުނެބަ މަންމަ އެންމެ ބޮޑަށް ލޯބި ވަނީ އަހަރެން ދެކެ އޭ.” “އެ ދޮގެއް. ބުނޭ އަހަރެން ދެކެ އޭ.” ޔާނިޝް ޔާނާ އާއި ދިމާއަށް ލޯ އަޅާލަމުން ޔައިނާ ގާތުގައި ބުނެލިއެވެ. “މަންމަ ތި ދެކުދިން ދެކެ ލޯބި ވަނީ ހަމަ އެއް ވަރަކަށް. މަންމަގެ ފުރާނަ ފަދައިން މަންމަ ތި ދެކުދިން ދެކެ ލޯބިވޭ.” ޔައިނާ މިހެން ބުނުމުން ޔާނިޝް އާއި ޔާނާ ޔައިނާ ގައިގައި ބައްދާލިއެވެ.

***********

ރޭގަނޑުގެ ވަގުތެވެ. ލާޝާ، ނިއަލް، ނާއިކް، ނައިހާ، އަދި ލާރާ އާއި  ޔާނިޝް ތިބީ މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓެއްގައި ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. އެކި އެކި ސަކަރާތުގައި ތިބުމަށް ފަހު  ނިއަލް ކައިރީ ބުނެފައި ލާޝާ މިސްރާބުޖެހީ ވޮޝްރޫމް އާއި ދިމާއަށެވެ. ޓިޝޫއަކުން އަތް ފުހަމުން ނިކުންނަން ހިނގައިގަތް ލާޝާ އަށް ހުއްޓެން މަޖުބޫރުވީ މީހަކު އައިސް އޭނާގެ އަނގަ މަތީގައި ފޮތިކޮޅެއް އެޅުމުންނެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ލާޝާގެ ހޭ ހުސްވިއެވެ. ލާޝާ ވެއްޓުނަ ނުދީ އެ މިހާ ލާޝާ ގައިގައި ހިފަހައްޓައިލިއެވެ. ހަރު ފިޔަވަޅު ތަކެއްގައި ލަޝާ އޭނާގެ އަތްދަނޑި މައްޗަށް ލައިގެން އެ މިހާ ރެސްޓޯރެންޓުން ނިކުމެގެން ގޮސް އެތާ ކައިރީގައި ޕާކު ކޮށްފައި އޮތް ކާރުގެ ފަހަތު ސީޓުގައި ލާޝާ ބާއްވާލިއެވެ. އަދި އޭނާ ވެސް އަވަހަށް ކާރަށް އަރައި ދުއްވާލިއެވެ. އެ މީހާ ލާޝާ ގޮވައިގެން ދިޔައީ މީހުން ނޫޅޭ ހިސާބެއްގައި ހުރި ގެއަކަށެވެ. އޭނާ ލާޝާ ބޭންދީ އެގޭގެ މެދެއްހާ ހިސާބުގައި ބަހައްޓާފައި އިން ގޮނޑިއެއްގައެވެ. އަދި ވާގަނޑަކުން އެ ގޮނޑިއާލައި ލާޝާ ބަނދެލިއެވެ. އެއަށްފަހު އެ ގޮނޑި އާއި ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އަދި މާޝާ އަށް ގުޅާފައި މި ޚަބަރު ދިނެވެ.

މާޝާ އަށް އޭނާ ރޭވި ރޭވުން ކާމިޔާބުވި ޚަބަރު ލިބުމުން އޭނާގެ ތުންފަތް މަތީގައި ދުވެލީ ކާމިޔާބީ ހިނިތުންވުމެކެވެ. މިއަދު މާޝާގެ ހިތަށް ވަރަށް ބޮޑު ހަމަ ޖެހުމެއް ލިބިއްޖެ އެވެ. ދެން އޭނާގެ މަގުސަދަކަށްވީ ނިއަލް އާއި ގާތް ވުމެވެ. ނިއަލް އާއި ގާތް ވުމަށްޓަކައި ކުރަންޖެހިއްޖެ ކޮންމެ ކަމެއް ކޮންމެ ގޮތަކުން ވިޔަސް އޭނާ ކުރާނެ އެވެ.

ލާޝާ ނައިސްގެން ލަސްވުމުން ނިއަލް ވޮޝްރޫމް އާއި ދިމާއަށް މިސްރާބު ޖެހީ ލާޝާ ކޮބައިތޯ ބެލުމުގެ ބޭނުމުގައެވެ. ނަމަވެސް އެ ތާނގައި ލާޝާ ނެތުމުން ނިއަލްގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާނިތައް އުފެދެން ނެގީ ވަރަށް ވެސް މަދު ސިކުންތު ކޮޅެކެވެ. ނިއަލް އޭނާގެ ފޯނު ނަގައި ލާޝާ އަށް ގުޅާލިއެވެ. ނަމަވެސް ފޯނު ރިންގުވެފައި ވެސް ކެނޑުނީ އެވެ. ނިއަލް އިތުރަށް ހާސްވާން ފެށިއެވެ. ސިކުންތަކުން ސިކުންތަކުން އޭނާގެ ހާސްކަން ދިޔައީ އިތުރު ވަމުންނެވެ. ނިއަލް އަވަހަށް ނާއިކް މެންނަށް މި ޚަބަރު ދިނެވެ. ލާރާ އާއި ނައިހާގެ އެދުމުގެ މަތިން އެންމެން ވެސް ނިންމީ ލާޝާގެ މަންމަ އާއި ބައްޕަ އަށް މިކަންތައް ސިއްރު ކުރުމަށެވެ. އެމީހުން ހާސްކަމެއްގެ ތެރެއަށް ވައްޓާލަން ބޭނުން ނުވާތީއެވެ. މިހާރު އެންމެން ވެސް ވިސްނަން ޖެހޭނީ ހަމަ އެކަނި ލާޝާ އާއި ދޭތެރޭގައެއް ނޫނެވެ. ލާޝާގެ ހަތް މަހަށްދާ ބަނޑުގައި އޮތް ތުއްތު ތުއްތު ފުރާނަ އާއި މެދު ވެސް ވިސްނަން ޖެހޭނެއެވެ. އެހެންކަމުން އެންމެން ވެސް އަވަސްވެގަތީ ލާޝާ ވީތަނެއް ހޯދުމަށެވެ. ލާޝާ ގޮސް ދާނެހެން ހީވާ ހުރިހާ ތަނެއް މި ފަސް ކުދިން ވެގެން ބެލިއެވެ. ނަމަވެސް ލާޝާ ފެންނަ ގޮތެއް ނުވިއެވެ. ލާރާ އާއި ނައިހާ ލާޝާގެ އެހެން އެކުވެރިންނަށް ގުޅައިގެން ލާޝާ ވީތަނެއް ހޯދަން އުޅުނެވެ. ނަމަވެސް އެކަންވެސްވީ ނާކާމިޔާބެވެ.

ލާޝާ މަޑުމަޑުން އޭނާގެ ދިގު އެސްފިޔަތައް ތަޅުވާލަމުން އެ ވިދުންގަދަ ބޮޑު ދެ ލޯ ހުޅުވާލިއެވެ. އަދި ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. ފޮށިގަނޑުތަކާއި ހިރަފުހާއި މަކުނުވާ ޖަހާ ފުރިފައިވާ ކުޑަ ކުޑަ ގެއެކެވެ. އެއްވެސް އަލިކަމެއް ނުވާ އެ ގޭތެރެއަށް ވެރިވެފައި ވަނީ ހަމަހިމޭންކަމެވެ. ލާޝާ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ލޮލުން ކަރުނަ ފައިބާ ހާލު ލާޝާ އޭނާގެ ބަނޑުގައި ފިރުމާލިއެވެ.

ނިއަލް، ނާއިކް، ޔާނިޝް، އަދި ނައިހާ އާއި ލާރާ ތިބީ ނިއަލް މެން ގޭގައެވެ. އެގޭގައި އިތުރު އެއްވެސް މީހަކު ނޫޅޭތީ އެންމެން ވެސް ބޭނުންވީ އެ ގެއަށް ދާށެވެ. އެންމެން ވެސް ވިސްނަމުން ދިޔައީ ލާޝާ ވީތަނަކާ މެދު އެވެ. ހުރިހާ ކުދިންގެ މޫނުމަތިން ވެސް ފެންނަމުން ދަނީ މާޔޫސް ކަމެވެ. އެއްވެސް އުޖާލާ ކަމެއް ނުފެނެއެވެ. ނިއަލް އިނީ ލާޝާ ވީތަނެއް ނޭނގޭތީ ހަދާނެގޮތް ހުސްވެފައެވެ. އޭނާގެ މޫނުމަތިން އެހެންޏާ ފެންނަ އުފާވެރި ހިނިތުންވުން މިއަދަކު ނުފެނެއެވެ. ނިއަލްގެ ހިތަށް ވަނީ ވަރަށް ވެސް ފުން އަސަރެއް ކޮށްފައެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ. ގެއްލިގެން މި އުޅެނީ އޭނާގެ ލޯބިވާ އަނބިމީހާ އެވެ. އެ ހިތުގައި ރަނިކަން ކުރަމުންދާ އޭނާގެ ރާނީ އެވެ. ނިއަލް އިން ހާލު ފެނި ނާއިކް އާއި ޔާނިޝްގެ ހިތަށް ހީވީ މީހަކު ފިއްތާ ބާރު ކޮށްލިހެންނެވެ. އެންމެ ގާތް އެކުވެރިޔާ އެ ހާލުގައި އިން ތަން ފެނުމުން ދެރަ ނުވާނީ ވަކި ކާކު ހެއްޔެވެ. ނައިހާ އާއި ލާރާގެ ހާލަކީ ވެސް ހަމަ މިއީ އެވެ. ލާޝާ ވީތަނެއް ނޭނގޭތީވީ ދެރަ ދެގުނަވީ ނިއަލްގެ ހާލަތު ފެނުމުންނެވެ. ނިއަލް އަވަސް ހިނގުމެއްގައި ގޮސް އޭނާގެ ކޮޓަރި އަށް ވަނެވެ. އަދި ދޮރު ލައްޕާފައި ތަޅުލިއެވެ. ނާއިކް އާއި ޔާނިޝް ނިއަލް އަށް ގޮވަމުން ދިޔައެވެ. ދެރަަ ވެފަައި އިން ވަރުން ނިިއަލް ކޮންމެ ކަަމެއް ވެސް ކޮށްފާނެތީ އެވެ. ކިތަންމެ ވަރަކަށް ގޮވިއަސް ނިިއަލް ދޮރު ނުހުޅުވާނެެ ކަން އެނގޭތީީ ނާއިކް އާާއި ޔާނިޝް ގޮސް ސޯފާާގައިި އިޝީނދުނެވެ.

ނިއަލް ކޮޓަރި އަށް ވަންގޮތަށް ދޮރުގައި ލެގިގެން އިނދެ އިން ތަނަށް ތިރި ވިއެވެ. އަދި އޭނާގެ ދެ އަތުން މޫނު ފޮރުވައިގެން އިނދެ ގިސްލަގިސްލައިފައި ރޯން ފެށި އެވެ. ފިރިހެނެއް ކަމަކު ކެތް ވާނީ ވަކި ވަރަކަށް ނޫން ހެއްޔެވެ. ނިއަލް ރޮމުން ދިޔަ ގޮތުން އަޑު އިވޭ ކޮންމެ މީހެއްގެ ހިތަށް ވެސް އަސަރު ކުރާނެ ކަން ގައިމެވެ. އެހެން އިރުކޮޅަކު އިނުމަށް ފަހު ނިއަލް އިން ތަނުން ތެދުވެގެން ގޮސް އެނދުގެ އަރިމަތީގައި ބަހައްޓާފައި އިން ކަބަޑު މަތީގައި އިން އޭނާ އާއި ލާޝާގެ ފޮޓޯ ފްރޭމް ނަގައިގެން އެނދުގައި އިށީނދެލިއެވެ. އަދި އެ ފޮޓޯގައި ފުރިހަމަ ހިނިތުންވުމަކާއި އެކު ނިއަލް ކައިރީގައި ލޯބި ގޮތަކަށް އިން ލާޝާ އަށް ފުން ނަޒަރެއް ދިނެވެ. “ލާޝް. އަހަރެން ދޫކޮށްލާފަ ކޮން ތާކަށް ތި ދިޔައީ. ނޭނގޭތަ އަހަރެން ދެރަ ވާނެ ކަމެއް. ލާޝް އާދޭ. އާދޭ އަހަރެން ކައިރިއަށް. އަހަރެމެންނަށް ލިބެން އުޅޭ ދަރިފުޅަށް ޓަކައި ވިޔަސް އާދޭ. ޕްލީޒް. ލާޝް ނެތީއާ އަހަރެން ވަރަށް އެކަނިވެރި ވާނެ. ތީ އަހަރެންގެ މުޅި ދިރިއުޅުން. މި ހިތުގެ ދިރުމަކީ ތީ. އަހަރެން އެކަނިކޮށްނުލާ. އާދޭ އަހަރެން ކައިރިއަށް. އާދޭ…” ގިސްލެވޭ ހާލު ނިއަލް އެ ފޮޓޯ ފްރޭމް އަށް ބަލަން އިނދެ އާދޭސް ކުރަމުން ދިޔައެވެ.

ނުނިމޭ…

Share Article

Follow Me Written By

autti_quin._

Level 110 Stories

Other Articles

Previous

އަހަރެންގެ ނަސީބު 3

Next

ލޯތްބައްޓަކައި(28ވަނަ ބައި)

Next
August 19, 2020

ލޯތްބައްޓަކައި(28ވަނަ ބައި)

Previews
August 19, 2020

އަހަރެންގެ ނަސީބު 3

5 Comments!

  1. A*|'..§^# says:
    August 19, 2020 at 3:24 pm

    Yayyyyy me first thr. Kiyaalaafa comment eh kohllaanan ingey

    1. A*|'..§^# says:
      August 19, 2020 at 3:48 pm

      Alheyyyyyyyyyyyyyyyyy Masha Allah…. Vvvv reethi Mi bai vx ????N ehaa dhuvas kohffa genai iru keehvve thr kurukoh genes dhiny dear…. Its OK buxy vx vaane insaanun v ma dhw. Alhe Pls laasha aa Nial dhuru nukurahchey. E Masha gandu Magey athun bondi eh boane adhi
      Stay safe gurl
      Lym ❤️❤️

    2. autti_quin._ says:
      August 19, 2020 at 9:41 pm

      Yes dear ur first?

  2. Starlight vixx says:
    August 19, 2020 at 5:28 pm

    varah reethi mi part ves curiously waiting for the next part

    1. autti_quin._ says:
      August 19, 2020 at 9:42 pm

      Thanku so much?
      Means a lot ?♥️

Comments are closed.



All Right Reserved!