އަވަސް އަވަހަށް އައިސް މަޑުމަޑުން ދޮރުހުޅުވާ ބަލާލި އިރު ކުރިމަތީ ހުރި އަޒާލް ފެނި ރިހޭފައި މައްޗަށް ފޮއިވެއްޓުނުކަމުގެ އިހްސާސް ވެގެންްދިއައެވެ. އެވަގުތުބިންފަޅާ އަޑިއަށް ދާނެނަމައޭ ވެސް ހިތަށް އެރިއެވެ. ރޫރޫ އަޅައިގެންދިއަ ދެފައިތިލަ ހަމައަށްއަޅުވަމުން ދޮރުގެ ތަޅަށް ފިއްތާލަން ކުރިމަސައްކަތް ބޭކަރުވީ އަޒާލްގެ ބާރުގަދަ ދެއަތުން ދޮރުފަތް ހިފަހެއްޓުމުންނެވެ. އަހަރެންނަށް ލެވުނުބާރެއްލައި ދޮރުޖެހޭތޯ ކުރިމަސައްކަތް ނަކާމިޔާބުވީ ފާހަނަތެރެއަށް ދެމިގަތް އަޒާލް ފެނިއެވެ. ބޯމަތީ ސިދަލަށް ހަރުގައި ހުރި ތުވާލި ނެގުމަށް ފަހު ހަށިގަނޑު ފޮރުވަން މަސައްކަތް ކުރި އިރު ކުރިމަތީ ހުރި ސިކާރަވެރި ސިންގާއެއްފަދަ އަޒާލްބެ ދިއައީ އަހަރެންނާއި ގާތްވަމުންނެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފާރުގައި ލައްވެވުނު އިރު ހަނދާނެ ގޮތް ހުސްވިއިރު ބިރުންގޮސް މީހާ ތުރުތުރު ލާވަރުން ވެއްޓިދަނެހެން ހީވަމުން ދިއައެވެ. އަޒާލްގެ ދެއަތް ފާރުގައި ޖައްސާލަމުން އަހަރެން ގައިދު ކޮށްލިއެވެ. އެ ނުލަފާ އިންސާނަގެ މޫނު އަހަންނާ ކައިރިވަމުންދިއަވަރަކަށް އަހަރެންގެ ގައިން ވާގި ދޫވާކަން އިހްސާސްވެވި ގިސްލެވެން ފެށުނީ ގަނެފައި ހުރި ބޮޑުބީރާއި އެކުއެވެ. ދެން އަޒާލް ކުރީ އަހަރެން ހީނުކުރާ ފަދަ ކަމެކެވެ. ލުއިފަތެއްހެން އަހަރެން ނަގާ ކޮނޑު މައްޗަށް ލައިގެން ކޮޓަރިއަށް ނުުކުމެ އަހަރެން ތަޅުގަނޑުމައްޗަށް ވައްޓާލުމަށް ފަހު ގައިމައްޗަށް އަރާ އަހަރެންގެ ހަށިގަނޑުން އެ ނުލަފާ ސިންގާގެ ކަރުހިއްކަން ފެށިއެވެ. އެއަތުން އަހަރެންގެ އަގަމަތީ އަތް އަޅަންމަސައްކަތް ކުރަމުނދާއިރު ހަޅޭ ލެވެމުން ދިއައީ އެހީވާނެ އަތެއް ނެތްކަން އެގިއެވެ. މީހެކޭ ސަލާމަތް ކޮށްދޭށޭ އެދި އާދޭސް ކުރެވުނީ ހުދު އަހަރެންގެ އަމިއްލަ މައިމީހާ އާއި ބައްޕަވެސް އަހަރެންގެ ސަލާާމަތްތެރިކަމަށް ނާންނާނެކަން އެގިހުރެއެވެ. އަހަރެންގެ ދެއަތުން ތަޅަތަޅާވަރު ބަލިވިއިރުވެސް އެއިންސާނާ އަށް އެއްވެސް އިހްސާސްނުވިއެވެ. ހަށިގަނޑުގެ ހައި ހޫނުކަންފިލައި ބޭނުންވި މަގްސަދު ފުދުމުން ތެދުވެ އަހަރެން ނަގަ ކޮޅަށް ބެހެއްޓުމަށް ފަހުރުޔުން ހުއްޓާލާފަ އެއްޗެހި ލުމަށް އަމުރުކުރި އިރު ކިޔަމަންވެފަާަ ގައިދި އެއްފަދައިން އަހަރެން ބުނިގޮތަށް ހަދަމުންދިއައީ އަމިއްލަ ނަފްސުގެ އަގެއް ނެތްކަމާއި މެދު ހިތާހިތުން މަލާމަތް ކުރެވެމުންނެވެ. އަހަރެންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރެ ވިހަ ހިނިތުންވުމު ދިނީ އޭނަ އަށް އަހަރެން ކިޔަމަން ވާ ވަރު ފެނިކަންނޭގެއެވެ. ކޮޓަރިން ބޭރަށް ނުކުނަށް ދަމުން އަޒާލް އެބުރިފައި މާހީވަރެއް ނެތޭ ބުނުއިރު އަހަރެންގެ މުއްކެވިފާ ދެއަތް ފެނި ހީގަތުމުގް އައި ރުޅީގައި ކޮޓަރި މޭޒުމަތި ހުރި ބިއްލޫރި ތައްޓެއް ނަގައި ހޫރާލެވުނީ ކެތޮނުވާވަރު ވުމުންނެވެ. ހަމަލާން ރެކެން ތިރިވި އަޒާލްބެ އާއި ދިމާލަަށް ދެފަޔައް ލެވުނުހާ ބާރެއްލާގޮސް އެ މަކަރުވެރި ނުލަފާ މީހާގެ މޫނަށް ކުޅުޖެހީމެވެ. ލިބުނު ހިތްވަރުން ހިތަށް ހަމަޖެހުމުގެ ނެވާއެއް ލެވުނު އިރު މޫނު ދިލަ ގަނޑެއް އަރާގެން ދިއައީ އަޒާލްބެ ހޫނު އެތިފަހަރުންނެވެ.އެވަރުންވެސް ނުފުދުމުން އަހަރެންގެ އަނގައިގަ ހިފާ ބާރަށްފިއްތަލިއިރު ގަނެފައި ހުރި ބިރުން ގަޔަށް ކުޑަކަމުދެވުނުކަން ވެސް އިހްސާސް ކޮށްނުލެވުނެވެ. އަހަންނަ ރޮވެމުންދިއައީ އިންތިހާ އަށެވެ. އޭރު އަޒާލް އަހަންނަށް މަލާމަތްކުރަމުން ދާ ފަދަ ގޮތަކަށް ހެވިލައިގެން ހުއްޓެވެ. އެނުބައި މުޑުދާރު އަތްދަށުން ސަލާމަތް ވުމުން އަހަންނަށް ކުރެވުނު ކަންތައް އިހްސާސްވެގެން ކޮޓަރި ދޮރުލައްޕާ ތަޅުލިއިރު އަޒާލް ގޮސް އޭނަގެ ކޮޓަރިއަށް ވަންނަނީއެވެ.

އަޅަމުންދިއަވޭނާއެކުެ ހިނގި ބިރުވެރި ކަންތައް ގަނޑުން ސަލާމަތްވި އިރު އެތަށް އިރެއްފާއިތުވެ ގޮސް މެންދުރުފަސްދެނީއެވެ. އަހަރެން ކޮޓަރި ނުކުމެ އެހެންކަންތަކާ މަސްއޫލުވެގެން އުޅެވޭތޯ ކުރިމަސައްކަތް ބޭކާރުުވުމުން ކޮޓަރިއަށް ވަދެ އޮށޯވެލީ މެވެ. ނިދިފައި އޮތްވައި ސިހިގެން ހޭލެވުނީ ފެނުގެ ތެއްކަން އިހްސާސްވެގެންނެވެ. އޭރު ކުރިމަތީ ހުރެގެން މަންމަ ފަތިވަރެއް ގޮވަމުން ދިއައިރު އެކިޔާ ނުކިޔާ އެއްޗެއްވެސް އަހަނަށް ފަހުމެއްނުވިއެވެ. އެވަރަށް އަހަރެންގެ ސިކުނޑިވަނީ ހުއްޓިފައެވެ. އަހަރެން ގެ އަތުގައިހިފަ ދަމަމުން ކޮޅަށް ނެގުމަށް ފަހު ދޮރާދިމާލަސް ކޮއްޕާލުމުން ހަށިގަނޑު މަތަނުވެ ގޮސްޖެހުނީ ފަރުގައެވެ. ވީ ތަދު ބުނަންނޭގުނަސް ރޯނެ ބާރެއް އަހަރެންގެ ގަޔަކު ނެތެވެ. އަނެއްކަް މަންމަ އަހަންނަ ދިމާލަށް އަންނަފެށުމުން އަވަސް އަވަހަށް ދޮރުން ބޭރަށް ނުކުމެވުނެވެ. ކާންހަދާށޭ ކިޔާ އަމުރު ކޮށްލާފައި ލޯމަތިން ގޮސް ގެއްލުނެވެ. މަރުވެފައިވާ މައްޔިތެއްފަދައިން އެއްވެސް ދިރުމެންނެތި މަންމަ ބުނި ކަންތައް ކޮށް ސައިގިރަން ހުއްޓާ އަޒާލް އައިސް ބަދިގެއަށް ވަދެ ކާމޭޒު ކައިރީ އިށިންތައް ފެނި ކައިރީގައި އޮތަ ވަޅީގައި ހިފާ ބަރުކޮށޮލެވުނީ ސިކުނޑިއަށް ވެރިވި ނުބައި ހިޔާލުންނެވެ. އަހަރެން ގޮސް ސައި އަޅަންފެށިތަނާ އަނެއްކާވެސް އައީ އިންޒަރެކެވެ. މިއަދު ހިނގި އެއްވެސް ކަމެއް އަހަރެންގެ މަންމަ އަށް އެގިގެން ނުވާނޭ ބުނެ އިންޒާރު ކުރިއެވެ. އެލޮލަށް ބަލާލަންވެސް ބިރުގަންނައިރު އަހަރެންނަށް ނުރުހުމާއެކު އެ އަޒާލްއަށް ބަލާލެވުނީ މަކަރުވެރިކަމުގެ އިންތިހާ އަށް ގޮސްފަވާ އަޒާލްގެ ނުބައި ކަން ހިތަށް އަރުވަމުންނެވެ. މަންމަ ސައިބޯން އައި އިރު ކޮއްކޮމެންވެސް ފަހަތުން ނުކުމެގެން އައެވެ. މަންމަގެ ބިރާއި ހެދި އަހަންނަށް އެމީހުންނާ ވާހަކަ ދައްކަން އުޒުރުވެވެފަވާއިރު، މަންމަ އެމީހުންނަށް އަހަރެން ސިފަކޮށް ދީފައިވަނީ ބިރުވެރި މަންމަން ކުއްޖެއް ގޮތުގައެވެ. ދެރަވިއަސް ކުރާނީއް ކީއްހެވެ.މީ އަހަރެންގެ ތަގުދީރެވެ. އެހެނަސް އެ ތަގުދީރު ލިޔަމުން އެދަނީ މަންމަގެ އަނިޔާވެރި އަތުންނެވެ. އެއީ މިއަދަކީ މަންމަގެ ދުވަހަށް ވީތީ އެވެ، އަހަންނަށް ވެސް ދުވަހެއް އަންނާނެއެވެ. އެދުވަހުން އަހަރެންވެސް އެމީހުންގެ ތަގުދީރާއި ކުޅެލާ ބަދަލް ކޮށްލާނަމެވެ. އެހެނަސް އަހަރެން އެތަގުދީރު ލިޔާނީ ލެއިން ނެވެ. ބަދަލްހިފުގެ ރޫހު ހިތުގައި އުތުރި އަރަމުން ދިއައެވެ.

ބޭރުން އިވުނު ބެލްގެ އަޑަށް ހިޔާލުތަށް ވި އްސިވިހާލި ކޮށްލަމުން ގޮސް ދޮރުހުޅުވިއިރު ކުރިމަތީ ހުރި އަންހެން މީހާފެނި ބާރަށް ހީނުގަނެވުނީ ކިރިޔާއެވެ. ހިނިގަނޑު އެތެރެއަށް ހިންދާލަމުން އަނެއްކާވެސް ކުރިމަތީ ހުރި ޒާރާ ދައްތަ މޫނަށް ބަލާލީމެވެ. އަހަންނަށް ސިފަވީ ހުދުވެފައިވާ ބުދެއްގެ މޫނެވެ. މޭކަޕްވެސް އެހާ ކުލަ ގަދަކޮށް ހުރުމުން މަޖާވިއެވެ. ޒާރާ ދައްތަ އަހަރެން މޫނަށް ބަލާލަމުން ތުންއަބުރާލާފައި ވަދެގެން އެތެރެއަށް ދާންފެށިއެވެ. ދޮރުލައްޕާލަމުން އަހަރެންމިސްރާބުޖެހީ ބަދިގެ އަށެވެ. އޭރު މަންމަ އާއި ޒާރައްތަ އާއި އަޒާލް ސޯފާގައި އިނެވެ. އަހަރެން މަޑުމަޑުން ގޮސް ބަދިގެ އަށް ވަދެ ތަށިތައް ނަގާ ސާފްކޮށް ކުޑަގޮތަކަށް ސައިބޯލީމެވެ. އެއަށްފަހު ކޮޓަރި އަށް ދާންވެގެން ނުކުނަނިކޮށް ޒާރައްތަ ބުނެލި ޖުމްލަ އަޑުއިވިހުއްޓުނެވެ. “މާހީ މިހާރު އެއުމުރުގެ ކުއްޖަކާ ވައްތަރެއްވެސް ނޫން ހާދަ ބަދަލްތަކެއް އައިސްފިއޭ ދޯ.ނުފެނި މާގިނަ ދުވަސް ވީ ކަންނޭގެ،”ޒާރައްތަ ގެ ވާހަކަ ނިމޭއިރަށް މަންމަ ޖަހާލީ މަލާމާތުގެ ހިނި ގަނޑެކެވެ. “އެހެންނުވަނީ ހަތަރު ދަމު ކައިއައިގެން ހުވަފެން ބަލަން ނިދަނީ ބޭނުމެއް ނެތް ބޭކާރުް ކުއްޖާ ގަނޑެއް ކިޔަވަން ވެސް ނޫޅުނީމަ ސްކޫލަށް ވެސް ނުފޮނުވަން މިހާރު ލަތާ ދިއާމަ މިގޭ ނޯކަރެއްގެ ބައި ފުރާދޭކަން ކުރާހާވެސް ކަމަކީ މިހާރު، އެނޫން ބޭނުމެއްނެތް ދޯ އަޒާލް” ދުރަށް ނަޒަރު ހުއްޓާލައިގެން އިން އަޒާލްއާ ދިމާއަށް ބަލާލަމުން މަންމަ ބުނި ވިހަ ޖުމްލަ ތަކުން އަހަރެންގެ ދަތްކުނޑި ވިކައިގެން ދިއައެވެ. މަޑުމަޑުން އަހަރެން ބޭރަށް ބަލާލިއިރު ޒާރައްތަ މަންމަގެ ކަންފަތް ކައިރީ ވަހަކަތަކެއް ދަށްކާފަ ހެމުން ދިއައިރު އަޒާލްގެ ނަޒަރު އަހަންނާ އަމާޒްވިތަންފެނި އަހަރެން އިސްޖަހަލަމުން ނުކުމެ ކޮޓަރިއަށް މިސްރާބުޖެހީމެވެ. އޭރުވެސް އަހަރެންގެ ސިކާރަވެރިޔާގެ ނަޒަރު ހަށިގަނޑުން ސަލަމަތް ނުވެއެވެ. ކޮޓަރި އަށް ވަންނަށް ނެގި ފިޔަވަޅު ހުއްޓުނީ ޒާރައްތަ މަންމައަށް ބުނި ޖުމްލައިންނެވެ.”ސާއިނާ ދެން އިތުރު މީހަކައި އިންނަށް ވިސްނަށް ވީނުން، ޒުހޭރުވެސް މިހާރު އެއުޅެނީ އެކަންކުރަންވިއްޔަ، ވަރި ކުރި ފަހުންވެސް ތިންމަހަށް އެޅީ އަނެއްކާ އަޒާލް ވެސް ނުލާހިކު ސައިނާ ދެކެ ލޯބިވޭ ވިއްޔަ ދޯ” އަހަނަށް ބޭއިހްތިއާރުގައި ފަހަތަށަް ބަލާލެވުނު އިރު ދުނިޔެވެސް ހުއްޓިފާވާ ކަމުގެ އިހްސާސް ކުރެވުނެވެ. މަންމަ ދެލޯ ބޮޑުކޮށްލައިގެން އިންއިރު އަޒާލް އިނީ ރުޅި ކޮންޓްރޯލް ނުވެފަ ކަން މޫނުމަތިން ފެނެވެ. އެހެނަސް ޒާރައްތަ ގެ މޫނުމަތީވީ ހިނިތުންވުމެކެވެ. އެ ބުނީ ކީކޭކަން ރަގަޅަށް ވިސްނާލެވުނުއިރު މަންމަ ފަދަ ކެހިވެރި މަކަރުވެރި މީހެއްގެ ކިބައިން ބައްޕަ ސަލާމަތްވީތީ އުފާކުރީ ހިތާހިތާއެވެ. ސަލާމަތް ނުވެވިގެން މިތެޅިފޮޅެނީ އަހަންނެވެ. އަހަރެންގެ ބަދުނަސީބުކަމުން މިނޫން ގޮެތެއް ނެތީއެވެ. އަޒާލް މަންމަ އަށް ވެސް ކެހިދެނީ އެވެ. މަތްކަލާކޯ އެވެ. ކޮންކަހަލަ ދުނިޔެއެއް ހެއްޔެވެ؟……..ނުނިމޭ

6

6 Comments

 1. LYM

  April 23, 2015 at 12:45 pm

  v salhi

 2. shifa

  April 24, 2015 at 2:45 pm

  Haadha dheravaa vaahakaekey..mibaives varah salhi…

 3. shifa

  April 24, 2015 at 8:27 pm

  Varan varan reythi

 4. I-RaM

  April 26, 2015 at 11:53 am

  thanks shifa

 5. mishko

  April 27, 2015 at 8:24 am

  varah varah reethi ingey adhive miah vure thankolhah dhigu genesdheeba

 6. ermaal

  May 4, 2015 at 7:54 pm

  Salhi

Comments are closed.