Skip to content
އެސްފިޔަ

ހިތި މާޒ

“ނުހާ، ނޫރާ” އަހަރެމެންގެ ކަންފަތުގަ ޖެހުނީ ބޭބެ ގެ އޯގާތެރި އަޑެވެ.
“އާދޭ ކުރުނބާ ބޯން.” ބޭބެ ބުނެލި އަޑު އިވުނެވެ. ކުޅުން ހުއްޓާލުމަށް ފަހު އަހަރުމެން ދުއްވައިގަތީ ބޭބެ ކައިރިއަށެވެ. އޭރު މަންމަ ވެސް ބަދިގޭގަ އުޅުނެވެ.
އަހަރެމެންގެ އާއިލާ އަކީ ކުޑަ ކުޑަ މެދު ފަންތީގެ އާއިލާ އެކެވެ. ފަނުން ހަދާފައި ވާ ކުޑަ ކުޑަ ގޭގަ އަހަރުމެންގެ ކުޑަ ކުޑަ އާއިލާ އުޅެމުން އައީ ވަރަށް ވެސް އުފަލުގަ އެވެ. އެއީ އަހަރެންގެ ކޮއްކޮ އާއި ބޭބެ އާއި މަންމަ އާއި ބަައްޕަ ގެ އިތުރަށް އަހަރެންނެވެ.
އަހަރެންގެ ބައްޕަ އަކީ މަސްވެރި އަކަށް ވުމުން ގޭގަ މަޑުކޮށްލެވެނީ ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށެވެ. ރޯނު ވެށުމާއި ފަންގި ވިނުމަކީ މަންމަ ގެ މަސައްކަތް ތަކެވެ.
ދުވަސް ތައް ފާއިތު ވަމުން ދެއެވެ. މަންމަ އާއި ބައްޕަގެ ފުރިހަމަ ލޮތްބާއި އަޅާލުމާ އެކު އަހަރެންގެ މަދުރަސީ ދައުރު ފެށުނެވެ. އަހަރެންގެ އަޒުމަކަށް ވީ ގްރޭޑުން އެެއްވަނަ ހޯދުމެވެ. މިއަޒުމުގަ އަހަރެން ގެ ކިޔެވުން ކުރިޔައް ގެން ދިޔައިމެވެ.
ދުވަހަކީ ފުރަތަމަ ޓާމް ނިމި އޭގެ ނަތީއްޖާ ފާޅުކުރާ ދުވަހެވެ. އަހަރންގެ ހަޔާތަށް އައި މިކަހަލަ ފުރަތަމަ ދުވަސްް ވެސްމެއެވެ.
މަންމަ އާއި ބަައްޕަ އާއި އެކު އަހަރެން މަދުރަސާ އަށް ދިޔައީ ވަރަށް ވެސް އުފަލުން ހުރެއެވެ. ބޭނުން ވި ކަހަލަ ނަތީއްޖާ އެއް ލިބޭނެ ކަމުގެ އުންމީދުގަ ހުރެގެންނެވެ.
ކަންތަށް ވީވެސް އަހަރެން އުންމީދު ކުރި ގޮތަށެވެ. މުޅި ކުލާހުން އެއްވަނަ ލިބުނީ އަހަރެން ނަށަވެ. މަންމަ އާއި ބައްޕަ ގައިގަ ބާރަށް ބައްދާ ލެވުނީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.
އެދުވަސް ވެގެން ދިޔައީ އަހަރެން ގެ ހަޔާތައް އައި އެންމެ އުފާވެރި ދުވަހަށެވެ. މަދުރަސީ ދައުރުގެ ފުރަތަމަ އަހަރު ލިބުނު ބޮޑު ކާމިޔާބީ އަށް އަހަރެން ޝުކުރު ވެރި ވީމެވެ. ގިނަބައެއްގެ ތައުރީފުގެ ބަސްތައް އަހަރެންނަށް ލިބެމުން ދިޔައެވެ.

ދަންވަރުގެ ހަމަަހިމޭން ވަގުތެވެ. އަހަރެން ނަށް ހޭލެވުނީ މީހެއްގެ ގިސްލުމުގެ އަޑު އިވޭތީ އެވެ.ވޭނުން ފުރިފައި ވާ އަޑެކެވެ. އަހަރެންގެ ޝައުގުވެރި ކަން އެ އަޑައް ދެވުމާއެކު ،ސިކުނޑި ސުވާލު މާކު ތަކަކުން ފުރުނެވެ. ނޭގޭ ބިރުވެރި ކަމެއް ހިތުތެރޭގައި އުފެދުނެވެ. ބިރުން މުޅި މީހާ ތުރު ތުރު އަޅަން ފެށިއެވެ.
އިރުކޮޅެއް ފަހުން އެއަޑު ކެނޑުނެވެ. އެރޭގެ ބާކީބައި އަހަރެން ހޭދަ ކުރީ ނުނިދި އޮވެއެވެ.
ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވުމާއެކު އަހަރެންނަށް ތެދުވެވުނެވެ. ލަސް ފިޔަވަޅު ތަކެއް އަޅަމުން ގޮސް އަހަރެން ބޭރަށް ނުކުތީ މަންމަ ހޭލާއުޅޭނެ ކަން އެންގިގެންނެވެ.
” ނުހާ..؟؟” އަހަރެންނަށް ހުއްޓުން އެރީ މަންމަ ގޮވާލި އަޑު އިވުމުންނެވެ. އަހަރެން ފަސްއެނބުރި މަންމަ އައް ބަލާލީމެވެ. އެވަގުތު ފެނުނު މަންޒަރުން އަހަރެން ހައިރާން ވިއެވެ. މަންމަ ގެ މޫނަށް ބަލަހަށްޓައިގެން ހުރެވުނީ ގަބޫލު ނުކުރެވިގެންނެވެ.
” މަ މަ މަންމާ.؟؟” ތުރުތުރު އަޅާހާލުގަ އަހަރެން މަންމަ އަށް ގޮވާލީމެވެ.

“ދަރިފުޅު ހާދަ ބިރުގަނެފަ. ކިހިނެތް ވީ އަނެއްކާ؟” އަހަރެންނާ ދިމާލަށް ބަލާލަމުން މަންމަ ސުވާލު ކުރިއެވެ.
“މަންމަ ގެ ބޮލަށް ކިހިނެތްވީ.؟” މަންމަ ގެ އެސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެންވެސް ކޮށްލެވުނީ ސުވާލެކެވެ.
“އެއީ ދޯ.. އާނނ، އެއީ ރޭގަ މަންމަ ވެއްޓުނީ އޭ.ގިފިލި ތެރެއަށް.” ވަރަށް ހަމަޖެހިލައިގެން ހުރެ މަންމަ ބުނެލި އެވ.
ދޮންވެލި އަޅާފަ ހުރި ތަނަކަށް ވެއްޓިގެން އެހާ ބޮޑަށް ބޯ ފަޅައިގެން ގޮސްދާނެ ބާއޭ އަހަރެންގެ ހިތައް އެރިއެވެ. އެސުވާލު ތައް ހިތުތެރޭގަ ބެހެއްޓީ މަންމަ ގެ ފަރާތުން ޖަވާބު ނުލިބޭނެ ކަން އެނގޭތީއެވެ.

ެ. އަހަރެން ގޮއްސަ ކޮއްކޮ އަށް ގޮވީމެވެ. މަންމަ އާއި އެކު ފަތިސް ނަމާދު ކުރުމުގެ ބޭނުމުގަ އެވެ.
(ނުނިމޭ)

Comments (14)

  1. shaakko

    This is a true story based on my life..
    Hope you all like it

  2. nash

    reethi vaane hen heevey…..

  3. shahu

    reethi aane hen heevey…

  4. yus

    Varah Reeethi vaane hn heevaneee

  5. girl

    V kuru

  6. Naash

    haadha kurey dhn in part avahah up kohdhehchey

  7. ram

    Nice

  8. I-RaM

    Interestin stry

  9. Rifoo

    haadha dhigu koh liyafa………..

  10. lonly grl

    nice vane kamah heekuran..

  11. shaf

    v reethi mi part… waiting for another part…..

  12. same

    nice vane kaman heekuran……….

  13. testing carried

    shorty… dhigu kurchey.. kiaa like vaane kiyan dhigu vaahaka thah!!!!!!!!!!!!

  14. REEM

    salhi

Comments are closed.