Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ސާޔާ… (1 ވަނަ ބައި)

ކުޑާ Level 110 Stories
April 6, 2015 3 Mins Read
10 Comments

 

ފަސްވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖެއް ބޯޅައެއް ހިފައިގެން ދުވެދުވެފައި އުޅެއެވެ. އެކުއްޖާ އާއި ދެތިން ފޫޓެއް ދުރުގައި އެކުއްޖާގެ މައިންބަފައިން އިށީދެލައިގެން ތިއްބެވެ. އަންހެން ކުއްޖާގެ މޫނުން އުފާވެރި ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ކުޅެން އުޅެމުންވެސް ދުރުގައިތިބި މަންމައާއި ބައްޕައަށް ބަލައިލަނީ މައުސޫމް ގޮތަކަށެވެ. ދަރިފުޅު ހީލާ ކޮންމެ ފަހަރަކު އެދެމީހުންގެ ހިތްފުރިގެންދެއެވެ.

އަސްލަމްއާއި އާތިކާ ކައިވެނިކުރީ ރައްޓެހިވެގެން އަހަރެއްހާ ދުވަހު އުޅުމަށްފަހުގައެވެ. ދެމީހުންގެ އާއިލާގެވެސް ރުހުމުގައި ކައިވެނި ކުރެވުނު ނަމަވެސް ކައިވެންޏަށްފަހު އަސްލަމް އާއި އާތިކާ އުޅުނީ ވަކިންނެވެ. ބޮޑު އާއިލާއެއްގެ ތެރޭގައި އުޅެންވުމުން އެދެމީހުންގެ ގުޅުމުގައި ކުންޏެއް ޖެހިދާނެތީއެވެ.ދެމަފިރިންވެސް ބޭނުނުންވީ ވީހާވެސް އަވަހަކަށް ކުއްޖަކު ހޯދާށެވެ. އެދެމީހުންގެ ގުޅުން ފުރިހަމަ ވާނީ އުނގުފަޅުފިލުވައިދޭނެ ކުއްޖަކު ލިބުމުންކަމަށް ގަބޫލުކުރެވޭތީއެވެ. ކުއްޖަކު ހޯދަށް ކުރި މަސައްކަތް ކާމިޔާބުވީ ކައިވެންޏަށް ހަތަރު އަހަރު ފާއިވެގެން ދިޔަ ފަހުންނެވެ. އެތައް ދުވަހެއް ފަހުން ކުއްޖަކު ލިބުމުން އެދަރިފުޅަށްޓަކައި ދެމަފިރިންގެ ހިތުގައިވެސްވަނީ އިންތިހާ ލޯތްބެވެ. ފިރިހެންކުއްޖަކަށް އުއްމީދު ކޮންގެން ތިއްބައި އަންހެން ކުއްޖެއް ލިބުމުން އެލޯތްބަކަށް ބަދަލެއް ނާދެއެވެ.

އަސްލަމްއާއި އާތިކާ ސާޔާ ގޮވައިގެން ގެއަށްއައީ އިރުއޮއްސެންއުޅޭ ކަމުގެ އަސަރުތައް އުޑުމަތިން ފެންނަށްފެށުމުންނެވެ. އުފާވެރި ވަގުތުކޮޅެއް އެކީގައި ހޭދަކޮށްލެވުމުން ހިތަށްހަމަޖެހުން ލިބެއެވެ.

އާތިކާ ސާޔާ ނިންދަވާފައި ނުކުތް އިރު އަސްލަމް ސިޓިންގ ރޫމުގައި ޓީވީ އަޅުވާލައިގެން ކޮންމެވެސް ސިޔާސީ ޕްރޮގްރާމެއް ބަލަން އިނެވެ. އާތިކާ މާގަޔާނުވެ އިންނަށް ފެށުމުން ޗެނަލް ބަދަލު ކޮށްލާފައި އާތިކާ ގެނެސް މޭގައި ޖައްސާލިއެވެ. ދެމަފިރިންގެ ދެމެދުގައިވާ ލޯބި ކޮންމެ ހަރަކާތަކުން ދޭހަކޮށްދެއެވެ.

އާތިކާ ފަތިސް ނަމާދަށް ތެދުވެފައި އަސްލަމްއަށް ގޮވިއެވެ. އެއީ އޭނާގެ އަބަދުގެވެސް އާދައެވެ. އާތިކާއަކީ ހެޔޮލަފާ އަންބެކެވެ. އަސްލަމް އަބަދުވެސް އާތިކާގެ ހުލްގު ހެޔޮކަމުން އެކަމަށް ތައުރީފްކުރެއެވެ. އާތިކާފަދަ މާތް އަންހެނަކު ލިބުމަކީ އޭނާގެ ނަސީބުކަމަށް އަސްލަމް ދެކެއެވެ.

އަސްލަމް އޮފީހަށް ދިއުމުން އާތިކާ ސާޔާއަށް ސައިދީފައި ސްކޫލަށް ގެންދަން ތައްޔާރުކުރިއެވެ. ސާޔާ އުޅޭލެއް ހަލަނިކަމުން އާތިކާ ހުރީ ވަރުބަލިވާގޮތްވެފައެވެ. ސާޔާ ސްކޫލަށްލާފައި ބަލައިދާ ގަޑި ޖެހެންދެން އާތިކާ ދިޔައީ މަންމަމެން ކައިރިއަށެވެ. ސާޔާ ގޮވައިގެން އެގެއަށް ނާންނާތީ އެމީހުން ޝަކުވާކުރިއެވެ. ސްކޫލް ބަންދު ދުވަހަކުން އަންނާނަން ކަމަށްބުނެ އާތިކާ އެމީހުންގެ ހިތްހަމަ ޖައްސާލަދިނެވެ.

ސާޔާ ސްކޫލުން ނެރެގެންއައިސް އާތިކާ އަވަހަށް އަސްލަމް ކާން އަންނަން ވާއިރަށް މެންދުރަށް ކައްކާލިއެވެ. ކައްކާ ނިންމާފައިގޮސް ބަލައިލިއިރު ކޮޓަރީގައި ބެއަރއެއް އުރާލައިގެން ކުޅެންހުރި ސާޔާ ފެނިފައި އަތިކާ ކައިރިއަށް ވަރަށް ހިނިއައެވެ. ފުންޖަހާ މޫނު ހުދުކޮށްލާފައި ހުރިއިރު ބެއަރގައިވެސް ހުރީ ފުންޖަހާލާފައެވެ. ސާޔާގެ ހެދުމެއް ލައްވާފައި ބޮލުގައި ދައްޗެއް ޖަހާލާފައި އިނެވެ. ހިނިގަނޑު އެތެރެއަށް ހިންދާލާފައިގޮސް އާތިކާ ސާޔާ ކައިރީ މަޑުކޮށްލިއެވެ. އޭރު އަސްލަމްވެސް އައިސް ވަންނަނީއެވެ. އަސްލަމްއަށްވެސްވީ އާތިކާއަށްވީވަރެވެ. ހިނިއައިސްފައި ހުރެ ސާޔާ ކައިރީގައި ބައްޕަ ބެއާރ އުރާލަންދޭށޭ ބުނުމުން ވަރަށް ފަސޭހައިން ދިނެވެ. ސާޔާ މޫނު ދޮއްވާލައިގެެން ނުކުމެފައި އާތިކާ އަސްލަމްއަށް ކާންހަދައިދިނެވެ. އަސްލަމް ކާންފެށިތަނާ ސާޔާވެސް އަސްލަމްއާއެކީ ކާންވެގެން އުޅުނެވެ. އާތިކާ ކާންދޭން އުޅުމުންވެސް އަސްލަމް އަތުން ނޫނީ ކާކަން ބޭނުމެއް ނުވިއެވެ.

ހޮނިހިރު ދުވަސްވެ އާތިކާއާއި އަސްލަމް ނިންމީ އާއިލާ މީހުންނާ ބައްދަލުކޮށްލަން ދާށެވެ. ފުރަތަމަ އަސްލަމް މަންމަމެން ކައިރިއަށްގޮސް އެމީހުންނާއެކު ވަގުތު ހޭދަކުރިއެވެ. އެގޭގައި ކުޑަ ކުއްޖެއް ނުހުންނާތީ ފޫހިވެގެން އެހާ ގިނައިރު އިންނާކަން ސާޔާ ބޭނުމެއްނުވިއެވެ. އެހެންވެ އިރުކޮޅަކު މަޑުކޮށްލާފައި ދެން ދިޔައީ އާތިކާމެންގެއަށެވެ. އެގެއަށްދިޔައިރަށް ސާޔާއަށްހީވީ ދެއީދު އެއްފަހަރާ ލައިގެން ހެންނެވެ. ދުވެފައި ސިޓިންގ ރޫމްގައި ކުޅެން އިން ޒަމްއާ ކައިރިއަށް ދިޔައެވެ. ޒަމްއާއަކީ އާތިކާ ދޮންބެގެ ދަރިފުޅެވެ. ދެކުދިންގެ އަޑުން ސިޓިންގ ރޫމް އޮތީ ފަޅުފިލުވާލާފައެވެ. ސާޔާ ހިޔާލެއް ފިކުރެއްނެތި ކުޅެން އިންއިރު ބޯމަތިވަމުން އަންނަ ކަޅު ވިލާގަނޑުގެ ހިލަމެއް އެކުޑަ ފުރާނައަކަށް ނުވެއެވެ.

އާތިކާ ދެވަނަ ކުުއްޖަކަށް ބަނޑުބޮޑުކަން އެނގުމުން އެދެމަފިރިން އުފަލުން ފޮޅުނެވެ. ސާޔާވެސް ކޮއްކޮއެއް ލިބެން އުޅޭކަން އެނގުމުން އެވާހަކަ އެންމެންކައިރީގައި އަބަދު ކިޔައެވެ. އާތިކާއަށް އެކަނި ފިރިމީހާއާއި ދަރިފުޅު ގެ ކަންތައް ބަލަމުން ގޭގެ ކަންތައް ކުރަން އުނދަގޫ ވާނެތީ އަސްލަމް ނިންމީ ގޭގައި ގެންގުޅޭ މީހަކު ގެންނާށެވެ. އާތިކާއަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.

ގޭގައި ގެންގުޅޭކުއްޖަކު ހޯދުންވީ އުނދަގޫ ކަމަކަށެވެ. އަސްލަމް ބޭރު މީހަކު ގެންނާކަށް ބޭނުމެއްނުވިއެވެ. އަސްލަމް ބޭނުންވީ ރާއްޖެތެރޭ ކުއްޖަކު ގެންނާށެވެ. އެގެންނަ މީހާ އަހުލާގު ރަނގަޅުވެފައި މަސައްކަތް ކުރަން އެނގޭ މީހަކަށް ވާންޖެހޭނެއެވެ. ގޭގައި ގެންގުޅޭނެ މީހަކު ލިބުނީ އާތިކާގެ ބަނޑަށް ތިންމަސްވާން ކައިރިވެފައި ހުއްޓައެވެ. އުތުރުގެ ރަށަކަށް ނިސްބަތްވާ ވިހި ވަރަކަށް އަހަރުގެ ކުއްޖެކެވެ. އެއީ އަޅާލާނެ މީހަކު ނެތް މުސްކުޅި މަންމައެއް ބަލަން ޖެހިފައިވާ ކުއްޖެކެވެ. އަސްލަމް އެދެމައިންނަށް އެގޭގައި ތިބެވޭނެ ގޮތްވެސް ހަމަޖައްސައިދިނެވެ.

އާތިކާ ހެނދުނު ސާޔާ ރީތި ކޮށްލައިގެން ނުކުތްއިރު ޝިފާނާ ހުރީ ސައިހަދާފައެވެ. އާތިކާ ހުރީ ޝިފާނާގެ މަސައްކަތާމެދު ވަރަށް ހިތްހަމަ ޖެހިފައެވެ. ސާޔާވެސް އިރުކޮޅެއްވީއިރަށް ޝިފާނާއާއި އެކުވެރި ވެއްޖެއެވެ. ދައްތައެއް ލިބުމުން ސާޔާ ދުވަސްކޮޅަކުން ކޮއްކޮއެއްވެސް ލިބޭނޭ ކިޔާފައި ފޮނިވެގެން އުޅުނެވެ.

ޝިފާނާ އައި ފަހުން އާތިކާއަށް މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ޝިފާނާ ގޭތެރޭގެ ހުރިހާ ކަމެއް ކޮށްލާފައި ހުންނާތީ އާތިކާއަށް އެކަމާއިގެން އުޅޭކަން ނުޖެހެއެވެ. އެކަމަކު އަސްލަމް އާއި ސާޔާގެ އެއްވެސް މަސައްކަތެއް  އާތިކާ ޝިފާނާ ލައްވައެއް ނުކުރެއެވެ.

ދަރިފުޅު އުފަންވާންވާއިރަށް ބޭނުންވާނެ އެއްޗެހި ގަންނަން އާތިކާއާއި އަސްލަމް ދިޔައީ ސާޔާ ޝިފާނާ ކައިރީގައި ބަހައްޓާފައެވެ. ހަވީރުގެ ވަގުތު ކަމުން މަގުމަތިވަނީ ދުއްވާ އެއްޗެއްސާއި މީހުންތަކުން ފުރިފައެވެ. ފިހާރައަކަށްވެދެ ބާޒާރުކޮށްގެން ނުކުތް އިރު އާތިކާ ހުރީ ވަރަށް ފެންބޮވާފައެވެ. އަސްލަމް ކައިރީގައި އެވާހަކަ ބުނުމުން އަސްލަމް އެތާ ކުރިމަތީގައި ހުރި ފިހާރައަށްވަނީ ފެންފުޅިއެއް ގަންނާށެވެ.

އަސްލަމް ނުކުންނަންދެން ބޭރުގައި މަޑުކޮށްލައިގެން ހުރި އާތިކާގެ ލޮލުގައި ފިރިހެނަކާއެކު ސައިކަލު ފަހަތުގައި އިން ކުއްޖާ އަޅައިގަތެވެ. އާތިކާއަށް ހީވީ އެއީ ޝިފާނާ ހެންނެވެ. ބާރަށް ސައިކަލު ދުއްވާފައި ދިއުމުން އޭނާއަށް ޔަގީން ކުރާކަން ނޭގުނެވެ. އަސްލަމް ފެންފުޅިއެއް ގަނެގެން ނުކުތުމުން އާތިކާ އަސްލަމް ކައިރީގައި އެވާހަކަ ބުންޏެވެ. އަސްލަމް އެއީ އާތިކާއަށް ހީވިގޮތޭ ބުނެފައި އަޅައެއް ނުލިއެވެ. ދެމީހުން ގެއަށްގޮސް ޝިފާނާއަށް ގޮވާލީމާވެސް ހަބަރެއް ނުވިއެވެ. ގޭތެރޭގައި ސާޔާވެސް ފެންނާކަށްނެތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ނަމަވިޔަސް… (ފަހު ބައި)

Next

އިންތިޒާރު 20

Next
April 6, 2015

އިންތިޒާރު 20

Previews
April 3, 2015

ނަމަވިޔަސް… (ފަހު ބައި)

10 Comments!

  1. naanyyy says:
    April 6, 2015 at 5:55 am

    Good

  2. rashy says:
    April 6, 2015 at 9:47 am

    good

  3. same says:
    April 6, 2015 at 10:48 am

    Nice

  4. xaara says:
    April 6, 2015 at 12:35 pm

    Not good

  5. jokerr says:
    April 6, 2015 at 4:19 pm

    MI HEEVANY ARATHEH HEN..BLA BLA BLA

  6. shahu says:
    April 6, 2015 at 5:17 pm

    Reethi vaane hen heevey…. Kuriah huri baithah avahah upp kurahchey,….

  7. shahu says:
    April 6, 2015 at 5:18 pm

    Nice

  8. july says:
    April 6, 2015 at 8:38 pm

    dhn ok…

  9. sakintha says:
    April 8, 2015 at 12:32 pm

    Varah Hama nujehey vaahaka eh. Better not to upload this kind of stories….

  10. shary says:
    May 3, 2015 at 8:16 pm

    salhi vaahaka eh

Comments are closed.

Next Episodeސާޔާ (2 ވަނަ ބައި)←


All Right Reserved!