Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ފަނާ 10

I-RaM Level 110 Stories
May 7, 2015 4 Mins Read
31 Comments

އިރުކޮޅެއްނުވެ ހުޅުވުނު ދޮރާއި އެކު އެތެރެއަށް ވަންއަޒާލްއަށް ކޮޓަރިން ފެނުން މަންޒަރުން ދެލޯ ބޮޑުވެގެން ދިއައެވެ. ހޭނެތިފައި އޮތް މާހީގެ ހަށިގަނޑާއި ކުޅެމުންދިއަ މަންމަގެ ނުލަފާ ސޫރަފެނި އެތެރެއަށް ވަންނަންަނެގި ފައިގާ ކަސްތޮޅު އެޅުމުއެވެ. “ސާއިނާ! ތީކޮންކަމެއް، ބަލާބަލާ ތިއޮތަ ކުއްަޖާއަށް ޖައްސާފައޮތް ހާލު އަދިއެވަރު ނުފުދިގެން…. ޗީ އަހަރެން ނުހީކުރަން އަންހެނަކަށްވެ ހުރެ ސާއިނާ ތިފަދަ ގޮތަކަށް އަމިއްލަ ދަރިފުޅަށް ހާދަނެއޭ. ގެންގުޅޭ އެކުވެރިން މަދީތަ… ” މާހީގެ ހަށިގަނޑު އޮތްގޮތް ފެނި އެއްވެސް ފޭރާމެއްނެތި ތުވާލިން ފޮރުވާލާފަ އޮުތުމުން އަޒާލް ހީކުރީ އެހެންގޮތަކަށެވެ. ސާއިނާ އައި ރުޅީގައި މާހީގެ ހަށިގަނޑު އަޒާލްއާ ދިމަލަށް ކޮށްޕާލަމުން ހަޅޭލަވައިގަރެވެ. ” ކަލޭ ހީކުރަނީ މަމީ ކަލޭ ކަމަށްތައ.މަނޫޅެން މޮޔަވެގެނެ މި ކުއްޖާގެ ހަށިގަނޑު ކާހިތަކުން،ބަލާބަލަ ކަލޭގެ ވަހުށީ ކަމު ތިއޮތް ހަށިގަނޑު ލައްވާފައޮތްހާ ލަކުނުތައެް ކަލެހީކުރަނީ ކޮންމެ ދުވަހަކު ކަލޭތިގަންނަ ގަނޑު މަށައް ވަންހަނަވެފައޮތްނަަކަމަށްތައް މަށައް އިގޭ އިއްޔެ ކަލޭގަތްގަޑުވެސްް ހީނުކުރާތި ތިގޮތަށް އަބަދު މަށައް ބިރުދައްކައިގެން މަގޭގެ ހައްގު ކަލޭ މިއޮތްކުއްޖާ ގަނޑުގެ އަތުން ހޯދޭނޭ… ކަލޭއަށް ދެން އޮތީ މަދު ވަގުތު ކޮޅެއެް ތިހެން މަށައް ބޭނުންހާ ގޮތެއްހަދާ އަމިއްލަ އަނބިމީހާ އެލާލާފަ މިއަތްކުއްޖާގަނޑު ކައިރިން ކަލޭގެ ހައިހޫނުކަން ފިލުވާހަދާއިރު ނޭގެތަ މިހާރު މިގޭތެރޭގަ އެހެންބަޔަކު އުޅޭކަމެއްވެސް، އެހެނޫނަސް ވިއަސް ބަދުނާމްވާނީ ކަލޭ މަށެއް ނޫން، ” އަޒާލްއާއި ސައިނާގެ ޒުވާބު ގަދަވަމުން ދިއައެވެ. އަޒާލް އިތުރަށް އެއްޗެއް ބުނަންނުހަދާ މާހީގެ ހަށިގަނޑު ނަގާ އެދުމަތީ ބޭއްވުމަށް ފަހު ކައިރީ ހުރި މޭޒުގައި ހުރި ފެންފުޅިން ފެންފޮދެއް އަތަށް އަޅާ މާހީގެ މޫނަށް ބުރުވާލިއެވެ. އަދި އިތުރު ފެންފޮދެއަތަން އަޅާ އެ މޫނުގަ ފެން އުގުޅަން ފެށިއެވެ. މަޑުމަޑުން މާހީ ކުކުރާލިއަޑުއިވި އަޒާލް އެކަން ހުއްޓަލުމަށް ފަހު ތެދުވިއެވެ. ކުރިމަތީ ހުރި ސައިނާ އަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. ހަނދާން ކުރާތި މަގޭ ކަންތައް ފަޅާއަރުވަން ހިތަށްވެސް ނާރުވާތި، ކަލޭގެ ހުރިހާ ހަޑިއެއްވެސް ފަޅާއަރާނެ، ބަދުނާމްވެގެން ދާނެކަލެ ވެސް، މަށައްވުރެ ބޮޑަށް އަދި ކަލޭގެ ހުރިހާ ހަޑި މުޑުދާރުކަމެއްވެސް އެގިގެންދާނެ މިދުނިޔެއަށް ކަލޭޒުހޭރުއަށް ދިންކެހިތަށް ވެސް މަށައް އެނގޭ ހުރިހާ ކަމެއް އެނގޭ ދުވަހަކުން ކަލޭ ވާނީ ބިކަ މިގެއާއި ޒުހޭރުގެ ފިހާރަވެސް ކަލޭ އަތުން ބީވާނެ އެހެންވީމާ ފިޔަފަޅައިގެން އުދުއްސާގަންނަށް ނުހަދާ،” ސައިނާގެ ނިތްކުރީގައި އިގިލިޖައްސާލައި ގަޅުވާލަމުން އަޒާލް ކޮޓަރިން ނުކުމެގެން ދިއައިރު ފަހަތުން ހައިރާންވެ ހުރެ ސާއިނާވެސް ނުކުމެގެން ދިއައިރު އަޒާލްގެ އެވާހަކަތަކުން ދޫވަނީ ބަންދުވެފައެވެ. އަޒާލްދެއްކި ވާހަކަތައް ލޯމަރާގެން އޮތްމާހީއަށްވެސް އިވުނެވެ. އެހެނަސް ސިކުނޑިއަށް އެވާހަކަތައް ނަގައިގަންނަ ނޭގި އޮތީ މަރުވެފައިފާ މައްޔިތެންހެން ހަށިގަނޑުގައި އަޅާވޭނަށް ކެތްނުވެގެންނެވެ.

ހުކުރު ދުވަހުގެ އިރު ފެނުން ތޮޅިލިއިރު ގޭތެރޭގެ ހަމަހިމޭންކަމާއެކު މެެރިފައިވަ ލޯތަކަށް އަދި އަލިނުވިލެއެވެ. ބަދިގޭގެ ކަނެއްގަ ހުއްޓި ލައިގެން އަހަރެންހުރީ ވިސްނުމަކަށް ގެއްލިފައެވެ. އަތުގައި ހުރި ކޮފީތަށިން އެތިއެތިފޮދު ބޮމުންދާއިރު ވިސްނެމުންދިއައީ ރޭގަ ފެނުނު މަންޒަރަކާ މެދުއެވެ. ޒައިދު އަހަރެންގެ ކޮޓަރިން ނުކުމިތަޏް ފެނުނީ ނިދިފައޮތްވާ މީހެއްގެ ހިލަމެންވެގެން ގަތްބިރާއެކު ހޭލެވުމުން ނެވެ. ނަމަވެސް ކުރިކަމެއް ނޭގި ފެނުނީ ނުކުމެގެން ދިއަތަނެވެ. ހީވަ ގޮތުން އޭނަ އަހަރެންގެ ސޫރަ ދެކެން ބެނުމެއް ނުވެއެވެ. އެކަމަކު ކޮންމެވެސް ކަމަކަށް ފާރަލަހެންވެސް ހީވެއެވެ. ވިސްނަންވީ އެއްޗެއް ނޭގުމުން ކުރަންިހުރި މަސައްކަތާއި މަސްއޫލު ވުމަށް ޓަކައި ކޮފީ ބުއި ތަށިދޮވެލުމަށް ފަހު މިސްރާބުޖެހީމެވެ. ސައިހަދަ ނިމުންމުން ނިކުމެ ސިޓިންރޫމުގައި ހުރި ގަޑި ބަލާލިއިރު ހަތްގަޑި ބައިވީއެވެ.އެވަގުތު ކުރިމަތިން ކޮޓަރިއެއްގެ ދޮރު ހިޅުވުނު އަޑަށް ބަލާލިއިރު ކޮޓަރިން ނުކުމެގެން ޔޫނުސް އައިސް ސިޓިންރޫމް ސޯފަގަ އިށީދެލިއެވެ. އަހަންނަދިމާއަށް އެނބުރި ބަލާލަމުން ކޮފިއެއް ހަދަދިނުމަށް ބުންޏެވެ. އަވަސްއަވަހަށް އަހަރެން އެތަނުން ދިއައިރު ޔޫނުސް ހުރުމުން ހިތަށްވަނީ ބިރުވެރިކަން ވަދެފައެވެ. ދެތިން މިނެޓް ނުވަނިސް އާވިއަރައަރާ ހުރި ކޮފީތަށްޓެއް ހިފައިގެން ނުކުމި އަހަރެން ސިހުނީ ބަދިގެ ތެރެއަށް ވަން ޔޫނުސްބެ ފެނިއެވެ.”ކޮބާ މިހާރު ކަނބުލޮ ސައިވެސް ހެދީތަ ހާދަ ވަސްރަގަޅޭ، ސައިވެސް ހަދާދީބަލަ، ގޮޑިއެއްދަމާލަމުން ކާމެޒުކައިރީ އިށީން ޔޫނުސްގެ ގާތުގައި ކޮފީ ތަށި ބެހެއްޓުމަށް ފަހު ސައިހަދާދެމުން ދިއައިރު އެ މީހާ އެސްފިއަވެސް ޖަހާނުލަ އަހަންނައި ދިމާލަށް ބަލަމުންދިއައެވެ. ވީފުހިން ދަތްކުނޑިވިކެންވެސް ފެށުނެވެ. ދުނިޔޭގެ ލެއްވި ހުރިހަ ފިރިހެނުނަކީ ވެސް ދެވަނަ އަޒާލްބެއިންނޭ ހިތަށް އެރިއެވެ. “ނޫން ޒައިދު އެހެނެއް ނުވާނެ، ޒައިދު ވަރަށާް މައުސޫމް އެންމެ އަހަރެންގެ ހަށިގަނޑަސް ދަހިވެތި ނަޒަރުން ބެލިއަސް ޒައިދު މިވީހާތަނަށް އަހަންނަ ބަލަލަފައެއްނުވޭ، އަހަރެން ފެނުނަސް ފޫހިކަމައެކު މޫނު އަނބުރާލަނީ، އެކަމު ކީއްވެ އަހަރެންގެ ކޮޓަރިއަށް ރޭގަ އައީ، އަނެއްކާ މީހަކު ހޯދަމުން ކަންނެގެ ދޯ، ސާބަސް މާހީ އަބަދުވެސް ޒައިދު ގެ ހިޔާލު އެވެސް ބަލަ މަހީ އެންމެ ރުޅިއަންނަ ފިރިހެނުތެރޭ ހިމެނޭ ހަމަ ފިރެހެނެކޭ، އެކަމަކުވެސް ފަރުވާލެއް ނެތް ދޯ” ހިތާއި ސިކުނޑީގެ އަރަާރުމުން ބޮލަށްއުދަނގޫވިއަސް ހިތް ނިންމީ ޒައިދަކީ އެކަހަލަ ވަހުށީ ނުުލަފާ މީހަކަށް ނުވަނޭކަމެވެ.” ކަނބުލޯ، އަނެއްކާ މާރީތި ހުވަފެނެބަލަނީތަ” އަހަރެންގެ އަތްތިލަގައި ކޮށްޓާލަމުން ޔޫނުސް ބުނެލި ޖުމުލައަށް ބޯޖަލާލެވެން އުޅުނުު އިރަށް އަވަހަށް އަވަހަށް އަހަރެން އިސްޖަހާލީމެވެ. ޔޫނުސް އަށް ސައިހަދާފަ ނުކުންނަވެގެން އުޅެނިކޮށް އަނެއްކާވެސް އެބިޔައަތުން އަހަރެންއަތުގައި ހިފަލިއެވެ. “ކަނބުލޮ މިތާ ސައިބޯން އިށީނދެބަލަ އަހަރެންނަކީ އެކަނި ސައިބޯހިތްވާ މީހެއްނޫނޭ، ޒައިދުވެސް އެއޮތީ ނިދާފަ މިގޭ އިތުރުމީހަކު ހެނުލައޭނުން އަދި” ގޮނޑި ދަމަލަމުން އެ މީހާގެ ބޭނުން ބުނެލިއިރު އަހަރެން ރުޅިއައިސްގެން ދަތްކުނޑި ވިއަކެމުންދެއެވެ. ބަލަލުމެއް ނެތި ގޮސް ފަހަތަށް ހުރި ގޮނޑިގައި އިށީދެލީ މަންމަގެ އަމުރު ހަނދާވެފައެވެ. ގައިގާ ފިހިިފައި ހުރި ލަކުނު ތަކުގައި އަޅާވޭނުން އަހަރެން ހުރީ އޮށީވެލަން ބޭނުންވެފައެވެ. ބޮލުގަ ރިހޭވަރުން ފަޅާގެން ދާ ވަރުވެއެވެ.ސައިބޯން އިދެގެން ވެސް ހުއްޓާނުލާ ތަޅަމުންދިއަ އަގައި ން ބޯގޮވައިރުވެސް މަންމަނެއް ފަދައިން ދެފަރާތަށް ބަލާލަބަލާލާ އިނީ ހިތުގެ ތެރޭން އެމީހާގަނޑަށް ހަޅޭލަވަމުންނެވެ.

ހުކުރު ނަމާދުފަހު ކައިގެން މަންމަ އާއި އަޒާލްބެ އާއި ޔޫނުސް ބޭރަށް ދާންް ނުކުމީ ޔޫނުސްގެ ވިޔަފާރިއަށް ބޭނުންވާ ތަނެއް އަލާނެ ބިމެއް ބަލަންވެގެންނެވެ. ޒައިދު ސޯފާގައި އިށީދެ ޓީވީ ބަލަން އިންއިރު އެތަނާ މަދުރުނޫ ހިސާބެއްގައި ހުރި ގޮޑިއެއްގަ އިށީދެލައިގެ އަހަރެން އިނީ ޒައިދު އެކަނިކޮށްލަފަ ކޮޓަރިއަށްދާންބޭނުން ނުވެގެންނެވެ. އަހަރެންގެ ނަޒަރު އެރީތި މޫނަށް ހުއްޓިފައި ހުރިހިރު ޒައިދު އިނީ ގެއްލިފައި ޓީވީއަށެވެ. ޒައިދު ހީލިމަންޒަރުފެނި އަހަންނަށް އިހްތިޔާރަކަ ނުލާ ހިނިތުންވެވުނު އިރު ޒައިދުގެ ލޯ އަމާޒްވިތަން ފެނި ގަތްލަދުން ޓީވީއާދިމާލަށް ބަލަންފެށުނެވެ. ކުއްލިއަކަށް އަހަރެން ސިހިގެންދިއައީ ޒައިދުގެ އަޑުން މާހީއޭ ކިޔާ ގޮވާލި އަޑަށެވެ. އަހަނަށް ބަލަލަން ވެސް ނުކެރިއިނީ މަންމަނެއްކަން އަންގާދޭށެވެ. އެހެނަސް ދެންއިވުނީ މާ ބިރުވެރި ޖުމްލައެކެވެ. “މާޙީ ތީ މަންމަނެއް ނޫން މަ އަޑުއެހިން ކުރިންދުވަހުން މާހީގެ ކޮޓަރިން އިވުނު އަޑުތައް މަންމާއޭ ތިހެން ނުހަދާށެޭ ބުނެ ވާހަކަ ދައްކާނެ އިތުިރު އަންހެންކުއްޖެ ތިނޫނިއްޔަ އުޅޭކަމެއް ނޭގެ މިގެއަކު، މީދޮގެއްތަ ބުނެބަލަ ތީ މަންމަނެއް ނޫންދޯ” މަށައް ހިވޭ މިގޭތެރޭގަ ބޮޑުކަންތައް ގަނޑެއް ހިގާހެންވެސް މާހީގެ ބައްޕައެއްނޫންދޯ އެއަޒާލްއަކީ، ބައްޕަ ކޮބާ، ކީއްވެ ނޯކަރެހެން އަމިއްލަގޭގަ ތި އުޅެނީ އަދި އަހަރެން އަޑުއެހިން މާހީ މަންމަ އަޒާލް ަކައިރީ ކޮންމެވެސް ވާހަކައެއްދަކަމުން މާހީ ތީ ނުކިޔަވާހުރި ގަމާރެކޭބުނިއަޑުވެސް،” ކޮންމެސް ޖަވާބެއްދީބަލަ” ޒައިދުގެ ވާހަކަތަކުން އަހަރެންގެް ލޮލުން އޮހެންފެށިކަރުނަތަށް ފެނި ޒައިދު ދައްކަމުންދިއަ ވަހަކަ ހުއްޓާލަފައައިސް އަހަރެން ކައިރީ ހުއްޓުނެވެ. ދުވަހަކުވެސް މީހެއްގެ ފަރާތުން ނުފެނަ އޯގާތެރިކަމެއް ޒައިދުގެ ފަރާތުން ލިބުމުން ވީއުފަލުންނާއި އެކު ހިތުގަވި ލޯބީގެ މައްޗަށް ބާރު ނުފޯރުވި ގިސްލެވެން ފެށުނެވެ. ޒައިދު ކުޑަކަކޫ ޖަހާ އަހަރެންގެ ކުރިމަތީ އިށީދެ އަތުގައިހިފަލާ އުޅުމުން ކަރަންޓުގައި ޖެހުނުފަދައިހްސާސެއްވީފަދައިން ސިއްސައިގެން ގޮސް އަތް ދަމާގަނެވުނީ ބިރުންނެވެ. އެހެނަސް އެއީ އޯގާތެރިއެކޭ ހިތްބުނެލިއެވެ. ” މާހީ ތީ މަންމަނެއް ނޫންދޯ” އަހަރެންނާ ޒައިދުގެ ހަތަރު ކަޅިހަމަވިއިރު މުޅީދުނިޔެވެސް ހަނދާން ނެތުނު ކަހަލައެވެ. އަހަރެން ނަށް ބޯޖަހަލެވުނީ ބޭއިހްތިޔާރުގައެވެ. ޒައިދު އަނެއްކާވެސް އަތްނަގަ އަހަރެންގެ ލޮލުން އޮހެމުންދިއަ ކަރުނަތައް ފޮހެލަދިނެވެ. އަހަރެންގެ ރުއިން ވީ ބާރެވެ. ” ޕްލީސް ތިގޮތަށް އަހަރެން ކުރިމަތީ ނުރޮއި، އަހަންނަ ވަރަށް އުދަނގޫވޭ” ޒައިދުބުނެލިއެވެ. “ޒައިދު އަހަރެން ސަލާމްތް ކޮށްދީ ޕްލީސް އަހަންނަށް އެހީވެދީ”އާދޭސްކުރާފަދައިން ނޭގި ބުނެވުނު ޖުމްލަތަކުން އަހަރެންވެސް ހައިރަންވިއެވެ.އެހިސާބުން އަހަރެންނަށް ޒައިދުގެ ކުރިމަތީ ހިތަހުޅުވާލެވެން އުޅުމުން ދައްކަން ފެށުނުވާހަކަ ހުއްޓަލެވުނެވެ.” ކިހިނެތްވީ މަހީ އަހަންނަށް ކިޔައިދީ އެކުވެރިއެއްކަމަށް ދެކި، އިގޭތަ އަހަރެން ފުރަތަމަ ދުވަހު މާހީ ފެނުނުއިރު ވަރަށް ފޫހިވި.އެއީ މާހީގެ މަމްގެ ސަބަބުން އެކަމުން މިގޭތެރޭގެ ހިނގާ ކަންތައްތަފެނި މީހަކަށް މީގެންތެރޭން އަނިޔާ ލިބޭކަމުގެ އިހްސާސްވި، ހަމަ އެދުވަހު އަހަރެންނަށް މާހީގެ ކޮޓަރި ދޮރުކައިރީން އިވުނު އަޑުތަކުން ޔަގީންވި މާހީ އަށްކަން އަނިޔާލިބެނީ، ވަނުވަ ބަލަން ސައުގުއުފެދުނީ ނޭގި، އެހެންވެ މިިއެހެނީ އަހަނާއި ނުބެހޭ ކަމަކަށް ވިއަސް، ސޮރި ފޯރ ދިސް” ޒައިދުގެ ވަހަކަތަކުން އަހަރެންވީ ހައިރާނެވެ، ބުނެވުނީ ހަމައެކަނި އެހުރިހަކަމެއްނޭެގެ ކަމަށް ހަދާ ސިއްރު ކޮށްދިނުމަށެވެ.އަހަރެންގެ ހައްގުގައި އެކަން ކޮށޮދިނުމަށް އަދޭސް ކުރެވުނެވެ. އެހެންެނޫނީ ވާނެގޮތް ޒައިދުއަށް ނޭގުނަސް އަހަންނަށް ވިސްނެ އެވެ. ޒައިދު އަހަރެންގެ އެދުމަށް އެއްބަސްވިއެވެ. އަދި އަހަރެންނާއި މީހަކަފެންެނަހިސާބުގައި ވާހަކަނުދެއްކުމަށް ވެސް ވައުދުކުރުވީމެވެ،. ޒައިދު ހިނިތުންވެލާފައި ސައިބޯން ހިގާށޭ ބުނުމުން އަހަރެން ގޮސް ސައިހަދަން ފެށީމެވެ، ސައިބޯ ން އިށީދެތިބިއިރު އަހަރެމެން ދެމެދުގަ ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އަހަރެން އިނީ ޒައިދު އިތުރު ސުވާލެއް ކޮށްފާނެތީ ހަދަނެގޮތްހުސްވެފައެވެ. “ވަރަށް ފޫހި ރަށެއްމީ ފްރެންޑެއްވެސް ނުލިބޭ، ތަނަކަށް ހިގާލަންދާވެސް ނޭގޭ، ހިތަށް އަރާ މާހީ އާއި އެކު ހިގާލަންދާން މޮޅުޕްލޭނެއް ހަދަންވީއޭ އޯކޭތަ މާހީއަށް” ޒައިދުބުނެލި ވާހަކައިން ވަގުތު އަހަރެން ނަށް ބޯހުރާލެވުނު ގޮތުން ޒައިދު ހީގަތެފަ އަދިވެސް މަންމަން ވެފަހޭ ބުނިއިރު އާސޯހުވެފަ އަހަރެންގެ ލޯ ބެލެމުންދިއައީ އެ ރީތި ފުރިހަމަ ހިނިތުންވުމަށެވެ. އަހަރެންވެސް ހިނިތުންވެލީމެވެ. ޒައިދު އަހަރެންގެ ކޮޑުގައި އަތްއަޅުވާލުމުން ސިހިގެންދިއައީ އެތޭރެން ފިހިފައި ހުރި ފާރުގަނޑަށް ވިތަދުނެވެ. ތޫލިހަޅޭކެއް ލެވުމައި އެކު ތެދުވެވުނީ ބެއިހްތިޔާރުގައެވެ. ހަމައެވަގުތު ގޭދޮރު ހުޅޫވާ އެތެރެއަށް ވަން މަންމަފެނި ޒައިދާއި ދިމައަށް ބަލަލެވުނު އިރު ދެމީހުންނަށް ތިބެވުނީ ޖެހެނުޖެހޭ ހިސާބުކައިރީގައެވެ، އަހަރެން ބިރުން އަވަހަށް އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ………..ނުނިމޭ

Share Article

Follow Me Written By

I-RaM

Level 110 Stories

nyyra.esfiya

Other Articles

Previous

އިންތިޒާރު 27

Next

ހިތަކުން ނުފިލާނެ 6

Next
May 7, 2015

ހިތަކުން ނުފިލާނެ 6

Previews
May 6, 2015

އިންތިޒާރު 27

31 Comments!

  1. flower says:
    May 7, 2015 at 3:47 pm

    maa kury dhw..thankolheh dhigu kohladh faanan tha…..story v reethi

  2. niyasa says:
    May 7, 2015 at 4:07 pm

    Varah kuru dho enkamu reethi

  3. sam says:
    May 7, 2015 at 4:08 pm

    Haadha kurey thankolheh dhigu koh genes dhybala

  4. barbe says:
    May 7, 2015 at 4:33 pm

    VVV Reethi anehbai avahah genesdhenchey…:)

  5. sam says:
    May 7, 2015 at 4:47 pm

    kurakas reethi

  6. fana says:
    May 7, 2015 at 5:03 pm

    V v nice mi story, v avahah dhn anna part up khdhehchey

  7. athoo says:
    May 7, 2015 at 6:24 pm

    Aww finally maahee n zaid met n first time maahee smiled dhw i love thx story. Vvvv nice

  8. nishy says:
    May 7, 2015 at 8:01 pm

    V reethI… ekam ma kureee

  9. liu says:
    May 7, 2015 at 8:38 pm

    vaahaka varah reethi… maahy ge aniyaathakah luyeh liben ulhey hen heevey

  10. pp says:
    May 7, 2015 at 8:53 pm

    Nice

  11. raash says:
    May 7, 2015 at 11:35 pm

    Nice, hope next part will be much bettr than this, n try to update dailyy, thix ix our hobby, i just love you.. n thnxxfor writing these nice stories..♡♡♡♡♡♡

  12. shaufa says:
    May 8, 2015 at 9:12 am

    Shau a vv rythi mi story.

  13. Ellie says:
    May 8, 2015 at 12:38 pm

    V reethi. Ekm thankolheh kuree. Plxx avahah nxt part up kohdheythi..

  14. yusko says:
    May 8, 2015 at 12:50 pm

    Nice keep it up

  15. chaaii says:
    May 8, 2015 at 2:28 pm

    v v reethii..keep it up…:)

  16. chaii says:
    May 8, 2015 at 2:30 pm

    v v reethi.. kyp it up… 🙂

  17. nathaa says:
    May 8, 2015 at 6:42 pm

    mi kihineh liyaa vaahakaeh…ehbai faharu aharen…anehbai faharu maahy kiyaigen….mi eeves meehun vaahaka liyaagoiytha

  18. aish says:
    May 8, 2015 at 6:43 pm

    Kn irakuntha up kuranyyy.. haadha laheyy up vaaleh

  19. seema says:
    May 8, 2015 at 9:23 pm

    Natha mi story feshigen kiyaaba, ahren laigen dho iny feshunysure . Vedhaneynu ethan kolhah konmehen egothah liyely kamah.its not big deal dho.mistakes ai nula kameh sucsess eh nuvAne dho.

  20. seema says:
    May 8, 2015 at 9:28 pm

    Story vvv nyc dear. All the best (Y).

  21. saby says:
    May 9, 2015 at 9:36 am

    v salhi story.. ekam feshunu iru aharen genes fahun maahy ah badhal vi thankolhu faahagavey.. btw v v reethi… keep it up

  22. shenaa says:
    May 9, 2015 at 2:53 pm

    mi story liyaa athoo?ehen vejjeyaa kyve mihaaru story nuliyany

  23. athoo says:
    May 9, 2015 at 9:26 pm

    Me mi story liyaa athoo eh nun. Maybe u got confuse. I m jus reader.. mi stroy liyanee athoo ehnuney. Den why u ask like tht?

  24. zaahiru says:
    May 10, 2015 at 2:54 pm

    come pple .. maahy liyefa othy mahy hey nethifa othyma tht tym ga kan hingi goh bunedheyn kama vaane .. ehn nuny mi vaahaka akun aharen vefa maahy ah badhal vefa oh kamaka nufenea .. any way love this story .. Keep it up ..

  25. aish says:
    May 10, 2015 at 5:06 pm

    Haadha laheyy up vaaleh, avas kohbbalaa, , keh madhu veyyyy

  26. shenaa says:
    May 10, 2015 at 5:34 pm

    I Just dont mean like tht Athoo . i know I-RaM is writing this story . aslu ma buny me story liyaa athoo hey? . undestood vejjetha . maybe u dont got confused cause i wrote MI instead of ME

  27. shenaa says:
    May 10, 2015 at 5:36 pm

    sorry. maybe u got confused igey ethaa innaany

  28. nihaa says:
    May 11, 2015 at 11:30 am

    Haadha kurey…any ways v nice…avahah aneh part kiyaalann beynunnvany…

  29. shammmm says:
    May 11, 2015 at 3:17 pm

    the best vvv salhivrvne e dhe myhun loabyge gothun gulhijjeyaaa…..

  30. I-RaM says:
    May 11, 2015 at 3:44 pm

    thikamaa miulheny shammm, 🙂 anyway thankyou all ..

  31. mahi says:
    May 27, 2015 at 8:27 pm

    ahannah haadha aniyaa eba libeyey mi story in …jst kidding
    anyway the story is awesone

Comments are closed.


All Right Reserved!