Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ސާޔާ (2 ވަނަ ބައި)

ކުޑާ Level 110 Stories
April 7, 2015 3 Mins Read
16 Comments

 

ތެޅިތެޅި އޮތް ހިތަކާއެކު އާތިކާގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ސާޔާ އެނދުމަތީގައި ނިދާލާފައި އޮތެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނީދެނެވެ. ކޮޓަރީގެ ދޮރު ލައްޕާލާފައި ނުކުތްތަނުން ޝިފާނާވެސް އަންނަތަން ފެނުނެވެ. ޝިފާނާގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ. އާތިކާ ސުވާލުކުރުމުން ކަމެއް ނުވެއޭ ކިޔާފައި މައުޟޫ ބަދަލުކޮށްލިއެވެ.

 

ޝިފާނާގެ މަންމަ މުހުސިނާ ނިޔާވީ ކުއްލިއަކަށެވެ. އޭނާއަށް އެވާ އުނދަގޫތަކުގެ އިތުރަށް އެހެން ބައްޔެއް ނުވެއެވެ. އެދަނޑިވަޅުގައި އެންމެ ބޮޑަށް ޝިފާނާއަށް އަޅައިލާ ހިތްވަރު ދިނީ އާތިކާއެވެ. ޝިފާނާ އާތިކާގެ ހެޔޮނަސޭހަތުން ވަރަށް އަވަހަށް ހަމައަކަށް އެޅުނެވެ.

 

އާތިކާ ވިހާ ދުވަސް ކައިރިވަރަކަށް ޝިފާނާއަށް ގޭތެރޭގައި ކުރަންޖެހޭ މަސައްކަތް ދެގުނަ ބުރަވިއެވެ. ޝިފާނާ ހުންނަނީ ފޫހިވެފައެވެ. ކުރާ މަސައްކަތެއްވެސް ކުރަނީ ނުކޮން ނުވެގެންނެވެ. ޝިފާނާ އޭނާގެ ނަސީބާމެދު އަބަދުވެސް ޝަކުވާ ކުރެއެވެ. ޝިފާނާ އަބަދުވެސް ބޭނުންވަނީ މުއްސަނދި ދިރިއުޅުމެކެވެ. ގޭތެރޭގައި ރާނީއަކަށްވެގެން އިންނަން އަބަދުވެސް ޝިފާނާ ބޭނުންވެއެވެ. ޝިފާނާގެ ހިތުގައި އާތިކާއާމެދު ނަފްރަތުގެ އޮއެވަރެއް ހިނގާލިއެވެ.

 

ސާޔާ ހަލަނި ކަމުން ސާޔާގެ ކަންތައް ކޮންދިނުން ޝިފާނާއަށް އޮންނަނީ ބޮޑުވެފައެވެ. ބައެއްފަހަރު ރުޅިއައިސްގެން ސާޔާއާއި ދިމާއަށް ބާރަށް އެއްޗެހި ބުނެއެވެ. އަތުގައި ބާރަށް ހިފާ ތަދުކޮށްލައެވެ. ޝިފާނާގެ އަމަލުތަކުން ކުޑަކުޑަ ސާޔާ ހުންނަނީ ބިރުންނެވެ. ޝިފާނާ ކަމެއް ކޮންފާނެތީ މަންމަ އާއި ބައްޕަ ކައިރީގައި އެވާހަކަ ބުނާކަން ނުކެރުނެވެ.

 

އާތިކާ ސިޓިންގ ރޫމްގައި ސާޔާ ގޮވައިގެންއިނީ ސާޔާ ވާހަކަ ކިޔާހިތުން އުޅޭތީއެވެ. އޭރު ޝިފާނާ އާތިކާއާއި އަސްލަމްގެ ކޮޓަރި ސާފުކުރަން އުޅެއެވެ. ޝިފާނާގެ ލޮލުގައި ސާޔާއާއިއެކު ދެމަފިރިން ނަގާފައި ހުރި ފޮޓޮއެއް އަޅައިގަތެވެ. މަޑުމަޑުން ފޮޓޯ ފްރޭމް ނަގާފައި އަސްލަމްގެ މޫނުގައި އޭނާގެ އަތް ޖައްސާލިއެވެ. އޭރު ޝިފާނާގެ މޫނަށް ހިނިތުންވުމެއް ވެރިވެފައި ހުއްޓެވެ. އަސްލަމްގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރި އާތިކާއާއި ދިމާއަށް ޝިފާނާ ބަލައިލީ ފޫހިގަޮތަކަށެވެ. މީހެއްގެ ފިޔަވަޅުގެ އަޑަށް ޝިފާނާ އަވަސްއަވަހަށް ފޮޓޯ ހުރިތަނުގައި ބަހައްޓާފައި ސާފުކުރަން އުޅެގަތެވެ.

 

ޝިފާނާ އަސްލަމް ގޭގައި އުޅޭ ވަގުތު ރީތިވެލައިގެން ހުންނަން ސަމާލުކަން ދޭންފެށިއެވެ. ޝިފާނާގެ ސިއްރު ނަޒަރު އަސްލަމްއަށް އަމާޒުވާން ފެށިއެވެ. އެކަމަކު އަސްލަމް އޭނައަށް ސަމާލުކަމެއް ނުދޭ ތާގައި އޭނައާދިމާއަށް ބަލައިވެސް ނުލައެވެ. ޝިފާނާ ހުންނަނީ މިކަމާ މުޅިން މާޔޫސްވެފައެވެ. އަސްލަމްގެ ހިތް އަތުލަން ޝިފާނާ ކޮންމެހެންވެސް ބޭނުމެވެ. އެހެންވެ ޝިފާނާ ސާޔާއަށް ވަރަށް ރަނގަޅަށް ކަންތައް ކޮންދޭން ފެށިއެވެ. ސާޔާއާއިގެން އުޅޭ ވަރުން ހީވަނީ ސާޔާއަކީ ޝިފާނާގެ އަމިއްލަ ދަރިއެއް ހެންނެވެ.

 

އާތިކާގެ ބަނޑަށް ނުވަމަސްވާން ކައިރިވި އިރުވެސް ޝިފާނާއަށް އަސްލަމްގެ ފަރާތުން އެއްވެސް ކަހަލަ ބަދަލެއް ނުފެނުނެވެ. އަސްލަމް ހޯދުމަށް އަޒުމް ކަނޑައަޅައިގެން ހުރި ޝިފާނާ އަދިވެސް ދެރަ ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ.

 

ޝިފާނާ ސާޔާ ގޮަވައިގެން ގޯތިތެރޭގައި ހުރި ފޭރުގަސް ކައިރީގައި އުޅުނެވެ. އަސްލަމްގެއަށް އައިސް ވަތް ތަނުން ސާޔާ ފެނިގެން އެދިމާއަށް ހިނގައިގަތެވެ. ޝިފާނާ އަސްލަމް ނުފެންނަ ކަމަށް ހަދާފައި ސާޔާއެކު ސަކަރާތްޖަހަން ފެށިއެވެ. އަސްލަމް އައިސް އަރާ ހަމަވުމާއެކު ފަޔަށް ގޮތެއް ހަދާލާފައި ގަސްތުގައި އެ ތަނަށް ވެއްޓިގަތެވެ. އަސްލަމްގޮސް ޝިފާނާއަށް ތެދުވަން އެހީތެރިވީ ޝިފާނާ އަމިއްލައަށް ނުތެދުވިގެން އުޅޭތަން ފެނުނީމައެވެ. އަސްލަމްގޮސް ޝިފާނާ އަތުގައި ހިފާފައި ނެގިއެވެ. ޝިފާނާ އަތުލަފި ކޮންގެން ގެއަށް ވަތްއިރު ބޭރަން ނުކުންނަންއައި އާތިކާއަށް އެމަންޒަރު ފެނުނެވެ. އާތިކާގެ ހިިތުގައި އެއްވެސް ސުވާލެއް ނުއުފެދެއެވެ. އަސްލަމްއާއި ދޭތެރޭ ސުވާލެއް އުފެދޭ ވަރަށްވުރެ އާތިކާ އަސްލަމްއަށް ކުރާ އިތުބާރު ބޮޑެވެ. އަސްލަމް ޝިފާނާ އޭނާގެ ކޮޓަރިއަށް ލާފައި ނުކުތީ ބޭސް ހިފައިގެން އަންނާނަމޭ ކިޔައިފައެވެ. އަސްލަމްގެ އިންތިޒާރުގައި އިން ޝިފާނާ އަނދައިގަތީ ބޭސްފުޅި ހިފައިގެން އައިސް ކޮޓަރިއަށް ވަތް އާތިކާ ފެނިފައެވެ.

 

ހެނދުުނު ސައިހަދާ ނިންމާފައި ޝިފާނާގޮސް ކޮތަރިއަށްވަނީ ޖައްސާލާށެވެ. އެނދުގައި އޮށޯވވެލިތަނާ ކޮޓަރީގެ ދޮރުގައި މީހަކ ތަޅަން ފެށިއެވެ. ކުދިކިޔަމުން ޝިފާނާގޮސް ދޮރުހުޅުވާލއިރު ކުރިމަތީގައި ހުރި އަސްލަމް ފެނިފައި ޝިފާނާ ހުރީ އަނގަ ހުޅުވިފައެވެ. އެހުރި ގޮތަށް ހުއްޓާ އަސްލމް ވާހަކަ ދެއްކުމުން ޝިފާނާ ދިޔަޢި ފާޑަކަސް ސިއްސައިގެންނެވެ. އަވސް އަވަހަސް ހަމޖެހިލުމަށްފަހު ޝިފާނާ ކޮޓަރިން ނުކުތެވެ. ސާޔާ ގޮވައިގެން އައިސްކަރީމް ގަންނަންދާން ޝިފާނާ ނުކުތީ ކޮންމެހެން ބޭނުން ވެގެންނެއް ނޫނެވެ. އަސްލަމް ބުނީމައެވެ.

 

ގެއާއި ތަންކޮޅެއްދުރުގައި ހުރި ފިހާރައަކަށް ޝިފާނާގޮސް ވަނެވެ. ފިހާރަ ތެރެއަށް ވަންނަން ދޮރުހުޅުވާލިއިރަށް ފިހާރައިން ބޭރަށް ނުކުންނަންއައި ފިރިހެނަކާ ޝިފާނާ މުޑިއެރިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއިރަށް ކުރިމަތީގައި ހުރި ހަމީދު ފެނިފައި ޝިފާނާ ހިނިތުންވެލިއެވެ. ފިހާރަތެރެއަށް ވަދެފައި ސާޔާ ބަހައްޓާފައި ހަމީދު ގޮވައިގެން ޝިފާނާ އެއްކައިރިއަށް ޖެހިލިއެވެ. ހަމީދުއަކީ އެއްއިރެއްގައި ޝިފާނާމެން ރަށަށް ގޮސް އުޅުނުއިރު ޝިފާނާ ރައްޓެހިވެގެން އުޅުނު މީހެކެވެ. އެދެމީހުން ރުޅިވީ ހަމީދުގެ އަންހެނުންނަން އެކަންތައްގަނޑު ފަޅާއެރުމުންނެވެ.

 

ޝިފާނާ ހަމީދު ކައިރީގައި އަސްލަމްގެ ވާހަަކަ ކިޔައިދިނެވެ. ހަމީދު ބުނި އެއްޗަކަށް ޝިފާނާއަށް ވިސްނާލަން ހުރެވުނީ ކުޑަކޮން ހާސްވެފައެވެ. ފަހުން އެކަމާ ވާހަކަ ދައްކާލަން ބައްދަލުވެލަންވާނެއޭ ކިޔާފައި ޝިފާނާ ދިޔައީ ހަމީދުގެ ފޯނު ނަމްބަރު ހިފައިގެންނެވެ. ޝިފާނާ ސާޔާ ކައިރިއަށް އައިއިރު ސާޔާ ހުރީ އެތާ އެކަނި ހުންނަން ޖެހުމުން ބިރުންނެވެ. ޝިފާނާ އެއްޗެކޭ ކިޔާފައި ސާޔާ ހަމައަކަށް އަޅުވާލިއެވެ.

 

ގޭތެރޭގެ ކަންތައް ނިންމާލުމަށްފަހު ޝިފާނާ ހަމީދުއަށް ގުޅިއެވެ. “ހަލޯ ހަމީދު މީއަހަންނޭ ޝިފާނާ، މިހާރު ދިމާވާންވީނު” ހަމީދު ބައްދަލުވާން އެއްބަސްވުމުން ޝިފާނާ ފޯނު ބާއްވާފައި އަވަސްވެގަތީ ހަމީދުއާ ބައްދަލުކުރަންދާށެވެ.

 

ޝިފާނާއާއި ހަމީދު ބައްދަލުކުރީ ކެފޭއަކުންނެވެ. އެކަހެރި މޭޒެއްގެ ދަށުގައި ދެމީހުންތިބީ އެހެންމީހުންގެ ލޮލުގައި އަޅައިގަނެދާނެތީއެވެ. ހަމީދު ކައިރީގައި އޭރު ދެއްކި ވާހަކައާއި ބެހޭގޮތުން ޝިފާނާ ސުވާލުކުރިއެވެ. “އަހަރެން ބުނީ ފަންޑިތަ ހަދައިގެން ދެމީހުން ދުރުކޮށްފަ އަސްލަމްގެ ހިތް ޝިފާނާއަށް ޖައްސަންވީނުންހޭ” ހަމީދުގެ ވާހަކައަށް ޝިފާނާ ޖަވާބުދިނީ ވަރަށް ވިސްނާފައެވެ. ފަންޑިތަ ހަދައިގެންވިޔަސް ޝިފާނާ ބޭނުންވަނީ އަސްލަމް ހާސިލް ކުރާށެވެ. “އެކަމަކު އަހަރެން މީހަކު ހޯދާނީ ކޮންތާކުން މިޒަމާނުގައި އެކަހަލަ ކަމެއް ކޮންދޭނެ މީހަކު ވާނެތަ؟” ޝިފާނާ ހަމީދު ކައިރީ އެހެން އަހާލީ އުންމީދު ނެތް ފަދަ ގޮތަކަށެވެ.”ޝިފާނާ އެކަމާ ހާސް ނުވޭ ހުންނާނެ އަހަރެން ދަންނަ ބެއްޔާއެއް އޭނައަކީ އެކަހަލަ ކަންތަކަށް އަރާ ހުރި މީހެއް އަހަރެން އެކަންތައް ކޮންދޭނީ ޝިފާނާ އަހަންނަންވެސް އެކަމުގެ ބަދަލުދެންޏާ” ހަމީދުގެ ވާހަކަ އިވިފައި ޝިފާނާ ހިނިގަނޑެއް ޖަހާލީ ހަމީދު ބުނި އެއްޗެއް ވިސްނިގެންނެވެ. ” ހޫން ހަމީދު ބޭނުން ކަންތައްވެސް ކޮންދޭނަމޭ ކުރީއޮތް ގުޅުން ހަމީދުއާ އަހަރެން ބާއްވާނަން” ޝިފާނާގެ އެހެން ބުނެފައި ހަމީދުއާ ދިމާއަށް ބަލައިލުމުން ހަމީދުވެސް ހިނިގަނޑެއް ޖަހާލިއެވެ.

 

ޝިފާނާ ގެއަށް ދިޔައީ ހިތްހަމަޖެހިފައި ހުރެގެންނެވެ. އަސްލަމްއާ އިނުމަކީ މިހާރު ޝިފާނާ އެންމެ ބޭނުންވާ ކަންތަކެވެ. ހަމީދު ބޭނުންވާ ކަންތައް ކޮށްދީގެންވެސް ހަމީދު އޭނާއަށް އެކަން ކޮންދޭން ޝިފާނާ ބޭނުންވެއެވެ. އެވަރުގެ ކަމެއްކުރާއިރު އަތުން ހިނގާ ހަރަދުވެސް ބޮޑުވާނެއެވެ. އެކަހަަލަ ކަމަކަށް ހޭދަކުރާނެ ފައިސާއެއް ޝިފާނާ އަތަކުނެތެވެ. އެހާބޮޑު ފާފައަކަށް އަރައިގަންނަށް އުޅޭއިރު ޝިފާނާ ހެއްދެވި ފަރާތް މަތިން ކުޑަކޮންވެސް ހަނދާންނުވާ ކަހަލައެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

އިންތިޒާރު 20

Next

ލޯޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި…. (9 ވަނަ ބައި)

Next
April 11, 2015

ލޯޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި…. (9 ވަނަ ބައި)

Previews
April 6, 2015

އިންތިޒާރު 20

16 Comments!

  1. naanyyy says:
    April 8, 2015 at 6:04 am

    Goooooooood!!!!!!!!!!!!!!!!!!!

  2. lym says:
    April 8, 2015 at 8:21 am

    Heevany v reethi vaanehen…avaha up kurahchey.nice….

  3. rish says:
    April 8, 2015 at 9:03 am

    waiting for the next part !!!

  4. faai says:
    April 8, 2015 at 11:01 am

    kudaa thankolheh hamajehilaigen story kuriyah gendheba…. hywany v awahah ninmaalan ulheyhen,, ehenwe interest gehlen ulheny…. 🙁

  5. Shiu says:
    April 8, 2015 at 7:08 pm

    Not bad

  6. mimmi says:
    April 8, 2015 at 9:05 pm

    Waiting for the next part..nyc:-)

  7. hush says:
    April 8, 2015 at 9:51 pm

    Nice..

  8. hush says:
    April 8, 2015 at 9:53 pm

    Nice

  9. rYnA says:
    April 9, 2015 at 12:50 pm

    Varah nice ingey…koba kon irakun tha next part up vany

  10. ihu says:
    April 9, 2015 at 6:11 pm

    Nice

  11. rYnA says:
    April 10, 2015 at 6:02 pm

    Next part upvany konirakuntha ….. … .kuda waiting for next part….. :()

  12. faathun says:
    April 10, 2015 at 7:45 pm

    Reethi

  13. poppo says:
    April 11, 2015 at 1:42 pm

    Eyy thy thi fahkaa ingey….. kobaba konirakun baa next part???.??..?

  14. jean says:
    May 11, 2015 at 1:11 am

    vara kada hyvany screeplay e hn mnxaruth haada kurey dn dw…ginae beykaaru vaagaka

  15. Saa Yer says:
    May 25, 2015 at 11:14 am

    My name is saya too nice lets see what hapeens next

  16. Kalhu handi says:
    December 10, 2016 at 6:42 pm

    Hyvany lainuganegen ulhey henn.

Comments are closed.


All Right Reserved!