Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ސާޔާ (4 ވަނަ ބައި)

ކުޑާ Level 110 Stories
April 14, 2015 4 Mins Read
8 Comments

އަސްލަމް ހީކުރިވަރަށްވުރެ އަވަހަށް އޭނާއަށް އާތިކާއާއި ނުލާ އުޅެން އާދަވިއެވެ. އަސްލަމް ހުރީ މިކަމާ ވަރަށް ހައިރާންވެފައެވެ. އާތިކާދެކެ އެހާ ލޯބިވާއިރުވެސް އާތިކާ ނެތިގެން މާބޮޑަކަށް ދެރައެއް ނުވެއެވެ. އަސްލަމްއަށް ޝިފާނާ ކަމުދާންފެށީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ. ޝިފާނާއަށް އަސްލަމްގެ ނަޒަރު އޭނާއަށް އަމާޒުވާތަންފެނި ހުންނަނީ އުފަލުންނެވެ.

ޝިފާނާއަށް އެނާގެ ރޭވުން ކާމިޔާބުވިކަން އެނގުނީ އަސްލަމް އޭނާގެ މަންމައާ ދެއްކި ވާހަކަ އަޑުއިވުމުންނެވެ. އަސްލަމް ޝިފާނާއާއި ކައިވެނިކުރަން ބޭނުންވާކަމަށް ބުނެފައި އޭނާ އެކައިވެނި ކުރަނީ ސާޔާއަށްޓަކައިކަމުގައި ބުންޏެވެ. އެހާ ކުޑަކުއްޖަކަށް މަންމައެއްގެ ލޯބި ބޭނުންވާނެތީއެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. ހަގީގަތުގައި އެއީ އަސްލަމްއަށް ޝިފާނާ ކަމުުގޮސްގެން ކުރާ ކައިވެންޏެކެވެ. ޝިފާނާގެ ކައިވެންޏަށް އަސްލަމް އެހުމުން ޝިފާނާ ހައިރާންވެފައި އެކްޓުކުރި ގޮތުން ހީވީ އެއީ އޭނާ ހިތަށްވެސް ނާރާ ކަމެއް ހެންނެވެ. މޫނުމަތިން އެހެން ކުލަވަރެއް ދައްކައިގެން ހުއްޓަސް ހިތް އުފަލުން ނަށަނީއެވެ.

އާތިކާ ނިޔާވިފަހުން ތިންމަސްވެސް ނުވަނީސް އަސްލަމް ޝިފާނާއާއި ކައިވެނި ކުރިއެވެ. އެންމެފަހުން ޝިފާނާއަށް އޭނާ ބޭނުންވި ކަންތައްވީއެވެ. އެކަން އެގޮތަށް އޮތަސް ޝިފާނާއާއި ހަމީދުގެ ސިއްރު ގުޅުން ދިޔައީ ކުރިއަށެވެ.

ހެނދުނު ހެނދުނާ ސާޔާ ނިދާ ހޭލައިގެން އޮތީ ބައްޕަގެ އިންތިޒާރުގައެވެ. ސާޔާގެ ކޮންމެ އުފަންދުވަހަކުވެސް ސާޔާއަށް ހޭލެވޭނީ ބައްޕަ އާއި މަންމަ އޭނާގެ ކައިރީގައި ބޮޑު ޕާރުސަލެއް ހިފައިގެން ތިއްބައެވެ. ނަމަވެސް މިއަދު ކަންތައްވީ އެހެންނެއް ނޫނެވެ. މަންމައަށް ނާދެވުނަސް ބައްޕަ އޭނާއަށް ޕާރުސަލް ދޭނެކަމަށް ނިންމާފައި ސާޔާ ނުކުތީ ބައްޕަ ސިޓިންރޫމްގައި ހުރެދާނެތީއެވެ. ބައްޕަގެ ފަރާތުން ހަދިޔާއަކަށް އުންމީދުކޮންގެން އައި ސާޔާގެ އުފާވެރި މޫނު އޮއްސުނީ ބައްޕަ ސިޓިންގ ރޫމްގައިވެސް ނެތީމައެވެ. ސާޔާ ގޮސް އަސްލަމްމެން ކޮޓަރީގެ ދޮރުގައި ޖަހާލިއެވެ. ދެބުމަ ގޮށްޖަހާލައިގެންހުރެ ދޮރު ހުޅުވާލި ޝިފާާނާގެ މޫނުމަތީގައި ނިދީގެ އަސަރު ހުއްޓެވެ. ޝިފާނާ ބާރަކަށް ސާޔާގެ އަތުގައި ހިފައިގެންގެންގޮސް ވެއްދީ ސާޔާގެ ކޮޓަރިއަށެވެ. ޒީލަ ގަދަ އަޑަކުން ކޮޓަރިން ނިކުމެގެން ނުވާނޭ ކިޔާފައި ޝިފާނާ ދިޔައީ އެ މައުސޫމް ކުއްޖާގެ ހިތަށް އަރާނެ އެއްޗަކާމެދު ވިސްނާނުލައެވެ. ބޭނުން ފުދުމުން ޝިފާނާ އަނެއްކާވެސް އޭނާގެ އަސްލު ކުލަވަރު ދައްކާލީއެވެ.

ކޮޓަރިން ނުކުންނަން ނުކެރިފައި ސާޔާ އިނީ ބައްޕަގެ އިންތިޒާރުގައެވެ. ނަމަވެސް އެތައް އިރެއްވީއިރުވެސް ބައްޕައެއް ނައެވެ. ބަނޑުހައިވެފަ ހުރިލެއް ބޮޑުކަމުން ސާޔާއަށް ރޮވެން ފެށުނެވެ. މަންމަ މަތިން ހަނދާންވެފައި ގިސްލަ ގިސްލާފައި ސާޔާ ރޯންފެށިއެވެ. މަންމަ ހުރިނަމަ ސާޔާ ބަނޑުހައިވިޔަކަ ނުދޭނެއެވެ.

ޝިފާނާ ސާޔާއަށް ކާއެއްޗެއްދޭން ހިތަށްއެރީ މެންދުރުވީފަހުންނެވެ. ޝިފާނާ އައިސް ކޮޓަރިއަށް ވަތްއިރު ސާޔާ ނިދިފައި އޮތެވެ. މޫނުމަތިން ވަރަށް ރޮއިފައި ހުރިކަން އެނގެއެވެ. ޝިފާނާ އައިސް ސާޔާ ކޮޅަށް ނެގިއެވެ. ސިހިފައި ޝިފާނާއާއި ދިމާއަށް ސާޔާ ބަލައިލީ ބިރުގަނެފައެވެ. ޝިފާނާ ވާހަކަދެއްކި ގޮތުން އެކުޑަ ހިތަށް ވަރަށް އަސަރު ކުރިއެވެ. ޝިފާނާ ތައްޓަކަށް ރޮއްޓާއި ގަރުދިޔަ އަޅާފައި ސާޔާ ކައިރީގައި ބެހެއްޓިއެވެ. ސާޔާ ނުކައި އިންނަން ފެށުމުން ޝިފާނާގެ ރުޅި ހަންތަހާ ދިޔައީ ގަދަވަމުންނެވެ. “ސާޔާ ނުކައި ތި އިންނަނީ މަންމަ އަންނާނެ ކަމައްތަ.. މިހާރު ތިހިރީ ބޮޑުވެފަ އަމިއްލައަށް ކާން ދަސްކުރޭ” ޝިފާނާ އެތަނުން ދިޔުމުން ސާޔާ ކާންފެށިއެވެ. ދުވަހަކުވެސް އެކަނި ނުކާތީ ކައިނިމުނު އިރު ލައިގެން އިން ހެދުމާއި މޭޒުމަތިވެސް ހުރީ ހަޑިވެފައެވެ.ރޮއްޓާއި ގަރުދިޔަ މީރު ނުވިޔަސް ސާޔާ ކެއީ ބަނޑުހައިވެފައި ހުރުމުންނެވެ. ޝިފާނާއަށްމޭޒުމަތި ހަޑިވެފައި ހުރި ތަން ފެނުމުން ރުޅިގަދަވެގެން ހަޅޭއްލެވިއިރު ސާޔާއަކީ ކުޑަކުއްޖެއްކަންވެސް އޭނާއަށް ނޭނގޭފަދައެވެ.

 

                       ********

ދުވަސްތައް މާޒީވަމުން ދިޔައީ ސާޔާގެ ހަޔާތަށް އެތައް އިމްތިހާންތަކެއް ކުރިމަތި ކުރުވަމުންނެވެ. އުމުރުން ފަނަރަ އަހަރުވީއިރު ފާއިތުވާ ކޮންމެ ދުވަހަކީ ވޭނާ ހިތްދަތި ކަމުން ފުރިގެންވީ ދުވަހެކެވެ. ދޮންމަންމަގެ ނަފްރަތުގެ ސަބަބުން ޖިސްމާނީ އަނިޔާތަކެއް ނުލިބުނަސް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއްލިބުނެވެ. މަންމަ އޭނާ އެކަނި ކޮށްލާފައި ވަކިވެގެން ދިޔައިރު ބައްޕައަކީ ދުނިޔޭގައި ނެތް މީހެއްފަދައެވެ. ޝިފާނާއަށް ކުއްޖަކު ލިބުނީ ސާޔާއަށް ދިހަ އަހަރުގައެވެ. އޭގެ ފަހުން ބައްޕަ އޭނާއަށް ބަލައިވެސް ނުލައެވެ. ބައްޕައަށް މުހިންމީ ދޮންމަންމަ އާއި އެމީހުންގެ ދަރިފުޅު ކައިސާއެވެ. ކިތައްމެ ހިތްދަތިވީ ނަމަވެސް ކެތްކުރުން ނޫންގޮތެއް ނެތެވެ.

ގޭތެރޭގައި އޭނާ އުޅެނީ ނޯކަރެއް ފަދައިންނެވެ. ކުޑަކުޑައިރުންފެށިގެން ގޭގެ ހުރިހާ މަސައްކަތެއް ކުރާއިރުވެސް ދޮންމަންމައަށް އޭނާކުރާ ކަމެއް ނުފެނެއެވެ. ބައެއް ދުވަސްދުވަހު ކާއެއްޗެއް ނުލިބިފައި އެތައްއިރަކު ހުންނަން ޖެހެއެވެ. ނަމަވެސް ބަނޑުހައި ހޫނުކަމާއެކުވެސް ކުރަންޖެހޭ ހުރިހާކަމެއް ކުރަނީ އެނޫން ގޮތެއް ނެތިގެންނެވެ. ސާޔާ އަބަދުވެސް ހުންނަނީ ސިހިސިހިއެވެ. ކިރިޔާ އަޑެއް އިވިލިޔަސް ހިތްބާރުބާރަށް ތެޅިގަނެއެވެ. ރޭގަނޑު ނިދަން އުޅުނަސް ލޯ މެރިލާއިރަށް ސިހިފައި ހޭލެވެއެވެ. އެހުރިހާ ކަމަކާއެކުވެސް ސާޔާ އަޅުކަންތައް ބަރާބަރަށް ކުރެއެވެ. އެއީ އޭނާއަށް މަންމަގެ ފަރާތުން ދަސްވެފައިވާ ރީތި އާދައެކެވެ. އެއާއެކު ސާޔާ ކިޔަވަމުންދިޔައީ ހިތްވަރާއެކުގައެވެ. އެތައްކަމެއް ތަހައްމަލުކުރަމުންވެސް ހިތްވަރު ލިބެނީ ނަމާދުކޮން ގުރުއާން ކިޔެވުމުންނެވެ.

 އޯލެވެލްހަދާ އަހަރު ކަމަށްވުމާއެކު ސާޔާ އިތުރު ހިތްވަރަކާއެކު މަސައްކަތް ކުރަމުންދިޔައީ ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދުގައެވެ. ފޮތުގެ ތެރެއަށް ގެއްލިފައި އިންދާ ޝިފާނާގެ ބާރު އަޑު އިވިފައި ސިއްސައިގެންގޮސް ފޮތް ލައްޕާލާފައި ސާޔާ ތެދުވިއެވެ. ބޭރަށް ނުކުތް އިރު ޝިފާނާ ރުޅިއައިސް ރަތްވެފައި ހުއްޓެވެ. “މިއަދު ކައްކަންވެސް ނުޖެހެނީތަ.. ކުޑަ ކުއްޖެއް ގޮވައިގެން އުޅެމުންވެސް މަވީ ގޭގެ ހުރިހާ ކަމެއްވެސް ކުރަން” އަޑަށް ބާރު ލައިފައި ޝިފާނާ ވާހަކަ ދެއްކިއެވެ. ސާޔާ އިސްޖަހާލައިގެންހުރެ ދިޔައީ ބަދިގެއަށެވެ. އޭނާ ބެލީ ކައްކާފައި އަވަހަށްގޮސް ފިލާވަޅު ކިޔޭތޯއެވެ. މިހާރުވެސް ކިޔެވުމަށް ބޭނުންވާވަރާ ގާތަށްވެސް ވަގުތެއް ނުލިބެއެވެ.

މޭޒުމަތީގައި ތަށިތައް އަތުރާލާފައި ސާޔާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ހެނދުނުވެސް ސައިނުބޮއެ ހުރުމުން ބަނޑުހައިވެފައި ހުއްޓަސް އޭނާ ބޭނުންވީ އެކުޑަ ވަގުތުކޮޅުގައިވެސް ކިޔަވާލާށެވެ. އިރުކޮޅެއް ކޮށްލާފައި ނުކުތްއިރު ޝިފާނާމެން ކައިފައި ހުރި ތަށިތައް ހުރިގޮތަށް މޭޒުމަތީގައި ހުއްޓެވެ. ތަށިތައް ނަގާފައި ކާން އިށީދެފައިވެސް ސާޔާއަށް ކެވުނީ ވަރަށް ކުޑަކޮށެވެ.

ޓެސްޓު ދުވަސްވަރަށް ވިޔަސް ގޭތެރޭގައި ކުރަންޖެހޭ މަސައްކަތަކަށް ލުޔެއް ނުލިބެއެވެ. ކިތައްމެ ފަހަރަކު އެގޭން ނުކުމެގެން ދާންވެސް ހިތަށްއަރައެވެ. ނަމަވެސް ދާނެ ވަކިތަނެއްވެސް ނެތެވެ. ޝިފާނާގެ އަވައިގައިޖެހި އަސްލަމް އޭނާގެ މަންމަމެންނާ ގުޅުން ކަނޑާލީ ޝިފާނާއާ ދެކޮޅަށް މަންމަމެން ވާހަކަ ދައްކާތީއެވެ. ދެންހުރީ މަންމަ ފަރާތު މާމަ އާއި ކާފައެވެ. އެދެމީހުން މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު އެހީއެއް ނުވެވުނު ތާގައި އިރު ތަކުލީފެއް ޖައްސާކަން ސާޔާ ބޭނުމެއް ނޫނެވެ.

ޝިފާނާ އިސްތިރިކުރަންދީފައިހުރި ހެދުންތައް އިސްތިރިކޮން ނުނިމިގެން ސާޔާ ހުރީ ކަންތައް ބޮޑުވެފައެވެ. ޓެސްޓަށްދާގަޑި ޖެހެން ކައިރިވީ ވަރަކަށް ހާސްވެފައި ފާރުގައި ހުރި ގަޑިއާ ދިމާއަށް ބަލައިލެވެއެވެ. ގަޑިޖެހުނަސް އެމަސައްކަތް ނުނިންމާ ނުދެވޭނެކަން ސާޔާއަށް އެނގެއެވެ. ސާޔާ  އަވަސް އަވަސް ކޮންގެން ނުކުތްއިރު ހުތީ ވަރުބަލިވެފައެވެ. ކޮންމެ މަހަކު އަސްލަމް ދޭ ފައްސަތޭކަ ރުފިޔާގެ އިތުރަށް އެންމެ ލާރިއެއްވެސް ނުދޭތީ ސާޔާ ޖެހެނީ އެއިން ހަމަޖައްސާށެވެ. ކޮންމެ ދުވަހަކު ހިގާފައި ދިޔަޔަސް މިއަދަކު މާލަސްވެފައި ހުރުމުން ހިނގާފައެއް ނުދެވޭނެއެވެ. ކިތައްމެ ބޭނުން ނުވިޔަސް ޓެކްސީއަށްދޭން ރުފިޔާ ހިފައިގެން ނުކުމެފައި ޓެކްސީއެއް ހޯދުންވެސްވީ އުނދަގޫ ކަމަކަށެވެ. އެންމެ ފަހުން ޓެކްސީއެއް ލިބުމުން ސްކޫލާ ހިސާބަށް ދެވުނުއިރު ކުދިންތައް އެތެރެއަށްވަދެ ނިމެނީއެވެ. އަވަސް އަވަހަށް ޑްރައިވަރަށް ރުފިޔާދޭން އުޅުމުން އޭނާ އޭގައި ނުހިފުމުން ހައިރާންވެފައި ސާޔާ ބަލައިލީ ކީއްވެހޭ ބުނާ އުސޫލުންނެވެ. ކާރު ދުއްވަން އިން މީހާ އެއްޗެކޭ ބުނުމުން ފައިބައިފައި ބަލައިލިއިރު އެއީ ޕްރައިވެޓް ކާރެއްކަން އަދިކިިރިޔާ އެނގުނީއެވެ.

ޓެސްޓު ނިންމާލަފައި ގެއަށްއައިއިރު ސާޔާހުރީ ހިތްހަމަޖެހިފައެވެ. މިއަދު ކުރެވުނު ކަންތައް ހިތަށް އަރާފައި ސާޔާ ލަދުވެސްގަތެވެ. އެކާރުގައި އިން މީހާ ހީކުރާނެ އެއްޗެއްވެސް ނޭނގެއެވެ. ސާޔާއަށް އެމީހާއާމެދު ވިސްނާލެވުނީ އަދި ކިރިޔާއެވެ. މޫނުމަތިން ސާދާ ގޮތެއް ފެންނަންހުރި އިރު އުމުރުން ވާނީ ވިއްސަކަށް އަހަރެވެ. ވާހަކަ ދެއްކިއިރު ހިނިތުންވެލީވެސް ފިރިހެން ވަންތަ ގޮތަކަށެވެ. ސާޔާ މަޑުމަޑުން ބޮލުގައި ޖަހާލީ ކުރެވުނު މޮޔަ ހިޔާލުންނެވެ.

ޝިފާނާމެން ލަހުންކޭމައި ތަށިތައް ނަގާ ހަދާފައި ގޮސް އޮށޯވެލެވުނުއިރު ހުރީ އެގާރަޖަހަން ކައިރިވެފައެވެ. އެހެންވެ އަވަސް ކޮށްލައިގެން ނިދަން އޮށޯވެފައި ސާޔާ ދެލޯމަރާލީ ނިދޭތޯއެވެ. ކުއްލިއަކަށް ނިދެމުންގޮސް ފުންމައިގެން ތެދުވެވުނީ ކަރަންޓު ކަނޑައިގެން ދިޔުމުންނެވެ. ސާޔާ ދެލޯ ބޮޑުކޮށްލައިގެން އަނދިރި ގަނޑު ތެރޭގައި އިނީ ފަރާތަކަށް ގުޑިލަންވެސް ނުކެރިފައެވެ. ޝިފާނާ އެއްދުވަހަކު ކަންތައް ކުރިގޮތުން އަނދިރިދެކެ ސާޔާ ވަރަށް ބިރުގަނެއެވެ.

އެދުވަސް ސާޔާގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ކަމެއް ނޭނގެއެވެ. އޭރު ކައިސާއަށް ކިރިޔާ ދެއަހަރުވީއެވެ. ސާޔާ އަތުން ކައިސާގެ ހެދުމަށް ޝިފާނާއަށް ގެނައި ފެންތަށި އެޅުނީ ހަގީގަތުގައި ޝިފާނާ އޭނާގެ ގައިގައި ޖެހުމުންނެވެ. އެރޭ ރުޅި އައިސްގެން ޝިފާނާ ސާޔާ ގެއިން ބޭރަށް ލާފައި ބާލިދީއަކު ފުރާފެން ގެނެސް އޭނާގެ ބޮލަން އަޅާލާފައި މުޅިރޭ ބެހެއްޓީ ބޭރު އަނދިރި ގަނޑުގައެވެ. އަސްލަމް ނެތުމުން ޝިފާނާއަށް އޮތީ މިނިވަންކަން ލިބިފައެވެ. ސާޔާ ޝިފާނާ ގެއަށް ވަނުމުން ދޮރުހުޅުވާށޭ ކިޔާފައި އާދޭސްކުރިއެވެ. ގެންފައި ހުރި ބިރާއިއެކު ހީކަރު ވާވަރުން މުޅި ކުއްޖާ އެއްކޮން ތުރުތުރު އަޅަމުން ދިަޔެވެ.

އެގޮތުގައި ސާޔާ އިންނަތާ ދިހަވަރަކަށް މިނިޓްވީއިރު ކަރަންޓު އަތުވެއްޖެއެވެ. އޭރު ބިރުންގޮސް ދާހިއްލާލައިފިއެވެ. އެރޭ ކިތައްމެ ބޭނުންވިޔަސް ސާޔާއަކަށް ދެން ނުނިދުނެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ސާޔާ (3 ވަނަ ބައި)

Next

ހިތަކުން ހަމަނުފިލާނޭ… (03ވަނަ ބައި)

Next
April 14, 2015

ހިތަކުން ހަމަނުފިލާނޭ… (03ވަނަ ބައި)

Previews
April 13, 2015

ސާޔާ (3 ވަނަ ބައި)

8 Comments!

  1. mufff says:
    April 14, 2015 at 10:52 am

    Vahaka vrh reethi…next part thankolheh dhigukoh liyefa avaha upload kurachey

  2. Shai says:
    April 14, 2015 at 1:54 pm

    Kuda avahah next prt up koh dheeba!!!! Very nice….

  3. ކުޑާ says:
    April 14, 2015 at 5:05 pm

    thnk u mufff and shai next paatvx avahah upkureveytho balaanan

  4. manje says:
    April 15, 2015 at 3:39 pm

    Vaahaka v reethi Next part thankolheh avahah up kohdhehchey plx

  5. Nash says:
    April 15, 2015 at 4:53 pm

    vrh reethi…waiting for the next part 🙂

  6. ކުޑާ says:
    April 15, 2015 at 5:45 pm

    thnk u manje & nash

  7. naanyyy says:
    April 15, 2015 at 6:59 pm

    Nice

  8. ifnaj says:
    April 26, 2015 at 4:46 pm

    Vara nice vaahaka eh

Comments are closed.


All Right Reserved!