އިމްތިޙާނު
“ދެން ކިހާ ދެރަ ކަމެއް؟ ހަމަ ގައިގަ ނުޖެހި ދާން އުނދަގޫވާނެ.!” އިވުނު ލުއި ލުއި މިޔުޒިކެއް ކަހަލަ އަޑުން އަހަރެންގެ ހިތަށް ފިނިވެގެންދިޔައިރު، ލާނެތް ގޮތަކަށް ހިނިތުންވެލީމެވެ. ހުދު ޔުނީފޯމުގައި ހުރި އެ އަންހެންކުއްޖާގެ ގައިގައި އަހަރެން ޖެހިގަތީ ހަމަ ގަސްތުގައެވެ. ފަހަތުން ގޮސް އެކުއްޖާގެ ކުރިއަށް އަރައި އަހަރެން އެނބުރި ބަލައިލީ އެއީ ކޮން ކުއްޖެއްކަންވެސް ނޭނގޭތީއެވެ. ހަމަ އެ ހިނިތުންވުންމަތީގައި ހުރެ، އަހަރެން އެކުއްޖާގެ މޫނަށް ބަލާލަމުން އެއްލޯ މަރާލިއިރު އެއަންހެންކުއްޖާގެ ނުރުހިފައިވާ މޫނާއި ގޮށްޖެހިފައިވާ ދެލޯ އަހަރެންނާއި އަމާޒުވިއެވެ. އެހެނަސް އަހަރެން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ، ދިޔަ ގޮތަށް ގޮސް އިސްކޫލުގެ ބޮޑު ދޮރާށިން އެތެރެއަށް ދެމިގަތްއިރު، ކައިރީގައި ތިބި އެއަންހެންކުއްޖާގެ އެކުވެރިންވެސް އަހަރެންނަށް ކުދި ކިޔަމުންދިޔައެވެ. މިއީ އަހަރެން އަލަށް ކުރާ ކަމެއްނޫނެވެ. އާއްމުކޮށް ކޮންމެ ދުވަހަކުހެން ކުރާ ކަމެކެވެ. މުޅި އިސްކޫލުގައިވެސް އަހަރެންގެ އުނދަގޫ ނުޖެހޭ އަންހެންކުއްޖަކު މަދުވާނެއެވެ. އެހެނަސް މި އަންހެންކުއްޖާ އެ ލިސްޓަށް އިތުރުމިވީ މިއަދުއެވެ. މީގެ ކުރިން މި އަންހެންކުއްޖާ އަހަރެން ދެކުނު ހަނދާނެއް ނުވެއެވެ. ކުލާހުގައި އިން އިރުވެސް އަހަރެންގެ ހިތަށް ސިފަވަމުންދިޔައީ އެއަންހެންކުއްޖާގެ ނުރުހިފައިވާ މޫނެވެ. ރުޅި އައިސްފައި ހުރި ނަމަވެސް އެކުއްޖާގެ މޫނު އަހަރެންނަށް ވަރަށް ރީތިވެއްޖެއެވެ.
އިންޓަވަލު ގަޑިއެވެ. ކުލާހުން ބޭރަށް ނުކުމެފައި އެންމެ ފުރަތަމަވެސް އަހަރެންނަށް ވަށައިގެން ހޯދާލެވުނީ އެ ސޫރަ ދެކިލުމުގެ އުއްމީދުގައެވެ. އަހަރެންގެ އެކުވެރިންގެ ފަރާތުން އެއަންހެންކުއްޖާއަކީ މީގެ ދުވަސްކޮޅެއް ކުރިން އަލަށް އިސްކޫލަށް ވަތް ކުއްޖެއްކަން އެނގުނެވެ. އަދި ނަމަކީ ޔަނާލްކަންވެސް އެނގުނެވެ.
“ހޭ ބްރޯ! ކޯންޗެއްތަ ތި ހޯދަނީ؟ އާދެބަ އަވަހަށް ތިހުރީ މިއަދު ކާންދޭން ދަރާފައެއްނު؟” އެކި ފަރާތް ފަރާތަށް ލޯ ހިންގަމުން ދަނިކޮށް އަހަރެންނަށް ސިހުމެއް ލިބުނީ އައިހަމް އައިސް އަހަރެންގެ ކޮނޑަށް އަތް ވައްޓާލުމުންނެވެ.
“ތެދެއް. ވަރަށް ހައިވެއްޖެ. މިއަދު މީ ލަޔާންގެ ދުވަސް ދޯ؟” އައިހަމްގެ ފަހަތުން އައި ރީހާންވެސް އޭނާގެ ބަހަށް ތާއީދުކޮށް ބުނެލިއެވެ. ތެދެކެވެ. އަހަރެންގެ ދިވެހި ޕްރޮޖެކްޓް ހަދައިދިން މަތިން އަހަރެން ވާނީ މިއަދު އެމީހުންނަށް ކާންދޭން އެއްބަސްވެފައެވެ. އަހަރެންނަކީ ކިޔެވުމަށް އެއްވެސް ސަމާލުކަމެއްދޭ މީހެއްނޫނެވެ. އަހަރެން ދިރިއުޅެނީ މަންމައާއި ކޮއްކޮއާއި ވަކިންނެވެ. މަންމައާއި ބައްޕަ ވަކިވުމުން، އުމުރުން އެންމެ 3 އަހަރުން ފެށިގެން އަހަރެން އުޅެންޖެހުނީ މަންމައާއި ކޮއްކޮއާއި ވަކިން، ބައްޕައާއި އެކީގައެވެ. އޭގެ ފަހުން އަހަރެން މަންމައާއި ކޮއްކޮއެއް ނުދެކެމެވެ. ބޮޑުވެގެން އައިއިރު ޙަޤީގަތުގައި އަހަރެންނަށް އަހަރެންގެ މަންމައާއި ކޮއްކޮއެއް ދުނިޔޭގައި ހުރިކަން ނުވެސް އެނގެއެވެ. ބައްޕަ އަހަރެންނަށް އެކަން އަންގަން ބޭނުން ނުވީކަމެއް، ނުވަތަ މަންމަ އެގޮތް ބޭނުން ނުވީކަމެއް އަހަރެންނަކަށް ނޭނގެއެވެ. ކޮންމެ އަހަރެއްގެ ރިޕޯޓް ފޯމު ދޭ ދުވަހަކީ އަހަރެންނަށް ބައްޕަގެ ޒުވާބާއި ކުރިމަތިލާންޖެހޭ ދުވަހެކެވެ. ހަމައެކަނި ހިތުގައިވާ އެއްޗެހިތައް ބޭރުކޮށްލައިގެން ބައްޕަގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ބައްޕަގެ އަނިޔާއާއިވެސް އަހަރެންނަށް ކުރިމަތިލާން ޖެހޭނެއެވެ. އެކަމުގެ ސަބަބުން އަހަރެން އިތުރަށް ކިޔަވަން ފޫހިވިއެވެ. އެހެން ކަންތައްވަމުން އައިސް މިހާރު އަހަރެން ހަމަ އެއްގޮތަކަށްވެސް ކިޔަވާހިތެއް ނުވެއެވެ. އެހެނަސް ގެއިން ލިބޭ ސަމާލުކަމަށްވުރެ އިސްކޫލުގެ ރަޙުމަތްތެރިންގެ ފަރާތުން ލިބޭ ސަމާލުކަމާއި އަޅާލުމުގެ އިތުރުން އިސްކޫލުގައި ސަކަރާތްޖަހައި މަޖާކޮށްލެވޭތީ އަހަރެންނަށް ގެއަށްވުރެ އިސްކޫލުވެސް މާ ރަނގަޅެވެ.
އަހަރެމެންނަށް މަގުމައްޗަށް ނުކުމެވުނުއިރު، ޔަނާލް އިތުރު ދެކުއްޖަކާއި އެކީގައި އިސްކޫލުގެ ދޮރާށިން ނުކުމެގެން ތަންކޮޅެއް ދުރުން ހިނގަމުންދާތީ އަހަރެންނަށް ފެނުނެވެ. ބަލާކަށް ނުހުރެ އަހަރެން އައިހަމްމެންނަށް އިޝާރާތްކޮށްލަމުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެމީހުންނާއި ހަމަކުރަމުން ލަވައެއް ކިޔަންފެށީމެވެ.
އަހަރެން ކިޔަންފެށި ލަވަޔާއެކު އައިހަމްއާއި ރީހާން ފާޑަކަށް ހިނިއައިސްފައި ތިބެގެން ފަހަތުން އަންނަން ފެށިއެވެ. އެހެނަސް އެކުދިންގެ ފަރާތުން މާބޮޑު ސަމާލުކަމެއް އަހަރެންނަކަށް ނުލިބުނެވެ. އެމީހުން ހަމަ ބަލާލުމެއްވެސް ނެތި ދިޔަގޮތަށް ދިޔައީއެވެ. އަހަރެންވެސް ދާންޖެހެނީ ތަފާތު މިސްރާބަކަށްކަމުން ދެން އެމީހުން ފަހަތުން ނުގޮސް އައިހަމްމެންނާއި ދިމާއަށް އަނބުރާލީމެވެ. އަހަރެން އައުމާއެކު ދެމީހުން އަހަރެންނަށް ދިމާކޮށްފައި ހޭންފެށިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަދިޔަހެން އަހަރެންނަށް މިނުދަންނަ އަންހެންކުއްޖާއާއި ދޭތެރޭ ވިސްނެންފެށިއެވެ. އެހެން އަންހެންކުދިންގެ ހުންނަ ކަންދެއްކުމުގެ ގޮތް މި އަންހެންކުއްޖާގެ ކިބައިން ނުފެނުނުކަމީ، އަހަރެންނަށް މި އަންހެންކުއްޖާއާއިމެދު ޝައުޤުވެރިވެވުނު ކަމެކެވެ. މީގެ ކުރިން އަހަރެން ދިމާކޮށް ފޮށި ހަދާ އަންހެންކުދިން ބޭރުފުށުން އަހަރެންނާއި ދޭތެރޭގައި ހިތްހަމަނުޖެހޭކަން ދެއްކި ނަމަވެސް އެމީހުންގެ ޙަރަކާތްތަކުން އެކަމާއި އެމީހުން ގަޔާވާކަން އަހަރެންނަށް ދޭހަވެއެވެ. ރުޅި އަންނަކަމަށް ހެދިގެން “ތުއި” ދެއްކި ނަމަވެސް އެމީހުންގެ ޙަރަކާތްތަކުން، ފިރިހެންކުދިން އެމީހުންނާއި ފޮށުމަކީ އެމީހުން ބޭނުންވާ ގޮތްކަން ސަލާމަތް ސިކުނޑިއަކުން ވިސްނާލައިފި ކޮންމެ މީހަކަށްވެސް އެނގޭހައިވާނެއެވެ. އެހެން ނަމަވެސް މި އަންހެންކުއްޖާ ތަފާތެވެ. އޭނާގެ ކޮންމެ ޙަރަކާތެއްވެސް އަހަރެންގެ ހިތުގައި ކުރެހެމުންދިޔައީ އެކަނިވާ ކޮންމެ ވަގުތަކު އެ އަޖައިބެއްފަދަ ޙަރަކާތްތައް އަހަރެންގެ ހިތަށް ގޯނާ ކުރަމުންނެވެ. މީގެ ކުރިން ދުވަހަކުވެސް އަންހެންކުއްޖަކާއި ދޭތެރޭގައި ނުކުރެވޭ، އެތައް އިޙުސާސްތަކެއް ޔަނާލް ފެނުމުން އަހަރެންނަށް ކުރެވެންފެށިއެވެ. ކޮންމެ ދުވަހަކު އިސްކޫލަށް ދެވެނީ އެރީތި ސޫރަ ދެކިލާހިތުން ކެތްމަދުވެފައިހުރެއެވެ. ކުލާހުން ބޭރަށް ނުކުމެވޭ ކޮންމެ ފަހަރަކު ދެލޯ ބޭޤަރާރުކަމާއިއެކު ހޯދަނީ އެސޫރަ ފެނިލާތޯއެވެ. އަހަރެންނަކީ މީގެ ކުރިން އަހަރެންގެ އެކުވެރިން އަންހެންކުދިންނާއި ރައްޓެހިވެގެން އެކުދިންނާއިހެދި އުޅޭވަރު ފެނިފައި އެކަމަށް ޖޯކުޖަހައި، މަލާމާތްކުރި މީހަކީމެވެ. އެހެނަސް އަންހެންކުއްޖަކާއިހެދި އަހަރެންނަށް މިހާވަރު ވެދާނެ ކަމަކަށް އަހަރެން ފަހަރެއްގައިވެސް ހީނުކުރަމެވެ.
“އައްޗީ!! ގޮތެއް ފޮތެއް ނެތިގެން މަށާ ރައްޓެހިވާންވީނޫންހޭ އަހާއިރު ތިމާއަށް ތިމާ ހުރި ސިފަ ފެނޭތަ؟” މިއީ އަހަރެން ޔަނާލްއަށް ލޯބި ހުށައެޅި ދުވަހު އޭނާގެ ފަރާތުން ލިބުނު ޖަވާބެވެ. ޔަނާލްގެ ނުރުހުންތެރި ޖުމްލަވީ، އަހަރެންގެ މޫނުމައްޗަށް އެރި ވަރުގަދަ އެތިފަހަރަކަށެވެ. “ލޯގަނޑުން ބަލާލަބަލަ ފުރަތަމަ ތިމާއަށް މިހުރެވުނީ އަންހެން ކުއްޖަކު ގަޔާވާވަރުގެ ޒައްރެއްގެ މިންވަރެއްވެސް ހުރި ސިފައަކަށްތޯ! ސްކޫލުގަވެސް ނުކުރާކަށް މަނާ ކަމެއް އޮންނަނީކީ ނޫން. ނުވިތާކަށް މީނަ ނުބެހޭ އަންހެންކުއްޖަކު ނޭނގެ ސްކޫލުގެ ގޭޓުން އެތެރެވީ ކަމެއް. މީހަކު ކައިރި ރައްޓެހިވާން އަހާވަރުގެ ފެންވަރެއް ފުރަތަމަ ތިމާގެ ހުރިތޯ ބަލާބަލަ! ބުނަންތަ ރަނގަޅު ވާހަކައެއް؟ އަހަރެންގެ ހަޔާތަށް ގެންނާނީ ތިކަހަލަ ތާކުންތާކު ނުޖެހޭ ނުކިޔަވާ ބޮޑު ގަމާރެއް ނޫން.” މިއީ އަންހެންކުއްޖެއްގެ ކުރިމަތީގައި އަހަރެންގެ އަނގަ ބަންދުވި ފުރަތަމަ ފަހަރެވެ. އަންހެންކުއްޖަކު އަހަރެންގެ އެދުމަށް ފުރަގަސްދީ، އަހަރެންގެ ބަހަށް ރައްދު ދިން ފުރަތަމަ ފަހަރަކީވެސް މިއެވެ. އަހަރެންނަކީ މުޅި އިސްކޫލުގައިވެސް ރީތިކަމަށް މަޝްހޫރު ފިރިހެންކުއްޖަކީމެވެ. އެހެނަސް އަންހެންކުއްޖެއްގެ ދުލުން އަހަރެންގެ ސިފައާއިމެދު މިފަދަ ގޮތަކަށް ބުނާއަޑު އިވުމުން އަހަރެންނަށް ފުރަތަމަ ފަހަރަށް އަހަރެންގެ ސިފައާއިމެދު ވިސްނާލަން މަޖުބޫރުވިއެވެ. ތެދެކެވެ. އަހަރެންނަކީ މުޅި އިސްކޫލުގެ ޤަވާއިދަށްވެސް ގޮންޖަހާލާފައި ބޮލުގެ އިސްތަށިތައް ދިގުކޮށް، ކަރުގައި ފަށް އަޅައިގެން އިސްކޫލަށްދާ މީހަކީމެވެ. މިކަމަކީ އަހަރެންގެ ބައްޕައަށްވެސް ހަޅޭއްލަވައި އަނިޔާކޮށްގެންވެސް އަހަރެންގެ ފަރާތުން ބަދަލުކުރުމަށް ނުކުޅެދިފައިވާ ސިފައެކެވެ. އަހަރެންގެ އަތުގައި އަޅާފައިވާ ކަހަލަ ބޮޑެތި ބޮޅުތަކުން ގަތާފައިވާ ޗޭނުގަނޑެއް އިސްކޫލުގެ އެއްވެސް ފިރިހެންކުއްޖަކަށް އަޅައިގެންދާކަށް ނުކެރޭނެއެވެ. ޔުނީފޯމު ހުންނަ ގޮތުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ. ދުވަސްދުވަހުން އަހަރެންގެ ބޮލުގެ ކުލަ ބަދަލުކުރަން ސުޕަވައިޒަރުންނަށް އަންގަން ޖެހޭނެއެވެ. އިސްކޫލުގެ ޕްރިފެކްޓަކަށްވެސް އަހަރެންގެ ބެގީ ޖެއްސުވުމަކީ ނުވާނެ ކަމެކެވެ. އިސްކޫލުގެ ބޮޑު މީހަކު ފެނުމުން ނޫނީ އަހަރެން ބެގީ ނުޖަހަމެވެ. ބޫޓަށް އަރައިގެން އިސްކޫލަށް ދަނީވެސް ހިތަށް އެރިއްޔާއެވެ. މިކަންތައްތަކުގެ ސަބަބުން އެހެން ކުދިންގެ ނަޒަރުގައި އަހަރެންނަކީ މުޅި އިސްކޫލުގައިވެސް އެންމެ “ކޫލް” މީހާއެވެ. އަދި އެންމެ ކެރޭ މީހާއެވެ. އެއްފަހަރާ އެތައް އެއްޗެއް އަހަރެންގެ ހިތަށް އެކުޑަ ވަގުތުކޮޅުގެތެރޭގައި އަރައި ފައިބައިގެންދިޔައެވެ. ބުނާނެ އެއްޗެއް ނޭނގި، އަހަރެންނަށް ޔަނާލްގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ޔަނާލް ކިޔަން ބޭނުންހައި އެއްޗެއް ކިޔައި ނިންމާލުމަށްފަހު އެނބުރި ހިނގައިގަތްއިރުވެސް އަހަރެންގެ ދުލަކަށް ބަހެއް ނައެވެ. މަގުގެ ކޮޅަށް ގޮސް ގެއްލެންދެން އަހަރެންނަށް ޔަނާލްއަށް ބަލަން ހުރެވުނީއެވެ.
އެރޭ ނިދަން އުޅެއުޅެ އެއްގޮތަކަށްވެސް އަހަރެންނަށް ނިދޭގޮތެއް ނުވިއެވެ. އަހަރެންނަށް ވިސްނެމުންދިޔައީ ޔަނާލްގެ ކުރިމަތީގައި އަހަރެންނަށް އިސްޖަހަންޖެހުނު ގޮތާއިމެދުއެވެ. ޔަނާލްގެ ދުލުން ބޭރުވި ކޮންމެ ލަފުޒެއް އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ޔަނާލް ބުނީ ތެދެކެވެ. އަހަރެންގެ ގައިގައި ގޮތެއްހުރި އަންހެންކުއްޖަކު ގަޔާވާކަހަލަ ސިފައެއް ނެތެވެ. މިގޮތުގައި އަހަރެންގެ ކިޔެވުން ނިންމާލައިގެން އަހަރެންނަކީ އަންބެއްގެ ޒިންމާ އުފުލޭނެ ފެންވަރުގެ މީހަކަށްވެސް ނުވާނެއެވެ. އަހަރެންގެ ދިރިއުޅުން މި ހަލާކުކޮށްލަނީ ހަމަ އަހަރެންގެ އަމިއްލަ އަތުންނެވެ. އަންހެންކުއްޖެއްގެ ކުރިމަތީގައި އަހަރެން އަދި ދުވަހަކުވެސް މިހައި ލަދެއް ނުގަނެއެވެ. އެހެނަސް އަހަރެން އުއްމީދު ކަނޑާލާކަށް ބޭނުމެއްނުވިއެވެ. އަހަރެންނަކީ ކުރިމަތިލައިފި އެއްވެސް ކަމެއްގައި މިވީހައިތަނަށް ނާކާމިޔާބުވެފައިވާ މީހެއްނޫނެވެ. އަހަރެން ބޭނުންވީ ޔަނާލް ބޭނުންވާފަދަ ސިފަތަކެއްހުރި ފިރިހެނަކަށްވެގެން ޔަނާލްގެ ކުރިމައްޗަށް އަރާށެވެ. އަހަރެންނަކީ ޔަނާލްއަށް ނޭނގުނަސް ރީތި ފިރިހެނެއްކަން އަންގާށެވެ.
ޖެހިގެންއައި ހަފުތާ ބަންދު ދެދުވަސް އަހަރެންނަށް ހީވީ ދެޤަރުނުހެންނެވެ. އަހަރެން ހުރީ އެހާވެސް އިސްކޫލަށް ދާން ބޭނުންވެފައެވެ. އާދީއްތަ ދުވަހު އިސްކޫލަށް ގޮސް ވަނުމާއެކު ހުރިހާ ކުދިންގެ ލޯތައް އަހަރެންނާއި އަމާޒުވާން ފެށިއެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ކުރުކޮށް ކޮށާފައިވާ އަހަރެންގެ ބޮލާއި، ރީތިކޮށް ބެގީޖަހައި، އިސްކޫލުގެ ޤަވާއިދަށް ފެތޭގޮތަށް އަޅައިގެންހުރި ޔުނީފޯމާއިއެކު އަހަރެން ފެނުމުން އެންމެންނަށްވެސް ބޮޑު “ޝޮކެއް” ލިބޭނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. އިސްކޫލުގެ ދޮރާށިން އެތެރެވުމާއެކު އަހަރެންގެ ރައްޓެހިން އަހަރެންނަށް ދިމާކުރަންފެށިއެވެ. ހުޅަނގު ފަރާތުން އިރުއެރީތޯ ސުވާލުކުރަމުންދިޔައިރު، އަހަރެން އެއްމިޔަކަނުން ހީލަހީލާ ހުރީ، ހައިރާންކަމާއެކު ފާޑަކަށް އަހަރެންނަށް ބަލަމުން ކުލާހާއި ދިމާއަށް ހިނގަމުންދިޔަ ޔަނާލްއަށް ނަޒަރު ހުއްޓާލައިގެންނެވެ. އަހަރެންގެ އެކުވެރިންނަށްވެސް ނޭނގުނީ އަހަރެންގެ ސިފައަށް އައި ބަދަލުގެ އަސްލަކީ އެއީކަމެވެ.
އަހަރެން އިންތިޒާރުކުރަމުން ދިޔައީ އިސްކޫލު ނިމޭ ގަޑިއަށެވެ. މިއަދު އަހަރެންގެ ހުށައެޅުމަށް ޔަނާލްއަށް ނޫނެކޭ ބުނަން ނުކެރޭނެކަމަށް ނިންމައިގެން އިންއިރު، އަހަރެންގެ ތުންފަތުގައިވާ ހިނިތުންވުން ފިލައިނުދެއެވެ. އަތުކުރީގައި އޮތް ގަޑިއަށް އިރުއިރުކޮޅާ ނަޒަރު ހުއްޓާލެވޭއިރު، ދެން އަހަރެންނަށް ބެލެމުންދިޔައީ އަތުގައި އޮތް ރަތްކުލައިގެ ފިނިފެންމަލަށެވެ.
ވަގުތުތައް ހިނގަމުން ގޮސް، އެންމެ ފަހުން އަހަރެން އިންތިޒާރުކުރަމުން އައި ވަގުތުވެސް ޖެހިއްޖެއެވެ. އިސްކޫލުގެ ދޮރާށިން ބޭރަށް ނުކުމެވުމާއެކު އަހަރެން އައިހަމްއާއި، ރިހާންއާއި، ފަޒާލްގެ އިތުރުން ޔާނިޒްއާއި އެކީގައި ބޭރުގައި މަޑުކޮށްލައިގެން ހުރީ ޔަނާލް ނުކުންނާނެ އިރަކަށެވެ. އެމީހުންނަށްވެސް އަހަރެން ލޯބި ހުށައަޅަން އުޅެނީ ކާކަށްކަން އޭރަކު އަދި ނޭނގޭނެއެވެ. އެހެންކަމުން އެމީހުންވެސް ތިބީ އެއީ ކޮން ކުއްޖެއްތޯ ބަލާލުމަށް ކެތްމަދުވެފައެވެ. މާގިނަ އިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ރީތި ހިނިތުންވުމަކާއެކު ކުއްޖަކާއި ވާހަކަދައްކަމުން ނުކުތް ޔަނާލް ފެނިފައި އަހަރެން ވާއަތް ފުރަގަހަށްލައިގެން ހުރެ ކުރިއަށް ފިޔަވަޅެއް އަޅާލީމެވެ. މި އެންމެންގެ ތެރޭގައި ޔަނާލް އަހަރެން ލަދުގަންނަވައިނުލައިފިއްޔާ ކިތަންމެހައިވެސް ރަނގަޅެވެ. އެހެނަސް އެކަމާއި ވިސްނުމަށްވުރެ އެހެން ނުވާނެކަން އަހަރެންނަށް މާ ބޮޑަށް އޮތީ ޔަޤީންވެފައެވެ. އަހަރެން މަޑުމަޑުން ހިނގާލާފައި ގޮސް ޔަނާލްގެ ކުރިމައްޗަށް ހުއްޓުނުއިރު މަންޒަރު ބަލަން އަހަރެންގެ އެކުވެރިން ހިނިއައިސްފައި ތިއްބެވެ. އަހަރެން ހުރީ، ކޮންމެހެން ފިލްމުތަކުގައި ހަދާހެން މާ “ރޮމޭންޓިކް” ހުށައެޅުމެއް ހުށައަޅަން ނިންމައިގެނެއް ނޫނެވެ. އެހެނަސް ކަން ދިމާވިގޮތުން އަހަރެންނަށް އެކުވެރިންގެ ކިބައިން ސަލާމަތް ނުވެވުމުން، އެމީހުންގެ ކުރިމަތީގައި މާ އާދައިގެ ގޮތެއް ހަދާލާކަށް ހިތްހަމައެއް ނުޖެހުނެވެ. ބޭނުންވީ އެމީހުންނަށްވެސް ފޮނިދައްކާލާށެވެ. އަހަރެން ވަރަށް “ވެލާފައި” ޔަނާލްގެ މޫނަށް ބަލަން ހުރެފައި އެއްކަކޫ މައްޗަށް ތިރިވެ ފުރަގަހުގައި އޮތް މާ، ނެރެ ޔަނާލްއަށް ދިއްކޮށްލީމެވެ. އެވަގުތު އަހަރެންގެ އެކުވެރިންގެ އިތުރުން، ޔަނާލްގެ ކައިރީގައި ތިބި ކުދިންގެ އަނގަތަކުންވެސް “އޯވް” ގެ އަޑު ނުކުމެގެން ދިޔައެވެ.
“މަށާ ރައްޓެހިވާންވީނު؟” ދެލޯ ބޮޑުކޮށްގެން ހުރި ޔަނާލްގެ މޫނަށް ބަލަންހުރެ، ވަރަށް އާދައިގެ ގޮތަކަށް އަހަރެން ބުނެލީމެވެ. ވަށައިގެންތިބި ހުރިހާ ކުދިންގެ ލޯތައް އޭރު އަހަރެމެންނަށް އަމާޒުވެފައި ހުއްޓެވެ. އެހެނަސް އަހަރެން އުއްމީދުކުރި ގޮތާއި ޚިލާފަށް ޔަނާލްގެ ދުލުން ބޭރުވެގެންދިޔައީ މިފަހަރު ހަމަ ރަނގަޅަށްވެސް އަހަރެން މާޔޫސްކޮށްލި ޖުމްލައެކެވެ.
“ހަހް. ދުނބުރިއެއް ކިތަންމެ ވަރަކަށް ދޮންކުރިޔަސް އަނބަކަށް ނުވާނެ. ތިހީކުރީ ބޭރުފުށުން ރީތި ހެދުމެއްލާފަ ރީތިކޮށް ބޯކޮށާލީމަ އަހަރެން ހިތްހަމަޖެހޭ ހުރިހާ ސިފައެއް ހަމަވީ ކަމަށްތަ؟ ތިހެން ކިތަންމެ ރީތިވެގެން އަޔަސް ތީ ހަމަ ލަޔާން. އެހެން މީހަކަށް ނުވާނެ. މި ސްކޫލުގަ އަންހެންކުދިންނާ ބެހެމާ، ނުކިޔަވާ، ސިނގިރެޓް ބުއިމާ.. ދެން މިހެން ކިތަންމެ ވަރަކަށްވެސް ކީދާނެ. ލަޔާންއަށް ނޭނގުނީ ކަމަށްވެދާނެ. އެހެންވީމަ މިބުނަނީ. އަހަރެންނަކީ ތިހީކުރާހާ ޗީޕް މީހެއްނޫން. ސޮރީ.” ޔަނާލް އަހަރެންގެ ހުށައެޅުމަށް ފުރަގަސްދީފައި ހިނގައިގަތުމުން އަހަރެންނަށް ކުއްލިއަކަށް ތެދުވެވުނުއިރު އަހަރެން ހުރީ މީގެ ކުރިން ދުވަހަކުވެސް މީހެއްގެ ކުރިމަތީގައި ކަންބޮޑުވެ ހާސްވެފައިނުވާ ވަރަށް ހާސްވެފައިކަން އެނގުނީ އަހަރެންގެ ތުރުތުރުލަމުންދިޔަ އަތާއި، ނެގިނެގިފައި ޖެހެމުންދިޔަ މޭގެ އަޑުގެ އިހުސާސްކުރެވުމުންނެވެ. އަހަރެންނަށް އަވަސް އަވަހަށް ޔަނާލްގެ އަތުގައި ހިފާލެވުނީ އެއްވެސް އިޚުތިޔާރަކާއި ނުލައެވެ. މިވަރަށް ވިސްނާފައި، މިހައި ބޮޑު އުއްމީދެއް ކޮށްގެން އަދި އަހަރެން ދުވަހަކުވެސް ކަމެއް ނުފަށަމެވެ. އެހެންކަމުން ބަހެއް ބުނެލާހައި ފަސޭހައިން އަހަރެން ބަލި ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ނޫނެކެވެ. އެއަށްވުރެ ބޮޑަށް އަހަރެން ހުރީ ޔަނާލް ބޭނުންވެފައެވެ. ހަޤީގަތުގައި އަހަރެންނަށް އެހައި ފަސޭހައިން ހަތިޔާރު ބަހައްޓަން ނުރުހެވުނީ އެހެންވެއެވެ.
“ނާލް. އަހަރެންނަށްވެސް އެނގޭ މީހަކު ދެދުވަސްތެރޭގަ ބޮޑު ބަދަލެއް އައިސްފަވާތަން ފެނުނަސް ޤަބޫލުކުރަން އުނދަގޫވާނެކަން. އެކަމަކު އަހަރެން ހަމަ ތެދަށް މިބުނީ. އަހަރެން ނާލް ބޭނުންވާކަހަލަ މީހަކަށްވާނަން. އަހަރެންމީ އަދި ނާލް ތިހީކުރާކަހަލަ މީހެއްނޫން.” އަހަރެންގެ ދުލުން މިބަސްތައް ބޭރުވެގެން ދިޔައީ ކިހިނެތްކަމެއްވެސް ނޭނގެއެވެ. އަހަރެންނަކީ މީގެކުރިން ދުވަހަކުވެސް މީހަކަށް ކަމަކަށް އެދި އާދޭސްކުރި މީހެއްނޫނެވެ. އަހަރެންގެ ސީރިޔަސް މޫނު ފެނިފައި އެވަގުތު އަހަރެންގެ އެކުވެރިންގެ މޫނުތަކުގައިވީ ލާނެތްކަންވެސް ފިލައިގެން ހިނގައްޖެއެވެ. އެމީހުންވެސް އައިސް އަހަރެންގެ ކައިރިއަށް މަޑުކޮށްލަމުން ޔަނާލްއާއި ވާހަކަދައްކަން ފެށިއެވެ.
“ތެދެއް. ދެން ތިހާ ހިތްހަރުވާކަށް ނުވާނެއްނު؟ މީހެއްގެ ގޮތް އެނގޭނީވެސް އެއް އޮޑިއަކުން ދަތުރުކޮށްލީމަ.” ރީހާންއަށް ނުހުރެވިގެން ބުނެލުމާއެކު އަހަރެން ލޮލުގެ އިޝާރާތުން އެއްޗެއް ނުބުނުމަށް އެދުމުން، ދެން އިތުރު އެއްޗެއް ނުބުނެއެވެ.
“އެހެންތަ؟ އާނ. ސްކޫލް އަދި ނުކިޔާނެ ދޯ އޮޑިއަކަށް. އޯކޭ. އެހެންވީއިރު ތީ އަހަރެން މިހީކުރާ ކަހަލަ މީހެއް ނޫންކަން އަންގަން މި ޓާރމް ޓެސްޓުގަ ހުރިހާ ސަބްޖެކްޓަކުން އޭ ހޯދަބަލަ! އޭރުން އަހަރެން ރައްޓެހިވާނަން ލަޔާންއާ.” ޔަނާލްގެ ބަހާއެކު އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައެވެ.
“ވަޓް؟؟ ތީ ދެން މީހުން ކުރާ ކަހަލަ ޝަރުތު ދޯ؟ އެންމެ ދެ ހަފުތާތެރޭގަ ފަށާ ޓެސްޓަކުން ކިހިނެތްތަ ދެން މީހަކު ހުރިހާ ސަބްޖެކްޓަކުން އޭ ހޯދާނީ؟” އައިހަމްއަށް ނުހުރެވިގެން ބުނެލިއެވެ.
“އިޓްސް އަޕް ޓު ޔޫ!” ޔަނާލް ފޫހި ގޮތަކަށް ބުމަ އަރުވާލާފައި އެއްމިޔަކަނުން ހީލަމުން އަނެއްކާވެސް ހިނގައިގަތުމާއެކު އަހަރެން އަނެއްކާވެސް ޔަނާލްގެ އަތުގައި ހިފީމެވެ.
“ދެޓްސް ދަ ޑީލް ދޯ؟ ސޯ ކީޕް ޔޯރ ޕްރޮމިސް.” އަހަރެން ފޯރިއާއިއެކު ބުނެލިއިރު ޔަނާލްގެ މޫނުމަތިން ފެނުނު ލާނެތް ހިނިތުންވުން އަހަރެންނަށް އެކަން ނުވާނެކަން ޔަގީންކުރާ ކަހަލައެވެ. އެހެނަސް އަހަރެންގެ ޖުމްލަ އަހާފައި އަހަރެންގެ އެކުވެރިންގެ މޫނުމަތިން ފެނިގެންދިޔައީ ހައިރާންކަމެވެ. އެމީހުން ތިބީ އަހަރެން އެކަމާއި ކުރިމަތިލާފާނެކަން ޤަބޫލުވެސް ނުކުރެވިފައެވެ.
އެދުވަހަށްފަހު އަހަރެން ކިޔަވަންފެށީމެވެ. ރެއެއް ދުވާލެއް ނުބަލަމެވެ. ކިތަންމެ ފޯރިއާއި ޖޯޝަކާއި އެކީގައި ބުންޏަސް އެންމެ ދެހަފުތާގެ ތެރޭގައި އަހަރެންނަށްވެސް ޔަނާލް އެބުނި ނަތީޖާ ހޯދިދާނެކަމާއިމެދު މާބޮޑު ޔަގީންކަމެއް ނެތެވެ. އަހަރެންނަކީ އިސްކޫލުން ދޭ އެއްވެސް ނޯޓެއްވެސް ފޮތަށް ނަގާ މީހެއްނޫނެވެ. އެހެންކަމުން އަހަރެން ވިސްނާލާފައި މައިޝާގެ އަތުން ހުރިހާ ނޯޓުތަކެއް އަތުލައިގެން އެއެއްޗެހީގެ ފޮޓޯކޮޕީ ނެގީމެވެ. މައިޝާއަކީ އަހަރެމެންގެ ކުލާހުގައި އިން އެންމެ މޮޅު ކުއްޖާއެވެ. އަހަރެން ގޮސް އޭނާގެ އަތުން ނޯޓުތައް ހޯދަން އެދުމުން އޭނާގެ މޫނުމަތިންވެސް ފެނުނީ ހައިރާންކަމެވެ. ދުވަހަކު އިސްކޫލަށް ފޮތެއްވެސް ނުގެންނަ މީހާ ކުއްލިއަކަށް އައިސް ހުރިހާ މާއްދާއެއްގެ ނޯޓުތައް ދޭން އެދުމުން ހައިރާންނުވާނީ ވަކި ކާކު ހެއްޔެވެ؟ އަހަރެން ލުއި ހިނިތުންވުމަކާއެކު އެއްލޯ މަރާލަމުން ކޮޕީއެއް ނަގައިގެން ގެނެސްދޭނަން ކަމުގައި ބުނީމެވެ.
ރޭގަނޑު ނިދުމެއް، އަރާމެއްނެތި އަހަރެން ފޮތްތަކުތެރޭގައި ވަގުތު ހޭދަކުރަން ފެށުމުން ބައްޕަ ހައިރާންވެގެން އަހަރެންނަށް ބަލަން ހުރެއެވެ. ވީ ކީއްތޯ ސުވާލުކުރުމުން އަހަރެން ހިނިގަނޑަކުން ނިންމާލަނީއެވެ. ނަސީބު ރަނގަޅުކަމުން އަހަރެންނަކީ އަބަދުވެސް ވަރަށް ފަސޭހައިން އެއްޗެހި ދަސްވާ މީހެކެވެ. އަހަރެން ކިޔަވަން ނޫޅެނީ އެއީ އަހަރެން ކުރާހިތްވާ ކަމަކަށް ނުވާތީއެވެ. ދެހަފުތާ ފާއިތުވެގެންދިޔަ ގޮތްވެސް ނޭނގުނެވެ. ފުރަތަމަ އިމްތިޙާނާއި ކުރިމަތިލާން ޖެހެނީއެވެ. އިމްތިޙާނު ހޯލަށް ވަތްއިރު މީގެ ކުރިން ދުވަހަކުވެސް އިމްތިޙާނަކާއި ކުރިމަތިލާއިރު ނުކުރެވޭފަދަ އިހުސާސެއް އަހަރެންނަށް ކުރެވެމުންދިޔައެވެ. ކަރުދާހުގައި ހުރެދާނެ ސުވާލުތަކާއިމެދު ފުރަތަމަ ފަހަރަށް އަހަރެންގެ ސިކުނޑި ވިސްނަމުންދިޔައެވެ. ކަން ދިމާކުރި ގޮތުން އަހަރެންނަށް އިށީންނަން ޖެހުނީ ޔަނާލް އިށީނދެގެން އިން ގޮނޑިބަރިއާއި ޖެހިގެން ހުރި ގޮނޑިބަރީގެ، ދެތިން ގޮނޑި ފަހަތުގައެވެ. އެހެންކަމުން އިމްތިޙާނު ހަދަން އިންއިރު، ވަރަށް ރީތިކޮށް އަހަރެންނަށް ޔަނާލްގެ ޙަރަކާތްތައް ފެންނަމުންދިޔައެވެ. ޔަނާލް ފެންނަން އިނުމުން އަހަރެންނަށް އިމްތިޙާނު ރަނގަޅަށް ހެދުމަށް މަސައްކަތް ކުރުމުގައި އިތުރު ހިއްވަރެއް ލިބުނެވެ. އިމްތިޙާނުގެ ޤަވާއިދުގައި ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ކަރުދާސް ނިންމާލެވުމުން ގެއަށް ދެވޭގޮތަށް ހަމަޖެހިފައި އޮވެއެވެ. 3ގަޑިއިރަށް އިން ސުވާލު ކަރުދާސް އަހަރެންނަށް ގަޑިއެއްގެ އިރުތެރޭ ނިންމާލެވިއްޖެއެވެ. އިމްތިޙާނު ފަސޭހަކަމުން އަހަރެން ހައިރާންވެސްވިއެވެ. ދެތިން ފަހަރަށް ކަރުދާސް އަލުން ބަލައިލެވުނީވެސް އެހެންވެއެވެ. ސުވާލުތައް ހިތްހަމަޖެހޭވަރަށް ހެދިފައިވާކަން އިހުސާސްކުރެވުމުން އަހަރެންނަށް ހަމަޖެހުމުގެ ނޭވައެއް ބޭރުކޮށްލެވުނެވެ. ދެން އަހަރެން ބަލައިލީ ކަރުދާހުގައި ގަލަން ހިންގަމުންދިޔަ ޔަނާލްއާއި ދިމާއަށެވެ. ޔަނާލް ފެނުމުން އަހަރެން ހޯލު ދޫކޮށްލާފައި ދާކަށް ބޭނުމެއްނުވިއެވެ. އަހަރެން މޭޒުގައި އުޅަނބޮށި ވިއްދާލުމަށްފަހު ދަތްދޮޅީގައި އަތް ވިއްދާލައިގެން ޔަނާލްއަށް ބަލަން އިނީމެވެ.
މާއްދާއަކަށްފަހު މާއްދާއެއްގެ އިމްތިޙާނު ނިމެމުން ގޮސް، މުޅި އިމްތިޙާނު ނިމި ނަތީޖާ ލިބުނު ދުވަހު އަހަރެން ހައިރާންވެގެން ދެލޯ ބޮޑުވިއެވެ. ލިބުނު ނަތީޖާ ޤަބޫލުނުކުރެވިގެން ފަހަރަކު ކަރުދާހެއްގައި ޖަހާފައިވަނީ އަހަރެންގެ ނަންތޯވެސް ޔަގީންކުރަން އެތައް ފަހަރަކު ބެލުނެވެ. ހުރިހާ މާއްދާއަކުން “އޭ” ގުރޭޑު ލިބުނުކަން ޔަގީންވުމާއެކު އަހަރެންނަށް އުފަލުން ފުންމައިގަނެވުނެވެ. ހުރިހާ މުދައްރިސުންވެސް ތިބީ އަހަރެންގެ ނަތީޖާއާއިމެދު ހައިރާންވެފައެވެ. އެތައް ބައެއްގެ ފަރާތުން އަހަރެންނަށް ތަޢުރީފުގެ ބަސްތައް އޮހެމުންދިޔައިރު، އެކުވެރިން އަހަރެންނަށް ދިމާކުރަމުންވެސް ދިޔައެވެ.
އަހަރެންގެ ނަތީޖާ ދައްކާލުމާއެކު ޔަނާލްގެ އަނގަ ހުޅުވުނެވެ. އަހަރެންގެ އަތުން އަވަސް އަވަހަށް ކަރުދާސްތައް ޖަހައިގަތުމަށްފަހު ކޮންމެ ކަރުދާހެއްގައިވާ ނަމަށް، އަހަރެންނެކޭ އެއްފަދައިން ދެތިން ފަހަރު ނަޒަރު ހުއްޓާލިއެވެ. އޭނާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޔަނާލްގެ ހައިރާންކަމުން ފުރިގެންވީ މޫނަށް، އަހަރެން ލާނެތް ހިނިތުންވުމަކާއިއެކު ބަލަން ހުރީމެވެ. ކުއްލިއަކަށް ހެދި ނުހެދިއެއް ނޭނގި ޔަނާލް އަހަރެންގެ ހަށިގަނޑުގައި ބައްދާލުމުން އަހަރެންނަށް ސިހިފައި ދެލޯ ބޮޑުކޮށްލެވުނެވެ. ޔަނާލް އަހަރެންދެކެ ލޯބިވާ ވާހަކަ ބުނުމުން އަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. މިއޮއް ހުރިހާ ދުވަހު އަހަރެންނަށް ނަފުރަތުކުރި މީހަކު ކުއްލިއަކަށް އެހެން ބުނުމުން އަހަރެންނަކަށް ޤަބޫލެއްވެސް ނުކުރެވުނެވެ. އަހަރެން އެއްޗެއް ނުބުނެ ފާޑަކަށް ބަލަން ހުރުމުން، ޔަނާލްއަށް އަހަރެން އުނދަގޫކުރަން ފެށުމުގެ ކުރިންވެސް އަހަރެން ކަމުދާކަމަށް ބުންޏެވެ. އަދި “ޕްރައިމަރީ” ގުރޭޑްތަކުގައި އުޅުނުއިރުއްސުރެވެސް ޔަނާލްއަށް އަހަރެން އެނގޭ ވާހަކަ ބުނުމުން އަހަރެންގެ ހައިރާންކަން އިތުރުވެގެންދިޔައެވެ. އެހެނަސް އެހައި ކުޑައިރުއްސުރެ މީހަކު، މީހަކުދެކެ ލޯބިވެދާނެކަމަށް ޤަބޫލުކުރުންވީ އަހަރެންނަށް އުނދަގޫ ކަމަކަށެވެ. އަހަރެން އެހެން ބުނުމުން ޔަނާލް ދިން ޖަވާބު އަހާފައި އަހަރެންގެ ކައިރިއަށް ހިނިއައެވެ. “އުމުރުން 12 އަހަރުން ފެށިގެން ނުވެވުނު ލޯތްބެއް އެންމެ ދެތިން މަސްތެރޭގަ ވެވޭނެކަމަށް ޤަބޫލުކުރާނީވެސް މޮޔައެއް ދޯ؟” ޔަނާލް އެހެންބުނީ އަހަރެންނަށް ނިސްބަތްކޮށްފައެވެ. ތެދެކެވެ. އެންމެ ދެތިން މަސްދުވަސްތެރޭގައި އަހަރެންނަށް ހަމަ ޙަޤީގަތުގައިވެސް ޔަނާލްދެކެ ލޯބިވެވިއްޖެއެވެ. ޔަނާލްއަށް ކުރިން އަހަރެންދެކެ ލޯބިވެވިފައިވުމީ ކިހައި ބޮޑު އިއްތިފާޤެއް ހެއްޔެވެ؟ އަހަރެންނަށް އުފަލުން ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެހެނަސް ދެން އަހަންޖެހުނީ އަނެއްކާވެސް ޔަނާލްގެ ޝަރުޠުތަކެވެ. ފަރުޟު ފަސް ނަމާދު ބާރާބަރަށް އަދާކުރުމެވެ. އަދި އިތުރަށް ކިޔަވައި އޯލެވެލްގައިވެސް ރަނގަޅު ނަތީޖާއެއް ހޯދުމެވެ.
އަހަރެން އަނެއްކާވެސް އާހިއްވަރަކާއިއެކު މަސައްކަތް ފެށީމެވެ. ބޭނުންވީގޮތަށް އަހަރެންނަށް އޯލެވެލް އިމްތިޙާނުންވެސް މުޅި ރާއްޖެ ފަޚުރުވެރިވާފަދަ ނަތީޖާއެއް ހޯދުނެވެ. ނަތީޖާއެއްގެ ގޮތުން އަހަރެންނަށް ބޭނުން ރޮނގަކުން ތަޢުލީމު ހާޞިލްކުރުމަށް “ސްކޯލަރޝިޕް”ތައް އޮހެންފެށިއެވެ. އަހަރެން ޑޮކްޓަރަކަށް ވުމަށްޓަކައި ރާއްޖެއިން ބޭރަށް ފުރީ ވަރަށް ފޮނި އުއްމީދުތަކަކާއި އެކުގައެވެ. ކޯސް ނިންމައިގެން އައިސް ޔަނާލްއާއި ކައިވެނިކުރުމުގެ ފޮނި އުއްމީދުގައެވެ.
ބުރަ ދުވަސްތަކަކަށްފަހު، ޑޮކްޓަރީ ކޯސް ފުރިހަމަކޮށްގެން، ކުރިއަށް އޮތް ޙަޔާތުގެ އުފާވެރިކަން ހިތަށް ތަޞައްވުރުކުރަމުން އަހަރެން ރާއްޖެއަށް އައީމެވެ. ފުރަތަމަ ފަހަރަށް އަންހެންކުއްޖަކު ގޮވައިގެން އަހަރެން ބައްޕަގެ ކުރިމައްޗަށް އެރީ ޖެހިލުންވެފައި ހުރެއެވެ. އެހެނަސް ބައްޕަގެ ޖަވާބުގައި ހޫނު އެތިފަހަރެއް އަހަރެންގެ ކޯތާފަތްމައްޗަށް އަރައިގެންދިއުންވީ، އަހަރެންނަށް ހައިރާންކަން ގެނުވި ކަމަކަށެވެ. ޔަނާލްވެސް ދެލޯ ބޮޑުކޮށްލަމުން އަނގަމަތީގައި އަތް އަޅާލިއިރު، އަހަރެންނަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ.
“ބަލަ ތިއީ ކަލޭގެ އެއްބަނޑު އެއްބަފާ ކޮއްކޮއޭ.!” ބައްޕަގެ ޖުމްލަ ހީވީ އަހަރެންގެ ކަންފަތަށް ހަރާލި ދޮން ދަގަނޑުގަނޑެއް ހެންނެވެ. އިވުނު އަޑު ޤަބޫލުނުކުރެވިފައި އަހަރެންނަށް އަނގަހުޅިވިފައި ހުރެވުނީއެވެ. އަންނަންވީ ރުޅި ކަމެއް، ނުވަތަ ވާންވީ ދެރަކަމެއް، ނުވަތަ ގަންނަންވީ ލަދުކަމެއްވެސް އަހަރެންނަކަށް ނޭނގުނެވެ. ކުޑަމިނުން އަނގައިން ބަހެއް ބޭރުކޮށްލަން އަހަރެންގެ ދޫވެސް ޙަރަކާތެއް ނުކުރިއެވެ. ޔަނާލްއާއި ދިމާއަށް ބަލާލަންވެސް އަހަރެންނަކަށް ނޭނގުނެވެ. އަހަރެންގެ މުޅި ޙަޔާތް މި ބަދަލުކޮށްލެވުނީ އަހަރެންގެ ހުރި އެއްބަނޑު އެއްބަފާ ކޮއްކޮއަށްޓަކައި ހެއްޔެވެ؟ އަހަރެންގެ ވަށައިގެން ދުނިޔެ އެނބުރިގަތްހެން އަހަރެންނަށް ހީވިއެވެ. މިއީ ކޮންފަދަ ބޮޑު އިމްތިޙާނެއް ހެއްޔެވެ؟ އޯލެވެލް އިމްތިޙާނުގައި ފާސްވީގޮތަށް މި އިމްތިޙާނުން އަހަރެން ފާސްވާނީ ކިހިނެތް ހެއްޔެވެ؟ އަހަރެން ދެން ޔަނާލްގެ ކުރިމައްޗަށް އަރާނީ ކޮން މޫނަކައިގެން ހެއްޔެވެ؟ މިހުރިހާ ދުވަހު ހިތުގެ ފުންމިނުން އަހަރެން ޔަނާލްދެކެވީ ލޯބި ބޭބެއެއްގެ ލޯތްބަށް ބަދަލުކުރާނީ ކިހިނެތް ހެއްޔެވެ؟ އަހަރެންނަށް އެއީ ޙަޤީގަތެއްކަމަކަށް ޤަބޫލެއްނުކުރެވުނެވެ. އެހެނަސް އަހަރެން ޖެހޭނީ މި ޙަޤީގީ އިމްތިޙާނާއި ކުރިމަތިލާށެވެ.
-ނިމުނީ-
26 Comments!
Comments are closed.
vvv obi 🙂
Hama habeys kyp it up
V salhi
story varah varah salhi……Aslu hageegy loabi vevumah fahu varah undhagoo vaane handhaan nahthaalan ehen v maa mom nd dad ge mistake eh dhoa ey nubune dhinun layaan ves yanaal ves varah dheravaane
ވަރަށް ރީއްޗަށް ލިޔެފައިވާ ވާހކައެއް.ލިޔުންތެރިޔާއަށް އައްސަރިބަހާއި ސާބަސް.
Zim ur back…i was waiting for ur story…v salhi ingey…ur the best …
thanx all 🙂
Salhi
Varah Salhi vaahaka eh
V v v v salhi vaahaka eh….
layaan yanaal nanves varah eh vaththaru doh
Wowww!!!!v v reethi vaahakeh, thi gothuga kuriah dheyyy,
Wow….. Vvvvv reeethi
Masha allah vvvv rythi story…zim ge story eh ge inthizaruga huhtaa story kiyalan libunyma v happy vehje….kyp it up zim dhoony….wish u all the best!! Ehn story eh v avahah kiyalan libeyne kamah heekuran..
ow maee happy t c ur comment. thank u dear. n u 2 shuhu. happy to knw u were waiting 4 a story frm me. ehen story akah ves inthizaaru kohla inge 🙂 thanx all 4 d lovely comments
Zim..yanaal ah kurin ingey tha eiy beybe kan??? Story is nice., but I had this confusion.
yanaal ah engey nama egothah kanthakeh nuvees dhw? wat do u think? anehkka bappa kairiah dhaakah nuves kereyne ehnun beybe aa marry kuran vegen? confuse van jehey vareuge kameh hen zim akah hieh nuvey. cox its been said dat even she was in love with him. any ways. thanx Aaliya 🙂
varah reethi vaahaka eh…. ehen vaahaka akah inthixaaru kuran….
…..
NICE STORYYYYYY….KEEP UP DA GOOD WORK…BEST OF LK
najis vaahakaeh. hmmph.. ekam ves reethi
hehe najis ehchehi reethi va kudhin ves eba ulhey dhw 😛 thanx moyameeha 🙂
koba zim ge aneh huriha waahaka thakeh..mi Vahaka wes reethi
evaahaka thah neyy dhw mihaaru fennaakah. thanx Xee 🙂
Zim kurin lhiunu vaahaka tha kiyaalhan lhibyny gotheh nonaaanethr vvv bynu zim vaahaka thr kiyaalhan pls lps kiyeeny goyi hadhaa dhy balha pls pls
xim ge ehen vaahakatah kyhveta nufennanyy.i really love those