
ފަނާ 8
ރޭތަށް ނުނިދި ދިގުލާދަމު ދިޔައިރު މެންދަމުގެ ހަމަހިމޭން ވަގުތުތައް އަހަރެން ހޭދަކުރަން ކުރަންޖެހިފައިވަނީ ވޭނީ އަނިޔާގެ ތެރޭގައެވެ. ބޮޑުވަމުން ދިއަވަރަކަށް އަހަންނަށް ބަދަލުތަކެއް އައި އިރު މިޒާޖަށް ހަމަހިމޭންކަން ވެރިވެ މަންމަން ވަމުންދިޔައެވެ، އެއްވެސް މީހަކު އަހަންނާ ވާހަކަ ނުދައްކާއިރު އަހަރެން ވެސް އެންމެން ނާއި ދުރުހެލިވެ އެކަނިވެރިކަން ދަސްކޮށްފީމެވެ.ގޭގެ މަސައްކަތް ކުރުންފިޔަވާ ވަގުތު ތައް ހޭދަކުރަނީ ކޮޓަރިގައެވެ. މަންމަގެ ކަންތައް ހުންނަގޮތުން މިއެގެއެކޭ ކުޑަވަރެއްގެ ޑިސްކޯއެކޭ އެއްގޮތެވެ. އެކިޒާއްޒާތުގެ މީހުންނާއިގެން ރޭގަނޑުގެ ވަގުތުތަކުގައި ގޭތެރޭގެ ފަޅުކަން ފިލުވަމުން ދާއިރު ދުވާލުގެ ވަގުތުގަކުގައީ ވެސް މަންމަގެ ހުސްހަށިބައި އެކުވެރިން ގޭތެރޭެން ހުސް ނުވެ.ގޭގަ ފާފަކުރުން އިންތިހާއަށް ގޮސްފަވާއިރު ބޭރަށް ނިކުނަފަސްޖެހި ބިރުގަންނަފެށީ މަންމަގެ އެކުވެރިންގެ ނަޒަރު އަހަންނަށް އަމަޒުވަމުންދާތީއެވެ. ރޭގަނޑުވެއްޖެޔާ އަމުދުން އަހަރެން ނުނުކުނަމެވެ. އަހަރެން ބޮޑުވަމުންދާވަރަކަށް ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން އުދަގޫވާންފެށީ ލަމުންދާ ހެދުންތައް ކުރުވާން ފެށުމުންނެވެ. އާދޭސް ކުރަންބޭނުންނުވިޔަސް އެތަކެއްފަހަރު މަންމަ ކައިރީ އެއެއްޗެއްސަށް އާދޭސް ކުރެވިއްޖެއެވެ. އަހަރެން ބުރުގާ އަޅަން ބޭނުންވެގެން އެވާހަކަ ބުނުމުން މަންމަ އަހަރެންގެ އަނގައިގާ ހިފާގަތީނުން ލޭއަރުވާލިއެވެ. އެދުވަހު އަމިލްލަ ނަފްސުގެ ނިކަމެތިކަން ހިތަށް އެރިވަރުން ރޮވުނެވެ.އެހެނަސް ވަނެ ފައިދާއެއް ނެތެވެ.މީގެ ދެތިންދުވަސް ކުރިން މަންމަ އަމިއްލަ އަށް އަހަރެން ކައިރިއަށް އައިސް ހެދުން ގަންނަދާން އުޅޭށެބުނެ ތައްޔަރުވުމަށް ބުނިފަހުން އެތައް އިރެއްވީއިރުވެސް ހަބަރެއް ނުވިއެވެ. އަހަރެން އަދިވެސް އިންތިޒާރު މި ކުރަނީ އެވަގުތަށެވެ. އެކަމަކު އަންނާނެ ކަމުގެ ޔަގީން ކަމެއްވެސް ހިތަކު ނެތެވެ. ދޮންބައްޕަައެއްގެ މަގާމުގައި ހުރި އަޒާލްބެގެ މިޒާޖަށް ބަދަލުތައެއް އަންނަމުންދާކަން ފާހަގަވާން ފެށިތާވެސް ދުވަސް ތަކެއް ވެއްޖެއެވެ މަންމަ އަޒާލްބެގެ ދަރިއަކަށް ބަނޑޮބޮޑުވުމުން އެ ދަރިފުޅު ވައްޓާލީ ގަސްތުގައެވެ. އަޒާލްބެއަށް ނޭގި ނުވިހާ އޮޕްރޭޝަން ކޮށް ހެދިއިރު މަންމަ ބުނަމުން ދިއައީ ދެން ދަރިއަކު ބޭނުން ނުވާކަމަށެވެ. އެ ހުރިހާ ކަމެއް އަޒާލްބެއަށް ފަޅާއެރި ދުވަހު އަހަންނަށް ފެނުނީ އަޒާލްބެގެ އެހެން ސިފައެކެވެ. އަމިއްލަ ދަރިފުޅަށް މަންމަ އެހެން އެދުމުން އަޒާލްބެ މަންމަގައިގަ ޖެހުމާއި އަޒާލްބެގެ ރުޅިއާއިއެކަމުގެހިތާމައިގަ ރުއިތަން ފެނި އަމިއްލަ ދަރިއަކައި މެދު ބައްޕައެއްގެ ހިތުގައި އުފެދިފައިވާ ކުލުނު ފުރަތަމަ ފަހަރަށް ފެނުނެވެ. ެއަހަރެންވެސް ދެރަވީ މައުސޫމް ފުރާނައަކަށް މަންމަ އެގޮތަށް ހެދުމުންނެވެ. އެކަމު އަޒާލެބެގެ ލޮލުން ކަރުނައައިތަންފެނި ނޭގޭހަމަޖެހުމެއް ލިބުނެވެ. އަޒާލްބެގެ ހިތުގަ އަހަންނާމެދު އެއްވެސް ރަހުމެއް ނެތްއިރު އަޒާލްބެއަށް އަހަރެންވެސް މީ އަޒާލްބެފަދަ ފިރިހެނެއްގެ ދަރިއެއްކަންވެސް ނެގުނެވެ.އަދި އަހަރެންމީ ކުޑަ ކުޑަ ކުއްޖެކަންވެސް ހަނދާން ނައްތާލީއެވެ. ެ.ދުވަސްތައް ފައިތުވަމުންދިއަ ވަރަކަށް މަންމައާއި އަޒާލްބެ ގެ ގުޅުން ހީނަރުވެފަވާއިރު އެ ކަން ނުދައްކާ އަޒާލްބެ ވެސް ދިއައީ މަންމަ އާއިއެކު ގޭތެރޭ ގިނަކަން ކަމެއްގަ ބައިވެރިވަމުންނެވެ. އެހެނަސް އަހަންނަށް ކުރަމުންދާ އަނިޔާތައް ވަނީ އަހަރެންގެ ކޮޓަރީގެ ހަތަރު ފާރުތެރޭ ފޮރުވި ވަންހަނާވެފައެވެ.އެހެންރޭތަށް ފަދައިން މިރޭވެސް ނުނިދިފައި އޮއްވައި ފަތިސްވުމުން ތެދުވީ އަހަރެންގެ ދުވަސް ފަށަމުންނެވެ.
ހަވީރުގެ ވަގެތެވެ. އަހަރެން ސައިބޯން ބަދިގޭގަ ހުއްޓަ ވަރަށް ރީތިވެލައިގެން ފުޅާހިނިތުންވުމެއްގަ މަންމައައިސް އަހަރެންކައިރިއަށް ހުއްޓި ވަރަށް ފަރުވާތެރި ކަމާއެކު އަހަންނާދިމަލަށް ބަލާލިއެވެ. އަހަރެންހުރީ ދެންވާނެގޮތެއްނޭގި ނެވާވެސް އެތެރެއަށް ހިންދާލައިގެންނެވެ. ކުއްލިއަކަށް މަންމަ ބާރަށް ހީގަތެވެ. އަހަރެނަށް ބޭއިހްތިޔާރުގައި ހިނިތުންވެވުނީ އަބަދުވެސް ލިބެމުންދާ ނަފްރަތުގެ ބަދަލުގަ މަންމަގެ އުފާވެފައި އައިސްހުރުމުންނެވެ. ” އައްޗީ އެއްކަލަ ބަބުރު ކުއްޖާގަނޑު ބޮޑުވިއަސް އަދިވެސް ފަސްއަހަރު ކުދިން ލާ އުޅޭ ކުރުހެދުންބުރި ދޯ ލައިގެން ތިއުޅެނީ ލަދެއްނެތީތަ ހަމަ ކުޑަކޮންވެސް ހަރުލާފަ، ހިއްސުކެޑިފަތަތިހުރީ ތިމާ ޖޯކަކަށްވެގެން މަ ރައްޓެހިނަށް އެންޓަރޓޭން ކޮށްދޭން އެމީހުންގެ ކުރިމަތީ ހަތް ބުރުޖަހަނީތި ، ހަނދާންކުރާތި މަމިބުނާ އެއްޗެއް މާދަމާ މަގޭ ރައްޓެހި ބޮޑު މުއްސަންޖެއް މިރަށައް އަންނާނެ، އެއީ މިދިވެހި ރާއްޖޭގެވެސް އެންމެ ނަންވިދާލާ މީހެއް ކަލޭ އޭނަ ކުރިމައްޗަށް ނުކުނާނީ ވަރަށް ރީތިވެގެން ހުރިހާ ގަޑިއެއްގަވެސް މަމިދޭ އެއްޗެހި ލާނީ ، ހެދުނު އޭނަހޭލުމުން އޭނަކާހިތްވާ އެއްޗެއް އަހައިގެން ނުނީ ކާއެއްޗެހި ނުހަދާތި، ކަލޭ ޖެހޭނެ ވަރަށް ރަގަޅަށް އޭނައަށް ހިދުމަތް ކޮށްދެން، އޭރުންމަބޭނުންވާ ފައިދާ މަށައް ވާނީ ކަލޭއަށް މަށައް ދުވަހަކު ފައިދާވާ ކަމެއް ކޮށްދެވިފަ ނެތެންނުދޯ، މީލިބުނު ރަނުގެ ފުރުސަތެއް މަ ކަލެއައްދޭ އެއްޗެހީގެ ބަދަލު އަދާކުރަން، ހަނދާން ކުރާތި ވަރަށް ރަގަޅަށް ކަންތައް ކޮށްދޭތި، އަދި ތި ބަބުރު ސިފާގަ އޮޅުމެއްގަވެސްއޭނަ ކުރިމައްޗަށް ނާރާތި،، އާދެ އަހަންނާއެކު ދާން ކަލޭގެ އެއްޗެހި ބަލާ”މަންމަ ހެވިފަ ހުރެ ފައްޗަކަށް އެތިވަރެއް އަމުނާލިއިރު އަހަރެނާއި މެދު މަންމަ ދެކޭ ގޮތްފެނި އަސަރު ކުރިއެވެ، އެހެނަސް އެ ހިތާމަ ފޮރުވާލީ ހިނިތުންވުމަކަށްވީ އަހަރެންނަށް ހެދުން ގެނެސްދިންކަންއެގުމުންނެވެ. ވީއުފަލުން މަންމަ ފަހަތުން ހިގާލަފައި ގޮސް އެކޮޓަރިއަށް ވަތްއިރު ލޯ ބޭގަރާރުވެ އެދެމުނަދިއައީ އަވަހަށް އެ ބެލުމަށެވެ. ކޮޓަރި ދޮރުކައިރީ ބީރައްޓެއްސެފަދައިން އަހަރެން މަޑުކުރަން ޖެހުނީ މަންމަ ހުއްޓެން އިސާރާތް ކުރުމުންނެވެ. މަންމަގެ ކޮޓަރިއަކީ އަބަދުވެސް އަހަންނަށް ބަންދުވެފައިވާ ތަނެއްކަން ހަނދާންކޮށްދިނީއެވެ،އިރުކޮޅެއްނުވަނިސް ނުކުމެ މަންމަ އަހަންނަދިއްކޮށްލިކޮތަޅުތަށް ހިފައިގެން ކޮޓަރިއަށް ދިއައީމެވެ،އެހުރިހަ ކޮތަޅުތަކެއްގައި ހުރި އެއްޗެހި ފެނި އަހަރެންގެ ދެލޯ ތަންމިނަށް ހުޅުވާލެވުނީ ލިބުނު ހައިރާންނެއްގެ ސަބަބުންނެވެ. އަހަރެން އުއްމީދުކުރިފަދަ އެންމެ ހެދުމެއްނެތްތާގަ ހުރީ ކުރު ޓޮފްތަކާއި ޓައިޓް ކޮޅުތަކަކާއި ކުރު ހެދުން ތަކެކެވެ އަދިއެވެސް އަތްއެގޮތަކަށްވެސް ނެތްއެއްޗެއްސެ ބުނުންވެސް ދޮގަކަށް ނުވާނެވެ، ދެރަވިވަރު ލޮލުން ފެންއަންނަފެށިއެވެ، އެ އެއްޗެހި ކޮށާކުދިކުރަންވެސް ހިތަށް އެރިއެވެ، އެހެނަސް އެކަންކުރެވޭކައް ނެތެވެ، އެއަށްވުރެ އަހަންނަކީ މާ މަޖްބޫރު މީހެކެވެ. ކޮތަޅުތަކުތެރޭ ހުރި އެއްޗެހިތަކުތެރޭ ސެންޓު ފުޅިއަކާއެކު އޮތް މޭކަޕްސެޓެއް ފެނުމުން އެނަގާ ހުލުވާލެވުނީ އެއީ ކުޑައިރު އަހަރެން އެންމެ ބޭނުންވެގެން އެދިއެދި ރުއި އެކައްޗަށް ވާތީއެވެ. ނަމަވެސް މިފަހަރު އެފެނުމުން އަހަރެންވީ ފޫއްސެވެ، މިއަދު އަހަރެންގެ އަގެއް ނެތް ޖިސްމަކަށް އޭގެ ބޭނުމެއް ނެތެވެ.އެ ހުރިހާ އެއްޗެއް ނަގާ އަލާމާރި އަށް ބޮޑިކޮވާލީމެވެ. ވީފޫއްސާއި ދެރައިގެން ސަބަބުން އަހަރެންގެ ހިތްމަރުވާގޮތްވިއެވެ އެދުމަށްޗައް ވެއްޓިގަނެވުން އިރު ރޮވެމުންދިއައެވެ،ް މަންމަގެ ބޭނުން ނޭގުނަސް މަންމަގެ މަގްސަދަކީ އެއަންނަ އެކުވެރިއެއްް ކުރިމަތީ އަހަރެންމީ މަންމަ ގެންގުޅޭ އެކުވެރިން ފަދައިން އުޅޭމީހެއްކަން އެންގުން ކަންނޭގެއެވެ. ރޯންއޮވައި ނިދުނުއިރެއް ނޭގުނެވެ، އެހެނަސް ހޭލެވުނީ ދަންވަރުގެ އަނިޔާވެރިއާގެ އިހްސާސް ކުރެވުމުންނެވެ، ބާރެއްނެތަސް އެކިއެކި ގޮތްގޮތުން އެހަށިގަނޑުގައި އަހަރެން ވެސް ލަކުނުތަކެއް ލެއްވީމެވެ،އެހެނަސް އޭގެން އެ އިންސާނާއަށް އެއްވެސް ގެއްލުމެއް ނުވާނެކަންވެސް އެގިހުރެއެވެ.
އަރައިގެން އައި އިރާއެކު އަހަރެންވެސް އުޅުނީ ގެތެރޭގެ މަސައްކަތް ނިންމާ ގޭ ސާފްކުރމައިގެންނެވެ، މަންމަގެ އަމުރާއި ހިލާފަށް ކަމެއްވެއްޖެއްޔަ ވާނެ ގޮތާއި ލިބޭނެ އަނިޔާއަކުން ސަލަމަތް ވުމަށް އޮތް މޮޅުގޮތަކީ އަހަރެންގެ ހަށީގައި ހުރި ހިތްވަރަކައި އެކު ކުރެވުން އެންމެ ރަގަޅަކަށް ކަންތައް ކޮށްނިންމުމެވެ. އިރުގެ ތޫނު ހަމަލާތަކުން އަހަރެންފިހެވެމުންދިއައިރު ލިބެމުންދާ ދިލަވޭނަށް ބެލުމެއްނެތި މުޅިގޭވަށާގެން ސާފަކޮށްހަދާ ނިމުނުއިރު ނުވައެއްޖެހީ އެވެ. ހުރިހާ ކަމެއް ނިމުމުން ކާންވެގެން ބަދިގެ އަށް ވަންއިރު މަންމައާއި ޒާއްތަ އާއި އަޒާލްބެ ކައިގެން ނުކުމެއެވެ. “މާހީ އަހަރެން މިދަނީ އެއާރޕޯރޓަށް ދާން ހަނދާން ކޮށް އަހަރެމެން އައުމުގެ ކުރިން އިއްޔެ ބުނި ހުރިހާ ކަމެއްމަ ކިޔާދިން ގޮތަށް ކުރާތި” މަންމަގެ ޖުމްލައާއި އެކު ޒާއްތަ އާއި މަންމަ ނުކުމެދިއުމުން އަޒާލްބެ ހެވިފައި އަހަރެން ކައިރިއައިސް އަހަރެންގެ އަތުގައި ހިފަ ދަމައިގަނެވެ. ކޮންޓްރޯލްނުވެ އަހަރެންގެ ހަށިގަނޑު އައިސް ތަތްވީ އަޒާލްބެ މޭގައެވެ. ލިބުނު ސިހުމުން ދެލޯބޮޑުވެ މީހާ ތުރުލަމުން ދިއައިރު އަޒާލްބެގެ މޫނު އަހަންނާ ކައިރި ކުރަމުން ދިއައެވެ.އަހަރެންނަށް އަޒާލްބެގެ މުބައި މަގްސަދު ވިސްނި ސަލާމަތަށް އެދި ދެކޮޅު ހޯދާލެވުނު އިރު އަޒާލްބެގެ ފުރަގަހުން ޖެހިގެން އޮތްމޭޒުގަ އޮތްވަޅި ފެނި އެއަށް އަތްފޯރުވޭތޯ މަސައްކަތް ކުރެވެންފެށިއެވެ. ލިބުނުކުއްލިހިތްވަރާއި އެކު ވަޅީ ނެގެވުމާއި އެކު އަތަށްލެވުމު ބާރެއް ލައި އަޒާލްބެއަށް ހަމަލާދިނީމެވެ.އެ ކުއްލިހަމަލަޔަށް ތައްޔާރު ނުވެހުރި އަޒާލްބެ ސިއްސައިގެން ގޮސް ވިއްސާލި އަތް ގޮސް ކާމޭޒުމަތީ ހުރި ތައްޓެގައި ޖެހި އެ ވެއްޓުނު އަޑަށް އަހަރެން ހަމަހޭވެރިވިއިރު އަޒާލްބެގެ ހަޅޭކައި މަންމަގެ އަޑުވެސް ކަންފަތުގައި ގުގުމާގަތެވެ. ފެންތަށް އޮހެމުންދިއަ ޒިންކްތެރެ ވަޅިލާބަލާލިއިރު މަންމަ ކިހިނެތްވީހޭ ކިޔާ ބަދިގެ އަށްވަދެ އަޒާލްބެ އާ އަރާހަމަކުރަނީއެވެ. އަލިފާންވެފައިވާ އަޒާލްބެގެ މޫނުފެނުމާއި އެކު އިސްޖަހަލެވުމުން ފެނިގެން ދިއަ ލޭތިކިތަށް ފެނި އިސްނަގަ ބަލާލިއިރު އަތުން ފައިބަމުންދާ ލޭތަށް ހުއްޓުވޭތޯ ފޮތިގަނޑެއް އަޅަން މަސައްކަތް ކުރަމުންދިއަ އަޒާލްބެގެ އަތްފެނި މަންމަ ހީވީ މޮޔަވިހެނެވެ. މަންމަގެ ނަޒަރު އަމަޒްވީ އަހަނަށެވެ. ކުއްވެރިއަކީތިއޭ ބުނެލިކަހަލައެވެ. ނަމަވެސް އަޒަލްބެ އިސާރާތް ކުރީ ވެއްޓިފައި އޮތްތައްޓާއި ދިމައަށެވެ. އެތަށި ވެއްޓެނިކޮށް ނަގައުޅެނިކޮށް ކައްސާލީ، ފަހާތުގައި ހުރި ޒާއްތަގެ ސުވަލުން އަޒާލްބެ ހަސްވެ ދިން ޖަވާބުން މަންމަ ހަމައަކަށް އެޅި އަވަސް ވީ އަޒާލްބެގެ އަތަށް ފަރުވަ ދެވޭތޯއެވެ. ނަސީބެއްނު ބޮޑުވަރެއް ނުވިކަން އެހުނޫނީ ޖެހެނީ މަރުކަޒަށް ދާ މިހަރުވެސް މަލަސްވެއްޖެ އަވަސްކުރޭ ތިދެމީހުން” ޒާއްތަ އަށް ވެސް ވީ ކުޑަކުޑަކަމަކަށެވެ، ދެންމެ މިތާގަ ހިނގި ކަންތަގަނޑު ބޮޑުވި ހަމައެކަނި އަހަންނަށެވެ.ހުރިހާކަމެއްނިމި ކާރަށް ގުޅާ މަންމަމެން ދާންނިކުއިރު ނުވަގަޑިބައިވަނީއެވެ.ކަރުގެ އިންތިޒަރުގައި ހުރެފައި އަޒާލްބެ އެވަގުތުގެ ބޭނުންހިފަ އައިސް ފެންބޯކަމަށް ހެދި އަހަރެންގެ ކަންފަތްކައިރިއައިސް ބުނެލީ އެކަމުގެ ބަދަލުހިފަނީ ހީވެސްނުކުރާހެން ކަމުގައެވެ. އެމީހުން އަހަރެންގެ ލޯމައްޗަސް ގެއްލިގެން ދިއުމުން ސައިބޯފަހުރި ތަށިތައް ނަގަ ސާފްކޮށް ހެދިއިރު ޒިންކުތެރޭގައި އޮތްވަޅީގައި ހުރި ލޭގެ އަސަރުފެނި އެނަގާ ބަލަލީމެވެ. އަހަރެން ދުވަހަކުވެސް އުއްމީދު ނުކުރާކަމަކީ އަހަރެންގެ ފަރަތުން މީހަކަށްގެއްލުދިނުމެވެ. އެހެނަސް ދުނިޔެމަޖްބޫރުކުރަމުން މިދަނީ ކޮންފަދަކަންތައްތަކެއްބާއެވެ. މާތްﷲ އަހަރެންގެ އަތުންފައިން ހަރާންކަމަކަށް އެރުނަިނުދީ ރާއްކަތެރިކޮށްދެވުމަށް ހިތާހިތުން ދުއާކުރެވުނެވެ. އަހަރެން ސައިބޯން ބޭނުންނުވުމުން ހަމައެކަނީ ކޮފީ ތައްޓެއެް ބޮއިގެން ފެންވަރަ ރީތިވެލީ މަންމަ އަންަގާފައޮތްގޮތަށެވެ. ކަކުލައި ހަމައަށް އަންނަ ޓައިޓް ކޮޅަކާއި ހިސާބަކަށް އަތްހުރި ރަތްޓޮޕެއް ލުމަށްފަހު ހަޔަތުގަ ފުރަތަމަ ފަހަރަށް މޭކަޕުގެ ބެނުން ކޮށް މޫނުގެ ތަޒާކަން ގެނުވިއިރު ހީވަމުންދިއައީ އަމިއްލަނަފްސު ކޮށަމުން ދިއަހެންނެވެ. ކުރިމަތިން ހުރި ލޯގަނޑުން ކިތަންމެ ރީތި ސިފައެއްގައި އަހަރެން ފެނުނު ނަމަވެސް އެއީ އަހަރެންގެ ކެހިވެރިޔާ ކަމުގައި ދެކެވުނެވެ. ރީތިވެލައިގެން ނިކުތީ ސިޓިންރޫމްއަށެވެ. ބެލްގެ އަޑަށް ދޮރާދިމާއަށް މިސްރަބުޖެހީމެވެ. މަންމަމެންައައީ ކަމުގަ ހީކުރެވުނަސް ތަޅުދަނޑި މަންމަ އަތުގައި އޮންނާނެކަން ޔަގީނެވެ. ހުޅުވިގެން ދިއަދޮރާއިއެކު އެތެރެއަށް ވަން މަންމަ އާއި ޒާއްތައައި އަޒާލްބެގެ އިތުރުން ބިޔަހަށިގަނޑެއްލިބިފައިވާ ދިގު މީހަފެނި ބަލާލެވުނު ނަޒަރު އަނބުރާަލެވުނީ އެމީހާ ފަހަތުން ވަން ޒުވާނާއަށެވެ، ދުވަހަކުވެސް ނުދެކޭހާ ރީތި ހޫރެއްލީނެއް ފަދަ އެ ޒުވާނާ ފެނި ނޭވާތާށިވިއިރު ހިތުގެ ކަނެއްގައި އަޖައިބެއްކަހަލަ އިހް ސާސެއް ދުވެލާގަތެވެ……………………..ނުނިމޭ
15 Comments!
Comments are closed.
Reethi..ahdhives thankohlhe dhigu kohlabala..konirakun next part up kohlanee
V NICE…..
WAITING FOR NEXT PART…..:)
Nice
varah reethi.. Beynun varah avahah Next part kiyaalan
VVVV salihi mi story
mi site ga thafaathu vaahaka akah fenunee mi story vv interestin, abdhu lovestory kiya kiyaa foohivehje mihaaru, mikahala stories ah umeedh kurevey
i love thx story
THANK YOU ALL 🙂 TRYIN TO UPLOAD NEXT PART SOON.
REETHII..WAITING FOR NEXT PART..:)
V nice
V nice
V nice waiting for the next part…
V nyc story. Alhe plx writer maahy ah dheragoi nuhadhaabala v sad vey heevanee real khves fenahen maahyge sad life
V nice..next partavas plxxx
dhen maa haasaru body ehenwe warah vai abadhu eh kameh mi vani 7 epi nimun iru wes