އާދަޔާ ޚިލާފު މަރެކެވެ.
ހަޤީޤީ ހާދިސާ
އެދުވަހު އަހަރެން ޔުނިވަރސިޓީގެ ފާހާނާ ތެރެއަށް ވަނީ އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް ނޫނެވެ. އެހެނަސް، ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަހަރެންނާ އެއްކޮށް ކިޔަވާ މާޒިން ނަމަކަށް ކިޔާ ސާޅީހަކަށް އަހަރުގެ ފިރިހެނެއް ފާހަނާ ތެރެއަށް ވެއްޓިގެން އެތަނަށް ބައިވަރު މީހުން ޖަމާވެފައި ތިއްބެވެ.
“ކިހިނެއްތަވީ؟” އަހަރެން އެމީހުން ގާތު އެހީމެވެ. ” އޭނަ ނޭވައެއް ނުލާ. މުޅި ގައި ފިނިވެފަ. ހީވަނީ ދިރުމެއް ނެތް ހެން. ވަރަށް ނުބައިވަސް އެބަދުވާ. އެކަމަކު އޭނަ ހަމަ ދެންމެ ފާހަނަ ތެރެއަށް މަރުވެގެން ވެއްޓުނީ. ނޭނގެ އެހާ އަވަހަށް ނުބައިވަސް ދުވަންވީ ސަބަބެއް.” އެތާ ހުރި މީހެއް ޖަވާބުދިނެވެ.
އަހަރެން އެމްބިއުލެންސަށް ގުޅާފައި މާޒިން ނެގޭތޯ އުޅުނީމެވެ. އެމީހާ ބުނިގޮތަށް މާޒިން ނޭވައެއް ނުލައެވެ. ހާސްވެފައިވާ ވަރުން މުޅިގައިން އޮށްދާތިކިތައް ފައިބަން ފެށިއެވެ.
“އަހުމަދު، އެމްބިއުލެންސަށް އަވަހަށް މީނަ އަރުވަން ހިނގާ. ދިރޭނެ ކަމުގެ އުންމީދެއް ނެތް.” ކަރީމް މިހެން ބުނުމުން އަހަރެންނާ އަދިވެސް ހަތަރު މީހުން ވެގެން މާޒިން އެމްބިއުލެންސަށް އެރުވޭތޯ އުޅުނީމެވެ. ބަރުކަމުން މާޒިންގެ ހަށިގަނޑު އުފުއްލަން ޖެހުނީ ގައިގައި ހުރިނަމަ، ހުރި ބާރެއް ލާފައެވެ.
ހޮސްޕިޓަލަށް މާޒިން ގެންދެވުނު ފަހުން ބައިގަޑިއިރު ވަނީއެވެ. އަހަންނާ ކަރީމް ތިބީ ޑޮކްޓަރުން ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ކަރީމް، މާޒިންގެ އަންހެނުންނަށް ގުޅާފައި އެވާހަކަ ބުންޏެވެ. މާޒިންގެ އަންހެނުން، މުފީދާ ވަރަށް އަވަހަށް ހޮސްޕިޓަލަށް އަންނާނެ ކަމަށް ބުންޏެވެ.
“މުހައްމަދު މާޒިންގެ ދިރުމެއް ނެތް. މަރުވެފައި ވަނީ ޤުދުރަތީ މަރަކުން. ވީމާ އަވަހަށް މީނަ ހިނަވަން ގެންދަންވީ. މަރު ސާބިތުކުރެވިއްޖެ.” ޑޮކްޓަރު އައިސް އެހެން ބުނުމުން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. ނޮރޯން ވަރަށް ހިތްވަރު ކުރީމެވެ.
ހިނަވާ އާސަހަރާއަށް މާޒިންގެ ހަށިގަނޑު ގެންދެވުނެވެ. މުފީދާއާއި އޭނަގެ އާއިލާގެ މީހުން ހަމަ އަޑުން އަޑުނަގާ ރޮނީއެވެ. ކަން ދިމާކުރި ގޮތުން މާޒިންގެ ހަށިގަނޑު މާ ބަރުވުމުން ހިނަވަން ތިބި ދެމީހުން، އަހަރެންނާ ކަރީމްގެ އެހީއަކަށް އެދުނެވެ.
މާޒިންގެ ހަށިގަނޑު މިވަގުތު ފެނުމުން އަހަރެމެން ދެމީހުންނަށް ހައިރާންކަމެއް ލިބުނެވެ. ކުރިއާ ޚިލާފަށް އޭނަގެ މޫނު ވަނީ ދެލިގަނޑެއް ވަރަށް ކަޅުވެފައެވެ. ސިފަ ގެއްލިފައެވެ. ދެއަތް ހުދުކަމުން ގޮސް ހީވަނީ ހުދު އައްޔެއް އޭނަގެ އަތުގައި ވާހެންނެވެ. ނުވީތާކަށް، ގައިން ދުވަނީ ކުނި ވަހެވެ.
މާޒިން ގައިން ދުވާ ވަހުން ކެތްނުކުރެވިގެން ހިނަވަން ތިބި ދެމީހުންނާ އަހަންނާ ކަރީމަށް ޖެހުނީ މޫނުގައި މާސްކް އަޅައިގެން ތިބެ ހިނަވާށެވެ. މާޒިން ހިނަވާ ނިމުނުއިރު އަހަރެމެން އަވަދި ވެއްޖެއެވެ.
އަސުރު ނަމާދަށް ފަހު، މާޒިންގެ ހަށިގަނޑު ވަޅުލިއެވެ. އާސަހަރާއިން ނިކުތްއިރު ބޭރުގައި މުފީދާއާއި އޭނަގެ މަންމަ ތިއްބެވެ. ހިނަވަން ވަންއިރު މާޒިންގެ ހަށިގަނޑުން ފެނުނު އާދަޔާ ޚިލާފު ކަންތައް، މުފީދާއާ ހިއްސާކުރީމެވެ.
މުފީދާ ރޮއެގަނެފައި ބުންޏެވެ. “އޭނާ ނަމާދެއް ނުކުރެއެވެ. އޭނާ ނަމާދެއް ނުކުރެއެވެ.” މާނައަކީ މާޒިން ނަމާދަށް ފަރުވާކުޑަކޮށް ނަމާދު ވަގުތު އެޅިއެވެ.
އަހަރެންނަށް ގެއަށް އާދެވުނީ މާޒިނާ އޭނަގެ އަންހެނުން އެދެއްކި ވާހަކަތަކާ ދޭތެރޭ ވިސްނަމުންނެވެ. ނަމާދު އަޅާމީހުންގެ ނިމުންވެސް ހިތިވާނެކަން އަހަންނަށް ތަޖުރިބާ ކުރެވިއްޖެއެވެ. މާޒިނަކީ އޭނަގެ ރަހްމަތްތެރިންނަށް ވަރަށް އޯގާތެރި މީހެކެވެ. އެހެނަސް އޭނާ ނަމާދަށް ވަނީ ފަރުވާ ކުޑަ ކޮށްފައެވެ.
ނަމާދަކީ ހުރިހާ ހެޔޮކަމަކަށް މަގުފަހިކޮށްދޭ، ނުބައި ކަންތައްތައް ނަހީކުރާ އަޅުކަމެކެވެ. ވީއިރު ނަމާދުކުރުމުން އެލިބޭ ހިތްހަމަޖެހުން ހޯދުމަށްޓަކައި ފަރުޟު ފަސް ނަމާދުގެ ވަގުތުތަކަށް ފަރުވާތެރިވަމާތޯއެވެ.
” އަދި އެބައިމީހުން ބުނާނެއެވެ. ތިމަންމެންނީ ނަމާދުކޮށް އުޅުނު މީހުންގެ ތެރޭގައި ވީ މީހުންނެއް ނޫނީމެވެ.”
( ނިމުނީ )
32 Comments!
Comments are closed.

HABEYS..LUV THIS STORY..:)
thanks.
perfect, gud job athoo 🙂
thanks zim
varah reethi. v ibraitheri. mikahala vAhaka ginain genesdheyn veenu.
Tharujamaa ehtha? Ibrathun furigen vaa haadhisa eh 🙂
V nyc ibraiyy theri vaahaka eh.mikahala ibraiyy theri strys thakah inthixaar kuran
thanks sha, aisha, nuha.
vvv reethi ibraiyy theri story eh…thanks for writing such a story…
thanks hai.
V ibraiy theri. But mi vaahaka adu ehi handhaaneh vey.
v ibraitheri………. thnkx athoo…………
v v rythi…….. ibraitheri waahaka eh…………. thnkx athoo…….
Yeah maves mi vaahaka adu ehi hadhaaneh vey. Copy eh tha anehkkaa?
thanks Anonymous, faai, sweety.
athoo ah engeyni mulhin vs copy kuran btw mi copy salhi 😉
thanks reader athoo
Mee copy eh tha?
athoofa mee hageegee haadhisaa eh. thanks
V ibraiytheri n nyc story ehhhh…
thanks Eye-Shaa
Reethi varah
Wow athooo!!! this is sooo guD!!!! thnkx athooo!!!!! luv this!!!
thanks haf and hoody.
Mi story varah varah reethi, varah iburah teri.. kiyaanimuiru gain heebihi nagaagen dhiyayee.. maai Allah inshaana mi dhuniyei ah fonuvany varah bodu magusadheigaa.. Hama efadainn Namaadhu aharemenahtakaa vaazibu kurahvaafaaves vany varah bodu magusadheigaa.. euves inshaanaku namaadah faruvaakudakoh namaadu alaaigen nuvaane.. fahe aharemen namaadu kurany Aharemenahtakaa.. konme meehakuves visnaalan eba jehey maru vumah fahu gendheveynee konfaavaa heyo amalukan.. Maai Allah hurihaa alhuthakunah thedumagu dhahkavaa dheyin Ameen..
Thanks author, and Aameen alhamennan heyo goi minvaru kurahvaa ragalhu marakun maru gannavaashi aameen.
nice.. remarkable
Thanks shaam.
dhariyaa athoo konthaakun vaahaka liyas dhas kuree
Thibuny?
reethi 😀
V V V IBURAITHERI