Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ސާޔާ (10 ވަނަ ބައި)

ކުޑާ Level 110 Stories
May 8, 2015 5 Mins Read
18 Comments

މާހިލްއަށް ސާޔާ ގޮވައިގެން އެތެރެއަށް ވަންނާކަން ނުކެރުނެވެ. އަސްލަމް ހީކޮށްފާނެ އެއްޗަކަށް ވިސްނާލާފައި ސާޔާ މޫނުގައި ދެތިން ފަހަރަކު މަޑުމަޑުން ޖަހާލިއިރަށް ނަސީބަކުން ލޯހުޅުވާލައިފިއެވެ. ހޭވެރިކަންވުމުން ސާޔާ މާހިލްއާ ދުރަށް ޖެހިލިއެވެ. ދެއަތުން ކޮތަޅުތައް ހިފައިގެން ސާޔާގޮސް ގޭތެރެއަށްވަނީ މާހިލްއަށް ބަލައިވެސް ނުލައެވެ. ކޮޓަރިއަށްވަތް ގޮތަަށް އަތުގައި ހުރި ކޮތަޅުުތައް ދޫކޮށްލާގައި ސާޔާ އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ހިޔާލުގައި ކުޑަ އިރުކޮޅެއް ކުރިން ވެދިޔަ ކަންތައް ތަކުރާރުވާންފެށިއެވެ. މާހިލްއަށް އެހާ އެދެވޭ އިރުވެސް އެގޮތަށް ކަންތައްް ކުރެވުނީތީ ސާޔާ ދެރަވިއެވެ. މާހިލް އޭނާއާ ދޭތެރޭ ވިސްނާނެ އެއްޗެއްވެސް ނޭނގެއެވެ.

މާހިލް ކޮޓަރިތެރޭގައި ނުނިދިފައި އޮތްއިރު އޭނާގެ ހިޔާލުގައިވެސް ވަނީ ސާޔާއެވެ. ހަމީދުގެ ސަބަބުން ސާޔާއަށްވަނީ ނަފްސާނީ ގޮތުން ވަރަށް އަސަރު ކޮށްފައިކަން މާހިލްއަށް އެނގުނެވެ. ކޮންެމެ ގޮތެއް ހަދާފައި ނަަމަވެސް ސާޔާގެ ބިރު ކަނޑުވާލަން މާހިލް ބޭނުންވިއެވެ. އެހެން އޮއްވައި ފޯނު ރިންގުވާ އަޑަށް ބަލައިލިއިރު ސްކްރީނުން ފެންނަންއިން ސާޔާގެ ނަން ފެނިފައި މާހިލް އިނީ ގަބޫލުނުކުރެވިފައެވެ. ވެދިޔަ ކަންތަކަށްފަހު ސާޔާ ގުޅާފާނެކަަމަކަށް މާހިލް ހިއެއް ނުކުރެއެވެ. ސާޔާ މާހިލް ކައިރިން މާފަށް އެދުނެވެ. ސާޔާ ވާހަކަ ދެއްކީ މަޑުންނެވެ. ސާޔާއަށް ނިދުނީ މާހިލްއާ ވާހަކަ ދައްކަން އޮއްވައެވެ.

 ސާޔާ ކައިރީގައި މާހިލް ބޮޑު ވާހަކައެއް ބުނަންވެފައި އޮތޭ ބުނުމުން ހުރީ ހިތްއަވަސް ވެފައެވެ. ފޯނުން ބުނާށޭ ބުނީމައިވެސް ފޯނުން ބުނާ ކަހަލަ ވާހަކައެއް ނޫނޭ ކިޔާފައި ނުބުންޏެވެ.

ސާޔާ ފެންވަރާލައިގެން މާހިލް އޭނާ ބަލައި އަންނާވާއިރަށް ރެޑީވެލިއެވެ. މިރެއަކީ ހާއްސަ ރެއަކަށްވާނެކަން އެނގޭތީ އޭނާ ތައްޔާރުވީވެސް އެހެންޏާ ތައްޔާރުނުވާހާ ފުރިހަމައަށެވެ. ކުރިން ރީތިވުމަށް ސަމާލުކަން ނުދެވުނަސް މިހާރު ބޭނުންވަނީ މާހިލް ފެންނަ ހިސާބުގައި އަބަދުވެސް ރީތި ވެލައިގެން ހުންނާށެވެ.

މާހިލް ބުނިގަޑިއަށް އޭނާ އަތުވެއްޖެއެވެ. މާހިލް އައިސް ގޭތެރެއަށް ވަނުމުން ސޯފާގައި އިން އަސްލަމް ތެދުވެފައި ސަލާމް ކޮށްލިއެވެ. އަސްލަމް މާހިލް ސާޔާއަށް ވެދިން އިހުސާންތެރިކަމުގެ ސަބަބުން މާހިލްއަށް ވަރަށް އިހުތިރާމް ކުރެއެވެ. ސާޔާ ނުކުތީ މާހިލް އައިސް އިންނަތާ ދިހަވަރަކަށް މިނިޓްވީ ފަހުންނެވެ.

މާހިލް އަސްލަމް ކައިރީގައި އިންތަން ފެނިފައި ސާޔާ ހުރީ ފާޑަކަށް ޖެހިލުންވެފައެވެ. ދުރުގައި މަޑުކޮށްލައިގެން ހުރި ސާޔާ ފެނުުމުން  މާހިލް އަތުން އިޝާރާތް ކޮށްލާފައި އަންނާށޭ ބުނެލިއެވެ. ސާޔާ ގޮސް ވަކިން ހުރި ސޯފާގައި އިށީދެލިއެވެ. ބަހެއް ނުކިޔާ ސާޔާ އިނީ މާހިލްއާ އަސްލަމްގެ ވާހަކަތައް އަޑުއަހާށެވެ. އެހެން އިނދެފައި ކުއްލިއަކަށް މާހިލް ދައްކަން ފެށި ވާހަކައަކުން ސާޔާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. “ބޭބޭ އަޅުގަނޑު ބޭނުން ސާޔާއާ ކައިވެނިކުރަން..” އަސްލަމް ބަލައިލީ ސާޔާއާ ދިމާއަށެވެ. ސާޔާ އިސްޖަހާލައިގެން ރަކިވެފައި އިންތަންފެނި އަސްލަމް ހިނިތުންވެލިއެވެ. އަސްލަމް ބުނީ އޭނާ މާހިލްއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އެކަމަކު ގޮތެއް ނިންމާނީ ސާޔާ އަމިއްލައަށޭ ކިޔާފައި އަސްލަމް ތެދުވެގެންގޮސް ކޮޓަރިއަށްވަނީ އެދެމީހުންނަނަށް ވަގުތު ދިނުމަށެވެ.

އަސްލަމްގޮސް ކޮޓަރިއަށް ވަނުމުން މާހިލް މަޑުމަޑުން ސާޔާގެ އަތުގައި ހިފާލިއެވެ. ސާޔާ އިންގޮތަށްއިނީ މާހިލްއާ ދިމާ ބަލަން ނުކެރިގެންނެވެ. “ސާޔާ ބުނެބަލަ ސާޔާއަށް އަހަރެންގެ މިހުށައެޅުން ގަަބޫލުތަ.. ސާޔާގެ ބައްޕަ މިގުޅުމަށް ވަރަށް ރުހޭކަން އަހަންނަން އެނގިއްޖެ ދެން ބޭނުންވަނީ ހަމައެކަނި ސާޔާގެ ޖަވާބެއް..” މާހިލް އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ސާޔާ ބަހެއް ނުބުނެއިން ގޮތަށް އިީއެވެ. އެންމެ ފަހުން މާހިލް ދަނީއޭ ކިޔާފައި ތެދުވެގެން ހިނގައިގަތް ތަނުން ސާޔާ ނޫނެކޭބުނެެފައި ތެދުވެގެން އައިސް މާހިލް ގައިގައި އޮޅުލައިގަތެވެ. އޭރު ސާޔާއަށް އޭނާގެ އަމިއްލަ ހިތަށް ބާރު ފޯރުވޭ ހެެނެއް ހިޔެއް ނުވެއެވެ. މާހިލް ލުއި ހީލުމަކާއެކު ސާޔާގެ މޫނުގައި ދެއަތުން ހިފާފައި އުފުލާލިއެވެ. ސާޔާ ލަދުންގޮސް އެސްފިޔަތައް ތިރިކޮށްލިއެވެ. “ތީގެ މާނައަކީ އާއެކޭތަ..” މާހިލް ލޮލަށް ގޮތެއް ހަދާލާފައި އަހާލުމުން ސާޔާ ރަކިވެފައި ހުރެ ބޯޖަހާލިއެވެ. މާހިލް ސާޔާގެނެސް އޭނާގެ އަތުތެރެއަށް ލާ ފިއްތާލިއެވެ.

ކައިސާ ބަލިވާންފެށީ ކުއްލިއަކަށެވެ. ގަދަޔަށް ކެއްސާފައި ކަރުންލޭއަންނަނީ ބިރުގަންނަވަރަށެވެ. ކުއްލިއަކަށް މިދިމާވި ކަންތަކުން އަސްލަމްގެ އިތުރުން ސާޔާވެސް ހުރީ ފިކުރު ބޮޑުވެފައެވެ. ދޭތެރެ ދޭތެރެއިން ކެއްސާތީ އުޅުން ފިޔަވައި އިތުރު އުނދަގުލެއް ވާތީ ކައިސާ  ނޫޅެއެވެ. ޑޮކްޓަރަށް ދެއްކުމުންވެސް ބުނީ އެއީ އާދައިގެ ކެއްސުމެއް ކަމަށެވެ. ކައިސާއަށް އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެވުނެވެ. ސާޔާ މާހިލްއަށް ގުޅާފައި އެހަބަރު ދިނުމުން މާހިލްވެސް ލަސްނުކޮން އެތަނަށް އައެވެ. އަސްލަމްމެންގޭ މީހުންވެސް ގެއަށްދިޔައީ ވަރަށްގިނައިރު ހޮސްޕިޓަލުގައި ތިބެފައެވެ. ހަރީރާ ނުދާން އުޅެން ފެށުމުން އަސްލަމް ވަރަށް ކިޔައިގެން އެންމެފަހުން ހަރީރާވެސް ގެއަށް ދިޔައީއެވެ.

ދެދުވަސްވީއިރުވެސް ކައިސާގެ ހާލު ރަަނގަޅެއް ނުވެއެވެ. ޑޮކްޓަރުންބޭނުންވާ ޓެސްޓުތައް ހެދުމުން ލިބުނީ ގަބޫލުކުރަން ދަތި ހަބަރެކެވެ. ޓެސްޓުތައް ހެދުމުން އެނގުނީ ކައިސާއަށް ޓީބީ ޖެހިފައިވާކަމެވެ. ޓީބީއަކީ މިޒަމާނުގައި ފަރުވާ ހޯދިފައިވާ ބައްޔަކަށްވިޔަސް ވަކި ހިސާބަކަށް ދިއުމުން ބޭހަށްވެސް ނުގުޑާ ބައްޔެކެވެ. މިހަބަރާއެކު މުޅިއާއިލާއަށް ލިބުނު ހިތްދަތިކަމަށްވުރެ އަސްލަމްއަށް ލިބުނު ޝޮކު ބޮޑެވެ. ކައިސާއަކީ އެންމެ ތުއްތު އިރުއްސުރެވެސް ރަސްދަރިކަނބަލެއްފަދައިން އަސްލަމް ގެންގުޅުނު ކުއްޖެކެވެ. ސާޔާއަށް ބައްޕަގެ ހާލު ފެނިފައި ކެތްތެރިކަން ކޮޅުންލިއެވެ. އާތިކާގެ މަރަަށްފަހު އަސްލަމް އެގޮތަށްރުއި މީ ފުރަތަމަ ފަހަރެވެ. ސާޔާ ކުޑަކޮންވެސް ހަމައަކަށްއެޅުނީ މާހިލް ވަރަަށް ވިސްނައިދީގެންނެވެ. އެކަހަލަ ދަނޑިވަޅެއްގައި މާހިލް އޭނާ ކައިރީގައި ހުރިކަން އެއީ ނަސީބެކޭ ސާޔާގެ ހިތަށް އެރިއެވެ.

ކައިސާ މިދުނިޔެ ދޫކުރީ ކައިސާ ގޮވައިގެން ބޭރަށްފުރަން ހަމަޖެހިފައިއޮތް ދުވަހުއެވެ. އަސްލަމްކައިސާ ގައިގައި އޮޅުލައިގެންހުރެ ރުޔެވެ. ކައިސާގެ މޫނުދައްކަން އެތަނަށް ގެނެސްހުރި ޝިފާނާއާ ދިމާއަށް އެންމެންވެސް ބެލީ ނަފުރަތުގެ ލޮލަކުންނެވެ. އަސްލަމްގެ ހިތުގައި ޝިފާނާގެ މައްޗަށް އޮތް ރުޅިވެރިކަން ހިތާމައިގެ މައްޗަށް ކުރި ހޯދިއެވެ. އަސްލަމް ޝިފާނާ ކުރިމައްޗަށް އަރާފައި ކަންކަށިމަތީގައި ބާރުގަދަ އެތިފަހަރެއް އަޅުވާލުމުން އެންމެން އެއްފަހަރާ އެދިމާއަށް ބަލައިލިއެވެ. ކައިސާ ކައިރީގައި އެކަހަލަ ކަންތައް ހިނގުން ރަނގަޅު ނުވާނެތީ މާހިލް އަސްލަމް ގޮވައިގެން ބޭރަށް ނުކުތެވެ. ސާޔާ އެމީހުން ފަހަތުން ނުކުތްއިރު ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުންދިޔައެވެ. މާހިލް އަސްލަމް ގޮވައިގެން ބޭރަށް ނުކުތުމުންވެސް އަސްލަމްގެ ރުޅި ފިނިވާ ގޮތެއް ނުވިއެވެ. ސާޔާ އަސްލަމްގެ ކޮނޑުގައި އަތް ބާއްވާލި ވަގުތު އިސްޖަހާލައިގެންހުރެ ހިނގާފައި އެތަނަންއައިސް މަޑުކޮށްލި ޝިފާނާ އަޅައިގަތެވެ. އޭރު ޝިފާނާގެ ދެލޯވެސް ހުރީ ފެންކަޅިވެފައެވެ. ޝިފާނާ އަސްލަމްއަށް ގޮވާލުމުން އަސްލަމް ހަޅޭއްލަވައިގަތެވެ. އެަކަމަކުވެސް ޝިފާނާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “އަސްލަމް އަހަރެން ސާޔާއާއި އަސްލަމްގެ ކިބައިން މާފަށްއެދެން… އަހަންނަން ވިސްނުނުއިރު މިވަނީ ވަގުތު ފާއިތުވެފައި.. އަހަރެން ކުރިކުށުގެ އަދަބު އެލިބުނީ އަހަރެންގެ ދަރިފުޅަށް.” ޝިފާނާ ވާހަކަ ދެއްކިއިރު ހަމަ ހަގީގަތުގައިވެސް  އޭނާ ހުރީ ވަރަށް ދެރަވެފައެވެ. ސާޔާގޮސް ޝިފާނާކޮނޑުގައި އަތް ބާއްވާލާފައި ހިތްވަރުކުރާށޭ ބުނެލިއެވެ. ސާޔާއަށް އެހާ އިހާނެތިކޮން ކަންތައް ކުރުމުންވެސް އޭނާއާ ދޭތެރޭ ހަމްދަރުދީވީތީ ޝިފާނާ ލަދުގަތެވެ. “ޝިފާނާ ޝިފާނާއަށް ވިސްނުނީމައިވެސް ތިވީ ވަރަށްބޮޑު ބޮޑުވަރެއް އަހަރެންގެ ދަރިފުޅު ޝިފާނާއަށް މާފުކުރިއިރު އަހަރެން ވަކި ޝިފާނާއަށް މާފުނުކޮން ހުންނަނީ ކީއްކުރަން.. ޝިފާނާގެ ފަރާތުން އެންމެ އަނިޔާ ލިބުނީ އަހަރެންގެ ދަރިފުޅަށް..” އަސްލަމް އެހެން ބުނެފައި އެތާ މަޑުނުކޮން ދިޔައީއެވެ.ކައިިސާގެ ޖަނާޒާ ކަންތައް ނިންމާލާފައި އައިއިރު އަސްލަމްހުރީ މާޔޫސްވެފައެވެ. އޭނާގެ ހަޔާތުން އެވަކިވީ އޭނާއެންމެ ލޯބިވި ދެފަރާތެވެ. މިހާރު އޭނާގެ ހުރިހާވެސް އުންމީދަކީ ސާޔާއެވެ. ސާޔާއަށް އުފާވެރި ހަޔާތެއް ލިބޭތަން ފެނުމަކީ މިހާރު އަސްލަމް އެންމެ ބޭނުންވާ ކަންތަކެވެ.

ވަގުތަކީ  ކޮންމެކަމަކަށްވެސްވާ ފަރުވާއެކޭ ބުނާފަދައިން އަސްލަމްއާއި ސާޔާވެސް ދިޔައީ ހަމައަކަށް އެޅެމުންނެވެ. ކައިސާ ނިޔާވުމަށްފަހު މާހިލްއާ ސާޔާގެ ކައިވެނީގެ ކަންތައް މަޑުޖެހިލުމަށްފަހު އަނެއްކާވެސް އެވާހަކަ ދެކެވެން ފެށިއެވެ. އެއާއިލާއިން މަޝްވަރާކޮށްފައި ނިންމީ ސާޔާއަށް އަށާރައަހަރުފުރޭ އިރަށް ކައިވެނިކުރާށެވެ.

މުފީދާ ސާޔާއަށް ރޭގަނޑުގެ ކެއުމަށް ދައުވަތު ދީފައި އޮތުމުން ސާޔާ އަށެއް ޖެހިއިރަށް ތައްޔާރުވެއްޖެއެވެ. މާހިލްގެ ވާންއުޅޭ އަނބިމީހާގެ ހައިސިއްޔަތުން އެގެއަށްދާ ފުރަތަމަ ފަހަރަށްވާތީ ސާޔާހުރީ ފިނިވެފައެވެ. ސާޔާ ތައްޔާރުވެގެން ނުކުތްއިރު މާހިލް ބަަލާއައިސް ހުއްޓެވެ. ގެއަށް ދިޔަ މަގުމަތީގައި މާހިލް ސާޔާއާ ދިމާކޮށްލުމުންމާހިލް މޭގައި މަޑުމަޑުން ޖަހާލިއެވެ. “އަހަރެން އެހާ ފިނިވެފައި އިންދާވެސް މާހިލް ތިއުޅެނީ އަދިވެސް ބިރު ގަންނުވަންތަ..” ސާޔާ އެހެން އަހާލިގޮތުން މާހިލް ކައިރިއަށް ހިނިއައެވެ.

މާހިލް ސާޔާގޮވައިގެން ގޭތެރެއަށް ވަނީ ސާޔާގެ އަތުގައި ހިފާލައިގެންނެވެ. ދެމީހުންގޮސް ވަތްއިރު އެންމެން ސިޓިންގރޫމްގައި ތިއްބެވެ. ސާޔާ މާހިލްގެ އަތް ފޮޅުވާލާފައި ހަމަޖެހިލިއެވެ. މުޒްނާގެ އުނގުގައި އިން އާޔަންއަށް ސާޔާ ފެނުމުން ދައްތާއޭ ކިޔާފައި އައިސް ސާޔާ ގައިގައި ބައްދާލިއެވެ. ސާޔާވެސް އާޔަން އުރާލާފައި އެކުޑަ މޫނު ކޮޅުގައި ބޮސްދިނެވެ.

މާހިލް ކުރިއަށް ހިނގައިގަތުމުން ސާޔާވެސް މާހިލްއާއެކީ އާޔަންގޮވައިގެން ގޮސް މުފީދާމެން ކައިރީ ހުއްޓުނުއިރު ހިތްހީވަނީ މޭފަޅާލާފައި ބޭރަށް ނުކުންނަން އުޅޭ ހެންނެވެ. “މަންމި ކޮއްކޮ ބުނީމެއްނު ދައްތަ އަދި އަންނާނޭ” އާޔަންގެ ތުއްތު އަޑުން އެހެން ބުނުމުން އެންމެންގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވިއެވެ. “ހޫމް މިހާރު އެއީ ދަރިފުޅުގެ ދޮންތައޭ.. ދުވަސްކޮޅަކުން ދޮންތަ އަންނާނެ މިގެއަށް އާޔަން ކައިރިއަށް..” މުޒްނާ އެހެން ބުނުމުން އާޔަން ހީވީ އުފަލުން މޮޔަވެދާނެ ހެންނެވެ.

ކާންތިބިއިރު އެންމެންވެސް ދެއްކީ އެމީހުންގެ ކައިވެނީގެ ވާހަކައެވެ. އެހެން މީހުންގެ ވާހަކަތައް އަޑުއަހަން ބަހެއް ނުބުނެ އިންނާތީ މުފީދާ ސާޔާ ކައިރީގައި ކާއެއްޗެހި މީރު ނޫނީތޯ އަހާލިއެވެ. ސާޔާ އަވަސްއަވަހަށް ނޫނެކޭ ބުނެފައި ބޯހޫރާލިއެވެ.މުފީދާ ސާޔާ ކައިރިގައި ބީރައްޓެހިވެފައިި ނީންނާށޭ ކިޔާފައި މިއީ މިހާރު ސާޔާގެވެސް ގެކަމުގައި ބުނެލިއެވެ. އެންމެންގެ ގާތްކަން ފެނި ކުޑައިރުކޮޅެއްގެ ތެރޭގައި ސާޔާވެސް އިނީ ހަމަޖެހިފައެވެ. މިގެއިން އެންމެ ކުޑައިރުއްސުރެވެސް ސާޔާ ބޭނުންވި ލޯތްބާއި އަޅާލުން ލިބޭނެކަން ސާޔާއަށް ޔަގީންވިއެވެ.

ކައި ނިމުމުން މުފީދާ މާހިލް ކައިރިގައި ސާޔާއަށް މާހިލްގެ ކޮޓަރި ދައްކާލަންދާށޭބުނީ ދެމީހުން އެކުގައި ވަގުތު ހޭދަކޮށްލަން ދިނުމުގެ މަގުސަދުގައެވެ.  މާހިލް ބޯޖަހާލާފައި ސާޔާ ގޮވައިގެން ދިޔައީ ދެވަނަ ބަޔަށެވެ. އެބައިގައި ހުންނަނީ ޒާލިފް އާއި މާހިލްގެ ކޮޓަރިއެވެ. މާހިލް ސާޔާ އަތުގައި ހިފާލައިގެންގޮސް ކޮޓަރިއަށް ވަނެވެ. ސާޔާ ކޮޓަރީގެ ހުރިހާ ތަަނަކަން ނަޒަރު ހިންގާލިއެވެ. ސާޔާ ބަލަން ހުރި ގޮތުން މާހިލް ސާޔާ ކައިރިގައި ކަމު ނުދަނީތޯ އަހާލިއެވެ. “ނޫނޭ މާބޮޑަށްވެސް ކަމުދޭ ހެހެހެ..” މާހިލް ސާޔާ ގޮވައިގެން ނުކުތީ ޓެރަސްއަށެވެ. އެތަންވެސްއޮތީ އެއްކޮންމަތި ހިޔާ ކޮށްލާފައެވެ. އިށީދެވޭ ގޮތަށް ސޯފާ ބަހައްޓާފައި ހުއްޓެވެ. ސާޔާ ވާއު އޭ ކިޔާފައިގޮސް ހުއްޓުނީ ރެއިލިންގ ކައިރީގައެވެ. މާހިލްގޮސް ފަހަތުން ސާޔާ ގައިގައި ބައްދާލުމުން ތެޅިގަނެވުނެވެ. މާހިލް މަޑުމަޑުން ސާޔާ އޭނާއާވީ ފަރާތަށް އަނބުރާލާފައި އޭނާގެ މޫނު ސާޔާގެ މޫނާއި ކައިރިކޮށްލިއެވެ. ސާޔާ މާހިލްއާ ދުރަށްޖެހިލަން އުޅުމުން މާހިލް އޭނާގެ އަތުތެރޭގައި ސާޔާ ބޮޑަށް ހައްޔަރު ކޮށްލިއެވެ. “ސާޔާ ކޮންކަމަކާ ބިރު ގަންނަނީ.. އަހަންނަން އިތުބާރު ކޮށްބަލަ.. ސާޔާ ތިހީކުރާ ކަހަލަ އެއްވެސް ކަމެއް ނުވާނެއޭ.. ޕްލީސް ޓްރަސްޓްމީ” މާހިލް މަޑުމަޑުން ވާހަކަ ދެއްކުމުން ސާޔާ މާހިލްއަށް ބަލައިލިއިރު އެދެލޮލުގައިގައިވަނީ ސިހުމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ހިތަކުން ނުފިލާނެ 6

Next

ހިތަކުން ނުފިލާނެ 7

Next
May 8, 2015

ހިތަކުން ނުފިލާނެ 7

Previews
May 7, 2015

ހިތަކުން ނުފިލާނެ 6

18 Comments!

  1. ކުޑާ says:
    May 8, 2015 at 4:11 pm

    …. lahun up kurevuneethee hurihaa kiyuntheringe kibain maafah eden

  2. kuda kuddy says:
    May 8, 2015 at 4:19 pm

    U writers r playing wth our feelins why why???!!!! If u cnt den dnt write it .no means of sorry

  3. aish says:
    May 8, 2015 at 4:20 pm

    Thedheh, sry akun nuvx fudheyne.. hama aslu v foohi kiyan mihen handhanyaa

  4. ummi says:
    May 8, 2015 at 4:21 pm

    V v reethi mi bai ves.. eneh baii avahah up kohdhehchey

  5. flower says:
    May 8, 2015 at 4:23 pm

    V reethi mi part vess…ekam dhen in part avahah up kohladhehchey plz plz

  6. simoo says:
    May 8, 2015 at 4:24 pm

    Haadha lahsakunney up thi kuree …..

  7. iba says:
    May 8, 2015 at 4:28 pm

    V v v v v v v v v v v v v reethi..keep it up.than kohleh ginain genes dheebala..mivaru maa kuru..kon irakun next part up kohlanee..avahah up koh laachee..eh haaka intixaareh nukureveene

  8. aish says:
    May 8, 2015 at 4:30 pm

    But vaahaka v v reeethithii.. anna part akah wait kuraanan, v avahah up khlladhehcheyyy

  9. ކުޑާ says:
    May 8, 2015 at 4:31 pm

    thanks evryone.. kuda kameh dimaavegen lahun up kurevuny life ga dimaa vaane dw v baivaru kanthakhakaa bt i will try my level best thankyou for your support

  10. jenny says:
    May 8, 2015 at 5:37 pm

    WOw mi story vvvv salhi..keep it up!!

  11. same says:
    May 8, 2015 at 7:43 pm

    Wow .. nice stry… nxt part v awahah up khlchey ngey…. keep it up

  12. liu says:
    May 9, 2015 at 11:38 am

    vaahaka varah reethi. ekamu maa bodah lahun kiyaalan libeythee ehaa shaugu verikameh nuhurey… mi part kiyan feshumuge kurina jehuny emme fahun up kuri partu hoadhaigen kiyaalafa handhaankuran.. plz ekanthah rangalhu kolladhee.. eyrun vaahaka kiyaa kudhin gina ves adhi supportarun ves gina vaanee…

  13. ކުޑާ says:
    May 9, 2015 at 12:31 pm

    ….thankyou jenny & same
    liu i will try my best

  14. naj says:
    May 9, 2015 at 2:22 pm

    Vara reethi…it is okay kudaa u could take ur time to write thus story

  15. Ellie says:
    May 9, 2015 at 4:53 pm

    Vaahaka v reethi. Keep it up kudaa

  16. naanyyy says:
    May 9, 2015 at 8:50 pm

    Nice

  17. testing carried says:
    May 9, 2015 at 11:30 pm

    ranikamanaa ge mi vaahaka ah kiaa thaureefu kuraane kihineh

  18. Lovely says:
    May 11, 2015 at 9:12 pm

    This story is fantastic.. I luv this kudaa… Keep goin lyk that.. Next part avahah up kohlahchey ingey…. 🙂

Comments are closed.

Next Episodeސާޔާ (11 ވަނަ ބައި)←


All Right Reserved!