Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ސާޔާ (7 ވަނަ ބައި)

ކުޑާ Level 110 Stories
April 22, 2015 5 Mins Read
12 Comments

ސާޔާ މާހިލްއަށް ގުޅާލީ އެގަޑީގައި ހޭލާ އުޅޭނެ ކަމަކަށް ނޫނެވެ. ދެތިން ފަހަރަކު ފޯނު ރިންގުވިތަނާ މާހިލް ފޯނު ނަގައިފިއެވެ. މާގިނަ ވާހަކަތަކެއް ނުދައްކާ ސާޔާ ފޯނު ބޭއްވީ އަވަހަަށް ބޭރަން ނުކުންނަން ވެގެންނެވެ.

ހަމީދު ގިނަގިނައިން އެގެއަށް އަންނަންފެށީ ސާޔާއަށް އޭނާގެ ނަޒަރު އަމާޒުވުމުންނެވެ. ހަމީދު އެގެއަށް އަންނަނީ އަސްލަމް ގޭގައި ނޫޅޭ ގަޑިތަކުގައެވެ. ޝިފާނާ ހީކޮންގެން ހުންނަނީ ހަމީދު އޭނާ ކައިރިއަށް އަންނަނީ ކަމަށެވެ. އެދުވަހު ސާޔާ ފެނުމަށްފަހު ހަމީދުއަށް ސާޔާ ވަރަށް ކަމުދިޔައެވެ. އެހެންކަމުން ހަމީދު ކޮންމެ ގޮތަކުންވިޔަސް ސާޔާ ހާސިލްކުރަން ބޭނުންވެއެވެ.

ސާޔާ ބޭރަށް ނުކުތްއިރު ހަމީދުއާއި ޝިފާނާ ހީހީފައި ވާހަކަ ދައްކަން ތިއްބެވެ. ހަމީދުއަށް ސާޔާ ފެނުމުން ދަހިވެތިގޮތަކަށް ބަލަހައްޓައިގެން އިނީ އެއްމިޔަނަކުން ހެވިފައެވެ. ހަމީދުގެ ނަޒަރު އޭނާއަށް އަމާޒުވެފައިވާތަން ފެނި ސާޔާގެ ހިތަށް ނުބައިގޮތެއް ވެގެންދިޔައެވެ. ހަމީދުގެ ނަޒަރު ސާޔާއަށް އަމާޒުވެފައިވާތަން ފެނި ޝިފާނާއިނީ ދެބުމަ ގޮށްޖަހާލައިގެންނެވެ. ސާޔާ ދިޔުމުން ހަމީދު ޝިފާނާއަށް ބަލައިލިއެވެ. ޝިފާނާ ބޭނުންކޮންގެން އޭނާގެ މަގްސަދު ހާސިލްކުރެވިދާނެކަން ހަމީދުއަށް ގަބޫލުކުރެވުނެވެ. ވަގުތުން ހަމީދުގެ ސިކުނޑީގައި މަކަރުވެރި ރޭވުމެއް ރާވާލިއެވެ.

ޝިފާނާ ހަމީދުއާ ބައްދަލުކުރަންދިޔައީ ހަމީދު ބައްދަލުކުރަން ބުނީމައެވެ. ޝިފާނާމެންގޭގައި އިނދެފައި އެތާގައި ބުނެވޭ ކަހަލަ ވާހަކައެއް ނޫނޭ ކިޔާފައި ޝިފާނާ ގެންދިޔައީ އެމީހުންގެ އަބަދުވެސް ބައްދަލުކުރާ ތަނަށެވެ. ޝިފާނާ ދިޔައިރު ހަމީދު އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. ޝިފާނާ ފެނުމާއެކު އިށީންނަން އަންނާށޭ ކިޔާފައި އެނދުމަތީގައި އޮތް ގޮދަޑީގައި އަތުން ޖަހާލިއެވެ. ޝިފާނާގޮސް ހަމީދު ކައިރީގައި އިށީނެވެ. “ޝިފާނާ އަހަރެން ވަރަށް ބޮޑު ކަމަކު އެދެން ވެއްޖެ.. އަހަންނަން ޝިފާނާގެ ދޮންދަރި ވަރަށް ކަމުދޭ އަަހަރެން ބޭނުންވަނީ ސާޔާއާ އިންނަން..” ޝިފާނާއަށް ހީވީ އޭނާގެ ކަންކަށިމަތީގައި ހަމީދުޖެެހި ހެންނެވެ. ޝިފާނާއާއިއެކު މިހާ ދުވަސް ހޭދަވިއިރުވެސް ހަމީދު އޭނާއާ އިންނަން ބޭނުންވެގެންނެއް ނޫޅެއެވެ. ޝިފާނާ ވިހަގަދަ ސުއްޕެއް ކަށިޖެހިހެން ފުންމައިގެން ތެދުވެ ހަމީދުއާ ދިމާއަށް ބަލަންފެށީ ރުޅިވެރި ލޮލަކުންނެވެ. “ހަމީދު ބުނަން ރަނގަޅު ވާހަކައެއް.. އަހަންނަކަން ތިކަމެއް ނުކުރެވޭނެ..” ޝިފާނާއަށް ހީވީ ހަމީދުގެ މުއްސަނދިކަން ފެނިފައި ސާޔާ ހަމީދުއާ އިންނާނެ ހެންނެވެ. ހަމީދުގެ މުއްސަނދިކަމުން އެއްޗެއް ސާޔާއަށް ލިބިދާނެތީ ޝިފާނާ ކަންބޮޑުވިއެވެ. ޝިފާނާއަށް ޖުމުލަ ފުރިހަމަ ނުކުރެވެނީސް ހަމީދު ހިނިގަނޑެއް ޖަހާލިއެވެ. “ރަނގަޅަށް ވިސްނާފަތަ ތިހެންތިބުނީ މިބަލާފަވެސް ބުނާނީ ހަމަތިހެެންތަ..” ހަމީދު ދިއްކޮށްލީ އޭނާގެ ފޯނެވެ. ޝިފާނާ ފޯނުގައި ހިފާފައި ބަލައިލިއިރު ފޯނުން ޕްލޭ ކޮށްފައި ހުރީ އޭނާގެ ވީޑިއޯއެކެވެ. ހަމީދު ޝިފާނާއަށް އިންޒާރު ދިނީ ޝިފާނާ އޭނާއަށް އެކަންތައް ނުކޮށްދީފިނަމަ އެ ވީޑިއޯ އަސްލަމްއަށް ދަންކާނެކަމަށް ބުނެފައިއެވެ. އެންމެ ފަހުން ޝިފާނާއަށް އިތުރު ގޮތެއް ނެތިގެން އެކަމަށް އެއްބަސްވިއެވެ.

ޝިފާނާ ނިދަންއޮތް އިރު އޭނާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނުވެއެވެ. ސިކުނޑިއަށް ވެރިވެފައިވާ ހާސްކަމަށްވުރެ ކުރިލައި ހެދެމުންދަނީ ނަފްރަތެވެ. ހަމީދު ކަންތައް ކުރިގޮތުން ޝިފާނާ ހަމީދުދެކެވެސް ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ.ހަމީދު އޭނާއަށް ލަނޑުދޭނެ ކަމަކަށް ޝިފާނާ ހިއެއް ނުކުރެއެވެ. ހިތާހިތުން ސާޔާއަށާއި ހަމީދުއަށް ޝިފާނާ އެއްޗެހިކިޔެވެ. އެހެން އޮއްވައި ޝިފާނާގެ ވިސްނުމަށްއައީ ކުރިންވެސް އެކަމުގެ އެހީ އޭނާ ހޯދާފައިވާ ކަމެކެވެ.

ހެނދުނު ހޭލިގޮތަށް ސައިވެސް ނުބޮއެ ޝިފާނާ މިސްރާބުޖެހީ ޝުކޫރު އުޅޭ ގެއަށެވެ. ޝުކޫރު ލައްވާ ހަމީދުގެ ހިތުން ސާޔާ ފޮހެލެވޭނެވަރުގެ ކަމެއް ކުރަން ނިންމައިގެންނެވެ. މިއަދު އޭނާގެ އަތުުގައި ފައިސާ ހުރުމުން ހާސްކަމެއްނެތެވެ. ޝިފާނާ މަޑު ފިޔަވަޅުތަކެއްގައި ގޮސް އެގެއަށް ވަތްއިރު ނޭފަތަށް އުނދަގޫ ވާކަހަލަ ކުނިވަހެއް ދުވިއެވެ. ދުވާވަހުން ނޭވާލާންވެސް ނުކެރެއެވެ. އެވަރުންވެސް ޝިފާނާ އެތެރެއަށް ވަނެވެ. އެތެރެއަށް ވަދެވުމާއެކު ފިސް އަޑަކުން ހަޅޭއްލަވައިގަތުމަށްފަހު ޝިފާނާ ދުވެފައި ނުކުތެވެ. ޝިފާނާ ހުއްޓުނީ އެގެއާ ވަރަށް ދުރަށް ދެވުނު ފަހުންނެވެ. އޭރު އޭނާއަށް މައިނޭވާލެވެއެވެ. ޝިފާނާގެ ލޮލުކުރިމަތީގައި ޝުކޫރު މަރުވެ ކުނިވެފައިވާ މަންޒަރު ސިފަވެގެން ދިޔައެވެ. ޝުކޫރު ކުރާ ނުބައި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ނުބައި މަރަކުން ނިމި ދިޔައީއެވެ.

ޝިފާނާ އަބަދު ވިސްނުމެއްގައި ހުންނަތަން ފެންނާތީ ސާޔާ ކިތައްމެ ފަހަރަކު ވީކީއްތޯ އަހާލަން ހިތަށްއެރިއެވެ. އެހެންނަމަވެސް ޝިފާނާގެ ޖަވާބު ހުންނާނެގޮތް އެނގޭތީ އަޅައިނުލަނީއެވެ. ޝިފާނާއަށް މިއައި ބަދަލުން ސާޔާއާއި ކައިސާގެ ގުޅުމަށް ފުރުސަތު ލިބިގެން ދިޔައެވެ. ކައިސާ ސާޔާދެކެ ވަރަށް ލޯބިވެއެވެ. ސާޔާވެސް ކައިސާދެކެ އިންތިހާއަށް ލޯބިވަނީ ހަމައެކަނި ހުރި ކޮއްކޮއަށްވާތީއެވެ. ޝިފާނާ އޭނާއާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ސާޔާގެ ހިތުގައި ކައިސާއާ ދޭތެރޭ އެއްވެސް ބުރަކަމެއް ނުވެއެވެ.

ކަމެއް ކުރާހިތް ނުވެފައި އޮޮތް ޝިފާނާ ފޯނު ރިންގުވާއަޑަށް ފޯނުނަގާ ބަލައިލިއެވެ. ފޯނަން އަރާފައިވާ ހަމީދުގެ ނަން ފެނިފައި މޭތެޅިގަތެވެ. ނުނަގަން ހުރެފައިވެސް ޝިފާނާ ފޯނު ނެގީ ހަމީދު ކޮންފާނެކަމަކަށް ބިރުންނެވެ. “ހަލޯ.. ޝިފާނާ ކޮބާ އަހަރެން ބުނި ކަންތަކާ އެބަ އުޅެންތަ؟..” ޝިފާނާ އަނގައިން ނުބުނެ ހުރުމުން އަނެއްކާވެސް ހަމީދު އޭނާ ބުނި އެއްޗެއް ތަކުރާރު ކޮށްލިއެވެ. “އާނ.. އަހަރެން މިއަދު ސާޔާއާ ވާހަކަ ދައްކާނަން” ޝިފާނާ އިތުރަށް ވާހަކަ ދައްކާކަން ނުހަދައެވެ. ފޯނު ބާއްވާފައި ނުކުމެ ކައިސާ އާއެކު އިން ސާޔާ އަތުގައި ހިފައިގެންގޮސް އޭނާގެ ކޮޓަރިއަށް ވައްދާ ތަޅުލިއެވެ. ޝިފާނާގެ މިއަމަލުން ސާޔާ ހުރީ ވާނުވާ ނޭނގި ހިތްބިރުގަނެފައެވެ.

ސާޔާ ވާނުވާ ނޭނގިފައި ހުރި އިރު ޝިފާނާވެސް ހުރީ ޖެހިލުންވެފައެވެ. ނަމަވެސް އޭނާގެ މޫނުމައްޗަކުން އެކަމެއް ނުދައްކައެވެ. “ސާޔާ ބުނަން އަހަރެން މިދައްކާ ވާހަަކަ ރަނގަޅަށް އަޑުއަހާ.. މިގެއަށް އަންނަ ހަމީދު ސާޔާއަށްވެސް އެނގެއެއްނު.. އެ ހަމީދު ބޭނުންވަނީ ސާޔާއާ ކައިވެނިކުރަން.. އޭނާއަކީ ބޮޑު މުއްސަންޖެއް” ޝިފާނާ އެހެންޏާ ވާހަކަ ދައްކާވަރަށްވުރެ މަޑުމައިތިރިކޮން ވާހަކަ ދެއްކިކަމުގައިވިޔަސް ޝިފާނާގެ ބަސްތައް ސާޔާއަށް އަޑު އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ސާޔާއަށް ބޯހޫރާލެވުނީ ބޭއިޙްތިޔާރުގައެވެ. ސާޔާގެ މިއަމަލުން ޝިފާނާ އައީ ރުޅިއެވެ. “މާ ކަންތައް ބޮޑުކުރާނެ ކަމެއް ނެތް.. އެއްބަސް ނުވިއްޔާ ދެން ވާގޮތް މާ ރީއްޗެއް ނުވާނެ..” ޝިފާާނާ އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނެފައި ނުކުމެގެން ދިއުމުން ސާޔާ ހުރިތަނަން ތިރިވިއެވެ. އޭނާގެ ނަސީބުގައި އުފަލާއި ހިތްހަމަ ޖެހުން ނެތީބާއެވެ. ސާޔާގެ ފުރާނަ ހުރިހާ ދުވަހަކު އެ މީހާގަނޑާ އިންނާކަން އެއްބަހެއް ނުވާނެއެވެ. އެމީހާ ފެނުނަސް ސާޔާ ފޫހިވެއެވެ. އެހެންކަމަށްވާއިރު އެމީހާއާ އިންނާނީ ކިހިނެއް ހެއްޔެވެ؟

ޝިފާނާ ހަމީދުއަށް ގުޅާފައި ސާޔާ އެއްބަސް ނުވި ވާހަކަ ބުންޏެވެ. ” އެންމެ ރަނގަޅު ސާޔާ އަހަންނާ ނީންނަންޏާ އޭނާގެ ފަރާތުން އަހަރެން ބޭނުންވާ ކަންތައް ކުރުމުގެ ފުރުސަތު އަހަންނަން ހޯދައިދީ.. ސާޔާ ބޭނުންނުވަންޏާ ގަދަކަމުންވިޔަސް..” ހަމީދު ފޯނު ބޭއްވުމުން ޝިފާނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ހަމީދު ސާޔާއާ އިނުމުގެ ހިޔާލު ދޫކޮށްލީތީ ޝިފާނާ ހިތްހަމަޖެހުނެވެ. ހަމީދުއަށް އޭނާ ބޭނުންވާކަންތައް ކޮންދިނީމަ އެނިމުނީނޫން ހެއްޔެވެ؟ އަންހެނަކަށްވެހުރެ އަންހެންކުއްޖެއްގެ ދިރިއުޅުން ބަރުބާދު ކޮށްލާކަށް ޝިފާނާ ޖެހިލުމެއް ނުވިއެވެ. ޝިފާނާ ޖެހިލުންވަނީ އެކުއްޖާއަށް އުފަލެއް ލިބިދާނެތީ ކަންނޭނގެއެވެ.

ޝިފާނާ ސާޔާ ކައިރީގައި ސާޔާ ބޭނުން ނޫނިއްޔާ ހަމީދުއާ ނީނަސް ހެވޭ ބުނުމުން ލިބުނު އުފާ ބަޔާން ކުރަން ދައްޗެވެ. ސާޔާއަށް ޝިފާނާގެ މަކަރުވެރި ރޭވުން ނޭނގިހުރެ ހަމީދުއާ އިންނަން ނުޖެހުމުން ހިތްހަމަ ޖައްސާލިއެވެ.

ސާޔާ ނަމާދުކޮށްލައިގެން ޖައްސާލީ ޓިއުޝަން ދޭންދާންވާއިރަށް އަރާމުކޮށްލާށެވެ. އެހެން އޮތްއިރު ފޯނުން މާހިލް އެކިފަހަރު މަތިން ފޮނުވާފައިހުރި މެސެޖުތައް ވަކިވަކިން ކިޔަމުން ދިޔައެވެ. ސާޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ބޭއިޙްތިޔާރުގައެވެ. މާހިލްގެ ސަބަބުން އަލުން ހިނިތުންވާން ދަސްވެއްޖެއެވެ. މާހިލްއަށްޓަކައި ހިތުގައިވާ އިހުސާސްތައް ބަޔާންކުރަން ނޭނގުނަސް ހާއްސަ މަގާމެއް ދެވިއްޖެއެވެ.

ސާޔާ މަންޒިލްގެއަށް ވަތްތަން ފެނިފައި އާޔަންގޮސް ސާޔާ ގައިގައި ބައްދާލިއެވެ. އެތަން ފެނިފައި މުޒްނާ ހޭންފެށިއެވެ. ސާޔާދެކެ އާޔަން ލޯބިވަނީ މާވަރަކަށެވެ. ސާޔާ ކައިރީގައި އަބަދު އެގެއަށް އާޔަން ކައިރިއަށް އުޅެން އަންނާށޭ ކިޔައެވެ. ސާޔާ އާޔަންގެ ވާހަކަތަކަށް ހީލަހީލާ އިނދެއެވެ. މާހިލްގެ މަންމައަށްވެސް ސާޔާ ކަމުގޮސްގެން މިހާރު މުޒްނާ ކައިރީގައި އެވާހަކަ ދައްކައިފިއެވެ. ސާޔާއަކީ މުފީދާ އެންމެ ބޭނުންވާ ކަހަލަ ކުއްޖެކޭ ބުންޏެވެ.

ޝިފާނާ ވިސްނަމުން ދިޔައީ ހަމީދު ބުނި ކަންތައް ކުރާނެ ގޮތަކާ މެދުގައެވެ. އެކަންތައް ނުކޮންފިނަމަ އޭނާއަށް ކުރިމަތިވާ މުސީބާތް ބޮޑުވާނެއެވެ.އެހެންވާކަން ޝިފާނާ ބޭނުމެއް ނުވެއެވެ. އަސްލަމް ހާސިލްކުރަން އޭނާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ އެހާ ވަރުން ކުރި މަސައްކަތް ފެނަން ދުއްވާލާކަން ޝިފާނާއަކަށް އެއްބަހެއް ނުވެވޭނެއެވެ. ޝިފާނާއަށް މުއްސަނދި ދިރުއުޅުުމެއް ލިބުނީ އެތައް ދުވަހުގެ އިންތިޒާރަކަށް ފަހުގައެވެ.

ޝިފާނާ އަސްލަމް ގެއަށް އައުމުން ކައިސާ އަބަދު ފޫހިވެގެން އުޅޭ ކަމަށް ބުންޏެވެ. އަސްލަމް ކައިސާ އަށްޓަކައި ނުކޮންދޭނެ ކަމެއް ނޯންނާނެކަން ޝިފާނާ ދަނެއެވެ. އެހެންވެ ޝިފާނާ ހަތިޔާރަކަށް ހެދީ އަމިއްލަ ދަރިފުޅެވެ. “ހިނގާ މިތާ ކައިރި ރިސޯޓަކަށް ދާން އެއްރޭ ކޮށްފަ އަންނާނީ.. މޫދަށްއެރިލާ މަޖާކޮށްލާ ހެދީމަ ކައިސާ އުފާވާނެއެްނު”  ޝިފާނާގެ ސިކުނޑީގައިވާ އެއްޗެއް ނޭނގި އަސްލަމް އެއްބަސްވިއެވެ. ޝިފާނާ ބޭނުންވާ ކަންތަކަށް މަގު ކޮށުނީތީ އޭނާ ހުރީ އުފަލުންނެވެ.

ޝިފާނާ ބޭރަށް ނުކުމެފައި ފޯނުނަގާ ހަމީދުއަށް ގުޅާލިއެވެ. ހަމީދު ކައިރީ ކަންތައް ކުރަންވީގޮތް ކިޔައިދިނުމަށްފަހު ފޯނު ބޭއްވިއެވެ. ފޯނު ބާއްވާފައި އެބުރެލި ތަނުން އޭނާއާ ދާދިކައިރީގައި ހުރި ސާޔާ ފެނިފައި ޝިފާނާ ސިއްސައިގެން ދިޔައެވެ. ސާޔާއަށް އެއްވެސްކަމެއް ނޭނގޭކަން އެނގުމުން ޝިފާނާ ހަމަޖެހިލިއެވެ. “އަހަރެމެން މިއުޅެނީ ހަވީރު ރިސޯޓަށް ދާންވެގެން ގޭގަ ހުންނާނީ ސާޔާއެކަނި” ޝިފާނާ އެހެން ބުނެފައި ބެލުމެއްނެތި އެތަނުން ދިޔައީއެވެ.

ޝިފާނާމެން ދިއުމުން ފޫހިވެފައި އިން ސާޔާ ކޮޓަރިއަށްވަދެ ފޯނު ނެގީ މާހިލްއަށް ގުޅާލާނަމޭ ހިތައެވެ. ގުޅަން ފޯނު ނަގާފައިވެސް ގުޅާކަން ނުކެރުނެވެ. މާހިލް ހިތަށް އަރާނެ އެއްޗެއް ނޭނގޭތީއެވެ. ސާޔާ ބޭރަށް ނުކުތީ ފޯނު ހިފައިގެންނެވެ. އެއީ އޭނާގެ ނަސީބު ކަންނޭނގެއެވެ.

އެކަނި އިން ސާޔާ ދޮރުގައި މީހަކު ޖަހާލިއަޑު އިވުމުން ދެލޯބޮޑުކޮށްލާފައި ދޮރާ ދިމާއަށް ބަލައިލިއެވެ. ދޮރުހުޅުވަން ނުކެރިފައި އިންދާ އިވުނީ އެމީހަކު ދޮރު ހުޅުވާލާފައި އެތެރެއަށް ވަތްއަޑެވެ. ދޮރު ތަޅުލާފައި ހުއްޓާ އެމީހާ އެތެރެއަށް ވަނުމުން ސާޔާގެ މޭގަނޑު ރޫރޫ އަޅައިގަތެވެ. ބިރުން އިނދެފައި އަވަސް އަވަހަށް ހޯދާލެވުނީ ފޯނެވެ. މާހިލްއަށް ގުޅިގޮތަށް ފޯނު އަތުން ދޫކޮށްލެވުނީ އޭނާ ކައިރިއަށް އައިސް މަޑުކޮށްލި ހަމީދު ފެނިފައެވެ. ހަމީދު ސާޔާއަށް ބަލަން ހުރި ގޮތް ފެނިފައި ހަމީދުގެ ނިޔަތް ރަނގަޅު ނޫންކަން ސާޔާއަށް އެނގުނެވެ. ސާޔާ އެތަނުން ދާން އުޅެނިކޮން ހަމީދު ސާޔާ އަތުގައި ހިފާ ގެނެސް ސޯފާ މައްޗަށް ވައްޓާލިއެވެ. ބިރު ގަނެފައި ހުރިވަރުން ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ހަމީދު ހުރިގޮތް ފެނިފައިވެސް ސާޔާގެ ބިރު ދިޔައީ އިތުރުވަމުންނެވެ. ސާޔާގެ ހިތް ތެޅިތެޅިއޮއްވައި ހަމީދު އައިސް ސާޔާގެ ގައިމައްޗަށް ޖެހިގަތެވެ. ސާޔާ ދޫކޮށްލުމަށް އެދި އާދޭސް ކުރިއެވެ. ދުފާ ދުފާ އަނގަ ރަތްކޮށްލައިގެން ހުރުމުންނާއި އޭނާގެ ގައިން ދުވި ނުބައި ވަހުން ސާޔާއަށް ހޮޑުނުލެވުނީ ކިރިޔާއެވެ. ސާޔާގެ ހަށިގަނޑަށް ދަހިވެތިވެފައިވާ ހަމީދުއަށް އެނިކަމެތި ކުއްޖާގެ ރުއިމަކުން އަސަރެއް ނުކުރެއެވެ.

 

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ޝައިން (ޕާރޓް-3)

Next

ފަނާ 5

Next
April 23, 2015

ފަނާ 5

Previews
April 22, 2015

ޝައިން (ޕާރޓް-3)

12 Comments!

  1. ishu says:
    April 22, 2015 at 6:49 pm

    Shaya ah dhera gotheh nuhadhahchey. Maahil avahah annaane nama

  2. nish says:
    April 22, 2015 at 7:25 pm

    Mipart v sali. avahah maahil ethanah genay

  3. Nash says:
    April 22, 2015 at 8:26 pm

    reethi

  4. Naju says:
    April 22, 2015 at 8:27 pm

    Oh my.. shaaya ah dhera gotheh nahadhaathi. Maahil will cum to her.. vvvv nyc mi part..

  5. laali says:
    April 22, 2015 at 8:28 pm

    V reethi mi part vx

  6. Niyaza says:
    April 22, 2015 at 9:04 pm

    Komme vaahakaenga ves mivani eyga unlheu kujjaage infaitherikan migenluvaalani varah foohi thihen hedheema please thihen nuhadhaa

  7. ކުޑާ says:
    April 22, 2015 at 9:58 pm

    thankyou ppl.. gd nyt

  8. lalaa says:
    April 22, 2015 at 11:47 pm

    alhe! maahil gennahchey saayaa salaamihkuran

  9. ކުޑާ says:
    April 23, 2015 at 9:45 am

    thankyou lalaa

  10. same says:
    April 23, 2015 at 9:59 am

    Alhey kyve thr khme faharaku saayaa ah ehn wany… eyna ah hama rangalhu ekaku vx nethy thr… alhe maahil ahnanama dhw… plxxxx maahi ethanah geneba…

  11. seen says:
    April 23, 2015 at 3:30 pm

    Varah reethi 8vanabayag inthixaarukyran

  12. ކުޑާ says:
    April 23, 2015 at 4:00 pm

    aan da same thankyou seen

Comments are closed.


All Right Reserved!