Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ސާޔާ (9 ވަނަ ބައި)

ކުޑާ Level 110 Stories
April 28, 2015 5 Mins Read
35 Comments

އާ ދުވަހަކަށް އިރުއެރީ ސާޔާގެ ހަޔާތަށްވެސް އަލިކަން ގެނެސްދެމުންނެވެ. ފަތިސްނަމާދުކޮށްލައިގެން ސާޔާ ބޭރަށްނުކުމެލީ ހިތްހަމަ ޖައްސާލާށެވެ. އެތަކެއް ދުވަހަކުންސުރެ ގައިދެއްގައި އިނުމަށްފަހު މިނިވަންވީ ކަމުގެ އިހުސާސެއް އޭނާއަށް ކުރެވުނެވެ. އިރުގެ ރަންދޯދިތައް އައިސް ހަންގަނޑުގައި ބީހިލުމުން އަރާމު އިހުސާސެއް ކުރެވެއެވެ. ހަށަން ބަނދެލައިގެން ހުރިއިރު ސާޔާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއްވިއެވެ. އަތުގައި އޮތް ފޯނު ރިންގުވާތީ ބަލައިލިއިރު މާހިލް ގުޅަނީއެވެ. ފޯނު ނަގާފައި ހަލޯއޭ ބުނި ވަގުތު މާހިލްއަށްވެސް ސާޔާގެ އަޑުގައި އެހެންޏާ ނުހުންނަ އުފާވެރިކަމެއް ހުރިކަން އިހުސާސްވިއެވެ. ސާޔާގެ އަޑު އިވުމުން މާހިލްގެ ހިތަށް ފިނިކަމެއް ލިބުނެވެ. މާހިލްއާ ވާހަކަ ދައްކާލަން މަޑުކޮށްލާފައި ސާޔާ ގޮސް ވަނީ ބަދިގެއަށެވެ. ކޮންމެ ދުވަހެއްގެވެސް އާދަޔަކަށްވުމުން މަސައްކަތެއް ނުކޮން ހުންނަން އުނދަގޫވީއެވެ.

ހަރީރާ އައިސް ބަދިގެއަށްވަތް އިރު ސައިހަދާ ނިންމާލާފައި ސާޔާ ހުރީ ތަށިތަން ދޮންނާށެވެ. ސާޔާ ހުރިހާ ކަމެއް ކުރީތީ ހަރީރާ ހުރީ ހިތްހަމަ ނުޖެހިފައެވެ. “ދަރިފުޅާ ކީއްވެ އެކަނި ތިއުޅެނީ ދޮންތަ އައިސް ސައި ހަދާނޭ” ސާޔާ ބުނީ އެއީ ކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް ހަރީރާ އެކަމަކާ އެއްބަހެއް ނުވިއެވެ. ދެން މީގެ ފަހުން އެކަނި މަސައްކަތް ނުކުރާށޭ ހަރީރާ ސާޔާ ކައިރީގައޮ ބުނެލިއެވެ. މާމަ އޭނައަށް އަޅާލާވަރު ފެނިފައި ސާޔާ އުފާވިއެވެ.

މާމަގޭގައި އެއްދުވަސް ހޭދަވެގެން ދިޔައިއިރުވެސް ސާޔާގެ މޫނު އުޖާލާވެއްޖެއެވެ.އެތަކެއް ދުވަސްތަކަކަށްފަހު ހިތަށް ހިތްހަމަ ޖެހުން ލިބިއްޖެއެވެ. ސާޔާ އަސްލަމްމެންގެއަށް ދިޔައީ އެގެއަށްވެސް ގޮސްލަން ބޭނުންވީމައެވެ. އެގެއަށް ގޮސް ވަތް އިރު ޝިފާނާ ކައިސާ ގޮވައިގެން އުޅެއެވެ. އަސްލަމްވެސް ސޯފާގައި ނޫހެއް ހިފައިގެން އިނެވެ. ސާޔާ ފެނުމުން އަސްލަމް ސާޔާއަށް ގޮވާގެނެސް ކައިރީގައި ބޭންދިއެވެ. ޝިފާނާ ސާޔާއާ ދިމާއަށް ބަލައިވެސް ނުލައެވެ. ސާޔާ އެގޭން ދިޔަފަހުން ޝިފާނާއަށް އެހާ ބުރައެވެ. ކައްކާ ގޭތެރޭގެ ކަންތައް ކުރަމުން ކައިސާ ބެލުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ސާޔާ އަސްލަމް ކައިރީގައި މަޑުކޮށްލާފައި ގެއަށްދާން ނުކުންނަން ގޮސް ހުއްޓުނީ ބަޔަކު ސަލާން ގޮވާލި އަޑަށެވެ. އެންމެން އެއްފަހަރާ ބަލައިލިއިރު ދޮރުމަތީގައި ތިބީ ޔުނީފޯރމުގައި ތިބި ފުލުހުންގެ ދެމީހުންނެވެ. ޝިފާނާ އެމީހުން ފެނިފައި ގަތީ އަމަށަކު ބިރެއް ނޫނެވެ. އަސްލަމް ސަލާން ބަަލައިގަނެފައި ގޮސް އެމީހުންގެ ކައިރީގައި ކިހިނެއްވީތޯ އެހިއެވެ. “އަޅުގަނޑު މެން ހައްޔަރު ކުރީ މެއް ނޫންތޯ ހަމީދު ކިޔާ މީހެއް.. ހަމީދުގެ ތަހުގީގު ކުރިޔަށް ދިޔަ އިރު ހަމީދުގެ ގެ ފާސް ކުރިއިރު އަޅުގަނޑުމެންނަން ހެކީގެ ގޮތުގައި ލިބުނު ބައެއް ތަކެތީގައި ޝިފާނާ ކިޔާ މީހަކު ކުށްވެރިވާތީ ތަހުގީގަށް ޝިފާނާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ލިބިފައި އެބައޮތް” ފުލުހުންގެ މީހާ ދެއްކި ވާހަކަ އަޑުއިވިފައި ސާޔާ އާއި އަސްލަމް ޝިފާނާއަށް ބަލަންތިބީ ހައިރާންވެފައެވެ. އޭރު ޝިފާނާ ބިރުން ތުރުތުރު އަޅަމުން ދިޔައެވެ. އަސްލަމް އިތުރަށް ސުވާލުކުރުމުން އިތުރު މައުލޫމާތު ބޭނުމިއްޔާ ޕޮލިސްޓޭޝަނަން އައުމަށް އެދުނެވެ. ޝިފާނާ ގޮވައިގެން އަންހެން ފުލުސް މީހާގޮސް އެމީހުންގެ ވެހިކަލަށް އެރުވިއެވެ. ކައިސާ ގޮވައިގެން ސާޔާ އެގޭގައި މަޑުކުރުމުން ހަމީދު ވެހިކަލުގެ ފަހަތުން ދިޔައީ ޕޮލިސްޓޭޝަނަށެވެ.

އަސްލަމްގޮސް ވަތްއިރު ޝިފާނާ ހުރީ ބިރުންގޮސް މުޅި މީހާ ހުދުވެފައެވެ. ފުލުހުންގެ މީހާ ދިން މައުލޫމާތު ތަކުން އަސްލަމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަސްލަމްގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލި ފަދައެވެ. ޝިފާނާ އެހާ ނުލަފާ ވެދާނެ ކަމަކަށް އަސްލަމް ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. ދިހައަހަރު ވަންދެން އެކީގައި އުޅެވުނީ އިބިލީސްހާ ނުބައި އަންހެނަކާއެކީގައެވެ. އެހާ ލޯބިން އެކު އުޅުނު އަނބިމީހާގެ ގާތިލާ އެކުގައެވެ. ހަމީދުއާ ޝިފާނާގެ ގުޅުން އެނގުމަށްފަހު ކައިސާއަކީ އޭނާގެދަރިއެއްކަމާމެދުވެސް އަސްލަމްއަށް ޝައްކު ވިއެވެ. “ޝިފާނާ ހެޔޮ ނުވާނެ ރަނގަޅަށް ބުނޭ ކައިސާގެ ބައްޕައަކީ ކާކު؟” ޝިފާނާއަށް އަސްލަމްއާ ދިމާ ބަލައިލެވުނީ ކަންބޮޑުވީވަރުންނެވެ. އޭނާގެ ހުރިހާ ކަމެއް ބޭޒާރު ވުމުން ޝިފާނާ ހުރީ ޖެހިލުންވެފައެވެ. އަސްލަމްގެ އަޑު ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ބާރު ވަމުންނެވެ. “ކައިސާގެ ބައްޕައަކީ ކާކުހޭ؟ ހަމަ މިހާރު ބުނޭ..” “އަސްލަމް ކައިސާއަކީ އަސްލަމްގެ ދަރިޔެކޭ ގަބޫލުކުރޭ..” “ގަބޫލުކުރާށޭ ކަލޭ ދައްކާ ވާހަކަ ގަބޫލު ކުރާނީ ކިހިނެއް ތިހާ ގޮތެއް ނެތް އަންހެނެއް އަހަރެން މި ދުނިޔެ ތާކުން ނުދެކެން..” ޝިފާނާ އަސްލަމް ކައިރީގައި މާފް ކުރާށޭ ކިޔާފައި އާދޭސްކުރިއެވެ. އަދި ކައިސާއަކީ އަސްލަމްގެ ދަރިއެއްކަމަށް ބުންޏެވެ. އަސްލަމް ޝިފާނާ އާދޭސް ކޮންކޮން ހުއްޓައި ނުކުމެގެން ދިޔައީ ކައިސާއަކީ އޭނާގެ  ދަރިއަކަށްނުވެއްޖެއްޔާ ކައިސާއަށްވެސް އޭނާގެ ދިރިއުޅުމުން ޖާގައެއް ނުލިބޭނޭ ކިޔާފައެވެ.

އަސްލަމް ގެއަށް ދިޔައިއިރު އަސްލަމް ލަސްވެގެން ސާޔާ ހުރީ ކަންތައް ބޮޑުވެފައެވެ. އަސްލަމް ހުރިގޮތް ފެނިފައި ކޮންމެވެސް ކަމެއް ވަރަށް ގޯސޮކޮން ވެއްޖެކަން ސާޔާއަށް ގަބޫލުކުރެވުނެވެ. އަސްލަމް ދިޔަ ގޮތަށްގޮސް ކޮޓަރީގެ އެތަން މިތަން ހޯދަންފެށިއެވެ. އެންމެފަހުންގޮސް ޑްރެސިނގް ޓޭބަލް ވަތްގަނޑުގައި އެތަވީދު އޮތްތަން ފެނުނެވެ. އޭރު ސާޔާ ވެސް އަސްލަމް ކައިރީގައި ހުއްޓެވެ. “ބައްޕާ ތިއީ ކޯއްޗެއް” ގިނަ ދުވަސް ވުމުގެ ސަބަބުންރަތްވެފައި އޮތް ކަރުދާސްކޮޅަށް އިޝާރާތް ކޮށްފައި ސާޔާ ބުނެލިއެވެ. “ދަރިފުޅާ ދަރިފުޅު ކައިރީގަ ބައްޕަ މިވާހަކަ ބުނާނީވެސް ކިހިނެއް… އެވާހަކަ ދައްކަންވެސް ބައްޕަ ލަދުގަނޭ.. ޝިފާނާ އެއީ ވަރަށް ނުބައި އަންހެނެއް.. އެ ހަމީދުއާ އެއްބައިވެގެން ބައްޕައާ ދަރިފުޅުގެ މަންމަ ވަކިކުރުވަން ޝިފާނާ ފަންޑިތަ ހެދީ…. މަންމަ މަރުވެގެން ދިޔައީ އެކަމުގަ.. ޝިފާނާއާ ހަމީދުއާ ދެމެދު އޮތީ ހަޑިމުޑުދާރު ގުޅުމެއް.. މިހުރިހާ ކަމެއް މި އެނގުނީ ހަމީދު ގެ ފާސްކުރިއިރު އެގޭން ފެނުނު ވީޑިއޯއަކާ ރިކޯޑިންނެއް ފެނުނީމަ.. އެއީ ހަމީދު ޝިފާނާ ބްލެކްމެއިލް ކުރަން ހަދާފައި ހުރި އެެއްޗެހި..”އަސްލަމްއަށް ސާޔާއަށް އެވާހަކަތައް ކިޔައިދެވުނީ ނެތް ހިތްވަރުންނެވެ. އަސްލަމްގެ ވާހަކަތައް އަޑު އިވިފައި ސާޔާއަށް ކޮޅައް ހުންނަންވެސް އުނދަގޫ ވިއެވެ. އެކަމަކު އޭނާ ކެތްކުރީ ބައްޕައަށް އޭނާގެ އަޅާލުން ބޭނުންވާނެތީއެވެ.

އަސްލަމް ކުޑަކޮން ހަމައަކަށް އެޅިލުމުން ނުކުމެގެން ގޮސް އެތަވީދު އަންދާލިއެވެ. ހަމީދު ހަރީރާމެންނަން ގުޅާފައި ކަންތައް ވީގޮތް ކިޔައިދިނެވެ. އެމީހުންގެ ވާހަކަ ކުރިން ގަބޫލުނުކުރެވުނީތީ އަސްލަމް އެމީހުން ކައިރިން މާފަށްއެދުނެވެ. ބައްޕައާއި ކޮއްކޮއަށް އޭނާގެ އެހީތެރިކަން ބޭނުންވާނެތީ ސާޔާ އަނެއްކާވެސް އެގެއަށް ބަދަލުވީ ހަރީރާމެން ކައިރިން ހުއްދަ ހޯދާފައެވެ.

ކައިސާގެ ޑީއެންއޭ ހެދުމުން އެއީ އަސްލަމްގެ ދަރިއެއްކަން ސާބިތުވިއެވެ. އެހެންވެ އަސްލަމް ކައިސާ ބާކީކޮށްލާކަން ބޭނުމެއް ނުވިއެވެ. ޝިފާނާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އެއީ ހަމަ އަސްލަމްގެވެސް ލެއެވެ.

ހަމީދުއާއި ޝިފާނާގެ ޝަރީއަތް ނިމި ދެމީހުން އުމުރަށް ޖަލަންލާން ހުކުމްކުރީ ދެމީހުންގެ މައްޗަށްވެސް ކުށް ސާބިތުވުމުންނެވެ. އަސްލަމްވެސް ކޯޓު މެދުވެރިކޮން ޝިފާނާ ވަރިކުރިއެވެ. ޝިފާާގެ ސުއްޕާ ހިޔަނިވެސް އެމީހުންގެ ދިރިއުޅުމަށް އެޅޭކަން ދެން އަސްލަމް ބޭނުމެއް ނޫނެވެ.

ސާޔާ މާހިލްއަށް ގުޅާފައި ޝިފާނާގެ ވާހަކަ ކިޔައިދިނެވެ. ހުރިހާ ކަމެއް ފަޅާއެރީތީ މާހިލް ހުރީ ހިތްހަމަ ޖެހިފައެވެ. ހުރިހާ ކަމެއް ހަމައަކަށް އެޅުމުން ދެން އޭނާގެ އުންމީދުތައް ފުރިހަމަވާނެކަން ޔަގީން ކުރެވި ހިތްހަމަޖެހުނެވެ. މާހިލް ސާޔާ ކައިރީގައި އެނާއާއެކު ބޭރަށް ދާން އެދުމުން އެއްބަސްވީ ވަރަކަށް ކިޔުމުންނެވެ. ސާޔާ ނުދާން އުޅުމުން އަސްލަމް ކައިރީގައި ބުނެގެން ހުއްދަ ހޯދާނަމޭ ބުނީމައި އެންމެ ފަހުން ދާން އެއްބަސްވިއެވެ.

ސާޔާ ލޯގަނޑު ކުރިމަތީ ހުއްޓިލައިގެން ހުރީ ލާނެ ހެދުމަކާ ދޭތެރޭ ވިސްނާށެވެ. އޭނާގެ އަތުގައި ރީތި ހެދުމެއްވެސް ނެތެވެ. އެހެން ހުއްޓާ ކޮޓަރި ދޮރު ހުޅުވާލާފައި ވަދެގެން އައީ ކައިސާއެވެ. އޭނާގެ އަތުގައި ބޮޑު ޕާރުސަލެއް އޮތެވެ. ” މީ ދޮންތައަށް މީހަކު ފޮނުވި އެއްޗެއް” ސާޔާ ކާކު ފޮނުވިއެއްޗެއްހޭ ބުނުމުން ކައިސާ އެކަނޑާފައި ބަލާށޭ ބުންޏެވެ. ސާޔާ ޕާރުސަލް ކަނޑާފައި ބެލިއިރު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ނޯޓެކެވެ. އެ ނަގާފައި ކިޔާލިއިރު ހަދިޔާ ގަބޫލުކުރަން އެދިފައި އޮތެވެ. އޭގެ ތިރީގައި ލިޔެލާފައި އިން މާހިލްގެ ނަން ފެނިފައި  ސާޔާ ހިނިތުންވެލިއެވެ. ސާޔާ އޭގައި އޮތް އެއްޗެއް ނުބަލާ ފުރަތަމަ އެއީ ފްރެންޑެން ދިން އެއްޗެކޭ ކިޔާފައި ކައިސާ އެތަނުން ފޮނުވާލިއެވެ. ކައިސާ ދިޔުމުން ކޮޓަރި ތަޅުލާފައި އައިސް ސާޔާ ޕާރުސަލްގައި އޮތް އެއްޗެއް ބަލައިލިއެވެ. އޭގައި އޮތީ މުށިކުލައިގެ ޖިލްބާބު ހެދުމެކެވެ. ރަން ކުލައިން ޒީނަތްތެރިކޮށްލާފައި އޮތުމުން ވަކިން ރީއްޗެވެ. ހެދުމާއެކު ހެދުމާ ގުޅޭ ކުލައިގެ ޝޯލެއްވެސް އޮތެވެ. ހެދުން ނަގާ އެނދުމަތީގައި ބާއްވާފައިގޮސް ސާޔާ މާހިލްއަށް ގުޅިއެވެ. މާހިލް ސާޔާ ކައިރީގައި ބުނީ އެނާ ބޭނުންވަނީ މިރޭ ސާޔާ އެހެދުމުގައި ހުއްޓާ ދެކެލަން ކަމަށެވެ. ސާޔާ އެންމެ ފަހުން ފޯނު ބޭއްވީ އެހެދުން ލާން އެއްބަަސްވެފައެވެ. ކޮންމެ ފަހަރަކުވެސް ހަތިޔާރު ބަހައްޓަށް މިޖެހެނީ އޭނާއަށެވެ.

ސާޔާ ތައްޔާރުވެ ނިމިގެން ބޭރަށް ނުކުމެފައި ދިޔުމުގެ ކުރިން އަސްލަމް ކައިރިން ހުއްދަ ހޯދިއެވެ. ސާޔާ ފެނިފައި އަސްލަމްއަށް ސާޔާވެސް ބޭނުންވާނެ ކަންތައް ތަކެއް ހުންނާނެކަން ގަބޫލުކުރެވުނެވެ. މީގެ ކުރިން ސާޔާގެ ފަރާތުން އެފަދަ ސިފައެއް ނުފެނުނެވެ. ވާނީވެސް އެހެންތާއެވެ. އޭނާއަށް ދަރިފުޅާމެދު މާބޮޑަށް ފަރުވާ ކުޑަ ކޮށްލެވުނީއެވެ. އަސްލަމް ސާޔާއަށް ގޮވާލާފައި އެނާގެ ކޭޝްކާޑު ދީފައި ސާޔާއަށް ބޭނުންވާ ހެދުމާ އެއްޗެހި ގަންނާށޭ ބުންޏެވެ. ސާޔާ ނޫނެކޭ ބުނުމުންވެސް އަސްލަމް ގަބޫލެއް ނުކުރިއެވެ. މާހިލް ކައިރީގައި ހަތިޔާރު ބަހައްޓަންޖެހޭ ފަދައިން ބައްޕަ ކައިރީގައިވެސް ހަތިޔާރު ބަހައްޓަން މިޖެހުނީ އޭނާއަށެވެ.

ސާޔާ ނުކުތް އިރު މާހިލް މަޑުކޮށްލައިގެން ހުއްޓެވެ. ސާޔާ ފެނިފައި މާހިލްއަށް ބަލަންހުރެވުނީ އަޖައިބުވެފައެވެ. ގަޔަން ހެޔޮވަރު ހެދުމެއްގައި ހުރިއިރު ސާޔާގެ ރީތިކަން އެތައްތަނެއްވަނީ އިތުރުވެފައެވެ. މޭކަޕަކާ ނުލައިވެސް އެރީތިކަން ފަނޑުނުވެއެވެ. މުށިކުލަ ދޮން ހަމާއި ގުޅޭތީ އިތުރަށް ފުރިހަމަވެއެވެ. މާހިލް މާވަރަކަށް ބަލަން ހުރުމުން ސާޔާ ހުރީ ލަދުގަންނަ ގޮތްވެފައެވެ. މަޑުމަޑުން އިސްޖަހާލައިގެންހުރެ ސާޔާ މާހިލް ކައިރިއަށްގޮސް ހުއްޓުނެވެ. ސާޔާ އެއްޗެކޭ ނުބުނެ ހުއްޓައި މާހިލް “ޖަސްޓް ގޯޖަސް” އޭ ބުނެލިގޮތުން އެންމެ ހިމަ ނާރަށް އެނގުންވެގެން ދިޔައެވެ. ސާޔާ ކަރުކެހިލުމުން މާހިލް “ސޮޮރީ” އޭ ބުނެފައި ކާރުގެ ކުރީ ދޮރުފަތް ހުޅުވާލައިދިނެވެ. މާހިލް ސާޔާ ގޮވައިގެންގޮސް މަޑުކޮށްލީ ރެސްޓޯރެންޓެއްގެ ދޮރުމައްޗަށެވެ. ދެބުރިއަށް ނަގާފައި ހުރި އިމާރާތުގެ މަތީ ބަޔަށް މާހިލް ސާޔާ ގޮޮވައިގެން ދިޔައެވެ. އެކަހަލަ ތަންތަނަން އާ ކަމުން ސާޔާ ހުރީ ޖެހިލުންވާގޮތްވެފައެވެ. މާހިލްއަށް އެކަން އިހުސާސްވުމުން ސާޔާއާ ކައިރިވެލާފައި އަތުގާ ހިފާލިއެވެ. ކަނަކަށްވާގޮތަށް ހުރި މޭޒުގައި އިށީދެފައި މާހިލް ކާއެއްޗެއްސަން އޯޑަރު ދިނެވެ. ސާޔާ މާހިލް ކައިރީގައި ކޮންމެ އެއްޗެއް ގެނަޔަސް ރަނގަޅޭ ބުނުމުން މާހިލް އޯޑަރުދިނީ އޭނާއަށް ފެންނަ އެއްޗެއްސަށެވެ.

ކައިނިންމާލައިގެން ސާޔާ ބޭނުންވީ ބާޒާރުކުރަން ދާށެވެ. ދެމީހުން އެކުގައި ހީހީފައި އުޅުނު އިރު ހީވީ ދެލޯބިވެރިން ހެންނެވެ. ދެމީހުންވެސް އެކަކު އަނެކަކާއެކު ހޭދަވާ ކޮންމެ ވަގުތުކޮޅެއް ހިތުގެ އެންމެ ފުނުގައި ރައްކާ ކުރަމުންދިޔައެވެ. ސާޔާ ގަތީ މާހިލްއަށް ކަމުދިޔަ އެއްޗެއްސެވެ. ސާޔާގެ އުފާވެރި މޫނު ފެނިފައި މާހިލް ހުރީ އިންތިހާއަށް އުފާވެފައެވެ. ބާޒާރުކޮން ނިމުމުން މާހިލް ސާޔާ ގެއަށް ގެންގޮސްދިނެވެ. ގުޑްނައިޓް ކިޔާފައި ހަތަރު ކަޅި ހަމަވި ވަގުތު ދެމީހުންނަންވެސް ތިބެވުނީ ގެއްލިފައެވެ. މާހިލް ސާޔާގެ ކޮނޑުގައި ހިފާ މަޑުމަޑުން ގަޔާ ކައިރިކޮށްލިއެވެ. މާހިލްގެ ހޫނު ނޭވާތަން ސާޔާގެ މޫނަށް އެޅޭހާ ގާތްވުމުން ސާޔާ ބިރުގަންނަން ފެށިއެވެ. ސާޔާ ހަނދާންވާންފެށީ ހަމީދު އޭނާގެ އިއްފަތްތެރިކަން ފޭރިގަންނަން އުޅުނު ރޭމަތިންނެވެ. މާހިލްގެ ނޭވާތަން މޫނަން އެޅުނު ވަރަކަށް ސާޔާގެ ނޭވާ ހާސްވާންފެށިއެވެ. އެންމެ ފަހުން މާހިލްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލާފައި ދުއްވައިގަތްވަގުތު އަރިއަޅާލައިގެން ވެއްޓެއް ދިޔައެވެ. މާހިލް ސާޔާ ގައިގައި ހިފެހެއްޓުމުން ނުވެއްޓި ސަލާމަތްވިއެވެ. މާހިލް ހަށިގަނޑު ސީދާ ކޮށްލާފައި ބަލައިލިއިރު ސާޔާއޮތީ އޭނާގެ އަތްމައްޗަށް ދެމިފައެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ޝައިން (ޕާޓް-5)

Next

ހިތަކުން ނުފިލާނެ

Next
April 29, 2015

ހިތަކުން ނުފިލާނެ

Previews
April 28, 2015

ޝައިން (ޕާޓް-5)

35 Comments!

  1. Anonymous says:
    April 28, 2015 at 7:49 pm

    V v v v reethi..bt thankohleh kuru..konirakun next part up kohladhenee..thankohleh ahvahah kohdheeche..

  2. iba says:
    April 28, 2015 at 8:15 pm

    V v v v v v reethi..konirakun next part up kohlaadhenee..ehaa ka intixaarueh nukurevee..dhen up kohlaa iru thankohlhen ginain ghenesdheeche plx plx plx plx its a request
    ..

  3. ކުޑާ says:
    April 28, 2015 at 8:31 pm

    thankyou anonymous & iba next part digu kon genesdeveytho try kuraanan ingey

  4. fini says:
    April 28, 2015 at 8:32 pm

    THEDHEY HAA KURUKOH BUT NICE…..MAITING 4 NEXT PART,,,,,,,,,,,

  5. shaa says:
    April 28, 2015 at 8:33 pm

    haadha kurey thankolheh dhigukoh genesdheeba varah reethi mi partves

  6. fini says:
    April 28, 2015 at 8:33 pm

    OOOOOOOOOOPS SORRY WAITING

  7. testing carried says:
    April 28, 2015 at 9:38 pm

    nice. nice

  8. ކުޑާ says:
    April 28, 2015 at 11:02 pm

    thankyou everyone gd nyt

  9. mausooma says:
    April 28, 2015 at 11:02 pm

    v reethi

  10. ކުޑާ says:
    April 28, 2015 at 11:03 pm

    thankyou mausooma

  11. ކުޑާ says:
    April 28, 2015 at 11:04 pm

    thankyou evry one gd nyt tc

  12. nishy says:
    April 29, 2015 at 10:16 am

    V reethi … Ekam Adhives thankolheh kureee

  13. shandu says:
    April 29, 2015 at 11:05 am

    hoom salhi

  14. nanny says:
    April 29, 2015 at 12:34 pm

    vvvvvvvvvv reethi waitin 4 next

  15. nanny says:
    April 29, 2015 at 12:35 pm

    vvvvvvvv rythi

  16. na says:
    April 29, 2015 at 4:10 pm

    Konirakun dhen Anna part nikunaney….vara reeethi

  17. md says:
    April 29, 2015 at 5:00 pm

    Just waiting for the next part

  18. laali says:
    April 29, 2015 at 9:43 pm

    Vv nice.waiting 4 the nxt part

  19. reesh says:
    April 29, 2015 at 10:40 pm

    nice…. waiting for next part….. avahah up kohlacheyyy

  20. testing carried says:
    April 30, 2015 at 10:27 pm

    kudaaa… heavanee aslu vaahaka eh hen

  21. zilaa says:
    May 3, 2015 at 8:53 am

    wow vrh salhi

  22. afoo says:
    May 3, 2015 at 12:43 pm

    Vvvvvv. Salhi. … Next part avahah up kohla dhehchey..

  23. naj says:
    May 4, 2015 at 7:21 pm

    Haadha lahey…….up kodhey ba avaha

  24. nish says:
    May 5, 2015 at 12:58 pm

    Haadha lahay update vaaleh mihaaru inthizaaru koh koh varubalivehje

  25. nana says:
    May 5, 2015 at 5:45 pm

    haadh lasvejeyea thoa

  26. maan says:
    May 5, 2015 at 10:36 pm

    Vaahaka nimunytha

  27. butterfly says:
    May 6, 2015 at 9:42 am

    Mi vaahaka ves v nice knirakuntha next part up kurany plx avaskohdhyba plx plx I am waiting

  28. shaafa says:
    May 6, 2015 at 8:08 pm

    Kiive miharu mivaahaka up nukurany…

  29. doll says:
    May 7, 2015 at 4:31 pm

    haadha lahey

  30. aish says:
    May 8, 2015 at 12:38 pm

    Haadha lahey up vaaleh, im waiting eyyy.. mihaar kiyaa hithun eba kai madhuve, avas kh ap khdheeba nxt part

  31. nash says:
    May 8, 2015 at 3:06 pm

    up kohba avah

  32. avik says:
    May 8, 2015 at 3:08 pm

    it has been more than a week up kuranyaa upkuraa haa dhuvas vehjje ehnu.. noony liyaane ehcheh neynguniy that. liyan neygenyaa kiykuran story feshy

  33. avik says:
    May 8, 2015 at 3:09 pm

    adhives fuhpaa fa vaahaka liyaathi.. up kuran ves nukerey

  34. avik says:
    May 8, 2015 at 3:09 pm

    liyan nukerenyaa liyan noolhe ba

  35. mari says:
    July 28, 2017 at 12:06 am

    Mihaaru vaahak thah up nukuranee keehve

Comments are closed.


All Right Reserved!