Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ބާކީ ވެފައި….

Hoody Level 310 Stories100 Comments
February 19, 2015 3 Mins Read
12 Comments

މުޅި ކޮޓަރިތެރޭގައި ވަނީ އުދާސްކަމެވެ. ހަށިގަނޑު ތޮރުފާފަދަ ހޫނުކަމެކެވެ. ހަތަރުފަރާތުގައިވާ ފާރުން އާވި އަރާފަދައެވެ. ފަންކާ ނިއްވާލައިފާ ވުމުން މުޅި ކޮޓަރިތެރޭގައިވެސް ވަނީ ފޫހިކުރުވާފަދަ ހަމަހިމޭންކަމެވެ.

ފަންކާގައި އެލުވާފައިވާ ދަންމަޅި ދެކޮޅަށް ހޫރިލަ ހޫރިލަ އިނެވެ. ހައިޝަމް ގޮނޑިއަކަށް އެރުމަށްފަހު އެ މަޅިއަށް ބަލަހައްޓައިގެން ހުރީއެވެ. އެ ދެލޮލުން ކަރުނައިގެ އަސަރުފެންނަމުން ދިޔައެވެ. މޫނުމަތި ވަނީ މިލާފައެވެ. އޭނާ މަޑުމަޑުން އެ މަޅި ކަރަށް މަހާލިއެވެ. ދެލޯ ފިއްތާ ބާރުކޮށްލިއެވެ. އެވަގުތު އެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތަށް އޮހޮރިގަތެވެ.

ހައިޝަމް އަކީ، މުއްސަނދި ދެމަފިރިންނަށް ލިބިފައިވާ ހަމައެކަނި ފިރިހެންދަރިފުޅެވެ. ހައިޝަމްގެ އިތުރުން އެ ދެމަފިރިންގެ ތިބެނީ ތިން އަންހެން ކުދިންނެވެ.

 އޭނާ ބޮޑުވަމުން އައީ މަންމަމެންގެ އިންތިހާއީ ލޯބި ލިބިގެންނެވެ. އޭނައަށް މަދުވާ އެކައްޗެއްވެސް ނެތެވެ. ބޭނުންވާ ހުރިހަކަމެއް ގޭތެރެއިން ކުރެވެއެވެ. ހިތަށް އައިހާ އެއްޗެއް ބުނެލާއިރަށް ލިބެއެވެ. އެހެންވީރު ހައިޝަމް އަށް މަދުވަނީ ކޯއްޗެއް ހެއްޔެވެ؟ އޭނާ އަމިއްލައަށް މަރުވާން އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

އެންމެ ކުޑައިރުއްސުރެ ފަށައިގެންވެސް އޭނާގެ އެކުވެރިއެއް ނުހުރެއެވެ. ކޮންމެ ދުވަހަކުވެސް އޭނާއަށް ފެންނަމުން ދިޔައީ ގޭތެރޭގެ ދިރިއުޅުމެވެ. ރަށުތެރޭގައި ހިނގާ ކަންތައްތަކެއް އޭނައަކަށް ނޭގެއެވެ. އޭނާގެ މައިންބަފައިން އޭނާ ގެންގުޅެމުން ދިޔައީ “ކޮށްޓެއް” ގައެވެ. ރަށުތެރެއަށް ގިނަވެގެން އުޅޭ ކުދިންގެ ކިބައިން އެ މީހުންގެ ދަރިފުޅު ސަލާމަތް ކުރުމަށްޓަކައެވެ. ނަމަވެސް މިކަމުގައި ހުރި ނުރައްކަތެރިކަން ހައިޝަމްގެ މައިން ބަފައިންނަކަށް އިހުސާސެއް ނުވެއެވެ.

ހައިޝަމް ސުކޫލަށް ލުމުން ފުރަތަމަ ކޮޅު ދެކޮޅުހެދިއެވެ. ނަމަވެސް ގަދަކަމުން ސުކޫލަށް ގެންދަން ފެށުމުން ހަމައަކަށް އެޅެމުންދިޔަނަމަވެސް އެހެން ކުދިންނާ ވާހަކަދެއްކުމަކީ ހައިޝަމް ނުކުރާ ކަމެކެވެ. ވަކިން ހާއްސަކޮށް ފިރިހެންކުދިންނާއެވެ. އޭނާ އަކީ ފިރިހެން ކުއްޖަކަށް ވި ކަމުގައިވިއަސް ފިރިހެން ކުދިންނާ ވާހަކަދައްކަން ޖެހިލުންވެއެވެ. މީހުނާ ކުރިމަތިލާން  އޭނާ ލަދުގަނެއެވެ. ހަމައެހެންމެ ކުޅިވަރުތަކުގައި ބައިވެރިވުމަކީވެސް އޭނާ ކުރަހިތްވާ ކަމެއްނޫނެވެ. އެއްވެސް ކަހަލަ ހަރަކާތެއްގައި ބައިވެރިނުވާތީ އޭނާގެ ހަށިގަނޑު ހުންނަނީވެސް އާދައިގެވަރަށްވުރެ ފަލަކޮށެވެ.

ހައިޝަމްއަށް ގޭތެރެއިން ފެންނަމުން ދިޔައީ އަންހެންކުދިންގެ އުޅުމެވެ. ދަސްވަމުން ދިޔައީ އެކުދިންގެ އިހުސާސްތަކެވެ. ފިރިހެންކުދިންގެ ހަރަކަތްތަކާއި އުޅުން ފެނިފައިނުވާތީ އޭނާއަށް އުޅެވެމުންދިޔައީ “އަންހެން” ދުނިޔެއެއްގައެވެ. އަންހެން ކުދިންނާއި ފިރިހެންކުދިންގެ ތަފާތެއް އޭނާއަކަށް ނުވިސްނެއެވެ.

ހައިޝަމް ބޮޑުވަމުން އައިވަރަކަށް އަންހެން ކުދިންނާ ވާހަކަ ދައްކާ މިންވަރުވެސް އައީ އިތުރުވަމުންނެވެ. ކުލާހުގެ ހުރިހާ އަންހެންކުދިންނާ ވާހަކަ ދައްކާއިރު ފިރިހެންކުދިންނާ އޮންނަ ގުޅުން ވަރަށް ކުޑައެވެ. ފުރާވަރަށް އަރައިގެން އައިއިރު އޭނަގެ ކިބައިގާ ފިރިހެން ވަންތަ ކަމަށްވުރެ އަށަގަނެފައިވާ އަންހެންވަންތަކަން ބޮޑެވެ. މިކަމުގެ ނޭދެވޭ އަސަރު އޭނާގެ ހިނގުމަށާއި ހުރިހާ ހަރަކާތްތަކަށް ކުރިއެވެ. އޭނާއަށް އެހެން ފިރިހެން ކުދިންގެ މަލާމާތާއި ކުރިމަތިވީ އެހިސާބުންނެވެ.

ކުލާސްކުދިން އޭނާއަށް ގޮވަނީ “ރަނޑު” ގެ ނަމުންނެވެ. ހިގާފައިދާއިރު ފަހަތުގައި ތިބެގެން ތުންގޮއްވާ ހަދައެވެ. ސުކޫލުން ނިކުމެގެން ގެއަށް އަންނަ މަގުމަތިން ޒުވާނުން “އަންހެން ދުޅައިގެ” މަގާމު އޭނާއަށް ދެއެވެ. މިފަދަ ކޮންމެ ވަގުތެއްގައި އޭނާގެ ހިތް ކުދިކުދި ވެގެން ދެއެވެ. ލޯ ތެމިގެންދަނީ ހިތް ބަލިކަމުނެވެ. އޭނާގެ ކުށަކީ ކޮބައިހެއްޔެވެ؟ މައިންބަފައިން ތަރުބިއްޔަތު ކުރިގޮތަކަށް ނޫނީ އެކުދިން ބޮޑުވެގެން ނާންނާނެއެވެ. ގޭތެރެއިން ނަމޫނާ ދެއްކި ގޮތަކަށް ނޫނީ ބޭރުގައި ނޫޅޭނެއެވެ. ހައިޝަމްއަށް ދަސްވެފައިވަނީ އޭނާގެ ޖިންސުގެ އިދިކޮޅެވެ.

ގޭތެރޭގައި ހައިޝަމް ނެގިމަޑުވެފައި އިންނަކަން މަންމަމެންނަށް ފާހަގަނުވީ ކީއްވެހެއްޔެވެ؟ އޭނާ އަކީ އަބަދުވެސް ހިމޭނުންހުންނަ ކުއްޖަކަށްވާތީ އަޅައިނުގަންނަނީކަންނޭނެގެއެވެ. އޭނާގެ ކިޔެވުމަށް އަސަރުކުރަމުންދިޔައީ ބެލެނިވެރިން ތަރުބިއްޔަތު ކުރި ގޮތެއްގެ ސަބަބުންނޭ ބުނާނީ ކާކުހެއްޔެވެ؟ މަންމަމެންގެ ނަޒަރުގައި އޭނާ ފަރުވާ ކުޑަކުރަނީއެވެ. ނަމަވެސް ކުލާހުގައި ފިލާވަޅަށް ސަމާލުކަން ދޭވޭ ވަރަށްވުރެ ކުދިންގެ ޖެއްސުން މާ ބޮޑެވެ. އެކުދިންގެ މަލަމާތާއި ފުރައްސާރައިގެ ސަބަބުން އަބަދުމެ ހުންނަން ޖެހެނީ ހިތުގައިޖެހިފައެވެ. ކިޔެވުމާ ދޭތެރޭ ވިސްނޭނީ މި ކަންކަމުން ސަލާމަތްވެގެންނޫންހެއްޔެވެ؟

މޫނުބަލާ ލޮގަނދު ދޮށުގައި ހުރެގެން ހައިޝަމް ރުޔެވެ. އެ ލޯގަނޑުން އޭނާއަށް ފެންނަމުން ދިޔައީ “އަންހެން” ކުއްޖެކެވެ. އެއީ އޭނާގެ މައިންބަފައިން އޭނާ ތަރުބިއްޔަތު ކޮށްދިން ގޮތެވެ. އޭނާގެ ދައްތަމެންގެ ފަރާތުން ދަސްވި ފިލާވަޅެވެ. މިކަމުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ހަލާކުވެގެން ދިޔައީއެވެ. މުޖުތަމައުގައި ބާކީވެ އެއްފަރާތަށް ޖެހުނީއެވެ. މިކަމުން ސަލާމަތް ވާނީ ކިހިނެއްހެއްޔެވެ؟

މައިންބަފައިންގެ ލޯބި އިންތިހާއަށް ލިބިފައިވީ ނަމަވެސް އޭނާއަށް ކުރިމަގުގައި އެއްވެސް އުފަލެއް ނެތެވެ. ކުޑައިރު ބޭނުންގޮތަކަށް ތަރުބިއްޔަތުވުމަށްފަހު ބޮޑުވުމުން ބަދަލު ނުކުރެވޭނެ ވާހަކަ އެތައް ބަޔަކު ބުނެއެވެ. ސިމެންތި ގެށުމަށްފަހު ބޭނުން ބައްޓަމަކަށް އެ ހެދެއެވެ. ނަމަވެސް ހަރުވެ ގަލަށް ވުމުން ދެން އެއަށް ބަދަލެއް ނުގެނެވޭނެއެވެ.

ދުނިޔޭގެ ލަދާ ކުރިމަތި ލާނެހާ ހިތްވަރެއް ހައިޝަމްގެ ނެތެވެ. ކިޔަވާ ނިމިފައިވިނަމަވެސް ވަޒީފާއަށް ނުކުންނާކަށް ނުކެރުނެވެ. ކުޑައިރު ގޭގައި ބަންދުވި ހައިޝަމް މިހާރުވެސް އެއިނީ ގެގައި ބަންދުވެފައެވެ. ނަމަވެސް މިއަދު އޭނާގެ ހަމައެކަނި ތަފާތަކީ ޒުވާނަކަށް ވީކަމެވެ.

ދަރިން ބޮޑެތިވަމުން އަންނައިރު ބޭރުތެއަށްނެރެ އިޖުތިމާއީ ދިރިއުޅުން އެކުދިންނަށް ދެއްކުމަކީ ވަރަށް މުހިންމުކަމެކެވެ. ދުނިޔޭގައި ތަފާތުވައްތަރުގެ މީހުން ދިރިއުޅޭކަން އެކުދިންނަށް އަނގައިދޭން ޖެހެއެވެ. ގޭތެރެއިން ހުރިހާ ކަމެއް ދަސްކޮށްދޭން އުޅެފިނަމަ އެކުދިންގެ ކުރިމަގު ހަލާކުވެގެން ދިއުމަކީ ވަރަށް ގާތުގައިވާކަމެކެވެ. ހަމައެހެންމެ މައިންބަފައިންގެ ލޯބިވެސް ދަރިންނަށް ލިބެންވާނީ ވަކިވަރަކަށެވެ. އެ ލޯބި ހައްދު ފަހަނައަޅާ ހިނގައްޖެނަމަ އަމިއްލައަތުން އަމިއްލަ ދަރި ހަލާކުކުރުން ފަދަ ކަމަކަށްވީއެވެ.

ކޮޓަރީގައި ގިނައިރުވެގެން ދޮރުހަލާކުކޮށްލާފައި އެތެރެއަށް ވަންއިރު ހައިޝަމް ހުރީ ދަން ޖެހިގެން މަރުވެފައެވެ. އޭނާގެ މައިންބަފައިން ރުއީ އެމީހުންގެ ދަރިފުޅު މަރުވުމުންނެވެ. ނަމަވެސް އެ ދެމަފިރިންވަނީ އެ ދަރިފުޅުގެ މުސްތަގުބަލު މާކުރިން ހަލާކުކޮށްލާފައެވެ.

ނިމުނީ

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

އިންތިޒާރު 9

Next

ކަޝްފު 9

Next
February 20, 2015

ކަޝްފު 9

Previews
February 19, 2015

އިންތިޒާރު 9

12 Comments!

  1. Hoody says:
    February 19, 2015 at 7:49 pm

    mi vaahakain varah bodu iburatheh haasil vaane kamah heekuran! 🙂

  2. sweety says:
    February 19, 2015 at 9:27 pm

    me first dhwww….. nice v ibrahtheri vaahakaeh…..

  3. suha says:
    February 19, 2015 at 11:01 pm

    V nice n ibraiyy theri.new stry akah inthixaar kuran

  4. faai says:
    February 20, 2015 at 7:04 am

    V rythi… V ibraitheri waahaka eh… Hoody ge ithuru waahaka akah inthizaaru kuran… Luv ur stories… <3

  5. Hoody says:
    February 21, 2015 at 11:08 am

    thnkx sweety, suha and faai!!!!! 🙂

  6. mustho says:
    February 21, 2015 at 8:44 pm

    varah reethi…

  7. Hoody says:
    February 22, 2015 at 10:59 am

    kobaatha Athoo!!!!?? missing yu!!!!

  8. athoo.. says:
    February 22, 2015 at 2:49 pm

    ehen ehentha? it’s obi varah salhi iburai libey. best of luck hoody.

  9. ausam says:
    March 10, 2015 at 3:24 am

    Nice one.

  10. Nishh says:
    March 20, 2015 at 12:09 pm

    Superb….

  11. Nabhaan says:
    June 11, 2015 at 9:22 pm

    nice one buddy….u hav a unique talnt

  12. Yoohaa says:
    November 9, 2015 at 1:43 pm

    Varah nice hoody ge storys thah

Comments are closed.



All Right Reserved!