Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ސާޔާ (8 ވަނަ ބައި)

ކުޑާ Level 110 Stories
April 25, 2015 5 Mins Read
27 Comments

ސާޔާ ހަމީދު ކައިރިން ސަލާމަތްވުމަށް ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ދިޔައީ ނާކާމިޔާބު ވަމުންނެވެ. ސާޔާ ހަޅޭއްލަވަން ފެށުމުން ހަމީދު ރުޅިއައިސްގެން އަނގަމަތީގައި ބާރަކަށް ޖެހުމުން ފަޅައިގެންގޮސް ލޭ އަންނަންފެށިއެވެ. ހަމީދު އަނިޔާ ކުރުމުން ވީ ތަދަށްވުރެ ބޮޑަށް ވޭންއެޅީ ހިތުގައެވެ. ދޮންމަންމަ އޭނާއާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް މިވީހާތަނަކަށް އަތް އިސްކޮށްފައެއްނުވެއެވެ.ހަމީދު ސާޔާ އަޅައިގެން ހުރި ބުރުގާ ދަމައިގަތެވެ. ސާޔާ ރޮއެރޮއެފައި ބާރަށް ހެދުމުގައި ހިފެހެއްޓިއެވެ. އެކަމަކު ހަމީދު މާ ބާރުގަދައެވެ. ހަމީދު ސާޔާއަތް ނައްޓުވާލާފައި ހެދުމު ކަރުވަޅުގައި ހިފައިި ދަމައިގަތް ގަތީނުން ހެދުން އިރައިގެން ނުދިޔައީ ކިރިޔާއެވެ. ސާޔާ ގައިމަތީގައި އޮތް ހަމީދު ވިއްސައިގެން ދިޔައީ މާހިލް ހަމީދު ގައިގައި ހިފާ ނަގާފައި ކޮއްޕާލުމުންނެވެ. އޭރު މާހިލް އައިސްފައި ހުރި ރުޅިން ތުރުތުރު އަޅަމުން ދިޔައެވެ.

ހަމީދުއަށް ލިބުނު ހައިރާންކަމުގައި މާހިލްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ހަމީދު ރުޅިއައިސްގެން މާހިލް ގައިގައި ޖަހަން އަތް ނެގި ވަގުތު ދޮރުން ވަދެގެން އައި ފުލުހުންގެ ތިން މީހުން ފެނިފައި އަތް ތިރި ކޮށްލެވުނެވެ. މާހިލް ސާޔާގެ ބުރުގާ އަޅުވާލަދިނެވެ. ފުލުހުންވަދެ ހަމީދު ގެންދަން އުޅުމުން މާހިލްއަށް ކުޅިދައްކާލާނަމޭ ކިޔާފައި އިންޒާރު ދިނެވެ.

ސޯފާގައި ހަރަކާތެއްނެތި އިން ސާޔާ ފެނިފައި މާހިލްގެ ހިތް ހަމްދަރުދީން ފުރުނެވެ. އެ އަންހެންކުއްޖާގެ ނިކަމެތިކަން ހިތަށްއަރާފައި މާހިލްގެ ދެލޯ ފެންކަޅިވިއެވެ. މާހިލްގޮސް ސާޔާ ކައިރީގައި އިށީދެފައި ސާޔާއަށް އޭނާގެ އަތުގެ ހިމާޔަތްދިނެވެ. މާހިލްގެ މިގާތްކަމުން ހިތަށް އަސަރު ކޮންގެން މާހިލް ގައިގައި އޮޅުލައިގަނެފައި ސާޔާ އަޑުން އަޑު ނަގާފައި ރޯންފެށިއެވެ.މާހިލް ސާޔާ މޫނުގައި ދެއަތުން ހިފާ އުފުލާލާފައި ބޯ ހޫރާލީ ނުރޯށޭ ބުނާފަދައަކުންނެވެ.

އެތަށް އިރެއް ވަންދެން ސާޔާ ރުޔެވެ. މާހިލް ސާޔާއަށް ވަގުތު ދީގެން އިނެވެ. މާހިލް ސާޔާ އޭނާއާއެކު އެގެއަށް ގެންދަން އުޅުމުން ދެކޮޅެއް ނުހެދިއެވެ.މާހިލްއާއެކު ތެދުވެގެންހިނގައިގަތީ ބަސްއަހާ ކުޑަކުއްޖެއް ފަދައިންނެވެ.

މާހިލް ސާޔާ ގޮވައިގެން އައިއިރު މުފީދާއާއި މުޒްނާ ސިޓިންގ ރޫމުގައި ތިއްބެވެ. އެމީހުން ތިބީ މާހިލް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ސާޔާ ގުޅާފައި އެއްޗެކޭ ނުބުނީމައި ފޯނު ކަނޑާލަން އުޅެނިކޮން ހަމީދުގެ އަޑާއި އެކުވެގެން އައި ސާޔާގެ ރުއިމުގެ އަޑުއިވިފައި މާހިލް އަވަހަށް އެގެއަށް ދިޔައީ ވެގެން އުޅޭގޮތް އެމީހުން ކައިރީގައިބުނެފައެވެ. މާހިލްގެ ބައްޕަ އަޒުހަރުއާއި ދޮންބެ ޒާލިފް މަޑުނުކުރީ އެމީހުން ފެނިފައި ސާޔާ ލަދުގަނެފާނެތީއެވެ. މާހިލްމެެން ވަތްތަން ފެނިފައި މުފީދާގޮސް ސާޔާ އަތުލަފިކޮންގެން ގެންގޮސް ވެއްދީ ގޭގައި މެހެމާނުންނަން ހަދާފައި ހުންނަ ކޮޓަރިއަށެވެ. މުޒުނާ ފަހަތުން އައިސްވަނީ ފެން ތައްޓެއް ހިފައިގެންނެވެ. މުފީދާ އެކޮޓަރިން ނުކުމެގެން އައީ ސާޔާއަށް ހިތްވަރުދީ އަރާމުކުރަން ބުނެފައެވެ. އެމީހުންގެ ހެޔޮކަމުން ސާޔާގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ.

ނިދިފައި އޮތް ސާޔާ ހަޅޭއްލަވައިގެނަފައި ތެދުވިއިރު އިނީ ރޮވިފައެވެ. ދެލޮލުން ބިރާއި ސިހުން ފެންނަން ހުއްޓެވެ. މުޒްނާ އަިސް އެކޮޓަރިއަށްވަނީ ސާޔާގެ ހަޅޭކުގެ އަޑުއިވުމުންނެވެ. ‘ކިހިނެއްވީ ސާޔާ” މުޒްނާ ސާޔާ ކައިރީގައި އަހާލީ ގާތް ގޮތަކަށެވެ. “ސާޔާ މިގޭގައި އިންހާ ހިނދަކު މީހަކަށް ކަމެއް ނުކުރެވޭނެ އެންމެންވެސް މިތިބީއެއްނުދޯ..” މުޒްނާ އޭނާގެ ވާހަކަތަކުން ސާޔާގެ ހިތްހަމަޖައްސާލައިދިނެވެ.

ޝިފާނާ ގެއަށް އައިސްވަނީ ހެވިފައި ހުރެގެންނެވެ. ސާޔާގެ މުޅި ދިރިއުޅުން ބަރުބާދުވެފައިިވާތަން ބަލައިލާ ހިތުން ޝިފާނާ ހުރީ ކެތް މަދުވެފައެވެ. ގޭތެރެއިން ސާޔާ ފެންނަން ނެތުމުން ޝިފާނާ ހީކުރީ ސާޔާ ކޮޓަރީގައި ވީ ކަމަށެވެ. ހަމީދުގެ ހަބަރެއް ބަލައިލަން ޝިފާނާ ގުޅީ އަސްލަމް ކައިސާ ގޮވައިގެން ކޮޓަރިއަށް ވަނީމައެވެ. ގުޅާގުޅާވެސް ހަމީދު ފޯނެއް ނުނެގިއެވެ. ޝިފާނާ ހުރީ ހަމީދު ފޯނު ނުނެގުމުން ހިތްހަމަ ނުޖެހިފައެވެ. ބޭނުންވި ކަންތައް ވީމައި އެނާގެ ފޯނަކަށް ޖަވާބުދިނުންވެސް މުހިންމު ނުވިއެވެ. ޝިފާނާއަށް ނޭނގުނީ ކޮންމެވެސް ދުވަހަކުން ދުނިޔޭގެ ލޯމައްޗަށް އެމީހުން ކޮށްފައިވާ ކަންތައް ފަޅާއަރާފާނެ ކަމެވެ. އެހެންވެ އެ ކަހަލަ އެއްޗެއް އޭނާގެ ހިޔާލަންވެސް ނާދެއެވެ.

ޝިފާނާގޮސް ސާޔާ ނިދާ ކޮޓަރީގެ ދޮރުހުޅުވާލިއިރު އެތާގައި ސާޔާ ނެތުމުން ހާސްވިއެވެ. ސާޔާ ގޭގައި ނެތިފައި ހަމީދު ފޯނުނުނަގާތީ ކޮންމެވެސް ކަމެއް ގޯސްކޮން ވެއްޖެއޭ ޝިފާނާގެ ހިތް ބުންޏެވެ. އަނެއްކާވެސް ޝިފާނާ ފޯނު ނަގާފައި މަސައްކަތްކުރީ ހަމީދުއަށް ގުޅޭތޯއެވެ.

ސާޔާ މަންޒިލްގޭގައި ހުރިއިރު އޭނާއަށް އިހުސާސް ކުރެވެނީ އަމިއްލަ ގެއިން ނުލިބޭފަދަ ރައްކާތެރިކަމެކެވެ. މާހިލްގެ އެހީތެރިކަން ނުލިބުނު ނަމަ އޭނާގެ މުޅި ދިރިއުޅުން ބަރުބާދުވީހެވެ. އެކަނިމާއެކަނި ކޮޓަރީގައި އިން ސާޔާއަށް މާހިލް އެތަނަން އައިސް ވަތް ކަމެއް ނޭނގުނެވެ. މާހިލް ވަދެފައި ސާޔާއަށް ބަލަހައްޓައިގެން ހުރީއެވެ. އެންމެ ފަހުން ސާޔާގެ ސަމާލުކަން ނުލިބުމުން ސާޔާއަށް ގޮވާލިއެވެ. ސާޔާއަށް މާހިލް އެތާ ހުރިކަން ރޭކާލީ ދެތިން ފަހަރަކު ގޮވާލުމުންނެވެ. “މިއައީ މަންމަ ބުނެގެން ކާން ބަލާ” މާހިލް އެހެން ބުނުމުން ސާޔާ ކާން ދެކޮޅު ހެދިއެވެ. މާހިލް އެކޮޓަރިން ނުކުމެގެން ދިޔައީ ސާޔާ ކާން ދާން އެއްބަސް ނުވުމުންނެވެ.

ހަމީދުއާ ސާޔާގެ ހަބަރެއް ނުވެގެން ކަންބޮޑުވެފައިއިން ޝިފާނާ އިރުކޮޅަކާ ހަމީދުއަށް ގުޅޭތޯ ބަލައެވެ. އެންމެ ފަހުން ގޮތް ހުސްވެގެން އަސްލަމް ކައިރީގައި ސާޔާ ގޭގައި ނެތް ވާހަކަ ބުންޏެވެ. އަސްލަމްއަކަށްވެސް ސާޔާ ދާނެ ތަނެއް ބުނާކަން ނޭނގުނެވެ. ސާޔާއަކީ އާންމުކޮން ގެއިން ބޭރަށްގޮސް އުޅޭ ކުއްޖެއް ނޫނެވެ. އަސްލަމް ބޭރަށް ނުކުމެފައި މާލެ ތެރޭގައި ދުއްވިއެވެ.ދޮރުން ވަދެގެން އައި އަސްލަމް ފެނިފައި  އަސްލަމްގެ އިންތިޒާރުގައި އިން ޝިފާނާ ސާޔާ ފެނުނުހޭ އަހާލުމުން އަސްލަމް ބޯހޫރާލުން ފިޔަވައި އިތުރު ކަމެއް ނުކުރެއެވެ. ޝިފާނާގެ ހާސްކަން ދެގުނަ އިތުރުވިއެވެ. އޭނާ ކުރިކަންތައް ފަޅާއަރާފާނެތީ ޝިފާނާ ހުރީ އެހާ ބިރުންނެވެ. “އަހަންނަން ހީވަނީ ދެން ޕޮލިހަށް ގުޅަންވީހެން” އަސްލަމް އެހެން ބުނީ ކައިސާ ކައިރީގައި ކޮޓަރިއަށް ވަންނާށޭ ބުނެފައެވެ. އަސްލަމްގެ އަޑުއިވިފައި ޝިފާނާއަށް ތެޅިގަނެވުނެވެ. “އަދި މަޑުކުރަން އަހަންނަން ފެންނަނީ.. އެވެސް މިހާރު ކުޑަކުއްޖެއް ނޫނެއްނު” ޝިފާނާ ބޭނުންވީ އަސްލަމް ހުއްޓުވާށެވެ. ޝިފާނާއަށް އެއްލި ކަޅިއަކުން ފިރިހެނަކާއެކު ދޮރުމަތީގައި ހުރި ސާޔާ ފެނިފައި ބަލަހައްޓައިގެން ހުރެވުނެވެ. ޝިފާނާގެ ނަޒަރު ދޮރާދިމާއަށް އަމާޒުވެފައިހުރިތަން ފެނުމުން އަސްލަމްވެސް އެދިމާއަށް ބަލައިލިއެވެ. “އަހަރެމެން މިތާ ހޭބޯނާރާ ކަލޭ ހޯދަން އުޅޭއިރު ފިރިހެނެއް ކައިރީ އޮވެފައި އަންނާކަން ލަދެއް ނުގަނޭތަ” ޝިފާނާގެ ވާހަކަ ހުރި ގޮތުން ސާޔާއަށް ލަދުން އިސްޖަހާލެވުނީ މާހިލް ހިތަށް އަރާފާނެ އެއްޗެއް ނޭނގޭތީއެވެ. ސާޔާއަށް ވީގޮތް ފެނިފައި މާހިލްއަށް އަތް މުށްކަވާލެވުނެވެ. މާހިލްއަށް އެގޮތުގައި ކެތްކޮށްލެވުނީ ކުޑައިރުކޮޅަކުއެވެ. ޝިފާނާގެ އަޑު މާގަދަވާން ފެށުމުން މާހިލް ދައްތާއޭ ކިޔާފައި ގޮވާލުމުން ޝިފާނާއަށް ލިބުނީ ޝޮކެކެވެ. ދައްތަ ތިހުރިހާ އެއްޗެއް ކިޔާއިރު ހަގީގަތަކީ ކޮބައިކަން ބަލަން މަސައްކަތް ނުކުރީ ކީއްވެ؟ މާހިލް ވާހަކަ ދައްކަން ފެށުމުން އަސްލަމް މާހިލްއަށް ބަައިލީ ބުނަން ތިޅެނީ ކީކޭހޭ ބުނާ ފަދައަކުންނެވެ. އަސްލަމްގެ ނަޒަރު އޭނާއަށް އަމާޒުވެފައި ހުރިތަން ފެނުމުން މާހިލް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “ބޭބޭ ރޭގަ އަހަރެންނަން މިގެއަށް ނާދެވުނުނަނަމަ އެ ނުލަފާ މީހާ ބޭބެގެ ދަރިފުޅުގެ އިއްފަތްތެރިކަން ފޭރިގަތީސް..” މާހިލްގެ ޖުމުލައާއެކު އަސްލަމް އެއީ ކާކުހޭ ކިޔާފައި ސުވާލުކުރިއެވެ. އޭރު ޝިފާނާ ހާސްވެގެންގޮސް އަތުގައި މަޑު ތުރުތުރެއް އުފެދިއްޖެއެވެ. “އެމީހާއަށް ކިޔަނީ ހަމީދު.. އެމީހާ މިހާރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި..” މާހިލް އެހެން ބުނުމުން ޝިފާނާއަށްހީވީ އޭނާގެ ބޮލުގައި މީހަކު ބާރު އެތިފަހަރެއް ޖެހިހެންނެވެ. ހަމީދު ހައްޔަރު ކުރިކަން އެނގުމުން ޝިފާނާ ފިސާރި ކަންބޮޑުވިއެވެ. މާހިލް އެގެއިން ދިޔައީ ސާޔާ ބަހައްޓާފައެވެ. މާހިލް ދިއުމުން ސާޔާ އޭނާގެ ކޮޓަރިއަށް ވަދެފައި އޮތީ ތަޅުލައިގެންނެވެ. އަސްލަމް ގޮވާ ގޮވާވެސް ދޮރު ހުޅުވާކަން ބޭނުމެއް ނުވިއެވެ.

އަސްލަމް ބޮލުގައި ހިފަހައްޓާލައިގެންއިނީ ދަރިފުޅާމެދު އިހުމާލުވެވިއްޖެކަން އިހުސާސްވުމުންނެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާއަށް ދަރިފުޅާ މެދު ކަންތައް ކުރެވުނު އިހާނެތިގޮތް ހިތަށް އަރާފައި އަސްލަމް ލޯ ފެންކަޅިވިއެވެ. އެދަރިފުޅަކީ އޭނާ އެންމެ ލޯބިވި އަންހެނުން އާތިކާގެ ހުރި ހަމައެކަނި ނިޝާނެވެ. އާތިކާ ދުނިޔޭގައި ހުރި އިރު އެދަރިފުޅު ގެންގުޅުނީ ރަސްދަރިކަނބަލެއް ފަދައިންނެވެ. އެކަމަކު އެދަރިފުޅަށް ބައްޕަގެ އެހީއަށް އެންމެ ބޭނުންވި ވަގުތު ބާކީކޮށްލާ އެކަނިކޮށްލެވުނީއެވެ. އަސްލަމްގެ ހިތަށް އަރާފައިބަމުންދިޔަ ހިޔާލުތަކުން ކެތް ނުވެގެން ހަމަ ރަނގަޅަންވެސް އަސްލަމްއަށް ރޮވިއްޖެއެވެ. އެތަނަން ނުކުތް ޝިފާނާއަށް އަސްލަމް ރޯތަން ފެނިފައި ހުރެވުނީ ކުރިއަށް ފިޔަވަޅެއް އަޅަން ނުކެރިފައެވެ. ޝިފާނާ ނުކެރި ހުރެފައި އައިސް އަސްލަމްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އަސްލަމް ޝިފާނާ ގައިގައި އޮޅުލައިގަނެފައި ކިޔަންފެށި އެއްޗެއް އިވިފައި ދަތްތަކަށް ބާރުކޮށްލެވުނެވެ. ޝިފާނާއަށް ނޭނގުނު ކަމަކީ ކިތައްމެ ބާރުގަދަ ފަންޑިތައެއް ހެދިޔަސް ކޮންމެވެސް ދުވަހަކުން އޭގެ ބާރު ކެނޑިގެންދާނެކަމެވެ. މިހާރު ޝިފާނާއަށް އެވަނީ އޭގެ ކޮޅުމަތި ފެންނަން ފަށާފައެވެ.

ސާޔާ ކޮޓަރި ދޮރު ހުޅުވާލާފައި ނުކުތީ ބަނޑުހައިކަން އިހުސާސްކުރެވުމުންނެވެ. އޭނާ ކޮޓަރިން ނުކުތީ އެންމެން ނިދާހާއިރު ކޮށްފައެވެ. މަޑު ފިޔަވަޅުތަކެއްގައިގޮސް ކާގެއަށް ވަދެފައި އައިސްއަލަމާރި ދޮރު ހުޅުވާލާފައި ޖޫސްޕެކެޓެއް ނަގާފައި ތައްޓަކަށް ޖޫސް އަޅައިގެން އެއް ނޭވާއިން އެބޯލިއެވެ. ކޮޓަރިއަށް ދާން އެނބުރިލި ވަގުތު ދޮރުމަތީގައި ހުރި އަސްލަމް ފެނިފައި ސާޔާ ސިހުނެވެ. އެހާ ލަސްވަންދެން އަސްލަމް ހޭލާ ހުރެދާނެކަމަކަށް ސާޔާ ހިޔެއް ނުކުރެއެވެ. އަސްލަމް ސާޔާ ގޮވައިގެންގޮސް ސޯފާގައި ބޭންދިއެވެ. އަސްލަމް އިނީ ދަރިފުޅުގެ ކިބައިން މާފަށްއެދޭނެ ގޮތެއް ނޭނގިފައެވެ. އަސްލަމްގެ ހަރަކާތްތަކަށް ބަލަން ސާޔާ އިނީ އެއްވެސް އެއްޗެއް ނުބުނެއެވެ. އަސްލަމް މާފަށް އެދުނު އިރު އޭނާގެ އަޑުހުރީ ކުރެހިފައެވެ. “ދަރިފުލާ ބައްޕައަށް މާފުކޮށްދީ.. ބައްޕައަށް އެނގޭ ބައްޕައަށް ކުރެވުނީ މާފު ހައްގު ވާވަރުގެ ކުށެއް ނޫންކަން” ސާޔާ އަސްލަމްއަށް މާފްކުރީ ހެޔޮ ހިތުންނެވެ. ބައްޕައަށް ވިސްނުނީތީ އޭނާހުރީ އުފަލުންނެވެ. އަސްލަމް ގޮސް ކޮޓަރިއަށް ވަނީ ސާޔާއާ އެތައް ވާހަކައެއް ދައްކާފައެވެ. އެވަރުގެ ނިންމުމެއް ނިންމި އިރު އަސްލަމް ޝިފާނާ ކައިރީގައި ބުނެވެސް ނުލައެވެ.

ހެނދުނު ޝިފާނާ ހޭލައިގެން އައިސް ބެލިއިރު ސައި ނުހަދާ ހުރުމުން ހުރީ ރުޅިގަދަވެފައެވެ. މާ ބޮޑަށް ބަނޑުހައިވެފައި ހުރުމުން ރުޅިގަނޑު ދެގުނަ އިތުރު ވިއެވެ. ބާރު ބާރަށް ގޮސް ސާޔާ ކޮޓަރީގެ ދޮރުގައި ތަޅައިގަތީ އަތަށް ބާރުލާފައެވެ. ސާޔާ ދޮރު ނުހުޅުވުމުން އަދިވެސް ނިދަނީދޯއޭ ކިޔާފައި އަޑުގަދަ ކޮށްލިއެވެ. އޭރު ކައިސާވެސް އަޑުގަދަވެގެން ނުކުމެގެން އާދެއެވެ. ސާޔާ ދޮރުހުޅުވާލިއިރަށް ޝިފާނާ ކޮޓަރިތެރެއަށް ދެމިގަނެފައި ހަޅޭއްލަވަން ފެށިއިރަކު އެނދުމަތީގައި ހުރި ފޮއްޓެއް ނުފެނެއެވެ. އެފޮށި ޝިފާނާ ލޮލުގައި އަޅައިގަތީ މާފަހުންނެވެ. “ހޫން މީދޯ މިވެގެން އުޅޭ ގޮތަކީ ލޯބިވެރިޔާއާއެކު ރައްކާވަނީ ދޯ” ޝިފާނާ ސާޔާއާ ހަޑިކޮން ވާހަކަ ދެއްކިއިރު އެތާގައި ކައިސާ ހުރިކަންވެސް ހަނދާންނެތް ކަހަލައެވެ. ސާޔާގެ ކޮޓަރިއަށް ވަތް އަސްލަމް ފެނިފައި ސާޔާގެ ޝަކުވާ ކޮށްލިއެވެ. ޝިފާނާގެ އަނގަ ބަންދުވީ އަސްލަމްގެ ވާހަކަ އަޑުއިވިފައެވެ. “ޝިފާނާ އަހަރެން މިއުޅެނީ މަންމަމެންގެއަށް ސާޔާ ފޮނުވަންވެގެން.. މީގެ ފަހުން ސާޔާ ހުންނާނީ އެގޭގަ.. އަހަރެން މަންމަމެން ކައިރިން މާފަށް އެދެފިން.. އަހަރެން ބުނިން އަހަންނަން މާފުކުރި ކަމަށް ވަންޏާ ސާޔާ އެގޭގައި ބަހައްޓާއިދޭށޭ.. އެމީހުން އެގޮތާ އެއްބަސް..” އަސްލަމްގެ ވާހަކަ އިވިފައި ޝިފާނާ ހުރީ ތަލިން ކުޅު ހިކިފައެވެ. އަސްލަމް ސާޔާ ގޮވައިގެން ދިޔަތަން ބަލަން ޝިފާނާހުރީ ގުޑިލަން ނޭނގިފައެވެ.

އަސްލަމް މަންމަމެންގެއަށް ސާޔާ ލާފައި ގެއަށް އައީ އެގޭގައި މަޑުކޮށްލާފައެވެ. މާމަމެން އޭނާދެކެ ވާލޯބި ފެނުމުން ސާޔާގެ ލޯ ފެންކަޅިވިއެވެ. އެގޭގައި ހުރީ އެމީހުންނަން ހާއްސަކޮންގެން ކެއުމެއް ތައްޔާރުކޮށްލާފައެވެ. ސާޔާއަށްދިނީ އަސްލަމް ކުރިން އުޅުނު ކޮޓަރިއެވެ. ކޮޓަރިއަށްވަދެ ހަމަޖެހިލާފައި ސާޔާ ފޯނު ނަގާފައި މާމަގެއަށް ބަދަލުވި ވާހަކަ މާހިލްއަށް މެސެޖުކޮށްލިއެވެ. މާހިލް މެސެޖު ލިބުމުން ސާޔާއަށް ގުޅިއެވެ. ކުއްލިއަކަށް އެގެއަށް ބަދަލުވީ ކީއްވެތޯ މާހިލް އެހުމުން ސާޔާ ބުނީ އެއީ ބައްޕަ ބޭނުންވި ގޮތް ކަމުގައެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ޝައިން (ޕާރޓް-4)

Next

ފަނާ 6

Next
April 26, 2015

ފަނާ 6

Previews
April 24, 2015

ޝައިން (ޕާރޓް-4)

27 Comments!

  1. mush says:
    April 25, 2015 at 6:12 pm

    I was waiting for this…v rythi

  2. koo says:
    April 25, 2015 at 6:13 pm

    Dhen oiyy bai avahah post kurahchey
    Varah reethi

  3. iba says:
    April 25, 2015 at 6:30 pm

    Wow v v v v v nice..plx plx next part avahah up kohladhee…keep it up

  4. ummi says:
    April 25, 2015 at 6:35 pm

    Oww v v reethii.. kn dhuvahakun aneh baii othy

  5. laali says:
    April 25, 2015 at 6:56 pm

    Vv teething.avahah nxt part up kohlahchey

  6. laali says:
    April 25, 2015 at 6:56 pm

    Vv reethi.avahah nxt part up kohlahchey

  7. Anonymous says:
    April 25, 2015 at 6:59 pm

    Oh yes… maahil ni nama saayaa ge dhiriulhuh halaaku vyx… thnkx maahil… adi mi v liyaa kujja ah v bodah sukuruweri wah… keep it up… v nice this prt… i m waiting nxt part… vvvv awahah upload khlahchey ngey….

  8. Naash says:
    April 25, 2015 at 7:02 pm

    V v v v reethi mi vaahaka

  9. aishaa says:
    April 25, 2015 at 7:40 pm

    Wow v salhi.. plxx avahah aneh bai up kohdhehcheyy…

  10. ކުޑާ says:
    April 25, 2015 at 7:46 pm

    thankyou for your encouraging comments

  11. maani says:
    April 25, 2015 at 8:27 pm

    ………….Vaahaka vara Suriname waiting next part

  12. nishy says:
    April 25, 2015 at 8:58 pm

    Wow…. vvvvv reethi …. waiting for next part

  13. xaaxaa says:
    April 25, 2015 at 9:33 pm

    Wow what a nice story. Warah touching

  14. fini says:
    April 26, 2015 at 7:01 am

    nice waitaing 4next part

  15. ކުޑާ says:
    April 26, 2015 at 7:54 am

    thankyou every one

  16. naj says:
    April 26, 2015 at 5:18 pm

    Konirakun part nukunaney………it was really nice……vara salhi

  17. zee says:
    April 26, 2015 at 7:42 pm

    Aneh part avahah up kohdhehcehy… v reethi part eh mi.

  18. xayaa says:
    April 27, 2015 at 8:17 am

    v hadi …dhn nukiyaanan mivaahakaeh …fuhi fuhi …..chyyyyyyyy

  19. ilooo says:
    April 27, 2015 at 8:19 am

    aslu v habeys ingey …xayaa haadha jeyy veyy dhw …thankolheh avahah up khdhyba

  20. xayaa says:
    April 27, 2015 at 8:22 am

    miha hadi vaahakaeh nukiyan ….. vaahaka hadiyax dhn liyunu myhaa hih hama jahsaalan vegen iloo bunany rychey … rangalhu dhn hadiyax rychey bunaa kuhjaku hunna kan …..

  21. ilooo says:
    April 27, 2015 at 8:24 am

    xayaa kithanme hadiyey bunyax aslu hama rythi v ma rythi vaahaka mi bunany …thi bunany xayaa ah hadi vaahakaeh nun dhw bt iloo ah rychey..hadi yaa vaahaka nukiyabala …kykuran kiyany …

  22. ilooo says:
    April 27, 2015 at 8:25 am

    xayaa kithanme hadiyey bunyax aslu hama rythi v ma rythi vaahaka mi bunany …thi bunany xayaa ah hadi ??????vaahakaeh nun dhw bt iloo ah rychey..hadi yaa vaahaka nukiyabala …kykuran kiyany …

  23. xayaa says:
    April 27, 2015 at 8:26 am

    its my buissness to read nd not read …not yours sooo keep ur comments shut iloo….owkeiii

  24. ކުޑާ says:
    April 27, 2015 at 10:34 am

    thanks ilooo for your support & sorry zaaya vaahaka hadi v ma

  25. md says:
    April 27, 2015 at 12:19 pm

    varah reethi ingey… xayaa ah ves reethi ekams dhn foni vany 😛
    i love this story and please up the next part soon ingey :*

  26. semei says:
    April 27, 2015 at 5:18 pm

    varaSq salhi.. vaahaka varah habeys

  27. zilaa says:
    April 28, 2015 at 7:51 am

    wow vrh salhi plx plx shaayaa ah dhera gotheh nahadhaa avahah maahil ar gulhuvabala

Comments are closed.


All Right Reserved!