Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިން ދީވާނާ … 1

@AL@A Level 110 Stories
November 26, 2018 2 Mins Read
6 Comments

ރޭގަނޑުގެ އަދިރިކަން އަލިކޮށް ދިނީ ސާދަ ވިލޭރޭ ހަނދުގެ ސަބަބުންނެވެ. ރަސްރަސްކަލުންގެ ހާދިމުންގެ ފަދައިން ތަރިތަށް ވިދާ ބަބުޅަމުން ދިޔައެވެ. ރެއަކީ ވަރަށް ފުރިހަމަ ރެއެކެވެ. ބުރާސްފަތި ވިލޭރޭ ކަމުން ސުކޫލުގެ މަސަތްކަތާއި އޮފީސް އޮފީހުގެ މަސަތްކަތް ނިންމާލަމުން ޗުއްޓީ ދެދުވަހަށް އެންމެންވެސް ދިޔައީ ތައްޔާރުވަމުންނެވެ. މާލޭ މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންގެ ޢަދަދު އެހެން ރޭތަކާ ޙިލާފަށް މިއަދު ގިނަހެން ހީވެއެވެ. ފުރުޣާން މިސްކިތް ކައިރިން ހިނގާފައި ދިޔަ ދެ ޒުވާނުންގެ މެދުގައި ތަފާތު ވާހަކަތަށް ދެކެވެމުން ދިޔައެވެ. ބަލާލާ ކޮންމެ މީހަކަށްވެސް މި ދެ ޒުވާނުންގެ ގުޅިލާމެހިފައިވާ އަތް ފެންނާނެއެވެ. ނަމަވެސް ހިތާހިތުގެ ގުޅުމުން މި ދެޒުވާނުން ވަނީ ގުޅިފައިކަން އިނގޭނީ މަދު މީހަކަށެވެ. އެކުއެކީގައި ހިނގާފައި ގޮސް ރިޔާޝްއާއި މަލާކް ވަނީ ރާއްޖޭގައި މިހާރު އެންމެ މަޝްހޫރު ކޭފްސީއަށެވެ. މީހުންތަށް ފުރިބާރުވެފައިވާ ތަނެއް ކަމުން ރިޔާޝްއަށް ހިސާބަކަށް އުނދަގޫވެސް ވިއެވެ. ނަމަވެސް މަލާކްގެ އެދުން ފުރިހަމަ ކޮށްދިނުމަށްޓަކައި މަލާކްއާއެކު އޭނާ އެތަނަށް ވަނީއެވެ.

ރިޔާޝްގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ އަތުގައި އޮތް ފޯނަށެވެ. އޭނާއަކީ ބަލާލާއިރު ރީތި ހަށިގަނޑެއްގެ ވެެރިއެކެވެ. އަންހެން ކުދިންގެ ހިތް ދަމައިގަންނަ ފަދަ ސޫރައެއް ލިބިފައިވާ އިސްކޮޅުން ދިގު ކުއްޖެކެވެ. އޭނާ އަކީ އަންހެން ކުދިންނަށް މާބޮޑަކަށް ވާހަކަދައްކާ ސަމާލުކަން ދޭ މީހެއް ނޫނެވެ. މަލާކް ހުރިހާ ހިނދަކު އޭނާ އެހެން އަންހެނުންނަށް ބަލާނެ ކަމެއް ނެތެއް ނޫންހެއްޔެވެ. ރިޔާޝްއަށް ގިނައިން އިދެވެނީ ފޯނުން ކޮންމެވެސް ކަމެއް ކުރާށެވެ. މިކަމުގެ ސަބަބުން އޭނާގެ ލޯބިވެރިޔާ މަލާކް ޝަކުވާކުރާލެއް މަދެއް ނޫނެވެ. އޭނާއާއި ޖެހިގެން ހުރީ މަލާކްއެވެ. އޭނާ އަކީ ފަތްމިނި ހަށިގަނޑެއްގެ ވެރި ކުއްޖެކެވެ. އޭނާގެ އެންމެ ހާއްސަ ސިފައަކީ އޭނާގެ ނޫ ކަޅިރަވައެވެ. ފިރިހެންކުދިންތެރޭ މަޤުބޫލު މި ޖިންސުއްލަތީފަށް ފިރިހެން ކުދިންގެ ހުށެއެޅުންތަށް ލިބޭ ޢަދަދު މަދެއް ނޫނެވެ. ނަމަވެސް އޭނާގެ ހިތް މިލްކު ކޮށްލީ ހަމައެކަނި ރިޔާޝްއެވެ.

ރިޔާޝް އާއި މަލާކް ކާއެއްޗިއްސައް އޯޑަރު ކުރަން ކިއުގައި ޖެހުނެވެ. ކުއްލިއަކަށް ކޭއެފްސީ އަށް ވަދެގެން އައީ ދެމީހުން ފެނި އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. ޒުވާން އަންހެން ކުދިންތަށް އުތުރި އަރައިގަނެގެން އެކަކު އަނެކަކާ ވާދައަށް ފޯނުތަށް ހިފައިގެން ސެލްފީ ނަގަން އުޅުނެވެ. އެއީ ޒީކް އެވެ. މުޅި ރާއްޖެއަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޒަޔާންގެ ދަރިފުޅެވެ. އޭނާ އައީ އޭނާގެ ރައްޓެހި އައިކާ ގޮވައިގެންނެވެ. ފިރިހެނުންގެ ސަމާލުކަން ހުއްޓޭފަދަ ރީތިކަމެއް ލިބިފައިވާ އައިކާ ޒީކްގެ އަތުގައި ހިފާލައިގެން ހުރުމުގެ ސަބަބުން އެތާތިބި ގިނަ އަންހެން ކުދިންގެ ހިތްތަކުގައި ހަސަދައިގެ އަލިފާން ރޯވަމުން ދިޔައެވެ.

މި ދެ ޒުވާނުން ގޮސް ވަދުނީ ރިޔާޝްމެން ހުރި ތަނަށެވެ. ރިޔާޝް އާއި މަލާކް ފޯނަށް ގެއްލިފައި ހުރުމުން ދެ މީހުން އައި އިރުވެސް ނޭނގުނެވެ. މީހަކު މަލާކް ގައިގައި ބައްދާލުމުން މަލާކް ފަހަތް ބަލާލިއެވެ. އެއީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ސުކޫލު ދައުރުން ފެށިގެން އެންމެ ގާތް މިތުރު އައިކާއެވެ. ފަހަތުގައި ޒީކް ހުރިކަން ރިޔާޝް އަށް އިނގުނީ މަލާކް ބުނުމުންނެވެ. އެ ހަތަރު މީހުން އެއްކޮށް ކަާއެއްޗެހީ އޯޑަރު ކޮށްގެން މޭޒެއް ހޯދަން ދިޔައެވެ.

މީހުންގެ ނަޒަރުތަކުން ސަލާމަތް ވުމަށް ޒީކްމެން ދިޔައީ އެންމެ ކަނުގައި ހުރި މޭޒު ކައިރިއެށެވެ. އެ މޭޒުގައި އެންމެން އިށީނދެ އެމީހުންގެ ވާހަކަ ފެއްޓިއެވެެ.މިހަތަރު ޒުވާނުންނަކީ ވަރަށް ގާތް ރަހުމަތްތެރިންނެވެ. އެންމެ ކުޑާއިރުއްސުރު އެކުގައި އުޅެމުން އަންނަ ކުދިންނެވެ. އެކަކަށް ލިބޭ އުފަލުގައި ބައިވެރިވެ ލިބޭ ހިތާމައެއްގައި ބައިވެރިވާ  ނަމޫނާ އެކުވެރިންނެވެ. އުފަލާ މަޖަލުގައި ޒުވާން ޢުމުރުގެ ދުވަސްތަށް އެކުގައި ވޭތުކުރަމުން ދާ ޙިޔާލެއް ފިކުރެއް ނެތް ޒުވާނުންނެވެ.

ކޭއެފްސީއިން ކައިގެން އެންމެން ދިޔައީ ޒީކުގެ ޕްރައިވެޓް ކާރު ދުއްވާލާށެވެ. ޗައިނާ މާލްޑިވްސް ބްރިޖް މަތިން ބާރު ސްޕީޑުގައި ދުއްވާލާފައި ދިޔައީ އުފަލާ މަޖަލުގައެވެ. ޖެހެމުން ދިޔަ އަރާމު ފިނި ރޭގަނޑުގެ ފިނި ރޯޅިތަށްވެސް އެބައިމީހުންގެ އުފަލުގައި ބައިވެރިވަމުން ދިޔަ ކަހަލައެވެ. މިއަދު މި އުފަލާއި މަޖަލުގަި ހޭދަކުރަމުން ދާއިރު އުފެދުމުން އަންނަ ކޮޅިގަނޑުގެ އިހްސާސް މިއިން އެކަކަށް ވެސް ނުވެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

@AL@A

Level 110 Stories

Other Articles

Previous

ބޯހިޔާވަހި ކަމަކީ މިނިވަން ކަމުގެ ރަމްޒެކެވެ.

Next

ދެގަޑި ތިރީސް 11

Next
November 26, 2018

ދެގަޑި ތިރީސް 11

Previews
November 26, 2018

ބޯހިޔާވަހި ކަމަކީ މިނިވަން ކަމުގެ ރަމްޒެކެވެ.

6 Comments!

  1. @AL@A says:
    November 26, 2018 at 1:13 am

    assalamualaikum heres the first part hope u all like it and mistake hunnane i knw that so pls do me a favour and point it out i will try to correct it luv u guys i will try to read your comments an reply thanku

  2. Ekujjaa says:
    November 26, 2018 at 10:32 am

    Woww vrh salhi dear ❤❤❤❤ sifakurun gina kohalifiyya adhi maa furihama vaane ❤????curiously waitin for the next part ?????

  3. Ekujjaa says:
    November 26, 2018 at 10:32 am

    Woww vrh salhi dear ❤❤❤❤ sifakurun gina kohalifiyya adhi maa furihama vaane ❤????curiously waitin for the next part ?????whoever you are love you more too???

  4. @AL@A says:
    November 26, 2018 at 2:17 pm

    thank you your story is also really nice too;)

  5. love says:
    November 26, 2018 at 9:49 pm

    oh i love this curiously waiting for next aprt

  6. @AL@A says:
    November 26, 2018 at 9:50 pm

    thanku next aprt tmrw

Comments are closed.

Next Episodeލޯބިން ދީވާނާ… 2←


All Right Reserved!