Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ލޯބިން ދެވިއްޖޭ 5

Ekujjaa Level 1
November 26, 2018 6 Mins Read
11 Comments

“ހުއް..ނުލިބުނޭ އެ ހަވާދު ދަޅެއް.” ގޭދޮރު ހުޅުވާލި ސުންހާ އޭނާގެ އަމިއްލަ ނަފްސަށްވެސް ކުދިކިޔަމުން ދިޔައެވެ. ގޭތެރެއަށް ހިނގާލި ފުރަތަމަ ނަޒަރާއެކު އޭނާގެ ދެލޯ ކުޑަވވިއެވެ. ގޭތެރޭގައި ހިނގަމުންދިޔަ އާދަޔާޙިލާފު ކުޅިގަނޑު ބަލާލަން ޝައުގުވެރިވިއެވެ. އެހެންކަމުން ދޮރު ކައިރކޮށްލަމުން ދޮރު ފުރަގަހުގައި ނިވާވެލިއެވެ. އެއްވެސް މީހަކަށް އޭނާ ނުފެނުނުކަންވެސް ނަސީބެކެވެ.

ހިތް ނުތަނަވަސްވެފައިވާ ހާލުވެސް ޝަރީފް އޭނާގެ ވާހަކަ ފަށައިގަތެވެ. “އެއީ މީގެ ސޯޅަ އަހަރު ކުރި މަ އޮފީސް ދަތުރެއްގަ ދިޔައީ އައިޝާގެ ރަށަށް އަހަރެން ހުންނަން ހަމަޖެހުނީ އައިޝާމެންގެ ގޭގަ އޭރު ސުންހާއަށް ދެއަހަރު އައިޝާމެންގެ ރަށަށް ދިޔަތާ ދެހަފްތާ ތެރޭގަަ އަހަންނާ އައިޝާ ވެގެންދިޔައީ ވަރަށް ގާތް ދެއެކުވެރިންނަށް..އެކަމަކު އެންމެ ފިނިފިނި ރެއަކުން އެކަން ބަދަލުވެގެންދިޔައީ ގޭގައި އެއްވެސް މީހެއް ނުޅުނުކަމުގެ ނާޖާއިޒު ފައިދާ އައިޝާގެ ކިބައިން އަހަންނަށް ނެގުނީ..އަހަރުމެން އެރޭ ހިނގި ޢަމަލުގެ ނަތީޖާ ތީ..އާލިމް..އާލިމް ދުނިޔެއަށް އައިފަހުންވެސް މިއަދާ ހަމައަށް އާލިމްއަށް އަހަރެން ޙަރަދުކުރިން އެކަމަކު ނުދެވުނު ހަމައެކަނި އެއްޗަކީ ބައްޕައެއްގެ ލޯބި..އޭރު އަހަރެންގެ ނަޒަރުގަ ލޯތްބަކީ ފައިސާއަށް ގަނެވޭނެ އެއްޗއް..އެކަމަކު މިއަދު ވިސްނިއްޖެ އެދުވަހު ތިދަރިފުޅަށް އެލޯބި ނުދެވުނީމަ މިއަދު ހިތާަމަ ކުރަން..ދަރިފުޅާ އާލިމް މި ބައްޕައަށް މާފްކޮށްދީ..” ޝަރީފްގެ ވާހަކަ ނިންމާލަމުން އާލިމްގެ ފައިބުޑަށް އޭނާ ތިރިވިއެވެ. ރޮމުން ގިސްލަމުންނެވެ.

އިވުނު ވާހަކަތަށް ގަބޫލުކުރަން ދަތިވެފައި އާލިމްއަށް ހުރެވުނީއެވެ. އޭނާގެ ނޭވާވެސް ހުއްޓިފައިވާކަހަލައެވެ. ބައްޕަގެ ދުލުން ދަރިފުޅާއޭ ކިޔާ އަލަށް  ގޮވާލިއަޑުއިވުމުން އޭނާއަށް ކުރެވުނީ ތަފާތު އިހްސާސެެކެވެ. އާލިމްގެ ހިތަށް އަރަމުން ދިޔައެވެ. އެ ލޯތްބަކަށްޓަކައި ފަނަރަ އަހަރު އިންތިޒާރު ކުރި ލޯތްބަކީ މިއީ ހެއްޔެވެ. އެމީހަކު ނުފެނިގެން ދުވާލު ހަތަރުދަމު މަންމައާއި ސުވާލުކޮށްހެދި މީހަކާ މިއީ ހެއްޔެވެ. ޝަރީފްއާ އެއްހަމައަކަށް އާލިމްވެސް ތިރިވެލިއެވެ. “ބައްޕާ..” އާލިމްގެ ތުންފަތް ފޫއަޅުވާލުމާއެކު އޭނާއަށް ލިބިގެން ދިޔައީ ބައްޕަގެ އަތުތެރެއިން ފުރިހަމަ ހިމާޔަތެވެ. ފުރަތަމަ ފަހަރަށެވެ. އޭނާގެ ހިތުގައި ހިނގަމުން ދިޔައީ ތަފާތު ޝޫޢޫރުތަކެކެވެ. މަންޒަރު ބަލަން ހުރި އަޝްފާގެ ހިތަށްވެސް އަސަރު ކުރީ ކަންނޭނގެއެވެ. އޭނާދެ ދެލޮލުންވެސް ކަރުނަ ފާއްދާލިއެވެ. ހިތުގައި ރަހުމެއް ހުރި އިންސާނެއްނަމަ މި މަންޒަރުން އަސަރު ނުކޮށެއް ނުދާނެއެވެ.

“އެހެންމަ ތިބުނީ މަގޭ ދަރިވަރު އެއީ މަގޭ ކޮއްކޮއޭތަ..އަޅުގަނޑަށް ހުރިހާ އެއްޗެއްވެސް އަޑު އިވިއްޖެ” ދޮރު ހުޅުވާއަޅާލި ސުންހާގެ އަޑަށް އެންމެން ދިޔައީ ސިހިގެންނެވެ. ސުންހާގެ މޫނުމަތީގައި ހުރީ ބަޔާންކުރަން ދަތި ކުލަވަރެކެވެ. އޭނާގެ ބޮޑު ދެލޯ ފުރިފައިވަނީ ކަރުނައިންނެެވެ.

ސުންހާގެ ސޫރަ ފެނުމާއެކު އެންމެ ފުރަަތަމަވެސް އާލިމްގެ ހިޔާލަށް އައީ ޔަމާންއެވެ. ސުންހާގެ ސަބަބުން މުޅި މާހައުލަށް ވެރިވީ ސުކޫތެކެވެ. “ބައްޕައަށް މާފުކުރޭ ދަރިފުޅާ..” އެ ހިމޭންކަން ފޫއަޅުވާލީ ޝަރީފެވެ. އެއާކު ސުންހާ ދުވެފައި އައިސް އާލިމްގެ ގައިގައި އޮޅުލައިގަތެވެ. “ސޮރީއޭ..މަ ބުނާނީ ތެންކިޔު އޭ..ޔެސް ފައިނަލީ ކޮއްކޮއެއް…” ސުންހާ ހީވަނީ އުފަލުން އެހެންކަމެއްހެންނެވެ. އެންމެން ޝޮކުގައި ތިބިއިރުވެސް އޭނާގެ ހަރަކާތްތަށް ތަފާތެވެ. ވާނީވެސް އެހެންނޫންހެޔެވެ. ކޮއްކޮއަކަށް އޭނާ އިންތިޒާރުކުރާތާ އަށާރައަހަރުވީ ވިއްޔާއެވެ.

އެގޭގައޖ ދެތިން ގަޑިއިރު ހޭދަކުރެވުނުއިރު އުފާވެރި އާއިލާއެއްގެ މާހަލު ފެންނަންފަށައިފިއެވެ. ކެއުމުގެ ގަޑިއަށް ފަހު އަޝްފާގެ ހިލަމެއް ނުވިއެވެ. އެހެންނަމަވެސް މުޅި ސިޓިންގެ ރޫމުން އިވެމުން ދިޔައީ ހުއްޓާނުލާ އަނގަ ތަޅުވަމުން ދިޔަ ސުންހާގެ އަޑެވެ. އާލިމްއާއި ޝަރީފް ދިޔައީ ކަނުލާ އަޑުއަހަމުންނެވެ. އެހެން ދުވަސް ދުވަހާ ޙިލާފަށް އާލިމް އިނީ ހިމޭނުންނެވެ. އަދިވެސް ޝޮކުގައި ކަންނޭނގެއެވެ “އޭ ޝޮކުން ނިކުމެބަލަ..މީ ދުނިޔެއޭ..ބައްޕާ އިނގޭތަ ކުލާހުގަ ވަރަށް އަނގަ ގަދަވާނެ..ބައި ދަވޭ ކޮބާތަ ޔޯ ބިޓު” ސުންހާ އެއްސެވެ. އާލިމް ސިހުނެވެ. “މަ ބިޓު ވެސް އެބައުޅޭ ކޮބާތަ ޔާމާން..” އާލިމްވެސް ޖެއްސުމަށް ލާނެއްވެލިއެވެ. ވަގުތުން ސުންހާގެ މޫނު ރަތްވިއެވެ. އޭނާ ތުންފަތުގައި ދަތް އެޅިއެވެ.

“ލައިކް ވޭ ދޯ އެހެންވީމަނު ރަތް ވަނީ..ފެކްޓް”  އާލިމް އެއްލޯމަރާލިއެވެ. އެއާއެކު ސުންހާ އޭނާގެ އަތުގައި ހުރި ބާރަކުން އާލިމް ގައިގައި ޖެއްސެވެ. އޭނާ ޖަހާލީ ބާރު ހިނިގަނޑެކެވެ. “އޭނާވެސް ލައިކް ވޭ ކަންނޭނގެ..” ޝަރީފްއަށް އަޑުއިވޭކަން އިނގުމުން ސުންހާގެ ކަންފަތް ބުޑުގައި އާލިމް ބުނެލިއެވެ. އެއާއެކު ސުންހާގެ ދެލޯ ބޮޑުވިއެެވެ. އޭނާގެ އަނގައިން ބަހެއް ނުނިކުތެވެ. ނަމަވެސް ނިއްއަރުވާލިއެވެ.

** *** ** *** **

ދުވަސްތަށް އޭގެ ބާރުމިނުގައި ދައުރުވަމުން ދިޔައެވެ. އެކި މީހުންގެ ހަޔާތުގައި އެކި ކުލަ ޖަސައްސަމުންނެވެ. ކޮންމެ މީހެއްގެ އަޖާލަވެސް އެމީހަކު ގާތްކޮށްދެމުނެވެ. ހަޔާތުގެ އެކި ހިސާބުތަކުގައި އަޑިގަނޑުތަކާއި އުސްގަނޑު ތަށް ގެނެސްދެމުންނެވެ. ހިތާމަކުރަމުން ދާ މީހުންނާ ހީހިފާއި މަޖާނަގަމުން ދާ މީހުންވެސް މަދެއް ނޫނެވެ.

ސުވަހަށްފަހު ދުވަހެއް ފާއިތުވަމުން ގޮސް ތިންމަސް ފާއިތުވެއްޖެއެވެ. އޮކްޓޫބަރު މަހުގެ ފުރަތަމަކޮޅެވެ. މިވީ ތިންމަސް ތެރޭގައި ސުންހާއާއި ޔަމާންގެ ގުޅުން ވަނީ އިންތިހާއަށް ވަރުގަދަވެފައެވެ. ސްކޫލުން ބޭރުންވެސް ބައްދަލުވުންތަށް ބޭއްވެމުން ދިޔައެވެ. މިހާރު ކޮންމެ ދުވަހަކުވެސް ޔަމާން އެންމެ އިންްތިޒާރު ކުރާ ގަޑިއަކީ އެކައުންޓް ގަޑިއެވެ. ދުލުން ބަޔާންނުކޮށްދިންނަމަވެސް ޢަމަލުތަކުން އެކަކު އަނެކަކު ދެކެ ވާ ލޯބި ހާމަކޮށްދެމުންދިޔައެވެ. ހިތުގެ އެދުން ކަޝްފުނުކުރިނަމަވެސް ދެހިތްވެސް ގޮވަމުން ދަނީ އެކަކު އަނެކަކަށެވެ. ޔަމާންގެ އަތުތެރެއިން ހިމާޔަތް ސުންހާ އެދެމުން ދިޔައިރު ޔަމާންގެ އެދުމަކީ ސުންހާގެ ސޫރަ މުޅި އުމުރަށްވެސް އޭނާ ކުރިމަތީގައި ބެހެއްޓުމެވެ. ދުރުގައި ހޭދަވާ ކޮންމެ ސިކުންތުކޮޅެއް އެ ދެހިތް ދިޔައީ ގަރުނުތަކެއް ފަދައިން ގުނަމުންނެވެ. ހިތް ގޮވަމުން ދިޔައީ ހަމަ އަނެކާގެ ނަމެވެ. ބީހޭ ވައިރޯޅިތަށްވެސް ކަންފަތް ބުޑުގައި އެ ނަންކިޔަމުން ދާކ ކަހަލައެވެ.

އެ ދެމީހުންގެ ހަރަކާތްތަކުން އެ ގުޅުމަށް ހުތުރުނަން އަރުވަމުން ދާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ހަސަދައިގެ ކަޅިން ސުންހާއަށް ބަލަމުން ދާ އަންހެން ކުދިންގެ ލޯތަށް އަނދަމުން ދިޔައެވެ. ނަމަވެސް ފިރިހެންވެރިން ދިޔައީ ހެސްކިޔާފައި ބާރަށް “ސުންމާން.” ގެ ނަން ސްކޫލަށް ފަތުރަމުންނެވެ. ޖޯޝާއި ފޯރީގައެވެ. ޓީޗަރަކާ ދަރިވަރަކާ ދެމެދު މިފަދަ ގުޅުމެއްގެ އަލާމާތްތަށް ފެންނަން ފެށި ފުރަތަމަ ފަހަރަށް ވުމުން ކަމަށްވެސް ވެދާނެއެވެ. ފާޅުގައި މިކަމަށް ދެކޮޅު ހަދައިން މޫނުމަތިން ނުރުހުން ފާޅުކުރިކަމުގައިވިޔަސް ހިތުތެރެއިން ސުންހާއާއި ޔަމާން ދިޔައީ އުފާފާޅުކުރަމުންނެވެ. ލޯތްބަށް އެއްބަސްނުވިކަމުގައިވިޔަސް ހަރަކާތްތަކުން އެއްބަސް ވެވިއްޖެއެވެ.

އާލިމްއާއި ސުންހާގެ ގުޅުންވެސް މުޅި ދުނިޔެއަށް ކަޝްފު ވެއްޖެއެވެ. އާއިލާތަށް ގުޅިލާމެހިއްޖެއެވެ. ކުއްލި ސިހުން ގެނުވި ޙަބަރަކަސް މިހާރު އެކަމަށް ހޭނިއްޖެއެވެ. އައިޝާއާއި ޝަރީފްގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. އެކަކު އަނެކަކު ދެކެ ކުރިން ވީ ލޯބި އާލާވާހެންވެސް ހީވެއެވެ. ބައްޕައެއްގެ ފުރިހަމަ ލޯތްބާ އަޅާލުން އާލިމްއަށް ލިބުނު ކަމުގައިވިޔަސް އޭނާގެ މަންމަމަތިން ދުވަަހަކުވެސް ހަނދާން ނައްތައެއް ނުލައެވެ. އޭނާ އަދިވެސް ދިރިއުޅެނީ މަންމަ ކައިރީގައެވެ. އެންމެންނާވެސް ގުޅޭ މަޒާ މިޒާޖެއްގެ ސުންހާ ދިޔައީ މިހުރިހާ ކަމަކަށްވެސް ވަގުތު ދެމުންނެވެ. އެންމެންވެސް އުފަލުގައި ބެހެއްޓޭތޯ އޭނާ ކުރަމުން ދިޔައީ ބުރަ މަސަތްކަތެވެ. އެހެންނަމަވެސް ސުންހާއަށް ނޭނގުނީ މިހުރިހާ އެންމެންގެ ތެރެއިންވެސް މަންމަ އަޝްފާގެ ހިތުގެ ހާލެވެ.

** *** ** *** ** ****

އިރު އުދަރެހުން ފިލައި ގޮއްސިއެވެ. މަޢްރިބް ނަމާދުގެ އަޑަށް ދޫނިތަށްވެސް އެސޮރުމެންގެ ހާލިތަކަށްވަދެ ފިލައިފިއެވެ. ގުދުރުރަތީ ފުރިހަމަ ދުުލުން ބަޔާންކުރަން އުނދާގޫ ރީތި މަންޒަރެއް އުޑުމަންތިން ފެނިގެން ދިޔައެވެ. އޮރެންޖު ކުލައާއި ދަންބުކުލަ އެއްވެއްޖެއެވެ. ކުރެހުންތެރިއެއްގެ ފިއްސަކުން އެދެކުލަ އެއްވެފައި ވާ ފަދައެވެ.

“ސޯ މި ސުވާލުގެ ޖަވާބު ހޯދާ ނިމުނީމަ ފޮތް ދައްކާފަ ގެޔަށް ދިޔަޔަސް އެންމެ ރަނގަޅު.އެން މާދަން އޮންނާނީ އޯލަވަލް އިމްތިހާނުގަ އެކައުންޓިން ސޯ މިހަކަލަ ސުވާލު އަންނާނީވެސް ޕްރެކްޓިސް ގޭގަވެސް…” މޭޒުމަތީގައި މާކަރު ބާއްވާލަމުން ގޮނޑި ދަމާލުމަށްފަހު މޭޒު ކައިރީ ސުންހާވެސް އިށީނދެލިއެވެ. ހުރިހާ ދަރިވަރުންވެސް އެ ކުދީންގެ މަސަތްކަތްތަކާއެކު ކުރިއަށް ދިޔައެވެ. ނަމަވެސް ސުންހާގެ ނަޒަރު ސީދާވެފައިވަނީ އެންމެ ކުއްޖަކާއެވެ. އައިނު ރަނގަޅުކޮށްލަމުން ކަލްކިއުލޭޓަރަށް ފިއްތާލަމުން ފޮތުގައި ލިޔަމުން ދިޔަ ޔަމާންއަށެވެ. އޭނާގެ ކޮންމެ ހަރަކާތެއްވެސް ސުންހާގެ ހިތުގެ ފުންމިނުގައި ބިންވަޅު ނެގިގެން ދިޔައެވެ. ކުޑަދޮރުން އެޅިފައިވާ އޮރެންޖު ވައްތަރެއްގެ ކުލައިގެ އަލިން ޔަމާންގެ ދޮން މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އަތުގައި އޮތް ފޯނުގެ ލެންސް ޔަމާންގެ މޫނާ ސުންހާ އަމާޒުކޮށްލިއެވެ. ފޮޓޯއެއް ނަގަން ތައްޔާރުވެލިތަނާހެން ޔަމާން އިސްއުފުލާލިއެވެ. ސުންހާގެ ހަރަކާތްތަށް ގަނޑުވިއެވެ. އެއާއެކު ޔަމާން އޭނާގެ ފިރިހެންވަންތަ ހިނިތުންވުން ހާމަކޮށްލަމުން އަތުން ހިތުގެ ބައްޓަމެން ހަދާލީ ފޮޓޯއަށް ހުއްޓިލާ ގޮތަށެވެ.

“އޯހް ދޮންތާ.. ފޮޓޯ ޝޫޓް ކުރިއަށްދަނީ ދޯ އަހަރުމެންނަށްވެސް އަންގާލައިގެން އުޅެބަލަ ދޯ..” އާލިމް އިނީ ސުންހާއާއި ޔަމާންގެ ހަރަކާތްތަށް ފާރަލައިގެން ކަހަލައެވެ. ޔަމާންގެ ކޮނޑުގައި އޭނާ ބޯއަޅާލީ ފޮޓޯގައި ބައިވެރިވަމުންނެވެ. މުޅި ކުލާހަށް އިވޭވަރަަށް އޭނާ ބުނެލުމާއެކު  އައިކް  ތުނބުން ފުމްނެ ފެށީ މުޅި ކުލާހުގެ ސަމާލުކަން ހޯދަމުންނެވެ. ނަމަވެސް ޝިމާޒު އިނީ ހިމޭނުންނެވެ. އެއީ އޭނާގެ ބަދަލުވެފައިވާ މިޒާޖެވެ. “މަ ބުނީމެއްނު ޔަމާން އެއީ މަގޭ ހައްގެކޭ..” ފިލާވަޅު ހަދާ ނިމުނު ޝިޔާ ފޮތް ލައްޕާލަމުން ހަޅޭއްލަވައިގަތެެވެ. ސުންހާ އޭނާއަށް ދިނީ ހިތްހަމަނުޖެހުމުގެ ނަޒަރެކެވެ. “ލޯބީ..މަ ނުބުނަމެއްނު ސުންހާ އެއީ މަގޭ ހައްގެކޭ..” ޝިޔާއަށް އެއް މަރާލަމުން ޔަމާން ކޮށްލީ ލާނެއް ފްލާރޓެކެވެ. ސުންހާގެ އަމަލުތަށް ހުންނާނެ ގޮތް ބަލާލުމަށެވެ. ސުންހާ ދެލޯ ކުޑަކޮށްލިއެވެ. “ފިލާވަޅު ނިމުނީމަ ދެން ހުރިހާ ކުދިން ދިޔަޔަސް މައްސަލައެއް ނެތް..” މިހެން ބުުމަށްފަހު ބާރު ހިނގުމެއްގައި ސުންހާ މިސްރާބުޖެހީ ކުލާހުން ބޭރަށެވެ. ފޮތް ލައްޕާލަމުން ޔަމާންވެސް ކުލާހުން ބޭރަށް ހިނގައިގަތެވެ.

“އޭ ސޮރީ..” ފަސް އެނބުރި ހުރި ސުންހާގެ ފިޔަވަޅުތަށް ހުއްޓުނީ ޔަމާްންގެ އަޑުންނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ” ކޮންކަމަކާ..ޔަމާން ބުނީ ދޮގެއް ނޫނެއްނު މަމީ ޔަމާން ގެ ހައްގެއް ނޫނޭ..” ހިތާދެކޮޅަށް ސުންހާ ބުނެލިއެވެ. އޭނާ ތުންފަތުގައި ދަތް އަޅާލިއެވެ. ނަމަވެސް ފަސްއެނބުރި ބަލާލާ ކަހަލަ ޙިޔާލެއް ނުކުރިއެވެ. “ދެން އެއްދުވަހަކުން މަގޭ ހައްގަކަށް ވެއްޖިއްޔާއޯ..” ޔަމާން އެއްސެވެ. ދޭނެ ޖަވާބެއް ސުންހާގެ އަތަކު ނެތެވެ. އެހެންކަމުން އޭނާ ލަދުން ދުވެފައި ގޮސް ވަނީ ފާހާނާއަށެވެ. ޔަމާން ޖަހާލީ ބާރު ހިނިގަނޑެކެވެ. “ސެޓުވީތަ..” ޔަމާން ސިހުނީ އޭނާ ފަހަތުން ތިން އެކުވެރިންގެ ހިލަން ވުމުންނެވެ. ބޯ ކަހާލަމުން އޭނާ ނޫނެކޭ ބުނެލިއެވެ. “އަދިވާނެ ކަލޯ..” ހިތްވަރު ދިނުމުގެ ގޮތުން އައިކް ޖަހާލީ ޔަމާންގެ ކޮނޑުގައެވެ. “އޭ މިރޭ ރަސްފަންނަގު ކައެ ޕްރޮޕޯސް ކުރަންވީނު..އޯ އެޓްލީސްޓް ޑޭޓޭއް ހެދިދާނެއެއްނު މިބުނީ ކުޑަކޮށް ވާހަކަދައްކާލަން ” އާލިމް ދިން ހިޔާލަށް ވަގުތުން ޔަމާން ދެކޮޅު ހެދިއެވެ. ދެކޮޅަށް އޭނާ ބޯހޫރާއެވެ. އެހެންނަމަވެސް އޭނާގެ އެކުވެރިން ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

** *** ** *** ** ***

ރޭގަނޑުގެ ހިމޭން ވަގުތެވެ. ކޮޓަރި ތެރެއިންވެސް ފެންނަނީ އަނދިރިކަމެވެ. “އާރގްގް އައިޝާ މަ ކަލޭ މަރާލާނަން..މަގޭ ފިރިމީހާގެ ހިތް އަތުލާފަ އުފަލުގަ އުޅެވޭނެޔޭތަ ހިތަށް އެރީ..” އަޑުގެ ނެތްތަނަށް އަޝްފާ ހަޅޭއްލަވައިގަތެވެ. ހިތުގެ ބަލި ހުންނަ އަޝްފާގެ މެޔަށް އެރި ތޫނު ތަދާއެކު އޭނާއަށް ބިންމައްޗަށް ތިރިވެވުނެވެ. އޭނާގެ ނަސީބު ރަނގަޅީއެެވެ. ޝަރީފްއަށް ކޮޓަރިއަށް ވަދެވުނީވެސް ހަމަ އެވަގުތެވެ. ޝަރީފް ދެލޯ ބޮޑުވިއެވެ.

ރަސްފަންނުގެ މާހައުލުގައި ގުގުމަމުން ދިޔައީ ރާޅޫތަށް ބިންދާލާ އަޑެވެ. ނަމަވެސް ބައެއްފަހަރު އެތާއުޅެމުން ދިޔަ މީހުންގެ ހުނުންވެސް އެ އަޑާ އެކުވަމުން ދިޔައެވެ. ” މީޓްކޮށްލަން ބޭނުމޭ ބުނީމަ..” ފަހަތުން އިވުނު މިއުޒިކީ އަޑުގެ ސަބަބުން ޔަމާން ފަސްއެނބުރި ބަލާލިއެވެ. އޭނާ އާޝޯޙްވިއެވެ. ހަނދަވުރުގެ އަލި ސުންހާގެ މޫނަށް އެޅިފައިވާއިރު އޭނާ ފެންނަލެއް އިތުރަށް ޗާލެެވެ. ކަޅުކުލައިގެ އުނަގަނޑާހަމައަށް އަރާ ޓޮޕްކޮޅަކާއެކު އޭނާ ލައިގެން ހުރި ނޫކުލައިގެ ދިގު ޖިންސުވަރަށް ފުރިހަމައެވެ. ހަމަރަނގަޅަވެސް ޔަމާންގެ ހިއްސުތަށް ހޭލައްވާލައިފިއެވެ.

“އޭ އާން..” ކުޑައެއްގެ ދަށުގައި އިށީނނަމުން ޔަމާން ބުނެލިއެވެ. އޭނާގެ އަތުގައި ދައްކާނެ ވާހަކައެއް ނެތެވެ. އެދެމެދަށް  ވެރިވެފައިވާ ހިމޭންކަން ކަނޑުވާލީ ސުންހާގެ ފޯނު ރިންގުވުމުން ބައްޕަ ޝަރީފް ދިން ޙަބަރު އޭނާއަށް އިންތަނުން ތެދުވެވުނެވެ. އޭނާގެ ދެލޮލަށް ކަރުނަ ބޮނޑިވެގަތެވެ. ފައިގައި ހުރި ބާރެއްލާފައި ސުންހާ ދުއްވައިގަތީ ދެވޭ ނުދެވޭ ތަނެއް ނޭނގިއެވެ. ކުއްލިއަކަށް ގަލެއްގައި އަޅައިގަނެފައި އޭނާ ވެއްޓުނެވެ. އިށީނދެވުނު ގޮތަށް ތެދުވެވާކަށްވެސް ނޭނގުނެވެ. ޔަމާންވެސް ބާލަކަށް ނުހުރެ ސުންހާ ފަހަތުން ދުއްވައިގަތެވެ. އޭނާ ފަހަތުން ގޮސް ސުންހާގައިގައި ބައްދައިގަތެވެ. އޭނާޔާ ވީ ފަޅިއަށް ސުންހާ އަންބުރާލިއެވެ “ކީއްވީ..” ސުންހާގެ މޫނުގައި އޭނާ ހިފާއްޓާލިއެވެ. “ހޮސްޕިޓަލަށް..” އޭނާއަށް ބުނެވުނީ އެހެންނެވެ. “ދާންވީތަ..” ޔަގީންކޮށްލުމުގެ ގޮތުން ޔަމާން އެއްސެވެ. އޭނާވެސް ހުރީ ކަންބޮޑުވެފައެވެ.

ޓެކްސީއެއްގެ އެހީތެރިކަމާއެކު ހޮސްޕިޓަލާ ހަމައަށް ސުންހާ މެންނަށް ވާސިލްވުނެވެ. ޔަމާްންގެ އަތުގައި ހިފާއްޓާލައިގެން އައި ސީ ޔޫ ދޮރުމަތީގައި ސުންހާއަށް ހުރެވުނީ ކިރިޔަކިރިޔާއެވެ. މަންޒަރު ބަލަން ތިބި އައިކްމެން ތިން މީހުންނާއި އާއިލާގެ އިތުރު މީހުންގެ ލޮލުންވެސް ކަރުނަ އޮހެމުން ދިޔައެވެ. ޑޮކްޓަރު ނިކުތުމާއެކު އެންމެންގެ ނަޒަރުވެސް ހުޓުނީ އޭނާއަށެވެ. “ޝީ އިޒް ނޯ މޯރ..ގެނައިރުވެސް ހިތް އިނީ ހުއްޓިފަ” ޑޮކްޓަރު ދިން ޙަބަރާއެކު މުޅި ތާނގައި ރުއިމުގެ އަޑު ގަދަވެގެން ދިޔައެވެ. ޝަރީފް އަނބުރާގަނެގެން ވެއްޓުނެވެ. ސުންހާއަށް އޮޅުލައިގަނެވުނީ ޔަމާްންގެ މެދުހަށީގައެވެ. “ނޯ މަންމާ ނޯ..އަދި އަންނާނެ ސުންކޮ ކައިރިއަށް..” ރުއިމުގެ ތެރެއިން ސުންހާ ކިޔަމުން ދިޔައެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ޔަމާްން އޭނާ އަތުތެރޭގައި ސުންހާ ފޮރުވާލިއެވެ. އެ އަސްތަށިގަނޑުގައި މަޑުމަޑުން ފިރުމާލިއެވެ. “ދޯ ޔަމާން..އަދި..މަންމަ..އަންނާނެއެއްނު ދޯ..” ބޯ ހިއްލާލަމުން ސުންހާ ކިޔަމުން ގެންދިޔައެވެ. ޔަމާންް ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ.

“ކޮންމެ މީހަކީވެސް އަޖަލު ހަމަވީމަ ދާނެ މީހެކޭ..މަވެސް ސުންހާވެސް ދާނެ އެއްނު ކޮންމެސް ދުވަހަކުން..މަންމަ ދުނިޔޭގަ ހުރިނަމަވެސް ނޭދޭނެ ދޯ ސުންހާގެ ހިތާމަކުރާކަށް..” ސުންހާގެ ކަރުނަތަށް އޯގާތެރިކަމުގެ އަތުން ފޮހެލަދެމުން ކުޑަކުއްޖަކަށް ވިސްނައިދޭ ފަދައިން ޔަމާން މަސަތްކަތް ކުރީ ސުންހާއަސް ވިސްނައިދެވޭތޯއެވެ. އެހެންނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ސުންހާގެ ރުއިން މީ އިތުރެވެ. އެ ހުރިހާ ވަރެއް ބޭލީ ޔަމާންގެ ބުރަކަށްޓަށެވެ. ބައްދައިގަނެގެން ހުރެ ޔަމާންގެ ބުރަކަށީގައި ތަޅާފައި އޭނާ ދިޔައީ ހިތަށް ލުޔެއް ލިބޭތޯއެވެ. އަމިއްލަ އިޙްތިޔާރުން ބޭރުގައި ޔަމާންއަށްވެސް އެ ފުރުސަތު ދެވުނެވެ. އޭނާ ބުރަކަށްޓަށް ކިތަންމެ ތަދުވިނަމަވެސް ސުންހާގެ ހިތުގައި އަޅާ ވޭން އެޔަށް ވުރެ ގަދަވާނެކަން ހިތަށް ވިސްނައިދެމުންނެވެ. އެހެންކަމުން އެ ހުރިހާކަމެއް ވަރިހަމަކަމަށް ދެކެމުން ސުންހާގެ ދޮން ކަނދުރާގައި ދަތްދޮޅި އަޅުވާލައިގެން އޭނާ ހުރީއެވެ. ރޯނެވަރަކަށް ރޯން ސުންހާއަށް މިނިވަންކަން ދެމުންނެވެ. އެއްގަޑިރު ރުއިމަށްފަހު އޭނާގެ ހަށިގަނޑުން ހަކަތަ ހުސްވިއެވެ. އެއާއެކު ހޭ ހުސްވެގެން ވެއްޓުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ekujjaa

Level 1

Other Articles

Previous

ބަދަލު ވެއްޖެއެވެ.

Next

ލަފްޒަކުން ފަހުބައި

Next
November 26, 2018

ލަފްޒަކުން ފަހުބައި

Previews
November 26, 2018

ބަދަލު ވެއްޖެއެވެ.

11 Comments!

  1. Kudoo says:
    November 26, 2018 at 5:13 am

    Yeah I’m first, nd when is next part

    1. Ekujjaa says:
      November 26, 2018 at 10:11 am

      Yeh congra ???? next part I’ll submit today insha allah ❤❤❤???

  2. zai says:
    November 26, 2018 at 10:02 am

    Ooh. Nice. Koba tha ane part . Vara avaha genesdhechey

    1. Ekujjaa says:
      November 26, 2018 at 10:09 am

      Aww thank you so much ❤❤❤ Next part I’m writing right know and miadhu submit kohladheynan insha allah ??????

  3. Ekujjaa says:
    November 26, 2018 at 10:19 am

    Hii everyone ?? nice to meet u again Btw vaahaka kiyaa ninmaalaafa mistakes + vaahakayaa medhu dhekey goii comment kohladhinumakee alhugandah libeyne vrh bodu kurierumeh ???❤❤ ❤and maa avasaruvaalaniyey hithaharaafaane but vaahakaiga main bai adhikiriyaa mi feshuni????? thank you all for the lovely support its really means a lot ??? I’ll be replying to all comments and next part I’ll submit today insha allah ❤?????have a nice day???

  4. laisha says:
    November 26, 2018 at 1:36 pm

    Wow??. You are intelligent. Kihinei tha thihaa reethi kon molhethi hiyaal beynun kogen vaahaka lianee. I’M waiting for the next part

    1. Ekujjaa says:
      November 26, 2018 at 7:21 pm

      Awwwn dear thank you so much ❤️❤️❤️❤️ Aslu tha ? But I still don’t think I am ????? Im so happy..ekm Hama ehaa Reethi ????? next part published now ????

  5. Aisha Mohamed zeek love says:
    November 26, 2018 at 2:03 pm

    Kobaatha ane part . Salhi kon genesdhechey. Thibai ves goahe noon

    1. Ekujjaa says:
      November 26, 2018 at 7:17 pm

      Aneh part kiyaa part hureytheyy???? whoops 6th part dho.. mihaaru up vejjje ???? and thanks a lot dear❤️❤️????

  6. NaxoO says:
    November 26, 2018 at 2:44 pm

    Is this ur first story ?,..sometimes kiyamun dhaa iruga heevany…

    1. Ekujjaa says:
      November 26, 2018 at 7:19 pm

      Yeah my first for this site?☺️☺️ Koacheh heevanii dear??

Comments are closed.

Next Episodeހިތް ލޯބިން ދެވިއްޖޭ 6←


All Right Reserved!