“މިޒް…” ޝަހާނީ އެހެން ބުނެލުމާއެކު މިރްޒާންގެ ދެލޯ ބޮޑުވެ މުޅި މީހާ ގަނޑުވެގެން ދިޔައެވެ. އޭނައަށް ޝަހާނީއާއި ދިމާލަށް ބަލާލެވުނީ ކުއްލިއަކަށެވެ. ކުރިމަތިން ޝަހާނީ ފެނުނެއްކަމަކު މިރްޒާންގެ ލޮލަށް ސިފަވަމުން ދިޔައީ އެހެން ސޫރައެކެވެ. ކަންފަތުގައި ގުގުމަން ފެށީ މީގެ އެތައް އަހަރެއް ކުރިން އޭނަ މަސްތުކުރުވި ޖާދުވީ ހުނުމުގެ އަޑެވެ. އެ ހުނުމުގެ ތެރެއިން ދެންމެ އޭނައަށް ގޮވާލެވުނު ނަމުން އޭނައަށް ގޮވާލެވުނު އަޑެވެ. ހަމަ އެއާއެކު އޭނަގެ މޭގައި އުފެދުނު ތޫނު ރިހުމަކާއެކީ އޭނަގެ […]
“ކާކަށްތަ ތި ބަލަނީ… ޒަފާ އަށް ދޯ… ހަމަ ހީވަނީ ކުޑަ ކުއްޖެއްހެން… އެހެންވެސް ވާނެ ފުރަތަމަ ފަހަރަށް މިފަދަ ތަނަކަށް އާދެވުނީމަ… ” ސާމިރާ ނާޖިދު ގާތާށް ޖެހިލަމުން ބުނެލިއެވެ. ނާޖިދުއަށް ސިހިފައި ސާމިރާ އަށް ބަލާލެވުނެވެ. ސާމިރާ އަށް ނާޖިދު އާ ދިމާލާށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނާ ނާޖިދު ގެ މޫނުމަތިން ކަމެއް ދެނެގަންނަން މަސައްކަތް ކުރާފަދައެވެ. ނާޖިދު ގެ މޫނުމަތިން އޭނާ އަށް މިއަދު ފެންނަމުން ދާ އަސަރުތަކަކި ކުރިން ދުވަހަކުވެސް ފެނިފައިވާ […]
މާހިލްގެ މުޅި ދުވަސް ހޭދަވަމުން އެދަނީ އަވަސްވެފައިވާ ހިތަކާއިގެންނެވެ. މިސްކިތައް ދާ ކޮންމެ ފަހަރަކުވެސް ނަމާދުން ފައިބައިގެން މީހުންގެ ތެރެއިން ނާސިރު ފެނޭތޯ ބަލަނީ ނާސިރު ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. މާހިލް ހީކުރީ ފުރަތަމަ ފަހަރުވެސް މާހިލް ފެންނަތަނުން ނުވަތަ މާހިލް ހިބާގެ ވާހަކަ ދައްކަން ފަށާއިރައް ނާސިރު ރުޅިއައިސްގެން އޭނާއަށް އެއްޗެހިކިޔާ ހަދާނެ ކަމަށެވެ. އަދި ވަގުތުން އޭނާ ހުއްޓުވާނެ ކަމަށެވެ. ނަމަވެސް އިދިކޮޅައް އެންމެ ލަފްޒެއްވެސް ނުބުނެ ނާސިރު އޭނާދެއްކި ވާހަކަތައް އަޑުއެހީތީ މާހިލްގެ […]
ހުކުރު ދުވަހެވެ. ކުރާނެ މަ ބޮޑު ކަމެއް ނެތީމަ އަހަރެން ހިޔާލު ކުރީ ވިލިމާލެ ދިއުމަށެވެ. ހެނދުނު ހެނދުނާ ތައްޔާރުވެލައިގެން އަހަރެން ދިޔައީ ވިލިމާލޭ ފެރީ ޓާމިނަލަށެވެ. ޓިކެޓު ނެގުމަށް ފަހު ފެރީއަށް މަޑުކުރީމެވެ. ފެރީ މާލޭގެ ތޮށްޓާ ގާތްކޮށްފިއެވެ. ފެރީއަށް އަރައި ހަމަޖެހިލީމެވެ. ދިހަ ވަރަކަށް މިނެޓުގެ ދަތުރަކަށް ފަހު ވިލިމާލޭ ފަޅަށް ވަދެވިއްޖެއެވެ. ފެރީ ބަނދަރާއި ގާތްކުރުމުން، ފެރީން ފޭބީމެވެ. ދާނޭ ވަކި މަންޒިލެއް ނެތި އަހަރެން ހިނގައިގަތީމެވެ. ހިސާބަކަށް ދެވުމުނު ތަނާ […]
ރޭގަނޑުގެ އެ ވަގުތުގައި ސީރީން އާއި އިނާޝާ އައީ އަތިރީގައި ހިނގާލުމަށެވެ. އިތުރު އެއްވެސް މީހަކު އެދެ މީހުންގެ ފަހަތުން އެނައީ އެއީ ތަންކޮޅެއް ދަން ގަޑިއަކަށް ވީމަ ކަމަށްވެސް ވެދާނެއެވެ. އެގަޑީގައި އެހައި ގިނަ މީހުން އަތިރީގައި ނެތުމުން ދެ މީހުންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައިއެވެ. ހިނގަމުން ދިޔަ ސީރީން އަށާއި އިނާޝާއަށް ކުރިމަތީގައި ހުުރި ބެންޗެއްގައި އިށީންދެލައިގެން އިން އައިޒަން އާއި އަދިވެސް ކޮންމެވެސް ކުއްޖަކު ފެނުނެވެ. އިނާޝާ އެ މީހުންނާއި ދިމާއަށް ހިނގައިގަނުމުން ފަހަތުން ސީރީންވެސް އައެވެ. ހިނގަމުން ދިޔަ އިނާޝާ ހުއްޓުން އެރީ އައިޒަންމެން ދައްކަމުން ދިޔަ ވާހަކައަކުންނެވެ. އަދި އޭނާގެ ލޮލުން ހޯސްލައިފައި ކަރުނަ އައީ ބޭއިޚްތިޔާރުގައިއެވެ. ސީރީން ވެސް ހުރީ އައިޒަން ދައްކަމުން ދިޔަ ވާހަކައިން ހުއްޓުންއަރައިފައެވެ. އަދި އޭނާގެ ލޮލުންވެސް ކަރުނަތަށް ފައިބަން ފެށީ އިސްކޫރަކުން ފެން އަންނަގޮތަށެވެ. އަޅައިގެން ހުރި މޫނު ފޮތިކޮޅުގެ އެއްބައި ތެމުނީ ބަސް ބުނާހާ އަވަހެށެވެ. އެހެން ހުރެގެން އޭނާއަށް ކެތްތެރިކަން ދެއްވުމަށް އެދި މާތްﷲގެ ހަޟްރަތުގައި ދުޢާ ދެންނެވިއެވެ. ދެ މީހުން އެތާ ތިބިއިރު އައިޒަންމެންނަށް އެމީހުން އެތާ ތިބިކަން ރޭކާވެސް ނުލައެވެ. އެންމެ ފަހުން ދެމީހުން ގެއަށް ދިޔަ އިރުވެސް އައިޒަން އާއި ހައިޝަމް ކުރެ އެކަކު ލޮލުގައިވެސް އިނާޝާމެން އަޅައިއެއްނުގަނެއެވެ. **** މެންދުރުގެ ހޫނު ވަގުތުގައި މަގުމަތީގައި ގިނަ މީހުން ހޭލަމޭލިވެ އުޅެއެވެ. އެއްބައިމީހުން އެ ހޫނު އަވިން ސަލާމަތްވުމަށްޓަކައި ކުޑަ ނަގައިގެން އުޅެއެވެ. މިގޮތުން ޝާނާ އާއި ހަނާން ވެސް އަންނަނީ ކުޑަ ނަގައިގެން ވާހަކައެއް އޮލަކުރަމުންނެވެ. ދެ މީހުންގެ މޫނުމަތިންވެސް ފެންނަނީ ނުލަފައިކަމެވެ. ދެމިހުންވެސް ލައިފައި ވަނީ ގަޔަށް ބާރު ކުރު ޓޮޕް ކޮޅަކާއި ތަނބިކަށްޓާއި ހަމައަށް އަންނަ ފިޓު ޖިންސެކެވެ. އަޅާފައިވާ ޝޯލް ވަނީ ނަމަކަށް ބޮލުގައި އޮޅާލައިފައިއެވެ. ދެމީހުންވެސް ލައިފައި ހުރި އެއްޗެހީގެ ކުލަ ތަފާތެވެ. ޝާނާ ލައިފައި ވަނީ އޮރެންޖު ކުލައިގެ ޓޮޕް ކޮޅާއިއެކު މަޑު ނޫކުލައިގެ ޖިންސާއި ކަޅުކުލައިގެ ޝޯލްއެކެވެ. ހަނާން ލައިފައި ވަނީ ކަނޑު ނޫކުލައިގެ ޓޮޕް ކޮޅާއިއެކު ކަޅު ކުލައިގެ ޖިންސަކާއި މަޑު ފިޔާތޮށި ކުލައިގެ ޝޯލްއެކެވެ. ކޮށްފައިވާ ގަދަ މޭކަޕްއިން ދެއްކުންތެރިކަން ހާމަވަމުންދިޔައެވެ. ވާހަކައިގައި ދިޔަ ދެމީހުންވެސް ގޮސް ލައިގަތީ ނިފްޝާމެން ގެއިން ނިކުތް ސީރީން ގައިގައެވެ. ނުރުހުންތެރި ކަމާއިއެކު ޝާނާ ، ސީރީން އާއި ދިމާއަށް ބަލައިލާފައި ބަލައިގެން ހިނގަން ނޭނގެނީހޭ އެހިއެވެ. ނަމަވެސް ސީރީންއެއްޗެކޭ ނުބުނެ ދިޔައީ އޭނާ ވާހަކަ ދައްކަން ފަށައިފި ނަމަ މަސްލަހަތު މާ ގޯސްވެދާނެތީއެވެ. ޝާނާއާއި ހަނާން ދިޔައީ ސީރީން އާއި ދިމާއަށް ކުދި ކިޔަމުންނެވެ. އަދި އެއީ ކާކު ކަން ނޭނގިގެން ވެސް އެތައް ފަހަރަކު ސީރީން ދިޔަތަނަށް ބަލަން ހުރިއެވެ. ”އެމީހަކު އުޅެނީ އެ ނިފްޝާމެން ގޭގައި… އެކަމަކު އެއީ ކާކު؟ ހަމަގައިމުވެސް ނިފްޝާގެ ދައްތައެއްނޫން… ދޮންބެ ދައްތައެއް ވެސްނޫން… ހަނާން އަށް އިނގޭތަ އެއީ ކާކު ކަން؟” ޝާނާއަށް އެއީ ކާކުކަން ނޭނގިގެން ވާހަކަ ދައްކަމުން ދިޔައެވެ. ”ނޭނގެ… ވެދާނެ އެހެން ގެއަކު މީހަކަށްވެސް… އަހަރެމެން ކީއްކުރަން ބަަލަނީ އެކާކުތޯ…” ހަނާން ވަރަށް ފޮނިވެލައިފައި ބުނެލިއެވެ. އެދެ މީހުންވެސް މިހާރު އިހްސާން އެކޭ އެއްވެސް ތަފާތެއްނެތެވެ. ކުރީގައި ނަމާދު ކޮށްގެން އުޅުނު ދެމީހުން މިހާރު އެވަނީ އެހެން ބަޔަކަށް ވެފައެވެ. ދެ މީހުންވެސް މަސައްކަތް ކުރަމުން ދަނީ އިހްސާން އަޅާފައިވާ ރިސޯޓުގައެވެ. ހިތުގައި މާތްﷲ އަށްޓަކައި ބިރުވެރިކަމުގެ ކުޑަވެސް މިންވަރެއްނެތެވެ. ދެމީހުންގޮސް ވަނީ ވީރާނަވެ ފަޅުވެފައިވާ ގެއަކަށެވެ. ގޭ ކައިރީގައި ހުރި ސައިކަލުން އެތާނގައި އިހްސާންވެސް ހުރިކަން ގައިމެވެ. ހީވާ ގޮތުން އެމީހުން މިއަދުވެސް އެތަނަށް އެއައީ މަކަރުވެރި ރޭވުމެއް ރައިވާށެވެ. ފުދޭ ވަރަކަށް ބާރު ދުވެއްޔެއްގައި ދުއްވާފައި ދިޔަ އައިޒަންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ހީވާގޮތުން އޭނާ އެ ދަނީ އަވަހަށް ގެއަށްގޮސް އަރާމުކޮށްލާށެވެ. ”ދަރިފުޅާ… ހާދަ ވަރުބަލިވެފައި.. މިއަދު ވަރަށް ބުރަކޮށްތަ އުޅުނީ؟؟” ގެއަށް ވަން އައިޒަންފެނި އުސްވާ ސުވާލުކުރިއެވެ. ހަމައެކަނި ހޫމް އޭ ބުނެލާފައި އައިޒަން މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށްދާށެވެ. އުސްވާވެސް ފަހުން އެއްޗެކޭ ނުބުނެ އިނީ އައިޒަން އަވަހަށް އަރާމުކުރަން ފޮނުވައިލުމަށެވެ. ކޮޓަރިއަށްވަނެ ދޮރު ލައްޕާލައިފައި ބެޑާހަމައަށް ދިޔަ އައިޒަންގެ ލޯ ހުރީ ކިރިޔާ ހުޅުވޭ ވަރަށެވެ. ހަށިގަނޑުގައި ކުޑަނަމަވެސް ވަރެއްނެތެވެ. ފައިވެސް އަންނަނީ ދަމަމުންނެވެ. އެއްޗެހި ވެސް ބަދަލު ނުކޮށް އައިޒަން ގޮސް ބެޑަށް ވެއްޓިގަނެވެ. އިސާހިތަކު އޭނާ ނިދީގެ ފުން ކަނޑަކަށް ގެނބުނެވެ. ***** ހަވީރުގެ ހިތްގައިމު ވަގުތުގައި އުސްވާ ދިޔައީ އޭނާގެ ހަނގަށް ހުންނަ މައިހާ ކިޔަވަންލާށެވެ. އޭރު ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ފެންނަ ކޮންމެ މީހަކަށް އުސްވާ ދިޔައީ ހިނިތުންވުމެއް ރައްދު ކުރަމުންނެވެ. ބަދަލުގައި އެމީހުންވެސް ދިޔައީ އުސްވާއަށް ހިނިތުންވުމެއް ރައްދުކުރަމުންނެވެ. ދެމީހުން ގޮސް އިނާޝާމެން ގެއަށް ވަންއިރު އެހެން ކުދިންވެސް އެމީހުންގެ ބެލެނިވެރިޔާ އާއި އެކު އާދެއެވެ. ކިޔަވައިދޭ ކޮޓަރިއަށް މައިހާ ލާފައި ނިކުތް އުސްވާ ސިއްސައިގެން ދިޔައީ އިނާޝާ ގޮވާލުމުންނެވެ. އޭނާދެން މިސްރާބު ޖެހީ އިނާޝާއާއި ދިމާއަށް ދިޔުމަށެވެ. ”ވަރަށް ބޮޑު ވާހަކައެއް ބުނަން މި ގޮވާލީ… މި ގަޑީ މަޑު ކުރެވިދާނެތަ؟” އުސްވާ ގޮސް އިނާޝާ ކައިރީ އިށީންދުމާއިއެކު އިނާޝާ ބުނެލިއެވެ. އިނާޝާވެސް ހުމް އޭ ބުނަލައިފައި މިގަޑީ މަޑު ކުރެވޭނެއޭ ބުނެލިއެވެ. އުސްވާގެ ޖަވާބު އިވިފައި އިނާޝާ ވާހަކަ ދައްކަން ފެށިއެވެ. ވާހަކަ އަޑުއަހަން ހުރި އުސްވާގެ މޫނުމައްޗަށް ދަނީ އެކި ކުލަވަރުތައް އަރަމުންނެވެ. އިނާޝާވެސް ވާހަކަ ދައްކަމުން ދިޔައީ ރޮމުންނެވެ. ނަމަވެސް ހިތްވަރު ކޮށްލައިފައި ވާހަކަ ދައްކަމުން ދިޔައެވެ. ”މިވާހަކަ ނުބުނާތި އެހެން މީހެއްކައިރީ… މިއީ އަހަރެމެން ވެސް ވަރަށް ސިއްރު ކޮށްގެން ގެންގުޅޭ ވާހަކައެއް.. އަހަރެންނަށް މިވާހަކަ އުސްވާ ކައިރީ ބުނަން މަޖުބޫރުވީ ރޭގައި އައިޒަން ދެއްކި ވާހަކައަކުން… އަހަރެންނަށް މައްސަލައެއް ނެތް އައިޒަން އާއި އަދި ހުޒާމު ކައިރީ މިވާހަކަ ބުންޏަސް.. އެކަމަކު ދެމީހުން އެކީ ތިބި ވަގުތެއްގައި ބުނުން ރަނގަޅުވާނީ..” އިނާޝާ ބުނެލިއެވެ. އުސްވާވެސް އޭނާއަށް ވަގުތެއް ވެއްޖާ އެދެ މީހުންނަށް ކިޔައިދޭނާމޭ ބުނެ އެތާ މަޑު ކޮށްލި މައިހާ އަންނަތަން ފެނުމުންނެވެ. ދެ މީހުންނަށްވެސް ވާހަކަދައްކަން އެހައި ގިނަ އިރު ވަންދެން ތިބެވުނިކަން ރޭކައިލީ ދެނެވެ. ދެން ދަނީ އޭ ބުނެލައިފައި އުސްވާ ހިނގައިގަތީ ގެއަށް ދިޔުމަށެވެ. ގެއަށް ވަނެ އުސްވާ މިސްރާބު ޖެހީ އައިޒަންގެ ކޮޓަރިއާއި ދިމާއަށެވެ. މެންދުރު ކޮޓަރިއަށް ވަނިގޮތަށް އަދިވެސް ނުނިކުންނާތީއެވެ. ކޮޓަރިއަށްވަނެ ދޮރު ލައްޕާފައި އުސްވާ ދިޔައީ ބެޑުގައި އަރާމުކޮށް ނިދާފައި އޮތް އައިޒަންއަށް ގޮވާށެވެ. އައިޒަންއަށް ގޮވަން އޭނާގެ ގަައިގައި ޖައްސާލިއަތް ދަމާގަނެވުނީ ހޫނު ތެއްޔެއްގައި އަތްލެވުނު ކަހަލަ އިހްސާސެއް ވެގެންނެވެ. އައިޒަން އޮތީ ހުންއައިސް ރަތްވެފައިއެވެ. އުސްވާ އަވަހަށް ދެން ދިޔައީ ކިރުތަށްޓަކާއި އެކު އަފަމޯލް ގުޅައެއް ބަލައެވެ. އެއްޗެހިތަށް ހިފައިގެން އައިސް އެނދު ކައިރީ ހުރި ސައިޑު ޓޭބަލް މަތީ އެއްޗެހިތަށް ބަހައްޓާފައި އުސްވާ ދެން އަވަސްވެގަނީ އައިޒަން އަށް ގޮވާށެވެ. ދެވަނަ ފަހަރަށް ގޮވުމުންވެސް އައިޒަން ނުހޭލައެވެ. ތިންވަނަ ފަހަރަށް އުސްވާ އައިޒަންއަށް ދެން ގޮވާލީ ވަރަށް ބާރަށެވެ. ސިއަސައގެން ގޮސް އައިޒަން ހޭލިއެވެ. އަދި ކިހިނެއްވީހޭ އުސްވާގާތު އެހިއެވެ. އޭރުވެސް އޭނާގެ ބޮލުގައި ރިހުމެއްވިއެވެ. ”ބޭސް ކާން މި ގޮވީ… ހުން އައިސް ރަތްވެފައެއްނު ތިއޮތީ.. އަންމި ކިރު ތަށްޓާއިއެކު ބޭސް ކާލާ.. މަންމަ އަންނާނަން ފެންތަށްޓެއް ހިފައިގެން…” އައިޒަން އަތަށް ކިރުތަށްޓާއި ބޭސް ގުޅަ ދީފައި އުސްވާ ދިޔައީ ފެން ތަށި ބަލައެވެ. އޭނާ ހަނދާންނެތިގެން އައީ ފެންތަށްޓެއްވެސް ނުލައެވެ. އައިޒަން އަތަށް ފެންތަށި ދިނުމުންބޯލިއެވެ. ދެން އަރާމުކޮށްލައިށޭ ކިޔައިފައި އުސްވާ ދިޔައީ ތަށިތައް ހިފައިގެންނެވެ. މިވީ ގޮތުންދެން އައިޒަންއަށް އެވާހަކަވެސް ނުކިޔާދެވުނީ އޭ އުސްވާގެ ހިތަށް އެރިއެވެ. މިއަދު ހުޒާމްވެސް ރަށުގައި އުޅޭތީ އޭނާއައީ ދެމީހުންނަށްވެސް އެވާހަކަ ކިޔައިދޭން ހިތުލައިގެންނެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން އެ ވާހަކަ މާދަމާއަށް ލަސް ކޮށްލިއެވެ. **** ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވިކަމާއިއެކީ އެވެ. ނަމަވެސް އަދިވެސް އުސްވާއަކަށް އެވާހަކަ އެކަކު ކައިރީވެސް ނުބުނެވެއެވެ.މިހާރު އިނާޝާވެސް ދެދުވަހަކު ފެނުމުން އައިޒަން ކައިރީ އެވާހަކަ ބުނެފިންހޭ އަހައިފިއެވެ. ނަމަވެސް އުސްވާއަށް ދޭން ޖެހެނީ އެއްޖަވާބެކެވެ. ހެނދުނުގެ އެ ވަގުތުގައި އުސްވާ ތައްޔާރުވަމުން އެދަނީ އައިޒަން އަށާއި އޭނާގެ ފިރިމީހާ ހުޒާމުއަށް އެވާހަކަ ކިޔައިދޭށެވެ.”’ހުޒާމް… އައިޒަން.. އާދެބަލަ.. ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބޮތް..” އުސްވާ ވަކި ވަކިން ދެމީހުން ކައިރީ ބުނެލައިފައި ސިޓިންގް ރޫމަށް ދިޔައެވެ. އޭގެ އިރުކޮޅެއްފަހުން އައިޒަން އާއި ހުޒާމުވެސް އެތަނަށް އައެވެ. ދެ މީހުންވެސް އައިސް ސޯފައިގައި އިށީންދުމާއިއެކު އުސްވާ ވާހަކަ ދައްކަން ފެށިއެވެ. ”ދަރިފުޅާ… އަދިވެސް މީހަކާ އިންނާކަށް ނުވިސްނަންތަ؟” އުސްވާ ފެށި ވާހަކައަކުން އައިޒަން ދިޔައީ ސިއްސައިގެންނެވެ. ހުޒާމުވެސް އުސްވާ އާއި އެއްބައިވެލައިގެން ބޯޖަހައިލިއެވެ. އައިޒަން އިނީ އޭނާގެ މަންމަ އާއި ބައްޕައަށް އެވާހަކަތައް ކިޔާދޭންވީ ހޭ ނުވަތަނޫންހޭ ހިތަށް އަރައަރައެވެ. އެންމެފަހުން އޭނާ ވާހަކަދައްކަން ފެށިއެވެ. ”މަންމާ.. ބައްޕާ.. އަޅުގަނޑު މިދުނިޔޭގައި އެންމެ ލޯބިވި ކުއްޖާ ވަނީ މަރުވެފައި… އަޅުގަނޑު ވަރަށް މަސައްކަތް ކުރިން އެކުއްޖާމަތިން ހަނދާން ނައްތާލެވޭތޯ.. އެ..އެކަމަކުވެސް އަޅުގަނޑަކަށް އެކަމެއްނުވި.. މީހަކާ އިންނަންވެސް ބޭނުން… އެކަމަކު ހިތަށް އަރަނީ އެ އިންނަ މީހަކަށް ލޯތްބެއް ނުދެވޭނޭ އަޅުގަނޑަކަށް… އަދިވެސް އެކުއްޖާދެކެ ލޯބިވޭ.. ކުރީ ދުވަހު އިނާއްތަ މެން ގެއަށް ކާންދިޔައިރުވެސް އަޅުގަނޑަށް އެތާ މޫނު އާޅައިގެން ހުރި ކުއްޖާ އޭނާއާއި ވަރަށް ވައްތަރުވި… އެހަރަކާތް ތައް… އެ ދެލޯ… އެދޮންކަން… މަންމާ… ބައްޕާ… އަޅުގަނޑު ލޯބިވި ކުއްޖަކީ.. ނި..ނިފްޝާ…” އައިޒަން އޭނާގެ މަންމައާއި ބައްޕަގެ މޫނަށް ވަކި ވަކުން ބަލައިލާފައި ވާހަކަފެށިއެވެ. އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރުވެސް ހިތްވަރުކޮށްފައި ވާހަކަ ދައްކަމުން ދިޔައީއެވެ. ”ދަރިފުޅާ… ދަރިފުޅަށް ހަމަ ތިހީވީ ރަނގަޅަށް.. މޫނު އަޅައިގެން އެހުރީ ހަމަ ނިފްޝާ… ނިފްޝާ މަރެއް ނުވޭ ދަރިފުޅާ.. އެއީ ހަމަ ނިފްޝާ..” އުސްވާ ދައްކަމުން ދިޔަ ވާހަކަ ޤަބޫލުނުކުރެވިފައި އައިޒަން އާއި ހުޒާމް އިނެވެ. ”އުސްވާ… ތިކިޔަނި ކީކޭ.. ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ.. ނިފްޝާ ވީ މީގެ ފަސް އަހަރު ކުރިން މަރު…” ހުޒާމު ދައްކަމުން ދިޔަވާހަކަ މެދު ކަނޑާލައިފައި އުސްވާ އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. ”އާން.. އަހަރެންނަށް އިނގޭ މި ކިޔޭ އެއްޗެއް.. އަހަރެން މިކިޔަނީ ހަމަ ތެދު ވާހަކައެއް.. އަޑު އަހާބަލަ.. ނިފްޝާ މަރުވެފައިއޭ ކިޔާގެން އޮޅުވާލީ ވަރަށް ބޮޑު ސަބަބަކަށްޓަކައި.. ނިފްޝާ މޫނު ބުރުގައި އެޅުވީވެސް ހަމަ ނިފްޝާ ފޮރުވަންވެގެން.. އެ ސަބަބަކީ.. ބައެއްގެ އަތްދަށުން ނިފްޝާ ސަލާމަތް ކުރުމަށް..އެ މީހުންނަށް މަޖުބޫރުވީ ނިފްޝާ ފޮރުވަން.. މީގެ ފަސް އަހަރު ކުރި އެއީ.. ނިފްޝާ ރޭޕް ކޮށްލީ އޭނާ އާއި ހެދި އުޅުން ނިފްޝާއާއި އެއްކުލާހެއްގައި އުޅުނު އިހްސާން… ކޮންމެ ފަހަރަކުވެސް އެކަމެއް ކޮށް ނިންމާފައި ނިފްޝާ ހޭ ނައްތައިލާ… ހޭ އެރުމުންވެސް ނިފްޝާ އޮންނަނީ ހޭނެތިފަ ކަމަށް ހަދައިގެން.. ސަބަބަކީ އިހްސާން މެން ދައްކާ ވާހަކަ އަޑު އަހަންވެގެން.. އެގޮތަށް އޮތް ފަހަރެއްގައި ނިފްޝާއަށް އަޑު އިވުނީ ނިފްޝާ މަރައިލާފައި ނޫނީ އޭނާ ދޫނުކުރާނެކަމަށް… އިހްސާން އެހެން ނިފްޝާއަށް ހެދީ ނިފްޝާ ގާތު ރައްޓެހިވާން ހެދުމުން ނުވީމަ.. އަދި ނިފްޝާ ނޫނެކޭ ބުނުމުން ކުދިން އިހްސާންއަށް މަލާމާތް ކުރުމުން […]
“ދޯ…” ޖީލާން ދޯ ކިޔައިލިއެވެ. އިރުކޮޅެއް ފަހުން ޔަޝަލްއަށް ހޭން ފެށުނެވެ. ޖީލާންއަށްވެސް ހެވިއްޖެއެވެ. ދެމީހުން ހުއްޓުމެއް ނެތީ ހީހީފައި ހުއްޓައިލިއިރު މޫނުމަތިން އުފާވެރިކަން ނުފިލައެވެ. ޔަޝަލް ޖީލާންއާއި ގާތަށް ކެހިލާފައި ކޮނޑުގައި ބޯ އަޅައިލިއެވެ. ޖީލާން އޭނާގެ އަތް ޔަޝަލްގެ ފަހަތުން ގެންގޮސް ކޮނޑުގައި އަޅުވައިލިއެވެ. ************************* އެޕާރޓްމެންޓް ދޮރުގެ ރަނގަބީލުވީ އަޑަށް ޖެނީ ކަންނެތް ގޮތަކަށްގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީ ހުރި ޑޭވިޑް ފެނިފައި ޖެނީގެ މޫނުމަތިން އެ ކަންނެތްކަމުގެ ހުރިހާ ކުލަވަރެއް ފިލައިގޮސްފިއެވެ. […]
“ރިޔާ. . .” ޒިޔާން މަޑުމަޑުން އަހަރެންގެ ނަން ކިޔާލިއެވެ. އެކަމަކު އަހަރެން އިޖާބައެއް ނުދެމެވެ. ގުޑިވެސް ނުލައި އެގޮތުގައި ހުރެވުނީއެވެ. “އަހަރެން ވަރަށް ލޯބިވޭ ރިޔާ ދެކެ” އަހަރެންގެ ކަންފަތް ދޮށުގައި ވަރަށް ސިއްރުން ޒިޔާން ބުނެލިއެވެ. އަހަރެންގެ ދެ ލޯ ކަރުނައިން ފުރުނެވެ. އަދި މަޑުމަޑުން އޭނާއާ ދުރަށް ޖެހިލުމަށްފަހު އެ މޫނަށް ބަލައިލީމެވެ. “ގަބޫލެއް ނުކުރެވޭ ދޯ!” އަހަރެން ބަލައިލި ގޮތުން ޒިޔާން އެހިއެވެ. “އެނގޭ ގަބޫލު. . .” އަހަރެންގެ ޝާހާދަތް […]
އިސްމާޢިލް ޢަލީ ކަނދޮޅުދޫ މުޙައްމަދު ހެނީއެވެ.މޫނުބަލާ ލޯގަނޑު ބަލަހައްޓައިގެން ހުރެ އެތަކެއް ފަހަރު މިގޮތަށް ހުނުނެވެ.އަންހެނުންނެތް ދަނޑިވަޅެއްގައި އެހިތާމަ ގޭގައި ގެންގުޅޭ ކުއްޖަކު ފިލުވާލަ ދިނީތިއެވެ. ކައިވެނީގެ ޙަޔާތައް ހަތް އަހަރު ވެފައިވާއިރު އަދި މިވަރުގެ އުފަލެއް ނުލިބެއެވެ.އެކުއްޖާގެ އޯގާތެރިކަމުގެ ނިޝާންތައް މުޅިގައިގެ އެތައް މިތަނުގައި ވެއެވެ.އެ ނިޝާންތައް ފެނުމުން ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެންދެއެވެ. ހަމައެއާއިއެކު ހިތަށް ވަރަށް ބޮޑު ނުތަނަވަސް ކަމެއް ވެރިކުރުވައެވެ. މާދަމާ އަންހެނުން އެނބުރި ރާއްޖެ އަންނަނީއެވެ. އައުމާއި އެކު […]
” ސާރާ މަށާއެކު މާލެ ދާންވީނު, ތިހެން ކިހާ ދުވަހެއް ވަންދެން ހުންނާނީ, ތިހެން ހުރެގެން ފާއިތުވާ ކޮންމެ ވަގުތަކާއި ދުވަހަކީ ސާރާގެ ދުޝްމަނުންނަށް ލިބޭ ހިތްވަރަކަށް ނޫނީ ނުވާނެ, އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުމަކާ ދޭތެރޭ ވިސްނަން ވާނެއެއްނު, މަންމަ ބޭނުންވާ ކަހަލަ ކުއްޖަކަށް ވެވޭނީ ވަރަށް ހިތްވަރު ހުރެގެން, ތިގޮތް ދޫކޮއްލާ, ސާރާ ދިރިއުޅުމުގަ ދާން ބޭނުންވާ ކޮންމެ ހިސާބަކަށް ގެންދަން އަހަރެން އެހީވާނަން” ފަޒީލްގެ ކޮންމެ ވާހަކައެއް އަޑުއަހަން ސާރާ ކުޑަކުއްޖެއް ފަދައިން […]