Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަލޯބި

ބަދަލު ވެއްޖެއެވެ.

ismail ali kaleyfaanu Level 310 Stories100 Login100 Comments
November 26, 2018 One Min Read
0 Comments

އިސްމާޢިލް ޢަލީ ކަނދޮޅުދޫ

މުޙައްމަދު ހެނީއެވެ.މޫނުބަލާ ލޯގަނޑު ބަލަހައްޓައިގެން ހުރެ އެތަކެއް ފަހަރު މިގޮތަށް ހުނުނެވެ.އަންހެނުންނެތް ދަނޑިވަޅެއްގައި އެހިތާމަ ގޭގައި ގެންގުޅޭ ކުއްޖަކު ފިލުވާލަ ދިނީތިއެވެ. ކައިވެނީގެ ޙަޔާތައް ހަތް އަހަރު ވެފައިވާއިރު އަދި މިވަރުގެ އުފަލެއް ނުލިބެއެވެ.އެކުއްޖާގެ އޯގާތެރިކަމުގެ ނިޝާންތައް މުޅިގައިގެ އެތައް މިތަނުގައި ވެއެވެ.އެ ނިޝާންތައް ފެނުމުން ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެންދެއެވެ. ހަމައެއާއިއެކު ހިތަށް ވަރަށް ބޮޑު ނުތަނަވަސް ކަމެއް ވެރިކުރުވައެވެ. މާދަމާ އަންހެނުން އެނބުރި ރާއްޖެ އަންނަނީއެވެ. އައުމާއި އެކު މިނިޝާންތައް ހައިޖާނެއް އުފައްދާނެއެވެ.

މުޙައްމަދުގެ އަންހެނުން ރީމާ ރާއްޖެ އެއަންނަނީ ފުރިހަމަ ތިން އަހަރަށްފަހުގައެވެ.ވޭތުވެދިއަ ދިގު މުއްދަތުގައި މިދެމެދުގައިވާ ގުޅުމަކީ ހަމަ އެކަނި ގުޅާލެވޭ ފޯނު ކޯލެވެ.ކައިވެންޏަށް މިހާ ދުވަސްވީއިރުވެސް ދެމީހުން އެކުގައި އުޅެން ލިބިފައިވަނީ ވަރަށް މަދު ދުވަސް ކޮޅެކެވެ.މިދުވަސްތަކުގައިވެސް ދެމީހުން އުޅެން ޖެހިފައިވާ އަވަދިނެތިކަމުގެ ސަބަބުން އެކަށީގެންވާ ގުޅުމެއް ނުއުފެއްދެއެވެ.އަދި މިކާވެންޏަކީ ދެފަރާތުގެ ޢާއިލާއިން ރޭވިގެން ކުރެވުނު ކާވެންޏަކަށް ވާތީ،މިދެމެދުގައި މާބޮޑު ގުޅުމެއް ނޯވެއެވެ.

ދެމަފިރިން އުޅެނީ ސަރުކާރުގައެވެ. ދެމީހުންނަކީ،ޒިންމާ ބޮޑު ދެމީހުންނެވެ. ދެމީހުންވެސް ވަރަށް ގިނައިން ސަރުކާރުގެ ދަތުރުތަކުގައި އުޅެން ޖެހެއެވެ.

ޝަރީފާ އަކީ ހއ.ކެލާ ކުއްޖެކެވެ. މިގެއަށް އޭނާއަށް އާދެވުނީ މުޙައްމަދުގެ މަންމަގެ ރައްޓެހި ކަމުގައެވެ.އޭނާ މާލެ އައިސް އެއުޅެނީ ކޯހެއް ހެދުމަށްޓަކައެވެ.ޝަރީފާއަށް ކުރެވުނުކަންތަކާއި މެދު އިންތިހާއަށް ދެރަވެ ލަދުގަނެ ބިރުގެންފިއެވެ.ﷲ ސުބްޙަނަހޫ ވަތަޢާލާ ޙަރާމް ކުރެއްވި ބޮޑުފާފައަކަށް އަރައިގަނެވުނީތީ،އެކަމާ ވަރަށް ބޮޑަށް ފިކުރު ކުރެވޭން ފަށައިފި އެވެ. ބޯއަޅާލައިގެން އޮތް މަޑުފިޔާތޮށި އުރަލީ މަޑު ބާލީސް ތެންމަމުން ދަނީ      ޝަރީފާ  ގެ ލޮލުން ފައިބާ ކަރުނައިންނެވެ.

ޝަރީފާ  މާލެ އައުމުގެ ކުރިން މަންމަދިންހައި ނަސޭޙަތް ތަކުގައި ކޮޅުފައިން ޖެހުނިތީ އެކަމާ ވަރަށް ދެރަވެއެވެ.މަންމަމެންނަށް ހުތުރު ނަމެއް ލިބޭނޭފަދަ ޢަމަލެއް ނުހިންގާނޭ ކަމަށް މަންމަގާތު ތަކުރާރުކޮށް ބުނެފައިވެއެވެ.

ކޯސް ނިމުނުއިރު މުޙައްމަދާއިއެކުގައިވެސް ވަގުތުތަކެއް އެކަހެރިކޮށް ހޭދަ ކޮށްފައިވެއެވެ.ޝަރީފާއަކީ މާލެ އައިއިރު ފޮޅޭން ތައްޔާރުވއފައި އިން މަލެއް ފަދަ ކުއްޖެކެވެ. މާބުރެއް އައިސް ކިރިޔާ ޖެހިލާއިރަށް ފިޔަ ހުޅުވިގެން ދާފަދައިން އެމާ ފޮޅިއްޖެއްވެ.މުޙައްމަދަކީ ތަޖްރިބާހުރި އެހެނަސް ފުރުސަތެއް ނުލިބިގެން އުޅޭ މމިހެކެވެ.

ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން މުޙައްމަދުގެ އަންހެނުން ރީމާ މާލެ އަތުވެއްޖެއެވެ.މުޙައްމަދުގެ މަންމަގެ ބުއްދިވެރިކަމުން ރީމާ އައުމުގެ ކުރީން ޝަރީފާ ވަނީ އެގެއިން ފޮނުވާލާފައެވެ.

( ނުނިމޭ )

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

ލޯބި 3 ވަނަ ބައި

Next

ހިތް ލޯބިން ދެވިއްޖޭ 5

Next
November 26, 2018

ހިތް ލޯބިން ދެވިއްޖޭ 5

Previews
November 26, 2018

ލޯބި 3 ވަނަ ބައި



All Right Reserved!