Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 34

Sh@_n@ Level 410 Stories100 Comments100 Login
November 28, 2018 8 Mins Read
48 Comments

” ސާރާ މަށާއެކު މާލެ ދާންވީނު, ތިހެން ކިހާ ދުވަހެއް ވަންދެން ހުންނާނީ, ތިހެން ހުރެގެން ފާއިތުވާ ކޮންމެ ވަގުތަކާއި ދުވަހަކީ ސާރާގެ ދުޝްމަނުންނަށް ލިބޭ ހިތްވަރަކަށް ނޫނީ ނުވާނެ, އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުމަކާ ދޭތެރޭ ވިސްނަން ވާނެއެއްނު, މަންމަ ބޭނުންވާ ކަހަލަ ކުއްޖަކަށް ވެވޭނީ ވަރަށް ހިތްވަރު ހުރެގެން, ތިގޮތް ދޫކޮއްލާ, ސާރާ ދިރިއުޅުމުގަ ދާން ބޭނުންވާ ކޮންމެ ހިސާބަކަށް ގެންދަން އަހަރެން އެހީވާނަން” ފަޒީލްގެ ކޮންމެ ވާހަކައެއް އަޑުއަހަން ސާރާ ކުޑަކުއްޖެއް ފަދައިން އިނެެވެ. ސާރާގެ ސިކުނޑީގައި އެނބުރެނީ ކޮންފަދަ ކަންތައް ގަޑެއް ކަމެއް ބުނާކަށް ނޭނގެއެވެ.

އެހެން އިރުކޮޅަކު އިނުމަށްފަހު ސާރާ ފަޒީލްއާ ދިމާލަށް ހިނިތުންވެލިއެވެ. ސާރާގެ ހިނިތުންވުން ފެނިފައި ފަޒީލްގެ ހިތުގެ އެެންމެ ފުނަށް އަސަރު ކުރިއެވެ. އެތަށް ދުވަހަކަށްފަހު ސާރާގެ މޫނުމަތިން އެ ހިނިތުންވުން ފެނުމުން ފަޒީލް ވަރަށް އުފާވިއެެވެ.

” އަހަރެންވެސް ބޭނުން މި އެކަނިވެރިކަން ދޫކޮށް މި ހިޔާލުތަކާ ދުރަށް ދާން, މިތާ ހުރިވަރަކަށް މަންމަ މަތިން ހަނދާންވާނީ, އެކަމް މިގެ ދޫކޮއް ކިހިނެއް ދާނީ، އަނެއްކޮޅުން އަރުޝް.. އާހް…….. ” ސާރާ ފުންނޭވާއެއް ދޫކޮއްލަމުން ދައްކަން ފެށި ވާހަކަ މެދު ކަނޑާލިއެވެ. އަނެއްކާވެސް އިރުކޮޅަކު އެހެން އިނުމަށްފަހު ވާހަކަ ފެށިއެވެ.

“އަރުޝް ކޮންމެ ގޮތަކަށް ކަންތަށް ކުރިޔަސް އަހަރެން އަރުޝްދެކެ ވަރަށް ލޯބިވެ” ސާރާގެ ޖުމްލައިން ފަޒީލް ދެލޯ މަރާލީ އެހެން މީހެއްދެކެ ސާރާ ލޯބިވާ ވާހަކަ ބުނާ އަޑު އިވި ހިތަށް ތަދުވުމުންނެވެ. ސާރާއަށް ނޭނގުނު ކަމަކީ އެ ޖުމްލައިން އަސަރު ކުރާނެ އެހެން މީހަކު އިންކަމެވެ

“މާލެ ގޮސް އުޅެނިކޮށް އަނެއްކާ އަރުޝްއާ ކުރިމަތިލާން ޖެހިއްޖިއްޔާ އަހަރެން ކިހިނެއް ހަދާނީ, އަރުޝްގެ އަނގައިން އެކަަހަލަ އެއްވެސް ބަދުނާމެއް އަޑުއަހާނެ ހިތްވަރެއްނެތް” ސާރާ ލޮލުން ފޭދުނު ކަރުނަ ފުހެލަމުން ބުނެލިއެެވެ.

“އެކަމާ ނުވިސްނާ, ގޮސް އުޅެލަނިކޮށް ތިކަހަލަ ހުރިހާ ކަމަކާ ކުރިމަތިލާނެ ހިތްވަރު ލިބިދާނެ, އެހެން ނޫނަސް އަހަރެންނަށް ވަރަށް ޔަގީން ސާރާ ތިއީ އެހާ ފަސޭހައިން ހަތިޔާރު ބަހައްޓާ މީހެއް ނޫންކަން, ކުރިން ހުރި ހިތްވަރު ދެންވެސް ހުންނާނެކަން, ބޭނުންވަނީ ސާރާގެ ކުޑަކުޑަ ހިތްވަރެއް” ފަޒީލް ސާރާއަށް ވިސްނައިދޭ ބީދައިން ބުނެލިއެެވެ.
“ފަޒީލް ކީއްވެ އަހަރެންނަށް އެހާ ރަނގަޅީ, ފަޒީލް ކޮއްދޭ އެެއްވެސް ކަމެއްގެ ބަދަލުގަ ދޭނެ އެއްވެސް އެއްޗެއް އަހަރެންގެ ނެތް” ސާރާ ވަރަށް ވިސްނަން އިނދެފަ ފަޒީލްއާ ސުވާލުކުރިއެވެ.

” ސާރާގެ އެ ސުވާލުން ފަޒީލް އިސްޖެހިއެެވެ. އަދި ބުނަންވީ ކީކޭތޯ ވިސްނާލަން އިރުކޮޅަކު އިނެެވެ. ހަގީގަތް ހާމަ ކޮއްފިނަމަ ސާރާ ނުދާނެ ކަން ފަޒީލްއަށް އިނގެއެވެ.
” އަހަރެން މިކޮއްދޭ ކަންތަކުގެ ބަދަލު ސާރާ މާ ކުރިން ދީފި, އެހެންވީމަ ދެން ބޭނުމެއްނޫން, ފަޒީލް ސާރާގެ މޫނަަށް ބަލަން އިނދެ ބުނެލިއެވެ.

” އެ ކޮންއިރަކު, ކިހިނެއް އަހަރެން ބަދަލްދިނީ ” ސާރާ ވަރަށް ހައިރާންވެފަ ފަޒީލްއާ ސުވާލުކުރިއެވެ.

” ސާރާގެ ވާހަކަތަކުން އަހަރެންނަށް ހިތްވަރެއް ލިބުނީ, ސާރާއަކަށް ނޭނގޭނެ, އެކަމް ކިޔައިދީފާނަން” މިހެން ބުނެ އެދުވަހު އަތިރިމަތިން ސާރާ ރަޝްމީއާ ދެއްކި ވާހަކަތަށް ކިޔައިދިނެވެ. ސާރާ ފަރުވާތެރިކަމާއެކު އަޑުއަހަން އިނެވެ.

އެހެންވެ އަހަރެން ބުނީ ސާރާ ކައިރީ އަހަރެންނާއެކު މާލެ ދާން, އަހަރެންގެ މަންމަ ވަރަށް ރަނގަޅުވާނެ, ޕްލީޒް އަހަރެންނާއެކު ހިނގާ, މިތާނގަ ސާރާއަށް އެހީވާނެ އެކަކުވެސް ނެތް, ޝާމިންވެސް މިހާރު ކުރިންހެނެއް ނޫނެއްނު” ފަޒީލް ސާރާއަށް ވިސްނައިދޭ ފަދައިން ބުންޏެވެ.

” އެންމެ ރަނގަޅު, އަހަރެން ފަޒީލްއަށް އިތުބާރު ކުރާތީ ދާން އެއްބަސް މިވީ, އުއްމީދުކުރަން ތިގޮތުގަ އަބަދުވެސް އަހަރެންނާއެކު ވާނެ ކަމަށް” ސާރާ އެތަނުން ތެދުވެގެން ދަމުން ބުނެލިއެވެ. ސާރާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ފަޒީލް އިނެެވެ.
” އަރުޝް ކިހާ ނަސީބު ގަދަ, އެކަމް އަމިއްލަ ކުށުން މީހެއްގެ ބަހަށް ހެއްލިގެން އެ ގެއްލުވާލީ ކިހާ ރަނގަޅު ކުއްޖެއް, އަރުޝްއަކަށް މިވަރުގެ ކުއްޖެއްދެން ނުލިބޭނެ” ފަޒީލް ހިތާ ހިތުން ބުނަމުންދިޔައެވެ.

އަނެއްކޮޅުން އަރީޝާގެ ބޭނުން ފުއްދުމަަށް އަރުޝްއާ ގުޅުން ބަދަހި ކުރަމުންދިޔައެވެ. އެތަށް އަހަރަކަށްފަހު މަންމަގެ ލޯބި ލިބޭތީ އަރުޝް ހުރީ ވަރަށް އުފަލުންނެވެ. އެހެން ނަމަވެސް އެކަނިވާ ވަގުތު މިހާރުވެސް ސާރާ މަތިން ހަނދާންވަމުންދެއެެވެ.

މެންދުރުގެ ވަގުތެވެ. އަރުޝް ކެއުމަށްޓަކައި މަންމަ ބަޔަށް ދާން ދިޔައެެވެ. އެހެންނަމަވެސް ކުއްލިއަކަށް ހުއްޓުން އެރީ ހުޅުވިފައިވާ އެޕާރޓްމެންޓުގެ ތެރެއިން އަރީޝާގެ ވާހަކަތަށް އަޑު އިވިފައެވެ. އިތުރަށް އަޑުއަހާލަން އަރުޝް ހުޅުވިފައިވާ ދޮރުގައި ކަންފަތް ޖަހާލިއެވެ.
” ހެހެހ, ތިހާ ބޮޑަށް ތިކަމާ ނުވިސްނާ, އަހަރެމެންގެ ދުވަސްވީ ގުޅުން ކައިރި ކުރަން މިއުޅެނީވެސް ވިޔަފާރި އިތުރަށް ފުޅާކުރަން, އަހަރެން ބުނާ އެއްވެސް ކަމަކާ އޭނަ ދެކޮޅެއް ނަހަދާނެ, އެ މަންޖެ ކައިރީ ބުނޭ ގިނަގިނައިން އަންނާށޭ, އޭރުންތާ ގުޅުން ބަދަހިވާނީ” އަރީޝާ ދެއްކީ ކާކުގެ ވާހަކައެއްކަން ނޭނގުނަސް ކޮންމެސް ކަމެއް އެބައުޅެޔޭ އަރުޝްގެ ހިތް ބުނަން ފެށިއެވެ. އެހެންކަމުން އިތުރަށް އަޑުއަހާލަން މަޑުކޮއްލިއެވެ އެހެންނަމަވެސް އަރީޝާގެ ހަބަރެއް ނުވުމުން އެތެރެއަށް ވަނެވެ

ހިމޭން ތަރުފާލު ފަދަ ކަނޑުގައި ދުއްވަމުންދިޔަ ލާންޗުގައި ފަޒީލްއާއި ސާރާ ތިއްބެެވެ. އެ ލާންޗުގައި މާލެދާ އެތަށް ބަޔަކު ތިބިއިރު ސާރާ އިނީ ފަޒީލްއާއި ޖެހިފިތިގެންނެވެ. އެއީ ސާރާ އެކަހަލަ އުޅަނދަކަށް އެރި ފުރަތަމަ ފަހަރު ކަމަށް ވެފައި ލާންޗުގެ ދުވެލި ބާރުކަމުން ބިރުގަންނާތީއެވެ.

އަތޮޅު ފެރީއަށް ވީތީ ފުދޭވަރަކަށް މީހުން ލާންޗުގައި ތިއްބެއެވެ. ލާންޗު މައްޗަށް ހިއްލާލުމަށްފަހު ދެން ކަނޑުގައި ޖެހޭ އެ ބާރާއެކު ސާރާ ފަޒީލްގެ އަތުގައި ބާރަކަށް ހިފައެވެ. ސާރާގެ މިއަމަލުން ފަޒީލް ހިތަށް އުފާވެރިކަން ލިބުނަސް އެ އުފާވެރިކަން ގެއްލެނީ ސާރާ އަރުޝްދެކެ ވާ ލޯބި ހިތަށް އަރާފައެވެ

ކުއްލިއަކަށް ފަޒީލް ސިއްސައިގެން ދިޔައީ ސާރާ ފަޒީލްގެ ކޮނޑުގައި ބޯ އަޅާލުމުންނެވެ. ފަޒީލް ކުޑަކޮއް ބަލާލިއިރު ސާރާއަށް އޮތީ ނިދިފައެވެ. އެހެންކަމުން ފަޒީލް ސާރާ އެ އޮތްގޮތަަށް ބޭއްވީ އުނދަގޫ ނުކުރާށެވެ. ލާންޗު މައްޗަށް ހިއްލާލާފަ ކަނޑުގައި ޖެހިގަންނަ ކޮންމެ ފަހަރަކު ފަޒީލް ސާރާގެ ގައިގައި ހިފަހައްޓާލައެވެ. އަދި ސާރާގެ މައުސޫމުން ފުރިގެންވާ މޫނަށް ވަރަށް ލޯތްބާއެކު ބަލާލައެވެ.

ކިތަންމެ އިރެއްވިޔަސް ބަލާ ފޫހިނުވާ ފަދަ މޫނެކެވެ. މީ ސާރާގެ މޫނު ފަޒީލްއަށް އެއްވެސް ހުރަހެއްނެތި ފެނުނު ފުރަތަމަ ފަހަރެެވެ. އެހެންކަމުން ހިތް ފުރޭވަރަށް ބަލާލަން ބޭނުންވިއެވެ. އުމުރު އެގޮތުގަ ހުއްޓަސް ބަލާ ފޫހިނުވާނެކަން ޔަގީނެވެ. ފަޒީލްއާ ދިމާލަށް އެތާ އިން އަންހެނަކު އެހާވަރަށް ބަލަން ފެށުމުން ފަޒީލް ލަދުން ސާރާގެ މޫނުން ނަޒަރު ވަކިކޮއްލުމަށްފަހު ފޯނު ނަގާ ފޯނާ ކުޅެންފެށިއެވެ. އޭރުވެސް ސާރާ ނިދާފައޮތެެވެ.

ގާތް ގަޑަކަށް ހަތަރު ގަޑިއިރުގެ ދަތުރަކަށް ފަހު މާލޭގެ މަލަަމަތި ފެންނަ ހިސާބަަށް އާދެވުނެވެ. ފަޒީލް ސާރާގެ ކޮލުގައި މަޑުމަޑުން ޖަހާލުމާއެކު ސާރާ ލޯ ހުޅުވާލިއެވެ. ސާރާއަށް މިއޮވެވުނީ ފަޒީލްގެ ކޮނޑުގައި ބޯ އަޅައިގެންކަން އެނގުމާއެކު ސިއްސައިގެންގޮސް ދުރަށް ޖެހުނެވެ.
” ފަޒީލް, އައި އޭމް ސޮރީ, އަހަރެންނަށް ނިދުނީ, ކީއްވެ ނުގޮވީ, އަނެއްކާ ވަރަށް ގިނައިރުވެއްޖެތަ އެހެން އޮވެވުންތާ” ސާރާ ލަދުންހުރެ ފަޒީލް ކައިރިން އަހާލިއެވެ.
” ނޫނޭ, ސާރާ ކުރިންއިނީ އެތާ ބޯ ޖައްސައިގެން, ދެންމެ އަހަރެންގެ ކޮނޑުގައި ބޯ އެޅުނީ, އެހެންވެ މިގޮވީ, އަނެއްކާ ބަލާބަލަ, މިއޮއް މާލެ އާދެވުނީ” ފަޒީލް އެ މައުޟޫއަށް ވާހަކަ ދައްކަން ބޭނުން ނުވާތީ ވާހަކަ ބަދަލުކޮއްލިއެވެ

ސާރާ މާލޭގެ މަލަމަތި ބަލަމުންދިޔައީ ސާރާމެންގެ ރަށާއި މާލެއާއި ހުރި ތަފާތުކަމުންނެވެ. މާލޭގެ ބޮޑެތި އިމާރާތްތަކާއި ދުއްވާ އެއްޗެހިން ތޮއްޖެހިފައިވާ މާލެ ސާރާއަށް ފެންނަމުން ދިޔައެެވެ. ފުރަތަމަ ފަހަރަށް މާލޭގެ ތޮއްޖެހިފައިވާ މަގުމަތި ފެނިފައި ސާރާގެ ބޮލުގައި ރިއްސާލިއެވެ. އެހެންނަމަވެސް އުޅެން އޮތް މާހައުލުކަން ހަނދާންކޮއްލަމުން ހިނިތުންވެލިއެވެ.

ލާންޗު މާލޭގެ ފަޅަށް ވައްދައި ލާންޗު ޖެޓީއާ ކައިރިކުރިއެވެ. ފަޒީލް ސާރާ އެއްގަމަށް ބޭލުމަށްފަހު ފަޒީލް ފޮށިތަށް ބަލާ ލާންޗަށް އަނެއްކާވެސް އެރިއެވެ.

” މަންޖެދެކެ މަންޖެގެ ފިރިމީހާ ހާދަ ލޯބިވޭދޯ, ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް, ވަރަށް ރަނގަޅު ހޮވުމެއް ތީ” އެ ލާންޗުން ފޭބި އަންހެނަކު ސާރާ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. ސާރާ ހުރީ ވާނުވާ ނޭނގިފައެވެ. ފަހަތް ބަލާލީ ފަހަތުގައި ހުރި މީހަކަށް ނިސްބަތްކޮއް ބުނިކަމަށެވެ. އެހެންނަމަވެސް ފަހަތުގައި މީހަކު ނެތުމުން ހައިރާންވެ ހުރެ އެމީހާއަށް ބަލާލިއެވެ.

” މަންޖެ ކައިރީ މި ބުނީ, ލެފެންދެން އެ ސޮރުގެ ކޮނޑުގައި ބޯ އަޅައިގެން އޮތީ, ލާންޗު ރާޅާ ޖަހާލާ ކޮންމެ ފަހަރަކު މަންޖެ ގައިގަ ހިފަހައްޓާވެސްލާ, ހާދަ ލޯބިވޭ ދޯ, އެ ސޮރުގެ ލޮލުން ދޭހަވޭ ލޯބިވާ ވަރު” އެމީހާގެ އެ ޖުމްލައިން ސާރާއަށް ފަޒީލް ހުރި ދިމާލަށް ބަލާލެވުނެެވެ. އަދި އެގަޑީގައި އެހުމުން ފަޒީލް ތެދަށް ނުބުނީ ކީއްވެބާއޭ ސާރާ ހިތަށް އެރިއެވެ. އަނެއްކާ އެމީހާ ބުނާހެން ފަޒީލް ލޯބިވަނީ ބާއޭވެސް ސާރާ ހިތަށް އެރިއެވެ. އެމީހާ އެވަަރަށް އެވާހަކަ ދެއްކުމުންވެސް އެއީ ފިރިމީހާއެއް ނޫނޭ ބުނާކަށް ސާރާއަށް ނުކެރުނެވެ. އެހެންކަމުން ހިނިތުންވުމަކުން ފުއްދާލިއެެވެ.

ފަޒީލް ފޮށިތަށް ހިފައިގެން އައިސް ސާރާ ގޮވައިގެން ކާރެއް ހޯދާ ކާރަކަށް އެރިއެވެ އަދި ދާންވީ މަންޒިލް ކިޔައިދިނެެވެ. ދާންވީ މަންޒިލަށް ދެވެންދެން ސާރާ ބޭރު ބަލަހައްޓައިގެން އިނެެވެ. ބޭރު ބަލަން އިނަސް ސާރާގެ ސިކުނޑީގައިވަނީ މިއަދު އެމީހާ ދެއްކި ވާހަކަތަކެވެ.

ކާރު މަޑުކޮއްލީ މާފަންނުގައި ހުރި ދެބުރި ގެއެއްގެ ކައިރިއަށެވެ. ފަޒީލް ފޮށިތަށް ހިފައިގެން އެތެެރެއަށް ދާ ވަރަކަށް ސާރާވެސް ފަޒީލްގެ ފަހަތުން ވަނެވެ.

މޭޒުމަތި ސާފުކުރަންހުރި ފައުޒިއްޔާއަށް ބެލް ޖެހި އަޑުއިވުމާއެކު އައިސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީ ހުރި ފަޒީލް ފެނިފައި ފައުޒިއްޔާ ފަޒީލްގެ ގައިގަ ދަރިފުޅާއޭ ކިޔައި ބައްދައިގަތެވެ

” މަންމަގެ ފަޒީލް, ކޮން އިރަކު އައީ, ދެން މަންމަ ދޫކޮއްލާފަ ނުދައްޗޭ” ފައުޒިއްޔާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަން ފެށީ އުފަލުންނެވެ. އެހާ ދުވަހަށް ފަހު ދަރިއަކު ފެނުމުން މަޔަކަށް އެވަރު ނުވެއެއް ނުދާނެއެވެ. ފަޒީލްވެސް އެހާ ދުވަހަށްފަހު މަންމަ ފެނުމާއެކު ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. އެހެންކަމުން އެތަށް އިރަކު ދެމައިން އެގޮތުގައި ތިއްބެވެ.

މި މަންޒަރު ބަލަން ފަހަތުގައި ސާރާ ހުރީ ފެންކަޅިވެފައެވެ. އާފިޔާގެ ލޯބި ލޯބި ބީހުލުންތަށް ހަނދާންވެ ލޮލުން ކަރުނަ އައެވެ. އެހެންނަމަވެސް ދެލޯ ފުހެލުމަަށްފަހު ހަމަޖެހިލީ އާފިޔާ ދެން އެނބުރި ނާންނާނޭ ހިތަށް ވިސްނައިދެމުންނެވެ.

ފަޒީލްގައިގަ ބައްދައިގެން ހުރި ފައުޒިއްޔާއަށް ފަހަތުގައި ފެންކަޅި ވެފައި ހުރި ސާރާ ފެނުނެވެ. އެހެންކަމުން ފަޒީލްގެ ގައިން ދޫކޮއްލުމަށްފަހު ފަޒީލް އާ ދިމާލަށް ބަލާލީ ކާކުހޭ އަހާލާ ގޮތަކަށެވެ.

” މަންމަ ކައިރީ ބުނީމެއްނު ސާރާއެއްގެ ވާހަކަ, އެއީ ސާރާ” ފަޒީލް ފައުޒިއްޔާ އަށް އޮޅުންފިލުވައިދިނެވެ.
” އެހެންތަ! މީތަ ސާރާއަކީ, މާޝާﷲ، ސާރާ އަވަހަށް އާދޭ އެތެރެއަށް, އަވަހަށް އިށީނދޭ,” ފައުޒިއްޔާ ސާރާ ގެނެސް ސޯފާގައި ބޭންދިއެވެ. އަދި ސާރާގެ މޫނަށް ބަލާލިއެވެ.

“ފަޒީލް ބުންޏޭ ސާރާގެ މަންމަ ނިޔާވި ވާހަކަވެސް, އެކަމާ ދެން ދެރަނުވޭ, މަރަކީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް, ސާރާ ބޭނުން ދުވަހަކު މިގޭގަ ހުރެވޭނެ, އެއްޗެކޭ ބުނާނެ މީހަކު ނުހުންނާނެ, ވަރަށް އުފާވެއްޖެ ސާރާ އައީތީ, އަމިއްލަ ފައިމައްޗަށް ތެދުވަން ވާނެ, މީހުންނަށް ބަރޯސާ ވާކަށް ނުވާނެ, އަދި ވަރަށް އުފާވެއްޖެ އަހަރެންގެ ފަޒީލްއަަށް އެހާ ހެޔޮކޮއް ހިތީތީ” ފައުޒިއްޔާ ސާރާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. ސާރާ ހިނިތުންވުމަކުން ފުއްދާލީ އެވަގުތު ދުލަށް އިތުރު ބަހެއް ނައުމުންނެވެ. ސާރާގެ މާޔޫސްވެފައިވާ މޫނު ފެނުމާއެކު ފައުޒިއްޔާ ވާހަކަ ބަދަލު ކޮއްލިއެވެ.

ްއަވަަހަށް ހިނގާ އަރާމްކޮއްލަން ދާން, ވަރަށް ވަރުބަލި ވެފައެއްނު ހުންނާނީ, އެ ކޮޓަރީގައި އުޅޭނީ ސާރާ އެކަނި, އެއްވެސް މީހަކު އުނދަގުލެއް ނުކުރާނެ” ފައުޒިއްޔާ ސާރާ ގޮވައިގެން ކޮޓަރިއަށް ދަމުން ބުންޏެވެ.

ދުވަސްތަށް ފާއިތުވަމުންދަނީ ހީނުކުރާހާ ހަލުއިމިނުގައެވެ. ސާރާ މާލެ އައިތާ މަހެއްވީއެވެ. ފައުޒިއްޔާގެ އެދުމުގެ މަތިން ސާރާ ވަޒީފާއެއް ހޯދަން ފެށިއެވެ. އަދި ފައުޒިއްޔާ ބުނެގެން ސާރާގެ ނަމުގައި އެކައުންޓެއް ވެސް ފަޒީލް ހުޅުވަދިނެވެ. އަދި ސާރާ ލަމުންއައި ބާވެފައި ހުރި ހެދުންތަށް އުކާލާ އާ ހެދުންވެސް ސާރާއަށް ހޯދައި ދިނެެވެ. ފައުޒިއްޔާ ސާރާދެކެ އުފަންދަރި ދެކެ ވާހާ ލޯބި ވެއެވެ. އެގޭގައި ސާރާއަށް ދަތިވާ އެއްވެސް ކަމެއް ނޯވެއެވެ.

ސާރާ މަދުމަދުން މަސައްކަތް ކުރަނީވެސް ފައުޒިއްޔާ ކައިރީ އާދޭސްކޮއްގެންނެވެ. އެހެނީ ފައުޒިއްޔާ ސާރާ އެއްވެސް ކަމެއް ކުރިޔަކަ ނުދެއެެވެ. ދުވަސްވާވަރަކަށް ސާރާގެ ހިތުގައި ފައުޒިއްޔާއަށް މައިވަންތަ ލޯބި އާލާވާންފެށިއެވެ. އެހެންކަމުން ސާރާ ފައުޒިއްޔާއަަށް މުހާތަބު ކުރަނީ ކުޑަ މަންމަގެ ނަމުންނެވެ. އެކަމާ ފައުޒިއްޔާ ހުންނަނީ ވަރަށް އުފަލުންނެވެ. މަންމާއޭ ކިޔައި ގޮވާނެ އަންހެން ކުއްޖެއް ހުރީތީއެވެ

ފަޒީލްވެސް އަމިއްލަ މީހެއްގެ އޮފީހަށް ވަޒީފާއަށް ދާންފެށިއެވެ. ފަޒީލްގެ ރަނގަޅު އުޅުމުން އެންމެ އުފާވަނީ ފައުޒިއްޔާއެވެ. ވިޔާނުދާކޮށް އުޅުނު ކުއްޖަކު ރަނގަޅުވާނޭ މީހަކު ހީވެސް ނުކުރާނެވެ. އެހެންނަމަވެސް މާތްﷲ ތެދުމަގު ދައްކަވަންވީ މީހަކަށް ތެދުމަގު ދައްކަވާނެކަން މިކަމުންވެސް ހެކިދެއެެވެ.

ރޭގަނޑުގެ ކެއުމުގެ ފަހެވެ. ސާރާ ކައި ނިންމައިގެން ސޯފާގައި ހަމަޖެހިލިއެވެ. އެވަގުތަކީ ފަަޒީލް ވެސް ސިޓިންގްރޫމަށް ވަތް ވަގުތެވެ. ފަޒީލް ފެނުމާއެކު ސާރާ އަނެއްކާވެސް އެ ލާންޗުގަ އިން މީހާ ބުނި ވާހަކަ ހަނދާންވިއެެވެ. އެއީ ހަމަ ތެދެއްބާއޭ ސާރާ އަމިއްލަ ހިތާ ސުވާލު ކުރެވުނީ ބައެއް ފަހަރު ފަޒީލް ބަލަން ހުންނަ ގޮތުންނެވެ. އެހެންނަމަވެސް ސާރާ އެކަމާ އަޅާނުލާން ބޭނުންވީ އެެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީއެވެ.

ފަޒީލް ސިޓިންގްރޫމްގައި އިނުމަށްފަހު ކޮޓަރިއަށް ވަނީ އެއްޗެއް ހަނދާން ވެގެންނެވެ. ފަޒީލް ކޮޓަރިއަށް ވަތް ތަނުން ފަޒީލްގެ ފޯނު ރިންގުވާންފެށިއެވެ. އެހެންކަމުން ސާރާ އަޅާ ނުލާ އިނީ ފަޒީލް އަންނަނީއޭ ހިތަށް އެރުމުންނެވެ. މެދު ނުކެނޑި ފޯނު ރިންގްވާން ފެށުމުން ސާރާ ސޯފާ އިން ތެދުވެ ގޮސް ޖެހިގެން ހުރި ސޯފާގެ މަތީގައި އޮތް ފަޒީލްގެ ފޯނަށް ބަލާލިއެވެ. ސާރާގެ ދެލޯ ބޮޑުވެގެން ދިޔައީ ފޯނުގެ ސްކްރީންއަށް ނަޢުހާގެ ނަން އަރާފައި ވުމުންނެވެ. އެހެންކަމުން ހިތް އެދެންފެށީ އެ ފޯނު ނެގުމަށެވެ.

ސާރާ ތުރުތުރު އަޅަމުންދާ އަތަކުން އެ ކޯލް ނެގުމަށްފަހު ކަންފަތުގައި ފޯނު ޖައްސާލިއެވެ.
” ފޯނު ނުނަގަ ހުރީމަ ހީކުރީ އަހަރެންގެ ކައިރިން ސަލާމަތް ވެވޭނެ ކަމަށްދޯ, ދުވަހަކުވެސް ނުވާނެ, އަދި ދަމުން ދިޔައީ ލޯބިވާ ސާރާ ގޮވައިގެންދޯ, ތިހެން މާގިނަ ދުވަހަކު ނުހުރެވޭނެ, ތައްޔާރުވެގެން ހުރޭ, އަހަރެން ދޭ ހަދިޔާއަށް” ނަޢުހާ އެހެން ބުނެ ފޯނު ކަނޑާލިއެވެ. ނަޢުހާގެ ވާހަކައިން ސާރާގެ ދެލޯ ބޮޑުވިއެވެ. ކަންފަތުން ފޯނު ވަކިކޮއްލަން ނުކެރިފައި ހުރީ އިވުނު ބަސްތަކަކުންނެވެ.
” ކޮ ކޮ ކޮން ހަދިޔާއެއް” ސާރާ ތުރުތުރު އަޅަމުންދާ އަޑަކުން ބުނެވުނެވެ. އަދި ފަޒީލް ހެޔޮ ހާލުގައި ލެއްވުމަށް އެދި ދުއާ ކުރެވުނެވެ.

އާދުވަހަކަށް އިރު އެރީ ސާރާ އަށް އުފާވެރި ހަބަރަކާއެކުއެެވެ. ފޮނުވާފައިވާ ސީވީ ތަކުން ރަނގަޅު ކުދިން ހޮވިއިރު ސާރާވެސް ހޮވުނެވެ. އެހެންކަމުން ހެނދުނު އަށެއް ޖަހާއިރު އިންޓަރވިއުއަށް ސާރާއަށް ކިޔާފައިވެއެެވެ. ސާރާ އިންޓަރވިއުއަށް ތައްޔާރުވަމުންދިޔައީ ވީ އެންމެ ފުރިހަމަ ގޮތެއްގައެވެ. ކަޅު އަބާޔާގައި ސާރާ ބޭނުން ކޮއްފައިވަނީ މެރޫން ކުލައިގެ ޝޯލްއެކެވެ. އަދި ކަޅުކުލައިގެ އިސްޓާކީނަކަށް އެރުމަށްފަހު ކުޑަ ފުންނާބު ކޮޅެއްލީ ބޫޓަކަށް އެރިއެވެ. އަދި ލުއި މޭކަޕެއްވެސް ކޮއްލިއެެވެ. މުޅި ގަޔަށް ސެންޓު ބުރުވާލުމަށްފަހު ކޮޓަރިން ނުކުތީ ފައިލްއަކާ އާދައިގެ ކުޑަ ދަބަހެއް ހިފައިގެންނެވެ.

” ދަރިފުޅު, އެހަށް މަޑުކޮއްލަންވީނު ފަޒީލް އަންނަން ދެން, އޭނަޔާއެކު ސައިކަލުގަ ދާން, އޭރުން އަވަސްވާނެ ” ފައުޒިއްޔާ އެހެންބުނުމާއެކު ސާރާ ބޮލުގެ އިޝާރާތުން އާއެކޭ ބުނުމަށްފަހު އިށީނެވެ. ސާރާގެ ނޭވާ ހާސްވަމުންދާ ކަމުގެ އިހްސާސް ސާރާއަށް ކުރެވެންފެށީ ކުއްލިއަކަށެވެ. ހިތް ބިރުގަނެ އަތްފައި ފިނިވާންވެސް ފެށިއެވެ. އެހެންނަމަވެސް ފުންކޮށް ދެފަަހަރު ނޭވާއެއް ލުމަށްފަހު ހަމަ ޖެހިލީ ހަޔާތުގަވެސް ފުރަތަމަ ފަހަރަށް ވަޒީފާގެ އިންޓަރވިއުއަށް ދާތީ ކަމަށް ބަލާފައެވެ.

އިރުކޮޅެއްނުވެ ފަޒީލް އައުމުން ސާރާ ފަޒީލްގެ ފަހަތުން ފައުޒިއްޔާއަށް ދަނީ ކަމަށް ބުނެ ނުކުތެވެ. ސައިކަލުގައި އިންއިރުވެސް ސާރާ ބަލަމުންދިޔައީ ފަޒީލްގެ ގައިގަ ނުޖެހި އިނދެވޭތޯއެވެ. ސާރާގެ މަންޒިލަށް ދެވުމާއެކު ސާރާ ސައިކަލުން ފައިބާ އަވަސް ފިޔަވަޅު ތަކެއްގައި ސާރާ އެތެރެއަށް ވަނެވެ.

ގާތް ގަޑަކަށް ފަސް ވަރަކަށް މިނެޓް ނުވަނީސް ސާރާގެ ނުކުތީ މާޔޫސީ މޫނަކާ އެކުއެވެ. ސާރާ ނިކުތް އިރު ފަޒީލް ސާރާގެ އިންތިޒާރުގައި އިނެވެ.
” އަހަ, ކިހިނެއްވީ” ސާރާގެ މޫނު ފެނިފައި ފަޒީލްއަށް އަހާލެވުނެވެ.
” ކެންސަލް ވިއްޔޯ, އިންޓަރވިއު ކުރާ މީހާ ކުއްލިއަކަށް މުހިންމު ބައްދަކުވުމަކަށް ދިޔައީއޯ” ސާރާ މިހެން ބުނެ ތުންކޮޅު ދަމާލިއެވެ. ސާރާގެ އެ އަމަލުން ފަޒީލް ހީގަތެވެ.

“ހާސްނުވޭ، ހިނގާ އެހެރަ ތަނަށް ގޮސް ސައިބޯލަން, ބޭކާރު ދަތުރަކަށް ހަދާކަށް ނުވާނެއެއްނު” ފަޒީލް އެހެންބުނުމުން ސާރާ އެ ރެސްޓޯރެންޓާ ދިމާލަށް ދިޔައެވެ. އަދި ގޮސް އެތާ ދޮރުމަތީ މަޑުކޮއްލީ ފަޒީލް އަންނަން ދެނެވެ. އޭރު ފަޒީލް ސައިކަލް ޕާކް ކުރުމަށްފަހު ފޯނު ކަންފަތުގައި ޖަހައިގެން ހުރެ މަގުގެ އަނެއް ފަރާތަށް އަރަން އަންނަނީއެވެ. އެވަގުތު ސާރާއަށް ފަޒީލްއާ ދިމާލަށް ފަޒީލްގެ ފުރަގަހުން އަންނަމުން ދިޔަ ޕިކަޕެއް ފެނުނެެވެ. ސާރާ ފަޒީލްއާ ދިމާލަށް ބަލާލިއެވެ. ސާރާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމި ގަތްހެންނެވެ. ސާރާ ގައިގަ ހުރި ބާރެއްލާފަ ފަޒީލްއޭ ކިޔައި ދުއްވައިގަތެވެ. ފަޒީލް ފަހަތަށް އެނބުރުނު އިރު ޕިކަޕެއް އައިސް ފަޒީލް އާ އަރާ ހަމަ ކޮއްފިއެވެ. އިތުރު ހަރަކާތެއް ނުގެނެސް އުޅެނިކޮށް ސާރާ ފަޒީލްގެ ގައިގަ އަތްއަޅާ ކޮއްޕާލިއެވެ. އިސާހިތަކު ސާރާ ސަލާމަތް ވާނެ ފުރުސަތު ނުލިބި ޕިކަޕްގަ ޖެހިފަ މާ ދުރަށް ވިއްސައިގެން ގޮސް ޖެހުނެވެ.

ބަންޑުން އޮތް ފަޒީލްއަށް ލެއިން ތަތްތެޅިފައިވާ ސާރާ ފެނުމާއެކު ސާރާއޭ ކިޔައި ހަޅޭލަވައިގަތެވެ. އަދި އެދިމާލަށް ދުއްވައިގަތެވެ.
” ސާރާ, ކީއްތިކުރީ, ލޯ ނުމަރާތި, ޕްލީޒް ލޯ ނުމަރާ, މަށާ ދިމާލަށް ބަލާބަލަ, ހެޔޮނުވާނެ ސާރާ, އަހަރެން ދޫކޮއްފައި ނުދޭ”
ފަޒީލް ދިޔަގޮތަށް ގޮސް ސާރާ ފަޒީލްގެ އުނގުތެރެއަށް ލާ ގޮވަންފެށިއެވެ. ފަޒީލްގެ އަޑުވެސް ތުރުތުރު އަޅަމުންދިޔައެވެ. މީހާގެ ދެލޯ ކަރުނުން ފުރި ބަންޑުން ވާން ފެށިއެވެ.

އިސާހިތަކު މަންޒަރު ފެނި މީހުން އެތަނަށް ޖަމާވާން ފެށިއެވެ.
“ޕްލީޒް, މީހެކޭ އެމްބިއުލެންސަށް ގުޅާބަލަ, އަވަސްކޮއްބަލަ, ސާރާ ލޯ ނުމަރާތި, ފަޒީލް ހީވަނީ މޮޔަ ވެދާނެހެންނެވެ.

އެހެންނަމަވެސް ސާރާގެ ދެލޮލަށް މަޑު މަޑުން މަންޒަރު ފުސްވެ ދެލޯ މެރުނެވެ.

6 އަހަރުފަސް

” ދަރިފުޅާ, ފައުޒާން! މަންމި ބުނީމެއްނު ނުދުވާނޭ, އަވަހަށް އާދޭ މަންމި ކައިރިއަށް, އެހެރަ އަންނަނީ ބައްޕިވެސް” ސާރާ އަތުން އިޝާރާތް ކޮއްލީ އައިސްކޯން ތަކެއް ހިފައިގެން އައި ފަޒީލް އަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ހިތް އެދުނަސް… (26)

Next

ބަދަލު ވެއްޖެއެވެ.( ފަހުބަޔާއިއެކު)

Next
November 28, 2018

ބަދަލު ވެއްޖެއެވެ.( ފަހުބަޔާއިއެކު)

Previews
November 27, 2018

ހިތް އެދުނަސް… (26)

48 Comments!

  1. Gud❤ says:
    November 28, 2018 at 9:57 am

    Saara and fazeel marry kuriithr…OMG….maashallah vvv reethi mi part vx.. aneii paet vx avahah up kohdhehchey dear…luv yuh…❤????

    1. Sh@_n@ says:
      November 28, 2018 at 10:15 am

      Thank you so much dear gud. Saaraa fazeel aa marry kuree thw balaalan keep waiting dear❤???

  2. Anonymous says:
    November 28, 2018 at 10:10 am

    First dho!?

    1. Sh@_n@ says:
      November 28, 2018 at 1:18 pm

      I think anonymous second

  3. R@! says:
    November 28, 2018 at 10:19 am

    Wow..fazeel aa saara marry kury dhw..❤❤

    1. Sh@_n@ says:
      November 28, 2018 at 10:48 am

      Let’s see dear

  4. GI says:
    November 28, 2018 at 10:45 am

    Dhen kon irakun ehen part kiyaalan libeyvaru vaanee

    1. Sh@_n@ says:
      November 28, 2018 at 10:49 am

      Bodah lafaa kurevenee maadhamaa ah

  5. shaan says:
    November 28, 2018 at 10:51 am

    nice ☺??

    1. Sh@_n@ says:
      November 28, 2018 at 11:08 am

      Thanx shaan??

  6. )(!$)(ππ@ says:
    November 28, 2018 at 10:57 am

    Bt vaahaka nimey iru arush ah dhw Sara libeyny…???

    1. Sh@_n@ says:
      November 28, 2018 at 11:09 am

      Let’s see naakah thw libeyne?

  7. Future says:
    November 28, 2018 at 11:34 am

    Aslu e veegothaky Arush ge kujjakah preg vyma fazeel aa marry kury noony marry nukoh vihaafa kujjaa ah fazeel dhahkkaafa bappa ey bunedhiny

    1. Sh@_n@ says:
      November 28, 2018 at 12:12 pm

      Hehe. Let’s see future ebuny thedheh thw??

  8. Aru says:
    November 28, 2018 at 11:37 am

    Vara reythi….

    1. Sh@_n@ says:
      November 28, 2018 at 1:14 pm

      Thank dear aru

  9. Sasha says:
    November 28, 2018 at 12:27 pm

    Avahah up kohdheeba please
    Cant wait
    vaahaka varah reeethi

    1. Sh@_n@ says:
      November 28, 2018 at 1:15 pm

      Thanx dear Sasha. V ehme avahah up kohdheynan

  10. Kudoo says:
    November 28, 2018 at 12:40 pm

    Alhe Arush kobaa? Story varah reethi, but Arush ah vx Fazeel ah vx dhera gothei nuhadhahche shaan dear. Nd next part avahah up kohdheychey, can’t wait

    1. Sh@_n@ says:
      November 28, 2018 at 1:16 pm

      Thanx kudoo ehaa shauguverikamaa eku kiyaathy,

    2. Shaan says:
      November 29, 2018 at 11:19 pm

      Shaan ee?

  11. Beryl Stone says:
    November 28, 2018 at 12:49 pm

    Masha allah???????v rythI mi prt vx❤????heevany fazeel maruvyma Arush aa kanneyge saaraa marry kuraany??dhn neyge dhw ??can’t wait for the nxt?????????

  12. Ssss says:
    November 28, 2018 at 12:54 pm

    Nauhaa ge dharifulhu dw eii

    1. Sh@_n@ says:
      November 28, 2018 at 1:17 pm

      Lets see??

  13. Nish says:
    November 28, 2018 at 2:37 pm

    Varareeth hinhamjehee anepat nith………..

    1. Sh@_n@ says:
      November 28, 2018 at 10:28 pm

      Thanx

  14. ??? says:
    November 28, 2018 at 7:19 pm

    Vvvv foohi thihenn hedhiima arush aai gulhuvabala plx

  15. Reader? says:
    November 28, 2018 at 9:09 pm

    Masha Allah varah reethi

    1. Sh@_n@ says:
      November 28, 2018 at 10:29 pm

      Thanx reader?❤??

  16. Maya says:
    November 28, 2018 at 10:18 pm

    Wat???? Mammi ey.. saaraa ah.. ekamu arush akahnu Saraa liben jeheyni.. vv dhuvas fahun dhw mi comment eh kohlevuni.??I was so busy ehnve??story is awesome as usual ??vv reethi vv curious mihaaru

  17. Sh@_n@ says:
    November 28, 2018 at 10:30 pm

    Its okey dear, comment kohleema v ufaavehje, ?❤❤?

  18. Riyaa says:
    November 29, 2018 at 12:01 am

    Nice when is next part????

    1. Sh@_n@ says:
      November 29, 2018 at 1:29 pm

      May be tomorrow, mihaaru liyamun mi dhany

  19. Reader says:
    November 29, 2018 at 12:55 pm

    Kihineh thi hedhy. Varah foohi thihen hehdyma 🙁

    1. Sh@_n@ says:
      November 29, 2018 at 1:28 pm

      Don’t worry dear, fahun ragalhu vaane

  20. Ainth says:
    November 29, 2018 at 4:26 pm

    Vaahaka v reethi … mivaahaka baraabarah kiyan but comment v nukuran … mireyga hama vaahaka up nuvaanetha ???????

  21. ???? says:
    November 30, 2018 at 12:53 am

    Nice………………..
    Aslu up kuraaleh laheema v foohi kiyan.ehpart kiyaafa ebai handhaan netheyfahun anehbai.please dont do that shaana.i am reading this story with intrest.hope it will not happen again.and v reethi vaahaka.
    And dhen vaany kihineh arush ah sarah libeyne dhw.

    1. Sh@_n@ says:
      November 30, 2018 at 1:16 pm

      Thank you dear. Kanthah dhimaavaa gothun lass vany, sry for that. And 35 up kuran fonuvaifin, keep waiting

  22. Naju says:
    November 30, 2018 at 2:44 pm

    V rythi mi story ???

  23. Sh@_n@ says:
    December 1, 2018 at 7:25 am

    Sry readers, adhivess story up nuvey, ihye Haveeru fonuvaifin?

  24. R@! says:
    December 1, 2018 at 9:26 am

    Alhey..soo sad…waiting for the next

  25. Ainth says:
    December 1, 2018 at 8:46 pm

    Ekamu ehan vaahakathah up ebavey dhuvaalaku 2 faharu keyvegentha mi vaahaka up nuvan veee ??

  26. Sh@_n@ says:
    December 2, 2018 at 11:40 am

    I don’t know, ehn vaahaka thah up vaathy admin kairine vess ahaifin, buny eba check kuramey, up vaaleh las v ma dhevana faharah vess anehkaa fonuvaifin

  27. Zy Na says:
    December 2, 2018 at 12:09 pm

    Alheyy Dhen Kobaa thr 35th part?

  28. ???? says:
    December 2, 2018 at 12:29 pm

    Alhey dhen ehen vaahaka up vaairu mi vaahaka ves up vaan vaane dhw…dhen alhe please avas

  29. R@! says:
    December 2, 2018 at 1:04 pm

    Alhey dhn mihaàru kehmadhu vejje..???

  30. Reader? says:
    December 2, 2018 at 1:56 pm

    Alhey vaahaka up vaakah noolheytha

  31. R@! says:
    December 2, 2018 at 3:53 pm

    Alhey konirakun tha kiyaalan libeyvaru vaany…heyo nuvaane thankolheh avas kohladheeba…

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 35←


All Right Reserved!