ނުތަޅުވާށެ
ހުކުރު ދުވަހެވެ. ކުރާނެ މަ ބޮޑު ކަމެއް ނެތީމަ އަހަރެން ހިޔާލު ކުރީ ވިލިމާލެ ދިއުމަށެވެ. ހެނދުނު ހެނދުނާ ތައްޔާރުވެލައިގެން އަހަރެން ދިޔައީ ވިލިމާލޭ ފެރީ ޓާމިނަލަށެވެ. ޓިކެޓު ނެގުމަށް ފަހު ފެރީއަށް މަޑުކުރީމެވެ. ފެރީ މާލޭގެ ތޮށްޓާ ގާތްކޮށްފިއެވެ. ފެރީއަށް އަރައި ހަމަޖެހިލީމެވެ.
ދިހަ ވަރަކަށް މިނެޓުގެ ދަތުރަކަށް ފަހު ވިލިމާލޭ ފަޅަށް ވަދެވިއްޖެއެވެ. ފެރީ ބަނދަރާއި ގާތްކުރުމުން، ފެރީން ފޭބީމެވެ. ދާނޭ ވަކި މަންޒިލެއް ނެތި އަހަރެން ހިނގައިގަތީމެވެ. ހިސާބަކަށް ދެވުމުނު ތަނާ ފެނުނު ޖޯއްޔެއްގައި އަހަރެން އިށިއިނީމެވެ. ފޯނަށް ކުޅުމުގެ ތެރޭގައި އަހަރެންނަށް ރޭގައި ކޮށްފައި ހުރި މެސެޖުތައް ފެނުނު ވަގުތެވެ. އަހަރެންގެ ހިޔާލުތައް ގަންބުވާލީ ރޭގައި ހިނގާދިޔަ ކަންކަމަށެވެ.
ކުއްލިއަކަށް އަހަރެން ސިހިގެންދިޔައީ އަހަރެންގެ ނަމުން ކުއްޖަކު ގޮވާލުމުންނެވެ. އަހަރެން ބަލައިލީމެވެ. އެއީ ވިލިމާލޭގައި އުޅޭ އަހަރެންގެ އެކުވެރި ޝާޔަން އެވެ. އަހަރެން އިން ގޮތްފެނިފައި ޝަޔާނަށް ހެވުނެވެ.
“ކަލޯގަޔާ އަންގާވެސް ނުލާ މިކޮޅުގަ؟ ކިހިނެއްވެފަ މާ މޫޑީވެފަ؟ އަނެއްކާ ކަމަކާއި ވިސްނަނީތަ؟” ޝަޔަންގެ ސުވާލުތައް އަހަރެންގެ ކުރިމައްޗަށް ބަނޑުންކޮށްލި ކަހަލައެވެ. އަހަރެން ބުނާނެ އެއްވެސް އެއްޗެއް ނޭންގިފައި އަނގަ އައްޕަޗަ އަކަށް ހަދައިގެން އިނީއެވެ. “ސާބަސް ޒިދާނޫ.. އަހަރެން މިވާހަކަ ދައްކަނީ މިހިރަ ޖޯއްލިފައްޗާތަ؟” ހެމުން ހެމުން ޝަޔާން ބުނެލިއެވެ.
“ޔޫ ނޯ ދިސް ލީން.. ހަމަ ރިލޭޝަންގެ ވާހަކަ ދައްކާއިރަށް ބުނޭ ވިސްނާލާނަމޭ.. މަ ހިތަށް މި އަރަނީ ޤިޔާމަތްވާއިރު ވެސް ވިސްނާ ނިމޭނެ ބާ އޭ” އެއްމެ ފަހުން ވެގެން އުޅޭގޮތް ޝަޔާންއަށް ބުނެދިނީ ކުޑަކުއްޖަކު ބޮޑާހާކާ ރާގަކަށެވެ.
“ބޮޑު ކަމެއް.. ހަމަޖެހިބަލަ އެ ވާނީ ޔެސް އޭ ބުނަން އުޅެނީ ކަމަށް.. ޔޫ ނޯ ގާރރލްސް.. ހަމަ އަހަރުން ތަޅުވާނީ އެމީހުން.. ނިކން މޮޅުވާނެ މީހުން ތަޅުވަން” ކޮނޑުގައި އަތްޖަހާލާފައި ހިނިތުންވަމުން ޝަޔާން ބުނެލި އެ ވާހަކަތަކުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ހިތަށް ލިބުނެެވެ.
“އޭ ހިނގާ ކޮފީއަކަށް” އަނެއްކާވެސް ވާހަކަ ދެއްކީ އޭނައެވެ. “އޭ.. އާން ހިނގާ..” އަހަރެން ހިނިތުންވެލާފައި އެހެން ބުނަމުން ޖޯލިން ތެދުވެ ހިގައި ގަތީމެވެ.
23 Comments!
Comments are closed.
please
insta balaalaba zidhern reply beynun
~sarah~
???????
Neiy insta aku evvess ehcheh
Salhi…igea….giyaamah duvas annan vaa irah javaabu libeyne baa.
Wallahu Aulam
let me give u an advice. E girl aa eky noolhuniya ragalhu vany eha varah visnanxa
Wowoow nice ????☺️?
Shukuriyya
Relationship akah dhiyumuge kurin thalseemiya test Kuranves geheyne dhw. Alhugadu ge ves Emmme lwbi va kuhja dhoovy thalseemiya ge massalaiga. Still remember those days and moments ehve Adhivx kuhjeh dheke lwbi nuve vey rela akah dhiya as nudhiya as??
Rangalhu Vaahaka
Hehe my pleasure ?
Is this that Leen on the story? Hehe *peace*
Woww..❤❤❤
Thanks eyh duh!
Role model haadha molhey dhw vaahaka liyan ☺ don’t know who you actually are but still proud of you ??
faharaku manje eh dhw
Haha… #Story eyh duh!
Real story ehtha?
Haha. Concepts real vedhaane!
varah reethi…masha allah?❤?
Insta id bunedheeba follow kuran
everrblezz
I read zidhaan ge most of the stories.varah reethi..just luv the concept..and 4 real as a girl I’m also saying anhenkudhin varah beynun vaane firihen kudhi thalhuvan..???
ur ideas r just awesome
good job bro