
ހިތް އެދުނަސް… (27) (ފަހުބައި)
“ކާކަށްތަ ތި ބަލަނީ… ޒަފާ އަށް ދޯ… ހަމަ ހީވަނީ ކުޑަ ކުއްޖެއްހެން… އެހެންވެސް ވާނެ ފުރަތަމަ ފަހަރަށް މިފަދަ ތަނަކަށް އާދެވުނީމަ… ” ސާމިރާ ނާޖިދު ގާތާށް ޖެހިލަމުން ބުނެލިއެވެ. ނާޖިދުއަށް ސިހިފައި ސާމިރާ އަށް ބަލާލެވުނެވެ.
ސާމިރާ އަށް ނާޖިދު އާ ދިމާލާށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނާ ނާޖިދު ގެ މޫނުމަތިން ކަމެއް ދެނެގަންނަން މަސައްކަތް ކުރާފަދައެވެ. ނާޖިދު ގެ މޫނުމަތިން އޭނާ އަށް މިއަދު ފެންނަމުން ދާ އަސަރުތަކަކި ކުރިން ދުވަހަކުވެސް ފެނިފައިވާ އަސަރުތަކެއް ނޫނެވެ.
ނާޖިދު ވިސްނާލިއެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާ އަށް ކޮންމެވެސް ދުވަހަކުން ސާމިރާ އަށް އެވާހަކަ ކިޔައިދޭން ޖެހޭނެކަން އެނގުނެވެ. އެހެންނަމަވެސް މި ދަތުރުގައި އެ ވާހަކަ ދައްކާ މަޖާ މާހައުލު ގެއްލޭ ފަދަ ކަމެއް ކުރާކަށް އޭނާ ބޭނުމެއްނޫނެވ.
“ކަމެއް ނުވޭ ސާމީ… ” ނާޖިދު ދުރަށް ނަޒަރު ހުއްޓާލިއެވެ. ސާމިރާވެސް ނާޖިދު އަށް ބަލާލަމުން ނާޖިދު ގެ އެއްފަރާތު ވެލިގަނޑު މަތީގައި އިށީނެވެ. އަދި މޫދަށް ނަޒަރު ހުއްޓާލިއެވެ.
“އަހަރެންނަށް ކުރިން ކުށެއް ކުރެވިފައި ވާނަމަ މާފު ކޮށްދޭނަންތަ؟” ނާޖިދު އަހާލިއެވެ. އެ އަޑުގައި ވަނީ މާޔޫސް ކަމެވެ. “ނާޖިދު ކިހިނެތްވީ؟” ސާމިރާގެ ހިތަށް ނުބައި ގޮތެއް ވިއެވެ.
އޭނާ ބޭނުންވީ ވަގުތުން އެ ހުރިހާ ވާހަކަ އެއް އެނގޭށެވެ. އެންމެ ފަހުން ނާޖިދު ގާތު އާދޭސް ކޮށް ކިޔަން ފެށުމުން ނާޖިދު ބޭނުންވީ އެ ވާހަކަ ކިޔައިދޭށެވެ. އޭނަ ސާމިރާ އަށް ބަލާލިއެވެ. ސާމިރާވެސް އޭނާ އަށް ކަޅި ޖަހާ ނުލާ ބަލަން ފެށުމުން ހިތް ނުތަނަވަސް ވާގޮތެއްވިއެވެ. އެހެންނަމަވެސް ފަހުން ކަންތައްތައް ސާމިރާ އަށް އެނގުމަށްވުރެ މިހާރު އެނގުމުން މާރަގަނޅު ވާނޭ ކަމަށް ހީކުރެވުނެވެ.
“ސާމީ… ރުޅި ނާންނައްޗޭ… ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިފައި އޮވޭދާނެ… ފަހަރެއްގައި ވެދާނެ އެއީ އަނެކާއަށް މާފު ނުދެވޭ ވަރުގެ ނޫނީ މާފު ކުރަން އުނދަގޫ ވާވަރު ގެ ކަމެއް ކަމަށް… އެކަމަކުވެސް މާފަށް އެދި ހަގީގަތް ކިޔައިދިނުން ކަންނޭގެ އެންމެ ރަނގަޅުވާނީ” ނާޖިދު ބުނެލިއެވެ. ނާޖިދު ފުންނޭވާއެއް ލިޔެވެ.
“ޒަފާ… ޒަފާ އަކީ އަހަރެންގެ… އަހަރެންގެ ދަރިއެއް…” ނާޖިދު ލޯ މަރާލަމުން ބުނެލީ އަޅައަޅަގަންނަމުންނެވެ. ސާމިރާ އަށްދެލޯ ބޮޑު ކޮށްލެވުނެވެ. އެއްޗެކޭ ބުނަން ހުޅުވާލި އަނގަމަޑު މަޑުން ލައްޕާލަން މަޖުބޫރުވިއެވެ. އޭނާ އަށް ކަޅި ޖަހާ ނުލާ ނާޖިދު އަށް ބެލެން ފެށުނެވެ.
ސާމިރާގެ މޫނުމަތިން ރުޅިވެރިކަމުގެ އެއްވެސް އަސަރެ ނުފެނެއެވެ. އެހެނެއްކަމަކު މޫނުމަތީގައިވަނީ ހައިރާންކަމުގެ ކުލަވަރުތެކެވެ.
“އެއީ އަހަރެން ރިސޯޓް ގައި އުޅުނު ދުވަސްވަރު. ސްކޫލް ނިންމާލުމަށްފަހު ރިސޯޓަށް ދިޔައީ އަހަރެން ކޮންމެވެސް މަސައްކަތެއް ކުރުމަށް… ގޮސް އުޅެނިކޮށް އަހަރެން ޒަފާ ގެ މަންމަ އާ ދިމާވީ.. އެއަށް ފަހު އަހަރެން ނާއި ޒަފާ ގެ ދެމެދު އެކުވެރިކަން އުފެދުނު… އެގުޅުމަށް ދޭނެ އެހެންނަމަވެސް އަހަރެންނަކަށް ނޭނގޭ… އަހަރެން އެފަދަ ގުޅުމެއް އޭނާ އާއި ބޭނުންވީ ލޯބިވެގެނެއްނޫން… އެކަމަކު ޒަފާގެ މަންމަ ޝަރާ އަހަރެން ނާ ވާހަކަ ދެއްކީ އެ ހިތުގައި ލޯބިވީތީ… އަހަރެން އޭނާ ދެކެ ލޯބި ނުވާކަމަށް ބުނިން… އޭނާ އަހަރެން ގާތު ރޮއި އާދޭސްކުރި… އެހެންނަމަވެސް އަހަރެން ގަބޫލެއް ނުވި އޭނާ އާ އެކު ވުމަށް…. އޭނާ ގެ ހިތް ހަލާކު ކޮށްލުމަށްފަހު އަހަރެން ރަށަށް އައި… އެއަށްފަހު ޝަރާ އާއި އޮތް ހުރިހާ ގުޅުމެއް ކަނޑާލިން… ” ނާޖިދު ފުންނޭވާއެއްލިޔެވެ.
ކިހިނެތް ތި ހުރިހާ ކަމެއް އެނގުނީ ޒަފާ އަކީ ނާޖިދު ގެ ދަރިއެއްކަން” ރުޅި އިސްކުރުމުގެ ބަދަލް ގައި ސާމިރާ ވާހަކަ ދެއްކިއެވެ. އޭނާ ގަބޫލް ކުރާ ގޮތުގައި ރުޅިއައުން ހައްގީ ކައިވެނީގެ ފަހުން ވެފައި އޮތް ކަމަކަށް ވާނަމައެވެ. އެހެންނަމަވެސް ޝަރާ މިހާރުވެސް ދުނިޔޭގައި ހުރިނަމަ ކަންތައްތައް ބަދަލް ވެދާނެތީ ހިސާބަކަށް ބިރުގަތެވެ.
“ނޭނގެ ޒަފާ އެފަދަ އެއްވެސް އެއްޗެއް އީން ގާތު ބުނި އަޑެއް ނާހަން…” ނާޖިދު ބުނެލިއެވެ. “އެހެންނަމަވެސް ހިޔެއްނުވޭ ޝަރާ ދުނިޔޭގައި ހުރިނަމަ ޒަފާ ފޮނުވާނެހެނެއް” ނާޖިދު ބުނެލިއެވެ.
“ލަސްނުކޮށް ޒަފާ ގާތު އަހާ… ” ސާމިރާގެ ހިތްވަނީ އަވަސްވެފައެވެ.
“ރުޅިއެއް ނާދޭތަ؟”ނާޖިދު އަށް އަހާލެވުނެވެ.
“އަހަރެންނަށް ހައްގު އޮތްކަމަކަށް ގަބޫލެއް ނުކުރަން… އަސްލު ހަގީގަތުގައި އެއީ ކުރީގެ ކަމަކަށް ވީމަ” ސާމިރާ ބުންޏެވެ. ސާމިރާގެ މޫނުމަތިން ރުޅިވެރިކަން ނުފެނުމުން ނާޖިދު ހިންހަމަޖެހުނެވެ.
“ކިހިނެތް އީން އަށް އެނގުނީ އެއީ ނާޖިދު ގެ ކުއްޖެއްކަން” ސާމިރާގެ ހިތުގައި ދައުރުވަމުން ދިޔަ ސުވާލުކޮށްލިއެވެ. އެއާއެކު ނާޖިދު އަށް ވެސް އެކަމާ މެދު ވިސްނާލެވުނެވެ.
“ވާހަކައިން ހީވަނީ އީނާލް ކިޔަވަން އުޅުނު އިރު ވީ ކަމެއްހެން” ނާޖިދު ބުނެލިއެވެ.
“ތި ކަންތައް ވެސް އަހަން ތާ ޖެހޭނީ ދޯ… ލަސްނުކޮށް ޒަފާ އަށް އަންގާ…” ސާމިރާ އޭނާގެ ހިޔާލް ފާޅުކޮށްލިއެވެ.
ނާޖިދު ވެސް އެއްބަސްވިއެވެ. ގެއަށް ގޮސް ވީ އެންމެ އަވަހަކަށް ހުރިހާ ކުދިންނާ އެ ވާހަކަ ދައްކަން ނާޖިދު ނިންމިއެވެ.
“އީން… އައި އެމް ސޮރީ… އަސްލު އީން ގެ ފެމެލީ ގަބޫލް ނުވީމަ އަހަރެން އެ ގޮތަށް ކަންތައް ކުރީ… ނައު ދެޓް އެވެރީތިންގް އޮސް ސޯލްވްޑް އައި ވޯންޓް މެރީ ޔޫ” ޒައިން ވާހަކަ ދެއްކިއެވެ. މިއަދު ގެ ދަތުރު އައި ގޮތާއި ކަންތައް ތައްވެފައި އޮތް ގޮތް އެކަކު އަނެކަކަށް ކިޔައިދީ ނިންމާފައި އެންމެ ފަހުން ޒައިން ބުނެލިއެވެ. ޒައިންގެ ޖުމްލައިން އީނާލް އިސްޖަހާލިއެވެ. އޭރު ހިނިތުންވުމެއް އެ ތުންފަތުގައި ވިއެވެ.
“އީން ޓެލް މީ” ޒައިން އީނާލް ގެ ދަތް ދޮޅީގައި ހިފާ އުފުލާލިއެވެ.
“ޔެސް” އީނާލް ގެ އަޑު ޒައިން ގެ ކަންފަތުގައި ޖެހުމާއެކު އޭނާ އަށް ހިނިތުންވެވުނެވެ. އުފަލުން އެ ހިތްފުރު ނު އިރު އެ ދެއަތުގެ ތެރޭގައި އީނާލް ހައްޔަރު ކޮށްލަން އެ ހިތް އެދުނެވެ. އެހެންނަމަވެސް އެންމެންގެ ތެރޭގައި އެގޮތަށް ކަންތައް ކުރާކަށް ހިތްވަރެއް ޒައިން އަކަށް ނުކެރުނެވެ.
“ޔެސް… ޔެސް…” ޒައިން އަށް ބުނެވުނެވެ.
ފިނޮޅުގައި ހޭދަވި ކޮންމެ ވަގުތަކީ އެކަކު އަނެކަކާ އޮތް ގުޅުން އިތުރަށް ބަދަހިވި ވަގުތެކެވެ. އެކަކު އަނެކަކާ މެދު ހިތުގައި އޮތް ރުޅިވެރިކަން މަޑުވެ ހިތް ސާފުވެގެން ދިޔަ ވަގުތެކެވެ. އަލިފާން ގަނޑަކަށް ފެން އެޅުމުން ނިވޭ ފަދައިން ރުޅިވެރިކަން ހިނދި އެކަކު އަނެކަކާ ގުޅުން ބަދަހި ވެގެން ދިޔައެވެ.
ފިނޮޅުގައި ވަގުތުތައް ހޭދަކޮށްލާފައި ރަށައް އަންނަން އެމީހުން ފުރީ ހަތަރު ގަޑީ ބައިގައެވެ. އޭރު އެންމެންގެ މޫނުމަތިން ވެސް ފެންނަނީ ވަރުބަލިކަމެވެ. އެހެންނަމަވެސް މޫނުމަތިން ހިންހަނަޖެހިފައިވާ އަސަރުތައް ފެންނަމުން ދިޔައެވެ. ހަމަގައިމުވެސް މި ދަތުރަކީ އެ ކަކު އަނެކަކު ގެ ދޭތެރޭގައި އޮތް ގުޅުން ބަދަހިވެ އެކަކު އަނެކަކަށް ދަސްވެގެން ދިޔަ ދަތުރެއް ކަމުގައި ވިއެވެ.
ގެއަށް ގޮސް ކޮންމެ މީހަކުވެސް ފުރަތަމަ ބެލީ ފެންވަރާ ތާޒާ ވެލާށެވެ. ވެފައި ހުރި ވަރުބައްޔާއެކުވެސް ޒައިން ނަމާދުކޮށްލިއެވެ. އަދި ގޮސް އެނދުމަތީގައި ޖައްސާލިއެވެ. ފޯން ނަގާ އީނާލް އަށް މެސެޖް ކޮށްލުމާއެކު ވަގުތުން ރިޕްލައި އައިސްފިއެވެ. ހީވަނީ ޒައިން ގެ މެސެޖަކަށް އިންތިޒާރު ކުރަން އިނދެފައި ޖަވާބު ދިންހެންނެވެ.
ދެމީހުންގެ މޫނުމަތިންވެސް ހިނިތުންވުން ފެންނަމުން ދިޔައެވެ.
އިޝާ ނަމާދު ކޮށްގެން އަނެއްކާވެސް ޒައިން އީނާލް އާ ވަހަކަ ދައްކަން ފެށީ ވައިބާރއިންނެވެ.
“އީން… ބައްޕަ އެބަ ބޭނުންވޭ ހުރިހާ ކުދިންނާ ބައްދަލުކުރަން… ޒަފާ ގާތުވެސް ބުނެލާތި އަންނަން އިނގޭ… ” ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޯ ދިއްކޮށްލި ސާމިރާ ބުނެލިއެވެ. އެއާއެކު އީނާލް އެއްބަސް ވަމުން ޒައިން ގާތު އެ ވާހަކަ ބުނެލިއެވެ. އަދި ނުކުތުމަށް ހިނގައިގަތެވެ. އޭނާ ދިޔައިރު އައިމަން އާއި ނާއިލާ ވެސް ތިއްބެވެ. ޒަފާ އަށް ގުޅާލިއިރު ޒަފާ ހުރީ އާސިފް އާއެކު ބޭރުގައެވެ. އޭނާ ޒަފާ ގާތު އައުމަށް އެދުނެވެ.
“އަޔާން ކޮބާތަ؟ އަޔާން ގާތުވެސް ބުނޭ އަންނާށޭ” ނާޖިދު ބުނެލިއެވެ. އެއާއެކު ސާމިރާ އަޔާން އަށް ގުޅާލިއެވެ. އަޔާން ހުރި މަލަކް ގާތުގައެވެ. ފޯން އައުމާއެކު އޭނާ ދިޔައީ މަލަކް ވެސް ގޮވައިގެންނެވެ.
“ޒައިން އަށް ވެސް ގުޅާފަ ބުނެލަން ވީނު އަންނަން” ނާޖިދު ބޭނުންވީ ހުރިހާ އެންމެން ވެސް އެތަނުގައި ތިބުމަށެވެ. މިރޭ ކައިވެނީގެ ވާހަކަ ދައްކަން ވެސް އޭނާ ބޭނުމެވެ.
އެންމެން ހަމަވީ އަށްގަޑި ބައި ވާން އުޅެނިކޮށެވެ. ނާޖިދު ވާހަކަ ފެށުމުގެ ކުރިން ފަހަރަކު މީހެއްގެ މޫނަށް ވަކި ވަކިން ބަލާލިއެވެ.
“ޒަފާ” ނާޖިދު ޒަފާ އަށް ބަލާލަމުން ގޮވާލިއެވެ. އީނާލް އަށް ނާޖިދު ބުނަން އުޅެނީ ކީކޭކަން އެނގުނު ކަމުގައި ވިނަމަވެސް އެ ކަން މޫނުމަތިން ނުދައްކާ ވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
“ޒަފާ…. ޒަފާ އަކީ ކާކުކަން ބައްޕަ އަށް އެނގިއްޖެ…” ނާޖިދު ބުނުމާއެކު ޒަފާ އަށާއި އެހެން އެންމެންނަށް ވެސް ހައިރާން ކަން ލިބުނެވެ. އަނެއްކާ ޒަފާ ކީކުރީ ހެއްޔެވެ؟. ކޮންމެ މީހެއްގެ ހިތުގައިވެސް ވަނީ ސުވާލެކެވެ.
ޒަފާގެ ހިތް އާދަޔާ ހިލާފް ބާރުމިނުގައި ތެޅެމުން ދިޔައީ ނާޖިދު އެ ދައްކާ ވާހަކަ އޭނާ އަށް ފަހުމް ނުވާތީއެވެ. “ޒަފާ… ނާޖިދު ދެންވެސް ގޮވާލިއެވެ.
“ބައްޕަ އަށް އެނގިއްޖެ ޒަފާ ތީ މި ބައްޕަގެ ދަރިއެއްކަން” ނާޖިދު ބުނި ވާހަކައިން ހީވީ އެތަނުގައި ބޮމެއް ގޮއްވާލިހެންނެވެ. އެންމެންގެ މޫނުމަތިން ހައިރާންކަން ފެންނަމުން ދިޔައެވެ. “ދަރިފުޅާ” ނާޖިދި ޒަފާ އާ ދިމާލަށް ބަލާލަމުން ގޮވާލިއެވެ. ފެންކަޅި ވަމުން ދިޔަ ދެލޮލުން ޒަފާ އަށް ބަލާލެވުނީ އީނާލް އަށެވެ. އީނާލް ބޯ ޖަހާލުމާއެކު އެނބުރި ނާޖިދު އަށް ބަލާލާ ޒަފާ ބޮލުން އާއެކޭ ބުނެލިއެވެ. ނާޖިދު ޒަފާ އަށް ބަލަން އިނެވެ. “އައި އެމް ސޮރީ… މާފު ކޮށްދީ…” ނާޖިދު އަށް ބުނެވުނެވެ. ހިތްވަރު ގަދަ ނާޖިދު ވަނީ މިހާރު ބަލިކަށިވެފައެވެ. އެންމެން ގެ މޫނުމަތިން ފެނުނު ކަންބޮޑުވުމާ ހައިރާން ކަން ނާޖިދު ހުރިހާ ވާހަކަ އެއް ކިޔައިދީ ފިލުވާލަދިނެވެ.
“ދަރިފުޅާ… އީން… ކިހިނެތް އެނގުނީ ޒަފާ ގެ ހަގީގަތް” އެންމެން ހަމަ އަކަށް އެޅިލުމާއެކު ނާޖިދު އީނާލް އާ ސުވާލުކޮށްލިއެވެ.
“ޒަފް އަކީ އަޅުގަނޑާ އެއް ޔުނިވާރސިޓީއެއްގައި ކިޔެވި ކުއްޖެއް… ދެމީހުންވެސްދިމާވެ އެކުވެރި ވިން… ޒަފާގެ މަންމަ އާއި ދިމާވީ އެންމެ ފަހަރަކު… ދެން ދިޔައީ ޒަފާ ގެ މަންމަ ނިޔާވި ދުވަހު….” އީނާލް ނާޖިދު އަށް ފުން ކޮށް ބަލާލަމުން ވާހަކަ ދެއްކިއެވެ.
“ނިޔާވީ އޭ” ނާޖިދު އަށް ބުނެވުނެވެ.
“ޔެސް… އެ ދުވަހު ޒަފާ ގާތު އަޅުގަނޑު މަޑު ކުރީ… ޒަފާ އާއެކު ޒަފާގެ މަންމަ ގެ ކޮޓަރިއަށް ވަދެ ޒަފާ ކަބަޑް ހުޅުވާލިއިރު އިން މަހުމާ ފޮށި ފެނުނީ…. އޭގެތެރެ ޒަފާ ބެލިއިރު އަޅުގަނޑަށްވެސް ފެނުނީ… ވަރަށް ހައިރާންވި…”އީނާލް ބުނެލިއެވެ.
“އީން އެއްވެސް އެއްޗެއް ނުބުނޭ… މަންމަ ގެ ޑައިރީން އެނގުނީ އަޅުގަނޑަކީ އަސްލު ޑޭޑް ގެ ކުއްޖެއް ނޫންކަން… ފަހުން ޑޭޑް ގާތުން އެހުމުން އެނގުނީ އެއީ އެރޭންޖް މެރިއޭޖް އެއްކަން… އަދި ދެމީހުންވެސް ޕާސްޓް ހަނދާން ނައްތާލާފައި ޒަފާ އަށް ޓަކާ ދިރިއުޅެން ނިންމީކަން… މަންމަ ބޭނުންވީ ޒަފާ މެރީ ކުރުމުގެ ކުރިން ބައްޕަ އަށް މީ ކާކުކަން އަންގާ ވަލީ ހޯދަން… އެހެންވެ ރާއްޖެ އައީ ރައްޓެހި ވެގެން އުޅޭ ކުއްޖާ ގާތުވެސް ނުބުނެ. ކަންތައް ތައް ބައްޕަ އަށް އަންގާފަ ބުނަން… އެކަމަކު އޭގެ ކުރިން އޭނާ އަޅުގަނޑު ދޫކޮށްލީ” ޒަފާ ވާހަކަ ދެއްކިއެވެ. އޭނާ ގެ ދެލޯ ފެން ކަޅިވެގެން ދިޔައެވެ.
ޒަފާގެ ވާހަކަ އަޑު އަހަން އިން އިރު ނާޖިދު އަށް ވެސް އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. އޭނާ ޒަފާ އަށް ބަލާލާ ބޯ ޖަހާލިއެވެ. އަދި ޒަފާ އަކީ އޭނާގެ ދަރިއެއްކަމަށާއި އީނާލް އެކޭ އެއްގޮތަކަށް ޒަފާ އަށް ވެސް ލޯބިދޭނަމޭ ބުނެލިއެވެ.
ޒަފާވެސް ހިނިތުންވާން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކަރުނައިގެ ސަބަބުން ނާއި މަންމަގެ ހަނދާން ތަކުގެ ސަބަބުން އެކަން ކާމިޔާބެއް ނުވިއެވެ. އެންމެންގެ ހިތްވަރު ދިނުމުގެ ބަސްތަކުން ޒަފާ އަށް ހިތްވަރު ލިބިގެން ދިޔައެވެ.
ހުރިހާ ކަމެއް ހަމައަކަށް އެޅުމާއެކު ދެން ދެކެވެން ފެށުނީ ކައިވެނީގެ ވާހަކައެވެ. އަޔާން އާއި މަލަކް އަދި އީނާލް އާއި ޒައިން ގެ ކައިވެނީގެ ވާހަކަތައް ދެކެވެން ފެށުނެވެ. އެންމެން ވެސް ނިންމީ އާއިލާ އެކުގައި މާދަމާރޭގެ ކެއުމުގެ ވަގުތުގައި ގޮތެއް ކަނޑަ އެޅުމަށެވެ.
ޑިއުޓީ އަށް ދިޔަ އީނާލް ގެ ލޮލުގައި މިކްޔަން އަޅައިގަތެވެ. އީނާލް ފެނުމުން ހިނިތުންވެލި ގޮތުން އެހުރި ހަމަޖެހިފައި ކަން އެނގެއެވެ. މިކްޔަން ގެ ނަޒަރު ފޯނަށް ހުއްޓުމާއެކު ހިނިތުންވެލިއެވެ. އޭނާ ޗެޓް ކުރަމުން އެ ގެންދަނީ ކިޔަވަން އުޅުނު އިރު އޭނާ އާހެދި އުޅުނު ކުއްޖަކާއެވެ. އެ ކުއްޖާ އަނެއްކާވެސް ޒަމާން ތަކަކަށް ފަހު މެސެޖް ކުރުމުން މިކްޔަން ވެސް ވާހަކަ ދައްކަން ފެށީއެވެ.
ޑިއުޓީގައި މިއަދު އެހާ ބުރައެއް ނޫނެވެ. އެހެންކަމުން އީނާލް ވެސް ހުރީ ހަމަޖެހިފައެވެ. ޑިއުޓީ ނިންމާލާފައި ގެއަށް ގޮސް ވަތް ތަނާ ފޯނަށް އީމެއިލް އެއް އައި އަޑު އިވުނެވެ. ވައިފައި އަށް ކަނެކްޓް ވުމާއެކު މެސެޖް ތައް ވެސް ފުލުފުލުގައި އަންނަން ފެށިއެވެ.
އީމެއިލް ހުޅުވާލުމާއެކު އޭނާ އުފަލުން ފުރުނެވެ. ހަޅޭއްލަވައިގަނެވުނީ ވެފައި ހުރި އުފަލެއްގެ ބޮޑުކަމުންނެވެ.
“ކިހިނެތްވީ އީން” ސިޓިން ރޫމްގައި ސާމިރާ އިން ކަން ވެސް އެނގުނީ ވާހަކަ ދެއްކި އަޑު އިވިފައެވެ. “ކުޑަކަމެއް ވީ މަންމާ” އުފާވެފައި ހުރިވަރުން އީނާލް އަށް ވާހަކަ ދެއްކުނީވެސް ހިސާބަށް ވުރެ ބާރަށެވެ. ފުންމަމުން ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަތް އިރު ޒަފާ ލެޕްޓޮޕް ދޮށުގައި އިނެވެ. އޭނާ އީނާލް އަށ ްވެފައި ހުރި ގޮތުން ވީ ކީއްތޯ އަހާލިއެވެ. “ފަހުން ދޯ ޒަފް މިރޭ” އީނާލް ބުނެލިއެވެ.
“އެނގޭ ތި ވެގެން އުޅޭ ގޮތެއް… މި ދޯ” ލެޕްޓޮޕް އަނބުރާލަމުން ޒަފާ ދައްކާލިއެވެ. އިސްޖަހާލި އީނާލް ބޯ ޖަހާލަމުން އާއެކޭ ބުނެލިއެވެ.
ކުރިން ދުވަހު ސިއްރުން ކުރި ކަމަކީ ދޯ މީ” ޒަފާ ތަންކޮޅެއް ކުދިން ދުވަހަކު އީނާލް ލެޕްޓޮޕް ކުއްލިއަކަށް ލައްޕާލި ހަނދާން އާ ކޮއްލަމުން ބުނެލިއެވެ. އީނާލް ބޯ ޖަހާލިއެވެ. “މިރޭގެ ވަގުތުގައި ބުނާނަން” އީނާލް ވައުދުވިއެވެ.
އިންތިޒާރުގެ ވަގުތު އައިސް ޖެހިއްޖެއެވެ. ނާޖިދު މެން ގެއަށް އެންމެން އައިސް ޖަމާވެއްޖެއެވެ ސޯފާތައް ފުރިއްޖެއެވެ. ރާނިޔާ އާއި އާޝާ ވެސް އައެވެ، މަލަކް އާއި ޝާމިންވެސް މެއެވެ. ޒައިން އާއެކު އާސިފް ވެސް އައިސް ހުއްޓެވެ. އައިމަން އާއި ނާއިލާ އާއި ސާމިރާގެ އިތުރުން އީނާލް އާއި ޒަފާވެސް ތިއްބެވެ.
“ކޮބާ ތާރީހެއް ކަނޑައަޅަމާ” ވާހަކަ ދައްކާ ނިންމަމުން ނާޖިދު ބުނެލިއެވެ.
“ބައްޕާ އަޅުގަނޑު ބޭނުން ވާހަކަ އެއް ބުނެލަން…” އީނާލް ހުއްދަ އަކަށް އެދުނެވެ. ނާޖިދު ކުރިއަށް ގެންދަން ބުނުމުން އީނާލް ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.
“އަޅުގަނޑަށ ވަނީ ސްކޮލަރޝިޕެއް ލިބިފައި… ސްޕްޝަލައިޒް ވާން އެ ކޮޅުގައި ހުންނަ އިރު އިތުރު މީހަކާއެކު ހުރުން ވެސް ހިލޭ ހަމަޖައްސައިދެނީ… މެރީކޮށްގެން ދާން ބޭނުންވަނީ… ތާރިޚް އަވަސް ކުރަން ފެނޭ” އީނާލް ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން ބުނެލުމާއެކު ކޮންމެ މީހެއްގެ މޫނުމަތިންވެސް އުފާވެރިކަން ފެނިގެން ދިޔައެވެ. އެ އުފާވެރި މާހައުލުގެ އުފާވެރިކަން ދެ ގުނަ ވެގެން ދިޔައެވެ.
ކައިވެނި ކުރާ ތާރީޚް ކަނޑައެޅިއްޖެއެވެ. ދެ ހަފްތާ ފަހުން އީނާލް ފުރަން ޖެހޭތީ ކައިވެނި ކުރަން ނިންމީ ހަފްތާއެއް ފަހުންނެވެ. ވީހާވެސް އަވަހަކަށް ރަން ކިޔުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ވެސް ނާޖިދު ބުންޏެވެ. ކައިވެނީގެ ކުރިއަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް އެ ހަފްތާފައި ހުރިހާ އެންމެން ވެސް އުޅުނީ ނުހަނު ބުރަކޮށެވެ. ހެދުން ފަހަން އެހާ ވަގުތު ނެތުމުން ހަތަރު މީހުންވެސް މާލެ ގޮސް ވެޑިން ޑްރެސް ގަތީއެވެ. ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް ކައިވެނި ކުރާ ދުވަސް އައިސް ޖެހުނީއެވެ.
ކައިވެނި ޕާރޓީ އޮތީ ރޭގަނޑު އެރަށު ސްކޫލުގައެވެ. އަޔާން އާއި މަލަކް އާއި އީނާލް އާއި ޒައިން ގެ ކައިވެނި ޕާރޓީ އޮތީ އެއްކޮނެވެ.
“އޭތް އާސިފް… ތިހެން ހުއްޓަކަސް ނުވާނެ ދޯ… ނިކަން ޒަފް ގާތު ވެސް ބުނެލަބަލަ ތި ހިތުގަ އޮތް އެއްޗެއް ދޯ އަޔާން” އާސިފް ބުނެލިއެވެ. “ހެހެ އާ” އަޔާންވެސް އެއްބަސް ވިއެވެ.
“ހޭ އީން ހާދަ ރީއްޗޭ މާޝާ ﷲ… ކޮޓަރި ތެރެއަށް ވަތް ޒަފާ މަލަކް ވާހަކަ ދެއްކިއެވެ. މަލަކް ލާފައި ހުރި ހުދުކުލައިގެ ވެޑިން ޑްރެސް އެކެވެ. ހެދުމުގެ މޭމަތި ރަތް ކުލައިގެ މިނާތަކަކުން ފަޅު ފިލުވާލާފައި ވާއިރު އަތުގެ ވަކި ހިސާބަކަށް ވެސް އެ އެސްތައް ޖަހާފައި ވެއެވެ. ހެދުމުގެ ފަސްބައި ދިގެވެ. ފަންބައިގައިވެސް ވަނީ ރަތް ކުލައިގެ ލޭސްގަނޑެއް އަޅާލާފައެވެ. ބަލާލަން ހިތްގައިމެވެ. އަޅާގައިވާ ޝޯލްގައި ވެސް ރަތް ކުލައިގެ މިނާތަކެއް ހަރުކޮށްފައިވެއެވެ. ވެލް އެއް ތިރިއަށް ދޫކޮށްލާފައި ވެއެވެ.
“މަލަކް ވެސް ނަލަ އޭ ދޯ ޒަފް” އީނާލް ބުނެލިއެވެ. ޒަފާވެސް އެއްބަސް ވިއެވެ.
ޒަފާ އަކީ މޭކްޕް ކޯސް ވެސް ހަދާފައިވާ ކުއްޖަކަށް ވުމާއެކު އީނާލް އާއި މަލަކް ރީތި ކުރުމުގެ ހުރިހާ ޒިންމާއެއް ނެގީ އޭނާ އެވެ. އީނާލް ގެ މޭކަޕް ކޮށް ނިންމާލުމަށްފަހު ޝޯލް ވެސް ރީތ ގޮތަކަށް އޮޅާލިއެވެ. އަދި އީނާލް ތެދުވަން އެހީތެރި ވެދިނެވެ. ހެދުމުގެ ރީތިކަން ފެނުނީ ދެނެވެ. މަލަކް އެކޭ އެއްގޮތަށް އީނާލް ގެ ހެދުން ވެސް ހުރީ ހުދުކުލައިގައެވެ. އެހެންނަމަވެސް މަލަކް ގެ ހެދުމާ ތަފާތުކޮށް އީނާލް ގެ ހެދުމުގެ މޭމަތީގައި ހުދާއި ރަތް ކުލައިގެ ވިދާ ލޭސް ތަކެއް ވަނީ ހަރުކުރެވިފައެވެ. ފަސްބައިގައި ހުރީ ރަތް ކުލައިގެ ލޭސްގަނޑެކެވެ. އުނަގަނޑާ ހިސާބުން އަޅާފައި އިތް ފޮތިގަނޑު ފަހަތަށް ދޫކޮށްލާފައި ވާއިރު މަލަކް ގެ ހެދުމަށް ވުރެ ދިގެވެ. އަތުގައި އެއްކޮށް ދިގަށް ވަނީ ހުދުލުކައިގެ ޑިޒައިން ލޭސްއެވެ. ޝޯލް ގެ ފަހަތުން ވެއިން ދޫކޮށްލާފައި އިނެވެ.
ދެމީހުން ރީތިކޮށް ނިންމާފައި ޒަފާވެސް ރީތިވިއެވެ. އޭނާ ލީ ކަކުލުން ތިރިއަށް އަރާ ރަތް ކުލައިގެ ހެދުމެކެވެ. މޭމަތިން ފަށައިގެން އުނަގަނޑާ ހިސާބަށް ލޭސްގަނޑެއް ލާފައި ވާއިރު ލޭސްގަނޑުފައި ވަނީ ހުދުކުލައާއި ރަތް ކުލައެވެ. އަރާފައިވަނީ ރަތް ކުލައިގެ ހީލް އަކަށެވެ.
އިސްތަށިގަނޑު ފަން ކޮށްލާފައި އެއްފަރާތައް ދޫކޮށްލާފައި އޮތުމުން ހިތްގައިމު ގޮތެއް ހުއްޓެވެ.
ޒައިން އާއި އަޔާން އަށް މަލަކް އާއި އީނާލް ފެނުނީ ސްކޫލް ތެރެއިންނެވެ. އެކަކުވެސް އޭގެ ކުރިން އެ ދެމީހުންނަށް އެކަކު އަނެކަކު ފެނުނީޔަ ނުދިނީއެވެ. މި ޕްލޭން ގެ އަޑީގައި ހުރި އާސިފް އެވެ.
ޒައިން އާއި އަޔާން އާއި ދެމީހުންވެސް ތިބީ ހުދުލުލައިގެ ގަމީހުގައެވެ. ރަތް ޓައީ އެއް އަޅާލާފައި ވާއިރު ކޯޓް ހުރީ ކަޅުކުލައިގައެވެ. ފަޓް ލޫން ވެސް ހުރީ ކަޅު ކުލައިގައެވެ. ބޫޓް ވެސް ކަޅުކުލައިގައެވެ. ޖީބާ ދިމާލުގައ ރަތާއި ހުދުކުލައިގެ މާކޮޅެއް ޖަހާފައި ހުއްޓެވެ. އިސްތަށިގަނޑު ވަނީ ރީތިގޮތަކަށް ސްޓައިލް ކޮށްލާ މައްޗަށް ހިއްލާލާފައެވެ.
ގާޒީ އައުމާއެކު ކައިވެނި ކުރެވެން ފެށުނެވެ. ފަހަރަކު މީހެއްގެ ކައިވެނި ކުރެވުނެވެ. އެއަށްފަހު ޕާރޓީ ފެށުނެވެ.
ތަނުގައި ވަނީ ފަނޑު ރަތް ކުލައެކެވެ. ކޮންމެ މޭޒެއްގެ ދޮށުގައި ލޭމްޕެއް ވަނީ ދިއްލިފައެވެ، ހުދު ކުލައިގެ ފޮތިގަނޑަކުން މޭޒުމަތި ވަނީ ޒީނަތް ތެރިކޮށްލާފައެވެ. ތަނުގެ ބެކްޑްރޮޕް ވެސް ނަލައެވެ. މަލަކް އާއި އަޔާން ގެ ބެކްޑްރޮޕް ހުރީ މާތަކެއްގެ ޑިޒައިނަށް ވާއިރު އީނާލް މެން ތިބި ދިމާލުގައި ހުރީ ހަތަރެއްކަނަށް ހުރި ގޮޅިތަކެކެވެ. އެއިން ކޮންމެ ގޮޅިއެއްގެ އެތެރެއަށް ވާގޮތަށް އެކު ކުލަ ކުލައިގެ މާ ކޯންޏެއް ވިއެވެ.
ޕްތޮގްރާފަރު އެ މަންޒަރުތައް ކެމެރާގައި ރައްކާކުރަމުން ދިޔައެވެ. މަޖާ މަހައުލެއްގައި އެކަކު އަނެކަކާ ސަލާމް ކުރަމުން ދާތަން ފެނެއެވެ.
މިކްޔަން ވެސް އަނީސް އާއެކު ދިޔައެވެ އީނާލް ފެނުމާއެކު އޭނާގެ ހިތަށް ގޮތެއް ވެގެން ދިޔަނަމަވެސް އިހްސާސް ތައް ހިންދައިލަން މަސައްކަތް ކުރިއެވެ. މިހާރުއްސުރެ އޭނާ ގެ ހިތަކީ އަލްޔާ ގެ އެއްޗެއް ކަމުގައި ހިތަށް ވިސްނައިދިނެވެ. އޭނާ އަލްޔާ އާއެކު ލޯބީގެ ގުޅަމަށް ފުރުސަތު ދިންތާމިއީ ތިން ވަނަ އަށް ވީ ދުވަހެވެ. އީނާލް އަށް ވެސް މިކްޔަން ފެނުމާއެކު ކުޑަ ހިނދުކޮޅަކަށް މަޑު ޖެހުލެވުނެވެ. އެހެންނަމަވެސް އެ އަސަރު ފޮހެލަމުން ހިނިތުންވުމެއް ވެރިކޮށްލިއެވެ. އަންނަމުން ދިޔަ މެހްމާނުންގެ ދުލުން ތައުރީފް ގެ ބަސްތައް ނޫނީ އިވެމުން ނުދެއެވެ.
“ކޮބާ ޒަފް ކިހިނެތް؟” އާސިފް އައިސް ކައިރިއަށް ހުއްޓުނެވެ. ކަޅުކުލައިގެ ގަމީހެއްގައި ހުރި އިރު ހިތްގައިމެވެ. އަޅާފައިވަނީ ރަތް ކުލައިގެ ޓައީއެކެވެ.
“ޒަފް” އާސިފް ގޮވާލިއެވެ.
“އައި ރިއަލީ ލައިކް ޔޫ” ޒަފާގެ ސަމާލް ކަން ލިބުމާއެކު އާސިފް ހިތްވަރު ކޮށްފއި ވާހަކަ ދެއްކިއެވެ. އެ އަޑުގައި ހިސާބެއްގެ ޖެހިލުންވުމެއް ވެސް ވިއެވެ. ޒަފާ އަށް ހައިރާން ކަމެއް ލިބުނު ކަމުގައިވިޔަސް އުފާވެރިކަމުގެ ރާޅުބާންޏެއްވެސް ދަތުރު ކޮށްލިއެވެ.
މިވީ ދުވަސްތަކުގައި އާސިފް ގެ ރަނގަޅު ކަމާހެދި އޭނާ އަށް އަށް ވެސް އާސިފް އާ ގަޔާވެވުނެވެ. އެހެންނަމަވެސް އަދިވެސް އިތުރު ގުޅުމަކަށް ފުރުސަތުދޭން އޭނާ ބޭނުންވަނީއެވެ. ހިތުގައި ހަމަޖެހުމެއް ވަނީ މިފަހަރު އާސިފް އޭނާ ގާތު އެ އަހަނީ ހުރިހާ ހަގީގަތެއް އެނގު ހުރެ ކަމަށް ވާތީއެވެ.
“ވިލް ޔޫބީ މައި ގާރލް” އާސިފް އަހާލިއެވެ. ޒަފާ ވިސްނާލުމަށްފަހު އާބަސް ބުންޏެވެ. “ޔެސް” ޒަފާގެ ބަހުން އާސިފް އަށް އުފާވެރިކަން ލިބުނެވެ. އޭނާ ޒަފާގެ އަތުގައި ހިފާލަމުން އަބަދުވެސް ޒަފާ އާއެކު ވާނެކަމުގައި ވައުދުވިއެވެ.
ޒަފާ އޭނާގެ ޑޭޑް އަށްވެސް ވަނީ ކަންތައް ތައް ވެފައި އޮތް ގޮތް ކިޔައިދީފައެވެ. އާއިލާ ގެ އެންމެންނަށް އޭނާއަކީ ކާކުކަން އެނގޭ ކަމާ އެނާ ވެސް އެއާއިލާގެ މެންބަރެއްގެ ގޮތުގައި ބަލައިގަނެފައިވާ ކަމަށް ވެސް ބުނެފައެވެ. އެމީހުންވެސް ތިބީ ހިންހަމަޖެހިފައެވެ.
ކައިވެނީގެ ހަފްލާ ނިމިގެން ގެއަށް އައި އިރު އެންމެން ވެސް ތިބީ ވަރުބަލިވެފައެވެ. ކޮންމެ މީހަކުވެސް ދިޔައީ އެމީހެއްގެ ކޮޓަރިއަށެވެ. އީނާލް އާއި ޒައިން ވެސް މިރޭ ތިބޭ ގޮތަށް ހަމަޖެހުނީ ނާޖިދު މެން ގޭގައެވެ. ދާން ވަންދެންވެސް އެ ހަފްތާގައި އީނާލް އެގޭގައި މަޑުކުރަން ބޭނުންވުމުން ޒައިން ވެސް އެއްބަސްވީ ރާނިޔާ ގާތު އަހާފައެވެ. އަޔާން އާއި މަލަކް އާއި ދެމީހުން ދިޔައީ މަލަކް މެން ގެއަށެވެ. ޝާމިން ވެސް އެ ދެމީހުންނާ އެކު ގޮސް ގެއަށް ވަނެވެ. އޭނާ ލަސްނުކޮށް އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ. މަލަކް އާއި އަޔާން އާއި ދެމީހުން ގޮސް ކޮޓަރިއަށް ވަތް އިރު މުޅި ކޮޓަރިތެރޭގައި ވަނޫ ހުސް ފުއްޕާހަމެވެ. ފިޔަވަޅެއް އަޅާލެވޭކަށް ނެތެވެ. ދެފަރާތަށް ހަތް ތައް ދުއްވަމުން އެމީހުން ވެދެވޭތޯ ބެލިއެވެ. އެންމެ ފަހުން މަލަކް ގެ ބުރުގާގައި އިން ޕިން ނައްޓާ ދެމީހުން ހަންފަޅަން ފެށިއެވެ. ނިކަން ފޯރީގައި އެކަން ކުރަމުން ދިޔަ ދެމީހުން ވެސް ތިބީ ހެވި ދިއްލިފައެވެ.
އެންމެ ފަހު ހަން ފަޅާލަމުން އަޔާން ހަމަޖެހުމުގެ ނޭވާ އެއްލިޔެވެ. ކޮޓަރީގައި އެހެންޏާ ހުންނަ ހުދު ކުލައިގެ ބަދަލްގައި ލާފައި ހުރީވެސް މަޑު ނޫކުލައެކެވެ. ކޮންމެވެސް ވަރަކަށް މީރުވެސް ދުވާ އެއްޗެއްގެ ވަސް ހުރިނަމަވެސް ކުލައިގެ ވަސް ވެސް އަދި އެއްކޮށް ނުފުހެވެއެވެ. މިއަދު ހަތަރު ދަމު މަލަކް އާއި އަޔާން ވެސް މިގެއަށް ނާދެއެވެ. އިރު އިރުކޮޅުން ޒަފާ އާއި އާސިފް ގެ އިތުރުން ޝާމިން ވެސް ގެއްލެއެވެ. އެހެންވީމާ އެއީ މިހެން ވީމަތާއެވ. މިރޭވެސް ޕާރޓީގެ މެދު ތެރޭން ޒަފާ ގެއްލުނެވެ. އާސިފް ވެސް އެ ގަޑިއަކު ނުފެނުނެވެ.
އީނާލް އާއި ޒައިން އާއި ދެމީހުން ކޮޓަރިއަށް ވަތް އިރު ކޮޓަރިތެރޭގައި ކޮންމެވެސް ފަރަކަށް ފުއްޕާހަން ހުއްޓެވެ. އެއްފަރާތް ކޮށްލަމުން ވަދެ ފަންކާ ޖައްސާލުމާއެކު ރާސް ކިޔާފައި އެއްޗެހިތަކެއް ވެރި ގަތެވެ. ބަލާލއިރު ފިނިފެންމާ ފިޔަތަކެކެވެ. މުޅި ތަނަށް ވިއްސައިގެން ދިޔައެވ. އެނދާ ކައިރި ވީ އިރު އެނދު މަތީގައިވެސް ހުސް ފިނިފެންމާ ފިޔައެވެ. “ކުރާ ކަންތައް މަޑު ކުރޭ ސާފުކޮށްލާނަން” އީނާލް ކޮޓަރި ދޮރު ތަޅުލަމުން ފިހިގަނޑު ނެގިއެވެ.
“ނޫން.. އެހަށް ބަހައްޓާ…” ޒައިން އެ އަތުލާ އެއްލާލިއެވެ. “ނޭނގެ މީ ކާކުކަމެއް ކަންވެސް ދޯ.. އާސިފް އާއި ޒަފާ ބާ؟” އީނާލް އަށް ބުނެވުނެވެ. “އެ ދެމީހުން ވިއްޔަ އިރު އިރު ކޮޅަކާ ގެއްލެނީ…ޔަގީން އެމީހުންގެ ކަމެއް ކަމަށް ވާނީ” ޒައިން ވެސް އެއްބަސް ވިއެވެ.
“އެ ދެމީހުން ވިއްޔަ މިރޭ އެ ނިންމާލީ ގިނަ ދުވަސްތަކެއް ނުވެ އަނެއްކާ ވެޑިން އެއް ބާއްވަން ޖެހޭނެ ކަންނޭގެ…”ޒައިން ބުނެލިއެވެ. އީނާލް އަނެއްކާވެސް ފިނިގަނޑު ނެގުމުން ޒައިން އެކަން މަނާކުރިއެވެ. އެދެމީހުންގެ ލޮލުގައި ވެސް އުފާވެރި ކައިވެންޏަކަށް އެދިފައި އެނދާ ދިމާލުގައި ޖަހާފައިވާ ބެނާ ލޮލުގައި އަޅައިގަތެވެ. ޒައިން އީނާލް އޭނާ އާ ކައިރިކޮށްލިއެވެ.
“ފަހުން ސާފުކުރާނީ” އަދި އީނާލް ގެ ގައިގައި ބައްދާލީ އުފަލުންނެވެ. މިއަދު މި ވަނީ އޭނާ ހިތް އެދުނު ބައިވެރިޔާ އޭނާ އަށް ލިބިފައެވެ.
އާކައިވެނީގެ ރޭ އެކަކު އަނެކަކުގެ އަތު ތެރޭގައި ދެމީހުންވެސް ހޭދަ ކުރީ އުފަލާއެކީގައެވެ. އެކުގައި އުފާވެރި ހަޔާތެއް ބިނާކުރުމުގެ އަޒުމުގައެވެ. ހެނދުނު އީނާލް އަށް ހޭލެވުނީ ލަހުންނެވެ. ފޯން ބަލާލިއިރު ކޮލެޖުން ފޮނުވާފައި އިން މެއިލް އެއް އިނެވެ. ފުރުން ވަނީ ތިން ދުވަސް އަވަސްވެފައެވެ.
އީނާލް އާއެކު ޒައިން ވެސް ދާން ނިންމިއެވެ. އެދެމީހުން ފުރުވަން ހުޅުލެއަށް ދާން ނާޖިދު މެން ލޯންޗެއް ހިފިއެވެ. ޒަފާ ވެސް ދިޔައެވެ. އޭނާ އާސިފް އަށް ވައުދުވީ ވަރަށް އަވަހަށް އަންނާނަމޭ ބުނަމުންނެވެ. އީނާލް މެން ދިޔަތާ ތިން ވަނަ އަށް ވީ ދުވަހި އަޔާން އާއި މަލަކް ވެސް މެލޭޝިއާއަށް ފުރީޗުއްޓީ އެއް ހޭދަ ކޮށްލުމަށެވެ. ޝާމިން ސާމިރާ ގާތު ބަހައްޓާފައެވެ.
އީނާލް ގެ ކޮލެޖް ކަންތައ ހަމަޖެހުނު އިރު އެތަނުގެ ކޮލެޖަކުން ޒައިން ވެސް ކިޔަވަން އެޕްލައި ކުރިއެވެ. ކޮންޓްރަކްޝަން ދާއިރާގެ ކޯހެއް ހަދަން އެޕްލައި ކުރުމުން ދާދި ފަސޭހައިން ހަމަޖެހުނެވެ.
އީނާލް އާއި ޒައިން ތިބީ އެމީހުންގެ އެޕާރޓްމެންޓްގައެވެ. ބިއްލޫރި ތަކުގެ ބޭރުން ސާފުކޮށް އުސް އިމާރާތް ތައް ފެންނަމުން ދިޔައެވެ.
“އީން… ހިޔެއްވެސް ނުކުރަން މިހެން ވެދާނެ” ސޯފާގައި އީނާލް ގެ އުނގުގައި ބޯ އަޅައިގެން އޮވެ ޒައިން ބުނެލިއެވެ.
“ކިހިނެތް” ފޯނަށް ގެއްލިފައި އިން އީނާލް ފޯނުން ނަޒަރު ވަކިކޮށްލަމުން ބުނެލިއެވެ.
“މިހެން…. ކައިވެނި ހަމަޖެހުމާ… އީން ގެ ކޯސް އަނެއްކާ މެލޭއިން ހަމަޖެހުމާއި… މެލޭޝިއާއަށް އައިސް އަހަރެންނަށް ވެސް ކޯސް ލިބުމާ… އަދިވެސް އަދިވެސް… ހިތް އެދޭ ހަމައެކަނި ބައިވެރިއަކީ ތީ…” ޒައިން ބުނެލިއެވެ. އަދި އީނާލް ގެ އަތަށް ބޮސް ދިނެވެ.
ތިން އަހަރު ފަސް
ހުޅުލޭ އެއާރޕޯޓަށް ޖެއްސި ބޯޓުން ފޭބި މީހުންތަކުގެ ތެރޭން ފުރޭނިގަނެގެން ޒައިން އާއި އީނާލް އާއި ދެމީހުން ނުކުންނަން ހިނގައިގަތެވެ. ޒައިން ގެ އުރުގައި ލޯބި ލޯބި ތުއްތު ކުއްޖެއް އިނެވެ. ގަމީސް ކޮޅަކާއި ސޯޓެއް ލައްވާފައި ވާއިރު ނުހަނު ލޯތްބެވެ. އިސްތަށި ކޮޅު ވެސް ކަޅުކަން ގަދައެވެ ފިރިހެން ކުއްޖަކަށް ވުމާއެކު ބޮލުގައި ތޮތްޕެއް އަޅުވާފައިވެއެވެ.
ދެމީހުން ހުޅުލެއިން މާލެ ދިޔައީ ބްރިޖުންނެވެ. އެއަށް ފަހު އެ ދިޔަ ގޮތަކަށް ގޮސް ލޯންޗަށް އަރައިގެން ދިޔައީ ރަށައެވެ. އައިއިރު މަންމަ އާއި ބައްޕަ އާއި ޒަފާ އާސި އާސިފް އާއި މަލަކް އާއި އަޔާން ގެ އިތުރުން ޝާމިން ވެސް ހުއްޓެވެ.
އީނާލް އެ ދިޔަ ގޮތަށް ގޮސް ބައްދައިލީ ސާމިރާގައިގައެވެ. ކޯސް ނިންމާފައި ރަށަށް އައީ އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ވެގެންނެވެ. އެއަހަރު ނުވާ ތުއްތު ދަރިފުޅު ޒައިން އަތުގައި އިނެވެ. އެންމެ ފަހުން އެމީހުންނަށް އީނާލް ފެނުނީ މީގެ ދެ އަހަރެއް ހާ ދުވަސް ކުރިން އީނާލް ޒަފާ އާއި އާސިފް ގެ ކައިވެންޏަށް އައި އިރުއެވެ. ޒަފާވެސް ކައިވެނި ކޮށްގެން ދިރިއުޅެނީ މިކޮޅުގަ އާސިފް މެން ގޭގައެވެ.
ސާމިރާ އާއި ނާޖިދު އަށް ވެސް އެ ދަރިފުޅު ފެނުނީ ވިހެއިރުއެވެ. އީނާލް ވިހަން ވެގެން އެމީހުން ދިޔައީއެވެ. އޭގެ ފަހުން އަދި މި ފެނުނީއެވެ. ވިހެއުމުގެ ސަބަބުން ފަލަވި އީނާލް ވެސް މިހާރު ހުރީ ހިކި ކުރިން ހުރި ގޮތަށެވެ.
ރާނިޔާ އާއި އާޝާ ވެސް ހުއްޓެވެ. މަލަކް އާއި އަޔާން އަށް ބަލާލި އީނާލް އަށް ވެސް ތުއްތު ކުއްޖެއް ފެނުނެވެ. އެ ކުއްޖާ އިނީ އަޔާން ގެ އުނގުގައެވެ. އެއީ މަލަކް އާއި އަޔާން ގެ ދެއަހަރަށް ދާ ދަރިފުޅު އައިކާ އެވެ. ލޯބ ޅޯބި ހެދުން ކޮޅެއް ލައްވާފައި ވާއިރު ލޯތްބެވެ. ބޮލުގައި ވަނީ ހުދުކުލައިގެ ރަބަރު ބޭންޑެއް އަޅުވާފައެވެ.
ސާމިރާ ގެ އަތަށް އީނާލް މެންގެ ދަރިފުޅު ޒައިލް ދިނުމާއެކު ރާނިޔާވެސް ކައިރިވެލިއެވެ. އީނާލް އާއި ޒައިން އައިމަން މެން ގެ ގާތަށް ޖެހިލިއެވެ. އަދި އައިމަން މެންގެ ދަރިފުޅަށް ބަލާލިއެވެ.
އަނޫފް ގެ އުމުރުންވެސް ހަތަރު އަހަރުވެ ފަސް އަހަރު ފެރެނީއެވެ. އެންމެން ފެނި އީނާލް ގެ ލޯ ފެންކަޅި ވާގޮތް ވިއެވެ. ހުރިހާ އެންމެން ވެސް ޒައިލް އާހެދި އުޅުނު ގޮތުން އީނާލް އާއި ޒައިން ގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ.
ހަވީރުގެ ވަގުތު ކަމުން އަތިރިމަތީގައި އާދަޔާ ހިލާފަށް މީހުން ގިނައެވެ. އެންމެން ވެސް ދިޔައީ ނާޖިދު މެން ގެއަށެވެ. ދަމުން ދަމުން ޒަފާ އީނާލް ގާތު އެއްޗެކޭ ސިއްރުން ބުނެލިއެވެ. “ކީކޭ ބަނޑު ބޮޑޭ” އީނާލް އަށް އުފާވީވަރުން ބާރަށް ބުނެވުނެވެ. އޭރު އެމީހުންނަށް ތިބެވުނީ ނާޖިދު މެން ގޭގެ ގޯތި ތެރޭގައެވެ. އެންމެންގެ ނަޒަރު އީނާލް އަށާއި ޒަފާ އަށް ހުއްޓުނެވެ. އާސިފް ވެސް ބޯ ކަހާލިއެވެ. އޭނާގެ އަނގަ ސަކަރާތް ވިއެވެ.
“ކޮބާ ބްރޯ ޔޯ ޓާރން… ދެން ރެޑީ ވޭ ރޭގަނޑު ދަންވަރު އެއްޗެހި ކާން ތައްރާރު ކުރުމަށާއި ވައިފް ގެ ކަންތައް ތައް ކޮށްދޭން… ކްރޭވިންގްސް އަންނައިރު ޖެހޭނެ އަބަދު އެ އެއްޗެހި ގަނެދޭން ކައިރީގަ ހުންނަން ވެސް ދޯ” ޒައިން އެހެން ބުނުމާއެކު އަޔާން ވެސް ހީގަތެވެ. ޒައިން އާއި އަޔާން ގެ ދިމާކުރުން ފެށުނެވެ.
އާނނ ދޯ މަވެސް އުޅުނޫ ހަމަ ތިހެން” މަލަކް އަށް ބަލާލަމުން އަޔާން ބުނެލިއެވެ.
“އެއީ ތެދެއްތަ ޒަފް… ކީއްވެ ނުބުނީ… އަދި ރޭގަ އިނގުނީ” ސާމިރާ ވާހަކަ ދެއްކުމުން ޒަފާ ބުނެލިއެވެ.
އެންމެން ގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ.
އީނާލް އާއި ޒައިން ދެން މަޑު ކުރާނީ ރާނިޔާ މެން ގޭގައި ނަމަވެސް މިވަގުތު އެންމެން އެއްކޮށް ނާޖިދު މެން ގެއަށް އައީއެވެ.
އެންމެން އެތަނުގައި ތިއްބާ ދޮރު ކުޑަކޮށް ހުޅުވާލާފައި ސަލާމް ގޮވާލިއެވެ. މިކްޔަން ކަމަށް ވުމާއެކު ނާޖިދު ގޮވާލިއެވެ.
“އަނހާ އެންމެން ދޯ މިއުޅެނީ” އޭނާގެ ނަޒަރު ހުއްޓުނީ އީނާލް ގެ ގާތުގައި އިން ތުއްތު ކުއްޖާއަށެވެ. “އީން ގެ ދޯ… ކޮން ނަމެއްތަ ކިޔަނީ” އެ ކުއްޖާ އީނާން އާ ވައްތަރުކަމުން އެއީ އީނާލް ގެ ކުއްޖެއްކަން މިކްޔަން އަށް އެނގުމާއެކު އޭނާ ކައިރިއަށް ގޮސް އެ ތުއްތު ކުއްޖާގެ ކޮލުގައި ކޮށްޓާލަމުން ބުނެލިއެވެ.
“ތިޔެއްނޫނޭ… މިއައީ ވެޑިން އިންވިޓޭޝަން ކާޑް ދޭން” މިކްޔަން ބުނެލިއެވެ. އީނާލް އަށް އެއްބުމަ ހިއްލާލަވުނެވެ. އެރޭ މިކްޔަން ގެ ކައިވެނި އޮތް ކަން އެނގުމާއެކު އެންމެން ނަށް ވެސް ހައިރާން ކަމެއް ލިބުނެވެ. މިކްޔަން އެދުނީ އެންމެން އައުމަށެވެ. މިވީ އަހަރު ތަކުގެ ތެރޭގައި ވެސް މިކްޔަން އާއި އެ އާއިލާ އާއި އޮތް ގުޅުން ކުޑައެއް ނުވިއެވެ. އެހެންކަމުން އޭނާ ބޭނުންވީ އަމިއްލައަށް އެގެއަށްއައިސްދައުވަތުދިނުމަށެވެ.
މިކްޔަން އަށް ޓަކާ އީނާލް ވެސް އުފާކުރިއެވެ. އެމީހުން އެންމެން އެރޭގެ ޕާރޓީގައިވެސް ބައިވެރިވިއެވެ. މިކްޔަން ހުރީ އޭނާ އެހެން ކުއްޖަކާ އެކު ދިރިއުޅުމެއް އުޅެވޭވަރު ވުމުން ކައިވެނި ކުރާށެވެ. އެއްކޮށް އީނާލް މަތިން ހަނދާން ތައްތާލެވުމުން ދިރިއުޅުމެއް ފަށާށެވެ. މިއަދު އެކަން ފުރިހަމަވީއެވެ. އޭނާ ގެ އަންހެނުންނަށް ދޭންވާ ލޯބި އެންމެ ފުރިހަމަ ގޮތުގައި ދެވޭނެކަން ޔަގީން ވުމާއެކު އޭނާ ކައިވެނި ކުރީއެވެ. އަލްޔާ އަކީ މިހާރު އޭނާގެ މިލްކެކެވެ. ހަމައެކަނި އޭނާގެ ހައްގެކެވެ.
ޒައިން ރަށައް އައިސް އެންމެ ފުރަތަމަވެސް ކޮންސްޓްރަކްޗަން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރިއެވެ. އޭނާ ކިޔެވި ކޯހުން އެއްވަނަ ލިބުމާއެކު އެކަން ކުރަން ފަސޭހަކަމަކަށް ވިއެވެ.
މާގިނަ ދުވަހެއްނުވެ ހުރިހާކަމެއް ހަމަޖެހިގެން ދިޔައެވެ. ކުންފުންޏެއްގެ ސީއީއޯއަށް ޒައިން ވެގެން ދިޔައެވެ. މަދު ދުވަސްތަކެއްގެ ތެރޭގައި ކުންފުނި މަޝްހޫރުވެ ބޮޑެތި ޕްރޮޖެކްޓް ތައް ވެސް ލިބެން ފެށިއެވެ. ޒައިން އަށް ވެސް ފައިދާ ލިބެމުން ދިޔައެވެ. އޭނާ ބުރަމަސައްކަތް ކުރަމުން ދިޔައީ ރާއްޖޭގައި ފައި ވިއްދާލެވޭ ވަރުގެ ބޮޑު ކުންފުންނަކަށް އޭނާގެ ކުންފުނި ހެދުމަށެވެ.
“އީން… އައި ލަވް ދިސް” ހަވީރުގެ ހިތްގައިމު ވަގުތުގައި މުޅި އާއިލާ ތުނޑިއަށް ދިޔައީ ހިތް އުފާކޮށްލުމަށެވެ، މިގޮތަށް އެންމެން އައުމުން އެކަކު އަނެކަކާ ދެމެދު އޮންނަ ގުޅުން ރަނގަޅުވެ ގުޅުން ބަދަހިވެއެވެ. އެކަކު އަނެކަކާ ދޭތެރޭ އޮންނަ ނުތަނަވަސް ކަން ދުރުވެއެވެ. ތުއްތު ދަރިފުޅު ވެލިގަނޑުމަތީގައި ބައިންދައިގެން ޒައިން އާއި އީނާލް ތިއްބެވެ. އެމީހުން ވަށައިގެން ބަލާލިއެވެ. އައިމަން އާއި ނާއިލާ އާއި ދެމީހުން އަނޫފް ފަހަތުން ދުވަމުން ދިޔައިރު މަލަކް އާއި އަޔާން ވެސް ދެމީހުން ދެފަރާތުން އައިކާ ގެ އަތުގައި ހިފައިގެން ހިގަމުން ދިޔައެވެ. ނާޖިދު އާއި ސާމިރާ އާއި ރާނިޔާ އެތަނުން ހޮޅުއަށީގައި މަޑުކޮށްލައިގެން އޮލަ ވާހަކަ އެއްގައި ތިބިތަން ފެނުނެވެ. ސާމިން އާއި އާޝާ އާއި ދެމީހުން ނުފެނިގެން ބަލާލއިރު އެދެމީހުން ވެސް ދުރުގައި ހޭޅިފަށުގައި ހުރި ގަސްތަކެއްގެ ކައިރީގައި ތިބިތަން ފެނުނެވެ.
“ވަރަށް ހެޕީ މިހާރު… އެންމެން ނަކީވެސް ސަކްސެސްފުލް މީހަކަށް ވެއްޖެ… އަޔާން ވެސް މިހާރު ބައްޕަ ގެހުރިހާ ގެސްޓް ހައުސް އެއް ބަލަހައްޓަނީ… ހިންގަމުން ދާ ލެއް ހަރުދަނާކަމުން ގެސްޓުން އަންނަލެއް ވެސް އިތުރު ކަމަށް ބައްޕަ ބުނި… ޒައިން ބުނެލިއެވެ. އޭނާ އީނާލް ގެ އަތުގައި ހިފާލިއެވެ. އަދި އެ އަތަށް ފިތާލިއެވެ.
“އަހަރެން އަބަދުވެސްބޭނުންވަނީ މިހެން… މިހާ ހެޕީކޮށް މުޅި އާއިލާ އުޅެން… ކިހާ އުފާވެރި” އީނާލް އުފާވެފައި ފަހަރަކު ބަޔަކަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ.
ޒައިން އޭނާގެ ތުއްތު ދަރިފުޅަށް ބަލާލިއެވެ.
ދިރިއުޅުމުގައި މަސައްކަތް ކޮށްފިނަމަ ކޮންމެ މީހަކުވެސް ކާމިޔާބް ވާނެއެވެ. ބޭނުންވަނީ އުންމީދެވެ. ހިތްވަރާއެކު ކެރިގެން ގަދަ އަޒުމަކާ އެކު ކުރިއަށް ދާށެވެ. އެކަކު އަނެކަކަށް އެހީވާށެވެ. އޯގާތެރިވާށެވެ. އަނެކާއަކީ ތިމާއަށް ވުރެ ދެރަ ނިކަމެތި މީހެކޭ ހީ ނުކުރާށެވެ. ކަންތައް ތައް ބަދަލް ވެގެން ދާނީ ކޮން އިރަކުކަމެއް ނޭނގޭނެއެވެ.
ކޮންމެ މަސައްކަތެއް ކުރިޔަސް މީހާގެ އަޚްލާގަކީ މުހިންމު އެއްޗެކެވެ. ދީނީ ކަންތަކަށް ފަރުވާ ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އެކަކު އަނެކަކަށް އެހީތެރިވުމަކީ ތިމާ ދެރަވުމެއްނޫނެވެ. އެއީ މާތް ސިފައެކެވެ. އެތައް އަޑި ގަނޑަކާއި އުސްގަނޑެއް ގިރާކުރުމަށްފަހު ޒައިން އާއި އީނާލް އަދި އެންމެންގެ ހަޔާތަށް ވެސް އުފާވެރިކަން އައިސްފިއެވެ.
ޒައިން އެދެނީ އެންމެން ވެސް އެކަކު އަނެކަކާ ގުޅިގެން އުޅުމަށެވެ. ހީނަރުވެފައިވާ ގުޅުންތައް ކުރިއެރުވޭނީ ކޮންމެވެސް އެކަކު ކެރިގެން ކުރިމަތިލުމުންނެވެ، އަޔާންގެ ހިތްވަރު އޭނާ ދުވަހަކު ހަނދާން ނައްތައެއްނުލާނެއެވެ. އެ ގުޅުން ތައް ރަނގަޅު ކުރުމަށް ފުރަތަމަ ފިޔަވަޅު ނެގީއަޔާން އެވެ. ޒައިން ހިނިތުންވެލިއެވެ.
“ހިތް އެދުނަސް އަހަރެންނަށް އީނާލް ލިބޭކަށް ނެތް… ހިތް އެދުނަސް އުފަލާ އަރާމުގައި އަހަރެންނަކަށް އީނާލް އެއް ނުގެންގުޅެވޭނެ” ޒައިން ގެ ހިތުގައި އޭރު އަބަދު ވަނީ މިފަދަ ޖުމްލަތަކެވެ. އެހެންނަމަވެސް މިއަދު އެ ހިތް އެދޭ ފަރާތް އެވަނީ އޭނާގެ ގާތުގައެވެ. އެ އަތުތެރޭގައެވެ. ޒައިން އީނާލް އާއި ޒައިލް އޭނާގެ އަތުގެ ތެރެއަށް ގެނެއެވެ، އީނާލް ކުޑަކޮށް ފަހަތަށް އެނބުރިލާ ޒައިން އަށް ބަލާލިއެވެ. ޒައިން އެއްލޯ މަރާލަމުން އީނާލް ގެ ނިތަށް ބޮސްދިނެވެ.
(ނިމުނީ)
ނޯޓް… މި ވާހަކަ އަކީ އަޅުގަނޑު އަމިއްލަ ހިޔާލަކަށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. ވާހަކައިންވެސް ތަފާތު ގިނަ އިބްރަތް ތަކެއް ލިބުނު ކަމަށް އުންމީދުކުރަމެވެ. މި ވާހަކަ އަކީ ފަހަރެއްގައިވެސް ހިނގާފައި އޮވެދާނޭ ނުވަތަ ހިނގާފާނޭ ކަމަށް ލަފާ ކޮށްފައި ލިޔެފައިވާ ވާހަކަ އެއްނޫނެވެ. ވާހަކަ ފެށިގެން ނިމެންދެން ކީ ހުރިހާ ކުދިންނަށް ވަރަށް ހާއްޝަ ޝުކުރެއް ދަންނަވަމެވެ. ތިޔަ ދިން ސަޕޯޓަށް ފަށް ފަށުން ޝުކުރިއްޔާ!.
38 Comments!
Comments are closed.
ALHAMDHULILLAH!
Assalaam alaikum. Another long novel completed. Miothy story ge 27 th vana part. Which is also the last part.
Thankyou everyone who supported me in this journey of mine. I wouldnt be able to complete this story without the support of u guys. Thankyou everyone who gave me positive comments and to those who pointed out the mistakes so that i can corrext them. Thankyou to those who read each and every single episode but couldnt comment.
A very special thakyou to pinky. PINKY U WERE AMAZING… ❤❤❤
Vaahaka shaugi verikamaakeku ki thy fafashun skukuriyya. Thiya enmehaa kiyun theringe supprt aki himi kuri ah dhiyumah libey enme bodu hiyy varu.
Alhamdhulillah!
Much loves.
Himi
❤
Jazakallah Khairan.
Thank u everyone who supported me to write this story*
Mi story ge ebbai eii like my life cause my dad also was like Naajid but he didn’t change his decision he wanted me to lose my boyfriend cause he was not that much educated because of poverty in his family but I love him so much but my dad is not going to change his decision 🙁 🙁 I just can’t do anything in my life
Sorry to hear all these dear. V dheravehjje. Dnt worry. In Sha Allah. Everything will be okay. Dhuniyeyga ulhey iru eki kahala kanthah thah dhimaavaane dw. Ekamaki vaane kei kuran ingey. In Sha Allah. Everything will be okay.
Thanks for reading dear. Much loves.
Himi
❤❤❤
Wow!! Vrh reethi story???
Thanks mal. It means a lot. Thankyou. ?
Himi laamu atoll tha
Nuney. Rana dear. Himi mi laamu atoll kujjeh nun. What hpnd?. Hehe. Thankolheh kurim ves kujjeh ehi kanneyge. Himmi eyru ves buni handhaan eba vey. Thanks dear for reading.
Vvv reethi
Thanks Gl means a lot. ❤❤❤
Alheyy.. vrh vrh salhi mi vhk..❤❤❤??? yu r a grt author… masha allah… himi ge stry thh kuri ah oiyy thaa s fennrne kmh ummeedhu krn.. lysm..❤❤❤❤⚘⚘⚘
Thanks mishy. V ufaavey shauguveri kamaa eku kiyaathy. In Sha Allah. Kuri ah oi thaa ves story thah fenigendhaane. Comment fenifa v ufaavehjje. It means a lot. Ingey. Much loves. ???
Masha ALLAH Very nice story nimun v furihama devi message v furihama adi ehaame ibrathteri wishing hi mi ah bright future akah & waiting for a new story of hi mi lots of love ??????????
Shukuriyya Aysh. Vaahakaige zariyyaa in ibratheh libunithy v ufaavehjje. Aysh ge thi comment aki libunu v bodu hiyy vareh. Abadhuves story thakun konmeves ibratheh libey gothah gendhan try kuran. Kuri ah oi thaa ves In Sha Allah himi ge new story thah fenigendhaane.
Means a lot. Thanks ingey dear.
Much loves.
Himi
❤❤❤
Wow.. this story is fantastic.. I loved it..
Hoping to read another story from u soon.. keep going forward Himi dear ???
Thi fadha comment thakaki himi ah libey enme bodu eh hiyy varu dear. Lotus ge comment thah fennaathy v ufaavey. It means a lot.
Much loves.
Himi
???
mashaa allah v eiburae therimi vaahakaves ☺????❤
Shukuriyyaa shaan. Ibratheh libunithy ufaakuran. Ummeedh kuran kuri ah oi yhaa ves himi ge story thah kiyaa support kuraane kamah. Much loves. Jazakallah Khairan.
Masha Allah ………???????????? ..,,,himi he mi vahakavas vvvvvvvvv reythi ????????????????????? ,……… Den kon irakun new vahaka ea kiyaalan libeyney ???????????❤❤❤❤❤❤❤❤❤ avaha eahen Bahama early up kuraathi himiii………..???
Salaam. Maal. In Sha Allah soon ehen story ehves kiyaalan libidhaane. Hehe. V ufaavehjje thihaa loabibc colourful comment eh kohlima. Thi fadha comment thakaki libey hiyy vareh. Much loves.
Himi.
Im sure himi story vv reethi vaane kan..adhi miulheny story nuveskiya ur amazing writer and trust kurewey writer eh..keep going my fadunuwa thari..:*
Hehw. Alheyh. Zeyboo dear. V ufaavehjje. Kiyaalaafa ves habareh vaane kamah unmeedh kuran. Feedback aki abadhuves kuri ah dhiyumah v bodu baareh. Thanks dear.
Much loves.
Himi
❤❤❤
Masha Allah mi vaahakaves vv reethi xaan comment nukuriyas vaahakaige hurihaa partves kian bxy kamun comment nukureveny himi thy xaange ehme best writer himige story xaannah vvvvvvvv reethi nimifahuri storythah mihaarves kiyan adhives kiyaahihve vvvv reethi himi new storyeh kiyan libeyne irakah inthizaar kuraanan
Alheyh. Miss yh xaaan. Hehe. Haadha shuvaheh fahunney dw comment eh. Story ah comment nukuriyas ki kan ingunima v happy hehe. V ufaavey best writer ah v ma. Ashives ithurah rangalhu kuran jehey kanthah thah rangalhu koh kuri ah dhaan masah kai kuraanan. In Sha Allah. In Sha Allah. Soon. Next story fashaanan. Btw kureege story thah mathin handhaan kohdhinithy shukuru. Hehe.
A huge thankyou to you xaan.
From himi
❤❤❤
Awwwwnn ❤️❤️❤️??????… THANKYOU SO MUCH N MOST WELCOME Hi Mi ❤️❤️❤️??????????????????… V v v ufaavehje ???… This story was awesome Hi Mi ?????????❤️❤️❤️… Superb ???… Mi Story ge knme partehvx hama v v v reethi ❤️❤️❤️??????… Mi Story akee vx v important messages thakeh libigen dhiya n interesting story eh ??????❤️❤️❤️… You have done a great job Hi Mi ?????????❤️❤️❤️???… N keep doing it ?????????… This story is one of the best story I read ???❤️❤️❤️… Hi Mi ge knme story eh vx v v furihama ???❤️❤️❤️???… V miss vaane anehkaavx Hi Mi ge story ge mathin ???… I hope v avahah Hi Mi ge new interesting reethi Story eh kiyaalan libeyne kamah ???❤️❤️❤️… I’m a huge fan of u Hi Mi ❤️❤️❤️??????… N Hi Mi ge mi fan abadhuvx Hi Mi aaeku vaane In Sha Allah ❤️❤️❤️??????… Thankyou so much for bringing such a wonderful story ❤️❤️❤️??????… I have never met such a friendly writer ❤️❤️❤️???????????????… Come back soon ???… Lots n lots of my favourite Hi Mi ❤️❤️❤️???????????????…
Awwwn. Such a lovely comment pinky. Vvv ufaavehjje. Absdhuves thi haa loabi colourful comment koh himi ah hiyy varu dheythy abadhuves ufaavey. Thi fadha comment thakaki himi ah libey v bodu hiyy vareh. Story thakun abadhuves masahkai kuran ibratheh gen3sdheveythoa. V ufaavey e msg libeythy ves. Alhamdhulillah!
In Sha Allah. V avahah next story ves fenigendhaane. In Sha Allah. Himi ah thidhey support ah shukuri adhaa kuraane gotheh neyge. Hehe. Ur special. I am a fan otlf ur comments. Bunaane ehchei neygifa ni huree ufaa vi varun hehe. Vvv ufaavehjje ingey dear.
Much loves from himi
❤❤❤
Masha Allah vvvv reethi ? ? ?
Axy ah comment nukurevunas story ge hurihaa part ah ves kiymun midhanee.
Axy ah midhuvas kolhu vv bxy
Mihaaru mi inthizaaru kurevenee
HIMI ge new story akah. ☺☺☺☺
Axy ah adhi ves Hi Mi ge story thakun kiyaa foohi nuvaa story eh hithaa furaanein vvvv reethi Axy v kiyaa hiyyvey vv hithaama veri story.
HI MI good luck ?????????????????????
Hehe. Shukriyyaa azy dear. V ufaavey thihaa support kuraathy. Konme part akah comment nukuriyas story kiyaa kan ingunima v happy dear. HITHAA FURAANAIN dw. Eyi himi ves handhaanum fohelan undhagoo story eh. Vvv ufaavey adhives ehaa dhuvas fahun ves e story ah compliment libeythy. Thankyou for the supprt.
Himi.
❤❤❤
Masha allah??comment nukuri namavx alhugandu abadhuves mi stry kiyan????hama ekani trailer ah comment kohlaafa innany???heheh???vrh vrh reethi stry eh mii???????❤????Hi Mi??dear ge ehn stry eh fennaany kon irakun tha??????
Hey dear beryl stone. Vvv ufaavehjje story kiyaakan ingunima. Himi ves masah kai kuraanan kuri ah stoty liyaanama e story thah ves reethi kuran ingey. In Sha Allah. Soon next story ves v avahah fennaane ingey. Thanks dear so much.
Himi
❤❤❤
Maasha Allah.. v loabi vahakaeh.. yu can improve a lot more.. misaalakah ibaaraaii kurun kahala. And haalaii genesdeyiru vx adhi vx improve kurevidhaane baivaru kanthah eba huri.. but still story is super cool.. i am a young girl bt i am experienced in story writing and reading. Hope to read another story of yu soon????????
Thanks dear. Kuri ah oi thaa thikan thakaa medhu visnaa ithurah rangalhu kuran masah kai kuraanan. Thi fadha binaa kuruvanivi faadu kiyun thakah himi abadhuves ufalaaeku mar habaa kiyan. E fadha faaduviiyun thakaki kuri ah dhiyumah libigendhaa ithuru hiyy vareh kamugawi dheken. Alhamdhulillah!.
Himi
❤❤❤
OMG
nimuny vaahaka?
haadha fast ey
but i have enjoyed a lot
just love the emotions
vaahaka egga hunnan jehey kanthah varah perfect koh mivaahaka in egey…
love yuh himi for bringing such lovely stories i love almost all stories u wrote
i read them whole
varah loabi hama hurihaa storie evves
just am waiting for ur next story
varah curious to see the next adventerous story heheh
this stories give so much good morals
sometimes it teaches dhiri ulhumuga ulhen jehey goih
n also it makes us remember that like us there are people on earth n how their life is dhw
like some might be rich n some might be poor
just love it
thaks himi
lysssm
will miss u sooo much
come back sooon himi
with a great story
will miss u
n once again ur the best himi
ly
this wont be enough cox u knw this story dhw was so nice asluvx
i love all ur stories just they were so amazing
varah bodah sry i didnt knw that ehaa dhigu vedhaane kamah….
sry
Shukuru dear. V ufaavehjje ingey story kamudhiyaima. Adhi story in gina ibrah thakeh libunima ves. Neyge bunane ehchei comment thah ves long kamun and loabi kamun. Thifadha comment thakaki himi ah libey v bidu hiyy vareh. In Sha Allah. Will be back with a story soon. Hope u will like my next story too. Will miss yh too. A huge thanks from me ingey dear.
Much loves
Himi
❤❤❤
Wonderful ???… v v v rythi mi story ???… I just love it ???… Naju adhikiriyaa himi ge story eh miky hama superb ingey ???… keep up the hard work dear ❤❤❤… Himi ge new story akah v wait kureveyne ingey dhn ???… I hope v avahah kiyaalan libeyne kamah ???… much loves ???????????????????????????
Masha Allah.nice story.keep up the hard work.waiting for next story.
Himi sorry so reading tje story soo late
But i was not able to read it as phn was not with me
?????❤????
Himi i really missed tje stoey
Well
Than god eyn n zain got each others side n finallu end up in a happy married lige
The story was better than i thoughr of it himi ur the best
Love ya himi dhoonyaa
????