Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 11

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
November 28, 2018 One Min Read
11 Comments

ރޭގަނޑުގެ އެ ވަގުތުގައި ސީރީން އާއި އިނާޝާ އައީ އަތިރީގައި ހިނގާލުމަށެވެ. އިތުރު އެއްވެސް މީހަކު އެދެ މީހުންގެ ފަހަތުން އެނައީ އެއީ ތަންކޮޅެއް ދަން ގަޑިއަކަށް ވީމަ ކަމަށްވެސް ވެދާނެއެވެ. އެގަޑީގައި އެހައި ގިނަ މީހުން އަތިރީގައި ނެތުމުން ދެ މީހުންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައިއެވެ. ހިނގަމުން ދިޔަ ސީރީން އަށާއި އިނާޝާއަށް ކުރިމަތީގައި ހުުރި ބެންޗެއްގައި އިށީންދެލައިގެން އިން އައިޒަން އާއި އަދިވެސް ކޮންމެވެސް ކުއްޖަކު ފެނުނެވެ. އިނާޝާ އެ މީހުންނާއި ދިމާއަށް ހިނގައިގަނުމުން ފަހަތުން ސީރީންވެސް އައެވެ. ހިނގަމުން ދިޔަ އިނާޝާ ހުއްޓުން އެރީ އައިޒަންމެން ދައްކަމުން ދިޔަ ވާހަކައަކުންނެވެ. އަދި އޭނާގެ ލޮލުން ހޯސްލައިފައި ކަރުނަ އައީ ބޭއިޚްތިޔާރުގައިއެވެ. ސީރީން ވެސް ހުރީ އައިޒަން ދައްކަމުން ދިޔަ ވާހަކައިން ހުއްޓުންއަރައިފައެވެ. އަދި އޭނާގެ ލޮލުންވެސް ކަރުނަތަށް ފައިބަން ފެށީ އިސްކޫރަކުން ފެން އަންނަގޮތަށެވެ. އަޅައިގެން ހުރި މޫނު ފޮތިކޮޅުގެ އެއްބައި ތެމުނީ ބަސް ބުނާހާ އަވަހެށެވެ. އެހެން ހުރެގެން އޭނާއަށް ކެތްތެރިކަން ދެއްވުމަށް އެދި މާތްﷲގެ ހަޟްރަތުގައި ދުޢާ ދެންނެވިއެވެ. ދެ މީހުން އެތާ ތިބިއިރު އައިޒަންމެންނަށް އެމީހުން އެތާ ތިބިކަން ރޭކާވެސް ނުލައެވެ. އެންމެ ފަހުން ދެމީހުން ގެއަށް ދިޔަ އިރުވެސް އައިޒަން އާއި ހައިޝަމް ކުރެ އެކަކު ލޮލުގައިވެސް އިނާޝާމެން އަޅައިއެއްނުގަނެއެވެ.

****

މެންދުރުގެ ހޫނު ވަގުތުގައި މަގުމަތީގައި ގިނަ މީހުން ހޭލަމޭލިވެ އުޅެއެވެ. އެއްބައިމީހުން އެ ހޫނު އަވިން ސަލާމަތްވުމަށްޓަކައި ކުޑަ ނަގައިގެން އުޅެއެވެ. މިގޮތުން ޝާނާ އާއި ހަނާން ވެސް އަންނަނީ ކުޑަ ނަގައިގެން ވާހަކައެއް އޮލަކުރަމުންނެވެ. ދެ މީހުންގެ މޫނުމަތިންވެސް ފެންނަނީ ނުލަފައިކަމެވެ. ދެމިހުންވެސް ލައިފައި ވަނީ ގަޔަށް ބާރު ކުރު ޓޮޕް ކޮޅަކާއި ތަނބިކަށްޓާއި ހަމައަށް އަންނަ ފިޓު ޖިންސެކެވެ. އަޅާފައިވާ ޝޯލް ވަނީ ނަމަކަށް ބޮލުގައި އޮޅާލައިފައިއެވެ. ދެމީހުންވެސް ލައިފައި ހުރި އެއްޗެހީގެ ކުލަ ތަފާތެވެ. ޝާނާ ލައިފައި ވަނީ އޮރެންޖު ކުލައިގެ ޓޮޕް ކޮޅާއިއެކު މަޑު ނޫކުލައިގެ ޖިންސާއި ކަޅުކުލައިގެ ޝޯލްއެކެވެ. ހަނާން ލައިފައި ވަނީ ކަނޑު ނޫކުލައިގެ ޓޮޕް ކޮޅާއިއެކު ކަޅު ކުލައިގެ ޖިންސަކާއި މަޑު ފިޔާތޮށި ކުލައިގެ ޝޯލްއެކެވެ. ކޮށްފައިވާ ގަދަ މޭކަޕްއިން ދެއްކުންތެރިކަން ހާމަވަމުންދިޔައެވެ. ވާހަކައިގައި ދިޔަ ދެމީހުންވެސް ގޮސް ލައިގަތީ ނިފްޝާމެން ގެއިން ނިކުތް ސީރީން ގައިގައެވެ. ނުރުހުންތެރި ކަމާއިއެކު ޝާނާ ، ސީރީން އާއި ދިމާއަށް ބަލައިލާފައި ބަލައިގެން ހިނގަން ނޭނގެނީހޭ އެހިއެވެ. ނަމަވެސް ސީރީންއެއްޗެކޭ ނުބުނެ ދިޔައީ އޭނާ ވާހަކަ ދައްކަން ފަށައިފި ނަމަ މަސްލަހަތު މާ ގޯސްވެދާނެތީއެވެ. ޝާނާއާއި ހަނާން ދިޔައީ ސީރީން އާއި ދިމާއަށް ކުދި ކިޔަމުންނެވެ. އަދި އެއީ ކާކު ކަން ނޭނގިގެން ވެސް އެތައް ފަހަރަކު ސީރީން ދިޔަތަނަށް ބަލަން ހުރިއެވެ. ”އެމީހަކު އުޅެނީ އެ ނިފްޝާމެން ގޭގައި… އެކަމަކު އެއީ ކާކު؟ ހަމަގައިމުވެސް ނިފްޝާގެ ދައްތައެއްނޫން… ދޮންބެ ދައްތައެއް ވެސްނޫން… ހަނާން އަށް އިނގޭތަ އެއީ ކާކު ކަން؟” ޝާނާއަށް އެއީ ކާކުކަން ނޭނގިގެން ވާހަކަ ދައްކަމުން ދިޔައެވެ. ”ނޭނގެ… ވެދާނެ އެހެން ގެއަކު މީހަކަށްވެސް… އަހަރެމެން ކީއްކުރަން ބަަލަނީ އެކާކުތޯ…” ހަނާން ވަރަށް ފޮނިވެލައިފައި ބުނެލިއެވެ. އެދެ މީހުންވެސް މިހާރު އިހްސާން އެކޭ އެއްވެސް ތަފާތެއްނެތެވެ. ކުރީގައި ނަމާދު ކޮށްގެން އުޅުނު ދެމީހުން މިހާރު އެވަނީ އެހެން ބަޔަކަށް ވެފައެވެ. ދެ މީހުންވެސް މަސައްކަތް ކުރަމުން ދަނީ އިހްސާން އަޅާފައިވާ ރިސޯޓުގައެވެ. ހިތުގައި މާތްﷲ އަށްޓަކައި ބިރުވެރިކަމުގެ ކުޑަވެސް މިންވަރެއްނެތެވެ. ދެމީހުންގޮސް ވަނީ ވީރާނަވެ ފަޅުވެފައިވާ ގެއަކަށެވެ. ގޭ ކައިރީގައި ހުރި ސައިކަލުން އެތާނގައި އިހްސާންވެސް ހުރިކަން ގައިމެވެ. ހީވާ ގޮތުން އެމީހުން މިއަދުވެސް އެތަނަށް އެއައީ މަކަރުވެރި ރޭވުމެއް ރައިވާށެވެ.

ފުދޭ ވަރަކަށް ބާރު ދުވެއްޔެއްގައި ދުއްވާފައި ދިޔަ އައިޒަންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ހީވާގޮތުން އޭނާ އެ ދަނީ އަވަހަށް ގެއަށްގޮސް އަރާމުކޮށްލާށެވެ. ”ދަރިފުޅާ… ހާދަ ވަރުބަލިވެފައި.. މިއަދު ވަރަށް ބުރަކޮށްތަ އުޅުނީ؟؟” ގެއަށް ވަން އައިޒަންފެނި އުސްވާ ސުވާލުކުރިއެވެ. ހަމައެކަނި ހޫމް އޭ ބުނެލާފައި އައިޒަން މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށްދާށެވެ. އުސްވާވެސް ފަހުން އެއްޗެކޭ ނުބުނެ އިނީ އައިޒަން އަވަހަށް އަރާމުކުރަން ފޮނުވައިލުމަށެވެ. ކޮޓަރިއަށްވަނެ ދޮރު ލައްޕާލައިފައި ބެޑާހަމައަށް ދިޔަ އައިޒަންގެ ލޯ ހުރީ ކިރިޔާ ހުޅުވޭ ވަރަށެވެ. ހަށިގަނޑުގައި ކުޑަނަމަވެސް ވަރެއްނެތެވެ. ފައިވެސް އަންނަނީ ދަމަމުންނެވެ. އެއްޗެހި ވެސް ބަދަލު ނުކޮށް އައިޒަން ގޮސް ބެޑަށް ވެއްޓިގަނެވެ. އިސާހިތަކު އޭނާ ނިދީގެ ފުން ކަނޑަކަށް ގެނބުނެވެ.

*****

ހަވީރުގެ ހިތްގައިމު ވަގުތުގައި އުސްވާ ދިޔައީ އޭނާގެ ހަނގަށް ހުންނަ މައިހާ ކިޔަވަންލާށެވެ. އޭރު ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ފެންނަ ކޮންމެ މީހަކަށް އުސްވާ ދިޔައީ ހިނިތުންވުމެއް ރައްދު ކުރަމުންނެވެ. ބަދަލުގައި އެމީހުންވެސް ދިޔައީ އުސްވާއަށް ހިނިތުންވުމެއް ރައްދުކުރަމުންނެވެ. ދެމީހުން ގޮސް އިނާޝާމެން ގެއަށް ވަންއިރު އެހެން ކުދިންވެސް އެމީހުންގެ ބެލެނިވެރިޔާ އާއި އެކު އާދެއެވެ. ކިޔަވައިދޭ ކޮޓަރިއަށް މައިހާ ލާފައި ނިކުތް އުސްވާ ސިއްސައިގެން ދިޔައީ އިނާޝާ ގޮވާލުމުންނެވެ. އޭނާދެން މިސްރާބު ޖެހީ އިނާޝާއާއި ދިމާއަށް ދިޔުމަށެވެ. ”ވަރަށް ބޮޑު ވާހަކައެއް ބުނަން މި ގޮވާލީ… މި ގަޑީ މަޑު ކުރެވިދާނެތަ؟” އުސްވާ ގޮސް އިނާޝާ ކައިރީ އިށީންދުމާއިއެކު އިނާޝާ ބުނެލިއެވެ. އިނާޝާވެސް ހުމް އޭ ބުނަލައިފައި މިގަޑީ މަޑު ކުރެވޭނެއޭ ބުނެލިއެވެ. އުސްވާގެ ޖަވާބު އިވިފައި އިނާޝާ ވާހަކަ ދައްކަން ފެށިއެވެ. ވާހަކަ އަޑުއަހަން ހުރި އުސްވާގެ މޫނުމައްޗަށް ދަނީ އެކި ކުލަވަރުތައް އަރަމުންނެވެ. އިނާޝާވެސް ވާހަކަ ދައްކަމުން ދިޔައީ ރޮމުންނެވެ. ނަމަވެސް ހިތްވަރު ކޮށްލައިފައި ވާހަކަ ދައްކަމުން ދިޔައެވެ. ”މިވާހަކަ ނުބުނާތި އެހެން މީހެއްކައިރީ… މިއީ އަހަރެމެން ވެސް ވަރަށް ސިއްރު ކޮށްގެން ގެންގުޅޭ ވާހަކައެއް.. އަހަރެންނަށް މިވާހަކަ އުސްވާ ކައިރީ ބުނަން މަޖުބޫރުވީ ރޭގައި އައިޒަން ދެއްކި ވާހަކައަކުން… އަހަރެންނަށް މައްސަލައެއް ނެތް އައިޒަން އާއި އަދި ހުޒާމު ކައިރީ މިވާހަކަ ބުންޏަސް.. އެކަމަކު ދެމީހުން އެކީ ތިބި ވަގުތެއްގައި ބުނުން ރަނގަޅުވާނީ..” އިނާޝާ ބުނެލިއެވެ. އުސްވާވެސް އޭނާއަށް ވަގުތެއް ވެއްޖާ އެދެ މީހުންނަށް ކިޔައިދޭނާމޭ ބުނެ އެތާ މަޑު ކޮށްލި މައިހާ އަންނަތަން ފެނުމުންނެވެ. ދެ މީހުންނަށްވެސް ވާހަކަދައްކަން އެހައި ގިނަ އިރު ވަންދެން ތިބެވުނިކަން ރޭކައިލީ ދެނެވެ. ދެން ދަނީ އޭ ބުނެލައިފައި އުސްވާ ހިނގައިގަތީ ގެއަށް ދިޔުމަށެވެ.

ގެއަށް ވަނެ އުސްވާ މިސްރާބު ޖެހީ އައިޒަންގެ ކޮޓަރިއާއި ދިމާއަށެވެ. މެންދުރު ކޮޓަރިއަށް ވަނިގޮތަށް އަދިވެސް ނުނިކުންނާތީއެވެ. ކޮޓަރިއަށްވަނެ ދޮރު ލައްޕާފައި އުސްވާ ދިޔައީ ބެޑުގައި އަރާމުކޮށް ނިދާފައި އޮތް އައިޒަންއަށް ގޮވާށެވެ. އައިޒަންއަށް ގޮވަން އޭނާގެ ގަައިގައި ޖައްސާލިއަތް ދަމާގަނެވުނީ  ހޫނު ތެއްޔެއްގައި އަތްލެވުނު ކަހަލަ އިހްސާސެއް ވެގެންނެވެ. އައިޒަން އޮތީ ހުންއައިސް ރަތްވެފައިއެވެ. އުސްވާ އަވަހަށް ދެން ދިޔައީ ކިރުތަށްޓަކާއި އެކު އަފަމޯލް ގުޅައެއް ބަލައެވެ. އެއްޗެހިތަށް ހިފައިގެން އައިސް އެނދު ކައިރީ ހުރި ސައިޑު ޓޭބަލް މަތީ އެއްޗެހިތަށް ބަހައްޓާފައި އުސްވާ ދެން އަވަސްވެގަނީ އައިޒަން އަށް ގޮވާށެވެ. ދެވަނަ ފަހަރަށް ގޮވުމުންވެސް އައިޒަން ނުހޭލައެވެ. ތިންވަނަ ފަހަރަށް އުސްވާ އައިޒަންއަށް ދެން ގޮވާލީ ވަރަށް ބާރަށެވެ. ސިއަސައގެން ގޮސް އައިޒަން ހޭލިއެވެ. އަދި ކިހިނެއްވީހޭ އުސްވާގާތު އެހިއެވެ. އޭރުވެސް އޭނާގެ ބޮލުގައި ރިހުމެއްވިއެވެ. ”ބޭސް ކާން މި ގޮވީ… ހުން އައިސް ރަތްވެފައެއްނު ތިއޮތީ.. އަންމި ކިރު ތަށްޓާއިއެކު ބޭސް ކާލާ.. މަންމަ އަންނާނަން ފެންތަށްޓެއް ހިފައިގެން…” އައިޒަން އަތަށް ކިރުތަށްޓާއި ބޭސް ގުޅަ ދީފައި އުސްވާ ދިޔައީ ފެން ތަށި ބަލައެވެ. އޭނާ ހަނދާންނެތިގެން އައީ ފެންތަށްޓެއްވެސް ނުލައެވެ. އައިޒަން އަތަށް ފެންތަށި ދިނުމުންބޯލިއެވެ. ދެން އަރާމުކޮށްލައިށޭ ކިޔައިފައި އުސްވާ ދިޔައީ ތަށިތައް ހިފައިގެންނެވެ. މިވީ ގޮތުންދެން އައިޒަންއަށް އެވާހަކަވެސް ނުކިޔާދެވުނީ އޭ އުސްވާގެ ހިތަށް އެރިއެވެ. މިއަދު ހުޒާމްވެސް ރަށުގައި އުޅޭތީ އޭނާއައީ ދެމީހުންނަށްވެސް އެވާހަކަ ކިޔައިދޭން ހިތުލައިގެންނެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން އެ ވާހަކަ މާދަމާއަށް ލަސް ކޮށްލިއެވެ.

****

ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވިކަމާއިއެކީ އެވެ. ނަމަވެސް އަދިވެސް އުސްވާއަކަށް އެވާހަކަ އެކަކު ކައިރީވެސް ނުބުނެވެއެވެ.މިހާރު އިނާޝާވެސް ދެދުވަހަކު ފެނުމުން އައިޒަން ކައިރީ އެވާހަކަ ބުނެފިންހޭ އަހައިފިއެވެ. ނަމަވެސް އުސްވާއަށް ދޭން ޖެހެނީ އެއްޖަވާބެކެވެ. ހެނދުނުގެ އެ ވަގުތުގައި އުސްވާ ތައްޔާރުވަމުން އެދަނީ އައިޒަން އަށާއި އޭނާގެ ފިރިމީހާ ހުޒާމުއަށް އެވާހަކަ ކިޔައިދޭށެވެ.”’ހުޒާމް… އައިޒަން.. އާދެބަލަ.. ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބޮތް..” އުސްވާ ވަކި ވަކިން ދެމީހުން ކައިރީ ބުނެލައިފައި ސިޓިންގް ރޫމަށް ދިޔައެވެ. އޭގެ އިރުކޮޅެއްފަހުން އައިޒަން އާއި ހުޒާމުވެސް އެތަނަށް އައެވެ. ދެ މީހުންވެސް އައިސް ސޯފައިގައި އިށީންދުމާއިއެކު އުސްވާ ވާހަކަ ދައްކަން ފެށިއެވެ.

”ދަރިފުޅާ… އަދިވެސް މީހަކާ އިންނާކަށް ނުވިސްނަންތަ؟” އުސްވާ ފެށި ވާހަކައަކުން އައިޒަން ދިޔައީ ސިއްސައިގެންނެވެ. ހުޒާމުވެސް އުސްވާ އާއި އެއްބައިވެލައިގެން ބޯޖަހައިލިއެވެ. އައިޒަން އިނީ އޭނާގެ މަންމަ އާއި ބައްޕައަށް އެވާހަކަތައް ކިޔާދޭންވީ ހޭ ނުވަތަނޫންހޭ ހިތަށް އަރައަރައެވެ. އެންމެފަހުން އޭނާ ވާހަކަދައްކަން ފެށިއެވެ. ”މަންމާ.. ބައްޕާ.. އަޅުގަނޑު މިދުނިޔޭގައި އެންމެ ލޯބިވި ކުއްޖާ ވަނީ މަރުވެފައި… އަޅުގަނޑު ވަރަށް މަސައްކަތް ކުރިން އެކުއްޖާމަތިން ހަނދާން ނައްތާލެވޭތޯ.. އެ..އެކަމަކުވެސް އަޅުގަނޑަކަށް އެކަމެއްނުވި.. މީހަކާ އިންނަންވެސް ބޭނުން… އެކަމަކު ހިތަށް އަރަނީ އެ އިންނަ މީހަކަށް ލޯތްބެއް ނުދެވޭނޭ އަޅުގަނޑަކަށް… އަދިވެސް އެކުއްޖާދެކެ ލޯބިވޭ.. ކުރީ ދުވަހު އިނާއްތަ މެން ގެއަށް ކާންދިޔައިރުވެސް އަޅުގަނޑަށް އެތާ މޫނު އާޅައިގެން ހުރި ކުއްޖާ އޭނާއާއި ވަރަށް ވައްތަރުވި… އެހަރަކާތް ތައް… އެ ދެލޯ… އެދޮންކަން… މަންމާ… ބައްޕާ… އަޅުގަނޑު ލޯބިވި ކުއްޖަކީ.. ނި..ނިފްޝާ…” އައިޒަން އޭނާގެ މަންމައާއި ބައްޕަގެ މޫނަށް ވަކި ވަކުން ބަލައިލާފައި ވާހަކަފެށިއެވެ. އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރުވެސް ހިތްވަރުކޮށްފައި ވާހަކަ ދައްކަމުން ދިޔައީއެވެ. ”ދަރިފުޅާ… ދަރިފުޅަށް ހަމަ ތިހީވީ ރަނގަޅަށް.. މޫނު އަޅައިގެން އެހުރީ ހަމަ ނިފްޝާ… ނިފްޝާ މަރެއް ނުވޭ ދަރިފުޅާ.. އެއީ ހަމަ ނިފްޝާ..” އުސްވާ ދައްކަމުން ދިޔަ ވާހަކަ ޤަބޫލުނުކުރެވިފައި އައިޒަން އާއި ހުޒާމް އިނެވެ. ”އުސްވާ… ތިކިޔަނި ކީކޭ.. ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ.. ނިފްޝާ ވީ މީގެ ފަސް އަހަރު ކުރިން މަރު…” ހުޒާމު ދައްކަމުން ދިޔަވާހަކަ މެދު ކަނޑާލައިފައި އުސްވާ އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. ”އާން.. އަހަރެންނަށް އިނގޭ މި ކިޔޭ އެއްޗެއް.. އަހަރެން މިކިޔަނީ ހަމަ ތެދު ވާހަކައެއް.. އަޑު އަހާބަލަ.. ނިފްޝާ މަރުވެފައިއޭ ކިޔާގެން އޮޅުވާލީ ވަރަށް ބޮޑު ސަބަބަކަށްޓަކައި.. ނިފްޝާ މޫނު ބުރުގައި އެޅުވީވެސް ހަމަ ނިފްޝާ ފޮރުވަންވެގެން.. އެ ސަބަބަކީ.. ބައެއްގެ އަތްދަށުން ނިފްޝާ ސަލާމަތް ކުރުމަށް..އެ މީހުންނަށް މަޖުބޫރުވީ ނިފްޝާ ފޮރުވަން.. މީގެ ފަސް އަހަރު ކުރި އެއީ.. ނިފްޝާ ރޭޕް ކޮށްލީ އޭނާ އާއި ހެދި އުޅުން ނިފްޝާއާއި އެއްކުލާހެއްގައި އުޅުނު އިހްސާން… ކޮންމެ ފަހަރަކުވެސް އެކަމެއް ކޮށް ނިންމާފައި ނިފްޝާ ހޭ ނައްތައިލާ… ހޭ އެރުމުންވެސް ނިފްޝާ އޮންނަނީ ހޭނެތިފަ ކަމަށް ހަދައިގެން.. ސަބަބަކީ އިހްސާން މެން ދައްކާ ވާހަކަ އަޑު އަހަންވެގެން.. އެގޮތަށް އޮތް ފަހަރެއްގައި ނިފްޝާއަށް އަޑު އިވުނީ ނިފްޝާ މަރައިލާފައި ނޫނީ އޭނާ ދޫނުކުރާނެކަމަށް… އިހްސާން އެހެން ނިފްޝާއަށް ހެދީ ނިފްޝާ ގާތު ރައްޓެހިވާން ހެދުމުން ނުވީމަ.. އަދި ނިފްޝާ ނޫނެކޭ ބުނުމުން ކުދިން އިހްސާންއަށް މަލާމާތް ކުރުމުން  އެކަމުގެ ބަދަލު ހިފަން.. އަދި އެކަމުގެ ފަހަތުގައި އުޅުނީ ނިފްޝާގެ ރައްޓެހި ޝާނާ އާއި ހަނާން… ނިފްޝާ މާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާއިދީފައި ހޭ އެރީ އޭގެ ހަ ގަޑިއިރު ފަހުން.. ނިފްޝާއަށް އޭރު ވަނީ ނަފްސާނީ ގޮތުން އަސަރު ކޮށްފައި.. އަދި ފިރިހެނުން ދެކެ ވެސް އޭރު އިންތިހާއަށް ރުޅިއާދޭ.. އެތަށް ޑޮކްޓަރަކަށް ދެއްކި ނިފްޝާ ރަނގަޅުކުރުމަށް… ނިފްޝާއަށް ވަނީ އޭރު ވަރަށް ބޮޑުވަރު ވެފައި.. ކައުންސިލިން ދޭ މީހުން ކައިރިއަށްވެސް ނިފްޝާގެންދި.. ނަމަވެސް މިހާރު އޭނާ އެވަނީ އެހުރިހާ ކަމަކުންސަލާމަތް ވެފައި.. އެރޭ… ކާން ދިޔަ ރޭ ވެސް ނިފްޝާއަށް އެހައި ވަރަށް އައިޒަން އާ ދިމާއަށް ބެލުނީ އޭނާވެސް އައިޒަންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން.. އިނާޝާ އަދި ސުޖާއުވެސް ބޭނުންވަނީ ނިފްޝާއާއި ދަރިފުޅު ކައިވެނި ކުރަން.. އަދި މަންމަ ކައިރީ އިނާޝާ މި ވާހަކަ ބުނުމުގެ ބޭނުމަކީވެސް އެއީ.. އަދި ދަރިފުޅު ތީ ޕޮލިހަކަށް ވީމަ… އިނާޝާގެ ވަރަށް ބޮޑު އެދުމެއް އެއީ ދަރިފުޅު، އެކުއްވެރިން ހިފައި ހައްޔަރުކުރުން.. އެ މީހުން އެދެނީ ދަރިފުޅާ ނިފްޝާގެ ކައިވެނި އަވަހަށް ކުރުމަށް… މަންމަވެސް ގަބޫލު މިކަމަށް… އަދި ވަރަށް ކުރީ ރެއެއްގައި އިނާޝާއާއި ނިފްޝާވަނީ ދަރިފުޅު ދެއްކި ވާހަކަ އަޑުއަހައިފައި… އެރޭ ނިފްޝާ އެދުނީ އިނާޝާ ގާތު އަހަރެމެންނަށް މިވާހަކަ ކިޔައިދިނުމަށް… އަހަރެން ކައިރީވެސް ވަރަށް ދުވަސްވެއްޖެ މިވާހަކަ ބުނެފައި އެކަމަކު ރަނގަޅު ވަގުތެއް ނުލިބޭ އަހަރެންނަކަށް މިވާހަކަ ކިޔާދޭކަށް…” އިނާޝާ ވާހަކަ ދައްކަމުން ދިޔައީ ނެތް ހިތްވަރު ލައިގެންނެވެ. އައިޒަން އިނީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. އޭނާގެ ލޮލުން ކަރުނައަކަށްފަހު ކަރުނައެއް ވެއްޓެމުންދިޔެވެ. އެ ދެއްކި ވާހަކަތައް އައިޒަންއަށް އިނީ ގަބޫލުނުކުރެވިފައިއެެވެ. ނަމަވެސް އޭނާގެ މަންމަ އަކީ ދުވަހަކުވެސް ދޮގުހެދި މީހެއްނޫނެވެ. އެހެންކަމުން އޭނާއަށް ލިބުނު އުފާ ބަޔާން ކުރަން ވެސް ނޭނގުނެވެ. އެތައް ދުވަހަކަށްފަހު އައިޒަންގެ ހިތުގެ ރާނީ އޭނާގެ ހަޔާތަށް ގެއްނަން ފުރުސަތެއް ލިބެނީއެވެ. ﷲއަށް ޙަމްދުހުއްޓެވެ.

(ނުނިމޭ)

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހިތުގެ ތެޅުން 12 – ފަހުބައި

Next

ނުތަޅުވާށެ

Next
November 28, 2018

ނުތަޅުވާށެ

Previews
November 28, 2018

ހިތުގެ ތެޅުން 12 – ފަހުބައި

11 Comments!

  1. broken heart says:
    November 28, 2018 at 9:51 am

    mariyabu v ragalhu masahkatheh v avas updateh beynun koyaa haalu kihineh

  2. mariyanbu says:
    November 28, 2018 at 9:52 am

    އައްސަލާމް ޢަލައިކުމް…
    މިއޮތީ 11ވަނަ ޕާޓް އަޕް ވެފައި… ހުރިހާ ކުދިންނަށްވެސް ކަމުދާނެ ކަމަށް އުންމީދުކުރަން.. އެން މިސްޓޭކްސް ބުނެލަދޭތި…..
    މި ޕާޓްގައި ވަރަށް ބޮޑު ހަގީގަތެއް އެނގިގެންދާނެ…. އެން ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދެން މިބައި …..ލަސްވި ކަމަށްޓަކައި

  3. mariyanbu says:
    November 28, 2018 at 9:56 am

    thanks broken heart..:) tomorrow nxt part genesdhevey thw balaanan… insha allah…
    nd alhuganduge haalu vr rangalhu… broken heart ge haalu kihineh tha? 🙂 🙂

  4. Aysh ? says:
    November 28, 2018 at 3:46 pm

    Fabulous ??

    1. ?Nafu? says:
      June 22, 2019 at 7:21 am

      Thanks aysh?❤️

  5. Broken heart says:
    November 28, 2018 at 9:45 pm

    I fine …..mariyabu number libidhaanethr …… 5hi kon rasheh ge kuhjehthr….. Kithah aharuthr vy furihamanan bunevidhaanethr

  6. Kingthoariq says:
    November 29, 2018 at 5:49 am

    Masha allah! Mariyanbuge age aa balaafa vrh molhu vaahaka liyan, anehhen maa bodu mistake eh vs neiy

    1. ?Nafu? says:
      June 22, 2019 at 7:22 am

      Thanks kingthoariq?

  7. Mal says:
    November 29, 2018 at 2:56 pm

    This stry is same as HULHUKOLHU…..hama eygen vaagoiyhthah mivany….but ur age is 14 so masha allah ey buneveyny…?????????don’t take this comment as negative….plx…dhn hama mal ah vahtharu veema bunelii…plus i am also 14…but i dont have the talent to write stries…????????????god bless you….you have a bright future in writing stries…insha allah ❤ ❤ ❤ ❤ ❤

    1. ?Nafu? says:
      June 22, 2019 at 7:23 am

      Thanks mal..???

  8. napher says:
    February 6, 2019 at 1:20 pm

    Thi korean kuhje tha??

Comments are closed.


All Right Reserved!