ޑިސެންބަރު ތިރީސް އެކެއް 3
ކަބަޑުތެރޭ އިން މީހާއާއި އަހަރެންނާއި ހަތަރުކަޅި ހަމަވިއެވެ. ދެ މީހުންގެ ހަޅޭއް ހުއްޓުނުއިރު އަހަރެންގެ ދެލޮލުގެ ގޮބޮޅިގަނޑު ނުނިކުތީ ކިރިޔާއެވެ. ކަބަޑުތެރޭ އިނީ އަހަންނާއި އެއްވެސް ތަފާތެއްނެތް އަންހެނެކެވެ. ހަމަ އެއް މޫނެކެވެ. އެއް ހަށިގަނޑެކެވެ. ލައިގެން ހުރި އަންނައުނު ތަފާާތު ނޫންނަމަ ހީވާނީ ލޯގަނޑަކުން އަމިއްލަ ސޫރަ ބެލޭހެންނެވެ. އެމީހާ ހިނިތުންވެލިއެވެ.
***********************************
“ހާއި… ކިހިނެތްތަ ހާލުކޮޅު؟” ކަބަޑުން ނުކުތް މީހަކާ އަޅާބަލާފައި އޭނާ އިނީ ވަރަށް ހަމަ ޖެހިގެންނެވެ.
“ތި…ތި…ތީ ކާކު؟… ކަބަޑު…ކަބަޑު ތެރެއަށް ކިހިނެތް ވަނީ؟…” އަހަރެންގެ ސުވާލުތަކަކަށް ސަމާލުކަމެއް ނުދީ އޭނާ ބޭރަށް ދެމިގަނެ ކޮޓަރިތެރެއަށް ކަޅިއުކަން ފެށިއެވެ. “އޭތް! ތީ ކާކުހޭ؟!” އޭނާއަށް ދެވަނަ ފަހަރަށް އަހަންނާއި ދިމާއަށް ބަލައިލަން އިނގުނީ ހަޅޭއްލަވައިގަތީމައެވެ.
“ޗިލް! ޗިލް! ނުފެނޭތަ؟ އަހަންނަކީ ކަލެއެންނު.” އޭނާ ހުރީ އަދިވެސް ވަރަށް ހަމަޖެހިލާފައެވެ. އަހަންނަކަށް ދެން ބުނާނެ އެއްޗެއް، ހަދާނެގޮތެއް ނުވިސްނުނެވެ. ކުއްލިއަކަށް އޭނާ އަހަންނާއި ދިމާއަށް ކަޅިޖަހައިނުލައި ބަލަންފެށި ގޮތުން ކުޑަކޮށް ބިރުގަންނަން ފެށިއެވެ. މަޑުމަޑުން ކުރިއަށް ޖެހެމުން އައިސް އަހަރެން ކުރިމަތީ އޭނާ ހުއްޓިލިއެވެ. “………ހާދަ ހިއްކޭ!!!” ދެން ބުނެލިއެތިން އަހަރެންގެ ސިކުނޑި ދިޔައީ ސުމަކަށެވެ. އަނެއްކާ އަހަރެންގެ ބޯ ހަމަ ރަނގަޅަށްވެސް ގޮވައިގެން ހިޔާލީ އެއްޗެހި ފެންނަންފެށީބާއޭ ހިތާއެވެ.
“ހަހަހަހަ!!…. ވާނުވާގަދޯ ތިހިރީ. އަހަންނަކީ ކަލޭ. ފިއުޗާރ އިން އައި ކަލޭ. މިހާރު ޕާސްޓްއަށް ދެވެން ފަށައިފިއެންނު ދޯ. އަހަރެން މިއައީ ކަލެއަށް ހަދާނެގޮތް ކިޔައިދޭން.” އެ މީހާ ބުންޏެވެ. އަހަރެންގެ ސިކުނޑި ގާނައިލީމެވެ. ވަމުން މިދާ ކަންތައް ފެނިފައި ދެން ހައިރާންވާންވީ ކަމެއް ނެތެއްނޫންހެއްޔެވެ. އަހަރެން ބޯ ޖަހައިލީމެވެ. އޭނާ އެ ދައްކަނީ ތެދެއްކަމުގެ ހެއްކަކަށް އަހަންނާއި ތަފާތެއްނެތް އެ ސިފައިން ފުއްދައިލީމެވެ.
“އެކަމަކު ކިހިނެތް ކަބަޑުތެރޭ އިނީ؟” ދެން އަހަރެން ކޮށްލީ އެންމެ ބޮޑު ސުވާލެވެ.
“އާނ ޓައިމް މެޝިން އިންނާނީ އަހަރެންގެ ކްލޯޒެޓް ތެރޭގަ. އެހެންވެކަންނެ މިކޮޅުންވެސް ކްލޯޒެޓްތެރެއަށް އެޕިޔާވީ. މީގަ އެކަމު އަހަރެންގެ ވޯކް އިން ކްލޯޒެޓްގެ ދެބައިކުޅަ އެއްބައިވެސް ނެތް…… އެކަމަކު އަޅެ މި އެޕާޓްމެންޓް ހާދަ ދުވަސް ފަހުންނޭ އަނެއްކާ މި ފެނުނީ. ހަމަ ކުރިން ހުރި ގޮތަށް މިހިރީ… އޭ ކޮފީ ދަޅެއް ނެތްތަ؟” މުސްތަގުބަލުގައި އަހަރެން ހާދަ އަނގަގަދައެވެ. ދުވަސްވީ މީހުން އަނގަގަދަވާނޭ ބުނެއެވެ. އަހަރެންވެސް ދުވަސްވާ ވަރަކަށް އަނގަގަދަވަނީ ކަންނޭންގެއެވެ.
“ސާރާދޯ ކިޔަންވީ؟ މަގޭ ނަަން ބަދަލުކުރޭތަ އަނެއްކާ މުސްތަގުބަލުގަ؟” އަހަރެން އެހީމެވެ. ސާރާ ހިނިގަނޑެއްޖަހާލާފައި ނޫނެކޭ ހަމަ ސާރާއޭ ކިޔަނީ ބުންޏެވެ. “މިހާރުވެސް ހަމަ އެހާ ގަދަޔަށް ކޮފީބޮންތަ؟” މުސްތަގުބަލުގެ އަހަންނާއި ކުރާނެ ސުވާލު ހުހެއްނުވާނެއެވެ. ސާރާ ފާޑަކަށް ބޯ އަރިކޮށްލާފައި ޔަގީނެއްނޫންހޭ ބުނިގޮތުން އަހަންނަށް ހެވުނެވެ. “ކިތަށް އަހަރު މިހާރު؟”
“ތިރީސް އެކެއް.” ސާރާގެ ޖަވާބުން އަހަރެން ދިޔައީ އެއްލިގެންނެވެ. ކައިރިން ބަލައިލާއިރު ދޮށީ ވައްތަރެއް ޖެހިއަސް، ތިރީސް އެއް އަހަރުވާއިރުވެސް އަހަރެން ހުންނަނީ އެހާ ޒުވާންކޮށްހެއްޔޭ ހިތަށްއެރިއެވެ. ފާޑަކަށް އުފާވެސް ވެވިއްޖެއެވެ.
“ދެނޯ؟” އަހަރެން އެހީމެވެ.
“ދެން…… އަހަންނަށް ކާ އެއްޗެއް ދޭންވީ. ހެސްކިޔާފަ ބަނޑުހައޭ ކަލޯ.” އޭނާގެ ޖުމުލައިން އަހަންނަށް ލެވުނީ ފުން ނޭވާއެކެވެ.
“ނޫޑްލްސް ހަދަނީ އިނގޭ. ކޮފީ ހުސްވެފަ.” ކޮފީ ހުސްވި ވާހަކަ ބުނުމުން ސާރާ ތުން ދަމައިލިއެވެ. ކައި ނިމިގެން ހަމަޖެހިލެވުމުން ސާރާ އޭނާ މާޒީއަށް އައި ސަބާބާއި ބެހޭގޮތުން ވާހަކަދައްކަންފެށިއެވެ.
“އަަހަރެން ބޭނުންވަނީ ރާއިން ސަލާމަތްކުރަން. އަހަންނަށް މާޒީއަށް ދެވެން ފުރުސަތު ލިބުނީމަ އަހަރެން އެ ފުރުސަތުގެ ބޭނުން ނުހިފީ. ބޮޑު ފިނޑިއެއްހެން އެ ފޮޓޯގަނޑު އިރައިލައި، ހުރިހާކަމެއް ބޮލުން ކަޓުވާލީ. އެކަމަކު މިހާރު އަހަރެން ބޭނުންވަނީ އެ މޮޔަ ނިންމުމުގެ ނަތީޖާއަށް ދިމާވި ކަންތައްތައް ވިޔަނުދޭން. އަހަންނަށް އެހީވެދީ.” ސާރާ އާދޭހުގެ ރާގަކަށް އެދުނެވެ.
“ނަތީޖާއަށް ދިމާވި ކަންތަކޭ؟” ސާރާގެ ބަހުން އަހަރެންގެ ހިތުގައި ސުވާލު އުފެދުނު ކަންތައް އަހައިލީމެވެ.
“އާނ…” ސާރާ ހީވީ ދޫކޮށްލި ފުން ނޭވާއިން ހިތާމަވެރިކަން ފަރުދާކޮށްލަން އުޅުނުހެންނެވެ. “ރާއިން މަރުވިފަހުން ރާއިންގެ މަންމަ އައިޝާ… އައިޝާގެ ބުއްދި ފިލައިދަނީ މީހުން… މީހުން މަރާ މީހަކަށްވަނީ. ވަރަށް ގިނަ މީހުން މަރާ. އެ މަރާ މިހުންގެ ތެރޭގަ އަހަރުމެންގެ…. އަހަރުމެންގެ މަންމަޔާ ބައްޕަވެސް… އިނާޝްވެސް…” ސާރާގެ ފަހު ޖުމުލައިން އަހަންނަށް އަނގަމަތީ އަތްއަޅައިލެވުނެވެ. “އެހެންވީމަ… އެކަން އެގޮތަށް ވިޔަ ނުދޭން އަހަންނަށް އެހީވެދީ.” ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ރޫރޫ އަޅާ އަޑަކުން ސާރާ އަނެއްކާވެސް އެދުނެވެ. އަހަރެން ސާރާގެ އަތުގައި ހިފައިލީމެވެ.
“ދެން…. އަހަރެން ކިހިނެތް ހަދަންވީ؟”
ނޭފަތް ދަމާލާފައި ސާރާ އަނެއްކާވެސް ކުރިއަށް ގެންދިޔައެވެ. ” މިކަމަށްޓަކައި ޓައިމް މެޝިން އުފެއްދީ މުޖާހިދާއި ރާއިންގެ އެކުވެރި އެހެންބަޔެއް. އައިޝާ މަރައިލި މީހުންގެ އާއިލާތައްވެސް އަހަރުމެން މިކަމުގަ ޝާމިލުކުރިން. ދިހަ އަހަރުގެ މަސައްކަތަކަށްފަހު ކާމިޔާބުވީއިރު މެޝިނުން އެގާރަ އަހަރަށްވުރެ ކުރިއަކަށް ނުދެވޭ. އަހަރެން މިއައީ ބަރާބަރު އެގާރަ އަހަރު ކުރިއަށް. އަދި އެންމެ ހަފްތާއެއް ކުރިއަށް ދެވުންނަަމަ ތި ސާރާ ގާތުން އެހީ ހޯދުމަކާ ނުލާ އަހަންނަށް އެކަނި ހުރިހާކަމެއް ކުރެވުނީސް. ތަންކޮޅެއް ލަސްވީ.” ސާރާ ކިޔައިދިނެވެ.
“އެއް ހަފްތާކުރިން ކިހިނެތް ހަދަން ޖެހެނީ؟” އަހަރެން ކެތްމަދުވެފައި އެހީމެވެ.
“އެއް ހަފްތާ ކުރިއަށްގޮސް ތި ސާރާ ޖެހޭނީ… މީހަކު މަރަަން…” ވަރަށް މަޑުމަޑުން ސާރާ ބުންޏެވެ.
“ކީކޭ؟ ކާކު؟ ރާއިން މަރަމަރާ ނުފުދިިގެން އަނެއްކާ އެހެން މީހަކު މަރަންވީއޭތަ ތިބުނަނީ އަހަރެން؟ ސަކަރާތްނުޖަހާ.” އަހަރެންގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.
“އޭނަ އަމިއްލައަށޭ ގަބޫލުވީ. އޭނަ ހުރީ އެހެން ބައެއްގެ ފުރާނައިގެ ބަދަލުގަ އޭނަގެ ފުރާނަ ގުރުބާންކުރަން ތައްޔާރަށް.”
“ކާކުހޭ؟!؟!”
“މުޖާހިދު.” ސާރާގެ ދުލުން އެ ނަން ބޭރުވިއިރު އޭނާގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. އޭނާ އިނީ ނުރޯން ވަރަށް ހިތްވަރުކޮށްގެންނެވެ.
“މުޖާހިދު؟ ކީއްވެ؟”
“ރާއިން މަރުވަނީ އަހަރުމެން އަތުން. އެއީ ބަދަލުވުމެއްނެތް ކަމެއް. އެކަމަކު ކޮންމެ ފަހަރަކުވެސް ނުސީދާކޮށް އެކަމުގަ ޝާމިލުވަނީ މުޖާހިދު. އެކްސިޑެންޓުގަ ގަވާއިދާ ހިލާފަށް ދަނީ އޭނަ. ތަނަކަށް ދާންޖެހިގެން އޭނަގެ ޕިއްޒާ އޯޑަރު ރާއިން އަތަށްދީފަ މިގެއަށް ފޮނުވަނީވެސް އޭނަ. ދެން އޭގެ ފަހުންވެސް އަހަރެން ރާއިން ސަލާމަތްކުރަން މަސައްކަތްކުރި ކޮންމެ ޑިސެންބަރު ތިރީސް އެކެއްގަވެސް، ކޮންމެ ކަހަލަ ގޮތަކަށް ރާއިން މަރުވިޔަސް އޭގެ ސަބަބަކަށް ހުންނަނީ މުޖާހިދު. ޑިސެންބަރު ތިރީސް އެކެއްގެ ހަފްތާއެއް ކުރިން މުޖާހިދު މަރުވަނިކޮށް ރާއިން އޭނަ ސަލާމަތްކޮށްދެނީ. އެކަން ހުއްޓުވާ، މުޖާހިދު މަރުވެއްޖިއްޔާ ރާއިން ސަލާމަތްވާނެ. އޭރުން އައިޝާ މަރާލިހާ މީހުންވެސް ސަލާމަތްވާނެ.” ސާރާ އޮޅުންފިލުވައިދިނެވެ. އަހަރެން އިނީ ދޭނެ ޖަވާނެއް ނުވިސްނިފައެވެ. މީ ހަގީގަތުގައިވެސް އެންމެ ރަނގަޅުގޮތްހެއްޔެވެ.
“ދިސް އިޒް މެސްޑް އަޕް. އެހެންވީމަ ރާއިން މަރުވަނީ އޭނަ ސަލާމަތްކޮށްދޭ ދެ މިހުންގެ އަތުންނޭ ދޯ ތިބުނަނީ.” އިސްޖެހުނުގޮތަށް ބިމަށް ބަލަން އިނދެ އަހަރެން ބުނީމެވެ. ހުރިހާ އުންމީދެއް ނެތިގޮސް، ބުއްދިފިލައިދިޔަ ދުވަހު އަހަންނަށް އަލުން މި ދުނިޔޭގަ އުޅުމަށް ފުރުސަތެއް ދިނީ ރާއިންއެވެ.
“ކަލޭ ހަފްތާއެއް ކުރިއަށްގޮސް މިކަންތައް ކޮށްދީ. ޕްލީޒް…” ސާރާ އެ ކުރާވަރަށް އަހަރެންގެ މުޅި ހަޔާތުގައިވެސް މީހަކަށް ކަމަކަށް އާދޭހެއް ނުކުރަމެވެ.
“ކިހިނެތް ދަނީ ހަފްތާއެއް ކުރިއަށް؟ ފޮޓޯގަނޑުން ދެވެނީ ޑިސެންބަރު ތިރީސް އެކެކަށް އެކަންޏެއްނު.” އިސްއުފުލާލައިފައި އަހަރެން އެހީމެެވެ. އެއާއިއެކު ސާރާ ކޮނޑުގައި އަޅުވާފައިހުރި ދަބަހުން ނެގީ ނޫކުލައިގެ ދަގަނޑު އަތުކުރި ގަޑިއެކެވެ. ގަޑީގެ މޫނުގައި ނަަންބަރުތައް ހުރީ އެކި ކޮޅުކޮޅަށް، އެކި ގޮތްގޮތަށެވެ. އެންމެ ކަށްޓެއްވެސް ނެތެވެ.
“މީ ޓައިމް މެޝިނާއި އެއްކޮށް އުފެއްދި ގަޑިއެއް. މީގެން ދެވޭނެ ރާއިން މުޖާހިދު ސަލާމަތްކުރާ ދުވަހުގެ ކުރީ ދުވަހުގެ ރެއަށް.” އެހެން ބުނުމަށްފަހު ސާރާ ދެން ދަބަހުން ނެގީ އޭނާގެ ފޯނެވެ. ހުޅުވައި ބަލައިލީ ގަޑި ބަލައިލުމަށެވެ. ނަމަވެސް އަހަންނަށް ފެނުނީ ފޯނުގެ ބޭރުގަނޑެވެ. އެއީ މުޖާހިދާއިއެކީ ސާރާ ނަގާފައި އިން ފޮޓޮއެކެވެ. މުޖާހިދުގެ ކޮލަށް ސާރާ ދޮނެއް ދެނިކޮށެވެ. އަހަރެން ސްކްރީނަށް ބަލާކަން ފާހަގަވެ ސާރާ އަވަސްއަވަހަށް ފޯނު ނިވައިލިއެވެ. އަހަރެން ސާރާގެ މޫނަށް ޝައްކުގެ ނަޒަރަކުން ބަލައިލީމެވެ. އެއީ ކޮންކަމެއްހޭ ބުނާފަދަ ގޮތަކަށެވެ.
“ހެހެ… މުޖާހިދަކީ މިހާރު އަހަރެންގެ ފިރިމީހާ…” ސާރާ މަސްނޫއީ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ބުންޏެވެ.
“ލޯބިވޭތަ؟” އެ ސުވާލު އަހައިލެވުނީ ކީއްވެކަަމެއް ހުދު އަހަންނަކަށްވެސް ނޭންގެއެވެ. ތުންފަތް ހަފައިލަމުން ސާރާ ބޯޖަހައިލިއިރު އޭނާގެ ކަރުނަވަޅު ދޫކޮށް ކަރުނަތައް ފައިބަންފަށައިފިއެވެ. ލޯބިވާ ފިރިމީހާ ގުރުބާންކުރަން އުޅޭ މީހެއްގެ އިހުސާސްތައް އަހަންނަކަށް ނުވިސްނޭނެއެވެ. ހިތުގައި ރިއްސާނެވަރު އަހަންނަކަށް ލަފައެއްނުކުރެވުނެވެ. އެއީ އަހަރެންގެ މުސްތަގުބަލުގެ ނަފްސުކަމުގައި ވިޔަސްއެވެ.
“އަހަންނަށް މިކޮޅުގަ މަޑު ކުރެވެން އޮތީ ގިނަވެގެން ސައުއްވީސް ގަޑިއިރު. ކަލެއަށްވެސް ހަފްތާއެއް ކުރިއަށްގޮސް އެކޮޅުގަ ހުރެވޭނީ ސައުއްވިސް ގަޑިއިރު. އެހެންވީމަ ވާނެގޮތް މިކިޔައިދެނީ.” ސާރާގެ އިރުޝާދުތައް އަހަރެން ކަނުލާ އަޑުއެހީމެވެ.
ފެންވަރަން ހުރިއިރު އަހަރެންގެ ސިކުނޑީގައި ރޯލުވަމުންދިޔައީ ސާރާއާއި އަހަރެންގެ ދެމެދުގައި ބަދަލުވި ވާހަކަތަކެވެ.
“ދެން މިހާރު މުޖާހިދު މަރުވީމަ މުސްތަގުބަލުގެ ސާރާޔާ މުޖާހިދާ ކުރި ކައިވެންޏަށް ކިހިނެތް ވާނީ؟”
“އެ ކައިވެނި އެއީ ނުހިނގާ ކަމަކަށް ވާނީ. މަރުވާތާ ހަފްތާއެއް ފަހުން ހިނގާ ޑިސެންބަރު ތިރީސް އެކެއްގެ ކަންތަކެއްވެސް ނުހިނގާނެ.”
“ދެން ތި ސާރާ އަނބުރާ ދާއިރު މުޖާހިދެއް ނުހުންނާނެ؟”
“އާނ. މާޒީގަ މަރުވެފަ ހުރި މީހަކު މުސްތަގުބަލަކު ދިރިނޫޅެއެންނު. އެކަމަކު މަރުވިޔަނުދީ ސަލާމަތްކުރެވުނު ބައްޕަޔާ މަންމަ ތިބޭނެ. އިނާޝް ހުންނާނެ. މަރުވިހާ މީހުންތައް ތިބޭނެ. އައިޝާ ހުންނާނީ އުފަލުގަ.” ސާރާ ހުރީ ވަރަށް ހިތްވަރާއިއެކީ އަޒުމު ވަރުގަދަކޮށްގެންނެވެ.
އަހަރެން ފާހަނައިން ނުކުމެ ރީތިވުމުން، ސާރާ އަހަންނަށް ތައްޔާރުހޭ ބުނާކަހަލަ ގޮތަކަށް ބަލައިލިއެވެ. ފުން ނޭވާއެއް ވައިގެ ތެރެއަށް ދޫކޮށްލުމަށްފަހު އަހަރެން ބޯ ޖަހައިލީމެވެ. އަހަރެންގެ މުސްތަގުބަލުގެ ނަފްސާއި ވަދާއީ ސަލާންކޮށްލީމެވެ. އެކޮޅުގައި މުޖާހިދު މަރުވުމުން މުސްތަގުބަލުގައި ހެދި ޓައިމް މެޝިން އެއީ ނެތް އެއްޗަކަށްވާނެކަމަށް ސާރާ ކިޔައިދިނެވެ. ޓައިމް މެޝިން ނޫފައްދާ މުސްތަގުބަލެއްގައި ސާރާ މާޒީއަށް ދިޔަކަންވެސް އެއީ ނުވާކަމަކަށް ވާނެއެވެ. އެމީހަކު އުޅެން ހައްގުވާ ޒަމާނަކަށް އެމީހަކު އެނބުރި ދާނެއެވެ. ހުރިހާކަމެއް ދެމިހުންނާނީ އަހަރުމެންގެ ހަނދާނުގައި އެކަންޏެވެ. އަތުގައި ގަޑި އަޅައިލުމަށްފަހު އަރިމަތީ ފިތަކަށް އޮއްބައިލުމުން މަޑުމަޑުން އަހަރެންގެ މޫނުމައްޗަށް އަނދިރިވެގެންދިޔައެވެ.
********************
ބަރު އެސްފިޔަތައް ދުރުކޮށްލިއިރު ފުރަތަމަ ފެނުނީ ސީލިންގުގައި އެނބުރެމުންދިޔަ ފަންކާއެކެވެ. ސިކުނޑި ރަނގަޅަށް ހިނގަން ނުފަށާތީ އެ ފަންކާއަށް ބަލަހައްޓައިގެން އޮއްވާ ބަޔަކު އުޅޭ އަޑު އިވިގެން އެ ދިމާއަށް ބަލައިލެވުނެވެ. އަޑު އައީ ލައްޕާފައި ހުރި ދޮރުން ބޭރުންނެވެ. މި އޮވެވެނީ ކޮންތަނެއްގަތޯ ތެދުވެ ވަށައިގެން ބަލައިލެވުނީ ދެނެވެ. އަހަރެންގެ ހިތް ތެޅިގަތެވެ. އެއީ ހުވަފެނުގައިވެސް ދުވަހަކުވެސް އަންނަން ނޭދުނު ތަނެވެ.
“ކީިއްވެ މާމަ ގޭގަ މިއޮތީ؟!” އެއީ އަހަރުތަކެއް ކުރިން މާމަގެ ގޭގައި، އަހަރެން މާމައާއިއެކު ނިދި ކޮޓަރިއެވެ. ހާސްވެ ކަންތައް ބޮޑުވެފައި ޖީބުން ފޯނު ނަގައި ބަލައިލީމެވެ. ގަޑިން އޭރު ނުވަގަޑި ބައެވެ. ތާރީހުން އެކެއް ޖެނުއަރީ، ދެހާސް އަށެކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.





nxt prt tuesday ga ingey hope u liked this part
Yay me first jinni december 25 ah vess vaahaka eh liyedheyn v nun BTW mi stry vvvvvv reethi i love it ?? u r a really good writer keep it up ?
thnk u nattu. y 25th ei nattu bday tha? actually 31 st happened to be my grandma’s bday liyun fahun handhaanvee ?
Curiously waiting
sry to make u wait
Ya 25 is my birthday
actually i hv planed to mention 25th in the stry its the day mujaahidh dies but im going to make it a happy day cause its ur bday?
Awwwn ? thank u LYSM ???
luv u more?
Do u know i was born just one day before tsunami i was born in 25th dec 2004 and tsunami ery 26 ga ehnun
And April 7 is mine???
ehndhw
ehendhw
Aaachaaa maaikalaakoa vrh vrh salhi hoahoaa jinni jinni kuriah kuriah baarah kuriah ?????
Wooww kuni buni nuhunna dhulhayo hashiheyo vaahaka ehh?????
Bashikolhu vaadhaalaa koshaalaa kaaleema kurevey ihsaasahvure mi vaahaka kiyaaleema kurevey ihasaas dhethin guna ithuru ??????
I really freakin love jinni’s stories and hopefully u continue with this story…
Best of luck! Ur number 1 fan!♥♥♥
I really freakin love jinni’s stories and hopefully u continue with this story…
Best of luck! Ur number 1 fan!♥♥♥
thnk u
Biru veri tha??
އެގާރަ އަހަރު ކުރިއަށް ދޯ އެދިޔައީ. ދެން ކިހިނެއްބާ ވާނީ؟
Oooooohh Mi story mihaaru varah reethi vejje?.vaanuvaa enguneema.. Hehe ?. Ekam e room ga onnan beynun nuvani keeh ve baa?? vey curious.. ❤️❤️