
ފައިވާން އަތައް ނެގުމައްފަހު އިސްއޮބާލައިގެން ހުރެ ކުރިއަށް ފިޔަވަޅު އަޅަންފެށިއެވެ. މަޑުހިނގުމެއްގައި އައި އާރިޔާ އަށް ހުއްޓެވުނީ ގަސްތަކުގެ ތެރެއިން މީހަކު ފެނުނުހެން ހީވުމުންނެވެ. ރީތިކޮށް ހުދުކުލައިގެ ހެދުމެއް ފެނުނުހެން ހީވިއެވެ. ގަހުގެ ގޮފިތައް ވަޔާއި ހެލިލުމުގެ ސަބަބުން ހިޔަންޏެއް ފެނުނީކަމުގެ ކުއްހީއެކެވެ. އެކަން ޔަގީން ކޮއްލުމުގެ ގޮތުން އާރިޔާ ގަސްތަކުގެ ތެރެއަށް ވަނެވެ. ހުރިހާދިމާލެއް ވަނީ ހިމޭންކޮށެވެ.
” އެ ވާނީ ކުއްހީއަކަށް ” އާރިޔާ ހިނިތުންވެލަމުން ގާތުގައި ހުރިގަހަކުން ހުދު ކުލައިގެ މަލެއް ބިނދެލާފައި ވަސް ބަލާލިއެވެ. އާރިޔާ ފުންކޮށް ނޭވާލާފައި ލޯމަރާލިވަގުތު އަތުގައި މީހަކު ބީހިލިކަމުގެ އިހްސާސް ކުރެވުނެވެ. ސިހިފައި ލޯ ހުޅުވާލުމަށްފަހު ވަށައިގެން ހޯދާ ބަލާލިއެވެ. އެއްވެސް ދިމާއަކުން މީހެއްގެ ހިލަމެއް ނުވެއެވެ. ނަމަވެސް އިރުއޮއްސި އަނދިރިވަމުންގޮސް، މި ހިސާބު ޖަންގަޔެއްގެ ސިފައެއްގައި ފެންނަން ފެށުމުން ގަޑިއަށް ގެއަށް ދިޔުމުގެ މުހިންމުކަން ވިސްނިގެން ގަސްތައް ދުރުކޮއްލާފައި މަގަށްނުކުތެވެ.
އާރިޔާ ދުވެލާފައި ކަހަލަގޮތަކަށް ގޮނޑުދޮށުން އެއްގަމަށް އަރަން އޮންނަ މަގަށް ގޮސްހުއްޓުނެވެ. އޭރު ކިޔާރާ އާއި ނޫރް، އާރިޔާ އަންނަންދެއް މަޑުކޮއްގެން ތިއްބެވެ. އާރިޔާ އައުމާއެކު ތިންކުދިން އެކުގައި ގެއަށް ދިޔުމަށް ހިނގައިގަތެވެ.
” ދަރިފުޅު ހާދަ ލަސް ވީ….ކޮންތަނަކުން ބިންމަލެއް ” ނަޒީރާ އިނީ ގޭގެ ފެންޑާގައި އެލުވާފައި އިން އުނދޯއްޔެއްގައި މަސް ކޮށާށެވެ.
” ރީތި ދޯ… މޫދުކާއިރީގައި ހުރި ގަހަކުން ބިނީ….އަދި އެހާ ލަހެއް ނުވެ އެންނު ” އާރިޔާ އައިސް ނަޒީރާގެ ގާތުގައި އިށީނެވެ. އިރުކޮޅަކު ނަޒީރައާ ވާހަކަދައްކަން އިނުމަށްފަހު އާރިޔާ ދިޔައީ ކޮޓަރިއަށެވެ. އެ ހުދުކުލައިގެ މާ މޭޒުމަތީ ބޭއްވުމައްފަހު ގަސްދުކުރީ ފެންވަރާލާށެވެ. ކޮޓަރީގެ ފަރުދާތައް ނުދަމައިހުރުމުން ބޭރުހުރީ ހަމައަށެވެ. މި ގެއާޖެހިގެން ދެންހުންނަނީ ފަޅުގެއެކެވެ.
އާރިޔާ ފެންވަރައިގެން ތުވާލިގައިގާ އޮޅާލައިގެން ނުކުތްވަގުތު ދޮރުގެ ބިއްލުރިގަނޑަށް ހިޔަންޏެއް އެޅުނެވެ. އާރިޔާ ވައިރޯޅިއެއްހާ ބާރުމިނުގައި ފާހަނަތެރެއަށް ވަތްއިރު މޭގަނޑު ނެގިނެގިފައި ޖެހެމުންދިޔައެވެ. އާރިޔާ ފަޙާނަތެރޭގައި ހުރެ ހެދުންލައިގެން ބޭރަށް ނުކުތީ މަޑުންނެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މަޑުހިނގުމެއްގައި ގޮސް ކުދަދޮރު ހުލުވާލިއެވެ އަދި ބޭރަށް ބޯދިއްކޮށް ލިއެވެ. އެއްވެސް މީހެއްނެތެވެ.
” ހުސް ޝައްކާއި ވަހުމް…. އެހާވަރަށް ބިރުވެރި ފިލްމް ބަލާން ވޭވިއްޔަ” އާރިޔާ ދޮރުޖެހުމައްފަހު އައިސް އެދުގައި އޮށޯވެލިއެވެ.
” ދަރިފުޅާ ކިޔާރާ އާދޭ ކާން ” ކޮޓަރީގައި އޮތް ކިޔާރައަށް އާމިނަތު ގޮވާލިއެވެ. ކިޔާރާގެ ޖަވާބެއްނައެވެ. އަނެއްކާވެސް އާމިނަތު ގޮވާލިއެވެ. އެންމެ ފަހުން ކިޔާރާ ޖަވާބެއް ނުދިނުމުން އާމިނަތު އައިސް ކިޔާރާގެ ކޮޓަރިއަށް ވަނެވެ.
އެނދުމަތީ ގައި ނިދިފައި އޮތް ކިޔާރާގެ ގާތުގައި އާމިނަތު އިށީނެވެ. މަޑުމަޑުން ކިޔަރާގެ ބޮލުގައި ފިރުމާލަމުން ކާން އައުމަށް ބުންޏެވެ.
ކިޔަރާ ފަހުން ކާނަން ކަމަށް ބުނެ އަނެއްކާވެސް ނިދީއެވެ. އާމިނަތު އިތުރަށް ކިޔާރާއަށް އުނދަގޫ ނުކުރަންވެގެން ދިޔައީއެވެ.
ކިޔާރައަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެން ހަޅޭލަވައިގަތުމާއެކުގައެވެ. ކިޔާރާގެ ހަށިގަނޑު ވަނީ ފިނި ދަލުން ފޯވެފައެވެ. ހަށިގަނޑު ފިނިކަމުން ގަނޑުފެންކޮޅެއްފަދައެވެ. ކިޔާރާ ކިތަންމެ ސިނކުޑިއަށް ބާރުލާފައި ހުވަފެން ހަނދާންކުރަން އުޅުނަސް އެކަމެއް ނުވިއެވެ. ސިކުނޑިވަނީ ގަބުވެފައެވެ. އެކައްޗެއްވެސް ނުވިސްނުނެވެ. ކިޔާރާ ތެދުވާން މަސައްކަތް ކުރުމުން ހީވީ ފައި އައްސިވެ ބާރެއްނެތްހެންނެވެ. ކިޔާރާ ތެދުވެ ގޮތްގޮތައް ފައި ދަމާލުމައްފަހު ނިދަން އޮވެވުނު ގޮތަކުން ވީކަމެއް ކަމައް ވިސްނާފައި ބަދިގެއަށް ވަނީ ފެންތަށްޓެއް ބޯލުމަށެވެ.
ކިޔާރާ ފްރިޖްހުޅުވާލައި ފެންފުޅިއެއް ނެގި ވަގުތު ބަދިގެއިން ބޭރަށް ހުޅުވެން ހުންނަ ދޮރުފަތަށް ހިޔަންޏެއް އެޅުނުހެންހީވިއެވެ. އެއީ ގަހެއްގެ ހިޔަނި ކަމަށް ވެދާނެ ކަމަށް ކިޔާރާ ނިންމިއެވެ. އެދިމާލުގައި ވަރަށް ގިނަ އަނބުގަސްތަށް ހުންނާނެ ވިއްޔާއެވެ.
ކިޔާރާގެ ކަރުތެރެއަށް ފެންފުޅި އޮއްސާލުމުން ކުރިއަށްވުރެ ފިނިވެ ކުޑަކޮށް ހީކަރުވާގޮތްވިއެވެ. ބޮލުގައި ކުޑަ ރިހުމެއްވެސް ހުއްޓެވެ. ކިޔާރާ ކަރުގައި އަލިއިރު އަދިވެސް ފިނިކަމުން ހީވަނީ ގަނޑުފެންގަޑެއްހެންނެވެ.
ކިޔާރާއަށް އެރޭ ނިދަން އުޅެ އުޅެ ނުނިދިގެން އެންމެ ފަހުން ލެޕް ހުޅުވާލިއެވެ. ފިލްމް ބެލުމުގައި އެތައް އިރެއް ވޭތުކުރުމަށްފަހު އަނެއްކާވެސް ނިދުމަށް ބޭކާރު މަސައްކަތް ކުރަން އޮއްވާ ފަތިސްވެ ކާޅު ގޮވާއަޑު އިވެންފެށިއެވެ. ތަންކޮޅެއް ދުރުން ފަތިސްނަމާދުގެ އަޑުއިވުނެވެ. ކިޔާރާ ބާލިސް ކަންފަތުގައި އަޅާ ބާރުކޮއްލުމައްފަހު އެސްފިޔަތަށް މަރާލިއެވެ.
ގަހެއްގައި އެލުވައިފައިވާ ޖޯލިތަކެއްގައި ލައިޝާ އާއި އާރިޔާ ތިބީ ކުޑަކުދިންގެ ދުވަސް ކައިރިވަމުން އަންނާތީ ކުރާނެ ކަމެއް ވިސްނާށެވެ.
ލައިޝާ އަކީ އާރިޔާގެ ދެބެންގެ ދަރި ކުއްޖެކެވެ. ލައިޝާ މަސަތްކަތްކުރަނީ ޕްރީސްކޫލުގައެވެ. އާއްމުކޮއް ލައިޝާ ކުރާ ހުރިހާކަމެއްގައި ވެސް ލައިޝާއަށް އާރިޔާ އެހީތެރިވެދޭނެއެވެ.
އޮލަވާހަކަތަކެއްގައި ތިބި ދެކުދިން ސިއްސައިގެން ދިޔައީ މީހަކު ކަރުކެހިލިއަޑަށެވެ. ބަލާލިއިރު ކުރިމަތީގައި އިން ސައިކަލުގައި ޒުވާނާ ފެނި އާރިޔާ ހައިރާންވިއެވެ.ކަޅުކުލައިގެ ގަމީހަކާއި ޖިންސްގައި އިން އެޒުވާނާގެ ކަޅުކުލަގަދަ ބުމައާއި އެސްފިޔަތަކުގެ ތެރެއިން އެ ދެލޯ ވިދާގޮތް ރީތިކަމުން ދުރަށް ބަލާލާކަށް ވެސް އާރިޔާއަކަށް ނޭންގުނެވެ.
އާރިޔާގެ ހިތް ފިނިވެ އަތްވެސް ތުރުތުރު އަޅަންފެށިއެވެ. ހާދަ ރީއްޗެވެ. ހާދަ ލޯތްބެވެ. އަދި ކިރިޔާ ހިތްއެދޭފަދަ ކުއްޖަކާއި މި ދިމާވީއެވެ. އަދި ފަހަރެއްގައި މިއަށްވުރެ ގާތް ގުޅުމެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. އާރިޔާގެ ހިތުގައި އުއްމީދުގެ ކަންޏެއް ފިޔަޖަހާލައިފިއެވެ.
” ޒާލް…ކޮންއިރަކު ރަށަށް އައީ…ނުވެސް ފެނޭ” ލައިޝާ ހިނިތުންވެލިއެވެ.
ޒާހިލް އަށް ލައިޝާ ގެ އަޑުވެސް ނީ ވޭ ކަހަލައެވެ. ޒާހިލް ބަލާލީ އާރިޔައަށެވެ.
” ހައި…” ޒާހިލް ހިނިތުންވެލި ވަގުތު ހުދުގަނޑުފެންކޮޅެއްފަދަ ރީތި ދަތްތައްފެނިގެން ދިޔައެވެ. ޒާހިލްގެ ފަން އިސްތަށިކޮޅު ވަޔާ ވިހުރުވެމުން ދިޔައެވެ. އަރިޔާއަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. ހަމައެކަނި ހިނިތުންވެލެވުނީއެވެ.
” ޔޫ އާރ އޮފިޝަލީ ވިޕްޑް ” ޒާހިލްދިޔުމާއެކު ލައިޝާ ހޭންފެށިއެވެ. އާރިޔާ އަށް ވެސް ހެވުނެވެ.
” ފޯނު ނަންބަރު ދެންތަ ” ލައިޝާގެ ފޯނު ނަގަމުން އާރިޔާއަށް ބަލާލިއެވެ.
” މަށެއް ނޫޅެން ” އާރިޔާ ބޯހޫރާލެއެވެ.
ކަޅުފޮއި ރެއެކެވެ. ހަނދުގެ އަލިކަމެއް ނުވާތާގައި އެހިސާބުގައި ބޮއްކެއްގެ އަލިކަންފުޅެއްވެސް ނެތެވެ. ކަށްވަޅުފަދަ ހިމޭންކަމެއް އެހިސާބަށް ފެތުރިފައިވެއެވެ. މިރޭ ކަރަންޓް ނެތުމުން އަވައްޓެރިން ތިބީ އުއްބައްތިތަށް ދިއްލާލައިގެންނެވެ.
ގޭތެރޭގެ ހޫނުކަމާއި އުދާހަށް ކެއްނުކުރެވިގެން ކިޔާރާ އާއި ނޫރު ތިބީ ނޫރްގެ، މާމާގެ، ގާތުގައި ހަދާފައިވާ އަށްޓެއްމަތީގައެވެ. އެކުދިން ތިބި ދިމާލުން ކުރިމަތިގައި އޮތީ ބޯކޮށް ރުއްތަކާއި ގަސްތަށް ހެދިފައިވާ ވާގަނޑެކެވެ. ތަންކޮޅެއް ދުރުން އިވެމުން ދިޔަ ރާޅުތަކުގެ އަޑުން ކޮންމެވެސް ވަރަކަށް ހިމޭންކަން މުގުރާލާފަހަރު އާދެއެވެ.
” ބިރުވެރި ވާހަކައެއް ކިޔަން ރަނގަޅު މާހައުލެއް ނު ” ކިޔާރާ، ނޫރް އަށް ދިމާކޮއްލަން ވެގެން ބުންޏެވެ.
” އަސްލަށް ވެސް ޖިންނިޔެއް ފެނިއްޖެއްޔާ ކިޔާ ވެސް އަނބުރައިގަންނާނެ ކަން ޔަގީން ” ނޫރް އެހެން ބުނިގޮތުން ކިޔާރާއަށް އަށް ބާރަށް ހީގަނެވުނެވެ.
ކިޔާރާ ހެމުން ގާތުގައި އޮތް ގަލެއް ނަގާ ކައިރީގައި ހުރިގަހަކާ ދިމާލަށް ހޫރާލުމުން އެގާކޮޅު ފަތުއަޑުކިޔާފައި ގަހުގެ ފަތްތަކުގެ ތެރެއިންއިންލާފައި ދިޔުމުން ނޫރްކަންބޮޑުވިއެވެ.
” ކިޔާ މޮޔަވީތަ ؟ މާމަ ބުނޭ ރޭގަނޑު ތިގޮތައް އެއްޗެހި އުކާކަށް ނުވާނެޔޯ… ހޫނުވިޔަސް ހެޔޮ އަހަރެން މިދަނީ ގެއަށް ” ނޫރްތެދުވިއެވެ. ނޫރްގެ ގައިން ހީބިހިނަގާގޮތްވިއެވެ. ނޭންގޭ ބިރަކުން ހިތް ތެޅެމުން ދިޔައެވެ. މި ހިމޭންކަންދެކެ ވެސް ފޫހިވެއްޖެއެވެ.
” ބަލާލަ އެއިނީ ހާދަ ކިއުޓް ބުޅަލެއް ” ކިޔާރާ އިށާރާތްކޮއްލީ ޖޯލިދަށުގައި ކުޑަ ހުދުކުލައިގެ ބުޅަލަކެވެ.
” ތީ މާމަ ގެންގުޅޭ އެއްޗެއް ” ނޫރް ބުންޏެވެ.
” ކިޔާ…..ނޫރް ” ކިޔާރާ އާއި ނޫރް ފަހަތް ބަލާލިއިރު އާރިޔާ ހެވިދިލިފައި ހުއްޓެވެ.
އާރިޔާ އައިސް ކިޔާރާމެން ގާތު އިށީނެވެ.
” ތުނޑިއަށް ދާންވީ އެންނު ” އިރުކޮޅަކު ވާހަކަދައްކަން އިނދެފައި އާރިޔާ ބުންޏެވެ.
” މިހާރު ؟ ” ކިޔާރާގެ ދެލޯ ބޮޑުވިއެވެ.
” ވަރަށް ރީތިކޮއް ރެދަންފެންނާނެ…މުޅި ގޮނޑުދޮށް އޮންނާނެ ނޫކުލައިން ދިއްލިފައި ” އާރިޔާ ބުންޏެވެ.
ކިޔާރާ އަވަސް އަވަހަށް ބޯޖަހާލިއެވެ. އަދި ދުވަހަކުވެސް ކިޔާރާއެއް ރެދަން ދުފެނެއެވެ.
” އަހަރެން ނުދާނެން ” ނޫރް ބުންޏެވެ. ކިޔާރާ އެހާވަރަށް އާދޭސް ކުރުމުންވެސް ނޫރް އެއްބަސް ނުވިއެވެ.
ނޫރް ނުލާ ދިޔުމައް އެއްމެފަހުން އާރިޔާ އާއި ކިޔާރާ ނިންމިއެވެ. އަދި ތުނޑިއާދިމާއަށް ދިޔުމަށް ހިނގައިގަތެވެ.
” ހަމަ އަސްލުކޮއްވެސް ދަނީތަ ؟ ” ކިޔާރާ އާއި އާރިޔާ ހިނގައިގަތްތަން ފެނުމާއެކު ނޫރް ގޮވާލިއެވެ.
” ދާންބޭނުމިއްޔާ އާދޭ ” ހިނގުން މަޑުކުރުމެއް ނެތި އާރިޔާ ގޮވާލިއެވެ. ނޫރް އަށް ކެއްނުކުރެވެ. ދުވެފައި ގޮސް ކިޔާރާގެ ގާތުގައި މަޑުކޮއްލިއެވެ.
” ވަރަށް އަވަހަށް އަންނާންވާނެ ” ނޫރް ހުރީ ވަރަށް ބިރުންނެވެ. ކިޔާރާ އާރިޔާ އާ ދިމާއަށް ބަލާލަމުން ބުމަ އަރުވާލިއެވެ.
ފަސްވަރަކަށް މިނެޓުގެ ހިނގުމައްފަހު ތުނޑިއަށް ނުކުމެވުނެވެ. މުޅި މޫދު ފެހި ނޫކުލައިންދިއްލިފައިވާއިރު ދުނިޔެމަތީގެ ކަމެއްހެން ވެސް ހީނުވެއެވެ. ރެދަންތައް ފެނުމުން ކިޔާރާ ހުރީ މޮޔަވާވަރުވެފައެވެ. މޫދައް އަތްލައިގެން އެއާ ކުޅެ އުޅުނުއިރު ކިޔާރާ ހުރީ އުފަލުންފޮޅިފައެވެ.
” ކިޔާ ގެ ލޮލުގައި ހުރި ކުލަހެން ހީވަނީ ” އާރިޔާ ރެދަންކޮޅެއް އަތައް ނަގަމުން ބުންޏެވެ.
” ކިޔާގެ ލޮލުގައި ބްލޫ ހުންނަނީ ކީއްވެ.. ކިޔާގެ މަންމަ އާއި ބައްޕަގެ އިންނަނީ ބްރައުން އައިސް އެންނު ” އާރިޔާ އިތުރުކޮއްލިއެވެ.
ކިޔާރާ ކޮނޑު އަރުވާލިއެވެ.
” ތިގޮތައް ބުނަންޏާ… ނޫރްގެ ލޮލުގައި ވެސް އިންނަނީ ކިހާރީތި ކުލައެއް…..ބައެއްފަހަރު ހީވޭ ގޯލްޑް ކުލަހެން ވެސް އެކަމް ނޫރް ގެ މޯމް ވެސް ޑޭޑްގެ ލޯ ވެސް އެހާ ރީއްޗެއް ނޫން ” ކިޔާރާ ފޮޓޯނަގާން ހުރެފައި ބުނެލިއެވެ.
” އަހަރެންގެ ލޯ ދޯ އެންމެ ހަޑީ އެހެންވީމާ… އާރިޔާ ކަރު އެލުވާލިއެވެ.
” ބްލެކް ކުލަ ރީއްޗެއްނު ” ކިޔާރާ އާރިޔާއަށް ބަލާލިއެވެ. މަޑު މުށިކުލައަރާ އާރިޔާގެ އިސްތަށިގަނޑު އޮތީ ހުޅިއެއް ޖަހާލާފައެވެ. ކަޅުގަންގަދަ ދެލޮލެވެ. ދޮންމޫނެކެވެ. ޔަގީނުން ވެސް ކިޔާރާއާއި ނޫރްއަށްވުރެ އާރިޔާ ހާސްބައި ރީއްޗެވެ.
” އަހަރެން ހަމަ އެހަ ރީތިތަ ” ކިޔާރާ ބަލަން ހުރުމުން އާރިޔާ ހިނގަނޑެއްޖަހާލިއެވެ.
އާރިޔާ އާއި ކިޔާރާ ހެވިފައި ފޮޓޯނަގަމުން ދިޔައިރު ނޫރު އިނީ ދޮންވެލިގަނޑު މަތީގައި އިށީންދެލައިގެންނެވެ. އިރުގަނޑަކު އެތާތިބުމައްފަހު އާރިޔާ އާއި ކިޔާރާ ނޫރްގެ ގާތައް އައިސް ހުއްޓުނެވެ.
” ގެއައް ދާންހިނގާ މިހާރު ކަރަންޓުވެސް އަންނާނެ ” ފައިވާނައް އަރަމުން އާރިޔާ ބުންޏެވެ.
” ދުވެފައި ދާން ؟ ” ކިޔާރާ އާރިޔާ އަށް ބަލާލިއެވެ.
ކިޔާރާ އަދި އާރިޔާ އެކުގައި ކަހަލަގޮތަކައް ދުއްވައިގަތެވެ. ނޫރް ދުއްވައިގަންނަން އުޅުނުވަގުތު ހީވީ މޫދައް ބޮޑު ބަރުއެއްޗެއް ވެއްޓުނު ހެންނެވެ. ސިއްސައިގެން ގޮސް އެދިމާއަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ.
ނުނިމޭ
14 Comments!
Comments are closed.
yey mi first? dtry v salhi.. keep it up?
Nyc. Waiting 4 next part..
MaashaaAllah vvvv reethi vaahaka
Waiting for next part?
Actually…i think..mi story ge bayehh parts…’hiyanni’ and biru story ge bayeh hn hyvanyyy…cat fennun part n fenvaraagn aa part…
Yeah..hiyani story book ga innaane ekahala thankolheh..n biru e story book ga in bulhalu ge thanaa ehaa ehaa vatthsreh noon dhw..ekam kudakoh vattharu
Vaahaka fotheh innaane “black roze” dhivehi vaahakaeh… Biru veri huva fen fenigen heylevigen vefa huri kanthah mihiree hama copy paste eh kohfa….:/ … E than kolhu alhaaganegen avahah bunely… Adhi ehkoh nukiyey… Adhivs e stry ga in kameh fenihjeyaa hihsaa kohlaanan…. Try to get ur own ideas dear…. Dont take other’s choice… Take ur choice… Ekm v salhi anyways mi stry… Adhi ehkh kiyaa nunimey 🙂
Eeeee hama v biruveri… nice
maashaa allah. thi gothuga kuriyah dhey. insha allah kuriah oiyy vaahakathah vx reethi vaane.
eagerly waiting for the next part.
Jazaak allah Khairaa…..
Aah…. Kobaa next part? Pending tha? ????avaskohba!
V good one of the day
Copy paste eh hen v bodah Hervey..”Hiyani” & “Biru” vaahakaige thanthankolhu ebahuri name change kohfa genes…pls try to use ur own ideas.✨❤
Advices next part pendingatha