“ގެއައް ދާންހިނގާ މިހާރު ކަރަންޓުވެސް އަންނާނެ ” ފައިވާނައް އަރަމުން އާރިޔާ ބުންޏެވެ. ” ދުވެފައި ދާން ؟ ” ކިޔާރާ އާރިޔާ އަށް ބަލާލިއެވެ. އާރިޔާ ހިނިތުން ވެލިއެވެ. ކިޔާރާ އަދި އާރިޔާ އެކުގައި ކަހަލަގޮތަކައް ދުއްވައިގަތެވެ. ނޫރް ދުއްވައިގަންނަން އުޅުނުވަގުތު ހީވީ މޫދައް ބޮޑު ބަރުއެއްޗެއް ވެއްޓުނު ހެންނެވެ. ސިއްސައިގެން ގޮސް އެދިމާއަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. އެއްވެސް އެއްޗެއްނެތެވެ. ފޯނުގެ ފްލެޝްލައިޓް ދިއްލާލަމުން ނޫރް ކުރިއަށް ހިނގައިގަތެވެ. އާރިޔާއަދި ކިޔާރާ ފެންނާންވެސް ނެތެވެ. މަޑުމަޑުން […]
ފައިވާން އަތައް ނެގުމައްފަހު އިސްއޮބާލައިގެން ހުރެ ކުރިއަށް ފިޔަވަޅު އަޅަންފެށިއެވެ. މަޑުހިނގުމެއްގައި އައި އާރިޔާ އަށް ހުއްޓެވުނީ ގަސްތަކުގެ ތެރެއިން މީހަކު ފެނުނުހެން ހީވުމުންނެވެ. ރީތިކޮށް ހުދުކުލައިގެ ހެދުމެއް ފެނުނުހެން ހީވިއެވެ. ގަހުގެ ގޮފިތައް ވަޔާއި ހެލިލުމުގެ ސަބަބުން ހިޔަންޏެއް ފެނުނީކަމުގެ ކުއްހީއެކެވެ. އެކަން ޔަގީން ކޮއްލުމުގެ ގޮތުން އާރިޔާ ގަސްތަކުގެ ތެރެއަށް ވަނެވެ. ހުރިހާދިމާލެއް ވަނީ ހިމޭންކޮށެވެ. ” އެ ވާނީ ކުއްހީއަކަށް ” އާރިޔާ ހިނިތުންވެލަމުން ގާތުގައި ހުރިގަހަކުން ހުދު ކުލައިގެ މަލެއް ބިނދެލާފައި […]
މާލެގައި އެތައް އަހަރެއްވާންދެއް ދިރިއުޅުމަށްފަހު އަހުމަދު ރަށަށްބަދަލުވީ އަހުމަދުގެ ހަގުދަރިފުޅު ކިޔަވައި ނިމުމާގުޅިގެންނެވެ. އަހުމަދު އާއި އަންހެނުން އަޒީމާއަށް ލިބިފައިވަނީ 3 ކުދިންނެވެ. ކައިރާ، ކިޔާން އަދި ކިޔާރާއެވެ. 18 އަހަރުގެ ކިޔާރާއަކީ ދިގު އިސްކޮޅަކާއި ރީތި ސިފަތަކެއް ލިބިފައިވާ ކުއްޖެކެވެ. ކިޔާރާގެ ފަންދިގު އިސްތަށިގަނޑުކިޔާރަގެ ރީތިކަން އިތުރުކޮށްދެއެވެ. ކިޔާރާގެ ނޫކުލައިގެ ލޮލަކީ ކިޔާރާ އެހެންކުދިންނާ ތަފާތުކުރުވާ ހާއްސަ ސިފައެކެވެ. އަހުމަދުގެ ގެ ހުންނަނީ ރަށުގެ ވަރަށް އެތެރޭގައެވެ. ކުރީޒަމާނުގެ ގޮތަކަށްހުރި އެގެ އަކީ ބޮޑު ރީތިގެއެކެވެ. […]