
ވާ ލޯބި އެނގޭ ނަމަ 15
“މިބުނީ އެއްނު އަހަރެންނާއި އަވްލީން އަށް އެކުގައި އުޅެވޭކަށް ނެތޭ. މީގެން އެއްވެސް ކަމެއް އަންޖަލް އަށް އެނގިއްޖެއްޔާ އޭނާ ލީންއަށް ކޮންމެ ފަދަ ގޮތެއް ހަދާކަށްވެސް ފަހެއްނުޖެހޭނެ. ކީއްވެގެންތަ ގަބޫލުނުކޮށްގެން ތިއުޅެނީ. އަންޖަލް ލީން މަރާލަ…” ރާދިންއަށް ހުއްޓާލެވުނީ ބުނެވުނު އެއްޗެއް ފަހުމް ވުމުންނެވެ. މީ ދުވަހަކުވެސް އޭނާ ބުނަން ބޭނުންވި އެއްޗެއް ނޫނެވެ. ނަމަވެސް އައި ރުޅީގައި ހުރިހާ އެއްޗެއް ދުލުން ބޭރުކުރެވުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ.
ރާދިންގެ ދުލުން ބޭރުވި ބަސްތައް އަޑުއިވިފައި ރާހިލް އާއި މާހިލް ތިބީ ހުއްޓުން އަރާފައެވެ. ބުނާނެ އެއްޗެއް އެކެއްގެ ވިސްނުމަކަށްވެސް ނައެވެ. ކުޑައިރުކޮޅަކަށް ދެމިގެންދިޔަ ހިމޭންކަމަށް ފަހު އިސްނަގައި ވާހަކަދެއްކީ މާހިލް އެވެ.
“ސޯ ލީން އަށް ގޮތެއް ހަދާނަމޭ ކިޔާފަދޯ އެ އަންޖަލް ރާދް އަށް ބްލެކްމެއިލްކުރީ؟ އެކަމް ރާދް އަށް ވެސް އެގެންޖެހޭނެދޯ އޭނަ އެހެން ބުންޏަސް އަހަރެމެން އެންމެން ތިއްބާ ލީން އަށް ގޮތެއް ހަދަން އޭނައަށް ނުކެރޭނެކަން.” ރާދިންގެ ވާހަކަ އަޑުއިވުމުން މާހިލްގެ ގާތަށް އައީ ރުޅިއެވެ. މާހިލް މެން އެންމެން ތިއްބާ އަވްލީން އަށް އެއްވެސް ކަހަލަ ގެއްލުމެއް އަންޖަލްއަށް ނުފޯރުވޭނެއެއް ނޫން ހެއްޔެވެ.
“މާހް ޕްލީޒް. މާހް އަށް ހީވަނީތަ އަހަރެން މިގޮތަށް މި ނިންމީ ތިހުރިހާ ކަމަކަށް ނުވިސްނާއޭތަ؟ އެހެންވެއްޖެއްޔާ ތީ ވަރަށް ބޮޑު ކުށް ހީއެއް. އަހަރެންނަށް ހަމަ ރަނގަޅަށް އެނގޭ އަންޖަލް އެއީ ކޮން ފެންވަރެއްގެ ކިހާ ގާބިލްކަމެއް ލިބިފައިހުރި މީހެއްކަން.” މާހިލްގެ ވާހަކަ ހުއްޓުވަމުން ރާދިން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އިތުރަށް ދެން ސިއްރުކޮށްގެން ވާނެ ފައިދާއެއް ނެތްކަން ވިސްނުމުން ހުރިހާ ވާހަކައެއް ކިޔާދޭން އޭނާ ނިންމީއެވެ.
“އަހަރެންނަށް އަންޖަލް އަހަރެންގެ ފަހަތުން އުޅޭކަން އެނގުނީ ހޮސްޕިޓަލްގެ އަހަރީ ދަތުރު ގޮއްސައައި ފަހުން. ދަތުރުތެރެއިންވެސް އޭނަ ލީން އާއި ދިމާލަށް ބަލަން ހުންނަ ވައްތަރުންވެސް އަހަރެންނަށް ކުޑަކޮށް ޝައްކުވި.” ރާދިން ވާހަކަ ދައްކަމުން ދިޔައިރު ދެން ތިބި ދެމީހުން އެވާހަތައް އަޑުއަހަން ތިއްބެވެ.
“ދަތުރު ގޮސްފަ އައިސް ހަފްތާއެއްހާ ދުވަސް ފަހުން އެއްދުވަހު ހޮސްޕިޓަލްގަ އިންދާ އަންޖަލް އަހަރެންގެ ކެބިންއަށް އައީ. އެދުވަހު އެއީ ލީންގެ އޮފް ދުވަހަކަށް ވީމަ ލީން އެއް ނާދޭ. އަންޖަލް ކެބިންއަށް ވަދެފަ އަހަރެންނަށް ދެއްކީ ވީޑިއޯއެއް. އެ ވީޑީއޯ އިން ލީން އާއި މައި އާއި ދެމީހުން ޝޮޕންކޮށް އުޅެނިކޮށް ދައްކަނީ. އަހަރެންނަށް އެނގުނު އެއީ އެގަޑީގަ ކޮށްފަ އިން ވީޑިއޯއެއްކަން އެއީ ލީން ޝޮޕިންއަށް ދަމުން އަހަރެންނަށް މެސެޖްކޮށްފަ ބުން މައި އާއި އެއްކޮށް ބޭރަށް ކުޑަކޮށް ޝޮޕިން ކޮށްލަންދާ ވާހަކަ. އަހަރެންނަށް އެއްގޮތަކަށް ވެސް ނުވިސްނުނު އަންޖަލް އަހަރެންނަށް އެ ވީޑިއޯއެއް ދައްކަންވީ ސަބަބެއް. އެހެންވެ ވީޑިއޯ އެއްކޮށް ނުނިމެނިސް އަހަރެން އަންޖަލް އާއި ސުވާލުކުރިން ކޮބާހޭ ތި ހުރިހާ ކަމެއް ކުރުމުގެ މާނައަކީ.” ވާހަކަ މިހާތަނަށް ދިޔައިރު ރާދިންއަށް ހީވީ އޭނާގެ މުޅި ހަޔާތް އެފުއްމިފުށަށްޖަހައިލި އެ ހިތާމަވެރި ދުވަހުގެ މަންޒަރުތައް ކުރިމަތީގައި ދެންމެވީ ކަމެއްހެން ފެންނަމުންދާ ހެންނެވެ.
“އަންޖަލް ކޮބާ މިހުރިހާ ކަމެއް ކުރުމުގެ މާނައަކީ. ކީއްކުރަން ލީން މެންނަށް ފާރަލަނީ؟” ރާދިން ހުރީ ހިސާބަކަށް ރުޅި އަންނަ ގޮތްވެފައެވެ.
“ކާމް ޑައުން ސްވީޓީ. އެހާ ރުޅި އަންނާކަށް ނުވެއެއްނުދޯ އަދި އެއް. ހުރިހާ އެއްޗެއްވެސް ކިޔާދޭނަމޭ.” އަންޖަލްގެ މޫނުމަތީގައިވީ ނުލަފާ ހިނިތުންވުމެކެވެ.
“ވަރަށް ސާފުކޮށް މިބުނަނީ އިނގޭ. ތިކުރަން އުޅޭކަމެއް ނުކޮށް ހުއްޓާލާ. އެހެންނޫނީ ނަތީޖާ ވަރަށް ހިތިވާނެ.” ސީރިއަސްކަން މޫނު މައްޗަށް ވެރިކޮށްލަމުން އަންޖަލް ބުނެލި ބަސްތަކުން ރާދިންގެ ދެބުމަ ގޮތްޖެހިގެންދިޔައެވެ. އޭނާ ކޮންމެ ކަމެއް ކުރިއަސް އެކަމެއް މަނާކުރަން އަންޖަލް މީ ކާކު ހެއްޔެވެ؟ އޭނާގެ ހަޔާތުގެ އެއްވެސް ކަމެއް ނިންމުމުގެ ބާރެއް އަންޖަލްއަކަށް ނޯންނާނެއެވެ.
“ބުނަން ތިއުޅެނީ ކީކޭ؟ އަހަރެންގެ ލައިފްގަ އަހަރެން ކޮންމެ ކަމެއް ކުރިއަސް އެކަން މަނާކުރަން އަންޖަލް ތީ ކާކު؟ އެ ހައްގު އަންޖަލް އަށް ދިނީ ކާކު؟” ރާދިން ރުޅިވެރިކަމާއި އެކު ބުނެލުމުން ދެން ކެބިންގެ ތެރެއިން އިވިގެން ދިޔައީ އަންޖަލްގެ ބާރު ހުނުމުގެ އަޑެވެ.
“އަހަރެންމީ ކާކު ކަން ރާދިން އަށް ކޮންމެސް ވަރަކަށް މިހާރުވެސް އެނގިފަ އޮންނާނީ. ދެން ނޭނގެންޏާވެސް ކިޔާލަދީފާނަން ރާދިން ވީމަ. ރާދިން ތި މާ ލޯބިވެގެން އުޅޭ އަވްލީންގެ ހުރިހާ ހަރަކާތްތަކަށް ފާރަވެރިވެގެން އެބަތިބި އަހަރެންގެ ބޭބެގެ ގޭންގު މީހުން. އަހަރެން ކޮށްލަންޖެހޭނީ ހަމަ އެންމެ ފޯން ކޯލެއް އެންޑް އަވްލީން ވިލް ބީ ފިނިޝްޑް. ހައްހާހާހާހާހާ….” މުޅި ކެބިންގެ ތެރޭގައި އަންޖަލްގެ ހުނުމުގެ އަޑު ހިފައިލާފައިވާއިރު އިވުނު ބަސްތަކުގެ ސަބަބުން ރާދިން ހުރީ ހުއްޓުން އަރާފައެވެ. އޭނާއަށް އަވްލީން އާއި ނުލާ އުޅެވޭނެބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. ސިކުނޑީގައި އެންބުރެމުން ދިޔަ ހިޔާލުތަކުގެ ސަބަބުން ބޮލަށް ބާރުކޮށް ނޭވާލާންވެސް ތަދިވާހެން ރާދިން އަށް ހީވިއެވެ.
“އަންޖަލް ތިހެން ބުންޏަސް އަހަރެން ކިހިނެތް ގަބޫލުކުރާނީ އަދި؟ ހަމަ ތިބުނާ މީހުންނަށް އެންމެގެ ތެރޭ ލީން އަށް ކަމެއްކުރަން ނުކެރިދާނެއެއްނު.” ޖެހިލުންވި ނަމަވެސް ރާދިން ވާހަކަދެއްކީ އެހާ ފަސޭހައިން ބަލި ގަބޫލުކުރަން ބޭނުން ނުވާތީއެވެ.
“ރަނގަޅު ސުވާލެއް. ހޫމް… ކިހިނެތް ހެދިއްޔާ ރާދިން އަށް މަ މިކިޔާ އެއްޗެއް ގަބޫލުކުރެވޭނީ؟ އެބަ އޮތް ގޮތެއް. އެމީހުންނަށް ގުޅާލާފަ ބުނަންވީދޯ އަވްލިން މަރާލާ ތަން ވީޑިއޯކޮށްލާފަ ފޮނުވާލާށޭ. އޭރުން ގަބޫލުކުރެވޭނެއެއްނު. ހައްހާހާހާހާ…”
“ނޯ ޑޯންޓް ޑޫދެޓް.” ރާދިން އަށް ކުއްލިއަކަށް ބުނެލެވުނެވެ. އަވްލީން އަށް އެއްވެސް ކަހަލަ ގެއްލުމެއްވާކަށް ރާދިން އަށް ކެތެއްނުކުރެވޭނެއެވެ.
“އެކަމް ރާދިން އަށް ގަބޫލުކޮށްދެން އެބަޖެހޭދޯ އަހަރެންނަށް މިކަން ވާނެކަން އެންޑް އަހަރެން ބުނާ ގޮތަށް ކަންތައް ނުކުރީމަ ނަތީޖާ ހިތިވާނެކަން. މާކުރިންވެސް ތިކަމަށް ވިސްނާގެންނޭ އަހަރެން އައީ.” ވާހަކަ ދައްކަމުން ގޮސް އަންޖަލް އޭނާގެ ފޯނުން އަނެއްކާވެސް އެހެން ވީޑިއޯ އެއް އަޅުވާލިއެވެ. އެ ވީޑިއޯ އިން ގްރޫޕެއް އެއްވެގެން މީހަކަށް ވަރަށް އިހާނެތިކޮށް އަނިޔާކޮށް މަރާލަން ތަން ފެނެއެވެ. ވަގުތުން ރާދިންގެ އަތްފައި ފިނިވެ މީހާ ގަނޑުވިއެވެ. އަންޖަލް ބުނެފި ކޮންމެ ކަމެއްވެސް އޭނާ ކުރާނެކަން އެ ވީޑިއޯ ފެނުމުން ރާދިން އަށް ޔަގީންކުރެވުނެވެ.
“ކޮބާ މިހާރު ގަބޫލުކުރެވިއްޖެދޯ އަހަރެން މިކުރަނީ ސަމާސާއެއް ނޫންކަން. އަހަރެން ބުނާ ގޮތަށް ކަންތައް ނުކޮށްފިއްޔާ އަވްލީންއަށް މިއަށްވުރެވެސް ބޮޑުވަރުކޮށްލާނަން. ކިހިނެއްވާނީ ބޭބެ މެން ގްރޫޕް އެންމެން އޭނަ ރޭޕްކޮށްލާފަ ދެން މަރާލިއްޔާ. ސަޅިވާނެދޯ އެގޮތް. ހައްހާހާހާހާހާހާ…..” އަންޖަލްގެ ހުނުމުގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ދިޔައީ ބާރުވަމުންނެވެ.
“ޕްލީޒް ލީން އަށް އެއްވެސް ގޮތެއް ނަހަދާތި. އަންޖަލް ބުނާ ކޮންމެ ކަމެއްވެސް ކުރަން އަހަރެން ތައްޔާރު އެކަމް ލީން އަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ.” ގޮތްހުސްވެފައިވާ މީހެއް ފަދައިން ރާދިން އަށް އަންޖަލް ކައިރީ އާދޭސްކުރަން މަޖުބޫރުވިއެވެ. އެއްްވެސް ހާލެއްގައި އަވްލީން އަށް ކުޑަ ނަމަވެސް ގެއްލުމެއްވާތަން ބަލަން ރާދިންގެ ހިތަށް ކުޅަދާނައެއްނުވާނެއެވެ.
“ކުރިންވެސް ތިގޮތް އޮތެއްނުދޯ. އޯކޭ ސޯ ރާދިން ކުރަންވި ކަމަކީ ކައިވެނި ކުރެވެން އޮންނަ ރޭގަ އަވްލީން ޑަމްޕް ކޮށްލަންވީ. އޭނަ ކައިވެނީގެ މޭޒުދޮށުގައި ރާދިންގެ އިންތިޒާރުގައި އިންނައިރު ރާދިން ހުންނާނީ އަހަރެން ކައިރީ.” އަންޖަލް އޭނާ ބޭނުންވާ ގޮތް ހާމަކޮށްލިއެވެ.
“ކީއްކުރަން ކޮންމެހެން ލީން އަށް ބޮޑަށް ހާޓްކުރަން ކައިވެނި އޮންނަ ރޭގަ އެގޮތަށް ކަންތައް ކުރާކަށް؟” ރާދިން އަށް ބޭއިހްތިޔާރުގައި ބުނެވުނެވެ.
“އަހަރެން ބުނީމަ އަހަރެން ބުނާ ގޮތަކަށް ކަންތައްކުރީމަ ހުންނާނީ ރަނގަޅަށް. އަހަރެން ބޭނުންވަނީ އެ އަވްލީން ރުޅި އައިސްގެން ނަމަވެސް ރާދިންގެ ފަހަތުން ނެއްޓޭވަރުކުރަން.” އަންޖަލް ރުޅިވެރިކަމާއި އެކު ބުނެލި ބަސްތަކާއި ވިއްދައިގެން ރާދިން އަށް ބުނެވޭނެ އެއްވެސް އެއްޗެއް ނެތެވެ. އަވްލީން ގެ ރައްކާތެރިކަން ބޭނުން ނަމަ އޭނާއަށް ޖެހޭނީ މިއަދު އަންޖަލް ޖަހާހާ ބެރަކަށް ނަޝާށެވެ.
“އަންޖަލް ތިހުރިހާ ކަމެއް ތިގޮތަށް ކުރުމުގެ ބޭނުމަކީ ކޮބާ؟ ކީއްވެ އަހަރެންނާއި ލީން އާއި ދެމީހުން ދުރުކުރަން ތިއުޅެނީ؟” ކޮންމެސް ވަރަކަށް މި ސުވާލުގެ ޖަވާބު އެނގުން ނަމަވެސް އެސުވާލުކޮށްލީ އަންޖަލް ބުނާ އެއްޗެއް ބަލައިލުމަށެވެ.
“ސީރިއަސްލީ ރާދިން. އަހަރެން މިއޮއް ހުރިހާ ދުވަހު ރާދިން ހާސްކުރަން ނުކުރަނީ ކޮން ކަމެއްތަ؟ އެކަމް އަހަރެން ރާދިން ފަހަތުން އެވަރުން އުޅުނުއިރު ކުއްލިއަކަށް އަވްލީން އައިސް ރާދިން ޖަހައިގަތީމަވެސް އަހަރެންވީ ހަމަ އެއްވެސް ކަމެއް ނުކޮށް ބަލަން ހުންނަންތަ؟ ނޯވޭ އެހެންނެއް ނުވާނެ އަހަރެން ހުއްޓާ އެ އަވްލީން އަށް ދުވަހަކުވެސް ރާދިންގެ ހަޔާތަކަށް ނާދެވޭނެ.”
*****************
“އެހެންވެ އަހަރެން އެގޮތަށް ކަންތައްކުރީ. އަންޖަލް ބުނާ ގޮތަށް ކަންތައް ނުކޮށްފި ނަމަ ލީން އަށް އޭނަ ހަދާލާނެގޮތެއްވެސް ނޭނގޭ.” ރާދިން އެވާހަަކަތައް ކިޔާދީ ނިމުންއިރު ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ކޮންމެ ކަމެއް ކުރަން ޖެހުނު ނަމަވެސް އަވްލީންގެ ސަލާމަތަށްޓަކައި ރާދިން އަށް މިއަދު އަވްލީން އާއި ދުރަށް ދާން މަޖުބޫރެވެ.
“ރާދް އަހަރެން ބުނާ އެއްޗެއް ވެސް އަޑުއަހާބަލަ. އެމީހުން އެއީ ކިތެއްމެ ބޮޑު ގޭންގް ސްޓާސްއަކަށް ވިޔަސް އަހަރެމެންނަށް އެމީހުން ބޭޒާރުކޮށްލަން މަސައްކަތްކުރެވިދާނެއޭ. ޕޮލިހުގަ އުޅޭނެ އަހަރެންގެ ވަރަށް ގާތް ރައްޓައްސެއް އޭނަ އަހަރެމެންނަށް އެހީތެރިވެދޭނެ އަހަރެން ބުނެއްޖެއްޔާ.” ރާދިންގެ ހާލަތަށް ހަމްދަރުދީވާ ހާލު ރާހިލް އޭނާގެ ހިޔާލު ހިއްސާކުރިއެވެ.
“ނޫން އަހަރެން ބޭނުމެއް ނޫން އެއްވެސް ކަހަލަ ރިސްކެެއް ނަގާކަށް. މީގެ އެއްވެސް ކަމެއްގެ ހިލަމެއްވެސް އަންޖަލް އަށް ވެއްޖެއްޔާ އޭނަ ލީންގެ ދުވަސް ދުއްވާލާނެ. އަހަރެން ބޭނުމެއް ނޫން ލީންގެ ލައިފް އާއި ނުރައްކަލެއް ދިމާވެދާނެ ގޮތަކަށް އެއްވެސް ކަމެއް ކުރާކަށް. އައި ޑޯންޓް ވޯންޓް ޓު ޓޭކްއަ ރިސްކް އެބައުޓް އިޓް.” އަވްލީންގެ ފުރާނައަށް ނުރައްކާވާނެފަދަ އެއްވެސް ކަމެއް ކުރާކަށް ހަމަހިލާ ރާދިން ބޭނުމެއް ނޫނެވެ. އެހެންކަމުން ވަގުތުން ރާހިލްގެ ބަހަށް އޭނާ އިންކާރުކުރިއެވެ.
“އަންޖަލް އަަށް މީގެ އެއްވެސް ކަމެއްގެ ހިލަމެއްވެސް ވިޔަކަ ނުދޭނަމޭ ރާދް. އެންޑް އަވްލީން އެއީ އަހަރެމެންނަށް ވެސް ދުރުމީހެއް ނޫނެއްނު މިހާރު. ލީންގެ ސަލާމަތާއި ރައްކާތެރިކަމަށް އަހަރެމެންވެސް ވިސްނަމޭ. ރާދް މިކަމާ އިންވޯލްވް ވާނެކަމެއް ނެތް. މިކަމުގަ ކުރަންޖެހޭ ހުރިހާ ކަމެއް އަހަރެމެން ދެމީހުން ބަލާނަން އެންޑް ރާދް އަށް ހުރިިިހާ އަޕްޑޭޓްސްއެއް ދޭނަން. އޭރުން އަންޖަލް އަށް ވެސް ޝައްކެއް ނުވާނެ.” މާހިލް ރާދިން އަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.
“ކީއްވެގެންތަ ދެމީހުންނަށް އަހަރެން ބުނާ އެއްޗެއް ގަބޫލުނުކުރެވެނީ؟ އަންޖަލް އެއީ ތިހީކުރާހާ ފަސޭހައިން ފޫލް ހެއްދޭނެ މީހެއް ނޫނޭ.” ރާދިން ދެންވެސް އެއްބަސްވާކަށް ބޭނުމެއް ނުވިއެވެ.
“ރާދް ޖަސްޓް ޓްރަސް އަސް ބޯޓް. ރާދް އަށް ވެސް އަދި ލީން އަށް ވެސް އެއްވެސް ކަހަލަ ދެރައެއް ލިބޭނެ ކަހަލަ ކަމެއް ވިޔަކަ ނުދޭނަން. އަހަރެމެން އެމީހުންގެ ކަންތައް ހަމައަކަށް އަޅުވަން އުޅޭނަން. ރާދް ހަމަ ނޯމަލްކޮށް އަންޖަލް އާއި އެއްކޮށް އުޅޭނީ އޭރުން އޭނައަަށް އެއްވެސް ކަމެއްގެ ހިލަމެއް ނުވާނެއޭ. އެންޑް އެހެން މީހުންގެ ކުރިމަތީ އަހަރެމެން ދެންވެސް ތިބޭނީ ރާދް ދެކެ އަދިވެސް ހިތްހަަމަނުޖެހޭކަމަށް ދައްކާގެން. އޯކޭ އެއްނު.” ރާހިލް ބޭނުންވީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ރާދިން މިކަމަށް އެއްބަސް ކުރުވާށެވެ. އެންމެފަހުން ރާހިލް އާއި މާހިލްގެ އެތައް ވާހަކައަކަށް ފަހު އެގޮތަށް ކަންތައްކުރުމަށް ރާދިން އެއްބަސްވިއެވެ.
**************
މައިރާ އާއި އަވްލީން ތިބީ މައިރާ އުޅޭ ގެއާއި ދިމާލުގައި އޮންނަ ބީޗްގައެވެ. ދެމީހުންވެސް އެކަކު އަނެކަކާއި ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ.
“ލީން އަހަރެން ސުވާލެއްކޮށްލަންތަ؟ އިފް ޔޫ ޑޯންޓް މައިންޑް….” މައިރާ އެހެން އިނދެފައި އަވްލީން ކައިރީގައި އަހައިލިއެވެ.
“އަހާބަލަ. މައި ނުޖެހޭނެ ދޯ ތިހެން ހުއްދައަށް އެދޭކަށް އަހަރެން ގާތު އެއްޗެއް އަހަން. ޔޫ އަރ މައި ބެސްޓީ އެއްނު.” މައިރާގެ ކޮނޑުގައި ކުޑަކޮށްޖަހައިލަމުން ހީލާފައި އަވްލީން ބުނެލިއެވެ.
“ވާހަކައިގެ ގޮތުން ދެން އެހެން އަހާލީހަމަ. އެނީވޭސް… މި އަނެއް… މިސާލަކަށް ލީން އަށް އެނގުނީއޯ ރާދް ކުރިން އެގޮތަށް ކަންތައްކުރީ ސަޕޯސް ކޮންމެވެސް ކަހަލަ މަޖުބޫރީކަމެއް ދިމާވެގެން ކަމަށް. އެންޑް ފަހުން ހަގީގަތް ލީން އަށް އެނގުނީމަ ވިލް ޔޫ ފޮގިވް ހިމް؟” މައިރާ އޭނާގެ ހިތުތެރޭގައި މިއޮތް ހުރިހާ އިރު އޮތް އެންމެ ބޮޑު ސުވާލު އަވްލީން އާއި ކޮށްލިއެވެ. އަދި އަވްލީން ދޭނެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔައީ ކެއްތެރިކަމެއްނެތް މީހެއް ފަދައިންނެވެ.
= ނުނިމޭ =
8 Comments!
Comments are closed.
Hama balabala hutta this up kohly v reethi mi bai vx….when is next part..
When is next part? Story really nice nd interesting, avahah up kohdhyba, please
Varah reethi… Waiting for the next part
cnt wait fr the next part.plx up tht asap.
when Next?????
Koba thr next part vv curious ????☺️??☺️
so nice,When is next part …….
She will say no