Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެނގުމެއްނެތި…1

Jinni Level 410 Stories100 Login100 Comments500 Login
December 13, 2018 5 Mins Read
12 Comments

“ނުކުރާނަން… ދުވަހަކުވެސް މާފެއްނުކުރާނަން.!” އަތް ގޮންމުއްކަވާފައި މޭޒުމަތީ ޖެހި އީތަންވަނީ ރުޅިއައިސް ރަތްވެފައެވެ. އޭނާގެ ބާއްޖަވެރި ހަޔާތް އެފުށް މިފުުށަށްޖެހި އަންހެންކުއްޖާއަށް އޭނާ ހުރީ ދުވަހަކުވެސް މާފުދޭ ގޮތަކުނޫނެވެ.

“އާނ… އެއްގޮތަކަށްވެސް މާފުކޮށްގެން ނުވާނެ. އީތު މާ ހެވީއޭ. މަ ނަމަ މިހާރު އެ އަންހެނާ ދިރިހުއްޓާ ވަޅުލީސް.” ކައިރީގައި އެކްސެލް ދަޅެއް ދަމަން އިން ޖިނާހު ބުންޏެވެ. ޖިނާހާއި އެއްބަސްވުމުގެ ގޮތުން ރިފާއު އާނ ކިޔައިލިއެވެ.

އީތަންއަކީ ރަށު ސުކޫލުގައި ހޭދަކުރި ދިހަ އަހަރު ތެރޭގައި ހިތުހުރި ގޮތަކަށް އުޅެމުން އައީ ކުއްޖެކެވެ. ރަށުގައި އުޅޭ އެންމެ ފޯރާ އާއިލާއަށް ނިސްބަތްވީކަމަށްޓަކައި ބާރުގެ ބޭނުންކުރެވެން އޮތީ ބޭނުން ވަރަކަށް ކަމަށްވާތީއެވެ. އެންމެ ކުޑައިރުންސުރެ ގޯސްކޮށް ކަމެއްކޮށްގެން އަދަބުދޭ ޓީޗަކަށް އޭނާގެ ބައްޕަ ޖަމާލު ދޭނީ އެއަށްވުރެ ބޮޑު އަދަބެކެވެ. ދޮންފުތުކޮށްގެން ގެންގުޅު ހަމައެކަނި ދަރި އެޅީ އަނެއް އަތަށެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ކުރާ ހުރިހާ ކަމަކީ ރަނގަޅު ކަމެއްގޮތުގައި ވިސްނައިދެނީ އުފަން ބައްޕަވިއްޔާާއެވެ. އެ އާއިލާއަކީ، އެ މީހުންނަށްވުރެ ފަގީރު ކޮންމެ ބަޔަކީ ދަށް ބަޔެއްކަމަށް ދެކޭ، ޖާހިލު، ޒީލަގަދަ އާއިލާއެކެވެ. މިގޮތުގައި ސްކޫލުގައި ހޭދަކުރި ދިހަ އަހަރުން، ދަރިވަރުންނާއި މުދައްރިސުންވެސް އީތަން ވަނީ އޭނާގެ ބާރުގެ ދަށަށް ގެނެސްފައެވެ. މިފަދަ ބާާރުވެރިކަމަކަށް ހީނަރުކަން ގެނައީ ރަށުގައި ދެވަނައަށް އެންމެ ބަސްހިނގާ ފަރާތްކަމުގައިވާ މުދިމު ޔޫސުފްގެ ދަރި، އަލީޝާއެވެ. ސްކޫލު ފުރަގަހުގައި އީތަންއާއި އޭނާގެ އެކުވެރިން ރަށު ގޭންގަކާއިއެކީ ޖުވާކުޅޭކަން ފުލުހުންނަށް ރިޕޯޓުކޮށް އީތަން މުޅި ރަށަށް ފަޟީހަތްކޮށްލިއެވެ. ޖުވާކުޅުމުން ދަރާފައިވީހާ ފައިސާތަކެއް އަދާކުރުމަށް ޖަމާލު ޖެހުނީ އޭނާގެ މުދާގަނޑު ދުއްވައިލަންށެވެ. ހާލުގަ ޖެހުނު ދުވަހު އެހީވެދިނީ ޔޫސުފްއެވެ. އެ އެހީތެރިކަމަށް ޖަމާލު ކިތަންމެހާވެސް ޝުކުރުވެރިވިއެވެ. އެއޮށްހާދުވަހުގެ ޖާހިލުކަމަށް ރަށު ރައްޔިތުން ކުރިމަތީ މާފަށްވެސް އެދުނެވެ. ނަމަވެސް އީތަންގެ މޭގައި އިއުތިރާފުގެ ކަންފުޅެއްވެސް ނެތެވެ. އެ ހުރިހާމެއް މެދުވެރިކުރުވި އަލީޝާއަށް ކެކިގަތް ނަފްރަތް ފިޔަވައެވެ.

ދެ ހަފްތާގެ ސަސްޕެންޑަށްފަހު ސްކޫލަށް ވަދެގެން އައީ ބޭރުފުށުން މުޅިން އާ އީތަންއެކެވެ. އިސްތަށިގަނޑު ކުރުކޮށް އެއްވަރުކޮށް، ރީތިކޮށް ބެގީޖަހައި، ޓައި އަޅާފައި ހުރުމުން ހޯލްވޭތަކުން އޭނާއަށް ލޯ ހުއްޓާނުލާ މީހަކުނެތެވެ. އަނެއްކާ މިއަދު އިރުއެރީ ކޮންކޮޅަކުންބާއޭ ކިޔަމުންދިޔައެވެ. ކުލާހަށް ވަތްއިރު ކުލާހުންވެސް ފެނުނީ އެއް ނަޒަރުތަކެކެވެ. ޑެސްކުދޮށުގައި އިށީންދެ ދަބަހުން ބޯ ފޮތެއް ނަގައި ކިޔަންފެށުމުން ކުލާސްކުދިންގެ ހެޔަށް ގޮތްނުވީ ކިރިޔާއެވެ. އީތަން އެހާ ޝައުގުވެރިކަމާއިއެކު ފޮތެއް ހިފައިގެން އިންދާ އެ ކުދިންނަށް ފެނުނީ އަލަށެވެ.

ފޮތްމަތިން ލޯ ދިއްކޮށްލާފައި އީތަން ބަލައިލީ ކުދިންތަކުތެރޭގައި ހަށިފުއްޕާލައިފައި ހުރި އަލީޝާއަށެވެ. ކިތަންމެ އިސްކޮޅުން ކުޑައަކަސް އޭނާގެ ކުޅަދާނަކަން ކުޑައެއްނުވާނެއެވެ. އީތަން ބޭޒާރުކުރި ހާދިސާާއަށްފަހު ޓީޗަރުންނާއި ގިނަ ކުދިންތަކެއްގެ ފަރާތުން އޭނާއަށް ލިބެމުން އައި ލޯބި ވީ އިތުރެވެ. ކިޔެވުމުންނާއި، ކުޅިވަރުގެ ދާއިރާއިންވެސް ރަންވަނަތަކެއް ހާސިލުކުރާ އަލީޝާއަކީ އީތަންއަށް އެއް އިރެއްގަައިވެސް ކަމުދިޔަ ކުއްޖެއްނޫނެވެ. އެ ނުރުހުމުގައި ހަސަދަވެރިކަމެއްވެސް އެކުލެވިގެންވީއެވެ.

އެދުވަހު އީތަން ކުލާހުގައި ފިލާވަޅަށް ސަމާލުކަންދީ، ސުވާލުކޮށް، ސުވާލަށް ޖަވާބުދިންވަރުން ޓީޗަރުނަށްވެސް ލިބުނީ ހައިރާންކަމެކެވެ. ލޮބީތަކުގައާއި ސްޓާފްރޫމްތަކުގައި ދެކެވެމުންއައި ހައިރާންކަމުގެ ވާހަކަ އުފާވެރިކަމަށް ބަދަލުވާާކަން މާގިނައިރެއް ނުނެގިއެވެެ. އީތަންފަދަަ ކުއްޖަކު ރަނގަޅު ދަރިވަރެއްގެ ގޮތުގައި ކުރިއަށް ދާތަން ބަލަން ޓީޗަރުން ކިތަންމެހާވެސް ބޭނުންވެއެވެ.

އިންޓަވަލް ގަޑީގެ ބެލް ޖެހުމާއިއެކު ހުރިހާ ކުދިން މިސްރާބުޖެހީ ސްކޫލު ކެންޓީނަށެވެ. އީތަންއަށް އެއީ އެހެން ދުވަސްދުވަހު އޭނާގެ އެކުވެރި ޖިނާހުއާއި ރިފާހުއާއިއެކީ ސަކަރާތްޖަހާ ވަގުތެއް ނަމަވެސް މިއަދު އޭނާ ކަންތައްކުރީ ތަފާތުކޮށެވެ. ސްކޫލުގައި ބައްދަލުކުރާ ވަގުތު މަދުކުރަންޖެހޭނެ ކަމަށް ބުނީ އެ ދެ އެކުވެރިންގެ ސަބަބުން އޭނާ ބަސްއަހާ ކުއްޖެއްގެ ގޮތުގައި ކޮށަން މިއުޅޭ މަގަށް ބުރޫއަރާފާނެތީއެވެ.

ކުލާހުގައި ތިބީ އީތަންއާއި އަލީޝާގެ އިތުރުން އަލީޝާގެ ދެތިން އެކުވެރިއެކެވެ. ބޭރަށް ހިނގާށޭ ކިޔައި އެކުވެރިން އާދޭސްކޮށްކޮށްވެސް ފިލާވަޅު ނިންމާފައި ނޫނީ ނުދާނަންކަމަށް އަލީޝާ ގޮތްދޫނުކުރުމުން އަވަސްކުރާށެކިޔާފައި އެކުދިން ގޮސްފިއެވެ. އެންމެ ފަހަތު ބަރީގައި ފިލާވަޅު ހަދާކަމަށް ހަދައިގެން، އެންމެ ކުރީ ބަރީގައި އިން އަލީޝާއަށް އީތަން ބަލަން އިނެވެ. ވާހަކަދައްކާނެ ރަނގަޅު ދަނޑިވަޅަކަށް ވިސްނަ ވިސްނައެވެ.

ހަދަން އިން ފިލާވަޅު ނިމުމުން ފޮތް ލައްޕާލާފައި ޑްރޯވާއަށް ކޮއްޕައިލަމުން އަލީޝާ ކުލާހުން ބޭރަށް ނުކުތެވެ. މަންމަ މާ މީރުކޮށް ރިހާާކުރު ތެއްލާފައި ހުރުމުން ހެނދުނުު އޭނާއަށް ކެވުނީ މާ ގަަދަޔަށެވެ. އެހެންވެ ކާ ހިތެއްވެސް ނެތެވެ. ކެންޓީނު ކައިރިއަށް ނަޒަރުހިންގައިލިއިރު އެކުވެރިންކޮޅު ތިބީ އެތާއެވެ. ތޮއްޖެހިފައިވުމުން އެ ދިމާއަށް ނުގޮސް އަލީޝާ ނުކުތީ ފުރަގަހުގައި އޮންނަ ޕްލޭގްރައުންޑަށެވެ. އެ ހިސާބުގައި އެކަކުވެސް ނެތެވެ. ވިނަގަނޑުމަތީ ޖައްސައިލިއިރު އޭނާއަށް ދެ މީހަކު ފާރަލާކަން ރޭކާނުލައެވެ.

“އަލީޝާ.” އޭނާގެ ނަމުން މީހަަކު ގޮވައިލި އަޑަށް އަލީޝާ ފަސްއެނބުރި ބަލައިލިއެވެ. ފަހަތުގައި ހުއްޓިލައިގެން ހުރީ އޭނާާ ނުދަންނަ ފިރިހެންކުއްޖެެކެވެ.

“އަހަންނަށް ކިޔަނީ އިބްރާހީމް. އެބައޮތް ވާހަކައެއް ބުނަންވެފަ.” ދެ ޖީބަށް އަތްޖަހައިގެން ހުރި ގުރޭޑު ނުވައެއްގެ އިބްރާހިމް ބުނެލިއެވެ. އަލީޝާ ކޮޅަށް ތެދުވެ އޭނާ ކުރިމަތީ ހުއްޓެމުން ކޮން ވާހަކައެއްތޯ އަހައިލިއެވެ.

“އަހަންނަށް އަލީޝާ ވަރަށް ކަމުދޭ. މީހަކާ ރައްޓެހިވެގެންނެއް ނޫނެއްނު އުޅެނީ. އަހަންނާ ރައްޓެހިވާނަންތަ؟” އިބްރާހިމް އެއްސެވެ. އަލީޝާ މާ ހަައިރާާނެއްނުވިއެވެ. އެއީ އޭނާއަށް އާ ކަމެއް ނޫނެވެ. އޭނާއާއި ހިތާވާ އެކި އުމުރުގެ ފިރިހެނުން އޭނާއަށް ލޯޯބި ހުށައަޅައެވެ. މަހަކު މީހަކު، ދެ މީހަކު ރައްޓެހިވާން އަހާނޭ ބުންޏެސް ދޮގަކަށް ނުވާނެއެވެ.

“ސޮރީ އިނގޭ. މި ވަގުތު މީހަކާ ރައްޓެހިވާ ހިޔާލެއް ނުގެންގުޅެން.” އަލީޝާ ޖަވާބުދިނީ އަބަދުވެސް ދޭ އުސޫލުން ހިތްހެޔޮކަމާއިއެކުއެވެ.

“ދެން ހިޔާލު ގެންގުޅެންވީނު. މަ އަސްލުވެސް ވަރަށް ލައިކުވެއޭ އަލީޝާދެކެ.” އިބްރާހިމް ހުރީ ދޫކުރާ ގޮތަަކު ނޫނެވެ. އަލިޝާ އަނެއްކާވެސް ރީތިކޮށް އިންކާރުކުރިއެވެ. އިބްރާހިމް މާ ގަދަޔަށް ގޮތްދޫނުކޮށް ކިޔަން ފެށުމުން އަލީޝާ ގާތަށް ރުޅިއަންްނަގޮތްވިއެވެ.

“ބުނެފީމެންނު ރައްޓެހިވާކަށް ބޭނުމެއްނޫނޭ!” އަލީޝާއަށް އަޑުހަރުކޮށްލެވުނެވެ. ވަގުތުން އިބްރާހިމްގެ މިޒާޖު ބަދަލުވެއްޖެއެވެ.

“އޭތް! ނުފުއްޕައްޗޭ!” އިބްރާހިމްގެ އަލީޝާއާއި ގާތަށް ދެފިޔަވަޅު އަޅާފައި ބުންޏެވެ.

“ރީތިކޮށް ބުނީމަ ގޮތްދޫކޮށްބަލަ ދޯ” އަލީޝާ ޖެހިލުމެއްނުވެއެވެ. އިބްރާހިމް ދެލޯ ފުޅާކޮށްލިއެވެ.

“އަލީޝާ!!! މައި ބުރޯ!!!” ކުއްލިއަކަށް މީހަކު އެ ދެ މީހުންގެ ދޭތެރެއަށް ވަދެގަަތްފިއެވެ. އިބްރާހިމަށް ސިހިފައި ފަހަތަށް ޖެހިލެވުނެވެ. އީތަން ފެނުމާއިއެކު އައިސްފައި ހުރި ރުޅިގަނޑު އެރީ ކޮންތާކަށް ކަމެއް ނޭންގެއެވެ. އީތަންގެ ބާރުގަނޑު ނޭންގޭ ކުޑަކުއްޖެއްވެސް އެ ސުކޫލުގައި ނުހުންނާނެއެވެ. “ކޮން ކަމަކާ މާ ވަރަށް ތި ބަހުސްކުރަނީ؟ މަ ވެސް ވައްދަބަލަ.” އީތަން ވަރަށް ޝައުގުވެރިވާކަން ދައްކަމުން ބުނެލިއެވެ. އެއްވެސް ވާހަކައެއް ނޫނޭ ކިޔައިފައި އިބްރާހިމް ބާރުބާރަށްގޮސް ފިލައިފިއެވެ.

“ކީތްތިކުރަނީ؟” އަލީޝާ އެއް ބުމަ ހިއްލާލަމުން އީތަންގެ އެ ހަރަކާތުގެ މާނަ ނުވިސްނިގެން އަހައިލިއެވެ. އަލީޝާއާއި ދިމާއަށް އެނބުރުނު އީތަންގެ ލޮލުގައި ވީ އެތަނަށް އައިއިރު ދެއްކި އެކުވެރިކަމެއް ނޫނެވެ.

“އަހަރެންގެ ޝިކާރަ މީހެއްގެ އަތުގަ ޖެހުނަނުދީ ސަލާމަތްކުރީނު.” އަޑު ބަރުކޮށްލަމުން އީތަން ބުނެލިއެވެ.

“ބަސްއަހާ ކުއްޖަކަށްވީއެއްނޫންތަ؟ އަސްލު ކުލަ ދައްކައިގެން މަ އަނެއްކާ ބަޓުކޮށްފިއްޔާ ކިހިނެތް ހަދާނީ؟” އަލީޝާ ގޮންޖަހައިލިއެވެ.

“ތިހެން މާ ފޮނިވެފަ ހުރެވޭނެކަމަށް ހީނުކުރާތި. ކަލޭ އަހަންނަށް ޖެއްސި ހާލުގެ ބަަދަލުހިފާނަން! ކުޅިދައްކާލާނަން!” އީތަން އިންޒާރުދިނެވެ.

“ހޫނ… ތި ކުޅިއެއް ދައްކަބަލަ! އެންމެ ފަހުން ދަށްވާނީ ހަމަ ކަލޭ. އަހަންނަށް ކިތަންމެ ގޯނާއެއްކުރަން ހިތުލިއަސް، ތި ކުނި އެތެރެފުށް މީހުންނަކަށް ނުފޮރުވޭނެ!” އަލީޝާ ރައްދުދިނެވެ.

“އޭތް އެ ތިބީ އީތަންއާ އަލީޝާއެންނު. އެ ދެމީހުން އެއްކޮށް ކީއް އެ ކުރަނީ؟” އެދިމާއަށް އައި ދެ އަންހެންކުދިންނަށް އީތަންއާއި އަލީޝާ ފެނުމުން ކިޔައިލިއެވެ. އެ އަޑު އިވި އީތަން ވަގުތުން އޭނާގެ ކުލަވަރު ބަދަލުކޮށްލައިފިއެވެ.

“އައިމް ރިއަލީ ސޮރީ އަލީޝާ. އަހަންނަށް މިއޮއްހާ ދުވަހު އުޅެވުނީ ވަރަށް ގޯސްކޮށް. އަލީޝާއަށްވެސް ވަރަށް އެއްޗެހި ކިޔިފަ ހުންނާނީ. މީގެ ފަހުން ދެން އެހެންނެއް ނޫޅޭނަން.” އެ ދެ އަންހެންކުދިންނަށް އިއްވަން އީތަން ކިޔައިލިއެވެ. އަލީޝާ ފަކުރުން އަނގަ ޗޭކޮށްލިއެވެ. 

“އެ އީތަން ހަމަ އަސްލަށްވެސް ސާލިހުވީދޯ. މަ އަޑުއެހިން މިއަދު ކުލާހުގަވެސް ވަރަށް ރަނގަޅޯ. ދެން ބުނެއެންނު ކޮންމެ މީހަކަށްވެސް ވިސްނޭނެ ދުވަހެއް އަންނާނެއޭ.” އެއް އަންހެންކުއްޖާ ހީލާފައި ބުންޏެވެ.

“އާނ… އެކަމަކު އެ އަލީޝާ ދުށިންތަ ދެންމެ؟ އެއޮތް ޖައްސައިލި ވައްތަރެއް. އެއޮއްވަރަށް އެ ފަކީރު މާފަށްއެދުނުއިރުވެސް އޭނަ ހަަމަ ގޮތުގަ ދޯ.” އަނެއް އަންހެންކުއްޖާ އެހެން ބުނުމާއިއެކު ދެ ކުދިން އެއްފަހަރާ ހިނިގަނޑެއްޖަހައިލިއެވެ. މީހުންގެ މުޅަ މަސް ކެއުމުގައި ހަމަ އެއްވަނައިގައި ތިބި ބައެކެވެ. އަލީޝާޔާ މާ ގަޔާވާ ބައެއްހެނެއް ހިއެއްނުވިއެވެ. ލޯބިވާ މީހުން ގިނަވީ ވަރަަކަށް ހަސަދަވެރިވާާމީހުންވެސް ގިނަވާނެތާއެވެ. އެއީ މި ދުނިޔޭގެ އުސޫލެވެ. އެ ދެ އަންހެންކުދިން ދިއުމުން އީތަންގެ ތުންފަަތަށް ވެރިވީ ކިބުރުވެރި ހިނިތުންވުމެކެވެ.

ހެނދުނު ދަންފަޅީގެ ކިޔެވުން ނިމުމުން ދެން އޮތީ ކްލަބްތަކާއި އިތުރު ހަރަކާތްތަކެވެ. އަލީޝާ ދިޔައީ އިންޓާރސްކޫލު ފަތާ މުބާރާތުގެ ފަރިތަކުރުމަށެވެ. ވަށައިގެން މޫދު އޮތްނަމަވެސް ސްކޫލުގެ އިތުރު ހަރަކާތްތަކަށް ބޭނުންކުރަން ސްކޫލު ތެރޭގައި އިންޑޯ ޕޫލްއެއް އޮވެއެވެ. ބެލެނެވެރިން ބޭކާރުކަމެއްގެ ގޮތުގައި ދެކުނަސް ސްކޫލުގެ ޕްްރިންސިޕަލް ފެތުމަށް ހުންނަ ލޯބިން ހެދި ތަނެކެވެ.

ސްވިމިން ސޫޓުގައި ހުރި އަލީޝާ ލޮލުގައި ގޮގްލްސް އަޅައިލުމަށްފަހު ފެންގަނޑަށް ފުންމައިލިތަން ބަލަން ތޫބާ އިނީ ގަދަރުން ފުރިފައިވީ ލޮލަކުންނެވެ. ކުޑައިރުންސުރެވެސް އޭނާ އަލީޝާކަހަލަ ހުނަރުވެރި ކުއްޖަކަށް ވާން ބޭނުންވިއެވެ. ހިތުގެ މައްސަލައެއް ހުންނަ ކުއްޖެއްކަމުން ކުޅިވަރުތަކުގައިވެސް ބޭނުންވާ ވަރަކަށް ބައިވެރިއެއް ނުވެވެއެވެ. އެފަދަ ތޫބާއަށް، އަލީޝާއަކީ އަތް ނުފޯރާފަށުގައި ހުރި ރޯލް މޮޑެލްއެކެވެ.

އަލީޝާ ފަތާތަން ބަލަހައްޓައިގެން އިން ތޫބާއަށް ދެވަނަ ބުރިން ކަޅިއަޅަންހުރި އީތަންގެ ސިކުނޑީގައި ވަނީ ރޭވުމެއް ރާވާލާފައެވެ. އޭނާ އިންތިޒާރުކުރަމުން އައީ އަލީޝާ ފަތާ ނިމިގެން އަރާނެ އިރަކަށެވެ. ތިރީސް ވަރަކަށް މިނެޓުފަހުން އެ ވަގުތު އައިސް ޖެހިއްޖެއެވެ. ޕޫލްދޮށަށް ވަންނަ ދޮރު ކުރިމަތީ ތިބި ޖިނާހުއާާއި ރިފާއު ސިގްނަލް ދިނުމުން އީތަން ތިރިއަށް ފޭބިއެވެ. އަލީޝާ ފާާހަނައަށް ވަތް ވަގުތު ބަލާފައި ޖިނާހުއާއި ރިފާއު ސަކަރާތްޖަހަމުން ޖަހަމުންގޮސް ލުބާގެ ގައިގަައި ޖެހިގަތެވެ. ބަލާލާ މީހަަކަށް ހީވާނީ އޮޅިގެން ޖެހުނީހެންނެވެ. ޕޫލްގެ މަގަތުގައި އިން ލުބާ ވަރަށް ފަސޭހަކަމާއެކު ފެންގަނޑުތެރެއަށް ވެއްޓިއްޖެއެވެ. އެތާ ތިބި ހުރިހާ އެންމެނަށް އެ ދިމާއަށް ބަލައިލެވުނެވެ. ލުބާއަކަށް ފަތާކަށް ނޭންގެއެވެ. އަޑިއަށް ނުދިއުމަށް ގަދަޔަށް މަސައްކަތްކޮށް ސަލާމަތަށް އެދި ގޮވަންފެށިއެވެ. އެހެން މީހަކަށް ގުޑިވެސްނުލެވެނީސް، ބާރުބާރަށް އައިސް ބޫޓު ބާލައި އެއްލާލާފައި މޫދަށް ފުންމައިލީ އީތަންއެވެ. ލުބާ ގެނބުމުގެ ކުރިން ވަރަށް ހުޝިޔާރުކަމާއިއެކު ސަލާމަތްކުރިއެވެ. ލުބާގޮވައިގެން މައްޗަށް އެރުމުން ހުރިހާ ކުދިންނާއި ޓީޗަރުވެސް އެތަަނަށް އެއްވެއްޖެއެވެ. ލުބާގެ ހާލުއަހުވާލު އެހުމަށްފަހު ހުރިހާއެންމެން ދެން ބަލައިލީ އީތަންއަށެވެ. އީތަންގެ ހެޔޮކަމަށް ހިތުތެރެއިން އެންމެން އަތްތިލަބަޑިޖެހި ކަހަލައެވެ. އެންމެންގެ އިތުބާރު ހޯދުމަށް ރޭވި ރޭވުން ކާމިޔާބުވުމުން އީތަން ވަރަށް ހިތްހަމަޖެހުނެވެ.

ފާހަނައިން ނުކުތް އަލީޝާއަށްް ވީނުވީ އިނގުނީ އެހެން ކުއްޖެއްގެ ދުލުންނެވެ. އީތަންއަށް އޭނާ ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. ބަދަލުގައި އީތަން ބޮޑާގޮތަކަށް ހިނިތުންވެލިއެެވެ.

“ވަރަށް ލުއި މަންޖެއެއް. ވައްޓާލަންވެސް ފަސޭހަ، ނަގަންވެސް ފަސޭހަ…” އީތަން އަލީޝާގެ ކަންފަތްބުޑުގައި ވައިއަޑުން ކިޔައިލިއެވެ. އަލީޝާގެ ލޭ ކެކިގަތެވެ. އޭނާ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

މަގޭ ހިތް ދެން ނުތަޅުވާށޭ….

Next

ނޫރިޝް ( ހަވަނަ ބައި )

Next
December 13, 2018

ނޫރިޝް ( ހަވަނަ ބައި )

Previews
December 13, 2018

މަގޭ ހިތް ދެން ނުތަޅުވާށޭ….

12 Comments!

  1. hamtii says:
    December 13, 2018 at 11:38 pm

    vrh vrh salhi..new story eh feshee dhw..thanks..when is next part???waiting..ehaa ginadhuvas inthixaaru ga nubahattathi..hehe

    1. Jinni says:
      December 14, 2018 at 11:07 am

      thank u nxt part maadhan up kohdheynan ingey

  2. Nattu says:
    December 14, 2018 at 4:14 pm

    Yay jinni is back . Wow nice stry. Keep it up

    1. Jinni says:
      December 14, 2018 at 4:59 pm

      ya im back thnx nattu

  3. Nattu says:
    December 14, 2018 at 8:57 pm

    When is the next part jinni . I love ur stories BTW if u dont mind can i ask u a question

    1. Jinni says:
      December 14, 2018 at 9:59 pm

      next part maadhan ingey. n sure ask me if the question is not too personal i’ll answer ?

  4. Nattu says:
    December 15, 2018 at 10:12 am

    Can we be friends …???

    1. Jinni says:
      December 15, 2018 at 1:42 pm

      we r already friends. magey vaahaka kiyaa emmenakee magey friends ey?

  5. Sis says:
    December 16, 2018 at 6:32 pm

    Yes! Jinni is back… ? Aslu jinni kurin liyunu vaahaka thakah vure Mi vaahaka reethi vaanehen heevani.. I mean i vx jinnige hurihaa vaahaka eh nukiyan dhw… But kiyunu story thakuge therein vaahaka… Anyway Mi story ge feshun varah varah interesting.. ?? Hope you can finish it without any fail.. ? #IN WAITING.. ❤️❤️❤️

    1. Jinni says:
      December 17, 2018 at 11:31 am

      thaanx iraadhakurevviyya nimendhen liyaanan ingey

  6. Rose says:
    December 18, 2018 at 12:26 pm

    This same thing happened to me… Well Goodluck Jinnii???

    1. Jinni says:
      December 19, 2018 at 1:46 pm

      ehendhw… thnx rose

Comments are closed.

Next Episodeއެނގުމެއްނެތި…2←


All Right Reserved!