Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

މަރުގެ ޒިންމާ

ismail ali kaleyfaanu Level 310 Stories100 Login100 Comments
January 4, 2019 One Min Read
2 Comments

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

 

ރީތިހަވީރެކެވެ.ގަހުގައިމާތައް ފަރިވެ ފޮޅިފައިވެއެވެ. ހަވީރަށް އަހަރެންވެސް ރީތިވެލައިގެން މަގުމައްޗަށް ނުކުތީމެވެ.އަހަރެންނަށް އެންމެ ރީތިމާކަމުގައިވާ ފިޔާތޮށި ފިނިފެންމަލެއް އަހަރެންގެ އަތުގައިއޮތެވެ.އެމާ އަހަރެންނަށް ރީތިވަނީ އެމަލުގެ ކުލަ ރީތިވީމައެވެ.އެމަލުން މީރުވަސް ދުވާތީއެވެ.އަހަރެންދެކޭގޮތުގައި އަހަންނަކީވެސް ފިނިފެންމަލެކެވެ.ކޮންމެ މީހަކުވެސް އަހަރެން ބިނދެލަން ބޭނުންވާނެއެވެ.އެކަމަކު އަހަރެން ބިންނަންވާނީ އަހަރެން ރައްކާތެރިކޮށް ގެންގުޅެވޭ ފަދަމީހަކަށެވެ.އެހެންނޫނީ އަހަރެންގެ ފިޔަތައް ޗިސްޗިސްވެ ހިގައިދާނެއެވެ.

އަހަރެންގެ ޒަވާޖީޙަޔާތުގެ ބައިވރިޔާ އަހަރެންދެކެ ވަރަށް ލޯބިވާންވާނެއެވެ.އަހަރެންނަށް ވަރަށް ކެއަރކުރަންވާނެއެވެ.އަހަރެންގެ ނާޒުކުކަންދެނެގަނެވޭންވާނެއެވެ. އަހަރެންގެ ގުރުނޑުފިޔައަށް ހަޖޫކިޔައިގެންނުވާނެއެވެ.އަހަރެންގެ މައިންބަފައިންނަކީ އޭނަގެވެސް މައިންބަފައިން ކަމުގައި ދެކޭންވާނެއެވެ.އަހަރެމެން ދެމީހުންނަކީ ދެޖިސްމުކަމުގައިވިޔަސް ރޫޙީގޮތުން އެކައްޗެއްކަމަށް ބަލާންވާނެއެވެ.

އަހަރެންދިޔަގޮތަށްދިޔައީ އަތިރިމައްޗަށެވެ.އެތަނުގައިވައިފިނިކޮށްލާން އިންދާކުރިން ނުދަންނަމީހަކު އައިސް ފިފެންމާ ދިނުމަށް އެދުނެވެ. އަހަރެންބުނީމެވެ. މިމަލުން ކުރެވޭނީ ކޮންބޭނުމެއް ހެއްޔެވެ؟.އޭނާބުންޏެވެ.ވަސްބަލާލާނީއެވެ.އަހަރެންބުނީމެވެ.މިމާވަރަށް އަވަހަށް މިލާމޯޅިވާނެޭނާބުންޏެވެ. އަހަރެން މިމާ ބިއްލޫރި ފުރޭމެއްގެ ތެރޭގައި ރައްކާ ކުރާނީއެވެ.އޭނާ މަލުގައި ހިފުމުގެ ބަދަލުގައި ހިފީ އަހަރެންގެ އަތުގައެވެ.އަދި ބުންޏެވެ. އަހަރެންބޭނުމީ މިމަލެވެ.އާނ މީގައިހިފާށޭ ކިޔައި އަހަރެން ވަރަށްލޯބިން ފިނިފެންމާ ދިނީމެވެ. އޭނާ އެމަލުގައި ހިފިއެވެ.އަދިވަރަށް ލޯބިން ދެތިން ފަހަރު ފިނިފެންމަލުން އެނަ ވަސްބެލިއެވެ.

އޭގެފަހުގައި އަހަރެމެންގެ ގުޅުން ބަދަހިވަމުންދިއައެވެ.އޭނަބުނިގޮތަށް ފިނިފެންމާ ފުރޭމެއްގެ ތެރެއަށްލިއެވެ. އަދިވަރަށްލޯބިން އެބަލަހައްޓަމުންދިއައެވެ.އަހަރެމެން ދެމީހުން ޒަވާޖީ ޙަޔާތެއް ފެށީމެވެ. އަހަރެމެން ދިރިއުޅޭން ހަމަޖެއްސީ އަހަރެމެން ރަށެވެ.އޭނައަކީ މާލެމީހެކެވެ. އެކަމަކު އޭނަގެ ޢާއިލާގެ މިހުންނަކާއި ގުޅުމެއް ނޯވެއެވެ.އަހަރެމެންގެ ހަޔާތުގެ މާބަގީޗާގައި ކުލަ ރީތިމަލެއްފޮޅުނެވެ. އެމާފޮޅުޅުވުމަށްޓަކައި އަހަރެން ޤުރްބާންތަކެއްވީމެވެ. ބަނޑުބޮޑު ދުވަސްވަރުވެސް ވަރަށްގިނަވޭން ތަޙައްމަލުކުރީމެވެ.

ވިހެއުމުގެ ތެރޭގައިވެސް ވަރަށްގިނަވޭން ތަޙައްމަލުކުރީމެވެ.

އެދުވަސްވަރުފިރިމީހާ އުޅެނީ ބަލިވެއެވެ. ޑޮކްޓަރަށް ދައްކަން ބުންޏަސް ޑޮކްޓަރަށް ނުދައްކައެވެ. ބަލިވެއެގޮތުގައި އޮތުމަށްފަހު އޭނަ ޞިއްޙީމަރުކަށްގެންދެވުނެވެ. އެތަނުން އެންގީ ވަޤުތުން މާލެ ގެންދިއުމަށެވެ.މާލެ ގެނައުމުން އެ ޢާއިލާގެ މީހުން އައެވެ. މާލެއިން ހެދި ޓެސްޓުތަކުން އޭނާ އެޗް.އައި.ވީއަށް ޕޮޒިޓިވް ވިއެވެ.މާގިނަ ދުވަހެއް ނުވެ މިދުނިޔެއަށް އަލްވަދާޢު ކިޔައިފިއެވެ.އަހަރެމެން މިދުނިޔެއަށް ޙަވާލުކޮށްފައެވެ.

ފިރިމީހަގެ މަރުގެ ޒިންމާ ގޭމީހުން އެޅުވީ އަހަރެންގެ ބޮލުގައެވެ.އެމީހުން ވަރަށް ހުތުރު އެއްޗެހި އަހަރެންނާ ދިމާއަށް ކިޔެވެ.އަދި އަހަރެންނާއި ދަރިފުޅު ދެކެން ބޭނުން ނޫންކަމުގައި ބުންޏެވެ. ޖަނާޒާގެ ކަންތައް ނިމުމުން އަހަރެމެން އެނބުރި ރަށަށް އައީއެވެ.

ފިރިމީހާ ނިޔާވުމުގެ ކުޑަދުވަސްކޮޅެއް ކުރީން އޭނަ އަހަރެންގެ ކިބައިން މަޢާފަށް އެދުނެވެ. އޭނަގެ ޒުވާން ދުވަސްވަރު ކުރެވުނު ކަންތައްތަކެއް ޙިއްސާއެއް ނުކުރެއެވެ.

(ނިމުނީ )

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 45

Next

ހުވަފެނުގެ ރާނީ 19

Next
January 5, 2019

ހުވަފެނުގެ ރާނީ 19

Previews
January 4, 2019

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 45

2 Comments!

  1. llllll says:
    January 5, 2019 at 12:17 pm

    Salhi maasha allah.

    1. އިސްމާޢިލް says:
      January 5, 2019 at 2:11 pm

      thank u

Comments are closed.



All Right Reserved!