Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 45

Sh@_n@ Level 410 Stories100 Comments100 Login
January 4, 2019 9 Mins Read
22 Comments

ކޮބާ ރަން ކިޔަންވީނު ، ޝާމިން މިހެންބުނުމާއެކު ހަފީޒާ ހައިފާގެ ކޮނޑުގައި ކޮއްޓާލިއެވެ.

ހަފީޒާގެ އުއްމީދު ހާސިލްވާތީ ހަފީޒާ އިނީ ވަރަށް އުފަލުންނެވެ. އެންމެފަހުން އެދި ހުރި ކަންތަށް ހާސިލްވުމުގެ ކޮޅުމަތި ފެނުމުން ހަފީޒާއަށް ލިބިފައިވާ އުފަލުގެ ކޮޅެއްނެތެވެ.

“އާނ، އަވަހަށް ރަންކިޔަން އުޅޭ” ހަފީޒާގެ ޖުމްލައިން އާމިރު އެއްޗެކޭ ބުނަން އުޅުނު ވަގުތު އަރީޝާގެ އަޑުއިވިފައި ހުއްޓުންއެރިއެވެ.

“އަހަރެމެން ނެތިސް ކިހިނެއް ރަންކިޔާނީ” އަރީޝާގެ ޖުމްލައިން އެންމެންނަށް އެދިމާލަށް ބަލާލެވުނެވެ. ހުރިހާ މީހުންގެ މޫނުމަތިންވެސް ފެންނަމުންދަނީ ހައިރާންކަމެެވެ.އެހެންނުވާންވީ ސަބަބެއްނެތެވެ. އަރީޝާގެ ކައިރީގައި އިސްޖަހާލައިގެން އެ ހުރީ ދެވަނަ ދެ މީހެއް ނޫނެވެ. އެއީ ހަމަ ސާރާއެެވެ. އަރުޝްއަށް ހީވި ހީވުމެއް ކަމަށްބަލާ ދެފަހަރަކު އެސްފިޔަވެސް ޖަހާލިއެވެ.އެހެންނަމަވެސް ހަގީގަތަކަށް ވުމާއެކު ސާރާއޭ ބުނެވުނެވެ.

އާމިރުގެ ކަޅި އަރީޝާއަކާ ވަތްކެއް ނުވެއެވެ.އެެހެންނުވާންވީ ސަބަބެއްނެތެވެ. އަރީޝާއަށް އައިސަވާ ބަދަލަކީ ދުވަހަކުވެސް މީހަކު ވެދާނެ ކަމަށް އުއްމީދު ކުރި ބަދަލެއް ނޫނެވެ.

އަޅާފައިވާ ކަޅުކުލަައިގެ ޝޯލުން އަރީޝާގެ ދޮން މޫނު މާ ދުރަށް ފާޅުވެއެވެ. ލާފައިވާ މެރޫންކުލައިގެ ވައްތިރި ހެދުމުން އަރީޝާގެ ރީތިކަން އެތަށް ގުނައަކަށް އިތުރުވެފައިވާ ކަހަަލައެވެ. އާމިރުގެ ދޫ ތަޅުލެވިފާވާ ކަހަލައެވެ. ބުނަން ބޭނުންވި އެންމެ ބަހެއް ވެސް ދުލާ ހަމައަށް ނާދެއެެވެ. އާމިރު ބަލާކަން އެނގިހުރެވެސް އަރީޝާ އެނގޭ ކަމަށް ހަދާނުލާ ހުއްޓެވެ.

ސާރާ ފެނުމާއެކު ހަފީޒާއިނީ މިވަނީ ކީއްކަން ނޭނގިފައެވެ. މޫނުމައްޗަށް ވެރިކުރުވާފައިވާ ފޫހި ފާޑުން ހިތް ހަމަ ނުޖެހިފައިވާ މިންވަރު ހާމަވެއެވެ.

” އަހަރެމެންގެ ލޯބި ލޯބި ފަހަރި މިއޮއް އައީނު، އަވަހަށް އާދޭ އިށީނދޭ” ހަމީދު އެހެންބުނުމުން ސާރާ ލަދުން އަނެއްފަރާތަށް އެނބުރުނެވެ.

މިލާ މޯޅިވެފައިވާ އަރުޝްގެ މޫނުމަތިން މިހާރު ފެންނަމުންދަނީ އުފާވެރިކަމެވެ. އަރުޝްގެ ބޮލުގައި އަޅަމުން އައި ވޭނަށްވެސް ލުޔެއް ލިބުނުކަހަލައެވެ. ހުއްޓާނުލާ ސާރާއަށާއި އަރީޝާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އަރީޝާ އެހާ ބޮޑަށް ބަދަލުވެދާނެ ކަމަަކަށް އެކަކުވެސް ހިޔެއްނުކުރެެވެ.

އާމިރުވެސް އަރީޝާއަށް ބަލާލީ ޝުކުރުވެރި ނަޒަރަކުންނެވެ.
“އޭ ދެން ތެދުވޭ, ހިތުގެ ހުރިހާ އުުފަލެއް އެ ހުރީ އައިސް އަވަސްކުރޭ, ވާން އުޅޭ އަނބިމީހާ ކިޔާ ރަންވެސް އަޑު އަހަންވާނީ ހިތްވަރު ހުރެގެން ނެއްނު” ޝާމިންގެ ޖުމްލައިން އަރުޝް ހީގަތެވެ. އަރީޝާއައިސް ސާރާ ގޮނޑީގައި ބޭންދިއެވެ. އަދި މަޑު ހިނގުމުގައި ގޮސް އަރުޝްއާ ދިމާލަށް އަތް ދިއްކޮއްލިއެވެ ހަގީގަތުގައި އަރީޝާ ހުރީ ކަންތަށް ކުރެވުނު ގޮތުން ވަރަށް ދެރަވެފައެވެ.

” ދަރިފުޅާ، މަންމައަށް މާފްކުރޭ, ފައިސާގެ އަވައިގައި ޖެހި މީހުންނަށް މާ ބޮޑަށް އިތުބާރު ކުރެވުނީ, ދަރިފުޅުގެ އެއްވެސް އުފަލަކަަށް މި މަންމައަށް ވިސްނާނުލެވުން, އެކަމް މިއަދު މަންމަ މިއަދު ބޭނުންވަނީ ދަރިފުޅު ހިތާ ފުރާނައިން ލޯބިވާ ސާރާއާ ގުޅުމަށް, ސާރާހާ ރަނގަޅު ތެދުވެރި ކުއްޖަކު ދަރިފުޅުގެ ހަޔާތަށް ދެން ނާންނާނެ, މަންމަ އަބަދުވެސް ވަރަށް ލޯބިވޭ ދަރިފުޅުދެކެ, ދަރިފުޅަށް މޮޅު ގޮތް ހޯދަން ބޭނުންވީ, އެކަމް މިއަދަށްފަހު ދަރިފުޅުގެ އެއްވެސް ކަމެއް މަންމަ ނުނިންމާނަން, އެކަމު ދަރިފުޅު ގުޅެންޖެހޭނީ ސާރާއާ” އަރީޝާ އަރުޝްގެ އަތުގައި ހިފާ ބޮސްދެމުން ބުނެލިއެވެ. އަރީޝާގެ ކޮންމެ ލަފްޒަކުން އާމިރުގެ ހިތަށްވެސް ތަދުވިއެވެ. އަދި އެހާމެ އުފާވީ އަރީޝާއަށް ހެޔޮވިސްނުން ލިބުނީތީއެވެ. އެކަމް އެގޮތަށް ވާން ޖެހުނު ސަބަބު އާމިރުއަށް ނުވިސްނުނެވެ.
އަރީޝާގެ އެ އަމަލުން އަރުޝްއަށް އިތުރަށް ކެތް ނުވިއެވެ. އަރީޝާގެ ގައިގައި ބައްދާގަތީ ކުޑަކުއްޖަކު ބައްދާލާ ފަދައިންނެވެ.
” ވަރަށް ލޯބިވޭ މަންމަދެކެ” އަރުޝްއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ގިސްލާ ރޯންފެށީ ލިބުނު އުުފަލެއްގެ ބޮޑުކަމުންނެވެ.
“އަހަ, މިއޮށް އުފާވެރި ވަގުތު އެންމެން ރޮނީތަ, މަންމާ ހިނގާ މިތަނުންދާން” އެތެރެއަށް ވަދެގެން އައި ފަޒީލް ފައުޒިއްޔާއާ މުހާތަބު ކުރަމުން ބުނެލިއެެވެ.

” ނޫނޭ, މި ނިންމާލީ, އަވަހަށް އާދޭ” އަރީޝާ އަރުޝްގެ ގައިން ދޫކޮއްލާ ހިނިގަޑެއް ޖަހާލަމުން ބުނެލިއެވެ.

“އަރީ މީ ކޮންކަމެއް, އަހަރެންްމެން ގެނައީ މިތަނަށް ކީއްކުރަން” ހަފީޒާއަށް އެެންމެ ފަހުން ކެތް ނުވެގެން އެހިއެެވެ.

” ކިހިނެއްވީ, އަހަރެންގެ އުފަލުގަ ބައިވެރިވާން އަހަރެންގެ އެކުވެރިޔާ އައުން އެއީ މަނާ ކަމެއްތަ, އެންމެ ކުރިންސުރެ މިއަދާ ހަމައަށް އައި އިރު އެއްވެސް ކަމެއް މިސްވެފަ ނެތެއްނު, އެހެން ވީމާ މި އުފަލުގައި އަމުދުން ބައިވެރިވާން ޖެހޭނެ, ދަރިފުޅާ ސާރާ އަވަހަށް ފަށާ” އަރީޝާ މިހެންބުނެ އަރުޝް ގެންގޮސް ގޮނޑީގައި ބޭންދިއެވެ.

އުފާވެރި ވަގުތު ކޮޅަކަށްފަހު ސާރާ ރަންކީ އެއްހާސް އެއްސަތޭކަ އެގާރަ ރުފިޔާ އެގާރަ ލާރިއަށެވެ. މިކަމުގެ އުފާ އެންމެން ހާސިލް ކުރަމުންދިޔައިރުވެސް ހަފީޒާ ހުރީ ރުޅި އައިސް ރަތްވެފައެވެ.
” ކޮބާ ހުރިހާ ކުދިން ތިރިއަށް ހިނގާ” އަރީޝާ މިހެން ބުނުމާއެކު ފަހަރަކު މީހަކު ތިރިއަށް ދާން ފެށިއެވެ. އާމިރުވެސް އަރީޝާއާ ފަހުން ބައްދަލް ކުރަން ނިންމާ ތިރިއަށް ދިޔައެވެ. އެންމެން ގޮސް ހުސްވި އިރުވެސް ހަފީޒާ އެތަނުގައި ހުއްޓެވެ.

” އަރީ, ކޮންފަދަ ލަޑެއް ތިދިނީ, އަހަރެން މިތަނަށް ގެނެއްސަ, ތީތަ ކަންތަށް ކުރަން ޖެހޭ ގޮތަކީ” ހަފީޒާގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.

” އަހަރެންތަ ހަފީއަށް ލަނޑު ދިނީ، މުއްސަނދި ކަމުގެ ބޭނުމުގައި އަހަރެންތަ މި ކުޅިވަރު މި ކުޅެނީ, އަހަރެން ދަރިފުޅުގެ ދިރިއުޅުން ހަލާކު ކޮއްލަން ވަރަށް މަަސައްކަތް ކުރީމެއްނު, އެކަމް ދެން
ނުވާނެ” އަރީޝާ މިހެން ބުނެ އެތަނުން ނުކުމެެެން ދިޔައެވެ.

ހަފީޒާ ސިއްސައިގެން ދިޔައީ ހައިފާގެ އަޑުންނެވެ.
” މަންމާ, އަހަރެން މަންމައަށް ރަނގަޅަކަށް މިބުނަނީ ތި އުޅުން ދޫ ކޮއްލާ, މަންމަ ފަލީހަތް ވެގެންދާނީ, މިހާރުވެސް އެ އާއިލާގެ ކުުރިމަތީ އަގު ވެއްޓިފަ މިތިބީ, އަހަރެން ހުރިހާވާހަކައެއް އަރުޝްގެ މަންމައަށް ކިޔައިދިނުމުގެ މާ ކުރިން އެނގިފަ އޮތީ, އަހަރެން ދެން މިތާކު ހުންނާކަށް ނޫޅެން, އަހަރެން މާދަން ފުރަން” މިހެންބުނެ ހައިފާ ދިިޔައެވެ.

އަރީޝާ ކިޔަން ބޭނުންވި ބައިވަރު އެއްޗެހި ނުބުނެ ދޫކޮއްލީ ވަގުތާއި ހާލަތުގެ ގޮތުންނެވެ. އިތުރަށް އެއްޗެކޭ ނުބުނެ ތިރިއަށް ދިޔައެވެ. ދިޔައިރު އަރުޝްގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުން އަރީޝާއަށް ހިނިތުންވެވުނެވެ. ހަމަ އެއާއެކު ސިއްސައިގެން ދިޔައީ އާމިރު އަރީޝާގެ ފުރަގަހުން ބައްދާލުމުންނެވެ. އަރީޝާއަށް ބޭ އިހްތިޔާރުގައި ދެލޯ މަރާލެވުނެވެ. އެތަށް ދުވަހަކަށްފަހު އާމިރުގެ އެ އަމަލުން ހިތް އުފަލުން ނަށާލިއެވެ. ހަމަ އެއާއެކު ލޮލުން ކަރުނަ އައިސް ގިސްލެވެންފެށިއެވެ.

” އަހަ, ކިހިނެއްވީ އަރީ، ތަނަކަށް ތަދުވަނީތަ” އާމިރު އަރީޝާ އޭނަ ހުރި ދިިިމާލަށް އަނބުރާލަމުން އަހާލިއެވެ. އަދި ވަރަށް ލޯތްބާއެކު އަރީޝާގެ ލޮލުން ފައިބަމުންދާ ކަރުނަތަށް ފުހެލަދިނެވެެ.

“ތަދުވަނީ މިހިތަށް، އެތަށް ބައެއްގެ ހިތް ހަލާކު ކުރެވުނީމަ، އާމިރު, އަހަރެންނަށް މާފްކުރޭ, އަހަރެންނަށް ނުވިސްނުނީ, ފަހަރެއްގަވެސް ހިޔެއް ނުކުރަން ހަފީއަކީ އެކަަހަލަ މީހެއް ކަމަކަށް, އަރުޝްއަށް މޮޅު ގޮތް ހޯދަ ދޭން ބޭނުންވާތީ އެގޮތަށް ކަންތަށް ކުރެވުނީ, އަހަރެން މީ ހާދަ ގޯސް މީހެކޭ, ލޯބިވާ މީހުންނަށްވުރެ އެހެން މީހުންނަށް މާ އިތުބާރު ކުރިން, ހައިފާ އެދުވަހު ނުގެނައި ނަމަ އަދިވެސް ނޭނގޭނެ، އަހަރެން އެއްޗެހި ކީމަ ސާރާ ހާދަ ރުޔޭ, ނަސީބެއް އަހަރެންނަށް އޭނަ ދިމާވިކަން, އެހެންނޫންނަމަ އަހަރެން ކިހިނެއް އޭނަގެ މާފް ހޯދާނީ، މިހާރު ބަލާބަލަ އަރުޝް ގެ މޫނުމަތީގައިވާ ހިނިތުންވުން، އެ ހިނިތުން ގެއްލުވާލި މީހަކީ އަހަރެންް, އާމިރު ބޭނުން އަދަބެއް އަހަރެންނަށް ދީ, އަހަރެން ހިތުން ރުުހުމުން ގަަބޫލްވާނަން, އެކަމް އަހަރެން ވަަރި ނުކުރާތި” އަރީޝާ އާމިރުގެ މޭގައި ބޮނޑިވެލަމުން ބުނެލިއެވެ. އޭރުވެސް އަރީޝާއަށް ގިސްލެވެމުންދެއެވެ.

” ޕްލީޒް އަރީ, ދެެން ނުރޮއެ, އަރީ ހުރިހާ ކަމެއް ރަނގަޅު ކޮއްފީމެއްނު, އެހެންވީމަ އަހަރެންގެ އެއްވެސް ޝަަކުވާއެއް ނެތް, ވަަރަށް އުފާވެއްޖެ އަހަރެން ބޭނުންވާ ކަހަލަ މީހަކަށް އަރީ ވީމަ, ދެެން ދެރަނުވޭ, ވަރަށް ލޯބިވޭ” އާމިރު އަރީޝާ ދުރުކޮއްލާ ނިތުގައި ބޮސްދެމުން ބުނެލިއެވެ.

ާމުޅި މާހައުލުވަނީ ބޮކި ފަތި ތަކުން ޒީނަތްތެރި ކޮއްފައެވެ. ހުދާއި މެރޫން ކުލައިގެ ފޮތިންވަނީ މޭޒުމައްޗާއި ގޮނޑިތަށް ޒީނަތްތެރި ކޮއްފައެެވެ. އެތަށް ބަޔަކަށް ދައުވަތު ދެވިގެން ބާއްވާ ޕާޓީއަށް މީހުން އަންނަމުން ދަނީއެވެ.
ސާރާ ތައްޔާރުވެލުމަށްފަހު ލޯގަނޑުން އަމިއްލަ ސޫރަ ބަަަލާލިއެވެ. ސާރާ މިރޭގެ ކައިވެންޏަށް ތައްޔާރު ކުރުމަށްފަހު އެކުދިން ދިއުމާއެކު ސާރާގެ ލޮލުން ކަރުނަ ހިލުނެވެ. އެވަގުތަކީ އަރީޝާއާއި ފައުޒިއްޔާ އެތަނަށް ވަތް ވަގުތެވެ.
ސާރާ ރޮއެތަންފެނި އަރީޝާއާއި ފައުޒިއްޔާއަށް އެދިމާލަށް ދެވުނެވެ. ފައުޒިއްޔާ ކިހިނެއް ވީތޯ އަހާލުމުން މަންމަމެން މަތިން ހަނދާންވީ ކަމަށް ބުންޏެވެ. ސާރާއަށް އެހެން ބުނެވުމާއެކު އެ ދެމީހުން އެކަކު އަނެކަކު މޫނަށް ބަލާލިއެވެ. އަދި ސާރާއަށް ވަަރަށް ނަސޭހަތްދީ ހިތްވަރުދިނެވެ.

އަންހެން ކުއްޖަކަށް އަންނާނެ އެންމެ މުހިންމު އެންމެ ބޮޑު ދުވަހަކީ އެކުއްޖާ އާ ހަޔާތެއް ފަށާދުވަހެވެ. އެދުވަހު މައިންބަފައިން ކައިރީގައި ތިބުމަކީ ކޮންމެ އަންހެން ކުއްޖަކުވެސް އެދޭނެ ގޮތެެވެ. އެހެންނަމަވެސް ސާރާ އެވަނީ އެ އުފަލުންވެސް މަހްރޫމްވެފައެވެ. ފައުޒިއްޔާ އާއި އަރީޝާގެ މަސައްކަތުން ސާރާ ހަމައަކަށް އެޅުނެވެ. ްއަދި ތައްޔާރުވެގެން ކައިވެނި ކުރަން ހަމަ ޖެހިފަައިވާ ތަނަށް ދިއުމަށް އަލުން ރީތިވެލީ ރުއިމުގެ ސަބަބުން މޫނުމަތި ރީތި ކޮއްލުމަށެެވެ.

ވަގުތު ކުޑަތަން ވެފައި ވުމާއެކު އަރުޝް ތައްޔާރު ވަމުންދިޔައެވެ.
” ނިކަން ބަލާބަލަ ކުއްޖަކު ވަރަށް ތިއްތިވެއެއްނު” ޝާމިން އަރުޝްއާ ދިމާކުރުމުގެ ގޮތުން ބުނެލިއެވެ.
” އެންމެ ރަނގަޅޭ އަހަރެން ބަލާލަން އަަހަރެންނަށް އެކަނިތޯ މި ދުވަސް އަންނަނީ” އަރުޝް ދެރަ ނުވާންވެގެން ބުނެލިއެވެ.

ކައިވެނި ކުރާ މޭޒުކައިރީ އިށީނދެއިން އަރުޝްއަށް އިރުކޮޅަކާ ބަލާލެވެނީ ސާރާ އާދޭތޯއެވެ. މާ ގިނަ އިރު އިންތިޒާރު ކުރަން ނުޖެހި ސާރާ އަންނަތަން ފެނުނެވެ. އަރުޝްއަށް ކަޅި ޖަހާނުލާ ސާރާއާ ދިމާލަށް ބަލަންފެށުނެވެ. ސާރާ ހިނިތުންވެލާ ލަދުން އިސްޖަހާލިއެވެ. މި މަންޒަރު ބަލަން ފޫހިކަމެއްނެތި އަރުޝްއަށް އިނދެވުނެވެ. ސާރާގެ ހިނިތުންވެލާއިރު ސާރާގެ ކޮލަށް އެޅޭ އަޑިކޮޅަކީ ސާރާގެ ރީތިކަން ދައްކައިދޭ އެއްކަމެވެ.

ސާރާ ކޮއްފައިވާ ލުއި މޭކަޕުން ސާރާގެ ރީތިކަން ހާމަވެއެވެ. ލާފައިވާ ވެޑިން ޑްރެސް ޖަރީ ކޮއްފައިވަނީ ހުދު ލޭސްފޮއްޗާއި މިނާ ތަކުންނެވެ.
ސާރާ އައިސް އިށީނުމާއެކު ގާޒީގެ މަސްއޫލިޔަތު އަދާކުރަން ފެށިއެވެ. ސާރާ އިނީ ލަދުން ދެއަތް ދެ އަތާ މޮޑެލަ މޮޑެލައެވެ. އެތަށް ދުވަހަކަށްފަހު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވުމުން ސާރާގެ ލޮލުން ކަރުނަ ހިލުނެވެ.

” އަނބި ގަބޫލްކޮއްފިން” އަރުޝްގެ އެ ޖުމްލަ އަޑު އިވުމާއެކު ސާރާއަށް ދެލޯ މަރާލެވުނެވެ. އެއާއެކު ސާރާގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ފޭބިއެވެ. މިތަން ފެނި އަރުޝް ސާރާގެ އަތުގައި ހިފާ ފިތާލިއެވެ. ސާރާ އަރުޝްއާ ދިމާލަށް ބަަލާލީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލު ކުރި ވަގުތަކީ ކެމެރާގެ ފްލެޝް އެޅުނު ވަގުތެވެ.

ތިން ގަޑިއިރަށް ދެމިގެންދިޔަ ޕާޓީ ނިންމާލީ އުފާވެރި މާހައުލެއްގައެވެ. އެވީ ވަގުތު ކޮޅުގައި ވެސް އަރުޝް ސާރާއަށް ކުދި ކުދި ޖެއްސުން ދިޔައީ ކުރަމުންނެވެ. އެއިން ކޮންމެ ކަަމަކުން ސާރާ ލަދުން އިސްޖަހާލުން ފިޔަވައި އިތުރު ކަމެއް ކުރާކަށް ނޭނގެއެވެ. މެހްމާނުން ދިއުމާއެކު އާއިލާގެ އެކި މީހުން ފޮޓޯ ނަގަމުން ދިިޔައެވެ. އުފާވެރި މާހައުލެއްގައި ވަގުތު ފާއިތުވިގޮތްވެސް ނޭނގުނެވެ. އެންމެފަހުން ސާރާ އިށީނީ ދެފައި ވާޅުވުމުންނެވެ. އިރުކޮޅެއްނުވެ މަންމީއޭ ކިޔާ ފައުޒާން ސާރާ ކައިރިއަށް އައެވެ. އެވަގުތަކީ ފަޒީލްވެސް އެތަނަށް އައި ވަގުތެވެ. ފަޒީލްއާ އެއްކޮއް ކަހަލަ ގޮތަކަށް އެހެން އަންހެން ކުއްޖެއްވެސް އެތަނަށް އައެވެ.

ފައުޒާން ފެނުމާއެކު ސާރާގެ ލޮލުން ކަރުނަ ހިލުނެވެ. އަދި ދެއަތް ފޭ ކޮއްލާ ފައުޒާން އުރާލިއެވެ. އަދި މޫނުގެ އެކި ތަންތަނުގައި ބޮސްދިނެވެ.

” މަންމިގެ ދޫނީ, މަންމި ވަރަށް ލޯބިވޭ އިނގޭ” ސާރާ މިހެން ބުނެ ފައުޒާން އިތުރަށް ފައުޒާން ބޮނޑި ކޮއްލިއެވެ.
” ސާރާ, މީ ރިޝްފާ, އަހަރެންގެ…. ” ފަޒީލް އެހެންބުނެ ވާހަކަ ހުއްޓާލިއެވެ. ސާރާ ފަޒީލްއާ ޖެހިގެން އަބާޔާ ހެެދުމުގައި ހުރި އަންހެން ކުއްޖާއަށް ބަލާލިއެވެ. އަދި އުފާވެރި ގުޅުމަކަށް އެދެމޭ ބުނެލީ ފަޒީލްއާ ދޭތެރޭ އުފާވެެފަ ހުރެއެވެ. އަރުޝްވެސް ފައުޒާން އުރާލާ ލޯބިކޮއްލާ ތިރީގައި ބެހެއްޓިއެެވެ. ފައުޒާން ގޮސް ރިޝްފާގެ އަތުގައި ހިފާލިއެވެ.
” ދޫނީ، މަންމިއަށް ގުޑް ނައިޓް ކިޔާފަ ނިދަންދާން ހިނގާ, މާދަން މަންމި ކައިރިއަށް ދާނީ” ރިޝްފާ ފައުޒާންގެ ކޮލުގައި މަޑުމަޑުން ހިފާލަމުން ބުނެލިއެވެ. ފައުޒާން ގޮސް ސާރާގެ ގައިގައި ބައްދާލާ ދޮނެއް ދިނުމަށްފަހު ރިޝްފާއާ އެއްކޮށް ދިޔައެވެ. ފަޒީލް އިރުކޮޅަކު މަޑުކޮއްލީއެވެ.

” ސާރާ ދެރަނުވައްޗޭ, ފައު ސާރާ ބޭނުން އިރަކު ގެންގޮސްދޭނަން, އަހަރެންނަށް އެނގޭ ސާރާ ދަރިޔަކު ދެކެ ވާ ލޯބި ފައުދެކެ ވާކަން, ފައުގެ މަންމަގެ މަގާމަށް ސާރާ ނޫން އެެހެން މީހަކު ނާންނާނެ, އަހަރެން ރިޝްފާ އާ މެރީ ކުރިޔަސް, ރިޝްފާ ބޭނުން ގޮތަކީވެސް އެއީ, ފައު އާ ދޭތެރޭ ދެރަނުވޭ, ރަޝްމީގެ އަމާނާތަށް އަހަަރެން ހިޔާނާތްތެރި ނުވާނަން” ފަޒީލް މިހެންބުނެ އަރުޝްއާ ސަލާން ކުރުމަށްފަހު ދިޔައެވެ.

ފައުޒިއްޔާވެސް މާ ބޮޑަށް ލަސްވެފައި ހުރުމުން ފަޒީލްއާ އެއްކޮށް ދިިޔައީއެވެ. ފޮޓޯ ނެގުމުގެ ފޯރީގައި ޝާމިންއާއި ހަމީދު ތިއްބެވެ.

އަރުޝް އާއި ސާރާ އެެރޭ ޕާޓީ ނިންމާ ގޮތަށް ދާން ހަމަޖެހިފަ އޮތީ ރިސޯޓަަކަށެވެ. ރިސޯޓަށް ދިޔައިރު ސާރާމެންގެ އިސްތިގުބާލްގައި މުވައްޒަފުން މަރުހަބާ ކިޔުމަށް އައިސް ތިއްބެވެ. އެމީހުންގެ ފަހަތުން ކޮޓަރިއާ ހަމައަށް ދެވެންދެން ސާރާ އަނގައަކުން ނުބުނެވެ. ކޮޓަރިއަށް ދިޔަގޮތަށް ސާރާ ބޭނުންވީ ލާފައިވާ ބަރު ހެދުން ބަަދަލު ކުރާށެވެ. އެހެންކަމުން ނިދާ ހެދުން ހިފައިގެން ފާހާނާއަށް ދިއުމަށް ހިނގައިގަތެވެ. އެހެންނަމަވެސް އަރުޝް ސާރާގެ ފުރަގަހުން ބައްދާލާ ކޮނޑުގައި ދަތް ދޮޅި ވިއްދާލުމުން ސާރާއަށް ބޭ އިހްތިޔާރުގައި ދެލޯ މަރާލެވުނެވެ.

” ކޮންތާކަށް, ދެެން ނުދެވޭނެ، ކިހިނެއްދެން ވަކިން އުޅޭނީ” މިހެން ބުނެ ސާރާ އަރުޝްގެ ކުރިމައްޗަށް ވާ ގޮތަށް އަނބުރާލިއެެވެ. ސާރާއަށް އަރުޝްގެ މަސްތުން ފުރިގެންވާ މޫނު ފެނުމާއެކު އިސްޖަހާލިއެވެ. އަރުޝް ސާރާގެ ދަތް ދޮޅީގައި ހިފާ އުފުލާލިއެެވެ. އަދި މަޑުމަޑުން ސާރާ އަޅާފައިވާ ބުރުގަލުގަ ޖަހާފަ ހުރި ޕިންތަކާއި ދަތިތަށް ނައްޓުވާލިއެވެ. އަދި ސާރާގެ ބުރުގާ ނަގާ އެނދުމަތީ ބާއްވާލިއެވެ. ސާރާގެ ބޮލުގައި ޖަހާފައިވާ ދަތި ނައްޓާލާ ސާރާގެ ދިގު އިސްތަށިގަނޑު ނިއުޅާލިއެވެ.

އޭރުވެސް ސާރާ ހުރީ ލަދުން ކުރާނެ ކަމެއް ނޭނގިފައެެވެ. އަރުޝް މަޑުމަޑުން ސާރާ ގޮވައިގެން ގޮސް ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. އަދި ސާރާ ކައިރީ ލޯ މެރުމަށްބުނެ އިސްތަށިގަނޑު އެއްފަރާތް ކޮއްލިއެވެ. އަދި މީގެ އެތަށް އަހަރެއް ކުރިން ސާރާއަށް ދެމީހުންގެ ހަނދާނަކަށް ދިން ފަށް އަނެއްކާވެސް އަޅުވާދިނެވެ. ސާރާ ކައިރީ ލޯ ހުޅުވަން ބުނުމުން ސާރާ މަޑުމަޑުން ލޯ ހުޅުވާލާ ލޯގަނޑަށް ބަަލާލިއެވެ.

އެފަށް ފެނުމާއެކު ސާރާގެ ލޮލުން ކަރުނަ ހިލުނެވެ. އަރުޝް މަޑުމަޑުން ސާރާގެ ކަރުގައި ބޮސްދިނުމާއެކު ސާރާއަށް ހީވީ ސާރާ ހަށިގަނޑު ތެރޭގައިި ކަރަންޓު އޮއެވަރެއް ދަތުރު ކުރިހެންނެވެ. ކުއްލިއަކަށް ފަހަތަށް އެނބުރި އަރުޝްގެ ގައިގަ ބައްދާގަތީ އިތުރަށް ކެތް ނުވުމުންނެވެ.
އަރުޝް ފަސޭހަ ކަމާއެކު ސާރާ އުފުއްލާލައިގެން ގެންގޮސް އެނދުމަތީ ބޭއްވިއެވެ. އަދި ސާރާގެ ނޭވާގެ އިހްސާސް ވާހާ ކައިރިވިއެެވެ. އިސާހިތަކު ދެމީހުންގެ ދެމެދުގަ ލޯބީގެ ހުޅުކޮޅު ފަޅައިގެންދިޔައެެވެ. ދެމީހުންގެ އަމަލުތަކުން އިތުރަށް ދަރު އަޅާ އެ ހުޅުގަނޑު ބޮޑުވަމުންދިޔައެވެ. އެތަށް ދުވަހަކަށްފަހު ދެ ލޯބި ވެރިން އެކަތިގަނޑަކަށްވީއެވެ. އެކަކު އަނެކަކު ދެކެ ވާ ތެދުވެރި ލޯބީގެ ސަބަބުން ދެމީހުންގެ ދެމެދުގައި ވަަނީ ވަރުގަދަ ގުޅުމެކެވެ.

ދެ އަހަރު ފަސް

ސާރާ ނުވަމަހުގެ ބޮޑު ބަނޑާއެކު ކޮޓަރީގެ އެނދުގައި އިށީނީ ކޮޓަރި ސާފުކޮއްލުމަށްފަހު ވަރުބަލި ފިލުވާލާށެެވެ. އަރުޝް ވީ އަރުޝްއަށް ލިބުނު ފުރުސަތެއްގައި މެލޭޝިޔާއަށް ގޮހެވެ. އަރުޝް ނުދާން ވަރު ދެއްކުމުންވެސް ސާރާ ކިޔަން ފެށުމުން ދިޔައީއެވެ.

އިރުކޮޅެއްނުވެ އަރީޝާ ގޮވަން ފެށުމުން ސާރާ ބުރަހެލިކަމާއެކު ވެސް ކޮޓަރިން ނުކުތެވެ. ކުއްލިއަކަށް ކުރިމަތިން އަރުޝް ފެނުމާއެކު ސާރާ ހުއްޓުން އެރިއެވެ. ސާރާއަށް ވީ ގޮތުން އަރީޝާ ހެމުން ހެމުން ކޮޓަރިއަށްވަނެެވެ. އަރުޝް އައިސް ސާރާގެ ގައިގަ ބައްދާލިއެެވެ. އަދި ތިރިވެލަމުން ސާރާ ގެ ބަނޑުގައި ކަންފަތް ޖަހާލީ ސާރާ ރުޅި އަންނަ ކަމަށް ހެދިގެން ތުންކޮޅު ދަމާފައި ހުރުމުންނެވެެ

” ދަރިފުޅޫ, ބައްޕަގެ ދޫނީ, ނިކަން ބަލާބަލަ މަންމި އުޅޭ ގޮތް, މަންމި އެ ހުރި ގޮތަށް ނޫޅޭތި އިނގޭ, ތީ ބައްޕިގެ ބަސްއަހާ, ބައްޕި ކަަހަލަ ސްމާރޓް ބޯއީއެއްނު” އަރުޝް އެހެންބުނުމާއެކު ސާރާ އަރުޝްގެ ކަންފަތުގައި ވަރަށް މަޑުމަޑުން ހިފުމުން އަރުޝް ކޮޅަށް ތެދުވިއެވެ.

” ދަރިފުޅޫ, އެނގޭތަ, ދަރިފުޅުގެ ސްމާރޓް ބައްޕި އެއައީ މަންމި ކައިރީ ނުވެސް ބުނެ” ސާރާ އިތުރަށް ތުން ދަމާލަމުން އެހެންބުނުމުން އަރުޝް ހޭންފެށިއެވެ. ސާރާވެސް ހެވުމުން އަރުޝްގެ ގައިގައި ބައްދާލިއެވެ. ދެމީހުން އެ ސަކަރާތުގައި ތިއްބާ އަރުޝް ސިހުނީ ސާރާ އައްދިއްޔޯ އޭ ބުނުމުންނެވެ. އަރުޝްއަށް ވަގުތުން ސާރާ ގެެންގޮސް ސޯފާގައި ބޭންދުނެވެ. އޭރު ސާރާ ބަނޑުގައި އަތްއަޅައިގެން ވަރަށް އުުނދަގުލުން އިނެވެ. އަރުޝް އަރީޝާއަށް ގޮވާލުމާއެކު އަރީޝާ ދުވެފައި ކޮޓަރިން ނުކުތެވެ. އަދި ބަނޑުގައި ރިއްސަނީތޯ އެހުމުން ސާރާ ބޮލުން އާއެކޭ ބުނެލިއެވެ.

” ދަރިފުޅާ ސާރާ ގޮވައިގެންދޭ, މަންމަ ދާނަން އެއްޗެހި ހިފައިގެން” އަރީޝާ އެހެން ބުނުމާއެކު އަރުޝް ސާރާ އުފުއްލާ ލައިގެން ގެންގޮސް ކާރަށް އެރުވިއެވެ. އަދި ޑްރައިވަރު ގެނެސް ހޮސްޕިޓަލަށް ދިޔުމަށް ބުންޏެވެ.

ސާރާ ވިއްސާ ކޮޓަރިއަށް ވެއްދީންސުރެ އަރުޝް އެތާ ކުރިމަތީ ދެކޮޅަަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އަރީޝާ އަރުޝް ކައިރީ އިށީނުމަށް ބުނުމުންވެސް އަރުޝް އެ އަޑެއް ނޭހިއެވެ. އާމިރުވެސް އޮފީހުގަ އުޅުމަށްފަހު ހޮސްޕިޓަލަށް އައީ އެވަގުތެވެ. އާމިރުވެސް ބުނެ ބުނެ އަރުޝް އިށީންނާކަށް އެއްބަހެއް ނުވިއެވެ.

ސާރާ ހޮސްޕިޓަަލަށް ގެނައިކަން އެނގިގެން ފައުޒިއްޔާ އާއި ރިޝްފާވެސް އައެވެ. ފަޒީލްއާއި ރިޝްފާވެސް ކައިވެނިކޮށްގެން މިހާރު އުޅެނީ އުފާވެރި ދިރިއުޅުމެއްގައެވެ. ރަޝްމީ ވަކިވެ ދިޔުމުން ލިބުނު ހިތްދަތިކަން މިހާރުވަނީ ރިޝްފާގެ ލޯތްބާއި އޯގާތެރިކަމުން ކުޑަކުރެވިފައެވެ.

ކުއްލިއަކަށް އެންމެންގެ ސަމާލުކަން ލިބުނީ އިިވުނު ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑަށެެވެ. އިރުކޮޅެއް ނުވެ ނަަރުސް ކުއްޖާ ނުކުމެ ސާރާ ވިހެއީ އަންހެން ކުއްޖެއް ކަމަށް ބުނެލިއެވެ. އަދި ދެމައިންގެ ހާލްވެސް ރަނގަޅު ކަމަށް ބުނެ އެތެރެއަށް ވަނެވެ. އެންމެންގެ މޫނުމަތިން ފެންނަން ފެށީ ނުފިލާ ހިނިތުންވުމެވެ. އަރީޝާވެސް އުފަލުގެ ކޮޅެއްނެތެވެ.
” އޭ ބްރޯ, މިހާރު މުސްކުޅިވީ އިނގޭ” ހަމީދުއާއި ޝާމިން އެތަނަށް އަންނަމުން އަރުޝްއަށް ބުނެލިއެވެ. އަރުޝް އެންމެ ރަނގަޅޭ ބުނެ ނިންމާލިއެވެ.

ނަރުސް ކުއްޖާ ނުކުމެ އަރުޝްއަތަށް އެ ލޯބި ލޯބި ދަރިފުޅު ދިިނުމާއެކު މާޝާﷲ އޭ އަރުޝްއަށް ބުނެވުނެވެ. އެ ތުއްތު ދަރިފުޅު އެއީ ހުރިގޮތަށް ހުރި ސާރާއޭ ބުންޏަސް ދޮގަކަށް ނުވާނެއެެވެ. އަރުޝްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އައެވެ. އަރުޝްއަށް ވެފައިވާ ގޮތް ފެނި އެތާ ތިބި އެންމެންގެ ލޮލުންވެސް ކަަރުނަ ހިލުނެވެ.

ސާރާ ވިހައިގެން ދެދުވަސް ވީތަނުން ގެއަށް ފޮނުވާލިއެވެ. ގޭތެރެއަށް ލިބިފައިވާ އުފާވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ފައުޒާންވެސް ގިނަވަގުތު އެ ކުޑަ ކުއްޖާ ކައިރީ ހޭދަ ކުރަމުންދެއެވެ.

ގޭތެރެ ހަަލަބޮލިވެފައިވަނީ ނަން ކިޔަން ތައްޔާރުވަމުންދާތީއެވެ. އެކަކު އަނެކަކަށް އެކި ކަމުގައި އެހީވަމުންދެއެވެ. މީޝާ މުހައްމަދު އަރުޝް ގެ ނަމުންދީ އެ ދަރިފުޅަށް ނަން ކިޔެވެ. އަދި ބައެއް ގެތަކަށް ޕާރްސަލްވެސް ބަހާ ހެދިއެވެ.

ހުރިހާ ކަމެއް ނިމުމުން ގްރޫޕް ހަދާފައި އެންމެން ސިޓިންގްރޫމްގައި ތިބީ ވަރުބަލި ފިލުވާލުމަށެވެ. އިރުކޮޅެއްނުވެ ޓީވީން ކީ ހަބަރަކުން ޝާމިން އަދި ހަަމީދުއަށް ޗޮކެއް ކަަނޑާލެވުނެވެ. ދެން އެތާ ތިބި މީހުން ފޯނަށް ގެއްލިފަ ތިބުމުން މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. ފަޒީލްއަށް އެ ހަބަރު އަޑު އިވުމުން ރިޝްފާ އާ ދިމާލަށް ބަލާލެވުނެެވެ.

ހަށި ވިއްކުމުގެ ކުށުގައި ނަޢުހާ އަދި ނަޢުފަލް ހަައްޔަރު ކުރީއެވެ. ބެލެވޭ ގޮތުގައި ފަޒީލްވަނީ ރިޝްފާއަށް އެ ހުރިހާ ވާހަކައެއް ކިޔައި ދީފައެވެ. އަރުޝް އައުމުން ޝާމިން އެވާހަކަ އަރުޝްއަށްވެސް ކިޔައިދިނެވެ. އެކަހަލަ މީހުންނަށް ވާނީ އެކަހަލަ ގޮތެކޭ އަރުޝް ބުނެލިއެވެ.

” ތިޔެއްނޫނޭ, އަޑު އެހިން ޝާމިންއާއި ހަމީދުގެ ސައި ވަރަށް އަަވަހަށް ލިބެޔޭ, މިހާރުންސުރެ ބަނޑު ހުސްކޮށްގެން މިހުރީ އިނގޭ” އަރުޝް އެމީހުންނާ އިތުރަށް ދިމާ ކުރުމުގެ ގޮތުން ބުނެލިއެވެ.

ދުވަސް ނިމިގެންދިިޔައީ އުފާވެރި ކަަމާއެކުއެެވެ. އަރުޝް ކޮޓަރިއަށް ވަތް އިރު ސާރާ ކުޑަ ދޮރު ކައިރީ ބޭރަށް ބަަލަހައްޓައިގެން ހުއްޓެވެ. އަރުޝް ގޮސް ސާރާގެ ފުރަގަހުން ވަރަށް ލޯބިން ބައްދާލިއެވެ.
” ޕްރިންސެސް ފުރަތަމަ ފެނުނު ދުވަހުވެސް ނޭނގެ ވާގޮތެއް ބުނެދޭކަށް, ފެންނަ އިިރަށްވެސް ބުުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއް ވަަނީ, މިހާރުވެސް ހަމަ އެ އިިހްސާސް ކުރެވޭ, ހިތަށް އަރަނީ ކީީއްވެބާއޭ މިހިތަށް އެެހާވަރު ވަނީ, ކީއްވެބާއޭ އެހާ ވަރުވަނީ, އެންމެ ފުރަތަމަ މިހިތުން ޖާގަ ހޯދި ކުުއްޖަަކީ ތީ, މިހާރު އަހަރެންގެ ލޯބި ލޯބި ވައިފް, އަހަރެންގެ ފުރާނައިން ލޯބިވާ ދަރިފުޅުގެ މަންމަ, ވަރަށް ލޯބިވޭ އިނގޭ, ދުވަަހަކުވެސް އިރާދަކުރެއްވިއްޔާ މިގުޅުމަށް އެހެންމީހަކަށް ނުވަދެވޭނެއެވެ. އަރުޝް ސާރާ އަރުޝްއާ ވީ ފަރާތަށް އަނބުރާލުމަށްފަހު ނިތުގައި ބޮސްދިނެވެ. އަދި ސާރާގެ އުނަގަނޑުގައި ހިފާ އިތުރަށް ކައިރި ކޮއްލިއެވެ. ދެމީހުންގެ ނޭވާ އެކަކު އަނެކަކުގެ މޫނަށް އެޅެމުން ދިއުމާއެކު ކުުުުރެވޭ އިިހްސާސް ފުންވެގެންދިޔައެެވެ. އެހެން ނަމަވެސް ދެމީހުންނަށް ހަމަ ހޭވެރިކަން ވީ މިޝާ ރޯންފެށުމުންނެވެ.

ދެމީހުންނަށް އެއްފަހަރާ ހެވުނެވެ. އަދި ދުރުވެލަމުން ގޮސް ދަރިފުޅު އުރާލިއެެވެ.
” ދަަރިފުޅު ބޭނުންނުވަނީތަ ބައްޕި މަންމިއަށް އުއްމައެއްދޭން, އަސްލު ވާގޮތަކީ ދަަރިފުޅު ބޭނުންވެފަ ހުއްޓާދޯ މަންމިއަށް މިދެވުނީ, ދެން އެހެން ނުވާނެ އިިިިނގޭ” އަރުޝް އެެހެެންބުުނެ ދަރިފުޅުގެ ނިތުގައި ބޮސްދިނެވެ. އަދި ސާރާ ދަރިފުޅު އުރައިގެން ހުއްޓާ ވަަރަށް ލޯބިވޭ ބުނެ ދެމައިން ގައިގަ ވަަރަަށް ލޯބިން ބައްދާލިއެވެ.

ނިމުނީ

މި ވާހަަކަ ޝައުގުވެރިކަމާއެކު ކީ ހުރިހާ ކިޔުންތެރިންނަށް ޝުކުރު އަދާކުރަން, މިހިސާބަށް މިި އާދެވުނީ ކިޔުންތެރިންގެ ފަރާތުން ލިބުނު ލޯތްބާއި ލިބުނު ހިތްވަރުގެ ސަބަބުންކަން ފާހަަގަކުރަން، އެކަމަށްޓަކައި އެެންމެހާ ކިޔުންތެރިންނަށް އަދިވެސް އެއްފަހަރުު ޝުކުރު އަަދާކުރަން, މިިވާހަކަ ގެނެސްދިނުމުގައި ދިމާވި އެންމެހާކަންތަށް ފާހަގަކޮށް ދެން ކުުރިއަށް އޮތް ސްޓޯރީގައި އެކަންތަށް ރަނގަޅު ކުރާނެކަމުގެ ޔަގީންކަންދެން.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ހަޔާތުގެ ކުލަތައް 1

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 45

Next
January 4, 2019

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 45

Previews
January 4, 2019

ހަޔާތުގެ ކުލަތައް 1

22 Comments!

  1. Sh@_n@ says:
    January 4, 2019 at 9:40 pm

    Salaam, ehme furathama vese lasvi kamahtakaa maafah edhen, baeh readers heekohfaane Shana phone stuck vi vaahaka buneema bahanaa ey, Ekm bunelan beynun vani Shana egothah buny dhogu hadhaigen nuney, eh dhuvas heydha v 4nu nuhulhuvigen, hulhuvunu iru ehves ehcheh neii, anehkaa kurine liyunu ehchehi hadhaankohgen alun mi up kohdhiny, faharehga vess readers maayoos kuruvaakah shana ehkameh vess kohfa eh noan naane, egothah feel kureveynama maafah edhen. Ehnve evaahaka bunelee, last part kamudhaane kameh uhmeedhu kuran

  2. Sharu says:
    January 4, 2019 at 10:06 pm

    Nice, Maasha Allah

    1. Sh@_n@ says:
      January 4, 2019 at 11:40 pm

      Thanx sharu

  3. manpaa says:
    January 4, 2019 at 10:22 pm

    hey how old is arush cux eyna badhaigathee kudakujje fadhainney bunefa ineema ??? anehen vaahaka hama habyx vrh salhi and shana ge ehn vaahaka akah vrh inthizaarukurevey dhen anna vaahakakah ❤❤❤❤❤❤??????????❤❤??????

    1. Sh@_n@ says:
      January 4, 2019 at 11:41 pm

      Thank dear

  4. Sis says:
    January 4, 2019 at 10:29 pm

    Omg Omg Mi story hama varah varah reethi ingey ???? and shana sis you are one of my best writers ❤️❤️❤️❤️❤️ me first dhw.. ???? waiting for your next story sis.. ??? When is that coming up? That trailer was awesome so varah impatient ??????????????

    1. Sh@_n@ says:
      January 4, 2019 at 11:43 pm

      Thank you so much sis. Adhivess 4nu mulhi akun ragalheh nun, ragalhu v ma next story fashaanan

  5. teacher says:
    January 4, 2019 at 10:57 pm

    vvreethi vaahaka eh.. bt fahu bai v avas avas kohlaafa hurikan v bodah faahaga vey…

    1. Sh@_n@ says:
      January 4, 2019 at 11:44 pm

      Yaa, ee liyunu bai fuhevigen alun liyuneema,

  6. Adhy says:
    January 4, 2019 at 11:06 pm

    Vrh reethi vaahaka masha allah, ??

    1. Sh@_n@ says:
      January 5, 2019 at 4:26 pm

      Thanx dear adhy

  7. ?Naju? says:
    January 5, 2019 at 12:16 am

    Masha allah.. v vv reethi mivaaha ..

    1. Sh@_n@ says:
      January 5, 2019 at 4:29 pm

      Thanx naju

  8. liyaa says:
    January 5, 2019 at 8:45 am

    maasha allah nice storyy keep it up love ☺?????

    1. Sh@_n@ says:
      January 5, 2019 at 4:30 pm

      Thank you so much liyaa

  9. MunyMoon says:
    January 5, 2019 at 10:17 am

    Alhe v v v v nice….hama beynuvigothah thi nimmaaly…..dhen kihaathaaku new story eh kiyaalan libeyny….

  10. Beryl Stone says:
    January 5, 2019 at 2:32 pm

    Masha allah❤????..mi prt vx vrh reethi ingey..stry nimuny dhw..hehehe.. Shana ge nxt stry akah wait kuraanan In Sha Allah❤????..It’s ok ey sis kolhuu..foanu nuhulhuvigen ulhefa vx vrh masahkaiy kohgen foanu hulhuvaafa mihaaru mi prt up kohdhinynu thy..aee kameh nooney ingey..mihaaru dhn foanu rangalhu vegen nxt stry fashan dhn mi wait kohlany..2 faharah mihen vx bunevijje dhw. …hehe..LYSM ingey❤????

  11. Naju says:
    January 5, 2019 at 7:33 pm

    V v v rythi mi story

  12. zoe says:
    January 5, 2019 at 11:31 pm

    best story ever

  13. Ashi says:
    January 6, 2019 at 1:55 pm

    v reethi v furihama vaahakaeh ????

  14. hassan says:
    January 9, 2019 at 1:07 pm

    varah ves furihama ehaame Reethi iburaitheri vaahaka eh

  15. Aysha says:
    January 30, 2019 at 7:29 pm

    Vara reethi story eh.good work.keep it up. Anneh story ah wait koggen mihiry

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 45←


All Right Reserved!