Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހަދިޔާ (ބާވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
January 4, 2019 13 Mins Read
36 Comments

“އައްޒާމްގެ އިންޓަވިއު ނިންމާލާފަ ހަމަ ގަޑިއިރުތަކެއްފަހުން ފުރުން އޮތީ. ހަވީރު އެހާ ހިސާބަށް ދެވޭނީ.” އާތިފް އަންދާޒާކޮށްލަމުން ބުނެލިއެވެ. އެ ހިނދު މިރްޒާން ފުން ނޭވައެއް ދޫކޮށްލީ އޭނަގެ އަވަސްވެފައިވި ހިތް ހަމައަކަށް އެޅުވޭތޯއެވެ. އެހެނަސް މި ވޭތުވި ދެދުވަސްތެރޭގައި ވެސް އޭނަގެ ހިތްވީ އެފަދަ ޙާލެއްގައެވެ. ފަޔާޒް މާލެއަށް އަނބުރާ އައިސް ‘ހަސަން’ އާ ބެހޭގޮތުން ކިޔައިދިން ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނައަށް އެންމެ ފަހުން އޭނަގެ ދަރިފުޅު ފެންނަން އުޅެނީތޯ ހިތަށްއެރި ވަގުތު މިރްޒާނަށް ނޭނގި އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

 

**

 

ހެނދުނުގެ އެ ވަގުތުގައި މާޝާވީ މަންހާމެން ފުވައްމުލަކަށް އައިސް އުޅޭ ގޭގައެވެ. އެއީ މަންހާގެ ދައްތައެއް ފިރިމީހާއާއި ދެކުދިންނާއެކީ އުޅެމުންދާ ގެއެވެ. މަންހާ މާޝާއާއި ބައްދަލުވި އައި ފުރަތަމަ ދުވަހަށްފަހު މާޝާ ގިނަގިނައިން އެގެއަށް ގޮސް ހަދައެވެ. އެ ގެ ހުންނަނީ މާޝާމެންގެ ގެއާއި މާ ދުރުގައި ކަމަށްނުވުމުން އެކަނި ދާންވެސް ލަތީފާއި ހާފިޒާވަނީ މާޝާއަށް ހުއްދަ ދީފައެވެ. މަންހާ ކަހަލަ ރަނގަޅު ކުއްޖަކާއި ތަކުރާރުކޮށް ބައްލުވުމުން މާޝާގެ އުޅުމަށްވެސް ހެޔޮ ބަދަލެއް އައިސްފާނެކަމަށް އެ ދެމީހުންނަށް ހީވުމުންނެވެ. އެ ހީ މުޅިއަކުން ގޯސް ހީއަކަށް ނުވިއެވެ. މަންހާއާއި އިތުރަށް އެކުވެރިވާން ވެސް މާޝާ ބޭނުންވި އެއްސަބަބަކަށްވީ، މަންހާއަކީ ދީންވެރިވެފައި ވެސް އޭނަ ޤަދަރުވެރި މީހެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ ޝަޚްޞިއްޔަތަށްވުމެވެ. މަންހާގެ އެ ސިފައިން މާޝާ މިހާތަނަށް އައިއިރު ދީންވެރި މީހުންނާއިމެދު ދެކެމުން އައި ގޮތަށް ބަދަލެއް އައިއްސިއެވެ. ނޭނގޭ ސަބަބަކާހުރެ މަންހާ އޭނައަށް ބޮޑުދައިތަ ކިޔާ ކުޑަކުދިންނަށް ދީނާއި ބެހޭގޮތުން އުނގަންނައިދޭ ގޮތާއިމެދު ވެސް މާޝާގެ ހިތުގައި ލޯތްބެއް އުފެދުނެވެ.

 

“ދެން ކިހިނެއްތަވީ ދޮންތީ؟” އެދުވަހުވެސް އޭގެ ތެރެއިން 6 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ ކޮޓަރީގެ މެޓެއްގެ މަތީގައި ބާލީހެއް ހިފަހައްޓައިގެން އިނދެ އޭނަގެ ކުރިމަތީގައި އެނދަށް ލެނގިލައިގެން އިން މަންހާ ކައިރިން އެހެން އެހީ ނުހަނު ޝައުޤުވެރިކަމާއި އެކީގައެވެ.

 

“ދެންވީ ގޮތަކީ……މޫސާ ޢަލައިހިއްސަލާމް އެ ސްނޭކްގަ ހިފެހެއްޓީމަ އަނެއްކާވެސް އޭތި ޢަޞާއަކަށް ބަދަލުވީ.” މަންހާ އެހެން ބުނެލި ރާގުން އޭނަ ހުރީ އެ ވާހަކައިގެ ތެރޭގައިހެން ހީވެއެވެ. އޭނަ އެހެން ބުނެލި ގޮތުން އެ ފިރިހެން ކުއްޖާގެ މޫނުމައްޗަށް ވެރިވީ ކުލަވަރު ފެނިފައި އޭނަގެ ކައިރީގައި އިން މާޝާއަށް ހިނިތުންވެލެވުނެވެ. މަންހާ އެހެން ބުނެލިތަނާހެން ވިސްނުމެއްގައި އިނދެފައި އެކުއްޖާ ވައި އަޑުން ‘ވާވް’ އޭ ބުނެލި އަޑުއިވުނެވެ. ހަމަ އެ ހިނދު އެކުއްޖާގެ މަންމަ ބޭރުން އެކުއްޖާއަށް ގޮވާލި އަޑުއިވުނެވެ.

 

“އޯ ނޯ ދޮންތީ އަވަހަށް ސްޓޯރީ ކިޔައިދީ ނިންމަބަލަ. ކޮއްކޮ ދާނީ ތީތި އަޑުއަހާފަ.” އެ ކުއްޖާ ކޮޓަރީގެ ދޮރަށް ބަލާފައި މަންހާއަށް ބަލާލަމުން ބުނެލިއެވެ.

 

“ނޫން ކޮއްކޯ! މަންމި ގޮވީމަ ދާންވާނެ. ދޮންތި ފަހުން ކިޔައިދޭނަން ދެން އޮތްބައި. އަވަހަށް ހިފައިގެންދޭ.” މަންހާ އެހެން ބުނެލީ އޭނަގެ އަތުގައި އޮތް ވާހަކަ ފޮތް ލައްޕައި އެކުއްޖާގެ އަތަށް ލައިދެމުންނެވެ. އެ ކުއްޖާ ހިސާބަކަށް ފޫހިވެ އިނދެ އޯކޭ ބުނެލަމުން ފޮތާއެކީ ކޮޓަރިން ނިކުމެގެން ދިޔައެވެ.

 

“މަޖާ ބައެއްދޯ ކުދިންނަކީ؟ ހެހެ…..” ދޮރު ލައްޕާލި މަންޒަރު ބަލަން އިނދެ މަންހާ ހީލަމުން ބުނެލިއެވެ. އެމީހުން ތިބީ ކޮޓަރީގައި ކަމަށްވުމުން މަންހާވެސް އިނީ މާޝާ ފަދައިން އާދައިގެ ބުރުގާއެއް އަޅައި ބުރުގާގެ ކަނުގައި ގޮށެއްޖަހައިގެންނެވެ. ދެމީހުން އެހެން ތިބިއިރު އެދެމެދުގައި ޢުމުރުގެ މާ ބޮޑު ފަރަގެއް ހުންނާނެހެނެއް ހިއެއްނުވާނެއެވެ. އެދެމީހުންގެ ދެމެދުގައި އުފެދިފައި އޮތް އެކުވެރިކަމުގެ ޒާތުންވެސް އެ ތަފާތު އޮތްހެން ދެމީހުންނަށް ވެސް އިޙްސާސެއް ނުކުރެވެއެވެ.

 

“މަޖާވެސް ވާނެތާ ތިހާ އިންޓްރެސްޓިންގްކޮށް ކިޔައިދެންޏާ! ސީރިއަސްލީ އަހަރެން ހިއެއްނުކުރަމޭ ތި ސްޓޯރީސްތައް އެހާ ރީތިވެދާނެއެކޭ. ދޭއި އާރ ސޯ އޯސަމް!” މާޝާ އޭނަގެ ޝުޢޫރުތައް ފާޅުކުރިއެވެ.

 

“އައި ނޯ ރައިޓް! އެއީ ހަމަ ﷲ ގެ ބަސްފުޅުގެ ފުރިހަމަކަން. އެންމެ ރީތި އަދި އެންމެ މާނަހުރި ވާހަކަތައް ކިޔައިދެއްވާފައިވަނީ އެކަލާނގެ. ސުބްޙާނަ ﷲ!” މަންހާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. އެ ވާހަކަ އިވިފައި މާޝާއަށް ހިނިތުންވާން ނޭނގިފައި މަންހާއަށް ބަލަން އިނދެވުނެވެ. ދީނާއިމެދު ހިތުތެރޭގައިވި ޝައްކުތަކާއި ހިސާބެއްގެ ނަފްރަތަކާއި އެކީވެސް މަންހާގެ ބަސްތައް އޭނަގެ ހިތް ޤަބޫލުކުރަން ބޭނުންވަނީ ކީއްވެކަމެއް މާޝާއަކަށް ޔަޤީނެއްނުވެއެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ އެވަގުތު މަންހާއާއި ކުރަން އައި ސުވާލެއްގެ މަތިން ހަނދާންވުމުން މާޝާއަށް ވާހަކަ ދެކެވުނެވެ.

 

“މަންހާއަށް އެއްޗެއް ދައްކަންވެފަ އެބައޮތޭ. ވެއިޓް!” މާޝާ އެހެން ބުނެ އޭނަ އެދުވަހު ގެނައި ފޮތިން ހެދިފައި އޮތް ކުޑަ އަތްދަބަސް ތެރެއިން އެއްކަލަ ދަޢުވަތު ކާޑު އެޅިފައިވި ފޮށި ނެގިއެވެ.

 

“މިއީ އެއްރެއަކު އެއާރޕޯޓް ތެރެއިން ކުއްޖަކު އަހަންނަށް ދިން ދަރުސް ދަޢުވަތެއް. މަންހާއަށް އެނގޭތަ މީގަ އޮތް ސުވާލުގެ ޖަވާބު؟” މާޝާ އެ ފޮށީގެ ތެރެއިން ދަޢުވަތު ކާޑު ނަގައި ދިއްކޮށްލަމުން އެހިއެވެ. މަންހާ ދަޢުވަތު ކާޑަށް ބަލާލަމުން އޭތި ކިޔަން ފެށިއެވެ. އާޔަތާއި އޭގެ މާނައާއި ކުރެވިފައި އޮތް ސުވާލަށްފަހު މަންހާ ދަރުސްދޭ މީހާއާއި ތަން ލިޔެވިފައި އޮތް ކަނަށް ނަޒަރު ހުއްޓާލި ހިނދު އޭނަގެ ދެބުމަ ކައިރިވި މަންޒަރު މާޝާއަށް ފެނުނެވެ.

 

“ޝެއިޚް ހާޝިމް…” މަންހާ އަމިއްލަ ނަފްސާ ކަހަލަ ގޮތަކަށް އެހެން ބުނެ އިސްއުފުލާލީ ވިސްނުމެއްގެ ތެރެއަށް ގެއްލެމުން ކަހަލަ ގޮތަކަށެވެ.

 

“ކިހިނެއްވީ؟ މަންހާ ދަންނަ މީހަކީތަ؟” މާޝާއަށް އަހާލެވުނެވެ.

 

“އައި ތިންކް ސޯ…ހީވަނީ މިއީ ހަމަ އެ ޝެއިޚްހެން. ވަރަށް ވަރަށް ކުރިން މަންމަ ކޮންމެވެސް ސިޙުރެއް ޖެހިގެން އުޅުނު ކުއްޖަކަށް ރުޤްޔާ ކިޔަވަން ފެށި. ހަނދާންވާ ގޮތުގަ އެއީ ހަމަ މިނަން ކިޔާ ޝެއިޚެއްގެ ދަރިފުޅު. މަންމަ ރުޤްޔާ ކިޔަވައިދިން މީހުންގެ ތެރެއިން އެކުއްޖާ އެހާ ބޮޑަށް ހަނދާން ހުންނަނީ އެއީ މަންމަ ބުނާ ގޮތުގަ މަންމައާއި ދިމާވި އެންމެ ބިރުވެރި އެއް ޙާލަތު. މަންމަ ޢާއްމުގޮތެއްގަ އެގޮތަށް ރުޤްޔާގެ ފަރުވާ ހޯދާ ކުދިންގެ ވާހަކަ ކިޔައެއްނުދޭނެ. އެކަމަކު އެކުއްޖާއަށްޓަކައި ކިޔެވިއިރު ކޮންމެ ދުވަހަކު ގެއަށް އައިސް މަންމަ ކިޔައިދޭނެ ވީ ގޮތް. ރުޤްޔާ ކިޔެވިއިރު އެކުއްޖާއަށް ވަމުންދިޔަ ގޮތް ކިޔައިދޭއިރު އަހަރެން ވެސް ބިރުން ތުރުތުރުއަޅާ.” މަންހާ ކިޔައިދިނެވެ.

 

“ދެން އެކުއްޖާ ރަނގަޅުވިތަ؟” މާޝާއަށް އަހާލެވުނެވެ.

 

“އޭރު އަހަރެން ވަރަށް ކުޑަވާނެ. އޭރު ނުކެރޭނެ މަންމަ ކައިރިން މާ ގިނަ ސުވާލުތައް ކުރާކަން އެކަންތަކާ ބެހޭގޮތުން. އެހެންވެ އަހަންނަކަށް ނޭނގޭ އެއީ ކޮންކަހަލަ ސިޙުރެއްކަން އެކުއްޖާއަށް ޖެހިފަ ހުރީ. ނޭނގެ ރަނގަޅުވީ ކަމެއްވެސް. އަހަންނަށް އެނގުނުހާ ކަމަކީ އެކުއްޖާ އުޅުނީ އަބަދުވެސް ކޮންމެވެސް ކަމަކާ ބިރުންކަން…” މަންހާ އޭނައަށް އެނގުނު ވަރަކުން ތަފްޞީލު ކޮށްދިނުމުން މާޝާ ވެސް ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ދެންވެސް ވާހަކަ ދެއްކީ މަންހާއެވެ.

 

“އެނީވޭސް….މި ދަޢުވަތު ފެނިފަ އަހަރެން ވެސް މި ދަރުސްތަކަށް ދާ ހިތްވެއްޖެ. އަހަންނަށް ވެސް އަސްލު ނޭނގޭ މި ސުވާލުގެ ޖަވާބު. އެހެންވީމަ ދެމީހުން ދާނީދޯ އެކީގަ؟” މަންހާ މޫޑު ބަދަލުކޮށްލަމުން ހިނިތުންވުމަކާއެކީ ދޯދިނެވެ. އެ ޚިޔާލު ކަމުދިޔަ މިންވަރު މާޝާއަށް އުޖާލާވި ހިނިތުންވުމަކާއެކީ ބޯޖަހާލެވުނެވެ.

 

މަންހާއާއި ވާހަކަ ދައްކަން އިނުމަށްފަހު މާޝާ ގެއަށްދާން ނިކުތީ ގަޑިން 8:15 ވެފައިވިކަން އެނގުންވުމުންނެވެ. އޭނަ ބޭނުންވީ ދޮންބެ އަންނަންވާއިރަށް ގޭގައި ހުންނާށެވެ. ރޭ ދޮންބެ ގުޅާފައި މިއަދު އަންނާނެ ވާހަކަ ބުނީއްސުރެ މާޝާގެ ހިތަށް އުފާވެރިކަމެއް ވެރިވެފައިވެއެވެ. އެއީ ދޮންބެއާއި އަނެއްކާވެސް ބައްދަލުވާން އުޅޭކަމުގެ އިތުރުން ދޮންބެ މިރަށަށް އަންނަން އުޅެނީ ކީއްވެކަން ވެސް ދޮންބެ ކިޔައިދީފައިވާތީވެއެވެ. ލެޕްޓޮޕް ވައިބާރއިން ކުރި ވީޑިއޯ ކޯލްގައި ދޮންބެ އަންނަނީ އައްޒާމްގެ އިންޓަވިއުއަކަށޭ ބުނިއިރު އެތާނގައި މަންމައާއި ބައްޕަ ނެތުމީ އޭނަގެ ނަސީބޭ މާޝާގެ ހިތަށްއެރިއެވެ. އެހެނީ އެ ވާހަކަ އިވިފައި މާޝާއަށް ހެވުމުން ދޮންބެވެސް އެކަމާމެދު ސުވާލުކުރިއެވެ. ދޮންބެ ކައިރި ކަމެއްނުވެއޭ ބުނެ ފުއްދާލެވުނަސް މަންމަމެންނަށް ފެނުނު ނަމަ އެވަރުން ޖަވާބު ނުފުދުނީސްކަން މާޝާއަށް ޔަޤީނެވެ. އެފަދަ ޙާލަތެއް ދިމާވެއްޖެނަމަ އޭނަ މި އިޙްސާސްތައް މަންމަމެންނަށް ކިޔައިދޭނީވެސް ކިހިނެއްތޯ މާޝާގެ ހިތަށް އަރަމުން ދިޔައެވެ.

 

މަގުން ހިނގާފައި ދިޔައިރު ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކުން މާޝާއަށް އަމިއްލަ ނަފްސާއި ހިނިތުންވެވެމުން ދިޔައެވެ. ލޮލަށް ސިފަވަމުން ދިޔަ މަންޒަރުތަކުން އޭނައަށް މަގުވެސް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަގުގެ އެއްފަރާތުން ހިނގަމުން ދިޔައިރު ޔަޤީންވީހާ ވެސް ކަމަކީ އޭނަގެ ފަހަތުން މީހަކު ހެނދުނުގެ ލުއި ދުވުމެއްގައި އަންނަމުން ދިޔަކަމެވެ. އެއީ އެ އަވަށުގައި އުޅޭ ކަސްރަތުކުރަން ލޯބިކުރާ ފިރިހެނުންކުރެ މީހެކޭ ހިތައި މާޝާ ވަކި ފަހަތް ބަލަން ޚިޔާލެއް ނުކުރިއެވެ. ފަހަތް ބެލުމެއްނެތި މަގަށްވެސް ސަމާލުކަމެއް ނުދީ ހިނގަމުން ދަނިކޮށް މާޝާގެ ފިޔަވަޅު ބިންމަތީގައި އޮތް ކާށްޓެއްގައި އެޅުނެވެ. އެއާއެކު އޭނަ އަރިއަޅާލަން ދިޔަ ވަގުތު އޭނައަށް ހަޅޭއްވެސް ނުލެވެނީސް މީހަކު އައިސް އޭނަގެ އަތުގެ ފަލަމަސްގަނޑުގައި ހިފެހެއްޓިއެވެ. އެހިނދު ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ އޭނައާއި ކުރިމައްޗަށްވާ ގޮތަށް އޭރު ހުރި ޒުވާނާއަށް ބަލާލެވުނެވެ. އެ ހިނދު އެ ސޫރަ ފެނުނު ފުރަތަމަ ދުވަސްފަދައިން އޭނަގެ ނޭވާ ކަރުގައި ތާށިވިއެވެ. އައްޒާމްގެ ފިރިހެންވަންތަ މޫނު ނުހަނު ގާތުން ފެނިފައި އެހެން ދިމާލަކަށް ނަޒަރު ހިންގަން ނޭނގިފައި މާޝާއަށް ހުރެވުނެވެ. އައްޒާމް ވެސް ހިނދުކޮޅެއް ވަންދެން ހުރިގޮތަށް ހުއްޓެވެ. އެހެނަސް މާ ގިނައިރެއްނުވެ އައްޒާމް މާޝާގެ އަތުން ދޫކޮށްލިއެވެ. އެ ހިނދު މާޝާއަށް އެ އަތާއި ދިމާލަށް ބަލާލަމުން އައްޒާމަށް ބަލާލެވުނެވެ. އެ ހިނދު އައްޒާމް ވާހަކަ ދެއްކިއެވެ.

 

“މަގުން ހިނގަން ނޭނގޭ ކުދިން އެކަނި ގެއިން ބޭރަށް ނިކުތުމަކީ ރައްކާތެރިކަމެއްނޫން.” އައްޒާމް ނުހަނު ސީރިއަސް ރާގަކަށް އެހެން ބުނެ ނިމުނު ވަގުތު އޭނަގެ ލޮލުން ލާނެތް ވިދުވަރެއް މާޝާއަށް ފާހަގަވިއެވެ. އެއާއެކު މާޝާގެ މޫނުމައްޗަށް ވެސް ވެރިވި ހިނިތުންވުމާއެކީ އޭނަ ދެލޯ ހަނިކޮށްލިއެވެ.

 

“ސްކިއުޒް މީ؟” މާޝާވެސް ލާނެތް ރާގަކަށް އެހެން އަހާލުމުން އައްޒާމް ކޮނޑު އަރުވާލަމުން ކުރިއަށް ހިނގައިގަތެވެ. މާޝާވެސް އޭނައާއި އެކީގައި ހިނގަންފެށީ ވަކި ޖެހިލުންވުމެއްނެތިއެވެ. ބެކް ސްޓޭޖުގައި ވެވުނު ބައްދަލުވުމުގެ ސަބަބުން އެ ދެމެދުގައި ލެވިފައިވި ބޯ ފާރެއް ނެތި ގޮސްފައިވިކަމުގެ އިޙްސާސެއް ދެ ޒުވާނުންނަށް ވެސް ކުރެވުނެވެ.

 

“އަހަންނަށް އެކަނި ނުނިކުމެވެންޏާ ތިބޭފުޅާއަށް ވެސް ނިކުމެވިގެން ނުވާނެ.” މާޝާ ސަމާސާވެރި ރާގަކަށް ބުނެލިއެވެ.

 

“އަޅުގަނޑު މީ އެކްސެޕްޝަނަލް ކޭސްއެއް ދެއްތޯ؟ އަޅުގަނޑު ނިކުތަސް މި ޒާތުގެ މައްސަލަތައް ނުޖެހޭނެ.” އައްޒާމް އެ ސަމާސާ ކުރިއަށް ގެންދިޔައެވެ.

 

“އޫ….ހަނދާން ނެތުނީއޭ ކިހާ އެކްސެޕްޝަނަލްކަން! ފުރާވަރުގެ ކުދިންގެ ތެރެއިން ކޮމިއުނިޓީއަށް ސާރވްކުރާ ކުއްޖެކޯ. އަހަރުމެން ކަހަލަ މީހުން މީ ތާކުންތާކުޖެހޭ މީހުންނެއްނޫން.” މާޝާ ބުނެލިއެވެ. އެ ހިނދު އައްޒާމް ހިސާބެއްގެ ޙައިރާންކަމަކާއެކީ މާޝާއަށް ބަލާލިއެވެ.

 

“ކިހިނެއް އެނގުނީ؟” އައްޒާމަށް އަހާލެވުނެވެ.

 

“ދެން އެނގޭނެތާ އެހާ މަޝްހޫރު އައިޓީ އައްޒާމް ޓީވީއަށް އަރަން އުޅެންޏާ.” މާޝާ އައްޒާމަށް ބަލައި ދެބުމަ އަރުވާލަމުން ބުނެލިއެވެ. މާޝާ އޭނައަށް ކިޔާލި ނަމުން އެހެން މީހެއްގެ މަތިން ހަނދާންވުމުން އައްޒާމަށް ހީލެވުނެވެ.

 

“މާޝާގެ ދޮންބެ ދޯ އެއީ؟” އައްޒާމް ހެވިފައިހުރެ އެހިއެވެ. މާޝާ ތުންފިއްތައި ބޯޖަހާލަމުން ހޫންލައްވާލިއެވެ.

 

“އެކްޗުއަލީ ނޮޓް ޝުއާރ. އަހަރެންގެ ދޮންބެނަމަ ދޮންބެގެ ޝޯގަ އަހަރެން ވެސް ހިމެނީސް…އައުޗް!” މާޝާ ދެރަވާކަމަށް ހެދި މޭމަތީގައި އެއްއަތް އަޅާލަމުން ބުނެލިއެވެ. އެ ހިނދު އައްޒާމަށް އަނެއްކާވެސް ހީލެވުނު ވަގުތަކީ މާޝާމެންގެ ގޭގެ މައިދޮރާއި ދެމީހުންނަށް ހަމަކޮށްލެވުނު ވަގުތެވެ. އެއާއެކު މާޝާ އައްޒާމަށް ބަލައި ދަނީއޭ ބުނެލަމުން ގެއަށް ވަންނަން އުޅުނެވެ. އެހެނަސް މާޝާ އައްޒާމަށް ފަސްދިން ތަނާހެން އައްޒާމް ‘މާޝާ’ އޭ ކިޔައި ގޮވާލި އަޑަށް މާޝާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އަވަސްވެގެން ދިޔަ ހިތުގެ ތެޅުމާއެކީ މާޝާއަށް ފަސްއެނބުރި ބަލާލެވުނެވެ. އެ ހިނދު އޭނައަށް ބަލަންހުރި އައްޒާމް އިސްޖަހާލުމުން މާޝާ ޙައިރާންވާ ގޮތްވިއެވެ.

 

“ކުރީ ރޭ ކަންތައްވީ ގޮތަށްޓަކައި ވަރަށް ބޮޑަށް މަޢާފަށް އެދެން. ކަމެއް ދިމާވީމަ އެރޭ ފަހުން ވާހަކަ ނުދެކެވުނީ.” އައްޒާމް މާޝާއަށް ބަލަމުން ނުބަލަމުން ބުނެލިއެވެ. އޭނަ ހުރީ ޙަޤީޤަތުގައި ވެސް އެރޭ މާޝާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތާއިމެދު ދެރަވެފައެވެ. އެއަށްވުރެ ބޮޑަށް ދެރަވީ އޭނައަށް އެ ހެދުނު ގޮތުން އޭނައާއި މާޝާއާއި ދެމެދު އިތުރު ގުޅުމެއް އޮވެދާނެ ކަމާއިމެދު ވެސް ޝައްކުކުރެވުމުންނެވެ. އެހެނަސް މިއަދު ވެސް މާޝާ ފެނުމާއެކު ނޭނގޭ ސަބަބަކާހުރެ އޭނައަށް ވާހަކަ ދެކެވުނީ އެ ގިލަންވެރިކަމުގެ މަތިން ހަނދާން ނައްތާލަމުންނެވެ. މާޝާގެ ސޫރައަކީ އޭނަގެ ހުރިހާ ނޭދެވޭ އިޙްސާސްތަކަށް ހުރި ފަރުވާއެއް ފަދައެވެ. އޭނަ ދެންމެ ބުނެލި ވާހަކައަށް މާޝާ ދައްކާލި ލުއި ހިނިތުންވުމުން ވެސް އައްޒާމްގެ ހިތް ވިރިގެންދާން ފެށިއެވެ.

 

“އިޓްސް އޯކޭ އައްޒާމް. އެހެންނޫނަސް އައި ޑޯންޓް ހޯލްޑް އިޓް އެގެއިންސްޓް ޔޫ. އެނގޭ އައްޒާމް ވަރަށް ބޮޑު ކަމެއް ދިމާވެގެން ނޫނީ އަހަރެން އެކަނި ނުކުރާނެކަން.” މާޝާއަށް އެ ފަހު ބަސްތައް ބުނެލެވުނީ އިޚްތިޔާރުން ބޭރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހަމަ އެއާއެކު އޭނައަށް ކުއްލިއަކަށް ބަލާލި އައްޒާމާއި އެއްވަރަށް މާޝާ ވެސް ހުއްޓުން އަރާ ގޮތްވިއެވެ. އޭނައަށް މިވަނީ ކިހިނެއްތޯ މާޝާގެ ހިތަށްއެރިއެވެ. ކުރިން އެފަދަ ބަސްތައް ބޭނުންކުރި ކޮންމެ ފަހަރެއްގެ މަތިން އޭނަ ބޭނުން ކޮށްފައިވަނީ ނުހަނު ވިސްނުންތެރިކަމާއެކީ ސިކުނޑީގައި އެ ބަސްތައް ރާވައި އެއިން އޭނަގެ ކުރިމަތީގައި ހުރި ފިރިހެން ކުއްޖާއަށް ކުރާނެ އަސަރު ޔަޤީންކޮށްފައެވެ. އެހެނަސް މިއަދު ނުބުނަން ހުއްޓާ ވެސް އެފަދަ ބަސްތައް އޭނައަށް ބުނެވެން ފަށައިފިކަން އެނގުންވުމުން މާޝާ ހިސާބަކަށް ބިރުވެސް ގަންނަ ގޮތްވިއެވެ. އޭނަގެ ހިތުގެ ސަމުގާ އެހެން މީހަކާއި މުޅިން ޙަވާލުކުރެވެމުންދާ ކަމުގެ އިޙްސާސެއް ކުރެވުމުން މީގެ އާޚިރު ނަތީޖާ ނިކުންނާނެ ގޮތާއިމެދު ޔަޤީން ނުވުމުންނެވެ. އައްޒާމްގެ މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔަ ހިތުތެރޭގައި ވެސް ހިނގަމުން ދިޔައީ އެ ޒާތުގެ ޖަޒުބާތުތަކެވެ. އެ ވަގުތުކޮޅަށް ނިމުމެއް އައީ މާޝާގެ ޖިންސްގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. މާޝާ ޖީބުން ފޯނު ނަގައި ބަލާލިއިރު ގުޅަނީ މަންމައެވެ. ފޯނަށް ޖަވާބު ދެމުން އޭނަ އައްޒާމަށް ބަލާލިއެވެ. ތިރި ބަލައި މަންމަ ގާތު މި އަންނަނީއޭ ބުނެފައި އަނެއްކާވެސް އައްޒާމަށް ބަލާލި ވަގުތު އައްޒާމް ފުން ނޭވައެއް ދޫކޮށްލަމުން އޭނައަށް ފަސްދީފައި ދާން ހިނގައިގަތެވެ. އައްޒާމް ލޯމައްޗަށް ގެއްލުމުން މާޝާ ވެސް އިސްޖަހާލަމުން ގެއަށް ވަންނަން ދިޔައެވެ.

 

**

 

މިރްޒާންމެން ތިބި ފްލައިޓް ފުވައްމުލަކު އެއާރޕޯޓުގައި ޖެއްސީ ހެނދުނު 8:30 ވާން ގާތްވެފައި ވަނިކޮށެވެ. އިންޓަވިއުއަށްޓަކައި އައްޒާމްގެ ގެއަށް އަންނާނެ ކަމަށް ބުނެވިފައިވީ 10 ޖަހާއިރު ކަމަށްވުމުން މިރްޒާން ނިންމީ އެންމެ ފުރަތަމަ މަންމަމެންނާއި ބައްދަލުކޮށްލަން ގެއަށްދާށެވެ. އޭނަ ވަކިން ކާރެއްގައި ގެއަށްދާން މިޞްރާބު ބަދަލުކުރިއިރު އާތިފާއެކީ ދެން ތިބި މީހުން ރަށުތެރެ ބަލާލަން ނިންމިއެވެ. މިނެޓްތަކެއް ވަންދެން ކުރަންޖެހޭ އެ ދަތުރު މަތީގައި އޭނަ މަންމައަށް ގުޅައި އޭނަ ވީ ހިސާބު އެންގިއެވެ. ނަތީޖާއެއްގެ ގޮތުން މިރްޒާން ގެއާއި ހަމަވީއިރު ހިނިތުންވުންތަކާއެކީ ތިބި މަންމައާއި ބައްޕަގެ އިތުރުން މާޝާވެސް ތިބީ ދޮރުމަތީގައެވެ. މުޅި ޢާއިލާ އެކީގައި ގެއަށްވަނީ އެކަމާމެދު ކުރަމުން ދިޔަ ސަމާސާތަކާއި އެކީގައެވެ. ގެއަށްވަދެ އެންމެ އެކީގައި ސިޓިންގް ރޫމުގައި އިށީން ވަގުތު އެތާހުރި މޭޒުމަތީގައި މިރްޒާނަށް ދޭން ހެދިފައިހުރި ކޮފީ ތަށްޓަކާއި ހެދިކާވިއެވެ. އެންމެން އެކީގައި ކަމުން ވާހަކަ ދައްކަމުން ދިޔައިރު މަންމަމެންގެ މެދުގައި ނަޒަރުތައް ބަދަލުވަމުން ދިޔަކަން މިރްޒާނަށް ފާހަގަވިއެވެ. މަންމައާއި ބައްޕަވެސް މާޝާއަށް ބަލައި ބޯޖަހަމުން ދިޔަ ގޮތުން މާޝާ ލައްވާ އެއްޗެކޭ ބުނުވަން އުޅޭހެން މިރްޒާނަށް ހީވިއެވެ. އެކަމާމެދު ވިސްނެން ފެށި ވަގުތު މަންމަ ވާހަކަ ދެއްކިއެވެ.

 

“މިރްޒާން ދަރިފުޅަށް އެނގޭތަ ކުރީ ދުވަހު މިގެއަށް އައި ކޮންމެވެސް ކުއްޖެއްގެ ވާހަކަ ބުނަން ބޭނުންވެފަ މާޝާ އެ އިންނަނީ.” ހާފިޒާ ހެވިފައި އިނދެ ނޫންކަމަށް ހަދަން މަސައްކަތް ކުރަމުން ބުނެލިއެވެ.

 

“ކޮން ކުއްޖެއް؟” މިރްޒާން ބުމަގޮށްޖެހިފައިހުރެ މާޝާއަށް ބަލާލީ އެ ވާނީ މާޝާގެ ‘ރައްޓެހި’ ކޮންމެވެސް ފިރިހެން ކުއްޖެއްގެ ވާހަކަހެން ހީވުމުންނެވެ.

 

“އޯ ގޯޑް ދޮންބޭ! އަހަންނަށް ލުކް އޮފް ޑެތްއެއް ނުދިނަސް ބުނެފާނަމޭ. ހެހެ…..އެއީ ވަރަށް ސްވީޓް އަންހެން ކުއްޖެއް. މަންހާ ކިޔަނީ. އަހަންނާ ވަރަށް ކްލޯޒް ފްރެންޑެއް އެއީ.” މާޝާ ހިނިތުންވުމަކާއެކީ ކިޔައިދިނެވެ.

 

“ދެން؟” މިރްޒާނަށް އެހެން އަހާލެވުނީ އެވާހަކަ އޭނައަށް މުހިއްމުވާންވީ ސަބަބެއް ނޭނގުމުންނެވެ. އޭނަ އެހެން ބުނެލުމުން މަންމައާއި ބައްޕަގެ މޫނުތަކުން ހިސާބެއްގެ ނުތަނަވަސްކަމެއް މިރްޒާނަށް ފެނުނެވެ. އެ ނުތަނަވަސްކަމުގައި ހިނިތުންވާން މަސައްކަތް ކުރަމުން ހާފިޒާއަށް ވާހަކަ ދެކެވުނެވެ.

 

“ފް….ފަންސަވީސް އަހަރުގެ ކުއްޖެއް އެއީ. ވަރަށް ރަނގަޅު އަދި ދީންވެރި.” ހާފިޒާއަށް އެ ބަސްތައް ބުނެވުނު ދެވަނަ ސިކުންތުގައި އޭނައާއެކީ ލަތީފްގެ މޫނުމައްޗަށް ވެސް ވެރިވީ އެ ބަސްތަކާއިމެދު ހިތާމަ ކުރެވުނު އަސަރެކެވެ. އެކަން ރަނގަޅަށް އެނގިގެން ދިޔަ މިރްޒާނަށް މި ވާ އެއްޗެއް ސާފުކޮށް ނަގައިގަނެވުނެވެ. އޭނަގެ މޫނުމަތިން އެކަން ފާޅުވުމުން ހާފިޒާ އިސްޖަހައި ބޯހޫރުވާލަމުން ތެދުވެ، އެތަނުން ދާން ހިނގައިގަތެވެ. ހާފިޒާ ދިޔަ ދިމާލަށް ބަލަން އިނދެ ލަތީފް ވެސް ހާފިޒާއަށް ގޮވަމުން ދިޔައެވެ. އެމީހުން ދިޔަތަން ބަލަން އިނދެ މިރްޒާނަށް އިސްޖަހާލެވުނެވެ. އެއަށްފަހު އޭނަ މާޝާއަށް ބަލާލިއެވެ.

 

“ޔޫ ފިގާރޑް އައުޓް ދޯ؟” މާޝާ އަހާލިއެވެ. މިރްޒާން ހިނދުކޮޅަކަށް ހުރެފައި ބޯޖަހާލިއެވެ.

 

“ހެހެ…..މަންމަމެން އުޅުނީ ސީކްރެޓް ގޮތަކަށް ދޮންބެ މަންހާ ލައިކްވާނެ ގޮތަށް ހަދަން. އަހަންނާ މަންހާ ފްރެންޑް ކުރުވީ މަންހާގެ ރަނގަޅު ވާހަކަތައް ދޮންބެއަށް އިވޭނެ ގޮތަށް ހަދަން. ބަޓް އައި ގެސް….ދަ ޕްލޭން ހޭޒް ފްލޮޕްޑް. އެކަމަކު މަންމަމެން ތިބީ ވަރަށް ހޯޕްކޮށްގެން. އަދި އެއީ އަސްލުވެސް ވަރަށް ސްވީޓް ކުއްޖެއް. އަހަރެން ވެސް ކުރީކޮޅު ލައިކެއްނުވޭ މޫނުބުރުގާ އަޅައިގެން ހުންނާތީ. ބަޓް ޝީ އިޒް ވެރީ ކައިންޑް. އެހެން ދީންވެރި މީހުން ގޮތަކަށްނޫން. ޕްލަސް ވަރަށް ރީއްޗަށް ޤުރުއާނުގެ ވާހަކަތައް ވެސް ކިޔައިދޭ.” މާޝާ ވާހަކަ ދެއްކިއެވެ. އެހެނަސް އެއިން މިރްޒާން ޝައުޤުވެރިވީހެނެއް ހިއެއްނުވެއެވެ.

 

“ތިއީ ތެދަކަށްވެދާނެ މާޝް….އެކަމަކު ކިހާ އަންފެއާރ ވާނެ އެކަހަލަ ކުއްޖަކަށް ދޭންވާ ލޯބި ދޮންބެއަށް ނުދެވުނިއްޔާ؟ ދޮންބެ އަދިވެސް ލޯބިވަނީ އަމްނާ ދައްތިދެކެ. އަދިވެސް ވަރަށް ބޮޑަށް ލޯބިވޭ. ވަރަށް ހަނދާންވޭ…” މިރްޒާން އެއްދިމާލަކަށް ބަލަން އިނދެ އެ ފަހު ބަސްތައް ވޭނީ އަޑަކުން ބުނެލިއިރު އާދައިގެ މަތިން އެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނަގެ ލޯ ރަތްވެ ލޮލަށް ކަރުނަތައް ޖަމާވާން ތައްޔާރުވިއެވެ. މަންޒަރު ބަލަން އިން މާޝާއަށް ދެބުމަ ކައިރި ކޮށްގެން ވިސްނުމެއްގައި އިނދެވުނެވެ. އޭނަގެ ހަނދާނަށް އައީ މަންހާ ދެއްކި ވާހަކަތަކެވެ. ދޮންބެގެ ޢާއިލާ މަރުވީއެއް ނޫންކަމެވެ. ދޮންބެއާއި އެމީހުންނާއި އަނިޔާވެރި ގޮތަކަށް ވަކިކޮށްލެވުނީ ކަމަށެވެ. ހަމަ އެހިނދު މާޝާއަށް ވާހަކަ ދެކެވުނެވެ.

 

“ދޮންބޭ….ކިހިނެއްތަ ދޮންބެއާއި އަމްނާ ދައްތި ވަކިވީ؟” މާޝާއަށް މަންމަމެންގެ ބަސްތައް ހަނދާން ނައްތާލަމުން އެހެން އަހާލެވުނީ އެނގެން ބޭނުންވެފައިވި މިންވަރުންނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް އެކަމާމެދު ހިތާމަކުރެވުނީ އެއިން ދޮންބެއަށް އިތުރު ދެރައެއް ލިބިދާނެތީވެއެވެ. އެހެނަސް އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ދޮންބެ އެ ސުވާލަށް ޖަވާބު ދިނެވެ.

 

“އަމްނާ ދައްތި ދޮންބެއަށް ބިރުގަތީ.” މިރްޒާން އިންގޮތަށް އިނދެ ބުނެލިއެވެ. އެއާއެކު އަންތަރީސްވެގެން ދިޔަ މާޝާ ސިކުނޑިއަށް ވެރިވެގެން ދިޔަ އެތައް ސުވާލަކާއެކީ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އޭނަ އިންގޮތަށް އިންދާ ދޮންބެ ސޯފާއިން ތެދުވެލީ މަންޒަރު އޭނައަށް ފެނުނެވެ. މާޝާ އެތާނގައި ބަހައްޓާފައި މިރްޒާން ދިޔައީ މަންމަމެން ހިތްހަމަޖައްސާލުމަށްޓަކައި މަންމަމެންގެ ކޮޓަރިއަށެވެ. އޭނަ ދިޔައިރު އެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައިވުމުން މިރްޒާން އެ ދޮރު ކޮއްޕައި ހުޅުވާލިއެވެ. އެ ހިނދު އެނދުގައި އިށީނދެގެން ރޮވިފައި އިން މަންމަގެ ކައިރީގައި ބައްޕަ ވެސް އިންތަން މިރްޒާނަށް ފެނުނެވެ. ދެމީހުންގެ ނަޒަރު އޭނައަށް އަމާޒުވީ ތަނާހެން ހާފިޒާ ތެދުވެލަމުން ވާހަކަ ދެއްކިއެވެ.

 

“މް..މިރްޒާން! މިފަހަރު އިންކާރު ނުކުރައްޗޭ ދަރިފުޅު. އާދޭހެއް މިކުރަނީ! ކިހާ ދުވަހެއް ވަންދެންތަ ދަރިފުޅު ތިހެން އުޅޭނީ؟ އެއްފަހަރު އަމިއްލަ ނަފްސާމެދު ވިސްނާލަބަލަ މިރްޒާން. އަމިއްލަ ނަފްސާމެދު ނުވިސްނެންޏާ މި މަންމައާމެދު ވިސްނާލަބަލަ. މަންމައަކަށް ކެތެއްނުކުރެވެއޭ ދަރިފުޅު ތިހެން އުޅޭތަން ދެކޭކަށް!” ހާފިޒާ ފުރަތަމަ ފަހަރަށް ރޮވިފައިވާ އަޑަކުން ފެންކަޅިވެފައިވާ ދެލޮލާއެކީ އެ ވާހަކަ ދެއްކުމުން މިރްޒާންގެ ހިތަށް ވެސް އަސަރުކުރިއެވެ. މަންމަ އުފާކޮށްދޭން މި ފިޔަވަޅު އަޅަން އޭނަ ބޭނުންވިއެވެ. އެހެނަސް އޭނަގެ ހިތުގެ ޙާލަތު މަންމައަށް ވިސްނޭނެނަމައޭ ވެސް ހިތަށްއެރިއެވެ. މަންމަ ދެންވެސް ވާހަކަ ދައްކަން އުޅުނު ވަގުތު ބައްޕަ ކުރިއަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ.

 

“އޭނަ ބަހައްޓާ ހާފިޒާ. އޭނައަކަށް އަހަރުމެންގެ އިޙްސާސްތަކާމެދު ނުވިސްނޭ. ނާހިދުމެން ކައިރި ބުނާނީ މި ގުޅުން ކުރިއަށް ނުގެންދެވުނު ވާހަކަ.” ލަތީފް ހިސާބަކަށް ނުރުހުންވެފައިހުރެ އެ ވާހަކަ ބުނުމުން ހާފިޒާއަށް އިތުރަށް ރޮވެން ފެށިއެވެ. މަންމަ ރޮނީ ހަމައެކަނި އޭނައާހެދިކަން އެނގުންވި ވަގުތު މިރްޒާންގެ ހިތަށް ނުބައި ގޮތެއްވިއެވެ. އެކަން އެގޮތަށްވާން ބޭނުން ނުވީވަރުން މިރްޒާނަށް ވާހަކަ ދެކެވުނެވެ.

 

“ނޫން ބައްޕާ. އަދި އެ ވާހަކަ ނާންގާ…..އަހަރެން ވިސްނާނަން.” ވިސްނޭނެކަމުގެ ޔަޤީންކަމެއް ނެތެއްކަމަކު މިރްޒާން ބަލިވެފައިވާ ހިތަކާއެކީ ބުނެލިއެވެ. އޭނަ އެހެން ބުނުމުން މަންމަ އިސްއުފުލާލަމުން ލަސްލަހުން ހިނިތުންވެލީ މަންޒަރު ފެނިފައި މިރްޒާންގެ ހިތުގެ މުރާދު ޙާޞިލުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި މަންމަ އައިސް އޭނަގެ ގައިގައި ބައްދާލުމުން މިރްޒާން ވެސް ލޯތްބާއެކީ މަންމަގެ ގައިގައި ހިފަހައްޓަމުން މަންމައާއި ބައްޕައަށްޓަކައި ހިތާހިތުން ދުޢާކުރިއެވެ.

 

ގޭގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު މިރްޒާން ގެއިން ނިކުތީ އާތިފް ގުޅުމުންނެވެ. އޭގެ ފަހުން އިރުކޮޅެއްގެ ތެރޭގައި މިރްޒާންމެންނަށް ތިބެވުނީ އައްޒާމް އުޅޭ ގެސްޓް ހައުސްގައެވެ. އެގޭގެ ބެލް އަޅުވާލުމުން ދޮރު ހުޅުވާލީ ވެސް އައްޒާމެވެ. އައްޒާމް އުޅެނީ އެކަނިތޯ އެހުމުން އޭނަ އެރަށަށް އައީ ކާފައާއި އެކީގައި ކަމާއި، ކާފަ އެވަގުތުވީ ތިމާގެ ގެއަކަށް ޒިޔާރަތްކުރަން ގޮސްފައިކަން މިރްޒާންމެނަށް އެނގުނެވެ. ވާހަކައިގައި ތިބެ އައްޒާމާއި އިންޓަވިއު ކުރުމަށްޓަކައި ގޭގެ ސިޓިންގް ރޫމު އެމީހުން ބޭނުންވާފަދަ ގޮތަކަށް ބަދަލުކުރުމުގައި އައްޒާމްވެސް އެހީތެރިވިއެވެ. އެއިން ވެސް މިރްޒާނާއި އެތާތިބި އެހެން މީހުންގެ ހިތްތަކުގައި އައްޒާމަށްޓަކައިވި ޤަދަރު އިތުރުވިއެވެ. އެންމެ ފަހުން މިރްޒާނާއި އައްޒާމް އެކަކު އަނެކަކާއި ކުރިމައްޗަށްވާ ގޮތަށް ތިބި ދެ ސޯފާގައި ތިބެ އިންޓަވިއުގެ ސުވާލާއި ޖަވާބު ރެކޯޑް ކުރުވިއެވެ. އެއަށްފަހު އައްޒާމް އެކިއެކި މަސައްކަތުގައި ހުއްޓާވެސް ވީޑިއޯ ކްލިޕްތައް ނެގިގެން ދިޔައެވެ. ހުނުމުގެ އަޑުން ފުރިފައިވި ސަމާސާވެރި މާޙައުލެއްގައި އެ ހުރިހާ ކަމެއްކޮށް ނިމުނީ  ދެ ގަޑިއިރެއްހާ އިރު ތެރޭގައެވެ. ހުރިހާ ކަމެއް ނިމުމުން މިރްޒާންމެން އެމީހުންގެ އެއްޗެހިތައް ޕެކްކޮށް އެގޭގެ ބޭރުގައި ޕާކްކުރެވިފައި އޮތް ވޭނަށް އަރުވަމުން ދިޔައެވެ. އެންމެން އެކީގައި ނިކުތްއިރު އެންމެ ފަހަކަށް ނިކުންނަން ހުރީ މިރްޒާނެވެ. އަނެއްކާވެސް ފުރަންވާއިރަށް އޭނަ ދާނީ ގެއަށް ކަމަށްވުމުން އާތިފްމެން ކައިރި ދިޔުމަށް އޭނަ އެންގިއެވެ. އާތިފްމެންގެ ވޭން ދުއްވާލި އަޑު އިވުނު ވަގުތު މިރްޒާން ވެސް ފަހު ފަހަރަށް އައްޒާމާއި ހިނިތުންވެލަމުން ސަލާމް ކޮށްލީ އަދިވެސް އެއްފަހަރު ބައްދަލުވާނެކަމަށް އުއްމީދުކުރާ ކަމަށް ބުނަމުންނެވެ. ސަލާމްކޮށްލުމަށްފަހު މިރްޒާން އައްޒާމަށް ފަސްދީފައި ދާންއުޅުނު ވަގުތަކީ، ގޭގެ ހުޅުވިފައިވި ދޮރުން ހާޝިމް ގެއަށް ވަން ވަގުތެވެ. އޭގެ ދެވަނަ ސިކުންތުގައި ހާޝިމާއި މިރްޒާންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔުމުން ދެމީހުން ވެސް ހުއްޓުންއެރިއެވެ. އެތައް އަހަރެއްފަހުން މިރްޒާނަށް ހާޝިމް ފެނުމާއެކު އޭނަގެ ހިތަށް އެއްފަހަރާ އެތައް ޖަޒުބާތެއް ވެރިވިއެވެ. އެންމެ ފުރަތަމަ ވެސް ހާޝިމަށް އައިސްފައިވި ބަދަލުތައް ފާހަގަކުރެވުނެވެ. މޫނުމަތިން އިހުނަށްވުރެ ގިނަ ރޫތައް ފެނަންމުން ދިޔަ ގޮތާއި ތުނި އިސްތަށިގަނޑާއި ތުނބުޅި މުޅިން ހުދުވެފައިވި ގޮތެވެ. އެ މޫނުމަތި މިއަށްވުރެ ތާޒާކަން މަތީ ހުއްޓާ އޭނައަށް އެންމެ ފުރަތަމަ ފެނުނު ދުވަސް އެހިނދު މިރްޒާންގެ ހަނދާނަށްއައެވެ. އެއީ އޭނަ އަލަތު ކައިވެންޏެއް ކުރަން އަންހެން ކުއްޖާއާއި ބައްދަލުކުރަން ދިޔަ ދުވަހެވެ. އެދުވަހާއި އެދުވަސްޖެހިގެން އައި ދުވަސްތަކުގެ އުފާވެރިކަމުގެ ހަނދާން އާވެގެން ދިޔުމުން ހިނދުކޮޅަކަށް ނަމަވެސް މިރްޒާންގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެހެނަސް މާ ގިނައިރެއްނުވެ ހިތްދަތި ހަނދާންތަކެއްގެ ސަބަބުން އޭނަގެ ހިތުގައިވި ޒަޚަމްތަކުން ދިލަނަގަން ފެށިއެވެ. ހަމަ އެ ހިނދު އޭނައަށް ބަލަހައްޓައިގެން ހުރި ހާޝިމްވެސް ވީ އެފަދަ ޙާލެއްގައެވެ. އެހެނަސް ތަނަށް ވެރިވެފައިވި ހިމޭންކަން ނަގާލީ ވައި އަޑުން ‘މިރްޒާން’ އޭ ކިޔައި ގޮވާލި ހާޝިމެވެ. އެއާއެކު އަނެއްކާވެސް ހިތަށްވެރިވި ޖަޒުބާތުތަކުގެ އޮއިވަރާއެކީ މިރްޒާނަށް އިސްޖަހާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި މިރްޒާން އެގެއިން ދާން ހިނގައިގަތީ އޭނަގެ އެ ޖަޒުބާތުތައް ފޮރުވުމުގެ ބޭނުމުގައެވެ. އެހިނދު އެތާހުރި އައްޒާމް ވެސް ވާނުވާއެއް ނޭނގި ބަލަހައްޓައިގެން ހުއްޓެވެ. މިރްޒާން ހާޝިމާއި ހަމަވީ ވަގުތު ހާޝިމް ވާހަކަ ދެއްކިއެވެ.

 

“ދަރިފުޅު މަޑުކޮށްނުލާނަންތަ ބައްޕައާއި ވާހަކަ ދައްކަން؟” ހާޝިމް އަހާލިއެވެ. ހާޝިމް ވާހަކަ ދެއްކި ގޮތުން އޭނައަށް އޭނަގެ އެންމެ އުފާވެރި ދުވަސްތަކަށް އަނބުރާ ދެވުނު ކަހަލަ އިޙްސާސެއް މިރްޒާނަށް ކުރެވުނެވެ. ހާޝިމް އޭނަގެ ބައްޕައަށްވާނީ އޭނައާއި ކާކާއި ދެމެދު ގުޅުމެއް އޮންނާތީވެކަން އެނގުންވީ ވަގުތު މިރްޒާނަށް ހާޝިމާއި ދިމާލަށް ބަލާލެވުނެވެ. އެއަށްފަހު އޭނައަށް ބޯޖަހާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. އެއާއެކު ހާޝިމް ހިނިތުންވުމަކާއެކީ މިރްޒާން ގޮވައިގެން ގޮސް ސޯފާގައި އިށީނެވެ. ހާޝިމް ނުހަނު އުފާވެފައި އިނދެ މިރްޒާން ކިހިނެއްތޯ އަހައި ވާހަކަ ފެށިއެވެ. އަދި އައްޒާމްވެސް ގެނެސް އައްޒާމާއި މިރްޒާން އެކަކު އަނެކަކަށް ތަޢާރަފުކޮށްދިނެވެ.

 

“އައްޒާމް، މިއީ އައްޒާމްގެ ބޮޑުދައިތައެއްގެ ފިރިމީހާ. މިރްޒާން، މިއީ އަމްނާގެ ތުއްތަގެ ދަރިފުޅު.” ހާޝިމް ހިނިތުންވުމަކާއެކީ އެ ވާހަކަތައް ކިޔައިދިންއިރު އޭނަގެ ލޯމަތިން ހިތާމަވެރިކަން ވެސް ފާޅުވަމުން ދިޔައެވެ.

 

“މާ ޝާ ﷲ! އެހެންވީމަ ވީ އާރ ރިލޭޓިވްސް އައްޒާމް! ވަރަށް ފަޚުރުވެރިވޭ އައްޒާމް ކަހަލަ މޮޅުކުއްޖެއްގެ ތިމާގެ މީހަކަށްވީމަ.” މިރްޒާން ނުހަނު ޖޯޝާއެކީ ބުނެލިއެވެ. އައްޒާމް އެހެން ސޯފާއެއްގައި ދެންވެސް ޙައިރާންކަމެއްގެ ތެރޭގައި އިނދެ ހިނިތުންވެލިއެވެ.

 

“ހެހެ….މުޙްސިން ވެސް ހުރިނަމަ މިއަދު މިކަހަލަ މޮޅު ކުއްޖަކަށްވެފަ ހުންނާނީ….ދޯ؟” ހާޝިމް އެ ވާހަކަ ފެށީ ހެވިފައިހުރެ ކަމަށްވިޔަސް ފަހު ކޮޅުން އެ ހިނިތުންވުން ފިލައިދިޔައެވެ. މިރްޒާނަށް ވެސްވީ އެކަހަލަ ގޮތެކެވެ. އޭނައަށް ފަނޑުވެގެން ދިޔަ ހިނިތުންވުމަކާއެކީ އިސްޖަހާލެވުނެވެ. މިރްޒާނަށް ބަލަން އިނދެފައި ހާޝިމް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“ދަރިފުޅު މިހާރު މީހަކާ އިނދެގެން ދޯ އުޅޭނީ؟ ކިތައް ކުދިން ލިބިއްޖެ؟” ހާޝިމް ގަދަކަމުން ހިނިތުންވެލަމުން އޭނައަށް ނުހަނު ބޮޑަށް ހީވެފައި އޮތްގޮތެއްގެ މައްޗަށް އެ ސުވާލުތައް ކޮށްލީ މިރްޒާން އުފާކޮށްލުމުގެ ނިޔަތުގައެވެ. އެހެނަސް މިރްޒާން ލަސްލަހުން އިސްއުފުލާލި ވަގުތު އޭނަ ފެންކަޅިވެފައިވުމުން ހާޝިމްގެ ހިނިތުންވުން ފިލައިދިޔައެވެ.

 

“އަމިއްލަ ލޯބިވާ ޢާއިލާއެއް އޮތްވާ އެހެން ޢާއިލާއެއް ފަށަން ބޭނުންވާނީ ކާކުތަ ބައްޕާ؟” މިރްޒާނަށް އެހެން އަހާލެވުނީ ތުރުތުރު އަޅަމުން ދިޔަ އަޑަކުންނެވެ. މިރްޒާން ހާޝިމަށް ބަލާލި ވަގުތު އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. ހާޝިމަށް ޤަބޫލުކުރަން ވެސް ދަތިވެފައި މިރްޒާނަށް ބަލަން އިނދެވުނެވެ. އޭނަ އެއްޗެކޭ ބުނަން ނޭނގިފައި އިންދާ މިރްޒާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“އަދި އެއީވެސް އަހަރެން ފަރުވާ ކުޑަވުމުގެ ސަބަބުން އެ ޢާއިލާ އަހަންނަށް ގެއްލިފައިވާއިރު.” މިރްޒާން އެހެން ބުނެލީ ހާޝިމް އެދުވަހު އޮފީހަށް ގޮސް ދެއްކި ވާހަކަތަކެއްގެ މަތިން ހަނދާންކޮށްލަމުންނެވެ. އެކަން އެނގުންވުމުން ހާޝިމަށް ވާހަކަ ދެކެވުނެވެ.

 

“ތިހެން ނުބުނޭ ދަރިފުޅާ. އެއީ ދަރިފުޅުގެ ސަބަބުންވީ ކަމެއްނޫން. ދަރިފުޅު ދަރިފުޅަށްވީ މިންވަރަކުން ދަރިފުޅުގެ ޢާއިލާ ރައްކާތެރިކުރަން މަސައްކަތްކުރި. އެހާ ހިތްދަތިވީއިރު ވެސް އެތައް ދުވަހެއް ވަންދެން އެމީހުން ނުވެސް ފެނި ދަރިފުޅު އުޅުނީ. ވި ހުރިހާ ކަމަކަށްޓަކައި ބައްޕަ ވަރަށް ބޮޑަށް މަޢާފަށް އެދެން. އާތިފް ބުނިހެން މިރްޒާން މިރްޒާންގެ ދަރިފުޅާއި ދުރުކުރުވީމަ އަހަރުމެންނަށް އަހަރުމެންގެ ދަރިފުޅު ގެއްލުނީ. މުޙްސިން ބަލާލަން ރާވައިގެން މިރްޒާނަށް ފުރުޞަތެއް ހޯދައިދެވުނުނަމަ އެދުވަހު އެގޮތަށް ކަންތައް ނުވީސް.” ހާޝިމް އެ ވާހަކަ ދެއްކުމުން މިރްޒާންގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އެ މަންޒަރުތައް ބަލަން އައްޒާމަށް އިނދެވުނީ އަޖާއިބުވެފައެވެ. އެ ދައްކަނީ ކޮން މުޙްސިނެއްގެ ވާހަކަކަން އެއްގޮތަކަށް ވެސް ނޭނގުމުންނެވެ.

 

އެއަށްފަހު ވެސް މިރްޒާނާއި ހާޝިމާއިމެދު އެތައް ވާހަކައެއް ދެކެވުނެވެ. ހާޝިމް ވެސް މިރްޒާން އެހެން ކައިވެންޏެއްކުރަން ހިތްވަރު ދިނެވެ. އެހެނަސް މިރްޒާން އެކަމަށް އިންކާރުކުރީ އޭނައަށް ޢާއިލާއެއް ފެށުނަސް އަމްނާއަށް ނުފެށޭނެ ނޫންތޯ ބުނަމުންނެވެ. އޭރުން އަމްނާއަށް ކިހާބޮޑު އެކަނިވެރިކަމެއް އިޙްސާސް ކުރެވޭނެތޯ ބުނަމުންނެވެ. މިރްޒާން ދެއްކި ވާހަކަތަކުން އަދަށްދާން ދެންވެސް އޭނަގެ ހިތުގައި އަމްނާއަށްޓަކައިވި ލޯބި ހާޝިމަށް އެނގުންވިއެވެ. މިރްޒާން ހިތްހަމަޖައްސާލުމަށްޓަކައި އައްޒާމާއިވެސް ލައިގެން އޭނަގެ ވަޒީފާގެ ވާހަކައިން މަޢުޟޫ ބަދަލުކޮށްލީ، އެކަމުގެ ސަބަބުން މިރްޒާނަށްޓަކައި އުފެދުނު ކުލުނެއްގެ ސަބަބުންނެވެ. އޭނައަށް މިރްޒާނަށް އަލްވަދާޢު ކިޔާލެވުނީ ވެސް މިރްޒާންގެ އުއްމީދުތައް ފުރިހަމަވާނެހެން މިރްޒާނަށްޓަކައި ދުޢާކުރަމުންނެވެ. އެ ވަގުތު ދެމީހުންނަށް ވެސް ނޭނގުނުކަމަކީ އެ އުއްމީދުތައް ފުރިހަމަވާން ކިހާ ގާތްވެފައިވިކަމެވެ.

 

އެދުވަހުގެ މެންދުރު 2 ޖެހި ވަގުތު މިރްޒާނާއި އާތިފާއެކީ އޮފީހުގެ އެހެން މީހުން އަނެއްކާވެސް ތިބީ ފްލައިޓެއްގެ ތެރޭގައެވެ. މިފަހަރު އެ ފްލައިޓްގެ މިޞްރާބު ހުރީ މިރްޒާން އެތަނަކަށް ދިޔުމަށް ކެތްމަދުވެފައިވި މަންޒިލަށް ކަމަށްވުމުން މިރްޒާނަށް ހުރެވުނީ އާދަޔާ ޚިލާފު ރަނގަޅު މޫޑެއްގައެވެ. އާތިފާއި އެކިއެކި ސަމާސާތައް ކުރެވެމުން ދިޔައީވެސް މާ ގިނައިންނެވެ. ދަތުރު ފެށުނުތާ މާ ގިނައިރެއްނުވެ އޭނައަށް ސުވާލުތައް ވެސް ކުރެވެން ފެށިއެވެ.

 

“ހަސަން އުޅެނީ އައްޑޫގެ ކޮން ރަށެއްގަތަ އާތިފް؟” މިރްޒާނަށް އަހާލެވުނެވެ.

 

“ނޭނގެ….އަސްލު ވަރަށް ނޭނގެއޭ އިނގޭ އެކުއްޖާއާއި ބެހޭގޮތުން. މީގެ ހަފްތާތަކެއް ކުރިން ކަޒިން ބުނީ ހަސަންގެ ކުރީގެ ނަންބަރަށް ނުވެސް ގުޅެއޯ. ދެން ކަޒިންއަށް ވެސް ހަސަންގެ އާ ނަންބަރެއް މި ލިބުނީ އައްޑޫގަ ހުންނަ ކަޒިންގެ ފްރެންޑެއްގެ އަތުން. ފްރެންޑް ބުންޏޯ ހަސަން އުޅެނީ ފޭދޫގައޯ. އެކަމަކު ނޭނގެއޯ ކޮން ގެއެއްގަކަން އުޅުނީ. ދެން މި ޝޯއަށްޓަކައި އަހަރުމެން ޗޫޒްކުރި ކުދިންނަށް ގުޅަމުން ގޮސް ހަސަންއަށް ގުޅުނީމަ އަހަރެން އެހިން ކޮން ރަށެއްހޭ. ބުނީމަ ބުނީ ބުނެވޭކަށް ނެތޭ. ދެން އަހަރެން ބުނިން ފޮޓޯއެއް ފޮނުވަދޭށޭ. ބުނީމަ ވެސް އިންކާރުކުރީ. ދެން އަހަރެން ޝޯގެ ވާހަކަ ކިޔައިދީފަ ބުނިން މި ޝޯގަ ބައިވެރިވެވިދާނެހޭ. ވަރަށް ގިނައިރު ވަންދެން އެއްޗެކޭ ނުބުނެ ހުރެފަ އާނއެކޭ ބުނީ.” އާތިފް ކިޔައިދިން އިރު މިރްޒާނަށް ވިސްނެމުން ދިޔައެވެ.

 

“ދެން އައްޑޫއަށް ގޮސް އަހަރުމެން ކިހިނެއް ތިކުއްޖާ ހޯދާނީ؟” މިރްޒާން އަހާލިއެވެ.

 

“އަހަރެން ތި ސުވާލުކުރީމަ އެހީ ކޮން ދުވަހަކުހޭ މިކޮޅަށް އަންނަނީ. ދުވަހާއި ގަޑިވެސް އަހާފަ ބުނީ ތިމަންނަ ހުންނާނަމޭ އެގަޑީގަ ގަމުގަ ހުންނަ ފިހާރައެއްގަ. ފިހާރައިގެ ނަން މެސެޖަކުން ފޮނުވާފަ އެބައޮތް. ސޯ ހަމަ މި ދާގޮތަށް އެ ފިހާރައިން ދިމާކުރަން ޖެހޭނީ. ޒާތެއްގެ ކުއްޖެއް ހުވާ!” އާތިފް ބުނެލިއެވެ. ނޭނގޭ ސަބަބަކާހުރެ އާތިފް ދައްކަމުން ދިޔަ ވާހަކަތަކުން މިރްޒާންގެ ހިތުގައި އޮތް އުއްމީދުގެ ހުޅުކޮޅު ވަރުގަދަވުން ނޫންކަމެއް ނުވިއެވެ. އެކުއްޖާގެ މާ ގިނަ ސިއްރުތަކެއް ވާނީ ސަބަބަކާ ލައިގެންނޫންތޯ ހިތަށްއެރިއެވެ. އެއާއެކު ލުއި ހިނިތުންވުމަކާއެކީ މިރްޒާނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

 

ގަން އިންޓަނޭޝަނަލް އެއާރޕޯޓުގެ މިރްޒާންމެންގެ ފްލައިޓް ޖެއްސީ ގަޑިން 3:10 ވީ ވަގުތެވެ. ފްލައިޓުން ފޭބުމަށްފަހު އެމީހުން އެ ކުރު ދަތުރަށްޓަކައި ގެނައި ބެކްޕެކްތައް ހިފައިގެން ދެ ކާރުގައި އެމީހުން ދަތުރު ފެށިއެވެ. އާތިފާއި މިރްޒާންގެ އިތުރުން އެހެން ދެ މުވައްޒަފުންގެ ކާރު އެއްކަލަ ފިހާރައަށް މިޞްރާބު ޖެހިއިރު ދެން ތިބި މީހުން އެމީހުން ދާންވީ ގެސްޓް ހައުސްއަށް ދިޔައެވެ. ކާރު ތެރޭގައި އިންއިރު ވެސް ކެތްތެރިކަން ކޮޅުން ލަމުން ދިޔަ މިރްޒާނަށް ކުޑަ ދޮރުން ބޭރު ބަލަމުން އާތިފް އެ ބުނި ފިހާރަ ފެނޭތޯ ބަލަމުން ދިޔައެވެ. އެންމެ ފަހުން މިރްޒާން އެހެން އިންދާ ކުއްލިއަކަށް ފިހާރައެއްގެ ނަންބޯޑުން އެ ނަން ފެނިފައި މިރްޒާނަށް ކުއްލި ގޮތަކަށް މަޑުކުރާށޭ ބުނެލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ކާރު ކުއްލިއަކަށް ބުރަކި ޖައްސާލި ތަނާހެން މިރްޒާން ކާރުގެ ދޮރު ހުޅުވައި ފޭބިއެވެ. އަދި އަވަސްވެފައިވި ހިތަކާއެކީ ދިގު ފިޔަވަޅުތަކެއްގައި ފިހާރައިގެ ދޮރާއި ދިމާލަށް ދިޔައެވެ. އޭނަ ގޮސް އެ ކުޑަ ފިހާރައިގެ ދޮރުގައި އަތް އަޅާލަން އުޅުނު ވަގުތު އެ ދޮރު ހުޅުވިގެން ދިޔައެވެ. އެއާއެކު ފެނިގެން ދިޔަ ސޫރައިން މިރްޒާންގެ ނޭވާ ހުއްޓިގެން ދިޔައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮނީ 30 (ފަހުބައި)

Next

ޓިކް ޓޮކް

Next
January 4, 2019

ޓިކް ޓޮކް

Previews
January 3, 2019

ހާސިލް ވުމަށް އެދި ހިތް ރޮނީ 30 (ފަހުބައި)

36 Comments!

  1. Jana says:
    January 4, 2019 at 9:44 am

    Assalaam’alaikum. next part sunday ga In Sha Allah 🙂

  2. zaara says:
    January 4, 2019 at 10:31 am

    wow, i am speechless. aneh part ah mi inthizaaru kurany. ibshaa allah mi vaahaka v rythi

    1. Jana says:
      January 4, 2019 at 9:30 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂

  3. Nattu says:
    January 4, 2019 at 10:37 am

    Wow jana i love this stry . Good work my v kiyaahithun kiyaalevey vaahakaeh

    1. Jana says:
      January 4, 2019 at 9:30 pm

      Nattu haadha ginainney eh comment eh kurevifa mihiry dho? hehe…Alhamdhulillah! 🙂

  4. Nattu says:
    January 4, 2019 at 10:38 am

    Wow jana i love this stry . Good work my v kiyaahithun kiyaa vaahakaeh

  5. ?Shifna? says:
    January 4, 2019 at 10:41 am

    Shifoo 2nd dho. Masha allah. Mi part vx varah reethi. Curiously waiting 4 next part…

    1. Jana says:
      January 4, 2019 at 9:31 pm

      hehe…anekka pending comment thah hutta dho shifna sis ah comment kurevuny. 2nd eh noon mivy gothun. next time In Sha Allah 😀 Alhamdhulillah! 🙂

  6. Anne says:
    January 4, 2019 at 10:50 am

    Varah furi hama vahakaeh.Jana ge vahakathakun alhugadah ves varah gina kanthah ragalhu kurevijje.Alhamdhulillahi

    1. Jana says:
      January 4, 2019 at 9:33 pm

      Alhamdhulillah! Anne ah kameh rangalhu kurevuniyya kurevuny hama ekani Allah ge iraadhafulhun. hidhaayaiy dhakkavany hama ekani ekalaange. Maai Allah alhamenge faithila ekalaange ruhivodigenvaa magugai saabithu kuravvaashi. Ameen!

      Jazaakillah Khairan sis. v bodu hiyvvareh libijje mi comment fenifa Alhamdhulillah! <3 <3 <3

  7. Nattu says:
    January 4, 2019 at 10:55 am

    Wow jana i love this stry . Good work my v kiyaahithun kiyaa vaahakaeh curiously waiting 4 the next part

  8. Ayesha says:
    January 4, 2019 at 12:06 pm

    MashaAllah.. hehe hama emme curious vaa hisaabun thi nimmaalanee.. haadha reethi vaahaka ekeyy mee. Varah shauguveri along with that readers ah varah positive changes thah aadhey.. alhamdhulillah..

    1. Jana says:
      January 4, 2019 at 9:34 pm

      Ayesha ah enge ehnu dho jana ehen gothakah nunimmaanekan? hehe 😀 In Sha Allah jana ge ves ummeedhaky veehaaves gina kiyuntherinnah faidha eh kurun. Alhamdhulillah! 🙂

  9. khadhee says:
    January 4, 2019 at 12:13 pm

    Masha Allah varag reeethi ??

    1. Jana says:
      January 4, 2019 at 9:34 pm

      Alhamdhulillah! 🙂 <3

  10. Sis says:
    January 4, 2019 at 12:53 pm

    Wowww I just love this story ???? Aslu emme ufaa vani jana sis komme faharaku vx bunaa dhuvahakah up kuraathi.. ??? Mi site ga emme regular koh up kuraa story aki mi ey buni as dhoga kah nuvaane.. ❤️❤️❤️❤️ curiously waiting to see mirzaan’s reaction ???????????

    1. Ayesha says:
      January 4, 2019 at 6:58 pm

      Exactly.. 🙂 bunaa dhuvahah regularly update kuraakan varah faahaga kurevey.. yageen indhey bunaa dhuvahah kiyaalan libeyne kamuge.. 🙂 ❤️

    2. Jana says:
      January 4, 2019 at 9:39 pm

      hehe…Sis ah engeytha mifaharu jana mihaa regular veytho mi masakkaiy kurany keevvekan? kureefaharu jana vaahaka liyunu iru egothun varah sakaraaiyvvegen dhiya. mihaaruves dheravey “Nur” vaahaka ah vefa oiy gothun. aslu e faharu ey furathama faharah dhivehi post thah ves liyan feshi faharu. ehenve jana ge onna workload aa eky vaahaka liyamun e ehchehi liyanveema hama manage nukurevifa dhiyaee. e tharujiba ah visnaigen mi masakkaiy kurany In Sha Allah. emme inspire vany Rasool (SAW) ge laqabfulhu handhaanvefa. “Assaadhiqul Ameen” (Thedhuveri amaanaaiytheriyaa). aharumenna Rasool (SAW) aa eggothakavves alhaaves nukiyeyne. ekamaku aharumen vaanedho veehaaves varakun ekaleyge faanuge sunnathah thabaavaan? 🙂 vakin khaassakoh ekaleyge faanu medhuverivegen aharumennaa hama ah ai dheenattakai masakkaiy kuraairu. Maai Allah alhamenny furihama akhlaaq ge verin kamugai lavvai e akhlaaq matheegai dhemihurumuge tawfeeq dhevvaashi. Ameen! Alhamdhulillah! 🙂 <3

  11. Fathimah says:
    January 4, 2019 at 1:41 pm

    Ma Sha Allah❤❤❤

    1. Jana says:
      January 4, 2019 at 9:40 pm

      <3 <3 <3 😀

  12. No one says:
    January 4, 2019 at 2:08 pm

    Kn dhuvahakun next part….mifaharu vxx me first dhw…….v nice story…jana sis thi e enme best writer…..curiously waiting for next part

    1. Beryl Stone says:
      January 4, 2019 at 2:43 pm

      Hey No one dear..?mathyga in comment ga sis ehenehnu bunefa I’m Sha Allah nxt prt sunday ga ey…mihaaru ingejje tha?

    2. Jana says:
      January 4, 2019 at 9:41 pm

      comment fenumuga miadhu massala eh eba ulhey dho No one? mihaaru rangalhu kanneynge. hehe….Jazaakillah Khairan Beryl Stone 😀 Alhamdhulillah!

  13. Beryl Stone says:
    January 4, 2019 at 2:41 pm

    Masha Allah ??????vrh vrh reethi mi part vx❤????I am speechless assu vx????????Jana sis maa curious hisaabakun nimmaalyma so sad..heheh???waiting for Sunday ingey mihaaru..????LYSM❤

    1. No one says:
      January 4, 2019 at 6:44 pm

      Thankss Beryl stone…..mihaaru ingijje….aslu kurin…i didn’t saw it…ehnve ehn liyevuny….vedhaane connection prob eh kamah

    2. Jana says:
      January 4, 2019 at 9:42 pm

      Beryl Stone: Alhamdhulillah! 😀 Love you too <3 🙂

      No one: 🙂

  14. Jana says:
    January 4, 2019 at 9:19 pm

    Blog post (i):

    We often tend to think that it’s a difficult process to make our children familiar with the Quran and make them love the Book with all their hearts. But I can tell you that it is not true.

    I had this beautiful experience with a 4 year old kid and the book that I have posted below (Goodnight stories from the Quran). So this kid came to me with the book and told me to tell her a story. Though she knew how to read, she needed to be explained what happens in the story. For some reason, the story of Musa (AS) is her favorite. So I told her the story as it was in this book. (Though I said Musa (AS) for Moses and Fir’aun for Pharoah because that’s how those names appear in the Quran).

    And that was it! After the story, all I had to do was tell her that this story is in Surah Ta Ha. And Surah Ta Ha is one the surahs that she listens to most frequently because she likes the rhythm of it. As soon as I said it, she goes, “Let’s listen to Surah Ta Ha to see if it tells the story.” I said yes and she played it from my phone and was listening to it intently unlike the other times. The moment she heard the ayah, وَهَلْ أَتَاكَ حَدِيثُ مُوسَىٰ, she exclaimed “MUSA!!!” with sheer excitement! The same thing happened the moment she heard “Fir’aun”. Then she started asking me about what the ayahs were saying.

    This was not just a one-time thing. After that day, every time she heard ‘Musa’ or ‘Fir’aun’ from the Quran, she would show the same excitement. Once she got hands on one of my Arabic notebooks. As we were flipping through the pages, I happened to see an ayah from Surah Ta Ha which also had the name ‘Musa.’ When I showed it to her, she refused to let go off that book saying that it was her favourite book. Subhaanallah! The joy that fills the hearts when they get to know even a little bit from the Quran!

    I find this as a reason to celebrate. Because now, the Quran will not be just some “Buzz” in the background for her if she hears it from anywhere. It will be something that is alive and meaningful for her. It would be something that excites her and fills her heart with happiness even if it’s just one surah for now. At least she wouldn’t be clueless about what the ayahs are saying. She would at the very least have the sense that these ayahs are saying something valuable and hence she needs to think about them In Sha Allah. (Baarakallah Lahaa) And that’s the relationship we are supposed to have with those ayahs.

    May Allah make us of those whose hearts are filled with joy when they hear His Words. Ameen!

    1. Sis says:
      January 5, 2019 at 7:55 pm

      Wow ?? that is when Allah wills for one’s hidhaayah nothing can stop him or her from following Him.. Aslu mi fadha vaahaka thakaki e in ibrah haasil kuran jehey haadhisaa thakeh..Aslu gina meehun dhekey gothuga islam dheenaki e ee varah kuran undhagoo kanthakah baaru alhaa dheeneh.. Cos it forbids alot of things we want to do in life like music and drugs.. That could be true.. Ekahala kanthah kuraa kudhinnah varah undhagoo vaane vaguthun huttaalan but.. Ekan huttaalaafa if you turn to Him you will know that e ee aslu varah bodu ni’umatheh kan.. And music adu ahaa iruga aai drugs beynun kuraa iru nulibey kahala ufaleh libeyne when you do as your Lord orders.. And you wouldn’t want to go back to any of the sins you were committing before you saw the light.. Yeah I know mihen buneema gina meehun hithah araani keekey kan.. “Seriously? You must be joking.. How can someone whom you can’t even see make you feel happy? How can someone even stop doing something he is addicted to? What is this happiness? Is there anything beyond the relaxation you get when you listen to music?” this is what you are thinking right now aren’t you? Ik cos that’s exactly what I thought when I heard it… But there is only one way to get the answers for those questions and that is experiencing it yourself… Just drag yourself away from those things for a couple of days and taste what everyone calls the real happiness.. You know why it’s real happiness? Cos the happiness you get from the worldy things is only for a matter of time.. If you are listening to music for an example… After you finish that song deep down don’t you feel uncomfortable? Somewhere in your heart doesn’t it say “this is not the way it should be done?” or after drinking alcohol don’t you regret it? Don’t you wish you could wipe it out from your life as if you have never done it? It’s because your heart wants to do those things.. But your soul don’t want it.. It wants enternal peace and that is acquired only when you treat Allah as one…

      Jana sis your stories were my first inspirations when I was in such a dilemma ??.. Varah varah inspiring and applicable ❤️❤️❤️❤️❤️… Thanks Jana sis ???? may Allah reward you and grow the love for Islam and the Prophet in our hearts through your stories.. Ameen

    2. Jana says:
      January 6, 2019 at 7:56 am

      Subhaanallah what a beautiful comment! <3 you just inspired me with this comment Sis. Honestly I dont think I do something that changes lives. This effort is very small the way I see it. But as you said, if Allah wants someone to be guided, there will be nothing that can stop him or her from following Him. And Allah Will guide him, even through the pettiest of efforts. Subhaanallah!

      May Allah bless you immensely sis. Ameen! I am truly inspired by the change that you have gone through. As I read this all i could think to myself is I too should be making an effort to get closer to Allah. Subhaanallah…May Allah make us of those who turn to Him over and over again. May Allah make us of those who purify themselves from sins over and over again. May Allah keep our hearts firm on His deen and may He put barakah in every effort we make to remember Him and to spread His deen. Ameen Ya Rabbal 'Aalameen!

  15. Jana says:
    January 4, 2019 at 9:20 pm

    Blog post (ii):

    *Awesomeness ALERT*

    Since we are talking about Musa (AS), might as well share a bit from this epic story full of incredible lessons. As we all know Musa (AS) went up the mountain named Tur and spoke with Allah while he was in the valley of Tuwa which was on top of that mountain. So a beautiful conversation takes place between Allah and Musa (AS) and this is captured in detail in Surah Ta Ha. Of course Allah speaks with Musa (AS) from the unseen. What I want to share in this post is just one part of what happened on the mountain. Allah swt asks Musa (AS) to throw his staff.

    On a side note I want to add something. The first time we heard about the staff of Musa (AS) as an ‘Asaa, many of us (including myself) imagined Musa (AS) as this old man who needs a stick to walk. I don’t think I could have been more wrong. The Quran describes Musa (AS) as a strong and muscular man! (Look up Suratul Qasas). Yup! This ‘Asaa that Musa (AS) carries is actually a long stick that strong men have in their hand as they walk back in the day.

    Anyway so Musa (AS) is speaking with Allah. Within the conversation, Allah tells Musa (AS) to throw his ‘Asaa. When he does, as we all know, it turns into a snake. Again, not a small snake as most of us might imagine. From the names that the Quran gave this snake, we know that it’s large enough that it could feed on a child. From another name we also know that it looks scary. The name for this snake in Surah Ta Ha is حَيَّة which means the kind of snake that can take your life.

    Now imagine, Musa (AS) is on top of this mountain in a dark night all by himself. And all of a sudden his ‘Asaa turns into this huge snake that is terrifying and dangerous. And it’s not even still! Surah Ta Ha would describe it as حَيَّةٌ تَسْعَى which means it’s running around. What would Musa (AS) want to do? Obviously run for his life! But Allah tells him these incredible words that absolutely blow my mind.

    قَالَ خُذْهَا وَلَا تَخَفْ ۖ سَنُعِيدُهَا سِيرَتَهَا الْأُولَىٰ

    “He said, grab it and don’t be afraid. We will return it to its former state.” Surah Ta Ha, 21

    Pay attention to the order of these words. If we were to tell a child to do something that might be scary for him, we first tell him not to be afraid and then do the task. But look at what Allah told Musa (AS). He swt told him to grab first and not be afraid. This means that our obedience to Allah must precede even our own emotions. We might know the fear or the hurt or the sadness that something we have to give up or do for the sake of Allah might cause. But we must learn to obey Him despite that fear, hurt or sadness. And Wallaahi when we do, and we show perseverance in obeying Him even with those feelings, Allah gives us the calmness of heart that we never thought we could have. Just like how calm Musa (AS) would have felt, when he obeyed and grabbed the snake despite the fear, and the snake turned back to his ‘Asaa as Allah promised. Subhaanallah!

    May Allah make us of those who obey Him in all situations, no matter how hard it would seem. Ameen!

    *Notes on the story night named “A night to remember” By Ustadh Nouman.

  16. Jana says:
    January 4, 2019 at 9:24 pm

    If you have not listened to this yet, you are seriously missing something <3______<3

    https://www.youtube.com/watch?v=oo0ua0xZJ9M

  17. Jana says:
    January 4, 2019 at 9:26 pm

    Blog post (i): dhivehi

    އަހަރުމެންގެ ކުދިންނަށް ޤުރުއާން އުނގަންނައިދީ އެފޮތަށްޓަކައި އެކުދިންގެ ހިތުގައި ލޯތްބެއް ޖެއްސުމަކީ އުދަގޫކަމެއްހެން އަހަރުމެންނަށް ހީވެދާނެއެވެ. އެހެނަސް އެއީ ކުށްހީއެއްކަމަށް އަޅުގަނޑު ބުނަން ބޭނުމެވެ.

    4 އަހަރުގެ ކުއްޖަކާއި ތިރީގައި އެވާ ފޮތާއި (ގުޑްނައިޓް ސްޓޯރީސް ފްރޮމް ދަ ޤުރުއާން) އެކީ އަޅުގަނޑަށް ކުރެވުނު ތަޖުރިބާއެއްގެ ވާހަކަ ޙިއްސާކޮށްލާނަމެވެ. އެއްދުވަހު އެކުއްޖާ ވާހަކައެއް ކިޔައިދިނުމަށް އެދި އެ ފޮތް ހިފައިގެން އަޅުގަނޑުގެ ގާތަށްއައެވެ. ފޮތް ކިޔަން އެކުއްޖާއަށް އެނގުނަސް އެއިން ވާއެއްޗެއް ދޭހަކުރަން އެކުއްޖާ އެހީ ބޭނުންވެއެވެ. ކޮންމެވެސް ސަބަބަކާހުރެ އެކުއްޖާ އެންމެ ކިޔާ ހިތްވާ ވާހަކައަކީ މޫސާ (ޢަލައިހިއްސަލާމް) ގެ ވާހަކައެވެ. އެހެންކަމުން އަޅުގަނޑު އެ ފޮތުގައި އޮތް ގޮތަށް އެކުއްޖާއަށް އެ ވާހަކަ ކިޔައިދިނީމެވެ.

    ވާހަކަ ކިޔުމަށްފަހު އަޅުގަނޑު ބުނަން ޖެހުނުހާ ވެސް އެއްޗަކީ، ދެންމެ ކިޔައިދެވުނު ވާހަކަ ސޫރަތް ޠާހާގައި ވާ ކަމެވެ. ޠާހާ ސޫރަތުގެ ރާގު ހުންނަ ގޮތުން އެއީ އެ ކުއްޖާ ވަރަށް އަޑުއަހާ ހިތްވާ ސޫރަތެކެވެ. އަޅުގަނޑު އެހެން ބުނުމާއެކު އެކުއްޖާ ބުންޏެވެ. މި ވާހަކަ އެ ސޫރަތުގައި އޮތްތޯ ބަލަން ސޫރަތް ޠާހާ އަޑުއަހަން ހިނގާށެވެ. އަޅުގަނޑު އާނއެކޭ ބުނުމުން އަޅުގަނޑުގެ ފޯނުން އެކުއްޖާ އެ ސޫރަތް ޕްލޭ ކުރިއެވެ. އަދި އެހެން ފަހަރުތަކާއި ޚިލާފަށް ނުހަނު ކަނުލައިގެން އަޑު އަހަން އިނެވެ. وَهَلْ أَتَاكَ حَدِيثُ مُوسَىٰ މި އާޔަތާއި ހަމައަށް ދެވުނުތަނާހެން ނުހަނު ޖޯޝާއެކީ އެކުއްޖާ “މޫސާ!” އޭ ކިޔާލިއިރު އެ މޫނުމަތިން އުޖާލާކަމެއް ފެންނަމުން ދިޔައެވެ. ‘ފިރްޢައުން’ ގެ ނަން އިވިގެން ދިޔަ ވަގުތުވެސް ވެގެން ދިޔައީ އެކަހަލަ ގޮތެކެވެ. އެއަށްފަހު އެ އާޔަތްތަކުން އެ ބުނެވެނީ ކީކޭ ކަމާމެދު އެކުއްޖާ އަޅުގަނޑާއި ސުވާލުކުރަން ފެށިއެވެ.

    މިއީ އެންމެ ދުވަހެއްގެ ކަމަކަށް ނުވިއެވެ. އޭގެ ފަހުން ޤުރުއާން އަޑުއިވޭ ކޮންމެ ފަހަރަކު ‘މޫސާ’ ނޫނީ ‘ފިރްޢައުން’ އޭ ކިޔާ އަޑު އިވުމުން އެކުއްޖާގެ މޫނުމަތިން އުޖާލާކަމެއް ފެނިގެންދެއެވެ. އެއްދުވަހު އަޅުގަނޑުގެ ޢަރަބި ނޯޓް ފޮތްތަކެއްގެ ތެރެއިން ފޮތެއް އެކުއްޖާގެ އަތުގައި ޖެހުނެވެ. ފޮތުގެ ޞަފްޙާތައް ހިއްލަމުން ދަނިކޮށް މޫސާ (ޢަލައިހިއްސަލާމް) ގެ ނަން އޮތް ޠާހާ ސޫރަތުގެ އާޔަތެއް އަޅުގަނޑަށް ފެނުނެވެ. އެ އާޔަތް ދެއްކުމުން އެކުއްޖާ އެ ފޮތުން ވެސް ދޫކުރަން އިންކާރު ކުރިއެވެ. މިއީ ތިމަންނައަށް އެންމެ ކަމުދާ ފޮތްކަމަށް ބުނަމުންނެވެ. ސުބްޙާނަ ﷲ! ޤުރުއާނުގެ ކިތަންމެ ކުޑަ މިންވަރެއް އެނގުމުން ވެސް ހިތްތައް އުފާވެރިކަމުން ފުރިގެންދާ ގޮތަކީ އެއީއެވެ.

    މިއީ އުފާ ފާޅުކުރަންޖެހޭ ސަބަބެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެހެނީ ކުރިއަށް ހުރި ދުވަސްތަކުގެ ޤުރުއާނުގެ އަޑަކީ ހަމައެކަނި ފަހަތުން އިވޭ ‘ޒޫން’ އަޑަކަށް އެކުއްޖާއަށް ނުވާނެއެވެ. އެ އާޔަތްތަކަކީ ދިރުންހުރި އަދި މާނަހުރި އާޔަތްތަކެއްކަން އެކުއްޖާއަށް އިޙްސާސްކުރެވޭނެއެވެ. އެ އާޔަތްތަކަކީ އެކުއްޖާގެ ހިތް އުފާވެރިކަމާއި ޖޯޝުން ފުރުވައިދޭ ސަބަބަކަށްވާނެއެވެ. މި ވަގުތު އެހެންވަނީ މަދު ސޫރަތްތަކުން ކަމަށްވިޔަސް މެއެވެ. އެއްވެސް އާޔަތެއްގެ އެއްވެސް މާނައެއް ނޭނގޭ ކުއްޖަކަށް އެކުއްޖާ ނުވާނެއެވެ. އަދި އެ އާޔަތްތަކަކީ އަގުހުރި އެއްޗެއްގެ ގޮތުގައި އެކުއްޖާއަށް ސިފަކުރެވި އެ އާޔަތްތަކާއިމެދު ވިސްނަން ޖެހޭނެކަން އެކުއްޖާއަށް އެނގުންވާނެއެވެ. އިން ޝާ ﷲ! (ބާރަކަ ﷲ ލަހާ) އަހަރުމެން ވެސް އެ އާޔަތްތަކާއި ބާއްވަން ޖެހެނީ އެފަދަ ގުޅުމެކެވެ.

    މާތް ﷲ އަޅަމެންނަކީ އެކަލާނގެ ބަސްފުޅު އިވިފައި އުފާވެރިކަމުން ހިތްތައް ފުރިގެންދާ ބަޔަކު ކަމުގައި ލައްވާށި! އާމީން!

  18. Jana says:
    January 4, 2019 at 9:28 pm

    Blog post (ii): dhivehi

    މޫސާ (ޢ.ސ) ގެ ވާހަކަ ދެކެވިފައިވުމުން އެކަލޭގެފާނުގެ އަޖާއިބުވާހާ ރީތި އަދި ޢިބްރަތްތެރި ވާހަކައިގެ ތަންކޮޅަކަށް ބަލާލަމާ ހިނގާށެވެ. އަހަރުމެން އެންމެންނަށް އެނގޭނެ ފަދައިން ޠޫރު ނަމަކަށް ކިޔާ ފަރުބަދައެއްގެ މައްޗަށް މޫސާ (ޢ.ސ) ވަޑައިގަތުމުން ﷲ ވަނީ ޣައިބުގައިވެ ވޮޑިގެން މޫސާ (ޢ.ސ)
    އާ ވާހަކަ ދައްކަވާފައެވެ. އެކަލޭގެފާނު އެ ފަރުބަދައިގެ މަތީގައިވި ޠުވާ ނަމަކަށް ކިޔާ ވާދީއެއްގައި ވަނިކޮށެވެ. މިތާނގައި މޫސާ (ޢ.ސ) އާއި ﷲ އާއި ދެމެދު ދެކެވިގެންދާ ރީތި ވާހަކަކޮޅު ތަފްޞީލުކޮށް ސޫރަތް ޠާހާ ގައިވާނެއެވެ. މި ޕޯސްޓުގައި އަޅުގަނޑު ޙިއްސާކުރަން ބޭނުންވަނީ އެ ފަރުބަދައިގެ މަތީގައިވީ ކަންތައްތަކުގެ ތެރެއިން އެންމެ ކަމެކެވެ. މޫސާ (ޢ.ސ) ގެ ޢަޞާކޮޅު އެއްލެވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އެންގެވި ވަގުތެވެ.

    މިވާހަކަ ކިޔައިދިނުމުގެ ކުރިން ކުޑަ އެއްޗެއް ކިޔައިދޭން ބޭނުންވެއެވެ. މޫސާ (ޢ.ސ) ގެ ޢަޞާކޮޅުގެ ވާހަކަ އަހަރުމެންނަށް އިވުނު ފުރަތަމަ ފަހަރު އެކަލޭގެފާނަކީ ދަނޑިކޮޅަކާއި ނުލާ ނުވެސް ހިނގޭ މުސްކުޅި ފިރިހެނެއްކަމަށް އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ހީވެފައި އޮވެދާނެއެވެ. އެހެނަސް އެއީ ޙަޤީޤަތާއި ހާދަ ދުރު ހީއެކެވެ. ޤުރުއާނުގައި މޫސާ (ޢ.ސ) ސިފަކުރެވިފައިވަނީ ބާރުގަދަ ފިރިހެނެއްގެ ގޮތުގައެވެ. (ސޫރަތުލް ޤަޞަޞް ބައްލަވާ). މޫސާ (ޢ.ސ) ގެ ޢަޞާކޮޅަކީ އެ ޒަމާނުގައި ބާރުގަދަ ފިރިހެނުން ޢާއްމުގޮތެއްގައި ހިނގައި އުޅޭއިރު ގެންގުޅޭ ޒާތުގެ ދިގު ދަނޑިއެކެވެ.

    ދެން ވާހަކައަށް ބަލާލަމާ ހިނގާށެވެ. މޫސާ (ޢ.ސ) ހުންނެވީ ﷲ ސުބްޙާނަހޫ ވަތަޢާލާއާއި ވާހަކަ ދައްކަވާށެވެ. އެ ވާހަކައިގެ ތެރެއިން ﷲ މޫސާ (ޢ.ސ) އަރިހުގައި އެ ޢަޞާކޮޅު އެއްލަވާލުމަށް ވަޙީކުރައްވައެވެ. މޫސާ (ޢ.ސ) ޢަޞާކޮޅު އެއްލަވާލައްވައެވެ. ހަމަ އެއާއެކު އަހަރުމެންނަށް އެނގޭ ފަދައިން އޭތި ހަރުފައަކަށް ބަދަލުވެގެންދެއެވެ. އަނެއްކާވެސް މިއީ އަހަރުމެން ޚިޔާލުކުރާ ކަހަލަ ކުޑަކުޑަ ހަރުފައެއް ނޫނެވެ. ޤުރުއާނުގެ އެހެން ތަނެއްގައި މި ހަރުފައަށް ދެވިފައިވި ނަމުން މިއީ ކުޑަކުއްޖަކު ވެސް ކާލެވޭނެހާ ބޮޑު ހަރުފައެއްކަން އެނގެއެވެ. އެހެން ސޫރަތެއްގައި ދެވިފައިވި ނަމަކުން މިއީ ބަލާލަން ވެސް ބިރުވެރި ހަރުފައެއްކަން އެނގެއެވެ. ޠާހާ ސޫރަތުގައި މި ހަރުފައަށް ދެވިފައިވި ނަމަކީ حَيَّة އެވެ. މީގެ މާނައަކީ ތިބާގެ ޙަޔާތަށް ނިމުމެއް ގެނެސްދާނެ ފަދަ ހަރުފައެކެވެ.

    ދެން ޚިޔާލަށް ގެންނާށެވެ. މޫސާ (ޢ.ސ) މިވަނީ އަނދިރި ރެއެއްގައި ފަރުބަދައެއްގެ މަތީގައި އެކަނިމާ އެކަންޏެވެ. ކުއްލިއަކަށް އެކަލޭގެފާނުގެ ޢަޞާކޮޅު މިވަނީ ބިރުވެރި އަދި ނާމާން ހަރުފައަކަށް ބަދަލުވެފައެވެ. އަދި އެ ހަރުފަ މަޑުން އޮތީކީއެއްވެސް ނޫނެވެ. ޠާހާ ސޫރަތުގައި އެ ހަރުފަ ސިފަކުރެވިފައިވަނީ حَيَّةٌ تَسْعَى ގެ ގޮތުގައެވެ. މީގެ މާނައަކީ އެ ހަރުފަ އޮތީ ދުވެދުވެ ކަމެވެ. މި ޙާލަތުގައި މޫސާ (ޢ.ސ) ކަން ކުރައްވަން ބޭނުންވެވަޑައިގަންނަވާނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ޙާލަތެއްގައިވި ކޮންމެ އިންސާނެއް ފަދައިންވެސް އަމިއްލަ ނަފްސު ރައްކާތެރިކުރުމަށްޓަކައި ދުވެވަޑައިގަންނަވަން އެދިވަޑައިގަންވާނެކަން ޔަޤީނެވެ. އެހެނަސް އެވަގުތު ﷲ ސުބުޙާނަހޫ ވަތަޢާލާ މޫސާ (ޢ.ސ) ގާތު ވަޙީކުރައްވާ ވާހަކައިން އަޅުގަނޑު އަޖާއިބުވެ އަންތަރީސްވެއެވެ.

    قَالَ خُذْهَا وَلَا تَخَفْ ۖ سَنُعِيدُهَا سِيرَتَهَا الْأُولَىٰ

    “އެކަލާނގެ ވިދާޅުވިއެވެ. އެ ޢާޞާކޮޅުގައި ހިއްޕަވާށެވެ! އަދި ބިރުފުޅުނުގަންނަވާށެވެ! ތިމަންރަސްކަލާނގެ އޭތި ކުރިން އޮތް ގޮތަށް އިޢާދަކުރައްވާ ހުށީމެވެ.” ސޫރަތް ޠާހާ، 21

    މި އާޔަތުގައި ބަސްތައް ބުނެވިފައިވި ތަރުތީބަށް ސަމާލުކަން ދޭށެވެ. އަހަރުމެންގެ ތެރެއިން މީހަކު ކުއްޖެއް ކައިރި އެ ކުއްޖާ ބިރުގަންނާނެ ފަދަ ކަމެއް ކުރަން ބުނާއިރު ފުރަތަމަ ބުނާނީ ބިރުނުގަތުމަށެވެ. އެކަން ކުރުމަށް އަންގާނީ ދެވަނައަށެވެ. އެހެނަސް އެ ބިރުވެރި ޙާލަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މޫސާ (ޢ.ސ) ގާތު ވަޙީކުރެއްވި ވާހަކައަށް ބަލާށެވެ. އެންމެ ފުރަތަމަ އެކަލާނގެ ވަޙީކުރެއްވި އެ ޢަޞާކޮޅުގައި ހިއްޕެވުމަށެވެ. ބިރުނުގަތުމަށް އެންގެވީ ފަހުންނެވެ. މީގެ މާނައަކީ ﷲ އަށް ކިޔަމަންތެރިވުން އަހަރުމެންގެ އިޙްސާސްތަކުގެ މައްޗަށް އަންނަން ޖެހޭކަމެވެ. ﷲ އަށްޓަކައި ދޫކުރަންޖެހޭ ކަމެއް ނޫނީ އެކަލާނގެއަށް ކިޔަމަންވުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ކުރުމުން ކުރިމަތިލާންޖެހޭނެ ބިރުވެރިކަމެއް ނޫނީ ހިތާމައެއް ތަދެއް އަހަރުމެންނަށް އަންދާޒާ ކުރެވިދާނެއެވެ. އެހެނަސް އެ ބިރުވެރިކަމާއި އެ ހިތާމައާއި އެ ތަދާއެކީ ގައިވެސް އެކަލާނގެއަށް ބޯލަނބަން އަހަރުމެން ދަސްކުރަންޖެހެއެވެ. އަހަރުމެން އެގޮތަށް ކަންތައް ކޮށް އެ ދަތި އިޙްސާސްތަކާއެކީ ގައިވެސް އެކަލާނގެ ކިޔަމަންވުމުގައި ދެމި ތިބެއްޖެނަމަ އެކަލާނގެ އަހަރުމެންގެ ހިތަށް ދުވަހަކުވެސް ލިބިދާނެހެން ހީނުވާފަދަ ހަމަޖެހުމެއް ގެނެސްދެއްވާނެއެވެ. ބިރުވެރި ކަމެއްގެ ތެރޭ ހުރެވެސް ﷲ އަށް ކިޔަމަންވުމުގެ ގޮތުން އެ ހަރުފައިގައި ހިފުމުން ﷲ ގެ ވަޢުދުފުޅާއި އެއްގޮތަށް އެ ހަރުފަ އަނެއްކާވެސް ޢަޞާއަށް ބަދަލުވީ ވަގުތު މޫސާ (ޢ.ސ) އަށް އިޙްސާސްކުރެވުނު ފަދަ ހަމަޖެހުމެކެވެ. ސުބްޙާނަ ﷲ!

    މާތް ﷲ އަޅަމެންނަކީ ކިތަންމެ ދަތިވިޔަސް ކޮންމެ ޙާލަތެއްގައި ވެސް އެކަލާނގެއަށް ކިޔަމަންވާ އަޅުން ކަމުގައި ލައްވާށި! އާމީން!

  19. Jana says:
    January 4, 2019 at 9:29 pm

    Dhivehi faseyha kiyuntherin ves tharujama aa eky Surah Ta Ha adu ahaalahchey. hama serious koh you are missing something eythi adhi adu naahanya <3
    thireegai mi oiy linkah gos play koggen adu ahamun tharujamaa kiyuneema v salhivaane In Sha Allah <3 <3 <3

    http://tanzil.net/#trans/dv.divehi/20:1

    1. Anonymous says:
      January 5, 2019 at 1:17 pm

      jazakillah khair

    2. Jana says:
      January 6, 2019 at 7:57 am

      Baarakallah Feeka! 🙂

Comments are closed.

Next Episodeހަދިޔާ (ތޭވީސްވަނަ ބައި)←


All Right Reserved!