Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާސިލް ވުމަށް އެދި ހިތް ރޮނީ 30 (ފަހުބައި)

Anjal Level 210 Stories100 Comments100 Login
January 3, 2019 20 Mins Read
32 Comments

ކަނދުރާ އާ ހަމައަށް ދިގުކޮށްފައިވީ ގަދަ މުށިކުލައިގެ އިސްތަށިގަނޑާ އެކު ތުނބުޅި ވެސް އާދައިގެ ވަރަކަށް ދިގުކޮށްފައި ހުރުމުން ތަފާތު ގޮތެއް ހުރިނަމަވެސް އެ ފުން ދެލޯ ފެނުމާއެކު އީން ގެ ވިންދު އަވަސްވިއެވެ. އެއީ ހަމަ އެރީތި ސޫރައެވެ. ހިތުގައި ބިންވަޅު ނެގިފައިވީ ތަސްވީރެވެ. ދެލޯދެކެން އެދި އެދި ހުރި އޭނާގެ ފުރާނައިން ލޯބިވީ އިންސާނާއެވެ.”އަލްޔާން…” އީން އަށް މަޑުމަޑުން އަލްޔާން ގެ ނަން ކިޔާލެވުނެވެ.

ހައިރާންވެ އެއްވެސް ހަރަކާތެއް ނެތި ގަނޑުވެފާ ކަހަލަ ގޮތަކަށް ބަލަން ހުރި ޖަންބުކުލަ އަރާފައިވީ އީން ގެ މޫނު ފެނުމުން އަލްޔާން އަށް ތުންފަތުގާ ދަތް އަޅާލެވުނެވެ. އީން ރިއެކްޓް ކުރާނީ ކިހިނެތް ކަމެއް ނޭނގި ހުރި ހާލު އަލްޔާން ގެ ހިތްވެސް ދިޔައީ ބާރުމިން ނޭނގޭހާ ހަލުވިމިނެއްގާ ތެޅެމުންނެވެ. ކުޑައިރުކޮޅަކަށް ނަމަވެސް ވަށައިގެންވީ މާހައުލު މަތީން ދެމީހުންވެސް ހަނދާންނެތުނުކަހަލައެވެ. ލަފްޒުތަކަކާ ނުލާ ނަމަވެސް ހަމަހިމޭންކަމުގެ ތެރެއިން އެދެހިތުގެ ޝަކުވާ އެކަކު އަނެކަކަށް އިއްވަމުން ދިޔައެވެ.އިންތިހާ އަށް ލޯބިވަމޭ ބުނެ އެކަނިކޮށް ބާކީ ކޮށްފައި ދިޔައީ ކީއްވެގެންތޯ އީން ގެ ހިތް ޝަކުވާ ކުރަމުން ދިޔައިރު އަލްޔާން ގެ ދެލޮލުން ފެންނަމުން ދިޔައީ ސާބިތުކަމެވެ. ތިކުރާ ކޮންމެ ސުވާލެއްގެ ޖަވާބު ދޭން ތައްޔާރޭ ބުނަމުން ދިޔަފަދައެވެ. އެހިތުން އެދެވެމުން ދިޔައީ އީން އޭނާގެ އަތުތެރެއަށްގެނެސް މެޔާލާ ބައްދާލުމަށެވެ.އަދި ދުވަހަކުވެސް ދުރުނުކުރުމަށެވެ.

ލޯތެރޭ ބޯވެފާވީ ކަރުނަ ތަކާއެކު ޝަކުވާޔާއި ރުޅީން ފުރިގެންވީ އީން ގެ މޫނަށް ބަލަން އަލްޔާން އަށް އިތުރަށް ކެތް ނުވުމުން ކުރިއަށް ހިނގާގަތެވެ. އަލްޔާން ކުރިއަށް އެޅި އެއްފިޔަވާޅާއެކު އީން ފަހަތަށް ދެފިޔަވަޅު އަޅާލިއެވެ.”އީން…” އީން ގެ އެ ހަރާކާތުން އަލްޔާން ސިހިގެން ދިޔައިރު އެ ނަމުން ގޮވާލެވުނީ އާދޭހާއެކުގައެވެ. އެހެނަސް އިތުރަށް އެންމެ ލަފްޒެއްވެސް ބުނަން ޖެހިލުންވީ ރުޅިވެރިކަމާއެކު ބަލަން ހުރެ އީން ކޮއްލި އިޝާރާތުންނެވެ. ކައިރިއަށް ނައުމަށާ އަދި އިތުރު އެއްޗެކޭ ބުނުމަށް މަނާކުރަމުން ޝަހާދަތް އިނގިލި އަލްޔާން އާ ދިމާލަށް ދިއްކޮށްގެން ހުރި އީން މާނޭވަލެވި ހިންދިރުވަމުން ދިޔަ ގޮތުން ހީވަނީ ދެންމެ ދެންމެ ރޮވިދާނެ ހެންނެވެ.  މަޑުތުރުރުލުމެއް އެކުލެވިފާވީ އެ އަތަށް އަލްޔާން ބަލާލީ ޖެހިލުންވެ ހުރެއެވެ. އޭނާ ހީކުރިވަރަށް ވުރެ މާބޮޑަށް އީން ގެ ހިތަށް އަސަރު ކޮށްފައި ހުރިކަން އިހްސާސް ކުރެވި އަލްޔާން ގެ ގައިން ހީބިހި ނެގިއެވެ. އީން އާ ދުރުގައި ހުރީ ދިމާވި އެތަށް ސަބަބުތަކާ ހުރެ ނަމަވެސް ހަމައެކަނި އީން އަށް ޓަކާ ކަން ބުނެދޭނެ ލަފްޒްތަށް ހިތުތެރޭ ރާވަމުން އަލްޔާން އަނެއްކާވެސް އީން އާ ދިމާލަށް ހިނގާގަތެވެ.

” ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނާޅާތި އަލްޔާން ވަލީދު.. ސްޓޮޕް ރައިޓް ދެއާ..”

ހަރުކަށިކަމާއެކު އަލްޔާން އަށް އިންޒާރު ދެމުން ޝަކުވާއިން ފުރިގެންވީ ނަޒަރަކުން ބަލަމުން އީން އެނބުރިލީ ބައްޕަ އާދިމާލަށެވެ. ވަގުތު ގެ ނާޒުކުކަން ވިސްނި އެވަގުތު އާދީ ގޮވައިގެން އަލްކާ އެތެރެއަށް ވަނެވެ.

“އަލްޔާން…އަލްޔާން ވަލީދު ބުނެގެންތަ ބައްޕަ މާލެ އައީ؟؟..ކީއްވެ؟؟ އަހަންނާ އެއްވެސް ގުޅުމެއް ނެތް މީހަކު ބައްޕަ ބަލާ ދާން ޖެހުނީ ކީއްވެ؟؟ އިނގޭތަ މި ފާއިތުވި ދުވަސްތަކުގަ ބައްޕަގެ ލޯބިވާ މި ދަރިފުޅު ކުރި ހުރިހާ ހިތާމަތަކާއި އޮއްސި ހުރިހާ ކަރުނައެއްގެ އަސްލަކީ ހަމަ މި އަލްޔާން ކަން..އޭނަ ކައިރީ ބުނޭ ހަމަ މިހާރު މިގެއިން ނިކުންނާށޭ!! އަހަންނާ އަދި އަހަރެންގެ އާއިލާ މީހަކާވެސް އެއްވެސް ގުޅުމެއް ބާއްވަން މަސައްކަތް ނުކުރާށޭ!! ”

ފަހަރަކަށް ވުރެ ފަހަރެއް އީން ގެ އަޑު ގަދަވަމުން ދިޔައިރު ލޮލުން ފޭބި ކަރުނަވެސް އެއްވެސް ރަހުމެއް ނެތި ދެއަތުން ފޮހެލީ ހަރުކަށިކަމާއެކުގައެވެ.

“އީން ގެ ސުވާލުތަކަށް ޖަވާބު ދޭނީ ހަމައެކަނި އަހަރެން ..ދޭން ޖެހޭ މީހަކީ ވެސް އަހަރެން..ބައްޕަ އެއްވެސް އެއްޗެއް ބުނާނެ ކަމެއް ނެތް..ހަމަ އެކަނި ވީ ވައުދާ އެއްގޮތަށް އަހަންނަށް އީން އާ ކައިވެނި ކުރަން ހުއްދަދީ..ވީ އެންމެ އަވަހަކަށް އީން އާ ކައިވެނި ކުރަން ބޭނުން…”

އަލްޔާން ގެ ދުލުން އަޑު އިވުނު ބަސްތަކުން އީން ގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. ރުޅިއައިސް މީހާ ކޮންޓްރޯލުން ނައްޓާ ވަރުވިއެވެ. އަލްޔާން ހީކުރަނީ ކީކޭ ހެއްޔެވެ؟ ހިތަށް އެރީމަ ލޯބިވެފަ..ފަހަތުން ހިނގާފަ…ހިތަށް އެރީމަ އިތުބާރު ނުކޮށް އެއްލާލާފަ ގޮސް ، ހަބަރެއްވެސް ބަލާ ނުލާ ހުރެ..އަނެއްކާ އެނބުރިއައިސް … ހީވަނީ އަހަރެންގެ އިހްސާސް ތަކަކީ އަލްޔާން ހިތަކަށް ކުޅެން ލިބިފައޮތް އަމިއްލަ މިލްކިއްޔާތެއް ކަމަށް ހެއްޔެވެ؟ ސިކުނޑީގައި އުފެދިގަތް ތޫފާނާއެކު އައި ވަރުގަދަ ރުޅީން ނިތަށް ރޫ އަރުވާލަމުން ބުމަގޮތްޖަހާލައިގެން ހުރެ އެދިޔަގޮތަށް ގޮސް އަލްޔާން ގެ އަތުގާ ހިފާ ލުއްކެތް ޖަހާލަމުން ބާރުބާރަށް ހިނގާފައި ގޮސް ގޭގެ ދޮރުހުޅުވާލުމަށްފަހު ބޭރަށް ނެރެލިއެވެ. އެއްޗެކޭ ބުނުމަށް ފުރުސަތު ދިނުމަކާ ނުލާ ދޮރުލައްޕާލުމަށް ފަހު ދުވެފައިގޮސް އީން ވަނީ ކޮޓަރިއަށެވެ.

ދެއަތުން މޫނުގައި އަތް އަޅާލުމަށް ފަހު ފުން ނޭވާއެއްދޫކުރަމުން އަލްޔާން ހިންދިރުވާލިއެވެ. ރުޅިއައިސްގެން ރޮއެފަ ޝަކުވާކުރާނެޔޭ ހިތަށް އެރިޔަސް އީން ގެ ފަރާތުން މިހާ ނަފްރަތުގެ ޖަޒްބާތެއް ފެނިދާނެކަމަކަށް އަލްޔާން އަށް އުއްމީދު ކުރެވިފާ ނެތުމުން ދެރަވެ ހިތުގާ ޖެހުނެވެ. ފުރަގަހަށް އެނބުރިލައިގެން ހުރި އަލްޔާން ގެ ކޮނޑުގާ މީހަކު މަޑުމަޑުން އަތް އަޅާލުމުން ބަލާލިއިރު އީން ގެ ބައްޕަ ދެރަވެފާ ބަލަން ހުއްޓެވެ.

“ދަރިފުޅާ..ބައްޕަ އަށް މާފުކުރޭ…އީން އަކީ އެކަހަލަ ރުޅިގަދަ ހިތްހަރު ކުއްޖެއްނޫން..ދިމާވި ކަންތަކުގެ ސަބަބުން މާ ބޮޑަށް ހިތުގަ ޖެހުނީ ކަންނޭގެ..އެކަމަކު ދަރިފުޅު ހިތްވަރު ދެރަނުކޮށް އީން އަށް ހުރިހާ ވާހަކައެއް ހަގީގަތަށް ކިޔާދީ..”

އަލްޔާން ގެ މޫނުމަތީން ފެނުނު ހިތާމައިގެ އަސަރުން އަޝްރަފް ދެރަވިއެވެ. ކިޔަވާ ނިމެންދެން އީން އާ ދުރުގައި ހުރުމަށް އަލްޔާން އަށް މަޖްބޫރު ކުރުވި މީހަކީ ޚުދް އޭނާ ކަމުގާ ވާއިރު މިގުޅުން މިފަދަ ގޮތަކަށް ނިމިގެން ދާން އަޝްރަފް ބޭނުމެއް ނުވެއެވެ.

“ބައްޕަ މާފަށް އެދޭނެ ކަމެއް ނެތް..އަޅުގަނޑަކީ އީން ގެ ކުއްވެރިއެއް..ރުޅި އައުމުގެ ފުރިހަމަ ހައްގު މިއަދު އީން އަށް އެބައޮތް ..އެކަމާ އަޅުގަނޑުގެ ޝަކުވާއެއް ނެތް..” މާޔޫސްކަން ހިތަށް ވެރިވެފާ ވީ ނަމަވެސް ގަދަކަމުން ތުންފަތްމައްޗައް ފަނޑު ހިނތުންވުމެއް ވެރި ކުރުވަމުން އަލްޔާން ބުނެލިއެވެ.

ކޮޓަރީގެ ދޮރަށް ލެނގިލައިގެން ހުރި އީން ގެ ދެލޮލުން ހޯސްލާފައި އޮހެމުން ދިޔަ ކަރުނަ ދެއަތުން ފޮހެމުން ދިޔައިރު އެހިތުގާ ވަނީ ވަރުގަދަ ހައިޖާނެއް އުފެދިފައެވެ. އެތަށް ދުވަހެއްވަންދެން އެކަނިމާއެކަނި ހުރެގެން ހިތާހިތުން އަލްޔާން އާ  ކުރެވުނު ޝަކުވާ އެއްފަހަރާ ބަންޑުން ކޮއްލަން ބޭނުންވި ނަމަވެސް އޭނާ ކުރިމަތީ ހުރެ ރޯކަށް ވެސް ބޭނުން ނުވިއެވެ.އިންތިހާއަށް ލޯބިވާ މީހަކު ކުއްލިއަކަށް އެކަނިކޮށްފައި ދިޔުމުން ހިތަށް ކުރާނެ އަސަރު ވިސްނާށޭ ބުނެ އަލްޔާން ގެ ހިތުގާ ޖައްސާ ދެރަކުރަން އީން ބޭނުންވިއެވެ. ރުޅިއައިސްގެން ގޮސް އަނިޔާ ކުރަންވެސް ބޭނުންވިއެވެ.ފެނިދާނެކަމަށް އުއްމީދުވެސް ނުކޮށް ހުއްޓާ ކުއްލިއަކަށް އަލްޔާން ގެ ސޫރަފެނުމުން މަސްހުނިވެފައިވީ ހިޔާލުތަކާއެކު ތަފާތު ޖަޒަބާތުތަކެއް އީން ގެ ސިކުނޑީގައި ހިނގަމުން ދިޔައެވެ. ދަތްކުނޑިވިކާލައިގެން ގޮސްހުރެ އެނދުގެ ބެޑްޝީޓްގައި ހިފާ ދަމަމުން ބާލީސްތަކާއެކު އަތުގެ ކޮޅަށް ހޫރާލި އިރު އީން ގެ އަނގައިން ވޭނީ އާހެއްގެ އަޑު ނިކުތެވެ.އެކަހަލަ ބޭވަފާތެރި ފިރިހެނަކަށްޓަކާ ނުރޯށެ ބުނެ ހިތަށް ވިސްނާދެމުން ކިތަންމެ ވަރަކަށް ނުރޯން ހިތްވަރު ކުރި ނަމަވެސް ގިސްލަ ގިސްލާފައި އީން އަށް ރޮވުނެވެ.ބިންމައްޗައް ތިރިވެ ބާލީހެއްގާ ބާރަށް ބައްދާލައިގެން ހުރެ ރޮމުން ދިޔައިރު އީން ގެ ޖިސްމުގާ ހުޅު ރޯވެފާ ވާފަދައެވެ…

ސިޓިންރޫމް ސޯފާގައި ތިބި އަލްޔާން އާއި އަޝްރަފް އަށް އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނީ އީން ރޯ އަޑު އިވުމުންނެވެ. ބަލާކަށް ނުހުރެ އަލްޔާން ތެދުވެގެން ގޮސް އީން އަށް ގޮވަންފެށިއެވެ.

” ޕްލީޒް އީން ދޮރު ހުޅުވަބަލަ..ވާހަކަ ދައްކަބަލަ އަހަންނާ..އައިމް ސޮރީ….އައި ނޯ.. ތިހިރީ ވަރަށް ހާރޓް ވެ ރުޅިގަދަވެފާ ކަން ..އެކަމް އަހަރެން ދައްކާ ވާހަކަ ވެސް އަޑުއެހީމަ އެއްނު ހަގީގަތް އިނގޭނީ..އީން އަށް ހީވަނީތަ މިތަނަށް އީން އެކަނި ދޫކޮށްފަ ގޮސް އަހަރެން އުޅުނީ ވަރަށް އުފަލުގަހެން…ގަބޫލްކުރޭ އައި ލެފްޓް ޔޫ ފޯ އަ ވައިލް..ޖަސްޓް ފޯ ޔޯ އޯން ގުޑް…ޕްލީޒް ހުޅުވަބަލަ..”

ހުއްޓުމެއްނެތި އަލްޔާން ކުރަމުން ދިޔަ އާދޭސްތަށް އަޑުއިވުމުން އީން ގެ ރުޅި ހައްތަހާ ގަދަވަމުން ދިޔައެވެ. ބައެއް ފަހަރު އެއަޑު ނާހަން ދެކަންފަތުގާ އަތްވެސް އެޅެއެވެ. އެހާފަސޭހައިން ޖަސްޓިފިކޭޝަންސް ދެމުން ދިޔައިރު މި ވޭތުވެ ދިޔަ ދުވަސްތަކުގާ އީން ކުރި ހިތާމަ ވަޒަންކޮށްލަން އިނގޭނެބާއޭ ހިތަށް އެރިއެވެ.

އެތަށް އިރެއްވާންދޭން އޭނާ ކުރި އާދޭސްތަކަށް އީން ބީރުކަންފަތެއް ދިނުމުން އަލްޔާން މާޔޫސްވިއެވެ. އޭނާގެ ހިތްރޯވަރު އީން އަށް އަންގައިދޭން ކިތަންމެ ބޭނުންވިޔަސް އެކަން ކުރެވެންނެތީއޭ ވިސްނުމުން ލޮލުން ކަރުނަ ހިލުނެވެ. އެވަގުތު އަޝަރަފް އައިސް އަދި އީން އަށް ވަގުތު ދޭންވީނޫންހޭ ބުނުމުން އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލަމުން އަލްޔާން ނިކުންނަން ހިނގާގަތެވެ.

 

 

އަލްޔާން ދަނީކަން އެނގުމުން ކުއްލިއަކަށް ދޮރު ހުޅުވާލައިފައި ނިކުތް އީން ބާރަށް ހިނގާފާއި ގޮސް އަލްޔާން އަތުގާ ހިފައިގެން އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ. އެއްޗެކޭ ނުބުނެ ގޮސް އަވަސް ހަރަކާތްތަކާއެކު އަލަމާރި ތެރޭން ނެގި ދަބަހެއް ހުޅުވާލުމަށްފަހު އޭގެ ތެރެއިން ޑައިރީ އެއްކަހަލަ ގޮތަކަށް އޮތް ފޮތެއް ހިފައިގެން އައެވެ. ވާނުވާ ނޭނގި ހުރި އަލްޔާން ހުރީ ބުނާނެ އެއްޗެއް ނެގިފައެވެ.

“ހުޅުވާ މި ފޮތް..”

އަލްޔާން އާ ދިމާލަށް އެފޮތް ދިއްކޮއްލަމުން ހަރުކަށިކަމާއެކު އީން އަމުރު ކޮށްލިއެވެ. ހައިރާންވެފާހުރެ އަލްޔާން އެފޮތް ހުޅުވާލަމުން ގަނޑުތަށް އުކަންފެށިއެވެ.  ދިގަށް ދަމާފައިވީ ކުދިކުދި ރޮނގުކޮޅުތަކުން އެފޮތުގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ ގަނޑުތަށް ވަނީ ފުރިފައެވެ. އޭއީ ކޯއްޗެއްކަމާއި އޭގެ ސީދާ މާނައަކީ ކޮބާކަން ނޭގުނު ނަމަވެސް އެއިން ރަމްޒު ކޮށްދެނީ ގުނާފައި ހުރި ކޮންމެވެސް އަދަދު ތަކެއް ކަން އަލްޔާން އަށް އަންދާޒާކުރެވުނެވެ. އެހެނަސް ޔަގީން ކުރުމުގެ ގޮތުން ސުވާލުގެ ނަޒަރަކުން އީން ގެ މޫނަށް ބަލާލިއެވެ.

“ނޭގުނު ދޯ ކޯއްޗެއްކަން…ނުވެސް އިނގޭނެ..ބިކޯޒް ޔޫ ޑޯންޓް ކެއާރ…އެކަމަކު އައިވިލް ޓެލް ޔޫ….ތީ ހަމައެކަނި ރޮނގުތަކެއް ނޫން..އަދަދު..އިނގޭތަ ކިތަށް ފަހަރުކަން..މިވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭ ހަ ހާހަށް ވުރެ ގިނަފަހަރު އޭނަ އަހަރެންގެ ލޯތްބަތް އެދުނު..”

ވައިރޯޅިއެއްވެސް ބީހެން ނޭދުނު އޭނާގެ ލޯބިވާ އީން ގެ ފަހަތުން ޒިން އުޅޭނެ ގޮތް ހިތަށް ސިފަވުމުން އަލްޔާން އަށް ލޯމަރާ ބާރުކޮށްލަމުން ކުއްވެރިޔެއް ފަދައިން އިސް ޖަހާލެވުނެވެ.ގޮތްހުސްވުމާއި މަޖްބޫރީ ހާލަތުގެ އިހްސާސަކުން ހިތް ތޮރުފަމުން ދިޔައިރު މުއްކަވާ ބާރުކޮށްލެވުނީ މޭގާ ނަގަމުން ދިޔަ ދިލަ ހޫނުގެ ސަބަބުންނެވެ.

“އޮޕެން ޔޯ އައިސް އެންޑް ލުކް އެޓް މީ..!!!” އަލްޔާން ގެ މޭގާ އަތް އަޅާ ފަހަތަށް ކޮއްޕާލަމުން ރުޅިވެރިކަމާއެކު ހަޅޭއްލަވައިގަތް އިރު އީން އަށް ގިސްލެވެމުން ދިޔައެވެ. އެހެނަސް އެއަށް ވުރެ ބޮޑަށް ރުޅި އޭނާގެ ބޮލަށް ސަވާރުވެފާވާކަހަލައެވެ.

“އިނގޭތަ އެއިން ކޮންމެ ފަހަަރަކު އަހަރެން ދޭ ޖަވާބު!!…އައި ސޭ ދެޓް އައި ލަވް ޔޫ…މިތާ މިހިތުގަ ލިޔެވިފަ ވަނީ ހަމަ އެކަނި އަލްޔާން ގެ ނަމޭ..!!”

ރިހެމުން ދިޔަ އަލްޔާން ގެ ހިތަށް ހިނދުކޮޅަކަށް ނަމަވެސް ހުއްޓުމެއް އައި ކަހަލައެވެ. “އައި ލަވް ޔޫ” އެ ލަފްޒު އީން ގެ ދުލުން އަޑު އިވުމުން ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ.އެހެނަސް ޖެހިގެން އައި ސިކުންތުކޮޅުގައި ކުއްލިއަކަށް ހިތުގެ ހިނގުންވެސް ހުއްޓުނުހެން ހީވެ ނޭވާ ހިފަހައްޓާލެވުނީ ވިސްނާވެސް ނުލާ ހުއްޓާ އީން އައިސް ކައިރިވުމުން ނެވެ. ސީދާ އަލްޔާން ގެ ދެލޮލަށް ބަލަން ހަަށިގަނޑުގާ ޖެހިފިތި ބާރުވެގެން ހުރި އީން ގެ ނޭވާގެ ހޫނު އިހްސާސް ވުމުން ކަރަންޓް ގެ އޮއިވަރެއް ހަށިގަނޑުގާ ދަތުރުކުރި ކޮށްލިއެވެ. އެހަށިނޑުގާ ބާރަށް ބައްދާލުމަށް އެދެވުނު އެވަގުތުކޮޅު ބޭއިޚްތިޔާރުގާ ހިއްލާލެވުނު އަލްޔާން ގެ އަތް ގަނޑުވެ ހުއްޓުނީ އީން ބުނެލި ޖުމްލަ ތަކުންނެވެ.

“މިހާ ކައިރި…އިނގޭތަ.. މިހާކައިރިވޭ އޭނަ އަހަންނާ…އަލްޔާން ދެކެ ލޯބިވެޔޭ ބުނާ ކޮންމެ ފަހަަރަކު ހީ ކަމްސް ދިސް ކްލޯޒް ޓު މީ..އޭނަޔަށް ވެގެން ވާނެ ނަމަ މޭފަޅާފަ މިހިތް ނަގާ އަލްޔާން ގެ ތަސްވީރު އަބަދައްޓަކާ މިހިތުން ފޮހެލީސް…”

އެވަގުތު ހޫނު ކަރުނައިގެ ސާލެއް ހޯސްލާފައި އީން ގެ ކޯތާފަތުން ފައިބައިގެން ދިޔައެވެ.ރޮވެމުން ދިޔަ ހާލު ހިތްދަތި ކަމާއެކު އީން އަނެއްކާވެސް ޝަކުވާ ކުރަންފެށިއެވެ.

” އޭނަ އަހަރެންގެ އަތުގަ ހިފާ…މޫނަށް ބަލާ..ހީކުރަނީ އަހަންނަކީ ހިތަކަށް ކުޅެން ލިބިފަ ހުރި ބުދެކޭ..ދާހާ ތާނަކަށް ފަހަތުން ދޭ..ވަންނަ ކޮންމެ ފިހާރައަކުން ބިލް ޕޭ ކުރޭ..ރެސްޓޯރެންޓަކަސް ދިޔަޔަސް އެހެން ހަދާ….” އިސްދަށަށް ޖަހައިގެން ހުރެ އީން އަށް ރޮވޭހާލު ގިސްލެވުނެވެ.ހިތަށް ކުރުވަމުން ދިޔަ އަސަރާއެކު އެއަޑުއަހާ އެމަންޒަރު ދެކެން އިތުރަށް ކުޅަދާނަ ނުވުމުން  އަލްޔާން ދެއަތުން ބާރަށް އީން ގައިގާ ބައްދާލިއެވެ.” ޕްލީޒް އީން އަހަރެނެް ކައިރީ ޒިން ގެ ވާހަކަ ނުދައްކާ..”

ޒިން ގެ ވާހަކަ ނުދައްކަން އަލްޔާން އެދުމުން އީން ރުޅިގަދަވިއެވެ. ހަރުކަށިކަމާއެކު އަލްޔާން މޭގައި އަތް އަޅާ ދުރުކުރަމުން އީން އަނެއްކާވެސް ހަޅޭއްލަވާގަތެވެ.

“ދައްކާނަން!!!ޒިން ގެ ވާހަކަ ދައްކާނަން…ހާދަ ލަދުގަނެޔޭ އަހަރެން އޭނަ އެހެން އުޅޭތީ…އައި ފެލްޓް ސޯ ޗީޕް…!! އެފަދަ ކޮންމެ ވަގުތަކު މި ހިތުން އަލްޔާން ގެ ހިމާޔަތަށް އެދެވުނީ ކިހާ ވަރަކަށް ކަން ނޭގުނީ ކީއްވެ؟؟ އިހްސާސް ނުވީ ކީއްވެ؟؟ ހިލޭ ފިރިހެނަކު އަހަރެންގެ ފަސްފަހަތުން އެވަރަށް އުޅުނު އިރު އަހަރެންގެ ހިތުގެ މިލްކުވެރިޔާ ހުރީ ކޮންތާކު؟؟؟ ހުރިހާ ހަގީގަތް އެނގިހުރެ އޭނަ އަތްމައްޗައް އަހަރެން ދޫކޮށްފަ ދިޔައިރު ހަމައެއްވެސް އެއްޗެކޭ ހިތަކަށް ނާރާތަ؟؟ ކޮބާ އަހަރެން ދެކެ އެހާ ލޯބިވީ އަލްޔާން؟؟ ދުވަހަކުވެސް ދޫކޮށްފަ ނުދާން ކުރި ވައުދުތަކަށް ވީ ކިހިނެތް؟؟؟ އެންމެ ފަހަރަކު ދޫކޮށްފަ ދާށޭ ބުނީމަ ޔޫ ލެފްޓް މީ ވިތް ހިމް… ފަސް އެނބުރި ބަލާވެސް ނުލާ ފަހުން ވީ ގޮތެއް ވެސް…އިޝްގީ ލޯބީގެ ފޮނި ވައުދުތަށް އަހަރެން ކައިރީ ވީ އިރު ކީއްވެ ނުބުނީ ޒިން އަހަރެން ފަހަތުން އުޅެންޏާ ތިމަންނަ ފިލާނަމޭ..އީން ދޫކޮށްފަ ދާނަމޭ.. ކީއްވެ ނުބުނީ؟؟؟ އެތަށް ދުވަހަކު ވާރެޔާ އަވީގަ އެންމެ ފަހަރަކު އަހަރެން ފެނޭތޯ އިންތިޒާރު ކުރި އަލްޔާން..މި ފާއިތުވީ ހަމަސް ތެރޭ އެންމެ ފަހަރަކު އަހަރެންގެ ހާލުވެސް ބަލާ ނުލާ..އެއީތަ ވީ ލޯބި؟ އެހާ އާރެއް ބާރެއް ނެތް ތާކުންތާކު ނުޖެހޭ ލޯތްބެއްތަ އަލްޔާން ވީ؟

“އިނަފް…ސްޓޮޕް އިޓް އީން ޕްލީޒް.. ހެޔޮނުވާނެ ސްޓޮޕް އިޓް..އައި ބެގް ޔޫ..” ދެއަތް ޖޯޑުކުރަމުން އަލްޔާން ތިރިވީ އީން ފައިބުޑަށެވެ. އެޝަކުވާތަކާއި އެސުވާލުތަކަށް ޖަވާބުދޭން ކިތަންމެ ތައްޔާރު ވެގެން ހުރި ނަމަވެސް އީން ގެ ހާލު ފެނި ހިތްވަރު އެލި އަލްޔާން ގެ ހިތަށް ކެތްކުރަން އުނދަގޫވިއެވެ.

“އޯކޭ…ހުއްޓާލީމި..ނިކުމޭ..ހަމަ މިހާރު މިގެއިން ދޭ..ތީ އަހަރެން ދަންނަ މީހެއް ނޫން..އަހަރެން ލޯބިވީ އަލްޔާން މަރުވީ ކަމަށް ހީކޮށްފާނަން..އަދި އެ އަލްޔާން ދެކެ އަހަރެންވީ ލޯބި ކަފުންކޮށް މޭގަ ވަޅުލަފާނަން….ދޭ މިތަނުން..”

ދެއަތުން މޫނު ފޮހެމުން ނުރުހުންވެ ހުރެ ދޮރުހުޅުވަން އީން ހިނގައިގަތެވެ. އީން ގެ ވިހަގަދަ ބަސްތަކުން އަލްޔާން ގެ ހިތްފަޅާއިގެން ދާ ވަރުވިއެވެ. މިއޮތް ހުރިހާ ދުވަހު އަމިއްލަ ނަފްސު ކޮންޓްރޯލް ކުރީ އެތަށް ހިތްވަރެއް ކޮއްގެން މުސްތަގްބަލް ގެ ފޮނި އުއްމީދު ތަކާއެކީގައެވެ. އިތުރަށް އީން ގެ ލޯބީގަ ކެތްކުރާނެ ހިތްވަރު ނެތުމުން ތެދުވެގެން އެދިމާލަށް ދުވެފާ ދިޔަ އަލްޔާން ފުރަގަހުން ގޮސް އީން ގެ ހަށިގަނޑުގާ ބައްދާލިއެވެ. “އައި ލަވް ޔޫ ސޯ މަޗް..އައި ލަވް ޔޫ އީން..” ގިސްލެވެމުން ދިޔަ ހާލު ހުއްޓާނުލާ އަލްޔާން ދިޔައީ އެ ޖުމްލަ ތަކުރާރު ކުރަމުންނެވެ. “ދޮގު..ހުސް ދޮގު..ޔޫ އާރ އަ ލަޔާރ..ޔޫ ލެފްޓް މީ އެލޯން..ދޫކުރޭ..” ރުޅިއައިސް ހުރެ އަލްޔާން ގެ ދެއަތުގާ ތަޅާ އަދި ވިކަމުން އެ އަތުތެރެއިން ދޫވެގެންދާން އީން ކުރަމުން ދިޔަ މަސައްކަތް ބޭކާރުވެ އަލްޔާން ގެ ބާރުގަދަ ދެއަތުގެ ތެރޭގައި ހުންނަން ޖެހުމުން އިރުކޮޅަކުން އީން ގެ ހަރުވެފާވީ ހިތްވެސް މަޑުވިކަހަލައެވެ. އަނެއް ފަރާތަށް އެނބުރި އަލްޔާން ގެ ކަނދުރާގައި އަތް އަޅުވާ އެލިގަންނަމުން ގިސްލުމާއެކު އަނެއްކާވެސް ޝަކުވާކުރިއެވެ.

“ކީއްވެ އަލްޔާން؟؟ ތިހާލޯބިވާއިރު ދޫކޮށްފަ ދިޔައީ ކީއްވެ؟؟ޒިން ކައިރިއަށް އަހަރެން އެކަނި އެއްލާލާފަ ދިޔައީ ކީއްވެ؟؟ ކުއްލިއަކަށް ގެއްލުނީ ކީއްވެ؟؟ހަމަ ހިތަކަށް ނާރާތަ އަހަރެން ދެރަވާނެ ވަރު..އައި މިސްޑް ޔޫ ސޯ މަޗް..”

އީން ގެ އެ ހަރަކާތުން އަލްޔާން ގެ ހިތްފުރި ބަންޑުންވީހެން ހީވިއެވެ. ބޯމަތީން ބޮޑު ބަރުކަމެއް ގޮސް ލުއިވެގެން ދިޔަ ކަމުގެ އިހްސާސްވެ ވީ އުފަލުން ކުރިޔަށްވުރެންވެސް ބާރަށް އަލްޔާން އަށް އީން ގެ ގައިގައި ބައްދާލެވުނެވެ. އެއާއެކު އޭނާގެ ހިތުގާވީ އުދާސްތަށް ވެސް އީން ކުރިމަތީ ބަންޑުން ކުރިއެވެ.

“އައިމް ސޮރީ ލަވް..ޕްލީޒް ފޮގިމް މީ..އަހަރެން ދުވަހަކުވެސް އީން  ދޫނުކުރަން..ބައްޕަ ބަލިވެގެން މެލޭ އަށް ދިޔައީ..އެހިސާބުން އެނގުނީ އައްޑޫގަ އަހަރެން ވީ އެކްސިޑެންޓަކީ އަސްލު އީން އަށް އަމާޒު ކޮށް އަހަރެންގެ ބައްޕަ ކުރުވި ކަމެއްކަން..އީން އޭކަޔައިގެން ޒިން ދެއްކިވާހަކަ…ނުވިތާކަށް ކިޑްނެޕިން ޕްލަސް މަރާލަން އެކްސިޑެންޓް ރޭވުން މިހުރިހާކަމެއް ދިމާވަނީ ހަމަ އަހަރެންގެ ސަބަބުންކަން އެނގުމުން އަސްލުވެސް ވަރަށް ބޯގޮވި…އަހަންނާއި އީން ގެ ގުޅުމުގެ ސަބަބުން އިތުރަށް އީން އަށް އެއްވެސް ގެއްލުމެއް ނުވަތަ ނުރައްކަލެއް ވިޔަ ދޭން ބޭނުން ނުވި..އެކަމަކު ޒިން ކުރި ކަންތަކުގެ ސަބަބުން އީން ހުރީ އެވަގުތު އަހަރެން ނާއި އޮތް ގުޅުން ނިންމަން ފައިވިއްދާފަ..އެހެންވީމަ އަސްލު ގޮތްހުސްވީ..ކޮންމެ ގޮތެއް ވިޔަސް އީން ގެ ރައްކާތެރިކަން އަހަންނަށް މުހިއްމުވި އެހެންވެ ބޭނުންވީ ވީހާ އަވަހަކަށް އީން އާއި މެރީކޮއްގެން ރާއްޖޭން ބޭރަށް ޗޭންޖްވާން..ދެން އީން ގެ ބައްޕައަށް އެކޮޅުގަ ހުރެގެން ގުޅީ..ހުރިހާ ވާހަކައެއް ކިޔާ ދިނުމަށް ފަހު އެދުނީ އަހަރެން އެވަގުތުން އެވަގުތަށް އީން އާ ކައިވެނި ކުރަން ހުއްދަ ދިނުމަށް..އެކަމަކު ބައްޕަ އެގޮތް ބޭނުންނުވި..ބައްޕަ އެދުނީ އީން ގެ ކިޔެވުމަށް އެޅޭ ހުރަހަކަށް އަހަރެން ނުވުމަށް..އީން ތި ކޯސް ފުރިހަމަ ކުރުމަކީ ބައްޕަ އާއި މަންމަ ގެ އެންމެ ބޮޑު އެދުން އަދި ހުވަފެން ކަމުގައި ބުނި..އަދި އަހަރެމެންގެ ގުޅުމުގެ ސަބަބުން އީން ގެ ކިޔެވުމަށާއި ދިރިއުޅުމަށް އަދި ފުރާނަޔަށް ނުރައްކާވަމުން ދިޔައީތީ ދުވަސްކޮޅަކަށް ގުޅުން މެދުކަނޑާލުމަށް މަޝްވަރާ ދިން..ކިޔަވާ ނިމުމުން އީން އާއި ކައިވެނި ކުރެވޭނީ އެ ޝަރުތު ގަބޫލްކުރުމުން ކަމަށް ވެސް ބުނި..

ބައްޕަ ގެ ވާހަކަޔާއި މެދުގަ ގޮތެއް ނިންމަން އަހަންނަށް ވަރަށް އުނދަގޫވި..އީން އާ ނުލާ އެންމެ ނޭވާއެއްލުންވެސް އޭރު އަހަންނަށް ވަރަށް އުނދަގޫ..ނުވިތާކަށް އީން ގެއްލިދާނެތީ ވެސް އެހާ ބިރުގަތް..އެކަމަކު ޒިން އަކީ ފަސޭހައިން ބަލި ގަބޫލް ކުރާ މީހަކަށް ނުވީމަ ދެމީހުން އެކުގާ އުޅޭނަމަ އޭނާ ގެ ފަރާތުން ކުރިމާތިވާނެ ނުރައްކާ ފަހަރަކަށް ވުރެ ފަހަރެއް ބޮޑުވާނެކަންވެސް ވިސްނުނު..އީން ގެ ކިޔެވުން ނިމުމަށް ބާކީ އޮތީ އޭރު ހަމަސް ކަމަށް ވުމާއެކު ހުރިހާގޮތަކަށް ވިސްނުމަށްފަހު އަހަރެން ނިންމީ އެނބުރި ރާއްޖެ ނުދާން..އެއީ އެއްފަސްގަނޑެއްގަ ހުރެގެން އީން އާ ދުރުގަ ހުންނަން އަހަންނަށް ކުޅަދާނަ ނުވާނެކަން އިނގޭތީ…މިހުރިހާ ކަމަކާ އީތަން އާވެސް މަޝްވަރާ ކުރީން..އޭނާވެސް ހިޔާލް ދިނީ އިތުރަށް އީން ކައިރީ އެއްޗެކޭ ނުބުނެ ހަމަ ކުރިއަށް ދާން..އީން ވެސް ހުރީ އަހަންނާ ރުޅިވާން ނިންމައިގެން ވީމަ ދެން އެންމެ ފަސޭހައިން މިކަން ކުރެވޭނެ ގޮތަކީމީއޭ ހިތަށް އަރާފަ އެކޮޅުގަ މަޑުކުރީ..ބައްޕަ އެކޮޅުގަ ހިންގާ ވިޔަފާރިކަންތަށް ބެލެހެއްޓުމުގެ އިތުރުން މިއުޒިކް ވެސް ކިޔެވީ..ކިހިނެތް ހިތަށް ވެސް އެރީ އަހަރެން އީން ގެ ޚަބަރު ނުބަލާނެޔޭ..އެކަން ކުރޭ އީތަން ބަރާބަރަށް..އީން ގެ ފޮޓޯވެސް ފޮނުވާ..އުޅޭ ނޫޅޭގޮތް އިނގޭ..ޒިން ގެ އުނދަގޫ ކުރިމަތިވާކަންވެސް އިނގޭ..ވަރަށް އުނދަގޫވޭ އެކަމާ..ރޭގަނޑު ލޮލުފިޔައެއްވެސް ނުޖެހޭ..ކިތަންމެ ފަހަރަކު އެއާޕޯރޓަށް ވެސް ދިޔައިން މާލެފުރަން..އެކަމަކު އީތަން ވެސް ވަރަށް ހިތްވަރު ދީގެން މަޑުކުރަނީ..ފަހުން ފަހުން އައިސް އޭނާ ނުބުނޭ ޒިން އެވަރަށް  ދިމާކުރާ ވާހަކަ..ދެން އީން އެ ސިޓުއޭޝަން ޓެކްލް ކުރަމުން އައި ގޮތް އެހާ ގްރޭސްފުލް ވީމަ ހަމަ މަޑުކޮއްލީ..އެކަމަކު އީން ގެ ހަނދާން ނުވާ ހަމަ އެންމެ މިނެޓެއްވެސް ނުދާނެ…ހާދަ އުނދަގުލުންނޭ އީން އާ ދުރުގަ ހުންނަން އަމިއްލަ ނަފްސު ހޭނުވީ..އީން ހާސިލްވުމަށް އެދި މި ހިތް ރުއިވަރު އަންދާޒާ ވެސް ނުކުރެވޭނެ..އެކަމަކުވެސް ހިތަށް ވިސްނަދިނިން ލޯތްބަކީ ހަމައެކަނި ވަގުތުން ވަގުތަށް ލޯބިވާ މީހާ ހާސިލް ކުރުމެއް ނޫނޭ..ހަގީގީ ލޯބީގަ ބައެއް ފަހަރު ތިމާ ލޯބިވާ މީހާއަށްޓަކައި ސެކްރިފައިޒް ވެސް ވާން ޖެހޭނެ..ކެތްތެރިވާންވެސް ޖެހޭނެ.. ”

އަލްޔާން ގެ ވާހަކަ އަޑުއަހާ ނިމުނު އިރު އީން އަށް ހުރީ ރޮވިފައެވެ. “ކީއްވެ ދެން އަހަރެން ކައިރީ ނުބުނީ..އިނގޭތަ ކިހާ ދެރަވިކަން..ކިހާވަރަކަށް ރުއިން..އަލްޔާން މަތީން މިސް ވެގެން ގޮސް ކެތްތެރިކަން ކޮޅުން ލާ ފަހަރުވެސް އާދޭ..” އަލްޔާން ލައިގެން ހުރި ގަމީހުގެ ގިރުވާނުގާ ހިފާ ދަމަމުން އީން އަނެއްކާވެސް އޭނާގެ ނިމުމެއްނެތް ޝަކުވާ ފެށިއެވެ. އެވަގުތު އަލްޔާން މަޑުމަޑުން ހިނިތުންވަމުން އީން ގެ ނިތުގާ ބޮސްދިނެވެ. އަދި ލޯތްބާއެކު އީން ގެނެސް އޭނާގެ މޭގައި ޖައްސާ ބާރުކުރަމުން ލޮލުގާ ހުރި ކަރުނަ ފޮހެލަދިނެވެ. “އިނަފް…ނޯ މޯ ޓިއާރސް ޕްލީޒް..ހުވާކޮއްފަ މިބުނީ ދެން ދުވަހަކުވެސް ނުދާނަން..ނެވާ….ޕްލީޒް ފޮގިވް މީ ލަވް..” ފަރުވާތެރިކަމާއެކު އީންގެ ލޮލަށް ބަލަން ހުރެ އިޝްގީ ގޮތަކަށް އަލްޔާން ބުނެލި ޖުމްލަ ތަކުން އީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މީގެ އިރުކޮޅެއްކުރީން ރުޅިއައިސްގެން ގޮސް މޮޔަވާވަރުވެފަ ހުރި އީން މިހާރު އަލްޔާން ގެ ލޯބީގެ ލަފްޒުތަކުގައި ގައިދުވީ ފަދައެވެ. އެއަޑުގާވި އަޖައިބެއްފަދަ ޖާދޫގައި ޖެހި އީން ގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކުރުވީ ބަސްބުނާހާ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. އެހެނަސް ވަކި ޖަވާބެއް  ނުދީ ރަކި ހިނތުންވުމަކާއެކު އީން ލަތްވެލީ އަލްޔާން ގެ މޭގައެވެ.

*******************************************

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ގަދަނިދީގައި އޮތް އަލްޔާން އަށް ކުއްލިއަކަށް ހޭލެވުނީ މޫނަށް އަލި އެޅި ހޫނުވާކަހަލަ އިހްސާސެއް ވުމުންނެވެ. ބަރުވެފާވީ އެސްފިޔަތަކާއެކު މަޑުމަޑުން ލޯ ހުޅުވާލިއިރު ކުރިމަތީ ހުއްޓިހުރި އީތަން ފެނުމުން ފުއްމައިގެން ތެދުވެ ގަޑި ބަލާލިއެވެ.އެއާއެކު މިރޭ ބާއްވަން ހަމަޖެއްސި އިވެންޓެއްގެ ޕްރެކްޓިސް އަށް ދާންޖެހޭކަން ހަނދާންވުމުން ފޯން ނަގާ ގަޑި ބަލާލިއެވެ. “ނުވަ އެއް ޖަހަން ވާއިރަށް ގަޑިކީ..މިހާރު ދިހައެއް ޖަހާ ބޮޑުވީ..ހުންނާނެއެއްނު ނިދިފަ..” އެނދުމައްޗައް ވެއްޓިގަންނަމުން އީތަން ބުނެލިއެވެ. “ޝިޓް..ކަލޭ ކީއްވެ ނުގޮވީ..” ތުވާލި ނަގާ ފާހަނާ އާ ދިމާލަށް ހިނގާގަންނަމުން އަލްޔާން އެހެން ބުނުމުން އީތަން ހިނިގަނޑެއް ޖަހާލިއެވެ. ” މަ އައީ ގޮވަން..އެކަމް މަ އައި އިރު ކަލޭ ނިދީގަ އޮވެ މާ ވަރަކަށް ހިނިއައިސްފަ އޮތީމަ ނުގޮވީ..މަށަށް ގެޓް ވެއްޖެ ވަރަށް ހާޑް ހުވަފެނެއްގަ ކަން..އެހެންވެ ޑިސްޓަބް ނުކުރަންވެގެން..ދެން މިހަކާ އިންނަން އުޅޭއިރު އެކަހަލަ އުފާވެރި ހުވަފެން ވެސް ފެންނާނެތާ ދޯ” ބުމަ އަރުވާލާ ކަރުކެހިލަމުން ލާނެތް ގޮތަކަށް އީތަން ހީލިއެވެ.” ބަލ**އެއްނު..” ބަލީހެއްނަގާ އީތަން އާ ދިމާލަށް ހޫރާލަމުން އަލްޔާން ގޮސް ފާހަނާއަށް ވަނެވެ.

*********

އަވަސް ގޮތަކަށް ތައްޔާރުވެލައިގެން އީތަން އާއެކު ދިޔުމަށް ނިކުތް އަލްޔާން ގެއިން ނިކުތުގެ ކުރީން އެބަ އަންނަމޭ ބުނެ ވަދެލީ އޭނާެގެ މަންމަ މެންގެ އެޕާރޓްމެންޓަށެވެ. “މަންމާ!!..” އަލްޔާން ގޮވާލި އަޑަށް ބަދިގެ ފަރާތުގައި ހުރެފައި އާޝިޔާ ނިކުތް އިރު ކޮޓަރީގައި ހުރެފައި ވަލީދުވެސް ނިކުތެވެ. އެގަޑީގައި އޮފީހުގައި ނެތި ބައްޕަ ގޭގައި ހުރުމުން އަލްޔާން ހައިރާންވިއެވެ. އެހެނަސް އެކްސިޑެންޓް ހާދިސާ ގެ ހަގީގަތް އެނގުނު ފަހުން އަދިވެސް ބައްޕަ އާއި ރަނގަޅަށް ވާހަކަ ނުދެއްކޭތީ އިތުރު އެއްޗެއް ނާހައެވެ. އެދެމެދަށް ވެރިވެފާވި ނުތަވަސް ހަމަހިމޭންކަން ވިސްނި އާޝިޔާ ވާހަކަ ދައްކަން ފެށިއެވެ.

“ދަރިފުޅާ.މަންމަ ރެޑީވަނީ މި މިހާރުއްސުރެ މިރޭ އީން މެން އަންނަން ވާއިރަށް..ބައްޕަވެސް މިއަދު އޮފީހަކަށް ނުދޭ..މަންމަ އާއި ބައްޕަ ވަރަށް އުފާވޭ އަލްޔާން ޒަވާޖީ ހަޔާތެއް ފަށަން އުޅޭތީ..މަންމަމެން  ބޭނުން ވަރަށް ގްރޭންޑް ފަަންކްޝަން އެއް ބާއްވަން..”

ބަސްއަހާ ކުޑަކުއްޖެއްފަައިން އިސްޖަހައިގެން ހުރި އަލްޔާން އާޝިޔާގެ ވާހަކަ ނިމުމުން ސިއްރު ނަޒަރަކުން ބައްޕަ އަށް ބަލާލިއެވެ. މަޑުމޮޅި ނަޒަރަކުން ކަޅިވެސް ޖަހާނުލާ އަލްޔާން އަށް ބަލަން އިން ވަލީދު އަށް އެވަގުތު އޭނާގެ ދަރިފުޅާ ހަތަރު ކަޅި ހަމަކުރެވުނެވެ. ބައްޕަ ބަލަން އިން ނަޒަރުން އުނދަގޫވި އަލްޔާން އަވަސް އަވަހަށް އަޝިޔާ އާ ދިމާލަށް އެނބުރުނެވެ.” އީން އަންނާނެ ފެމިލީއާއެކު ސެވެން އަށް..މެރިޖް އާ ގުޅިގެން ސެލެބްރޭޓް ކުރަން އެހާ މެގަ އިވެންޓެއް ބާއްވަން އަހަރެން އަސްލު ބޭނުމެއް ނުން..ދެން އެކަމަކު މަންމަ އާއި އީން ގޮތެއް ނިންމާ…މިހާރު ގޮސްލީއޭ..” ވަލީދު އާ ދިމާލަށް ބަލާވެސް ނުލާ އަލްޔާން ނިކުމެގެން ދިޔުމުން އޭނާ ދެރަވިއެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގާ ކުރެވުނު ކުށުގެ ސަބަބުން ހުރި ހަމައެކަނި ދަރިފުޅު އޭނާ މަތީން މުޅި އުމުރަށް ފޫހިވެ ކުރާ ނަފްރަތް ލޯ ކުރިމަތީން ފެނުމުން ހިތުގާ ޖެހުނެވެ.

“ވަލީދު..ކެތްތެރިވޭ…ހުރިހާކަމެއް ހަނދާން ނައްތާލާފަ މާފުކުރަން އަލްޔާން އަށް ވަގުތު ނަގާނެ..އެކަމަކު އަހަންނަށް ޔަގީން ކޮންމެވެސް ދުވަހަކުން އަލްޔާން އޭނާގެ  ބައްޕަ އަށް މާފުކުރާނެ..” އާޝިޔާގެ ވާހަކައިން ވަލީދުއަށް ހިތްވަރު ލިބުނެވެ.

“އާނ..މިހާރު ބޭނުން ވަނީ އީން އާއި އެ އާއިލާގެ ފަރާތުން މާފަށް އެދެން…އަހަރެންގެ ހަމައެކަނި އުއްމީދަކީ އަލްޔާން އާއި ކައިވެނި ކޮށްގެން އީން އަވަހަށް މިގެއަށް އައިސް އަހަރެމެންގެ މި ކުޑަ އާއިލާ ފުރިހަމަ ކޮށްދިނުން..” ފަނޑު ހިނިތުންވުމަކާއެކު ވަލީދު ބުނެލިއެވެ.

******************

ޕްރެކްޓިސް ފެށުމުގެ ކުރީން އީން ގެ އަޑު އަހާލަން ބޭނުންވީތީ ގުޅާލުމަށް ފޯން ނެގިވަގުތު އީން ގެ ވައިބަރ މެސެޖް އަލްޔާން އަށް ލިބުނެވެ. ކޮންމެވެސް ކާއެއްޗެއް ކައްކަން އުޅެނިކޮށް ނަގާފައިވާ ފޮތޯ ތަކެކެވެ. އޭގައި ލިޔެފައިވަނީ “ޕްރިޕެއަރިން ފަސްޓް އެވާ ޑެޒާރޓް ފޯ މައި ފިއުޗާ އިން ލޯސް…މަޗް އެކްސައިޓެޑް” ފަރުވާތެރިކަމާއެކު އީން ފޮނުވި ފޮޓޯތަކަށް ބަލަމުން ދެތިން ފަހަރަކު އަލްޔާން އަށް އެ މެސެޖް ކިޔާލެވުނެވެ. އީން ގެ މޫނުގައިވި ޖާދުވީ ފަރި ހިނިތުންވުން ފެނުމުން މުޅި ދުނިޔޭގެ ހުރިހާ އުފަލެއް އައިސް ވަށާލި ފަދަ އިހްސާސެއް ކުރެވި އަލްޔާން އަށް ބޭއިޚްތިޔާރުގާ ހިނތުންވެލެވުނެވެ.

“އެހްމް..އެހްމް..މިއޮތްވާ ހިނިތުންވުމެއް ދޯ…ހީވަނީ ދެއީދު އެއްކޮށް އައިސްގެން އުޅޭހެން…މީ އަދި މެރީ ނުކުރެވޭއިރު ހާލު..ކުރެވުނީމަ ތި ދަތްޕިލާ ހުންނާނީ ސައުވީސްގަޑިއިރު ސޭލް އަޅުވާފަ ދޯ!!”

އަލްޔާން އަށް ހެވުނު މަންޒަރު ފެނުމުން އީތަން ދިމާ ކުރަންފެށިއެވެ. އެއާއެކު އެތާތިބި ބޭންޑް ގެ އެހެން މެންބަރުންވެސް  އަލްޔާން އާއި ދިމާ ކުރަމުން ހޭން ފެށިއެވެ.

“ކިހާ ދެރަކަމެއް އީތަން ..ކަލޭވެސް ދެން ކުރަންވީ ނު ތިހާ ޖޭ ވަންޏާ..” އެމީހުން ދިމާކުރަން ފެށުމުން އީން އަށް ގުޅަމުން އަލްޔާން ނުކުމެލީ ބޭރަށެވެ.

” ހާދަ ލޯބި ފޮޓޯ ތަކެއް!”  އަލްޔާން ގެ އަޑު އިވުމުން އީން ހިނިތުންވެލިއެވެ. އެ ދުލުން އީން އަށް ތައުރީފްކޮށް ވާހަކަ ދައްކާ އަޑު އިވޭ ކޮންމެ ފަހަރަކު ބަޔާން ކުރަން ދަތި ހިތްހަމަޖެހުން ހިތަށް އިހްސާސްކުރެވެއެވެ.

“މަންމަ ބުނި ފުރަތަމަ ފަހަރަށް  ނޫންހޭ އެގެއަށް ވިޒިިޓް ތި ކުރަނީ އެހެންވީމަ ގެންދަންވާނެޔޯ ކޮންމެވެސް ކަހަލަ ޑެޒާރޓް އެއް ތައްޔާރުކޮށްގެން..އެހެންވެ އެކަމާ މިއުޅެނީ..”

“ހެހެ…އަސްލުވެސްތަ؟ އެއީ ކީއްވެ..އަނެއްކާ އައްޑޫގެ ހާއްސަ ޓްރެޑީޝަން އެއްތަ އެއީ؟” އީން އެވާހަކަ ބުނުމުން އަލްޔާން އަށް މަޖާވިއެވެ.

” އަސްލު ނޭނގޭ..ވެދާނެ މައިދައިތަ އިމްޕްރެސް ކުރުވަން ކަމަށް..ބަޓް އައިމް ނާރވަސް އިނގޭ..”

ބައިގަޑިއެއްހާ އިރު ވާންދެން ދެމީހުން ވާހަކަ ދައްކަން ތިބުމަށްފަހު އަލްޔާން ފޯން ބޭއްވީ މިއަދު ހަވީރު އީން އަށް ސަޕްރައިޒް އެއް ލިބޭނެ ކަމުގައި ބުނެފައެވެ.

********************

ގަޑިން ހަވީރު ހަތަރެއް ޖަހަން ގާތް ވަމުން ދިޔަ ވަގުތެވެ. ހޯމްމޭޑް ފޭޝަލް އެއް ހަދަން ކަމަށް ބުނެ އަލްކާ އިނީ އީން ގެ މޫނުގައި އޭނަ ތައްޔާރު ކުރި ވައްތަރެއްގެ ޕޭސްޓެއް ހާކާށެވެ. ގޭގެ ބެލް ޖަހާލި އަޑު އިވުމުން ދުވެފައި ދިޔަ އާދީ އެނބުރި އައީ ޕާރސަލް ކޮށްފައި ހުރި ފޮއްޓެއް ހިފައިގެންނެވެ. އަލްޔާން ދޭން ބުނި ސަޕްރއަިޒް އަކީ މިއީބާވައޭ ހިތަށް އަރައި އީން ދުވެފައި ގޮސް އާދީ އަތުން އެ އަތުލަމުން ކޮޓަރިއަށް ވަނެވެ.ތެެޅިތެޅި އޮތް ހިތަކާއެކު ހުޅުވާލި ފޮށީގައި އޮތީ ފިޔާތޮށިކުލައިން އެންބްރޮއިޑ ކޮށްފައިވީ ކަކުލާ ހަމައަށް ދިގު ހުދުކުލައިގެ ވަރަށް ރީތި ކުރުތާއެކެވެ. އަދި ހަމަ އެއާ ދާދި ގުޅޭ ކަހަލަ މަޑު ފިޔާތޮށިކުލާއިގެ ޝޯލް އެކެވެ. ހިތުގާ ހިނގައިގަތް އުފާވެރިކަމާއެކު އެހެދުމަށް ބަލަން އިނދެވުނު އީން ސިހުނީ ފޯނަށް އެވަގުތު އައި މެސެޖަކުންނެވެ.” މައި އައިސް ލޯންގިން ޓު ސީ ޔޫ ޓުނައިޓް އިން ދިސް ޑްރެސް..ލަވް ޔޫ ސޯ މަޗް..” އަލްޔާން ގެ އެ ކުރު މެސެޖް ކިޔާލަމުން ހެނދުންނަގާ މޭގާ ޖައްސަމުން އީން އެނދުމަތީ އޮށޯވެލިއެވެ. އޭރު އެ ހިތުގާ ހިނގަމުން ދިޔަ އުފާވެރިކަމުގެ ޝުއޫރު ހިނިތުންވުމުގެ ސިފާގައި މޫނުމަތީން ފެންނަމުން ދިޔައެވެ.

*****************************

ތައްޔާރުވެލައިގެން ހުރި އާޝިޔާ އަތް ހިއްލާލަމުން އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ގަޑިން ހަތެއް ޖަހަން ފަސްމިނެޓަށް ވީއެވެ. ބަދިގެ ފަރާތަށް ގޮސް މޭޒުމަތި ތައްޔާރުވެފައި ހުރިތޯ ޔަގީން ކޮށްލަމުން އައިސް ވަލީދުއަށް ގޮވިއެވެ. “ކޮބާ އަދި ނުނިމޭތަ..އެކަމަކު ބުނާނެ އަންހެނުންނޭ ލަހީ..މިހާރު އެމީހުން އަންނަން އުޅޭނެ..” އާޝިޔާ ގެ އަޑަށް އަވަހަށް ނިކުތް ވަލީދު އަށް އެވަގުތު  ހިނިތުންވެލެވުނީ އަލްޔާން އާއި އެކު ސަލާމް ގޮވަމުން އެތެރެއަށް ވަން އަޝްރަފް ފެނުމުންނެވެ. ފަހަތުން ރަކި ހިނތުންވުމެއްގާ ހުރެ އީން އޭނާގެ މަންމަ އާއި އެކު ވަނެވެ. ސަލާމް ބަލއިގަންނަމުން ވަލީދު ގޮސް އަޝްރަފް ގައިގައި ކުޑަކޮށް ބައްދާލަމުން އަވަހަށް އައިސް އިށީނުމަށް އެދުނެވެ. އާޝިޔާ ގޮސް އީން އާއި އަމީނާ އާއި ސަލާމް ކޮށް އިށީނުމަށް ދައުވަތު ދިނެވެ. އިށީނުމުގެ ކުރީން އީން ލަދުންހުރެ ނަމަވެސް އޭނާ ތައްޔާރު ކޮށްގެން ގެނައި ޑެޒާރޓް ޑިޝް އާޝިޔާއަށް ދިއްކޮށްލިއެވެ. ބަލާބެލުމަށް ރީތި ޑިޒައިން އަކަށް ތައްޔާރުކޮށްފައިވީ އެ ޑިޝް ފެނުމުން އާޝިޔާއަށް އުފަލުން ހިނތުންވެލެވުނެވެ. އަދި މިއީ ކޯއްޗެއްތޯ އެހުމުން ޖަވާބުގައި އީން ބުނީ އެއީ ފްލޭވާރޑް ޗޮކްެލެޓް އެންޑް ޖެލީ ބޭނުންކޮށްގެން އަލަށް ތައްޔާރު ކުރި ޑެޒާރޓެއް ކަމުގައެވެ. އީން ގެ އެ އަމަލުން އާޝިޔާ އަސްލުވެސް އުފާވެ ހިތްހަމަޖެހުނެވެ. އޭނާއަށް އެއިން ރަމްޒުވީ އީން ގެ ގެވެހި ކަމާއި، ހިތްސާފުކަން އަދި އާއިލާގެ ގުޅުން ދަމަހައްޓަން އީން ދިން އަހަމިއްޔަތުކަމެވެ. އެފަދަ ރަނަގަޅު އަދި އެހާމެ ރީތި އަންހެންކުއަޖަކު އޭނާގެ ދަރިފުޅުގެ ހަޔާތުގެ ބައިވެރިއަކަށް ލިބުނީތީ ހެއްދެވި ފަރާތަށް ހިތާހިތުން ޝުުކުރު އަދާ ކުރަމުން އާޝިޔާ އޭނާގެ އަތުގާ އަޅާފައި އޮތް ޖަވާހިރުން ޖަރީ ކުރެވިފާއޮތް ކެވެލިކޮޅުނަގާ އީން ގެ އަތުގާ އަޅުވާދިނެވެ. އީން އެކަމަށް އިންކާރު ކުރަން އުޅުމުން މަންމަ އަށް ހަދިޔާ ގެނެސް ދިނީމަ ބަދަލުގާ މަންމަ ވެސް ހަދިޔާ ދޭން ވާނެ ނޫންހޭ ބުނެ އީން ގެނެސް ކައިރިކޮށްލަމުން ނިކަން ލޯބިން ނިތުގާ ބޮސްދިނެވެ. ޝައުގުވެރިކަމާއެކު އެމަންޒަރު ބަލަން ހުރި އަލްޔާން ގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދުވަހަކުވެސް ނުކުރެވޭ ފަދަ ތަފާތު އިހްސާސްތަކެއް ކުރެވުނު އެ އިމޯޝަނަލް ހިނދުކޮޅު އޭނާގެ ލޮލުން ކަރުނަ ހިލުނެވެ.އެވަގުތު އަތުގާ މައިދައިތަ އަޅުވާދިން ފަށާކުޅެމުން ސިއްރު ސިއްރުން އަލްޔާން އަށް ބަލާލަމުން އީން ނިތް އަރުވާލުމުން ދެއަތަކަށް ބޯ ހޫރާލަމުން އަލްޔާން ހީލިއެވެ. ވަލީދުއާއި އަޝްރަފް  ގެ އިތުރުން އަމީނާއަށް ވެސް އާޝިޔާގެ އެ އަމަލުން އުފާވެރިކަން ގެނެސް ދިނެވެ. ކުޑައިރުކޮޅަކަށް ނަމަވެސް ތަނަށް ވެރިވި ހިމޭންކަން ފޫ ދުއްވަމުން ދެން ވާހަކަ ފެށީ ވަލީދުއެވެ. އެގޮތުން އޭނާ އަށް ކުރެވުނު ކުށަށް އިއުތިރާފް ވެ އަޝްރަފް އަދި އީން ގެ ކިބައިން މާފަށް އެދި އާދޭސް ކުރިއެވެ. ވެދިޔަ ކަންތަށް ހަަނދާން ނައްތާލުމަށާއި އެކަމަށް މާފު ދީފިން ކަމަށް އަޝްރަފް ބުނުމުންވެސް ވަލީދު ބޭނުންވީ އީން ގެ ދުލުން ވެސް މާފުކޮށްފީމޭ ބުނާ އަޑު އެހުމަށެވެ. އެ ފުރުސަތުގާ ވާހަކަ ދައްކަމުން އީން ވެސް އޭނާގެ ހިތުން އަލްޔާން ގެ ބައްޕަ އަށް މާފު ދީފި ކަމުގައި  ބުނެލިއެވެ.އަދި ކުށްކުރެވޭނީ އިންސާނުންނަށް ކަމާއި މީހަކު އޭނާއަށް ކުރެވޭ ކުށަށް ތައުބާއާއި އިއުތިރާފް ވެ އެކަމުން އިބްރަތް ހާސިލްކޮށް ކުރިއަށް ދާން ބޭނުންވެ މާފަށް އެދޭ ކަމުގާ ވާނަމަ މާފުކޮށް ހިތުން އެކަން ފޮހެލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ބުނެލިއެވެ. މާނައިން ފުރިގެން ވީ އީން ގެ ވާހަކަ އަސްލު އަމާޒުކުރީ އަލްޔާން އަށެވެ. އެހެނަސް އީން އަށް އަނިޔާ ދޭން އުޅުނު މީހަކަށް އެއީ އަމިއްލަ ބައްޕަ ކަމުގާ ވީނަމަވެސް އެހާފަސޭހައިން މާފު ނުދެވޭނެކަމަށް އެވަރުން ވެސް އަލްޔާން ގެ ހިތް ބުނަމުން ދިޔައެވެ. އީން ގެ ވާހަކަ އަޑު އިވުމުން ވަލީދު ގެ ހިތް އުފަލުން ފޮޅުނެވެ. އެ އަޚްލާގު ރަނގަޅުު މާތް އަންހެން ކުއްޖާއަށްޓަކާ ހިތުގާ ގަދަރާ އިއްޒަތް އިތުރުވިއެވެ.ހަޔާތުގެ ބައިވެރިޔަކު ހޮވުމުގައި ބަލަން ޖެހެނީ މީހާ ނިސްބަތްވާ ވަކި ރަށަކާއި ހަސަބާއި ނަސަބަކަށް ނޫން ކަން ވިސްނި ފުރަތަމަ ފަހަރަށް އަލްޔާން ގެ ހޮވުމާއި ދޭތެރޭ ހިތުން ތައުރީފް ކުރެވުނެވެ.

އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށް ފަހު އާޝިޔާ ކެއުމަށް ދައުވަތު ދިނެވެ. ކެއުމަށް އިންސާފުކުރަމުން ދިޔައިރު އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައި އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ވަލީދު އާއި އަޝްރަފް އެކޭ އެއްގޮތަށް އަމީނާ އާއި އާޝިޔާވެސް ހީވަނީ ދެރަހްމަތްތެރީން ހެންނެވެ. ކައިވެނީގެ އެކި ވާހަކަތަށް ޖޯޝުގައި ދައްކަން މަންމަމެން ތިބިތަން ފެނުމުން އަލްޔާން ވަގުތުގެ ބޭނުން ހިފާ އާޝިޔާ ކަންފަތް ދޮށުގާ ސިއްރުން ކޮންމެވެސް އެއްޗެކޭ ބުނުމަށްްފަހު އީން ގޮވައިގެން ނިކުތެވެ.

***************

ބޭރަށް ނިކުމެވުމާއެކު އަލްޔާން ގެ އަތް ދޫކުުރުވަމުން އީން ހުއްޓިލިއެވެ. “ކީކޭ މަންމަ ކައިރީ ބުނީ..ކޮންތަނަކަށް ތި ގެންދަނީ..” ހެވިފައި ހުރެ އަލްޔާން ގޮސް އީން ގެ ހަށިގަނޑުގާ ބައްދާލިއެވެ.

” ތޭންކްސް..ތެންކިޔު ސޯ މަޗް ލަވް”

ޝުކުރު އަދާކުރީ ކޮންކަމަކަށް ކަން ނޭގުނު އީން ކުޑަކޮށް ދުރުވަމުން ބުމަ އަރުވާ އިޝާރާތް ކުރަމުން “ފޯ ވަޓް؟” އޭ އަހާލިއެވެ. ” ފޯ މޭކިން މައި ލައިފް ސޯ ބިއުޓިފުލް..މަންމަ  ޔާއި އީން ގެ ލޯބި ފެނުމުން ދުވަހަކުވެސް ނުވާ ވަރަށް މިރޭ  އުފާވެއްޖެ..އައި ޑޯންޓް ނޯ ހައު ޓު އެކްސްޕްލެއިން ދިސް ފީލިންގް..ބަޓް އިޓްސް އޯސަމް..” އަލްޔާން ގެ ވާހަކައިގެ ރާގުންނާއި މޫނުމަތީން އެހިތުގާވި އުފާވެރިކަން އީން އަށް ދެނެގަނެވުނެވެ. ރަކި ހިނތުންވުމަކާއެކު އީން ވެސް އެވަގުތު އަލްޔާން ގެ ހަށިގަނޑުގާ ބައްދާލިއެވެ.

***************

ހޮޓެލް ޖެން ކުރިމައްޗައް މަޑުކޮއްލި ކާރުން ފޭބި އަލްޔާން އާއި އީން އަތުގުޅުވާލައިގެން  ގޮސް އެތެރެއަށް ވަނެވެ. އެމީހުނަށް މަރްހަބާ ކިޔުމަށް އީތަން އާއި އަލްކާ އެތަނުގާ ތިއްބެވެ. ހުރިހާ މޭޒެއް ހެން ފުރިފައި އޮތް ހޯލްގައި ހުރި ރިޒާރވް ކޮށްފައި ޓޭބަލްގައި އީން އާއި އަލްކާ ބޭތިއްބުމަށް ފަހު އީތަން އާއި އަލްޔާން ދިޔުމުން ވާނުވާ ނޭނގި ހުރި އީން އަލްކާ ކައިރިން މީ ކޮންކަމެއްތޯ އަހާލިއެވެ. އަލްކާ ވެސް ކޮނޑު އަރުވާލަމުން ނޭނގޭ ކަމަށާއި އީތަން ގުޅާފައި އައުމަށް އެދުމުން އައީ ކަމުގާ ބުނެލިއެވެ. “އައެމް ސޯ އެކްސައިޓެޑް..ޑައިން ޓު ސީ އަލްޔާން ޕާރފޯރމް..ކިހާ ދުވަހެއް އެއަޑު ނީވޭތާ..”  ޖެހިގެން ހުރި މޭޒުގައި ތިބި އަންހެން ގްރޫޕަކުން ދެއްކި ވާހަކަ އަޑުއިވުމުން އީން އާއި އަލްކާ އެކަކު އަނެކަކުގެ މޫނަށް ބަލާލަމުން ހީލިއެެވެ.

އިރުކޮޅެއް ނުވެ ފެށުނުފޯރިގަދަ ޝޯގައި އަލްޔާން މެން ގެ ބޭންޑް ޕާރފޯރމް ކުރަމުން ދިޔައެވެ. ހުދުކުލައިގެ ސްލިމްފިޓް ގަމީހަކާއެކު ކަޅުކުލައިގެ ޖީންސްގައި ހުރި އަލްޔާން ގެ ގަދަ މުށިކުލައިގެ ފަން އިސްތަށިގަނޑު ދިގުކޮށްފައި ހުރުމުން އަންހެން ކުދީން ގެ ހިތްތަށް ކަތިލަމުން ދިޔައެވެ. އީން އަށް ކުރީން ފާހަނގަ ނުކުރެވުނު ނަމަވެސް ބަލާބެލުމަށް މިހާރު އަލްޔާން ގެ ހަށިގަނޑު ކުރިއަށް ވުރެ މަސްކިއުލިންވެފާ ވަރުގަދަހެން ހީވިއެވެ. އެއަޑުގެ ޖާދޫގައި ޖެހި ދީވާނާ ވެފައި ތިި އެންމެން ގެ ސަމާލުކަން ކުއްލިއަކަށް އީން އަށް ހުއްޓުނީ އަނދިރިވެފައިވީ އޯޑިއަންސް ގެ ތެރެއިން އީން އާ ދިމާލަށް ސްޕޮޓް ލައިޓް އެޅުމުންނެވެ. ހިނިތުން ވުމަކާއެކު އޭރު އަލްޔާން ކިޔަން ފެށި މީގެ ކުރީން ވެސް ހަމަ އެ ސްޓޭޖްގައި އެގޮތަށް އޭނާ ކިޔާފައިވީ ލަވައެކެވެ. އޭނާގެ ހިތުގެ އަޑެވެ.

ނޭނގި ވެވޭ އިހްސާސެއް މިއީ..

ލޭގާ ހިނގާ އާ ޖަޒަބާތެއް މިއީ..

ހާސިލް ވުމަށް އެދި ހިތް ރޮނީ..

ޔާރާ ވިސްނާށޭ އިންސާނެއް މިއީ…

ލޯތްބަތް އަދާ ޖަހަމޭ ސަލާން..ބޭނުން ޖަވާބެއްދީ ކަލާމިހިތް ވަނީ ބޭގަރާރޭ

މީ ނިމުން ނެތް އިންތިޒާރޭ..ހްމްމްމް……

ލަވަކިޔަމުން މަޑުމަޑުން ސްޓޭޖުން ފޭބި އަލްޔާން ގޮސް އީން ކުރިމަތީ ހުއްޓިލަމުން ކަކޫ މައްޗައް ތިރިވެލިއެވެ. އެއަށް ފަހު އެއް އަތުން ފުރަގަހަށް ލައިގެން ހުރި ރަތްކުލައިގެ ފިނިފެންމާ އީން އަށް ދިއްކުރަމުން “ވިލް ޔޫ މެރީ މީ!!” އަހާލިއެވެ. އެންމެންގެ ލޯތަށް އަމާޒުވެފާ ހުރި އީން އިނީ ލަދުން ގޮސް ހަލާކުވާވަރު ވެފައެވެ. އީން ގެ ހަނދާނާ ކުޅެލީ މީގެ ކުރީން ވެސް މިތަނުގާ ހަމަ އެގޮތަށް އަލްޔާން އޭނާ އަށް ޕްރޮޕޯޒް ކުރި ރެއެއްގެ މަތީން ނެވެ. މައިރީން ގެ ސަބަބުން އެރޭގެ ހުރިހާކަމެއް ސްޕޮއިލްވި ހަނދާނވުމުން އީން ގެ ހިތް ތެޅިލިއެވެ. އަނެއްކާ އޭނާގެ ބޭބެ ޒިން ގެ ސަބަބުން މިވަގުތު ކޮޅު ގެއްލިދާނެބާވައޭ ހިޔާލް ކުރެވުމާއެކު މަޑުމަޑުން ތެދުވަމުން އަލްޔާން ދިއްކުރި މަލުގާ ހިފަމުން އީން ” ޔެސް” އޭ ބުނެލިއެވެ. އެއާއެކު އެންމެންހެން ހަޅެއްލަވާގަތް ހަޅޭކާއެކު ބޭންޑުން ރީތި މިއުޒިކެއްވެސް ކުޅެލިއެވެ. އަލްޔާން ވީ އުފަލުން ދެތުވެ މަޑުމަޑުން ތޭންކްސް އޭ ބުނަމުން އީން ގެނެސް ގަޔާ ކައިރިކޮށްލިއެވެ.

“ރަސްމީ ކޮށް ޕްރޮޕޯޒް ނުކުރެވުނީތީ އިނގޭ މިހާ ޑްރެމެޓިކް މިވީ..އައި ލަވް ޔޫ..”އަލްޔާން ގެ މޭގައި ކުޑަކޮށް ލަތްވެލި އީން ލަދުން ގޮސް ބްލަޝް ވެފާ ހުރި ނަމަވެސް އުފާވެ ހިނިތުންވެލެވުނެވެ.

ތަންކޮޅެއް ދުރުގާ ހުރި މޭޒެއްގެ ކައިރީ އެމަންޒަރު ބަލަން ހުރި ޒިން ގެ އަރުތެރެބެދި ހިންދިރުވާލަންވެސް އުނދަގޫ ވަމުން ދިޔައެވެ. އެއާއެކު ތެދުވެގެން  އެތަނުން ނިކުންނަން ދިޔައެވެ. ޒިން ނިކުމެގެން ދިޔަތަން ފެނުނު އަލްޔާން ވަރަށް އަވަހަށް އެބަ އަންނަމޭ ބުނެ ޒިން ފަހަތުން ދިޔައެވެ.

********

ޓެރެސް ގެ ރެއިލިންގްސް ގާ އަތް އަޅުވާލަމުން ޖީބުން ސިނގަރެޓެއް ނަގާ ރޯކޮށް އެތެރެއަށް ދަމާލަމުން ޒިން ފުން ނޭވާއެއް ދޫކުރިއެވެ. އީން ގެ މޫނަށް ބަލަން މިއޮތް ހުރިހާއިރު އޭނާ އިނީ ނޭވާލާން ވެސް ހަނދާން ނެތިފާ ކަހަލައެވެ.

” އެ މަންޒަރު ދައްކަންތަ މިތަނަށް އަންނާށޭ ބުނެ މަށަށް މެސެޖް ކުރީ”

މީހަކު ފަހަތުން އައިސް ހުއްޓުނުކަން އެނގުމާއެކު ޒިން އެހެން ބުނެލީ ފަސް އެނބުރި ބަލާވެސް ނުލައެވެ. އޭނާ ފަހަތުގާ ހުއްޓުނީ އަލްޔާން ކަން ޔަގީންވާ ކަހަލައެވެ. އެއްޗެކޭ ނުބުނެ ކަރު ކެހިލަމުން އައިސް ޒިން އާ އަރާ ހަމަކުރަމުން ފަރުވާތެރިކަމާއެކު އަލްޔާން އޭނާގެ މޫނަށްް ބަލާލިއެވެ.

“ހެހް..ކޯއްޗެއް ތި ބަލަނީ..ޑިފީޓެޑް އޭ ލިޔެފަ އެބައޮތްތަ މަގޭ މޫނުގަ” އަލްޔާން އާ ދިމާލަށް  ބަލާވެސް ނުލާ ޑެންސް ގޮތަކަށް ސިނގަރޭޓް ދަމާލަމުން ޒިން ބުނެލިއެވެ.

“ބަލި ގަބޫލް ކޮށްފިން…ޝީ އިޒް އޯލް ޔޯރސް”

އަލްޔާން އެއްޗެކޭ ބުނުމުގެ ކުރިން ޒިން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“ދުވަހަކުވެސް އީން އެހާ އުފާވެފާ ހުއްޓާ މީގެ ކުރީން ނުދެކެން..މިހާތަނަށް ފެނިފަ ހުރީ ހަމައެކަނި އީން ގެ ނުތަވަސް ކަމާ ރުޅި އަދި ހިތްހަމަ ނުޖެހުން..އައި ނެވާ ސޯ ހާ ހެޕީ ވައިލް އައ ވޯޒް އެރައުންޑް…ނޭނގޭ ކީއްވެކަމެއް އެކަމަކު އީން ގެ ހިނިތުންވެފާ ހުރި މޫނު ފެނުމުން އަޖާއިބެއްފަދަ ހިތްހަމަ ޖެހުމެއް ހިތަށްް ލިބިއްޖެ.. ފުރަތަމަ އަހަރެން ބޭނުންވީ އީން ދެރަކުރަން އެއީ އަހަރެން ގެ ކޮއްކޮއަށް ދިމާވި ހިތްދަތިކަމުގެ ބަދަލް އަލްޔާން ގެ ފަރާތުން ހިފުމަށް..އަހަންނަށް ގަބޫލް ކުރެވުނީ މައި އާއި އަލްޔާން ވަކިވީ އީން ގެ ސަބަބުން ކަމަށް…އެކަމަކު ނުވެސް އެނގި ހުއްޓާ އައި ފެލް ފޯ ހާ…އައި ވޯޒް ސޯ މަޗް އިން ލަވް ވިތް ހާ…އީން ދެކެ ލޯބިވެވިއްޖެކަން އިހްސާސް ވީ ހިސާބުން ފެށިގެން އައި ޓްރައިޑް ސޯ ހާރޑް ޓު ގެޓް ހާ.. އަލްޔާން އަށް ވުރެ ރަނގަޅަށް ހުރިހާ ކަމެއް އީން އަށް ކޮށްދެވޭތޯ ބެލިން..ބަޓް ވިތް ނޯ ލަކް…

އީން ގެ ހިތް ހަލާކު ކުރުމަށް ފަހު އަލްޔާން ދިޔުމުން އަދި މާ ބޮޑަށް މަސައްކަތް ކުރީން އީން ގެ ލޯބި ލިބޭތޯ..ބަޓް އިޓް ވޯޒް ލައިކް  އީން ގެ ހިތާ އަހަރެނާއި ދެމެދުގަ ފާރެއް ލެވިފަ ހުރިހެން..އެންޑް އައި ވޯޒް ނެވާ އޭބަލް ޓު ކްރޮސް ދެޓް…އީން ގެ ހިތާ ހަމަޔަށް އަހަރެންގެ ލޯތްބެއް ނުފޯރި.. އެކަމަކު އީން ގެ ހިތަށް އެތަށް އަނިޔާއެއް ދީފަ ފިލައިގެން ގޮސް ހުރެފަ އަލްޔާން އަނބުރާ އައީމަ ސްޓިލް ޝީ އިޒް ސްމައިލިންގް ވިތް ޔޫ އޭޒް އިފް ނަތިން ހެޕެންޑް ވިތިން ދި ލާސްޓް ފިއު މަންތްސް..”

ޒިން އޭނާގެ ހިތުގެ އުދާސްތަށް ބޭރުކުރަމުން ދިޔައިރު އަލްޔާން އިނީ ކެތްތެރިކަމާއެކު އަޑުއަހާށެވެ.

“އެއްވެސް އުނދަގުލަކާ ނުލާ ބައެއްމީހުންނަށް މީހެއްގެ ހިތުގެ އެންމެ ފުނަށް ދަތުރު ކުރެވޭއިރު ބައެއް މީހުން ކިތަންމެ ސްޓްރަގްލް ކުރިއަސް އެކަން ނުވަނީ ކީއްވެ ކަމެއް ނުވިސްނޭ..” އެ ސުވާލާއެކު ޒިން އެނބުރި އަލްޔާން ގެ މޫނަށް ބަލާލިއެވެ.

“އައި ވޯޒް ނެވާ އިން ކޮންޕެޓިޝަން ވިތް އެނީ ވަން ޒިން…އީން ދެކެ ފުރަތަމަ ނަޒަރުން އަހަންނަށް ލޯބިވެވުނު ހިސާބުން އަހަރެންގެ ހިތް ހުޅުވާލިން..އެއްވެސް ކަމެއް ކުރުމަށް ދުވަހަކުވެސް އީން އަށް މަޖްބޫރެއް ނުކުރަން ..އައި ވޯޒް ލަކީ ދެޓް ޝީ ފެލް ފޯ މީ.. ލޯބި ލިބޭނީ ލޯބި ދީގެން..މައި އާ ދޭތެރޭ ކަންތަށް ވީ ގޮތުން އަހަރެން ރަސްމީ ކޮށް ޒިން ގެ ފަރާތުން މާފަށް އެދެން..ގަބޫލް ކުރޭ ވެދިޔަ އެއްވެސް ކަމެއްގަ އީން ގެ އެއްވެސް ކުށެއް ނެތް..އަހަރެން މައި އަށް ދުވަހަކުވެސް ކޮމިޓް ނުވަން..އަހަންނަށް ލޯބިވެވުނީ ހަމައެކަނި އީން ދެކެ..”

އަލްޔާން ގެ ވާހަކަ އަޑު އިވުމުން ފުރަތަމަ ފަހަރަށް ޒިން ގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.މާނަވީ ގޮތަކަށް ހިނތުންވަމުން އަލްޔާން ގެ ކޮނޑުގާ އަތް ޖައްސާ ފިރުމާލިއެވެ.

“އީން އަށްޓަކާ..ހަމައެކަނި އީން ގެ ހިނިތުން ވުމަށްޓަކާ އަލްޔާން އަށް މާފުކޮށްފިން..ގޯ އެންޑް ލިވް ޔޯ ލައިފް..އަހަރެންގެ ފަރާތުން މީގެ ފަހުން އެއްވެސް އުނދަގުލެއް ނުވާނެ..އެކަމް ރިމެންބާރ ވަން ތިންގް.. އީން ގެ ލޮލުން އެންމެ ކަރުނަ ތިއްކެތް ވެސް ހިލުނަ ނުދޭތި..ޝީ ޑިޒާރވްސް އޯލް ދި ހެޕިނެސް އިން ދިސް ވޯރލްޑް..އެހެން ނޫނީ އައި މައިޓް  ލޫޒް ކޮންޓްރޯލް..އައިމް ނޮޓް ޔޫޝުއަލީ ދިސް ނައިސް ” ސީދާ އަލްޔާން އާއި ހަތަރު ކަޅި ހަމަކޮއްލަމުން ސީރިއަސްކަމާއެކު ޒިން ބުނެލިއެވެ.

އެކަމާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލަމުން ޒިން އަށް ޝުކުރު އަދާކުރަމުން އަލްޔާން ދާން ހިނގައިގަތުމުން އަނެއް ފަރާތަށް އެނބުރިލަމުން ޒިން އަނެއްކާވެސް ސިނގިރޭޓެއް ނަގާ ރޯކޮށްލިއެވެ.

“ވަން މޯރ ތިންގް އަލްޔާން…އީން އަކީ އިތްފަތްތެރި އަންހެން ކުއްޖެއް..އައި ޑިންޓް އިވެން ޓަޗް ހާ..އައި ސެއިޑް އެވްރީތިންގް އައުޓް އޮފް ޖެލަސީ..ސޮރީ ފޯރ ދެޓް..އީން އަދިވެސް އަހަންނަށް މާފެއް ނުކުރޭ..”

ހިނގަމުން ދިޔަ އަލްޔާން ގެ ފިޔަވަޅު ތަކަށް ހުއްޓުން އެރީ ޒިން އެންމެ ފަހުން ބުނެލި ޖުމްލަ އާއި އެކުގައެވެ.

“ޒިން އަށް އަދި ލޯބިވެވޭނެ..އެންޑް އައިމް ޝުއާރ އެވާނީ ވަރަށް ލަކީ އަންހެން ކުއްޖަކަށް..” އީން ގެ މައުޟޫއަށް އިތުރު ވާހަކައެއް ދައްކަން ބޭނުން ނުވީތީ އެހެން ބުނެލުމަށް ފަހު އަލްޔާން ދިޔައެވެ.

ހިނގަނޑެއް ޖަހާލަމުން ޒިން އޭނާގެ އަމިއްލަ މޭގާ ދެތިން ފަހަރަކު ޖަހާލިއެވެ. ” އައި ވިޝް..ޕްލީޒް އީން.. ގެޓް އައުޓް އޮފް މައި ހާރޓް އެންޑް މައިންޑް ..ޕްލީޒް..”

************************

ޖެހިގެން އައި ދެ ހަފްތާ ފާއިތުވެގެން ދިޔައީ ކައިވެނީގެ އެކި އިވެންޓް ތަކުންނެވެ. ދެފަރާތުގެ އާއިލާ އާއި ގާތް ތިމާގެ މީހުން އެއްތަނަކުން ބައްދަލްވުމާއި، ދެކިފަރިތަ ވުމުގެ އެކި ޙަފްލާތަކުގެ އިތުރުން ދެމީހުން ގެ ރައްޓެހީން ގެ އެދުމުގެ މަތީން ބެޗްލާ ޕާރޓީވެސް ވަކިވަކީން ދެމީހުންނަށް ބޭއްވުނެވެ. ރަސްމީ ކޮށް ދެމީހުންގެ އެންގޭޖްމެންޓް ކުރެވި ޕާރޓީވެސް ބޭއްވުނެވެ. އޭގެ އިތުރުން ދެފަރާތުގެ އާއިލާއާއި އެކު ޕްރީ ވެޑިން ފޮޓޯ ސެޝަންތަށް ވެސް ކުރިއަށް ދިޔައެވެ. އާއިލާ އަށާއި ރައްޓެހިންނަށް އީދެއް އައިސް ގެން އުޅުނު ފަދައެވެ. ހުރިހާ އިވެންޓެއްހެން ޕްލޭން ކުރުމުގާ އެންމެ ކުރީގައި އުޅުނީ އީތަން އާއި އަލްކާއެވެ. ދެމީހުންގެ ގުޅުން އިތުރު ހަރުފަތަކަށް ނުގެންދެވުނު ކަމުގާ ވިޔަސް އެކަކު އަނެކަކަށް ހިތާހިތުން އަބަދުވެސް ވާހަކަ ދެކެވެއެވެ. އީތަން އިސްވެ ލޯބިވާ ކަން ހާމަކުރާނެ ދުވަހަކަށް އަލްކާ އިންތިޒާރުކުރަމުން ދިޔައިރު އީތަން ދިޔައީ އަލްކާގެ ހިތުގާ ވާ އެއްޗެއް ދެނެގަތުމަށް މަސައްކަތް ކޮށް ލޯބިވާ ވާހަކަ ބުނަން ހިތްވަރު ކުރަމުންނެވެ. އެހެނަސް އަލްކާގެ ޓަފް ޕާރސަނަލިޓީ ފެންނަ ކޮންމެ ފަހަރަކު އީތަން ޖެހިލުންވަނީއެވެ. އަނެއްކޮޅުން ކިތަންމެ ބިޒީކޮށް އުޅެން ޖެހުނު ކަމުގާ ވިޔަސް ކޮންމެރެޔަކުވެސް އަލްޔާން އީން އާ ބައްދަލްކޮށް އެކުގާ ކޮލިޓީ ވަގުތު ކޮޅެއް ޙޭދަކުރެއެވެ. އެއިން ކޮންމެ ފަހަރަކު ބަޔާން ކުރަން ދަތި ހިތްހަމަޖެހުން އީން އަށް  ލިބެއެވެ.

އޭގެ ބަރާބަރު އެއް ހަފްތާ ފަހުން އަލްޔާންގެ ބައްޕަ ގެ ރިސޯޓެއްގައި އީން އާއި އަލްޔާން ގެ ކައިވެނި ކުލަގަދަ ރަސްމިއްޔާތަކާއެކު ކުރެވުނެވެ.ކައިވެނީގެ ރަސްމިއްޔާތަށް ދެފަރާތުގެ އާއިލާގެވެސް ގިނަ މެންބަރުންނާއި ރައްޓެހިން ހާޒިރުވިއެވެ. ދިގު ރަސްމިއްޔާތަކަށް ފަހު ވަރުބަލިވެފާހުރި އަލްޔާން ރައްޓެހިންގެ ފަރާތުން ސަލާމަތްވެގެން އާކައިވެންޏަށް ތައްޔާރު ކުރެވިފާ ހުރި ހަނީމޫން ސޫޓް އާ ހަމައަށް ދެވުނު އިރު ރޭގަނޑު އެކެއް ޖަހާ ބޮޑުވަނީއެވެ.ތެޅިތެޅި އޮތް ހިތަކާއެކު މަޑުމަޑުން ކޮޓަރިއަށް ވަން އަލްޔާން އަށް ހިނތުންވެލެވުނީ ހުދުކުލައިގެ އެ ބޮޑު ވެޑިން ގައުން އާއިއެކު އެނދުގާ އޮށޯވެ އޮތް އީން އަށް ނިދިފައި އޮތުމުންނެވެ.  ވަރުބަލިކަން އެ މޫނުމަތީން ފެންނަން ހުރި ނަމަވެސް ކޮޓަރީގައިވީ ފަނޑު އޮރެންޖް ކުލައިގެ އަލިކަމާއެކު އީން ގެ މޫނު ފެންނަނީ ވަރަށް ލޯބިކޮށެވެ.ރަތާއި ފިޔާތޮށި ފިނިފެންމަލުގެ ފިޔަތަކުން ޒީނަތްތެރިކޮށްފައިވީ އެނދާ ދިމާލަށް މަޑުމަޑުން ހިނގާފައި ދިޔަ އަލްޔާން ގޮސް އީން އާ ދިމާލަށް ގުދުވެލަމުން އެ ލޯބި މޫނުގައި ބޮސްދިނެވެ. އެފަރި މޫނުން ހިނިތުންވުމުގެ އަސަރު ދުވަހަކުވެސް ފިލާ ނުދިޔުމަށް އެދި ހިތާހިތުން ދުއާ ކުރެވުނެވެ.މިހާރު  އީން އެއީ އޭނާގެ އަނބިމީހާކަން އިހްސާސްވުމުން  އަލްޔާން ގެ ހިތުގައި ތަފާތު ޖަޒްބާތުގެ އޮއިވަރެއް ހިނގާލިއެވެ. އިރުގަނޑެއް ވަންދެން އީން އަށް ބަލަން ހުރުމަށް ފަހު މަޑުމަޑުން ޝަހާދަތް އިނގިިލި މޫނުގައި ހިނގާލިއެވެ. މަޑު ބީހުމެއްގެ އިހްސާސް ވުމުން ހޭލެވުނު އީން އަށް ކައިރީގައި އޮތް އަލްޔާން ފެނުމާއެކު ފުއްމައިގެން ތެދުވެލެވުނެވެ.

“އައިމް ސޮރީ..ނިދުނީތަ އަހަންނަށް..؟” އާ ކައިވެނީގެ ފުރަތަމަ ރޭ ވެސް އަލްޔާން ގެ އިންތިޒާރުގައި ނުހުރެވި ނިދުމުން އީން ދެރަވެ ލަދުގަތެވެ. “ހޭއި..އިޓްސް އޯކޭ ލަވް…ޑޯންޓް ވޮރީ..” އީން ގެ މޫނަށް ވެރިވި މާޔޫސްކަން ފެނުމުން ހިނިތުންވަމުން އަލްޔާން ބުނެލިއެވެ.

“އެއްވެސް ހަޒްބެންޑަކު އެކްސްޕެކްޓެއް ނުކުރާނެ ދޯ ފުރަތަަމަ ނައިޓްގަ  ކޮޓަރިއަށް އަންނަ އިރު ވައިފް ނިދާފަ އޮވެދާނެކަމަކަށް އައިމް ރިއަލީ ސޮރީ.. ނުވެސް އެނގި ހުއްޓާ ނިދުނީ..” އީން އަނެއްކާވެސް މާފަށް އެދުމުން އަލްޔާން އީން ކައިރިއަށް ގެނެސް ލޯބިން ބައްދާލިއެވެ. “އިޓްސް ޕާފެކްޓް..ހަމައެކަނި ބޭނުންވީ  މިތަނުގަ މި މަގާމުގަ އީން ހުންނަން…ނިދާފަ އޮތަސް ..ހޭލާ ހުއްޓަސް އިޓް ޑަޒަންޓް މެޓާ..” ސީދާ އީން ގެ ދެލޮލަށް ބަލަން ހުރެފައި އަލްޔާން މަޑުމަޑުން އީން ގެ މޫނުގައި ބޮސްދޭން ފެށުމުން އީން އަށް ތަފާތު އިހްސާސް ތަކެއް ކުރެވި ލަދުގަތެވެ. މަޑުމަޑުން ދުރަށް ޖެހެން އުޅުމުން އަލްޔާން އީން އާ ދުރުވެލަމުން އޭނާގެ ޖަޒްބާތުތަށް ކޮންޓްރޯލް ކުރުވިއެވެ.

“އިޒް … އިޓް …އައި މީން…ނެސެސަރީ އެޓް ..ލައިކް…ފަސްޓް ނައިޓް އިޓްސެލްފް…”

ޖެހިލުންވެ އިނދެ ނަމަވެސް ލަސްލަހުން އީން ކޮއްލި ސުވާލުން އަލްޔާން އަށް ބޭ އިޚްތިޔާރުގާ ހިނިގަނޑެއް ޖަހާލެވުނެވެ. ކަންބޮޑުވުމުން ފުރިގެންވީ މައުސޫމް އެމޫނުފެނުމުން އަލްޔާން ގެ ހިތް ލޯބިން ފުރުނެވެ. އިސްދަށަށް ޖަހާލި އީން ގެ ދަތްދޮޅީގައި ހިފާ ހިއްލާލަމުން ” ނޮޕް..ނޮޓް އެޓް އޯލް ނެސެސަރީ..އައި ކޭން ވެއިޓް…ވެން އެވާ ޔޫ އާރ ރެޑީ…” އަސަރުން ފުރިގެންވީ ޖާދުވީ އަޑަކުން މަޑުމަޑުން އީން ގެ ކަންފަތް ދޮށުގާ އެހެން ބުނަމުން އަލްޔާން ތެދުވެލިއެވެ. ފެންވާރާގެން އެބަ އަންނަމޭ ބުނެ އަލްޔާން ތުވާލި ނަގައިގެން ފާހާނާ އަށް ވަނުމުން އީން ވިސްނާލިއެވެ. އޭނާ އަށް މި ދެކެވުނީ ކިހާ ޗައިލްޑިޝް ވާހަކައެއްކަން އިހްސާސް ވުމުން ތުންފަތުގާ ދަތް އަޅާލެވުނެވެ.އިތުރު ވިސްނުމަކާ ނުލާ އީން ތެދުވެ މަޑުމަޑުން ހިނގާފައި  ގޮސް ފާހާނާގެ ދޮރު ހުޅުވާލައި އެތެރެއަށް ވަނެވެ. ލަދުގަތް ނަމަވެސް ދެލޯ މަރާލަމުން ގޮސް ފެންވަރަން ހުރި އަލްޔާން ގެ ހަށިގަނޑުގާ ބައްދާލިއެވެ.އީން ގެ އެ ހަރާކާތުން ސިހުން ލިބުނު އަލްޔާން އަމިއްލަ އިހްސާސްތަށް ކޮންޓްރޯލް ކުރަމުން އީން ގެ މޫނަށް ބަލާލަމުން “އާރ ޔޫ ޝުއާރ..ކޯޒް ވަންސް ޔޫ އާރ އިން ދެއާ އިޒް ނޯ ގޮއިން ބެކް” އޭ ބުނެލީ އެއްލޯ މަރާލަމުން ލާނެތް ގޮތަކަށެވެ. އަލްޔާން ގެ ޕޭޝަނޭޓް ބެލުމުން ލަދުން ގޮސްމޫނަށް ޖަންބުކުލަވެރިވީ އީން ބޯ ޖަހާލަމުން އާއެކޭ ބުނެލިއެވެ. އެއާއެކު ޝަވަރުން އަންނަމުން ދިޔަ ފެނުން  ތެމެމުން ދިޔަ އީން ގެ ތުނި ހަށިގަނޑުގާ ބައްދާލަމުން އަވަސް ހަރަކާތް ތަކާއެކު އީން ގެ ތުންފަތުގާ އަލްޔާން ބޮސް ދޭން ފެށީ ތެމި ފޯ ވަމުން ދިޔަ އީން ގެ އަގުބޮޑު ވެޑިން ގައުން ހަށިގަނޑާ ވަކި ކުރަމުން ނެވެ. އަލްޔާން ގެ ވަރުގަދަ އަތުތެރޭގައި ލަތްވެގެން ހުރި އީން އަށް ލިބެމުން ދިޔަ އާރާމާއި ހިތްހަމަޖެހުމުން ލޯބީގެ ތަފާތު އޮއިވަރެއްގާ ޖިސްމު ހޭލައްވަމުން ދިޔައެވެ. އަލްޔާން މަޑުމަޑުން ގޮސް ތުވާލިއެއްނަގާ ލޯމަރާއިގެން ހުރި އީން ގެ ހަށިގަނޑު ފޮރުވަމުން ލުއި ފަތެއް ހެން އަތްދަނޑި މައްޗައް ނަގާ އުރާލައިގެން ގެނެސް އެނދުގާ ބޭއްވިއެވެ. އެއާއެކު ލޯބީގެ ހޫނުން ދެ ޖިސްމު އެކުވެ އާ ހަޔާތުގެ ބިންގާ އެޅިގެން ދިޔައީ އެތަށް ދުވަހެއްގެ ވޭނީ އިންތިޒާރަކަށް ފަހުގައެވެ. ހަގިގީ މާނައިގައި އަލްޔާން އަށް އީން މިލްކު ވީ ހާސިލްވުމަށް އެދި ހިތް ރޯތާ އެތަށް ދުވަހަކަށް ފަހުއެވެ…………..

 

…………ނިމުނީ……………

ހާސިލް ވުމަށް އެދި ހިތް ރޮނީ.. މިވާހަކަ ހުރިހާ ކިޔުންތެރީން ނަށް ކަމުދިޔަ ކަމުގާ އުއްމީދުކުރަން..ލޯތްބާއެކު ތިޔަ ދެއްވި ތަރުހީބަށް ހިތުގެ އަޑިން ޝުކުރު ދަންނަވަން…ސޯ މަޗް ލަވް ފްރޮމް އަންޖަލް…….

Share Article

Follow Me Written By

Anjal

Level 210 Stories100 Comments100 Login

Other Articles

Previous

އެނގުމެއްނެތި…6

Next

ހަދިޔާ (ބާވީސްވަނަ ބައި)

Next
January 4, 2019

ހަދިޔާ (ބާވީސްވަނަ ބައި)

Previews
January 3, 2019

އެނގުމެއްނެތި…6

32 Comments!

  1. Aki says:
    January 3, 2019 at 9:41 pm

    vvv thanks writer

  2. Aisha says:
    January 3, 2019 at 10:10 pm

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ perfectly perfect Hama….❤️❤️❤️

  3. Fathun says:
    January 3, 2019 at 10:15 pm

    Wow me first. Vaahaka hama awesome

  4. Reader says:
    January 3, 2019 at 10:28 pm

    Wow beautiful and interesting story

  5. Eekko says:
    January 3, 2019 at 10:52 pm

    Ma sha Allah ….. nothing to say …. it’s so perfect … I love it

  6. @Ikleel says:
    January 3, 2019 at 11:37 pm

    Story ge hurihaa parts eh kiyaalin…Mulhi story hama vrh vrh habeys ingey.❤❤????..Vaahaka vrh vrh salhi ey bunaany??❤❤??…Its very intresting and awesome…❤❤?????…A beautiful and perfect ending eh❤❤????…Finally alyan got his love for ever….❤❤❤??????
    Thank you for the wonderful story…??❤❤??…Will hope that you will bring another wonderful story soon…Waiting for that…❤❤????…Once again thanx for the awesome story…❤❤❤??????

    1. Unknown girlll.. says:
      January 4, 2019 at 12:09 am

      Oops 2 eh noon dhw…6th..it happens..,happen alot.. hehe????

  7. Unknown girlll.. says:
    January 4, 2019 at 12:07 am

    Awwn sweet…??..alhey,feshun ves reethi ,nimmun ves reethi, mulhi vaahakaves reethi..bunaane bahehves nei….??? .v dhuvas fahun dhw comment mi kohlee ekam baraabarah kiyan……hithah araa mikahala gothakah real lif3 ga dhimaavaane namaey…haha???…wish u all the best and keep up the good work .???????..ummeedhukuran angal 3hen vaahakaeh kiyaalan libeynekamah n wish u avery happy 2019..may god full fill all ur wishes..?…luv ya bodukoh…lots of hugsss❤?????ummwah ?..me 2 dhw..yeyyy????..by the way one last question ,wts ur age..mi suvaalu mikury dhevana faharah kanneyge..sorry for that?…keep smiling..bye SYS…..☺?☺???

  8. Shima says:
    January 4, 2019 at 12:56 am

    ♥️♥️♥️

  9. Maree says:
    January 4, 2019 at 1:19 am

    Vvvv reethi vaahaka eh thanx

  10. #Somebody says:
    January 4, 2019 at 2:41 am

    V Salhii… Best hama… And yeah… keeve tha Alka and ethan nugulhuvy,,, I was really waitin for that to happen… Anyways Alyan got een so i guess its no big deal…

  11. Reader says:
    January 4, 2019 at 6:04 am

    What what I hoped Alkaa and Eethan. Please update eh kollaafa vuas ebai add kohba. Dhen you definitely are one of the best writers. Actually the best but liyan time nagaa thy dho. :(. Neyngeyne kihaaa inthizaaru kuraakameh. EEN ALYAAN AH /ALYAAN EEN AH INTHIZAARU NUKURAAVARAH I DO FOR THIS STORY ??❤️

  12. Saeedha Mohamed says:
    January 4, 2019 at 6:37 am

    Mi ee vvvvvvv reethi ehaame loabi kiyaahihvi shau gugun furigen vee vaahakaeh nimuneema ves dhera vehhje unmeedhu kuranee dhen genes dheh vaa vaahaka ves mihaa reethi vaane kamah ❤❤❤

  13. Mixuhan says:
    January 4, 2019 at 7:19 am

    Wow ..mee hama ehvanaige vaahaka eh ..adhi mi varuge vaahaka eh nukiyey …haaadha furihamaey …anjal haadha molhey ..maashaa allah..anjal ge ithuru vaahaka eh vrh avahah kiyaalan libeyne kamah ummeedhu kuran …mi story haaadha reeiichey ..

  14. Lotus says:
    January 4, 2019 at 7:39 am

    A wonderful story.. each episode with a new thing to overcome and sifakurumaai ibaraikurumuge namoonaaeh… story genesdheefa baat goi vs v furihama..
    Hoping to read another such great story frm u soon

  15. liyaa says:
    January 4, 2019 at 9:21 am

    maasha allah v v reethi n iburaethari vaahakaye ☺????????

  16. Xuam says:
    January 4, 2019 at 10:37 am

    Masha Allah …. Haadha reeiichey… ?????

  17. Yaan says:
    January 4, 2019 at 10:48 am

    Masha Allah..vvv reethi

  18. Unknown girlll says:
    January 4, 2019 at 1:25 pm

    Alhey… 6th vanah fonuvin comment ekam nei fennakah…vaahakaige feshun ves v reethi, nimmun ves v..reethi,mulhivaahaka ves v reethi??…hithan araa mikahala gothakah real life ga vaane namaey..???.aslu v ginadhuvahah fahu dhw mi comment kohly….ekam baraabarah kiyan ingey……kaamiyaabu kammaeku vaahaka nimmalyma v bodah maruhabaaa….? ummedhukurany angal mikahala ehen vaahajaeh kiyaalan v. Avahah libeyne kamah…….sooo all the best n keep up the good work??? n wish u av happy 2019..may god full fill all ur wishes☺?☺keep smiling???…luv ya bodukoh❤???? ummwah?? and one last question..wts ur age..misuvaalu mikurevuny dhevana faharah kanneyge…sorry foe that?..mihaaru mivygothunme 17 vanayah..still yeyyy?? bye SYS……???

  19. Beryl Stone says:
    January 4, 2019 at 2:33 pm

    Masha Allah …mi stry ge nimun vx vrh reethi ngey..Anjoo ur one of my fav author ey mihaaru..sifakurumaa vrh bodah improve kohlaafa hurikan faahaga kurevey?..Sis ah ingeytha?alhugandu dua kurymey Alyaan ah een libeythw..heheh..Finally ehennu mivy dhw?ekm u ah ingeytha huvafenuga mashah fenuny xin ah een libenikoh..vrh vrh foohivi e gadyga..heheh?..mi stry aky mihaathanah alhugandu dhekunu 2 vana ah emme rythi vhk mi site ge therein..adhi eh prt  genesdhybala anjoo..heheh..aee majaa ingey Anjoo..ok tha Anjoo kiyas??Anjoo  bunedhyba Anjoo aa contact kohlevidhaane gotheh..o if don’t mind plx dhyba email ingey..sis beynun nuvangna ok nudhinas.. Sis ge  nxt stry eh dhn fehnaany kon irakun tha alhe?And yess..alhugandu ge request eh aee dhn anna stry biruveri/Loabi ..mi dhe  bai himanaalumah sis ge nxt stry eh ga..Much lovx from me to my lwbi lwbi Anjoo sis?…

  20. Laamiu says:
    January 4, 2019 at 2:43 pm

    Thiyavareh neh anjal vaahaka liyan

  21. Reena ge Muaz says:
    January 4, 2019 at 8:26 pm

    Soon it happn??

  22. Reena ge Muaz says:
    January 4, 2019 at 8:30 pm

    Hithuge adheys kan miadhu ihusaas vejje. Varah true story eh mee.?

  23. Nunnu says:
    January 4, 2019 at 8:51 pm

    ma sha Allah. vahaka v nice. een addu ga zin ge grp in hifahahtaigen ulhunuiru ge kanthah sifakoh dhin goi varah habeys.. feshun ves nimun vess varahh nice… and the love between Alyan and Een….. weldone Anjal

  24. Angel says:
    January 5, 2019 at 3:08 pm

    V reethi.

  25. lola says:
    January 6, 2019 at 5:22 pm

    Wow hama vrh vrh vrh loabi

  26. Anj says:
    January 6, 2019 at 9:33 pm

    WHich island are u from and whats ur age?

  27. Emei says:
    January 9, 2019 at 4:04 pm

    V v v salhi mi stwry…. Beykaaru vaahaka thah himanaafai nuvaakan faahagavi… N feshun vx nimun vx v habeys… But eethan r alka gulhuvinama hama habeys v… V v v lowbi… Sifa kurun vx v habeys… Hama hyvany lolah fennahen… V heart touching … Alhugandu vx beynun Alyaan evaa varah Lowbivaane boy eh… Awsm stwry… Anjal plx miah cmnt kohfa thibi kudhinnah reply kohlabaa.. Eyrun readers v happy vaane… Mee too .. Anjal ge new stwry akah wait kuraanan… Low yuh ??

  28. ibrhimhasanahu says:
    January 10, 2019 at 2:37 pm

    ahumadhualeemireyDHAANEVISSNAATHI

  29. ninaa says:
    January 11, 2019 at 5:31 pm

    v reethi vaahaka eh. hurihaa baeh ves v reethi haasa koh eethan ge character v salhi. zin ah loabi nulibunee maves v dheravey ? ekam een and alyaan libuneema ves v reethi. zin kahala character eh gadhakamun loabi hoadhan ulhe anhen kujjaa ah eyna dheke loabi vevey kahala concept eh ge vaahaka eh liyab v ehnu ? hope adhives anjal ge ithuru stories kiyaalan libeyne kamah

  30. xeybooo says:
    January 21, 2019 at 11:57 am

    vv reethi ekam reethi wees bodah eethan men ge wahaka bodah ai nama….:/..<3

  31. Eera says:
    February 5, 2019 at 10:32 pm

    I loved this story its very interesting ..this story was on my head all the time until i finished this story..
    U r a wonderful writer..keep going..

Comments are closed.



All Right Reserved!