Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އައު ފެށުމެއް (ފަހުބަޔާއިއެކު)

ismail ali kaleyfaanu Level 310 Stories100 Login100 Comments
January 8, 2019 3 Mins Read
6 Comments

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އަހަރެންގެ މައިންބަފައިން އަހަރެން މިއަނިޔާވެރި ދުނިޔެއާއި ޙަވާލުކޮށް ދާއިމީ ހަޔާތަށް ދިއުމުގެ ދަތުރުފެށީ އަހަރެން ވަރަށް އުފަލުގައި ދުނިޔެވީ ހަޔާތް ހޭދަކުރާނެ ކަމުގެ ފޮނިއުއްމީދުގައި ކަމުގައިވެދާނެއެވެ.

އަހަރެން ތެދުވިއިރު ގަޑިން ހަތެއް ޖަހާނެއެވެ.އަހަރެން ފަތިސްނަމާދަށް ދިޔައީ މިދިޔަ ބޮޑުޢީދު ދުވަހުއެވެ.އެއީ އީދުނަމާދަށް ދާންވެގެން ފާތުން އައިސް އުނދަގޫ ކުރީމަ ތެދުވިދުވަހެކެވެ.އެނޫނީ ނަމާދެއްކުރި ހަނދާނެއް ނުވެއެވެ.އަހަރެން ތެދުވާގޮތަށް ދަނީ ކުނިކަހާށެވެ.ކޮންމެ ދުވަހަކުވެސް ގޭދޮށް ކުނިކަހަމެވެ.އެގަޑީގައި ފާތުން ވާހަކަތައް ހިފައިގެން އަންނާނެއެވެ.ރަށުތެރޭގެ ޚަބަރުތައް ގެނެސްދޭނެއެވެ.މީހުންގެ ވާހަކަވެސް ދައްކާނެއެވެ.މިއަދުގެނައި އެންމެޚާއްސަ ޚަބަރަކީ ރޭގައިޕޮލިސް ކުއްޖެއް މިރަށަށް އައިވާހަކައެވެ. އެކުއްޖާގެ ރީތިކަމުގެވާހަކައެވެ. ދޭތެރެ ދޭތެރެއިން ޕޮލިސްކުދިން ބަދަލުވާނެއެވެ.

އަހަރެން ހުރީ އަލަށް އައިޕޮލިސްކުއްޖާ ދެކިލާ ހިތުންކެތްމަދުވެފައެވެ.އަހަރެން ފެންވަރާ ރީތިވެގެން ބޮޑުބޭބެއަށް ސައިހެދުމަސްފަހު ބޮޑުބެ ދައްތައަށްވެސް ސައިދިނުމަށްފަހު ކުޑަގޮތެއް ހަދާލައިގެން އަހަރެން ދިއައީ  ޕޮލިސް ސްޓޭޝަނާ ދިމާ އަތިރިމައްޗަށެވެ.ޕޮލިސް ސްޓެޝަން ކައިރީގައިހުރި ބޮޑުހިރުދުގަހެއްގައި އެލުވާފައިވާ ޖޯއްޔެއްގައި އަހަރެން މަޑުކޮށްލީ ޕޮލިސްކުއްޖަ ނުކުންނާނެ ވަގުތަކަށްޓަކައެވެ.މާގިނައިރަކު އެގޮތަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ.ޕޮލިހުންގެ ރީތި ނޫކުލައިގެ ޔުނީފޯމުގައި ހުރިއިރު އެކުއްޖާ ވަރަށް ސްމާޓެވެ.ކަނާތުން ތޮފިހިފަހައްޓާލައިގެ ވަރަށް ފިރިހެންވަންތަ ހިނގުމެއްގައި މިސްރާބު ޖަހަފައިހުރީ ސީދާ އަހަންނާ ދިމާއަށެވެ.އަހަރެން ލަދުން އިސްޖަހާލުމުގެ ބަދަލުގައި ނަޒަރުސީދާ އޭނައަށް ހުއްޓާލާއިގެން އިނީމެވެ.އަހަރެންއެގޮތަށް ބަލަންފެށުމުން އޭނަގެފައި އޮޅޭގޮތްވީހެން އަހަންނަށް ހީވިއެވެ. އެއީއެއޮފުގަދަ ކަޅުބޫޓުކިބަ އަނެއްކިބާގައި ޖެހުނީމައެވެ.

އަހަރެންނާއި ވަރަށް ގާތުގައި ހުއްޓިހުރެ ކީއްކުރާ ކުއްޖެއްތޯ ސުވާލުކޮށްފިއެވެ. އަހަރެންމިއީ ޖެހިލުންވާނެ މީހެއްނޫނެވެ.ހަމަވަރަށް ސާފުކޮށް މިތަނަށް އައިސް އިން ބޭނުން ބުނެފީމެވެ.އަހަރެންގެ ޖެހިލުން ކުޑަކަމުގެސަބަބުން ކަމަށް ވެދާނެއެވެ.އޭނާ ވަރަށްބޮޑަށް ދާހިއްލަމުންދާކަން ފާހަގަކުރެވުނެވެ.އެރީތި ޔުނީފޯމުގެ ބައެއްހިސާބު ތެމެމުންދެއެވެ.އަހަރެން އޭނައަށް ދަޢުވަތެއް ދިނީމެވެ.މިފަރާތު އަތިރިމައްޗަށް އައުމަށެވެ.އެވަގުތު އެހެން ޕޮލިސް ކުއްޖެއް ސާއިމުއޭ ކިޔާ ގޮވާލިއެވެ.ދެން އޭނާ ދަނީއޭބުނެފައިހިގައްޖެއެވެ. އަހަރެންވެސް ގެއަށް ދާން ހިގާގަތީމެވެ. ދަމުންދަމުންވެސް ވަރަށް ބާރަށް އަނެއްކާ ހަނދާންކޮށް އަންނައްޗޭ ގޮވާލީމެވެ.ތެދެކެވެ.ޖަމީ ބުނެފިއްޔާ އަންނަންވާނެއޭ ޙަމީދު ބުނެލިއެވެ. އެއީވެސް އަހަރެންގެ ނަންބަރެކެވެ.މިވަގުތު ޔުނީފޯމުގައި ހުރީމަ އަހަންނާ މައްލަވަ ނުކޮށް ދިޔައެއްކަމަކު އެސޮރުވެސް ވަރަށް ލާނެތްވާނެއެވެ.

އަހަރެންގެއަށް އައިއިރު ބޮޑުބޭބެއާއި އައިސައްތަ ޖޯލިފަތީގައި ގުޑުގުޑާ ދަމަން ތިއްބެވެ.އަހަރެންއައުމާއިއެކު ބުޅާމަސްގަޑަކަށް ލޯއަޅާހެން ބޮޑުބޭބެ އަހަންނާ ދިމާއަށް ބަލަމުން ދިއައެވެ. އަދިގުޑުގުޑާގެ ނޮޅީގެ ތުން އަހަންނާ ދިމާއަށް ދިއްކޮށްލިއެވެ.އަހަރެން އެކައްޗެކޭވެސް ނުބުނެ ބަދިގެއަށްވަދެ ދޮލަގަށް ހަނޑޫކޮޅެއް އަޅައިގެން އައިސް އެމީހުންގާތުޖޯލިފަތީގައި އިށިނީމެވެ.އަދި އެމީހުންނައި ބައިވެރިވެގެން ދުންގުޑުގުޑާ ދެމީމެވެ.ދުން ބުއިމުގެ އިތުރުން ސިގިރޭޓުވެސް އަހަރެން ބޮމެވެ.އެވަގުތު ފާތުންވެސް އަތުވެއްޖެއެވެ.ފާތުން އައުމާއިއެކު އައިސައްތަ ދުންގަޑު އާކޮށްލަދޭން ބުނެފިއެވެ.ފާތުންވެސް ދުންގުޑުގުޑާ ދެމުމުގެ އިތުރުން ސިގިރެޓް ބޯނެއެވެ.މިއީ ނާތަހުޒީބު ސިއްޙަތަށް ގެއްލުންހުރި އަމަލެއްކަމެއް އަހަރެމެންނަކަށް ނޭގެއެވެ.

އަހަރެން ބެލުމުގެ ޒިންމާއާއި ޙަވާލުވީ ބޮޑުބޭބެއާއި އައިސައްތައެވެ.ބޮޑުބޭބެއަކީ ކުދިވިޔަފާރި ކޮށްގެން އުޅޭމީހެކެވެ.އައިސައްތައަކީ ލޯފަންމީހެކެވެ.އެހެންނަމަވެސް މަސައްކަތްކޮށް އުޅޭނެއެވެ. ފަސްވަޤުތުނާޅާ ނަމާދުކޮށް ޤުރްއާން ކިޔަވާ ހަދާނެއެވެ.ޢަންމާފޮތުގެސޫރަތްތައް ހިތުން އެނގޭތީ ފަތިސްނަމާދަށްފަހު އެސޫރަތްތައް އަޑުބާރުކޮށް ކިޔާނެއެވެ.އެކަމަކު ވަރަށް ދޫ ނުބައިވާނެއެވެ.

އެދެމަފިރިންގެ ދަރިއަކު ނުހުރެއެވެ.ބޮޑުބޭބެ އަހަރެން ބެލުމާއި ޙަވާލުވާންޖެހުނީ އެހެންކަމަށް ވެދާނެއެވެ.އަހަރެން ފެންވަރުވައިދީ ހަދަނީ ބޮޑުބޭބެއެވެ. މުޅިގާގައި ސައިބޯނި ލައިދީ ހަދާނެއެވެ. އަހަރެންނާއި ބެހުމަކީ ބޮޑުބޭބެގެ އާދައެކެވެ.އަހަރެން ބޮޑުވަމުން އައީ ނުކިޔަވާ ޖާހިލުކުއްޖެއްގެ ގޮތުގައެވެ.މީސް މީހުންގެ އެނދު ފަޅުފިލުވައިދޭ މީހެއްގެ ގޮތުގައެވެ.ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ދެވިހިފާފައިވާ ކުއްޖެއްގެ ގޮތުގައެވެ.

އަހަރެންގެ ބައްޕަ ނިޔާވިތާ ހަފްތާއެއްވީ ދުވަހު މަންމަ ނިޔާވެއްޖެއެވެ. އެއިރު އަހަރެން ވަރަށް ކުޑައެވެ. އަހަރެން ހަނދާނެއް ނުހުރެއެވެ. އަހަރެންނަށް މިވާހަކަތައް ކިޔާދިނީ އައިސައްތައެވެ.އެމީހުން ނިޔައުވުމުން ގެފަޅުވިއެވެ. އެއްވެސް ބަޔަކު އެގޭގައި އުޅޭކަށް ބޭނުމެއް ނުވެއެވެ. ބުނެވެނީ ކޮންމެވެސް މީހަކު ބައްޕައަށް ސިހުރު ހެދީކަމުގައެވެ.

ކަނޑައެޅިފައިވާ ގަޑީގެ މާކުރިން އަހަންނާއި ފާތުން އަތިރިމައްޗަށް ދިޔައީމެވެ.އެއިރު އެތަނުގައި ސާއިމް ހުއްޓެވެ.އަހަރެމެން ރާވާގެން ތިބީ އެންމެފުރަތަމަ އަހަރެން ބައްދަލުކުރާ ގޮތަށެވެ. އޭގެފަހުގައި ފާތުން އޭނައާއި ބައްދަލުކުރާނީއެވެ.އަހަރެން ފިންޏެއްނުވެއެވެ. ހިތްބިރެއްވެސް ނުގަނެއެވެ. ވާނީ އެހެންތާއެވެ. މިސަކަރާތް މިގަންނަނީ އަލަތަކަށް ނޫނިއްޔާއެވެ.ބޯށިގަސްތައް ކައިރީގައި ބާއްވާފައިއޮތް ރުއްބުރިއެއްގެ މަތީގައި އަހަރެމެން ދެމީހުން އިށީދެލީމެވެ.ފާތުން ހުރީތަންކޮޅެއް ދުރުގައި ކުޅިބަލާށެވެ.

އަހަރެން އުޅުނީ ބަދު އަޚްލާޤީ އަމަލު ހިންގާށެވެ. އިސްވެ އޭނަގެ އަތުގައި ހިފީމެވެ. އަދި ގަމީހުގެ ގޮށް ނައްޓުވަން އަތްދިއްކޮށްލުމުން އޭނަ ބުންޏެވެ. ޖަމީއެވެ. މަޑުކޮށްލާށެވެ. އަދިތިޔަހާ ހިސާބަށް ދާކަށް ނުވެއެވެ.އަހަރެން ހިތަށް އެރިއެވެ.އަނެއްކާ މިއީ ކޮންކަހަލަ ފިރިހެނެއް ހެއްޔެވެ.އަހަރެންނާއި މިކަހަލަމީހަކާއި މިބައްދަލުވީ އަލަށެވެ.އެނަ ބުންޏެވެ.ޖަމީއެވެ.ޖަމީއެވެ.ޖަމީގެ ދެލޯ ހާދަ ރީއްޗެވެ. ޖަމީގެ ފުރަތަމަ ބެލުމުންވެސް އަހަރެންގެ ހިތަށް ވަރަށް އަސަރުކޮށްފިއެވެ.އަހަރެންގެ ހިތް ޖަމީއަށް ދެވިއްޖެއެވެ.އަހަރެން ބޭނުންވަނީ ޖަމީއަށް އިންނާށެވެ.ކައިވެނީގެ ބޭރުން އެއްވެސް ކަހަލަ އުފަލެއް ހޯދާކަށް ނޭދެމެވެ.

އޭނަގެ އަޑުގައިވާ ތުރުތުރާއި އެބަސްތަކުގައިވާ ފޮނިކަން އަހަރެންގެ ހިތުގައި ދުވަހަކުވެސް ނުއުފެދޭ ރާޅު ބާންޏެއް އުފެދިއްޖެއެވެ.އެވިންދަކީ އަހަރެންގެ ހިތުގައި ފުރަތަމަ ޖެހިވިންދެވެ.އޭނާ އަހަރެންގެ އިސްތަށިގަޑުގައި އޭނާގެ އަތުން ވަރަށް އޯގާތެރިކަމާއިއެކު ފުނާ އަޅާލަދިން ވަގުތު އަހަރެންގެ ލޮލުން ހޯސްލަފައި ކަރުނަ ފައިބާން ފެށިއެވެ. އޭނަގެ ލޯބިލިބެންފެށުމުން އަހަރެންގެ އިޙްސާސްތައް ބަންޑުންވީއެވެ.އަހަރެންނަށް ދުވަހަކުވެސް ނުވާކަހަލަ އުފާވެރި އިޙްސާސްތަކެއް ކުރަން ފެށުނެވެ.ފާތުން އަހަރެން ލަސްވެގެން އިރުއިރުކޮޅާ ގޮވާލައެވެ. ފާތުން އެގޮވަނީ ކީއްކުރަންކަން އަހަރެންނަށް އެނގެއެވެ.އަހަރެންގެ ލޯބިވެރިޔާ ފާތުންއާ ޝެއަރއެއް ނުކުރާނަމެވެ. އޭނައާއި ކިރިޔާ މީހަކު ވައިއެޅިލިއަސް އަހަރެން އެމީހަކަށް ނަފްރަތު ކުރާނަމެވެ. ޙަސަދަވެރިވެވޭނެއެވެ.

އެބައްދަލުވުމުގައި ސާއިމު އަހަރެންނަށް ވަރަށް ނަސޭޙަތް ދިނެވެ.ޢިއްފަތްތެރިވުމައި އަބުރު ރައްކާތެރި ކުރުމުގެ މުހިންމުކަން ބުނެދިނެވެ.ބުރުގާ އެޅުމަށާއި، ދީނީކަންކަމަށް ފަރުވާތެރި ވުމަށް ހަނދާންކޮށް ދިނެވެ.

ގަޑިން 2:30ވީތަނާ ފާތުން އަހަރެމެން ތިބިތަނަށް އައިސް ބޮޑުބޭބެ ބަލިވެގެން ސިއްޙީ މަރުކަޒަށް ގެންދިއަ ވާހަކަ ބުނެފިއެވެ.އަހަރެމެން ވަކިވުމުގެ ސަލާމަށްފަހު ފާތުންއެކީ އަހަރެން ދިއައީ ސިއްޙީ މަރުކަޒަށެވެ.ސާއިމު އަހަރެމެން ފަހަތުން އަންނަންއުޅުމުން އަހަރެން އެކަން މަނާކުރީ އެއްވެސް މީހަކު ލަނޑެއްދީފާނެތީއެވެ.އެނާބޭޒާރުވާކަށް އަގުވެއްޓޭކަށް އަހަރެންނޭދެމެވެ.

އަހަރެން ސިއްޙީމަރުކަޒަށް ދިޔައިރު ބޮޑުބޭބެ އެޑްމިޓްކޮށްފައި އޮތެވެ. އެތަނުން މަޢުލޫމާތު ލިބުނުގޮތުގައި ބޮޑުބޭބެ އަށް ސްޓްރޯކެއް     ޖެހި އެއްފަޅި ވާގިނެތުނީއެވެ.އެތަނުން ދެވެން ހުރި ފަރުވާ މިހާރުވަނީ ދީނިމިފައެވެ. އަހަރެންވަތްއިރު އޮތީލޯމަރާލައިގެންނެވެ.އަހަރެން އެތަނަށް ހުއްޓުމުން ލޯހުޅުވަލިއެވެ.އަދި ރަގަޅަށް އޮތްއަތުން އަހަންނަށް އިޝާރާތް ކުރިއެވެ.އަހަންނަށް ހުރިތަނުން ގުޑާވެސް ނުލެވުނެވެ.ކުޑައިރުއާއި ބޮޑުވީފަހުންވެސް އޭނަކޮށްފައި ހުރިކަންތައްތައް ޚިޔާލަށް އައިސް އަހަންނަށް އުދަގޫ ކުރަނީއެވެ.އެތާއިރުކޮޅަކުހުރުމަށްފަހު އަހަރެންދިޔައީގެއަށެވެ.

ގެއަށް ދިއުމަށްފަހު ނިދަންއުޅެއުޅެ އެއްގޮތަކަށް ނިދޭ ގޮތެއްނުވިއެވެ.އަހަރެންނަކީ ކުށްވެރިއެއްކަމުގެ އިޙްސާސް ކުރެވެނީއެވެ.ސާއިމު ކަހަލަ މާތް އިންސާނަކަށް އަހަރެން އެކަށީގެންނުވެއެވެ.އަހަރެންނަކީ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެވިފައިވާ ނިކަމެތި އިންސާނެކެވެ.އަހަރެން މިދުނިޔޭގައި ހުރުމުގެ އެއްވެސް ބޭނުމެއްނެތެވެ.އަހަރެންނަކީ ވިޔާ ނުދާ ހަޑިމުޑުދާރު މީހެކެވެ.ފާޙިޝްކަންތައްތައް ކޮށްފައިވާ ބިކުރު ކެނޑިފައިވާ މީހެކެވެ.ދުންފަތުގެ އަސްތިއުމާލުކުރާ ނެތިމޮށޭ މީހެކެވެ.އޭނަކަހަލަ މާތް އިންސާނަކަށް އަހަރެން އެކަށީގެންނުވެއެވެ.އަހަރެން ދަންޖެހިމަރުވާންވީއެވެ.މިޚިޔާލު އައިތަނާހެން އެއިވެންފެށީފަތިސް ނަމާދު ބަންގީގެ މޫރިތި އަޑެވެ.

އަހަރެން ތެދުވެ ފަތިސްނަމާދު ކުރުމަށްޓަކައި ފާޚާނާއަށްވަދެ ވުޟޫކޮށްލައިގެންނުކުމެ ފަތިސްނަމާދުކޮށްލުމުން ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިއައެވެ.އަދި ވިޔާނުދާ ޚިޔާލުތަކުންދުރުވެ ކުރިން ކުރެވުނު ކުށްތަކުން ތައުބާވެ އާޙަޔާތެއް ފަށަންނިންމީމެވެ.

ސާއިމު ބޭނުންވީ ވީހާއަވަހަކަށް ކައިވެނި ކުރުމަށެވެ.ރަގަޅު ދުވަހަކު އަހަރެމެންގެ ކައިވެނި ކުރެވުނެވެ.ކައިވެންޏަށްފަހު އަހަރެމެން އެހެންރަށަކަށް ދިރިއުޅުން ބަދަލުކުރީމެވެ.އެއީމިރަށުގައި ދިރިއުޅޭން އަހަންނަށް ވަރަށް އުނދަގޫވާތީއެވެ.މާޒީގެ ހިތިހަނދާންތައް އާވާތީއެވެ.

އަހަރެމެންގެ ކައިވެންޏަށް އެއްއަހަރުފުރުނުއިރު ލޯބިލޯބި ކުއްޖަކު ލިބިއްޖެއެވެ.އަހަރެންބޭނުންވަނީ މިދަރިފުޅު ހެޔޮގޮތުގައި ތަރުބިއްޔަތުކުރާށެވެ. އަހަރެންގެ މާޒީގެ ހިޔަނި މިދަރިފުޅަށް އެޅޭކަށް ބޭނުމެއްނޫނެވެ.

 

( ނިމުނީ )

 

 

 

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 16

Next

ކުރި އިންތިޒާރުގެ އަގު ނުލިބިދިޔައީއެވެ.

Next
January 9, 2019

ކުރި އިންތިޒާރުގެ އަގު ނުލިބިދިޔައީއެވެ.

Previews
January 8, 2019

ވިންދޭ ލޯބި ތީ އެދޭ 16

6 Comments!

  1. ކަލާ 123 says:
    January 8, 2019 at 10:37 pm

    އިސްމާޢީލުގެ ވާހަކަ ރީތި. އަސަރެއް އެބަހުރި. މިއީ އިސްމާޢީލަށް މިއަށް ވުރެވެސް ރީއްޗަށް ތަންކޮޅެއް ދިގުކޮށް ލިޔުއްވިދާނެ ވާހަކައެއް ކަމަށް ފެނޭ

    1. ismail ali kaleyfaanu says:
      January 8, 2019 at 11:52 pm

      SHUKRAN

  2. QUEEN? says:
    January 9, 2019 at 8:36 am

    V reethi vaahaka eh

    1. ismail ali kaleyfaanu says:
      January 9, 2019 at 1:51 pm

      THANK U.

  3. malmal says:
    January 9, 2019 at 9:12 am

    v reethi good job…….. lhemun liyefa huryma ehaa kiyaaa hitheh nuvey …….

    1. ismail ali kaleyfaanu says:
      January 9, 2019 at 2:47 pm

      THANK U.

Comments are closed.



All Right Reserved!