Skip to content
އެސްފިޔަ

ކުރި އިންތިޒާރުގެ އަގު ނުލިބިދިޔައީއެވެ.

އާޅެން

ކުރި އިންތިޒާރުގެ އަގު ނުލިބިދިޔައީއެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ތިޔަ ހިނިތުންވުމާއި ބަލާލުމުގައިވަނީ އޯގާތެރިކަމެވެ.

އެތަކެއް ދުވަހު ކުރި އިންތިޒާރު ފަތަޙަ ވީއެވެ.

ލޯބި ބީވެދާނެތީ ޙަޤީޤަތް ހާމަ ނުކުރެވުނީއެވެ.

ޙަޤިޤަތް ހާމވެއްޖެނަމަ ތިޔައޯގާތެރި ފިރިމުން ނުލިބޭނެއެވެ.

ވަރަށް ތުއްތުއިރު އެންމެ ލޯބިވާ ދެމީހުންވަކިވެއްޖެއެވެ.

ބަލާބޮޑުކުރި ފަރާތަށް ވަރަށްބޮޑުއަގެއް ދޭންޖެހުނެވެ.

ވޭނާއި އަނިޔާގައި އަހަރުތަކެއް ގުނަން ޖެހުނެވެ.

ކަލާއަށްފެނުނީ ދެއްކުންތެރިކަމުގެ ކުލަވަރެވެ.

ނަފްސުގެއެތެރޭގައިވާ ފާފަތަކެއްނުފެންނާނެއެވެ.

މާތް އިންސާނުންނަށް އެކަށީގެންވާނީ ތާހިރު ހިތެކެވެ.

މިސިއްރުބޭޒާރުކޮށްގެން އަނިޔާއެއްދޭކަށް ނޭދެމެވެ.

މިސިއްރު ހިފަހައްޓަން ދަތިވާތީ ވަކިވީއެވެ.

މިބަދުނަސީބު އިންސާނާގެ ހިޔަނިވެސް ދެން ނޭޅޭނެއެވެ.

 

 

Comments (2)

  1. No one

    V reethi

    1. ismail ali kaleyfaanu
      No one

      shukran

Comments are closed.