މާފެއް ނުކުރާނަން ހެއްޔެވެ؟ 15

- by - 10- January 11, 2019

ޖަންނަތުގެ ޑައިރީ ކިޔާ ނިމުނުއިރު އަހަރެން ހުރީ ބޮޑު ސިހުމެއްގެ ތެރޭގައެވެ. ޖަންނަތު މަރުވެއްޖެއެވެ ކަމަށް ގަބޫލުކުރަން އަހަރެންގެ ސިކުނޑި ދެކޮޅު ހެދިއެވެ.

*******

ރަހުވާގެ ނަޒަރުން:

އަހަރެންނާ ޝައުން އިންތިޒާރު ކުރަމުން ދިޔައީ އަޝްޖައު އަންނާނެ އިރަކަށެވެ. ހަގީގަތް އެނގުމުން އަޝްޖައުއަށްް އެއްވެސް އަސަރެއް ކުރިތޯ ބަލަން އަހަރެން ބޭނުމެވެ. ސިޓިންރޫމްގައި ދެކޮޅަށް ހިނގާތާ ދެގަޑިއިރު ފަހުން ގޭގެ ބެލް ޖެހިއެވެ. ޝައުންއަށް ވުރެ ކުރިން ދުވެފައި ގޮސް އަހަރެން ދޮރު ހުޅުވީމެވެ. އޭރު ދޮންތަގެ ފޮތް ހިފައިގެން ހެވިދިލިފައި އަޝްޖައު ހުއްޓެވެ. “ޝައުން. ރަހުވާ ޔޫ ގާއުޒް އާ ކިޑިން ވިތް މީ ރައިޓް” ގޭތެރެއަށް ވަން ގޮތަށް ސޯފާއަށް ވެއްޓިގަންނަމުން އަޝްޖައު ބުންޏެވެ. “ރަހުވާ. ސީރިއަސްކޮށް ބުނެބަ ޖާން ކޮބާ؟ މަށަށް މިހާރު ޔަގީން ތީ ޖާންނޫންކަން. ދެން ޖާން ކޮންތާކުވީ؟” މޮޔައެއްހެން ދޮންތައާ ބެހޭ ގޮތުން އަޝްޖައު ސުވާލު ކުރިއެވެ. ދޭނެ ވަކި ޖަވާބެއް ނޭންގިފައި އަހަންނާ ޝައުން ހުއްޓުން އަރާފައި ތިބީމެވެ.

“ޝީއިޒް ނޯ މޯ” ވައި އަޑުން ކިރިޔާ އަޝްޖައުއަށް އިވޭވަރަށް އަހަރެން ބުނީމެވެ. “ހުސް ދޮގު. ހުސް ދޮގު ތި ހަދަނީ” މޮޔައެއްހެން އަޝްޖައު ހަޅޭއްލަވަން ފެށިއެވެ. މަޑުމަޑުން އަޝްޖައުގެ އަޑު މަޑުވާން ފެށިއެވެ. ދެން އިވުނީ އަޝްޖައުގެ ވޭނީ ގިސްލުމުގެ އަޑެވެ. ފިރިހެނަކު އެ ގޮތަށް ރޯ ތަނެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ.

******

ޝައުންގެ ނަޒަރުން:

އަޝްޖައުގެ ހިތަށް މި ވަގުތު ކުރަމުން ދިޔަ އަސަރު އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އަހަންނެވެ. އަހަރެންވެސް އެގޮތަށް ރުއި ދުވަހެއް އައެވެ. އެދުވަހު އަހަންނަށް އެންމެ އެހީވެދިނީ އަޝްޖައުއެވެ. އެންމެ ގާތް އެކުވެރިޔާ އަޑުން އަޑު ނަގާ ރޯތަން ބަލާކަށް އަހަރެންގެ ހިތަކަށް ކެތެއް ނުވިއެވެ. އަހަރެން ގޮސް އަޝްޖައު ގާތު ބިންމަތީގައި އިށީނީމެވެ. “ޝައުން. ޖާން ލެފްޓް އަސް. އިޓްސް އޯލް މައި ފޯލްޓް” އަހަރެން ގައިގައި އޮޅުލައި ގަންނަމުން އަޝްޖައު ބުންޏެވެ.

“ޖެކް. ސްޓޮޕް ބްލޭމިން ޔުއާ ސެލްފް. ކޮންމެ އިންސާނަކީވެސް މަރުވާނެ މީހެއް. އެމީހެއްގެ އަޖަލު އައިސް ޖެހުމުން މުސްކުޅިއަކަސް ޒުވާނަކަސް އެމީހަކު ދާންޖެހޭނެ. މަރަކީ އެއްވެސް އިންސާނަކަށް ހިފެހެއްޓޭނެ ކަމެއް ނޫން” އަޝްޖައުއަށް ވިސްނާދޭ ފަދައަކުން އަހަރެން ބުނީމެވެ. އެހެނަސް އަޝްޖައުގެ ރުއިމަކަށް އެއްވެސް ބަދަލެއް ނައެވެ.

*******

ރަހުވާގެ ނަޒަރުން:

ކިތަންމެ ހިލަ ހިތެއްގެ ވެރިއަކަށް ވިއަސް އަޝްޖައުގެ ވޭނީ ރުއިން އަޑު އިވިއްޖެނަމަ އަސަރު ނުކޮށް ނުދާނެކަން ޔަގީނެވެ. އަޝްޖައުއަށް ޓަކައި ނަފްރަތުން ފުރިފައިވި އަހަރެންގެ ހިތް އެވަގުތު އަޝްޖައުއަށް ޓަކައި ހަމްދަރުދީން ފުރުނެވެ.

*****

އަޝްޖައުގެ ނަޒަރުން:

އަހަންނަށް އަމިއްލަ ނަފްސުކުށްވެރި ކުރެވެމުން ދިޔައެވެ. އަހަންނަށް ހީވަމުން ދިޔައީ ޖަންނަތު މިދުނިޔެއިން ވަކިވެދިޔައީ އަހަރެންގެ ސަބަބުންހެންނެވެ. ނޭންގެ ރިހުމެއް އަހަރެންގެ މޭގައި އުފެދެމުން ދިޔައެވެ. އަހަރެން މަސަލަސް ކުރެވޭތޯ ޝައުންއާ ރަހުވާ މަސަައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ސިކުނޑިއަށް އެއްޗެއް ވިސްނޭވަރަށް ވުރެ އަހަރެންގެ ހާލަތު މާބޮޑެވެ.

******

ރަހުވާގެ ނަޒަރުން:

އަޝްޖައު އުޅެމުން ދިޔަ ގޮތުން އަހަރެން ހުރީ ބިރުގަންފައެވެ. އަޝްޖައު އުޅެމުން ދިޔައީ ހަމައިގަ ހުންނަ މިހާކު އުޅޭނެ ފަދަ ގޮތަކަށް ނޫނެވެ. ޝައުން ޖެހުނީ ގަދަކަމުން އަޝްޖައު ނަގައިގެން ގެންގޮސް ކާރަށް ލާށެވެ. އޭރުވެސް ކޮންމެސް އެއްޗެކޭ ކިޔަމުން ދިޔައެވެ.

އަޝްޖައު ގޮވައިގެން ގެއިން ނުކުތްތާ ދިހަ ވަދަކަށް މިނެޓު ފަހުން ޝައުން އެނބުރި ގެއަށް އައެވެ. އޭނާގެ މޫނު މަތިން ހާސްކަން ފެންނަށް ހުއްޓެވެ. “ޝާން. އަޝްޖައު؟” ޝައުން ސޯފާގައި އިށީންނުމުން އަހަރެންވެސް ގޮސް ސޯފާގައި އިށީނީމެވެ. “ހަމައަކަށް އެޅިފަ ހުރީ މިއައީ ގެއަށް ލާފަ. ކޮބާ ޖީން؟” ފުން ނޭވައެއް ދޫކޮށްލަމުން ޝައުން ބުންޏެވެ. “ބައްޕައާ އެކީ ބޭރަށް ދިޔަ ގޮތަށް ނާދޭ!” އެއަށްފަހު އަހަންނާ ޝައުންއާ ދެމެދަށްވެރިވީ ހިމޭންކަމެވެ. ދައްކާނެ ވާހަކައެއް ނޭންގިފައި ތިބެވުނެވެ. “ރަހުވާ” އިރުގަނޑަކަށް ފަހު ޝައުން އަހަންނަށް ގޮވާލިއެވެ. “ޔޭސް” އަހަރެން ޖަވާބު ދިނީމެވެ. ނަމަވެސް ޝައުން އިތުރު އެއްޗެކޭ ނުބުނެ ގޮސް ކޮޓަރިއަށް ވަނެވެ.

******

އަޝްޖައުގެ ނަޒަރުން:

މޫނަށް އަލި އެޅުމާއެކު ކަންނެއް ގޮތަކަށް އަހަރެން ދެލޯ ހުޅުވަން މަސައްކަތް ކުރީމެވެ. އެހެނަސް ބޮލުގައި ރިއްސަމުން ދިޔަވަރުން ލޯހުޅުވުންވީ ވަަރަށް އުނދަގޫ ކަމަކަށެވެ. ދެތިން މިނެޓު އެގޮތުގައި އޮތުމަށްފަހު ގަދަކަމުން ލޯ ހުޅުވާލީމެވެ.

ފަހަރަކު ކަމެއް ހަނދާންވަމުން އިއްޔެވީ ހުރިހާ ކަމެއް އަހަރެންގެ ލޯކުރިމަތީގައި ކުރެހެމުން ދިޔައެވެ. ޖާން މަތިން ހަނދާންވުމާއެކި ބޮލުގައި ތޫނު ތަދެއް އުފެދިގެން ދިޔައެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް ލުޔެއްލިބޭތޯ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތީމެވެ.

“ދަރިފުޅާ އަޝްޖައު!” މަންމައާ ބައްޕަ ދޮރުގައި ތަޅާގަތެވެ. ކިތަންމެ ބާރަށް ތެޅިއަސް ދޮރުހުޅުވަން ދާނެހާ ހިއްވަރެއް އަހަރެން ގަޔަކު ނެތެވެ. އެންމެ ފަހުން ކޮޓަރީގެ ޑަބަލް ތަޅުދަނޑިން ބައްޕަ ދޮރު ހުޅުވީއެވެ. އެއަށްފަހު ދެންވީ ގޮތެއް އަހަންނަކަށް ނޭންގެއެވެ.

*****

ޝައުންގެ ނަޒަރުން:

ރަހުވާ ކުރިމައްޗަށް އަރާނެ ހިއްވަރު އަހަރެން ގައިގައި ނެތުމުން ފަތިސް ނަމާދު ކުރި ގޮތަށް އަހަރެން ދިޔައީ ބްރިޖް ސަރަހައްދަށެވެ. ހުދާ އަހަރެންނަށް ގެއްލުނު ހިސާބުން އަހަރެން ހީކުރީ ދެން ދުވަހަކުވެސް އަހަންނަށް ލޯބި ނުލިބޭނެ ކަމަށެވެ. ލޯބިވާ ދަރިފުޅާ ހުދާއާ ވަކިވެގެން ދިއުމަށްފަހު އަހަރެން ވޭތުކުރި އެކަނިވެރި ދިރިއުޅުން ފަޅުފިލުވާލަދިނީ ރަހުވާއާ ޖީނާއެވެ. ދެވަނަ ފަހަރަށް ލޯބިވާން ދަސްކޮށްދިނީ ރަހުވާއެ. އެހެނަސް އެ ލޯބި އަހަންނަށް ނުލިބެނީސް އަތުން ބީވެ ހިނގަޖެއްއެވެ. ހަޔާތާ މެދު ވިސްނަން ހުއްޓާ ރައްޔާންބެ ގުޅާފަ ދިން ހަބަރަކުން އަހަރެންގެ ސިކުނޑި ސުމަކަށް ނުދިއައީ ކިރިޔާއެވެ. އަވަހަށް ސައިކަލް ސްޓާޓްކޮށް އެންމެ ފުލް ސްޕީޑްގައި ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާއަށް މިސްރާބު ޖެހީމެވެ.

ދުވަމުން ކަހަލަ ގޮތަކަށް ހޮސްޕިޓަލްގެ އައިސީޔޫއާ ހަމައަށް ދިޔައީމެވެ. އޭރު ޒިމްދައްތައާ ރައްޔާންބެ ވަރަށް ހާސްވެފައި އައިސީޔޫ ދޮރުމަތީ ތިއްބެވެ.

“ޖެކްއަށް ކިހިނެއްވީ؟” ހާސްވެފަައި ހުރި ވަރުން އަހަރެންގެ އަޑުވެސް ނުކުތީ ކިރިޔާއެވެ. “އަހަރުމެން ސިޓިން ރޫމްގައި ތިއްބައި އިވުނީ އަޝްޖައު ހަޅޭއްލަވާ އަޑު. ކޮޓަރިއަށް ދިޔައިރު ކޮޓަރި ހުރީ ތަޅުލާފަ. ތަޅާތަޅާ ނުހުޅުވި ޑަބަލް ކީ ހިފައިގެން ތަޅުހުޅުވި އިރު އޮތީ ބިންމަތީ. މަށާ ޒިމްއާ ގޮސް ގޮވާ ގޮވާ ނުތެދުވި ނޭވާވެސް ލެވެނީ ކިރިޔާ އެހެންވެ އަވަހަށް ހޮސްޕިޓަލަށް ގެނައީ!” ރޮވިފައި ހުރި އަޑަކުން ރައްޔާންބެ ކިޔާދިނެވެ.

*****

ރަހުވާގެ ނަޒަރުން:

ފަތިސް ނަމާދަށް ދިޔަ ގޮތަށް ނުވައެއް ޖެހިއިރުވެސް ޝައުން ގެއަކަށް ނާދެއެވެ. ޖީނާ ގޮވައިގެން ބައްޕަ ބޮޑުދައިތަމެން ގެއަށް ދިއުމުން އަހަރެން ހުރީ ފޫހިވެފައެވެ. ޝައުންއަށް ގުޅާނީއޭހިތާ ފޯނި ނަގާފަަވެސް ގުޅާކަށެއް ނުކެރުނެވެ.

ބޭރަށް ޖައްސާލާނީއޭ ހިތާ ރީތިވެލައިގެން ނުކުތީމެވެ. ބޭރަށް ދަނީ ކަމަށް ބުނެ ބައްޕައަށް މެސެޖެއް ފޮނުވީމެވެ. އެންމެ ރަނގަޅޭ ބުނެ ބައްޕަ ރިޕްލައި ފޮނުވިއެވެ.

ހެނދުނުގެ ވަގުތު ކަމުން މަގުމަތީގައި މީހުން ވަރަށް މަދެވެ. މާލޭގެ އެންމެ ބޮޑު މަޖީދީ މަގުގައިވެސް ދެތިން ސައިކަލު ފިޔަވާ އިތުރު އުޅަނދެއް ނުފެނެއެވެ. ދާނެ ވަކި މަންޒިލެއް ނޭންގޭތީ މަޖީދީ މަގު ހުރި ގޮތަށް ހިނގަމުން ދިޔައިމެވެ.

އަތްދަބަސްތެރޭގައި އޮތް ފޯނު ރިންގުވުމާއެކު މަގުގެ އެއްފަރާތެއްގައި މަޑުކޮށްލުމަށްފަހު ފޯނު ނެގީމެވެ. ގުޅަމުން ދިޔައީ ޝައުންއެވެ. ފޯނު ކެނޑުމުގެ ކުރިން އަވަހަށް ފޯނު ނެގީމެވެ. “ރަވާ. ޖެކްއަށް ހާޓްއެޓޭކެއް ޖެހިގެން އެބައޮތް އައިސީޔޫގަ. ވަރަށް އަވަހަށް ދަރުމަވަންތައަށް އާދެބަ” ޝައުން ގުޅާފަ ދިން ޚަބަރަކުން ހީވީ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަހެންނެވެ. “ރަވާ؟’ ހަމަ ހޭވެރިކަންވީ ޝައުން ދެވަނަ ފަހަރަށް ގޮވުމުންނެވެ. މިދަނީ ކަމަށްބުނެ އަވަހަށް ފޯނުކަނޑާލައިފައި މަގު މަތިން ޓެކްސީއެއް ލިބޭތޯ ބެލީމެވެ. ނަސީބަކުން ވަރަށް އަވަހަށް ޓެކްސީއެއް ލިބުނެވެ.

******

އަޝްޖައުގެ ނަޒަރުން:

މެޝިންތަކެއްގެ އަޑު އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ލޯހުޅުވާފައި އެއީ ކޮންއަޑުތަކެއްތޯ ބަލަން ކުރި މަސައްކަތް ދިޔައީ ފެނަށެވެ. ކިތަންމެ ލޯހުޅުވަން ބޭނުންވިއަސް ލޮލެއް ނުހުޅުވުނެވެ. ގައިގައި އެއްޗިހި ތަކެއް ހަރުކޮށްފައި ހުރި ކަމުގެ އިހްސާސް ކުރެވެން ފެށުނީ ދެނެވެ. މެއާ ދިމާލުން ފާޑެއްގެ ތަދެއް އަރާފައި ހުއްޓެވެ.

“ޖެކް” އަހަރެންގެ ކަންފަތުގައި ޖަންނަތުގެ އަޑު ޖެހުނެވެ. ޖަންނަތުގެ ސޫރަ ދެކެން ބޭގަރާރުވެފައި ހުރުމުން އުނދަގުލަކާ ނުލާ ލޯހުޅުވުނެވެ. ނަމަވެސް ކުރިމަތިން ފެނުނީ ރަހުވާއެވެ. ރަހުވާގެ ފަހަތުގައި ޝައުންގެ އިތުރަށް މަންމައާއި ބައްޕަވެސް ތިއްބެވެ. ކޮންމެ މީހެއްގެ މޫނު މަތިންވެސް ކަންބޮޑުވުމުގެ އަސަރު ފެންނަން ހުއްޓެވެ. އުނދަގުލުން ނަމަވެސް އަހަރެންގެ އަނގައިން ނުކުތީ ޖާންގެ ނަމެވެ.

*****

ރަހުވާގެ ނަޒަރުން:

އަޝްޖައު ވައި އަޑުން ކޮންމެސް އެއްޗެކޭ ބުންޏެވެ. އެހެނަސް އަޑުއައިލެއް މަޑުކަމުން އަޝްޖައު ބުނި އެއްޗެއް ސާފެއް ނުވިއެވެ. ދެވަނަ ފަހަރަށްވެސް އަޝްޖައު ކުރިން ބުނި އެތި ތަކުރާރު ކުރިއެވެ. ކިތަންމެ މަޑުން ބުނިކަމުގައިވީ ނަމަވެސް މިފަހަރު އަހަރެންގެ ކަންފަތާ ހަމައަށް އަޝްޖައުގެ ބުނީ ކީކޭކަން ފޯރިއެވެ. އަޝްޖައު އުނދަގުލުން ގޮވަމުން ދިޔައީ ދޮންތައަށެވެ. ދޮންތަ މިދުނިޔޭގައި ނެތްކަން އަދިވެސް އަޝްޖައުއަށް ގަބޫލުނުކުރެވެނީއެވެ. އަޝްޖައުއަށް ހާޓްއެޓޭކް ޖެހުމުގެ އަސްލަކީވެސް އެ ހަގީގަތްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު ދޮންތަ ނެތުމުން އަޝްޖައު ދެރަވާންވީ ކީއްވެހެއްޔެވެ؟ ދޮންތައަށް އެހެންވާން ޖެހުނީ އަޝްޖައުގެ ސަބަބުން ނޫންހެއްޔެވެ؟

*******

ޝައުންގެ ނަޒަރުން:

އަޝްޖައުއަށް ވަމުން ދިޔަ ގޮތްފެނި އަހަރެންގެ ހިތަކަށް ކެތެއްނުވިއެވެ. އެންމެ ގާތް އެކުވެރިޔާ އެފަދަ ހާލެއްގައި ވަނިކޮށް އެއްވެސް މީހަކަށް ކެއްކުރެވޭނެ ހެއްުޔެވެ؟ ކުރެވުނު އެންމެ ކުށެއްގެ ސަބަބުން އަޝްޖައު އަދި ޖަންނަތުގެ މުޅި ހަޔާތް ބަރުބާދުވީއެވެ. އެކުވެރިޔާގެ ހާލާމެދު އަހަރެންގެ ހިތް ހަމްދަރުދީން ފުރުނެވެ.

ޑަކުޓަރު އެދުމުން އެންމެން އެތަނުން ނިކުތީމެވެ. ރަައްޔާންބެއާއި ޒިމް ދައްތަގެ ލޮލުން ކަރުނަ ހިލިފައި ހުއްޓެވެ. ރަހުވާވެސް އަނގައިން އެންމެ ބަހެއްވެސް ބޭރުނުކޮށް ޒިމް ދައްތަ ގާތު އިށީންދެގެން އިނެވެ.

*****

ރަހުވާގެ ނަޒަރުން:

އަޝްޖައުގެ މަންމައަށް ހިއްވަރުގެ ބަހެއް ބުނެލާނެހާ ހިއްވަރެއް އަހަރެން ގަޔަކު ނެތެވެ. ހޮސްޕިޓަލްގެ އެމާހައުލު ފެނުމުން ދޮންތަގެ އެންމެ ފަހު ދުވަސް މަތިން އަހަންނަށް ހަނދާންވަމުން ދިޔައެވެ. ސިކުނޑީގައި އެނބެރުމުން ދިޔަ އެދުވަހުގެ ޚިޔާލުތަކުގެ ސަބަބުން އެހެން ކަމަކާ މެދު ވިސްނާނެހާ ގާބިލިއްޔަތު ކަމެއް އަހަރެންގެ ނެތެވެ. އަޝްޖައުގެ ހާލާ މެދު ދެރަވިނަމަވެސް ދޮންތަ މަތިން ހަނދާންވާން ކޮންމެ ފަހަރަކު ހިތް ކިލަނބުވެގެން ދެއެވެ.

“މިތާ އެބަތިއްބެވިތޯ ރަހުވާ އަދި ޝައުން؟” ނަރުހަކު ނުކުމެގެން އައި ގޮތަށް އެހިއެވެ. އަހަންނަށް ނަޒަރެއް ދިނުމަށްފަހު ބޮކުގެ އިޝާރާތުން ޝައުން އާއެކޭ ބުންޏެވެ. “ޕޭޝަންޓް ބޭނުންވޭ ދެބޭފުޅުންނާ މީޓްކޮށްލަން” ނަރުސް ކުއްްޖާ އެހެން ބުނުމުން އަހަންނާ ޝައުން އެތެރެއަށް ވަންނަން ދިޔައިމެވެ.

މާސްކް ނައްޓާލާފައި އޮތެއް ކަމަކު ގައިގެ އެތައް މިތާ ހަރުކޮށްފައި ހުރި ހޮޅިތެއް އެހުރި ގޮތަށް ހުއްޓެވެ. އަހަންނާ ޝައުންގޮސް އެނދު ކައިރީ މަޑުކޮށްލީމެވެ. އަޝްޖައުގެ މޫނުމަތިން ހިތާމައިގެ އަސަރު ފެންނަން ހުއްޓެވެ.

“ޝައުން. ރަހުވާ. އައި ތިންކް އައި ޑޯންޓް ހޭވް މަޗް ޓައިމް. އައި ތިންކް އިޓްސް ޓައިމް ފޯ މި ޓު ގޯ.” އުނދަގުލުން އަޝްޖައު ބުނެލިއެވެ.

“ޖެކް ސްޓޮޕް ޓޯކިން ނޮންސެންސް އިންޝާﷲ ޔޫއާ ގޮއިން ޓު ބީ ފައިން.” އަޝްޖައުގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ޝައުން ބުންޏެވެ.

“ރަހުވާ. އައި އޭމް ރިއަލީ ސޮރީ. އަހަރެންގެ ސަބަބުން ރަހުވާގެ މުޅި އާއިލާ ބައިބައިވީ. ޖާންއަށް އެހެންވީވެސް އަހަރެންގެ ސަބަބުން. ޒުވާން އުމުރުގައިވެސް އެއްވެސް ޝަކުވާއެއްނެތި އަމިއްލަ ދަރިއެއް ފަދައިން އަހަރެންގެ ދަރިފުޅު ބަލައި ދިންކަމަށްޓަކައި ޝުކުރުވެރިވަން. އައި ނޯ ޔޫ ލަވް ހާ އަ ލޮޓް. އީވަން އައި ކާންޓް ލަވް ޖީން މޯ ދޭން ޔޫ ލަވް ހާ” އަޝްޖައު ހީކުރަނީ ކީކޭ ހެއްޔެވެ. އަހަރެން ޖީނާ ބެލީ އަޝްޖައުއަށް ޓަކައި ކަމަށް ހެއްޔެވެ؟ “ޝައުން އަހަރެން ބޭނުން ޝައުން ގާތުން ވަރަށް ބޮޑު ކަމަކު އެދެން. ޝައުން އަހަރެންގެ ދަރިފުޅަށް އެއްވެސް އުނިކަމެއް ނެތި ބައްޕައެއްގެ ލޯބިދީ. ޝައުން އައި ނޯ ޔޫ ލަވް ރަހުވާ އަ ލޮޓް. ޔޫ ޓޫ ގެޓް މެރިޑް ސޫން. ބި ފޯ އައި ޑައި” އަހަންނާ ޝައުންއަށް އެއްފަހަރާ އެކަކު އަނެކަކާ ދިމާއަށް ބަލާލެވުނެވެ.

“ޖެކް އެންމެ ރަނގަޅު ގޮތަކީ ޖެކް ރަހުވާއާ މެރީ” ޝައުން އެހިސާބަށް ބުނުމާއެކު އަޝްޖައު ދެފާރަތަށް ބޯ ހޫރާލިއެވެ. “ޕްލީޒް.” އާދޭހާއެކު އަޝްޖައު ބުންޏެވެ. އަޝްޖައު ކުރުނުކޮށް ކިޔަންފެށުމުން އެންމެ ފަހުން އަހަންނާ ޝައުންއާ ކައިވެންޏަށް އެއްބަސްވީމެވެ.

ނުނިމޭ

10

Kiyara

A girl who loves to read and write stories. You can contact me via email [email protected]

You may also like...

2 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Slm hurihaa kudhin. Varah dhuvas fahun dhw mi up kurevuny. Holidays thereyge rashun beyruga ulhumun kiyara varah busy koh ulhuny. Vaahaka loyaane time eh nueh libunu plus bandhuge bodubaiga kiyara varah balikoh ulhuny. Hurihaa readers ah ves understand vaane kamah ummedhu kuran. ISA next part Monday ga. Hopefully that will be last part of the story.

    ⚠Report!
  2. Maa sha Allah.. Vrh furihama adhi ehaame asarugadha.. Good work kiyaaraa.. It’s ok ingey.. I understand..☺️☺️☺️

    ⚠Report!

Leave a Reply

Your email address will not be published.