Skip to content
އެސްފިޔަ

އޭނާއަކަށް ނޭނގޭނެއެވެ.

އޭނާއަކަށް ނޭނގޭނެއެވެ. އަހަރެން އިންތިހާއަށް އޭނާދެކެ ލޯބިވިކަމެއް އޭނާއަކަށް ނޭނގޭނެއެވެ.

މެންދަމުގެ އެހިތްޤައިމު ވަގުތު މޫދުގައި ނަގާ ކުދި ކުދި ރާޅުތަކަށް ބަލަންއިންއިރު އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެބަސްތަކެވެ. އޭނައަކަށް ނޭނގޭނެއެވެ. ދެން ދުވަހަކުވެސް އޭނާއަކަށް ނޭނގޭނެއެވެ. ބީޗުގެ އެއްދިމާލުގައި ދިއްލިފައިވާ ލައިޓްގެ އަލީގައި ވަރަށް ސާފުކޮށް އެހިތްޤައިމު މަންޒަރު އަހަންނަށް ފެންނަމުން ދިޔައެވެ. އެވަގުތު ޖެހެމުންދިޔަ މަޑު މަޑު ލުއި ލުއި ވައިރޯޅިތަކާއި އެރީތި މަންޒަރުން އަހަރެންގެ ހިތަކަށް ކުޑަވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. އަހަރެންގެ ދެލޮލުން ކަރުނަ ނަޔަސް އަހަރެންގެ ހިތް ބާރަށް ރޮމުންދިޔައެވެ. ހިތަށް އަޅާ ވޭނަށް ކެތް ކުރުމަށް ވޭތުވެދިޔަ ދެމަސް ތެރޭގައި އަހަންނަށް ވަނީ ދަސްވެފައެވެ. އަހަރެން ކިތަންމެ ވަރެއް ކުރިޔަސް އަހަންނަށް ހެދިފައިވާ ގޯސް ހަނދާނެއް ނުނެތޭނެއެވެ. އެބުރަ އަހަރެން ބޯމަތީގައި އަބަދުވެސް އޮންނާނެއެވެ. އެކުށުގެ ސަބަބުން އަހަރެން ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފަށް ނުކުރެވޭނެއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އޭނާ މިފަނާވަނިވި ދުނިޔައާއި ވަކިވެގެން ދިޔައީ އަހަރެންގެ ސަބަބުންނެވެ.

މައުޒް އަކީ އެންމެ ކުޑައިރުން ފެށިގެންވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނައަކީ ހެޔޮލަފާ އަހަންނަށް އަޅާލާ އޯގާތެރި ރަޙުމަތްތެރިއެކެވެ. ކޮންމެ ކަމެއްވިޔަސް އެންމެ ފުރަތަމަ ޙިއްސާ ކުރާނީ އަހަންނާއެވެ.  ބޮޑުވަމުން އައި ވަރަކަށް ރަހުމަތްތެރިކަން މަޑުމަޑުން ލޯތްބަށް ބަދަލުވާން ފެށީ އެއްވެސް އިޙްތިޔާރަކާ ނުލައެވެ. މައުޒްވެސް އަހަރެންދެކެ ލޯބިވާކަން އަހަންނަށް އެނގެއެވެ. އޭނާ ބުނީކީ ނޫނެވެ. އަދި އެކަހަލަ އިޝާރާތެއްވެސް ނުކުރެއެވެ. ނަމަވެސް މައުޒްވެސް އަދި އަހަރެންވެސް ދަންނަ ބައެއް މީހުން އަހަރެން ކައިރީގައި ބުނީއެވެ.  ފަހަރެއްގައި އޭނަ އަހަރެންދެކެ ލޯބިވާ ވާހަކަ އެމީހުން ކައިރީގައި ބުނީކަންނޭނގެއެވެ. އެހެން ނޫނީ އަނެއް ބަޔަކަށް އޭނާ އަހަންނަށް ބަލާގޮތުން އެނގުނީ ކަންނޭނގެއެވެ. ނުވިތާކަށް އޭނާގެ މަންމަވެސް އަހަރެން ކައިރީގައި އެވާހަކަ ދެއްކިއެވެ. މައުޒްގެ މަންމަ އަހަރެންގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ. ޖެނީއެވެ. އަހަރެންގެ މައުޒް ޖެނީދެކެ ވަރަށް ލޯބިވެއެވެ. ޖެނީއަށްވުރެ ރަނގަޅު އެހެން ކުއްޖެއް އަހަރެންގެ މައު އަކަށް ނުލިބޭނެއެވެ. އެހެންފަހަރެކޭވެސް އެއްގޮތަށް އަހަރެން ވަކިއެއްޗެއް ނުބުނެ ހިނިތުންވެލީމެވެ.

އަހަރެންގެ އަމިއްލަ އިޙްސާސްތައް އެއްވެސް މީހަކަށް ޙިއްސާއެއް ނުކުރަމެވެ. އަހަރެންގެ ހިތުގައި ފޮރުވާފައި ބޭއްވީއެވެ. މައުޒް އަހަންނަށް ލޯބިހުށަހަޅާނެ ދުވަހަކަށް އެވާހަކަ ބުނަން ބޭއްވީއެވެ. އެހެންނަމަވެސް މާގިނަދުވަހު އަހަންނަށް ކެތް ވާގޮތެއް ނުވިއެވެ. މައުޒްއަށް އަހަރެން އިންތިހާއަށް ލޯބިވާކަން އަންގައިދޭން ނިންމީމެވެ. އަހަންނަށް ކާމިޔަބު ވާނެކަމުގެ ޔަގީންކަން އޮތުމާއި އެކުގައެވެ.

އެރޭ އަހަރެން މައުޒް ކައިރީ ބައްދަލުކުރުމަށް ބުނީ އޭނާ ނިދަންވެގެން އެނދަށް އަރާ އޮއްވައެވެ. ވަރުބަލިވެ ނިދަން ބޭނުންވެފައި އޮތްވާހަކަ ބުނުމުންވެސް އަހަރެން އޭނަ ދައްކާ ވާހަކައެއް އަޑުނާހާ ވަރަށް ބޮޑަށް ބައްދަލުކުރަން ބޭނުންވެފައިވާކަމަށް ބުނީމެވެ.

އޭގެ ފަހުން އެހިނގައިދިޔަ ކަންތައް އަހަންނަށް ދުވަހަކުވެސް ހަނދާން ނައްތައެއް ނުލެވޭނެއެވެ. އަހަރެންގެ މުޅިހަޔާތުގައިވެސް ކުރެވުނު އެންމެ ބޮޑުކުށް ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ.

ފުންނޭވައެއް ދޫކޮށްލުމަށްފަހު ފޯނުން ގަޑި ބަލާލީމެވެ. ދޭއް ޖަހަން ކައިރިވަނީއެވެ. ކޮންމެ ރެޔަކުވެސް އެތާ އިނދެގެން ލިޔާ އަހަރެންގެ ޑައިރީ މަތިން ހަނދާންވީއެވަގުތުއެވެ. އެއީ މައުޒްގެ ވަކިވެދިޔުމަށްފަހު އޭނައަށްޓަކަ އަހަރެންގެ ހިތުގައިވާ އިހުސާސްތައް ބަޔާންކުރަނީ އެޑައިރީގައެވެ.

ފޯނުން ޓޯޗް ޖައްސާލީމެވެ. އެއަށް ފަހު ދަބަސް ތެރެއަށް އަލިކޮށް ޑައިރީ ހޯދަންފެށީމެވެ. ނަމަވެސް ދަބަސް ތެރޭގައި އެފޮތް މިހާރަކު ނެތެވެ. ހާސްވެފައި ހުރެ ކައިރި ހިސާބުތައްވެސް ބަލަންފެށީމެވެ. އެހެންނަމަވެސް ޑައިރީ ފެންނަގޮތެއް ނުވިއެވެ. އެތަކެއް ހިތާމައެއް މައްޗަށް އެހެން ހިތާމައެއް އިތުރުވިކަހަލައެވެ. ދިމާލަށް އޮތް މޫދު ފެނުމުން ކެތްތެރިކަން ކޮޅުންލާ އެމޫދަށް އެރި އަމިއްލައަށް މަރުވާން ހިތަށް އެރިއެވެ. ނަމަވެސް ހަމައެވަގުތު ފަހަތުން މީހަކު ކޮނޑުގައި ކޮއްޓާލުމުން ބަލާލީމެވެ. ކުރިމަތީގައި ހުރީ މީގެ ކުރިން ދުވަހަކުވެސް ދެކެފައި ނުވާ ޒުވާނެކެވެ. އެއްވެސް ބަހެއް ނުބުނެ އަހަރެން އެޒުވާނާއާއި ދިމާއަށް ބަލަންހުރެވުނީ ދުލުގައި ވާހަކަދައްކާނެހާ ބާރު ނެތީމައެވެ.

” މި ޑައިރީގެ ވެރިފަރާތަކީ ތީތަ…” އެޒުވާނާ އަހަރެންގެ ޑައިރީ އަހަންނަށް ދައްކާލަމުން އަހާލިއެވެ. ހިތަށް ލިބުނު ކުޑަހިތްހަމަޖެހުމާއެކު އަހަންނަށް އެޑައިރީ ޒުވާނާގެ އަތުން ޖަހައި ގަނެވުނެވެ. އަދި އެ ދަބަހަށް ލަމުން އެނބުރި އެޒުވާނާއަށް ބަލާލުމެއް ނެތި ދާން ހިނގައިގަތީމެވެ.

” އަމިއްލަ ނަފްސު ކުށްވެރި ކުރުމަކީ ހައްލެއް ނޫން… ” އެޒުވާނާ ބުނި އަޑު އިވިފައި އަހަރެން ހުއްޓުން އެރިއެވެ. އެޒުވާނާ އަހަންނާ އެއްވަރު ކުރަމުން އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ.

” އަހަންނަށް ކިޔަނީ ލޫކް… އަހަންނަށް ތި ޑައިރީ ފެނުނީ ރޭގަ މިތަނުން… މާފުކުރޭ އެކަމް އަހަރެން ތި ޑައިރީ ކިޔައިފިން” ލޫކް ކުށްވެރިއަކު ފަދައިން ބުނެލިއެވެ.

” އޯކޭ… ތިކަމުން އަހަންނަށްވެސް އަދި ލޫކަށްވެސް ވާނެ ފައިދާއެއް ނެތް” އެހެން ބުނުމަށްފަހު އަހަރެން އަނެއްކާވެސް ދާން ހިނގައިގަތީމެވެ. މިފަހަރުވެސް ހުއްޓެން ޖެހުނީ އޭނާ ކުރިބެއްދުމުންނެވެ.

” ފައިދާވާނެ… އަމިއްލަ މީހާ ކުށްވެރި ތިކުރަނީ ވެދިޔަ ކަމުގަ ތިބޭފުޅާގެ އެއްވެސް ކުށެއް ނެތި… ” ލޫކް ސީދާ އަހަރެންގެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

” ހުރިހާ ކަމެއްވެސްވީ އަހަރެންގެ ސަބަބުން” އެއްވެސް އަސަރެއް ނެތް ގޮތަކަށް އަހަރެން ބުނެލީމެވެ.

” ނޫން… އެއީ ތަޤުދީރުގައި ލިޔެވިފައި އޮތް ގޮތް… އެކަން އެކަކަށްވެސް ބަދަލެއް ނުކުރެވޭނެ… މާތްﷲގެ ނިޔާއަށް އިންކާރުކުރަން ތީކާކު” ލޫކްގެ ޖުމްލަ ތީރެއް ފަދައިން އައިސް އަހަރެން ހިތަށް ހެރި އަހަންނަށް ހަމަހޭވެރިކަންވީ ކަހަލައެވެ. މިހުރިހާ ދުވަހު ހިފަހައްޓައިގެން ހުރި ހިތާމަތަކާއި ކެކުޅުންތައް ކަރުނައިގެ ސިފައިގާ ފައިބަން ފެށިއެވެ.

” މައު މަރުވީ އަހަރެންގެ ސަބަބުން… އެރޭ ޕިކަޕަކުން ޖެހި އެކްސިޑެންޓްވެ މައު މަރުވީ އަހަރެން ބުނެގެން އަހަންނާ ބައްދަލުކުރަން އަންނަނިކޮށް… އަހަރެން އެހާވަރަށް ކިޔައިގެން އޭނަ ނުގެނައިނަމަ ފަހަރެއްގައި އޭނަ ހުންނާނީ އަހަރެން ކައިރީގައި… ” ރޮމުން ރޮމުން އަހަންނަށް ތިރީގައި އިށީނދެވުނެވެ. ލޫކްވެސް އަހަންނާ އެއްހަމައެއްގައި އިށީނދެ އަހަރެންގެ ކޮނޑުގައި އަތް އަޅާލިއެވެ.

” ތިހެން ބުނަން ހެޔޮވެސް ނުވާނެ… އެރޭ އެޕިކަޕް އޭނަ ގައިގަ ނުޖެހި ހަމަ އަނެއްދުވަހުވެސް އެހާދިސާ ހިނގައިފާނެ.. އެކަމުގައި އަހަރުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް… އެހެންވީމަ ބުއްދިވެރި ގޮތަކީ އެއީ ވާންހުރި ގޮތްކަމަށް ބަލާ އެކަން ޤަބޫލުކުރުން… އަމިއްލަ މީހާ ކުށްވެރިކޮށްގެން ތިކުރެވެނީ ފާފައެއް ކަމަށްވެސް ވެދާނެ… ” ލޫކްގެ ވާހަތަކުން އަހަރެން ދެކެމުން އައި ބަދަލުވަމުން އައެވެ.

” އެކަމަކު އަހަރެންވެސް އޭނަދެކެ އިންތިހާއަށް ލޯބިވާ ކަމެއް އޭނައަކަށް އަންގައެއް ނުދެވުނު.. އަހަރެން ލޯބިވާ ކަމެއް އޭނައަކަށް ނޭނގޭނެ… ” ރޮމުން ރޮމުން އަހަރެން ބުނީމެވެ.

” އޭނައަށް އެނގޭ ” ލޫކް ބުނި ޖުމްލައިން އަހަންނަށް ސިހިފައި އޭނައަށް ބަލާލެވުނެވެ. އެބެލުމުގައި އެތަކެއް ސުވާލެއް ވިއެވެ.

” އަހަރެންގެ ޖެން އެންމެ ލޯބީ އަހަންނާއި އެކު ފިލްމް ބަލަން އިންނަވަގުތު ނިދިފަ އިންނައިރު… ޖެން އަހަރެންދެކެ ލޯބިވާ ވާހަކަ ބުނީވެސް އެގޮތަށް ނިދާފަ އިނދެ.. ނިދީތެރެ… އަހަރެން ޖެންއަށް ލޯބި ހުށައަޅާނީ އޭނަ މިކަމަށް ތައްޔާރުވި ދުވަހަކުން…. މީ އެންމެ ފަހުގެ ބައްދަލުވުމުގައި މައުޒް އަހަރެން ކައިރީގައި ދެއްކިވާހަކަ… ” ލޫކް ދައްކަމުން ދިޔަ ވާހަކައިން އަހަރެން ހައިރާންވެ އަންތަރީސް ވާވަރުވިއެވެ. އޭނާގެ ވާހަކައިގެ ތެދުކަން ހާމަވެގެން ދިޔައީ އަހަރެންގެ ނަމުގެ ބަދަލުގައި ހަމައެކަނި މައުޒް އަހަންނަށް ކިޔާ ނަން ކީމައެވެ.

” އަހަންނަކީ މައުޒްގެ އޮފިސް ފްރެންޑެއް… މައުޒް އެކްސިޑެންޓް ވެގެން ހޮސްޕިޓަލަށް ގެންދިޔަ ދުވަހު އަހަރެންވެސް އެތަނަށް ދިޔައިން… އަހަންނަށް ހާއްސަ ހުއްދައެއް ލިބިގެން އައި ސީ ޔޫއަށް ވަދެވުނީ އަހަރެންގެ ބޭބެ އަކީ ޑޮކްޓަރަކަށް ވާތީ… އައިސީޔޫ ކުރިމަތީގައި ފާރުގައި ލެގިލައިގެން ޖެނީ ހުއްޓަ އަހަރެން ދެކުނިން… އެއްވެސް މީހަކަށް ނޭނގުނަސް މައުޒް އަހަންނާ ވާހަކަ ދެއްކި… އެންމެ ފަހު ޖުމްލައަކަށް އޭނައަށް ބުނެވުނީ އަހަރެންގެ ޖެންއަށް ބަލާލައްޗޭ… އޭގެ ފަހުން އަހަރެން އަބަދުވެސް ޖެނީގެ ފަސްފަހަތުގައި ޖެނީއަށް ވާނުވާ ބަލަން… އިންޝާﷲ ކުރިއަށް އޮތްތާނގަ އަހަރެންގެ ކޮއްކޮއެއް ފަދައިން ޖެނީ ބަލާނަން… ” ބޮލުގައި ފިރުމާލުމަން އަހަންނަށް އިއްވާލުމަށްފަހު ލޫކް އިންތަނުން ތެދުވެގެން ދުރަށް ހިނގައިގަތެވެ.

ލޫކް ދިއުމަށްފަހު އަހަރެންގެ ބޯމަތީގައި އޮތް ބޮޑުބުރަ ނެތި ދިޔަކަހަލައެވެ. އަހަންނަށް ހަމަޖެހުން ލިބި ދެމަސް ދުވަސް ތެރޭގައި ފުރަތަމަ ފަހަރަށް އުފާވެރިކަން އިޙުސާސް ކުރެވުނެވެ. އަހަރެން ލޯބިވާ ކަން އަހަރެންގެ މައުޒްއަށް އެނގެއެވެ. އޭނާއަށް އެނގެއެވެ.

Comments (20)

  1. jiji

    Yeyy me first dhw??????????➰➰➰?????vrh vrh rythi stry eh miii..kyp up the gud wrk akiii??????????akii ge ehn stry eh kon irakun kiyaalan libeyny???☺☺????⏰⏰

    1. Akii
      jiji

      Thank you jiji..in Sha Allah tommorow

  2. Kitty

    Varah reethi ❤️❤️❤️?.. Masha allah keep the good work up

    1. Akii
      Kitty

      Thanks kitty

  3. zaa

    Eyna ah inge eh nun dhw?????Inshaa allah mi vaahaka v rythi???????

    1. Akii
      zaa

      Thanks zaa

  4. Naf

    Masha Allah…????????? Neii bunaane ehcheh vs… vaahaka Hama habeys..???? v v v v v rythi vaahaka eh… Hama superb…?????????????????❤️❤️ Haadhahaa ryhchey… Eagerly waiting for u r nxt story.. nxt story vs Hama mihaa rythi vaane kamah unmeedhu kuran… ❤️❤️❤️❤️Gud luck.. ??????

    1. Akii
      Naf

      Your comment really means alot to me.. thank you naf ❤️

  5. shaan

    maasha allahu v v reethi ☺????❤

    1. Akii
      shaan

      Thank you shaan

  6. Ishaa ishu

    Nice one akki hama habeys isha ah vvv reethi……..

  7. Aroo

    Alhamdhu lillaahi feshun v reethi dhen up kollaa vaahaka thahves adhi miyah cure reethi vaane kamah ummeedhu kuran maashaa allah

  8. Naf

    Kon irakun nxt story?? Keii madhu vefa myny akii ge vaahaka eh kiyan…pls avahah genes dhehcheh…????❤️?

  9. sheri

    mi vhk ge dhevana baeh nreitha?
    vhk vrh reethi mashallah..
    akki ge vhk thah vrh kiyaa hiyvey..
    nice to meet u..
    waiting for more stories

  10. Halha

    This is a very beautiful story.. I love it… I like it.. Hmm molhey dhwww

  11. Anonymous

    Ooh awesome….. Vvvvvvvv reethi.. ❤️❤️❤️❤️

  12. Angel

    V salhi

  13. Aishath aish

    What a telant ??
    I just love your story
    Masha allah

  14. Lipey

    Varah reethi

  15. Raupher

    Vrh reethi

Comments are closed.